ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/130 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/13!
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
s
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.4
• ޤަޟިއްޔާ ނަންބަރ: 130/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ތަސްނީމް ފާރޫޤު ދާއިމީ އެޑްރެސް: ދިގުވާނޑު. ދިގަލަގެދަރު / ޏ. ފުވައްމުލައް
އައިޑީ ކާޑު ނަންބަރު: A046258 މިހާރުގެ އެޑްރެސް: ނިޝާން ޕްލާޒާ | ކ. މާލެ
* ނަން: އަނޫޕަމާ މުލަމްޕަކާ * ދާއިމީ އެޑްރެސް: ވިސާކާޕަތްނަމް ! އިންޑިއާ
. ޕާސްޕޯޓް ނަންބަރު: H6431940 މިހާރުގެ އެޑްރެސް: އައި.ޖީ.އެމް.އެޗް | ކ. މާލެ
ނަން: ރިޒާނާ ޢަބްދު * ދާއިމީ އެޑްރެސް: ގ. ޝޭޑީގްރައުންޑް ކ. މާލެ
އައިޑީ ކާޑު ނަންބަރު: A012131 މިހާރުގެ އެޑްރެސް: ގ. ޝޭޑީގްރައުންޑް މާލެ
{
އިސްތިއުނާފު ރައްދުވި ފަރާތް:
• ނަން: ޝަރީފާ ހާނީ
އައިޑީ ކާޑު ނަންބަރު: A209037
ދާއިމީ އެޑްރެސް: އިރަމާގެ / ދ. ބަނޑިދޫ
މިހާރުގެ އެޑްރެސް: އިރަމާގެ / ދ. ބަނޑިދޫ
{
• ރަޖިސްޓްރީ ތާރީޚް: 04 ޖުމާދަލްއާޚިރާ 1438
އޭޕްރިލް 2013
ނިމުނު ތާރީޚް: 13 ޝައްވާލު 1434
20 އޯގަސްޓް 2013
14
ހުށަހެޅުނު އިޖްރާއީ
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި
ނުކުތާ
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: އިޖްރާއީ ގޮތުން ނިންމިގޮތް
ހުށަހެޅި ތާރީޚް: 07.03.2013
* ނިމުނު ތާރީޚް: 14.03.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢައްބާސް ޝަރީފް
+
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{13/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި ހުށަހެޅުނު އިޖްރާއީ ނުކުތާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޏ. ފުވައްމުލައް | ދިގުވާނޑު.
ދިގަލަގެދަރު ތަސްނީމް ފާރޫޤު އާއި އިންޑިއާ ގެ ވިސާކާޕަތްނަމް އަރޫޕަޅާ މުލަމްޕަކާ އާއި
މާލެ / ގ. ޝޭޑީގްރައުންޑް ރިޒާނާ ޢަބްދުﷲ ގެ ފަރާތުން އެނިންމެވުން އިސްތިއުނާފުކޮށްދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ
ފަރާތަކީ ދ. ބަނޑިދޫ އިރަމާގެ ޝަރީފާ ހާނީ އެވެ.
• ފާހަގަކުރެވުނު ނުކުތާ
xxx
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި
ހުށަހެޅުނު އިޖްރާއީ ނުކުތާގައި، ސިވިލް ކޯޓުން އިޖްރާއީ ގޮތުން ނިންމެވި ގޮތަށް ބަލާއިރު،
"އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކް އެންޑް ގައިނޮކޮލޮޖީ ޑިޕާޓްމަންޓްގައި
މަސައްކަތް ހިނގާ އުޞޫލަށް ބަލާއިރު، މާބަނޑު މީހަކު އެޑްމިޓްކުރުމަށްފަހު އެމީހަކަށް ފަރުވާދީ، އެމީހެއްގެ
ކަންތައްތައް ބެލުމަކީ އެވަގުތަކު ޑިއުޓީގައި ހުންނަ ޑޮކްޓަރުގެ ޒިންމާއެއްކަމުންނާއި، ދަޢުވާކުރާ ފަރާތުން ދަޢުވާ
ބިނާކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ރިޕޯޓުގައިވެސް ވަކިވަކި ޑޮކްޓަރުން
ޒިންމާވާންޖެހޭ ކަމުގައި ބަޔާންކޮށްފައި ނުވާތިއާއި، ދަޢުވާލިބޭ ޏ. ފުވައްމުލައް ދިގުވާނޑު. ދިގަލަގެދަރު
(ހ. ނިޝާން ޕްލާޒާ) ތަސްނީމް ފާރޫޤު (ދ.ރ.ކާޑު ނަންބަރު A046258) އާއި، މ. އެލްސިއޯން އަރޫޕަމާ
މުލަމްޕަކާ (އިންޑިޔާ ޕާސްޕޯޓް ނަންބަރު H6431940) އާއި، ކ. މާލެ | ގ. ޝޭޑީގްރައުންޑް ރިޒާނާ
ޢަބްދުﷲ (ދ.ރ.ކާޑު ނަންބަރު A012131) ގެ ފަރާތުން ހޮސްޕިޓަލުގައި މަސައްކަތްކޮށްފައިވަނީ އެފަރާތުގެ
ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކަމުގައިވާތީއާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
43 ވަނަ މާއްދާގެ ދަށުން ދަޢުވާކުރެވޭނީ "ޕަބްލިކް ބޮޑީ" އަކުން ނިންމާ ނިންމުމަކާއި ގުޅޭ ގޮތުން ކަމުގައި
ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ކަނޑައަޅާފައިވާތީއާއި، ނަންބަރު
03/SC
-
SJ/2011 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރަށާއި ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/882 ޤަޟިއްޔާގެ ޙުކުމަށް ޙަވާލާދީ، ދ. ބަނޑިދޫ ! އިރަމާގެ ޝަރީފާ ހާނީ (ދ. ކާ
22 22
2278/Cv-C/2011
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{13/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
2 ތ 3
2
02 223
ނެޗުއަށް
ނަންބަރު A209037) އާއި ތ. ކިނބިދޫ / އައްސޭރި ޙަސަން ނަޝީފް (ދ.ރ.ކާޑު ނަންބަރު A087673) ގެ
ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާއިން ތަސްނީމް ފާރޫޤު އާއި، އަރޫޕަމާ
މުލަމްޕަކާ އާއި، ރިޒާނާ ޢަބްދުﷲ ހިމެނޭ ގޮތުން ކޮށްފައިވާ ދަޢުވާއަކީ އެފަރާތްތަކުގެ މައްޗަށް ފަރުދީ
ހައިސިއްޔަތުން ޒިންމާ ނަގަންޖެހޭނެ މައްސަލައެއް މިކަމުގައި ބުނެ ހުށަހަޅާފައިވާ އިޖްރާއީ
ބަލާއިރު،
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ޑޮކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ ތަސްނީމް
ފާރޫޤު އާއި އަނޫޕަމާ މުލަމްޕަކާ އާއި، ރިޒާނާ ޢަބްދުﷲ ގެ ފަރާތުން ޝަރީފާ ހާނީ އެނދުމަތިކޮށްފައި އޮތްއިރު
ޝަރީފާ ހާނީއަށް ފަރުވާ ދިނުމުގައި މަސްއޫލުވެ އުޅުނު ޑޮކްޓަރުންކަން އެފަރާތްތަކުގެ ބަހުންނާއި މައްސަލައާއި
ގުޅިގެން ހުށަހަޅާފައިވާ ރިޕޯޓުތަކުން އެނގެން އޮތަތީއާއި، ދައުލަތުގެ އިދާރާއަކުން އެފަރާތްތަކުން
އިހުމާލުވެފައިވާކަން ކަނޑައަޅާފައިނުވާނަމަވެސް، އެފަރާތްތަކުން ކުރިކަމެއް ނުވަތަ ނުކޮށް ދޫކޮށްލިކަމެއްގެ
ސަބަބުން އެފަރާތްތަކުގެ އިހުމާލެއް ވާކަން ނުވަތަ ނޫންކަންވެސް ކަނޑައެޅިގެންދާނީ މިޝަރީޢަތުން
ކަމުގައިވާތީއާއި، މިދަޢުވާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން
ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައި ނުވުމާއި، ދަޢުވާއަކީ ދަޢުވާލިބޭ ފަރާތްތަކުގެ އިހުމާލު އޮތްކަމުގައި ދެކިގެން
ހުށަހަޅާފައިވާ ދަޢުވާއެއް ކަމުގައިވެފައި، ދަޢުވާކުރާނީ ކޮންފަރާތެއް ނުވަތަ ފަރާތްތަކެއްގެ މައްޗަށްކަން
ކަނޑައެޅުމަކީ ދަޢުވާކުރާ ފަރާތުގެ ޙައްޤެއް ކަމުގައިވާތީއާއި، ދަޢުވާކުރާ ފަރާތުން ސިވިލް ކޯޓުގައި
ދަޢުވާކޮށްފައިވާ ދެ މައްސަލައެއްގައި އެއް ޙަޤީޤަތްތަކެއް ބަޔާންކޮށްފައިވަނީ ކަން ހިނގާދިޔަ ގޮތް
ސާފުކޮށްދިނުމަށް ކަމުގައިވާތީއާއި، ނަންބަރު 03/SC
-
SJ/2011 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު
އަމުރުގައި ޙަވާލާދެނީ ނިމިފައިވާ މައްސަލަތަކަށް ކަމުގައިވުމުން، އެއަމުރަކީ މިހިނގާ ޤަޟިއްޔާއާއި ގުޅޭ
އަމުރެއް ކަމުގައި ނުވާތީ، ދަޢުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މިމައްސަލަ ކުރިއަށް ގެންދެވޭނެކަމަށް
ކަނޑައަޅައިދިނުމަށް އެދިފައިވާކަމާއި،
މައްސަލައާއި ގުޅިގެން ދަޢުވާކުރާ ފަރާތްތަކުންނާއި އިޖްރާއީ ނުކުތާ ހުށަހެޅި ފަރާތްތަކުގެ
ވާހަކައަށާއި އެފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިއުމަށް ބަލައި، މިއިޖްރާއީ ނުކުތާއާމެދު ގޮތެއް ނިންމު
ބަލާއިރު، ދަޢުވާކުރާ ފަރާތަށް އެފަރާތުން ދަޢުވާކުރާނެ ފަރާތްތަކެއް ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާތީއާއި،
ޞިއްޙީ ޚިދުމަތް ދިނުމުގައި އިހުމާލުވެފައިވާ ފަރާތެއް ކަނޑައަޅާދިނުން އެދި ހުށަހެޅުމަކީ ދިވެހިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
2{013/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
9
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާއާއި ޙަވާލާދީ ކުރަންޖެހޭ ދަޢުވާއެއް ކަމުގައި ނުވާތީއާއި،
ކޯޓުގައި އެފަދަ ދަޢުވާއެއް ކުރުމުގެ ކުރިން ދައުލަތުގެ އެހެން އިދާރާއަކުން ވަކި ފަރާތެއް އެފަދަ އިހުމާލެއް
ވެފައިވާކަން ކަނޑައަޅާފައި އޮންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތަތީއާއި، ނަންބަރު 03/SC
-
SJ/2011
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރަކީ ވަކި މައްސަލަތަކަކާއި ގުޅޭ އަމުރެއް ކަމުގައިވާތީ އާއި،
އެއަމުރުގައި ޤާއިމުކޮށްފައިވާ އުޞޫލުގައި ވަނީ މައްސަލައެއް އިސްތިއުނާފު ކުރުމުގެ ބަދަލުގައި އެމައްސަލަ ހަމަ
އެމަރުޙަލާގެ އެހެން ކޯޓަކަށް ހުށަހަޅައި، ކުރީގައި ނިމިފައިވާ އެމައްސަލަ ނުވަތަ އެމައްސަލައިގެ މައުޟޫޢުއާ
ގުޅިގެން ކުރީގެ ޙުކުމަށް އަސަރެއް ފޯރާފާނެ އެއްވެސް މައްސަލައެއް ހަމަ އެމަރުޙަލާގެ ކޯޓަކުން ނުބެލުމުގެ
އުޞޫލު (ރެސް ޖުޑިކާޓާ | res judicata) ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
305/HC
-
A/2012 ނަންބަރު ޤަޟިއްޔާގައި ރެސް ޖުޑިކާޓާގެ މަބްދަޢު ދަޢުވާއެއްގެ މައްޗަށް ތަޠްބީޤްކުރުމުގައި
ބަލަންޖެހޭ ޝަރުޠުތަކެއް ކަނޑައަޅާފައިވާކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއާއި
ގުޅިގެން އެޙާލަތްތައް މެދުވެރިވެފައިނުވާކަމުންނާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/822 ޤަޟިއްޔާގެ
ޙުކުމުގައި ބަޔާންކޮށްފައިވާ ޙާލަތަކީ ދަޢުވާކުރާ ފަރާތް ބަޔާންކުރާ ފަދައިން ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/267 ޤަޟިއްޔާގައިވާ މައުޟޫޢުގެ މައްޗަށް އެހެން މައްސަލައެއް ހުށަހެޅިފައިވާތީ މިޤަޟިއްޔާ
ކުރިއަށް ނުގެންދެވޭނެކަމަށް މާނަކުރެވިދާނެފަދަ ޙާލަތެއްކަމުގައި ނުވާތީއާއި، ކޯޓުން އެއްބާވަތެއްގެ
މައްސަލަތަކުގައި ކުރާ ޙުކުމްތައް އެއްގޮތް ކުރުމުގެ އުޞޫލަކީ އެއިގެ ޒާތުން އެންމެ އެދެވޭ
ގޮތްކަމުގައިވާނަމަވެސް، މައްސަލައެއްގައި އެމައްސަލަ ބަލާ ފަނޑިޔާރުގެ ޚިޔާލު، އެއް މަރުޙަލާއެއްގެ ކޯޓެއްގައި
ހަމަ އެފަދަ މައްސަލައެއް ނިންމެވި ފަނޑިޔާރެއްގެ ޚިޔާލާއި ތަފާތުވާނަމަ، ސަބަބު ދައްކައި ކުރިން ނިމިފައިވާ
މައްސަލައިގެ ޙުކުމާއި ތަފާތު ޙުކުމެއް ކުރުމަކީ ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ
ޤާނޫނު) އިން ބަލައިގަންނަ އަދި އެމައްޗަށް ޢަމަލުކުރެވޭ ޤާނޫނީ އުސޫލެއް ކަމުގައިވާތީ، މިދަޢުވާގައިވާ
މައްސަލަ ތަސްނީމް ފާރޫޤް އާއި، އަރޫޕަމާ މުލަމްޕަކާ އާއި، ރިޒާނާ ޢަބްދުﷲ ގެ މައްޗަށް ދަޢުވާލިބޭ ގޮތަށް
ނުހިންގޭނެ ކަމުގައި ކަނޑައަޅާނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި..." ނިންމަވާފައިވާކަން އެނގެން އޮވެއެވެ.
2,
2) ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި ހުށަހެޅުނު އިޖްރާއީ ނުކުތާ،
އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޏ. ފުވައްމުލައް | ދިގުވާނޑު.
ދިގަލަގެދަރު ތަސްނީމް ފާރޫޤް އާއި އިންޑިއާ { ވިސާކާޕަތްނަމް އަރޫޕަމާ މުލަމްޕަގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/13
0 ވ2 0
0
د کو
ترس
1. މާލެ |
ރިޒާނާ ޢަބްދުﷲ ގެ ފަރާތުން އެނިންމެވުން އިސްތިއުނާފު ކުރަމުން 03
(ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއިން
ހުށަހަޅާފައިވާ މައްސަލައިގައި ދަޢުވާ ރައްދުވާ ވަކިވަކި ޑޮކްޓަރުން ފަރުދީގޮތުން ޒިންމާ ނަގަންޖެހޭކަމަށް
މިމައްސަލައާ ގުޅިގެން އެއްވެސް މުއައްސަސާއަކުން ކަނޑައަޅާފައިނުވާއިރު، އެކަމާ ގުޅިގެން އިސްތިއުނާފުކުރާ
ފަރާތުން ހުށަހެޅި އިޖްރާއީ ނުކުތާއާ ގުޅިގެން، އެދަޢުވާ ރައްދުވާ ފަރާތްތަކުގެ ތެރެއިން މާލެ ހެލްތު
ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުގެ އިތުރުން އެޤަޟިއްޔާގައި ވަކިވަކި ޑޮކްޓަރުން
ދަޢުވާލިބޭ ފަރާތްތަކެއްގެ ގޮތުގައި ޝާމިލުކޮށްގެން ދަޢުވާ ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ،
މިފަދަ މައްސަލަތަކުގައި ޢާންމު އުޞޫލުން ޢަމަލުކުރާ ގޮތާ ޚިލާފަށްކަމާއި އަދި އެގޮތަށް ކަނޑައަޅުއްވާފައިވަނީ
އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއިން
ހުށަހަޅާފައިވާ މައްސަލައިގައި ދަޢުވާ ރައްދުވާ ވަކިވަކި ޑޮކްޓަރުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ކޮން ޤާނޫނީ
ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް
ސާފުކޮށްދީފައިނުވަނީސް އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރިއަށް
ކަނޑައަޅުއްވާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބުރަވެގެން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
22
22
2 ދ ތތ
ގެންދެވޭނެކަމަށް
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާއިން
ހުށަހަޅާފައިވާ މައްސަލައާ އެއް މައުޟޫޢުއެއްގައި އެއް ކަމެއް ޙާޞިލުކުރުމަށްޓަކައި އެއް ޙަޤީޤަތްތަކެއްގެ
މައްޗަށް ބިނާކޮށް، އަދި އެއް މިންވަރަކަށް ބަދަލު ހޯދުމަށް އެދި އެހެން ޤަޟިއްޔާއަކުން މިނިސްޓްރީ އޮފް
ހެލްތްގެ މައްޗަށް ކުރާ ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށްދާތީ، އެކަމާ ގުޅިގެން ހުށަހަޅާފައިވާ
ނުކުތާއާމެދުވެސް އެއީ ތަޢާރުޝްވެދާނޭ ނުވަތަ މައްސަލައަށް އެއްވެސް އަސަރެއް ފޯރާނެކަމެއް ނޫންކަމަށް
ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާ އެއޮތްގޮތަށް ކުރިއަށް ގެންދެވުމަށް
2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{013/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެމައްސަލަ ބައްލަވާ ޤާޟީ ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ މީގެ ކުރިން ކޯޓުތަކުން ނިންމަވާފައިވާ
ނިންމެވުންތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި ހުށަހެޅުނު އިޖްރާއީ
ނުކުތާގައި ސިވިލް ކޯޓުން އިޖްރާއީ ގޮތުން ނިންމެވި ނިންމެވުމަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް
ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލު
1 ގައި ހިމެނޭ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދަށް އިސްވެ ބުނެވުނު ޤާނޫނުގެ ދަށުން ބާރު
ލިބިދީފައިވާކަން އެނގޭކަމާއި، މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދުގެ 10 ވަނަ މާއްދާގެ 10.6 ގެ
ދަށުން، ރާއްޖޭގެ ބޭސްފަރުވާކުރުމުގެ "ފަންނީ އަޚްލާޤް" (ޕްރޮފެޝަނަލް ކޮންޑަކްޓް ނުވަތަ އެތިކްސް) ގެ ހުދޫދު
ކަނޑައަޅައި މިކަމަށް އެކަށޭނެ ގަވާއިދެއް ތައްޔާރުކޮށް މީގަވާއިދަށް ޒަމާނާއި އެކަށީގެންވާފަދަ އިސްލާޙުތައް
ގެނެސް ދެމެހެއްޓުމުގެ ބާރު މޯލްޑިވްސް މެޑިކަލް ކައުންސިލްއަށް ލިބިގެންވާކަން ފާހަގަކުރެވޭކަމާއި،
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދުގެ 9 ވަނަ މާއްދާގެ 9.1 ގައި ޑޮކްޓަރީ ބޭހުގެ
ރޮނގުން މަސައްކަތްކުރާ މީހަކު އޭނާގެ މަސައްކަތުގެ ތެރޭގައި ފަންނީ އަޚްލާޤާ ޚިލާފުވެއްޖެކަމުގެ ޝަކުވާއެއް
އުފުލިއްޖެނަމަ، ކައުންސިލުން އެމައްސަލައެއް ބަލައި، ކަމުގެ ދޮގު ތެދާއި، ބޮޑު ކުޑަމިނާމެދު ގޮތެއް
ނިންމަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި އެގަވާއިދުގެ 9.2 ގައި އިސްވެ ބަޔާންކޮށްފައިވާ ގޮތަށް
މޯލްޑިވްސް މެޑިކަލް ކައުންސިލުން މައްސަލައެއް ބެލުމަށްފަހު، ފަންނީ އަޚްލާޤް ޚިލާފުވެއްޖެކަމަށް ސާބިތުވެއްޖެ
ހިނދެއްގައި، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި އެމީހަކާ ދޭތެރޭ ނަސޭޙަތްތެރިވުން ނުވަތަ އެމީހެއްގެ ނަން ވަކި
މުއްދަތަކަށް ނުވަތަ ދާއިމީކޮށް ރަޖިސްޓަރީން އުނިކުރުމުގެ އިޚްތިޔާރު މޯލްޑިވްސް މެޑިކަލް ކައުންސިލަށް
ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަމާއި،
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ މަޤްޞަދު އެގަވާއިދުގެ 1 ވަނަ މާއްދާގައި
ބަޔާންކުރެވިފައިވާކަމާއި، އެގޮތުން، މޯލްޑިވްސް މެޑިކަލް ކައުންސިލްގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި
1
ޢަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2{13/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/ ހ ށ މ 2
0ހ4/ތ
ބޭހުގެ ރޮނގުން ދެވޭ ޚިދުމަތްތަކުގެ ފެންވަރާއި އަޚްލާޤު ހިފެހެއްޓުމާއި އަދި އެރޮނގުން ޚިދުމަތް ދިނުމުގެ
ހުއްދަދީ ރަޖިސްޓަރީކުރުންކަން އެނގޭކަމާއި،
އިސްވެ ފާހަގަކުރެވުނު 10 ވަނަ މައްދާގެ ދަށުން މޯލްޑިވްސް މެޑިކަލް ކައުންސިލަށް
ގަވާއިދުތައް ހެދުމުގެ ބާރު ލިބިދެނީ އެގަވާއިދުގެ 1 ވަނަ މައްދާގައި ބުނާ މަޤްޞަދު ޙާޞިލުކުރުމުގެ
މިންވަރަށްކަން 10 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، އެގޮތުން، 10.6 ގައި ރާތްކުރެވިފައިވާ
"ފަންނީ އަޚްލާޤް" އާބެހޭ ގަވާއިދެއް ހެދުމުގެ ބާރު ލިބިދެނީ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ އިޚްތިޞާޞް
ހިނގާ ފަރާތްތައް ވަޒީފާ އަދާކުރުމުގައި ޢަމަލުތައް ބަހައްޓަންޖެހޭ ގޮތް ތަންޒީމުކުރުމުގެ ބޭނުމުގައިކަން
ފާހަގަކުރެވެން އޮތުމުން،
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ގަވާއިދުގެ ދަށުން އެކައުންސިލަށް ޖުމްލަކޮށް ލިބިދީފައިވާ
ބާރަކީ، ދިވެހިރާއްޖޭގައި ޑޮކްޓަރީ ބޭސްފަރުވާ ދޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި،
އެފަދަ ފަރާތްތަކާބެހޭ ރަޖިސްޓަރީއެއް ހަދައި ބަލަހައްޓައި، އަދި އެފަދަ ފަރާތްތައް ވަޒީފާ އަދާކުރުމުގައި
ޢަމަލުތައް ބަހަ
ބަހައްޓަންޖެހޭ ގޮތް ނުވަތަ އަޚްލާޤް ތަންޒީމުކުރުމުގެ ބާރުކަން ފާހަގަކުރެވެން އޮންނަކަމެވެ.
.4
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގައި ޝަރީފާ ހާނީ
ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާއަކީ، 13 ފެބްރުއަރީ 2011 އިން 3 މާރޗް 2011 މިދެމެދުގައި މާލެ
ހެލްތު ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހިންގަމުންދިޔަ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލާއި،
އެހޮސްޕިޓަލުގައި ޝަރީފާ ހާނީއަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޑޮކްޓަރުންކަމުގައިވާ
ޗެރިއަން އާއި ތަސްނީމް ފާރޫޤް އާއި ޑރ. އަރޫޕަމާ އާއި ރިޒާނާ ޢަބްދުﷲ އާއި މިއެންމެހާ
ފަރާތްތަކުން ދަމަހައްޓަން
އިޓަންޖެހޭ ޑިއުޓީ އޮފް ކެއަރގެ މިންގަނޑުތައް ދެމެހެއްޓިފައި ނުވާތީ، ޝޯލްޑަރ
ޑިސްޓޯޝިއަރ މެދުވެރިވުމާ ގުޅިގެން ދަރިފުޅު ނިޔާވެ، ޑީކެޑިޓޭޓް ކުރަންޖެހުމާއި، އަދި މިމައްސަލަ
ބެއްލެވުމަށްފަހު ޝަރީފާ ހާނީއަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި އިސްކޮށް
ހަރަކާތްތެރިވި ޑޮކްޓަރުންނާއި އެހޮސްޕިޓަލުން އިހުމާލުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ
މޯލްޑިވްސްގެ ތަޙްޤީޤުން ސާބިތުވެފައިވާތީއާއި ޝަރީފާ ހާނީގެ ދަރިފުޅަށް ޝޯލްޑަރ ޑިސްޓޯޝިއަރ
މެދުވެރިވެފައިވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި ބުނެވިދިޔަ ޑޮކްޓަރުންގެ އިހުމާލުވުމުގެ
ސަބަބުންކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، އަދި މިކަމުގެ ސަބަބުން ދަރިފުޅުގެ ފުރާނަ ގެއްލި ޝަރީފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/130
ﷲ ދ ތތ ހ 0 2ޑ
و مد مرجع رسمی
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީއާއި، އަދި މިމައްސަލާގައި ޝަރީފާ
ހާނީ އާއި ޝަރީފާ ރާނީގެ ފިރިމީހާ، ޙަސަން ނަދީފްއަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި
ގެއްލުންތަކެއްވެފައިވާތީއާއި، އަދި މިގޮތަށް ލިބުނު ގެއްލުން މިހާރުވެސް އިތުރުވަމުންދާތީ، ދަޢުވާކުރާ ފަރާތަށް
ލިބިފައިވާ އެންމެހައި ގެއްލުމާއި، ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހެލްތް
އާއި މަތީގައި ބުނެވިދިޔަ ޑޮކްޓަރުންނާއި މާލެ ހެލްތު ސާރވިސަސް ކޯޕަރޭޝަން ލިމިޓެޑްގެ މައްޗަށް ހުށަހަޅާ
ދަޢުވާއެއްކަން އެޤަޟިއްޔާގެ ދަޢުވާ ނުވަތަ މައްސަލައިގެ ޚުލާޞާއަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ބަލަމުންމިދާ ޤަޟިއްޔާގައި
އިސްތިއުނާފުކޮށްފައިވާ ޑޮކްޓަރުންގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއިން
ހުށަހެޅުނު ދަޢުވާއަކީ، ޝަރީފާ ހާނީގެ ދަރިފުޅު ނިޔާވުމަށް މެދުވެރިވި ސަބަބަކީ އެޑޮކްޓަރުން ދަމަހައް
ޑިއުޓީ އޮފް ކެއަރގެ މިންގަނޑުތައް ދެމަހެއްޓިފައިނުވުމުގެ ސަބަބުންކަމަށްވުމާއެކު، އެފަރާތްތަކުންވަނީ
އިހުމާލުވެފައިކަމަށް ކަނޑައަޅުއްވައިދެއްވުންކަން އެނގޭކަމާއި،
އިސްތިއުނާފުކުރާ ފަރާތްތަކުން އެފަރާތްތަކުގެ މައްޗަށް މިފަދަ މައްސަލަތަކުގައި ދަޢުވާ
ނުކުރެވޭނެކަމުގެ ހުއްޖަތްތައް ދެއްކުމުގެ ގޮތުން ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 18 ވަނަ
މާއްދާ އާއި ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނު) އަށް ރިޢާޔަތްކޮށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ކުރެވިފައިވަނީ
ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމާއި އަދި މުޢާމަލާތްކުރުމުގެ
ހައިސިއްޔަތު ލިބިފައިވާ މިނިވަން ޤާނޫނީ ޝަޚްޏެއްކަމަށާއި
އިސްވެ ފާހަގަކުރެވުނު ޤާނޫނުގެ 23 ވަނަ މާއްދާގައި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުގެ
މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާކަމާއި، އެމާއްދާގެ (ނ) ގައި އެކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި
ފުލުހަކު ޤާނޫނާ ގަވާއިދާ ޚިލާފަށް ޢަމަލުކުރާކަމަށް ނުވަތަ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި
އިހުމާލުވެފައިވާކަމަށް ބުނެ އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމުގެ ބާރު
އެކޮމިޝަނަށް ލިބިދޭކަމާއި، އަދި އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައި ތަޙްޤީޤުކޮށް ފިޔަވަޅު
ދދު 0
3
4
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{013/HC-A/13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޅުމުގެ ބާރުވެސް ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) ގެ ޞަރީޙަ
ނައްޞުން އެކޮމިޝަނަށް ލިބިދޭކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 15/2008 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނު) ގެ 10 ވަނަ މާއްދާގެ
ދަށުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މީޑިއާގައި ޝާއިޢުކުރެވޭ އެކިއެކި
ކަންކަމާބެހޭ ގޮތުން، ހުށަހެޅޭ އެކިއެކި ޝަކުވާތައް ބެލުމުގެ ބާރު އެކޮމިޝަނަށް އެމާއްދާގެ ދަށުން ލިބިދޭކަން
އެނގޭކަމާއި،
އިސްވެ ފާހަގަކުރެވުނު ކަންކަމާ ޚިލާފަށް، ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާބެހޭ
ޤާނޫނު) ގެ ޖަދުވަލު 1 ގައި ހިމެނިގެން ޤާނޫނީ ބާރު ލިބިފައިވާ މޯލްޑިވްސް މެޑިކަލް ކައުންސިލްގެ
ގަވާއިދުގައި، ޑޮކްޓަރުން އެފަރާތްތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެއްޖެކަމަށް ބުނެ ހުށަހަޅާ
ޝަކުވާތައް ބެލުމުގެ ބާރު އެކައުންސިލަށް ލިބިދީފައިވާކަން އިސްވެ ފާހަގަކުރެވުނު ގަވާއިދުގައި ކަނޑައަޅައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން ނެތްކަމާއި، ޑޮކްޓަރުންގެ ފަންނީ އަޚްލާޤް (ޕްރޮފެޝަނަލް ކޮންޑަކްޓް ނުވަތަ
އެތިކްސް) ތަންޒީމުކުރުމުގެ ބާރު މޯލްޑިވްސް މެޑިކަލް ކައުންސިލަށް އެގަވާއިދުގެ ދަށުން އޮތްނަމަވެސް،
ޑޮކްޓަރުންގެ ފަންނީ ނިންމުންތަކާ ގުޅޭ ގޮތުންނާއި އަދި އިހުމާލުވީކަމަށް ބުނެ ހުށަހަޅާ ޝަކުވާތައް ބަލާނެ
ފަރާތަކީ މޯލްޑިވްސް މެޑިކަލް ކައުންސިލް ކަމުގައި ކަނޑައެޅި ބަޔާންވެގެންވާކަމުގެ އެއްވެސް ޤާނޫނީ ނައްޞުއް
މައްސަލަ އިސްތިއުނާފުކުރާ ފަރާތްތަކަށް ދެއްކިފައިނުވާކަމާއި، އަދި ދުނިޔޭގެ ބައެއް ޤައުމުތަކުގައި
"އެމްޕްލޯއީސް" ("އެމްޕްލޯއީސް" ކަމަށް ބެލެވެނީ މަސައްކަތުގެ ގަޑިއާއި ޗުއްޓީ ކަނޑައަޅާ ފަރާތަކީ
ހޮސްޕިޓަލްކަމުގައިވާނަމަ ކަމަށް ބެލެވޭ ޑޮކްޓަރުން ނިންމާ ފަންނީ ނިންމުންތަކުގައާއި އަދި އިހުމާލުގެ
މައްސަލަތަކުގައި އެޑޮކްޓަރެއް ވަޒީފާ އަދާކުރާ ހޮސްޕިޓަލުން އެޒިންމާ އުފުލިކަމުގައި ވީނަމަވެސް،
ދިވެހިރާއްޖޭގައި ޑޮކްޓަރުންނާ ގުޅޭ އެފަދަ ކަންކަން އަދި ތަންޒީމުކުރެވިފައިނުވާކަން ފާހަގަކުރެވޭކަމާއި،
އެއްވެސް ތަނެއްގައި ވަޒީފާ އަދާކުރާ މުވައްޒަފެއްގެ މައްޗަށް އެވަޒީފާ އަދާކުރުމުގެ ތެރޭގައި
އެމުވައްޒަފަކު ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ދަޢުވާއެއް ކުރަންވެއްޖެނަމަ އެދަޢުވާއެއް ކުރަންވާނީ ސީދާ
އެމުއައްސަސާއެއްގެ މައްޗަށްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2278 ޤަޟިއްޔާއިން މީގެ ކުރިން
ސިވިލް ކޯޓުން ނިންމަވާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ފާހަގަކޮށްފައި ވީނަމަވެސް،
0
<< o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
އިވާ
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/13{
18
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2278 ޤަޟިއްޔާއަކީ ކިނބިގަސްދޮށުގެ
ޣައްސާން މައުމޫން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކުރި މައްސަލައިގައި، އެކަމުގައި އިސްކޮށް
ހަރާކާތްތެރިވި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުންދިޔަ މުޙައްމަދު ޖިނާހުގެ މައްޗަށް ޣައްސާން
މައުމޫން ކޮށްފައިވާ ދަޢުވާއެއްކަމާއި، އެޤަޟިއްޔާގައި އެމައްސަލަ ހުށަހެޅި ފަރާތް ހައްޔަރުކުރުމާ ގުޅޭ ގޮތުން
އެމައްސަލާގައި ހުށަހެޅުނު ލިޔެކިއުންތަކަށް ޙަވާލާދެއްވައި ފާހަގަކުރައްވާފައިވަނީ، އެލިޔެކިއުންތަކުން މޯލްޑިވްސް
ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރާ ވަކި ފަރާތެއް ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭ ގޮތް ދަޢުވާކުރާ ފަރާތަށް
ދެއްކިފައިނުވާކަމަށްކަން އެނގޭކަމާއި، އަދި އެޙުކުމްގައި ވަޒީފާ އަދާކުރާ ފަރާތުގެ މައްޗަށް ފަރުދީގޮތުން ދަޢުވާ
ނުއުފުލޭނެކަމަށް ކަނޑައަޅުއްވައި، ދަޢުވާ އުފުލޭނީ އޭނާ ވަޒީފާ އަދާކުރި މުއައްސަސާ (މޯލްޑިވްސް ޕޮލިސް
ސަރވިސް) ގެ މައްޗަށްކަމަށް ބަޔާންކުރައްވާފައިނުވާކަން އެނގޭކަމާއި، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ
ޤާނޫނު) ގެ 68 ވަނަ މާއްދާގައި ފުލުހުންނަށް ލިބިގެންވާ ހިމާޔަތް ބަޔާންކުރެވިފައިވާއިރު، އެމާއްދާގެ (ހ) ގައި
ފުލުހުންގެ ދައުރު އަދާކުރުމުގައި އެޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން،
އެއްވެސް ފުލުހަކު އޭނާގެ ރަސްމީ ހައިސިއްޔަތުން ނުބައި ނިޔަތެއް ނެތި ކުރާ ކަމަކާމެދު ނުވަތަ ނުކޮށް ދޫކޮށްލާ
ކަމަކާމެދު އެމީހެއްގެ މައްޗަށް އެއްވެސް ދަޢުވާއެއް ނުއުފުލޭނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
މުޙައްމަދު ޖިނާހު ޢަމަލުކޮށްފައިވަނީ ނުބައި ނިޔަތެއްގައިކަމަށް ބެލެވޭ ޤާނޫނީ ބިނާއެއް ނެތްކަމަށް ސިވިލް ކޯޓުގެ
ނަންބަރު 2011/Cv
-
C/2278 ޤަޟިއްޔާގައި ޙުކުމްކުރައްވާފައި އޮތުމުން، އެޤަޟިއްޔާގައި އެއްވެސް
މުއައްސަސާއެއްގައި ވަޒީފާ އަދާކުރުމުގެ ތެރޭގައި މުވައްޒަފުން ކުރާ ކަންކަމާ ގުޅޭ ގޮތުން ދަޢުވާކު
ވާކުރަންވާނީ
އެމުވައްޒަފެއްގެ މައްޗަށް ނޫންކަމަށާއި އެދަޢުވާކުރަންވާނީ ސީދާ އެމުއައްސަސާއެއްގެ މައްޗަށްކަމަށް ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C
2278 ޤަޟިއްޔާގައި މީގެ ކުރިން ޙުކުމްކުރައްވާފައިވާކަމަށް އިސްތިއުނާފުކުރާ
ފަރާތްތަކުން ބުނިނަމަވެސް، އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ އެގޮތަށް ނޫންކަން އެނގޭކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއަކީ އިސްތިއުނާފުކުރާ ފަރާތްތަކުން
އިސްތިއުނާފް ރައްދުވާ ފަރާތާމެދު ދަމަހައްޓަންޖެހޭ ޑިއުޓީ އޮފް ކެއަރގެ މިންގަނޑު ދަމަހައްޓާފައިނުވުމުގެ
ސަބަބުން، އެފަރާތްތައް އިހުމާލުވީކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި ހުށަހެޅި މައްސަލައެއްކަމުގައި ވީހިނދު،
ޑޮކްޓަރެއް އިހުމާލުވީކަމަށް ބުނެ ހުށަހަޅާ މައްސަލަތަކުގައި، ކަނޑައެޅިގެން ޤާނޫނެއްގައި އެފަދަ ޙާލަތްތަކުގައި
ޒިންމާ އުފުލަންޖެހޭނެ ފަރާތަކީ ވަޒީފާ އަދާކުރާ މުއައްސަސާކަމަށް ކަނޑައެޅި ބަޔާންކުރެވިފައި ނެތް
2 2x 2
ދިވެހިރާއް%
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{013/HC-A/130
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
ޒިންމާ
ﷲ
އަދި ޚާއްޞަ ގޮތެއްގައި ކޮންމެ މައްސަލައެއްގައިވެސް އެމައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށާއި ޙާލަތަށް
ބަލައި، ތިމާ ކުރަންޖެހޭ ކަމެއް ކުރިގޮތުގެ ސަބަބުން ނުވަތަ ތިމާ ކުރަންޖެހޭ ކަމެއް ނުކޮށް ދޫކޮށްލުމުގެ
ސަބަބުން އެހެން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެކަންތައްތަކުގެ މައްޗަށް ބިނާކޮށް ދަޢުވާކުރުމަކީ ޢާންމު
އުޞޫލުކަމާއި، އަދި ޚާއްޞަކޮށް ޞިއްޙީ ފަރުވާ ދޭ ފަރާތްތަކާއި ފަރުވާ ލިބިގަންނަ ފަރާތްތަކާއި ދެމެދުގައި
އިންސާނިއްޔަތުކަމުގެ ގުޅުމެއް ވާހިނދު، ޝިފާ ލިބޭނެކަމުގެ ޔަޤީންކަން ނެތްކަމުގައިވިޔަސް، ބަލިމީހާ އޭނާގެ
ނަފްސު ޑޮކްޓަރާއި ޙަވާލުކުރަނީ ޑޮކްޓަރުން އަދާކުރަންޖެހޭ
އެންމެ ފުރިހަމަ ގޮތުގައި
ފަރުވާތެރިކަމާއެކު އަދާކުރާނެކަމުގެ އިތުބާރުގެ މައްޗަށްކަމާއި، މިސަބަބަށްޓަކައި ޑޮކްޓަރުން އަދާކުރަންޖެހޭ ޒިންމާ
އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައިނުވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ފެންނަންހުރިނަމަ، އެކަމެއްގެ
މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ދަޢުވާކުރުމަކީ، ޤާނޫނަކުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު،
މީސްތަކުންގެ ނަފްސުތަކުގެ ރައްކާތެރިކަމަށްޓަކައި ކަނޑައެޅިފައި އޮންނަންޖެހޭ ޙައްޤެއްކަމުގައިވާތީއާއި، އަދި
ހުށަހެޅިފައިމިވާ މައްސަލާގައި އިސްތިއުނާފުކުރާ ފަރާތްތައް ނިންމާފައިވާ ފަންނީ ނިންމުންތަކަކީ ޕަބްލިކް
ބޮޑީއަކުން ނިންމާފައިވާ އެޑްމިނިސްޓްރޭޓިވް އެކްޝަން ނުވަތަ އިދާރީ ފިޔަވަޅެއްކަމުގައި ބެލެވެން ނެތުމުން،
އިސްތިއުނާފުކުރާ ޑޮކްޓަރުންގެ މައްޗަށް ފަރުދީގޮތުން ދަޢުވާކޮށް، އެމައްސަލައިގެ ތެރޭގައި ޑިއުޓީ އޮފް
ކެއަރއާމެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުއްވުމުގައި އެއްވެސް ޤާނޫނީ ހުރަހެއް އޮތްކަމަކަށް މިމައްސަލަ ބެލި
އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއިން
ހުށަހަޅާފައިވާ މައްސަލައިގައި ދަޢުވާ ރައްދުވާ ވަކިވަކި ޑޮކްޓަރުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ، ކޮން ޤާނޫނީ
ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން އިސްތިއުނާފު ރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް
ސާފުކޮށްދީފައިނުވަނީސް އިސްތިއުނާފުކުރާ ފަރާތްތަކުގެ މައްޗަށް ދަޢުވާ ކުރިއަށް
ގެންދެވޭނެކަމަށް
ކަނޑައަޅުއްވާފައިވަނީ އެއްވެސް ޤާނޫނީ އަސާސެއްގެ މައްޗަށް ބުރަވެގެން
ގެން ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ޝަރީޢަތުން ރިޢާޔަތްކުރިއިރު،
ތަސްނީމް ފާރޫޤް އާއި މުލަމްޕަކާ އަރޫޕަމާ އާއި އަދި ޑރ. ރިޒާނާ ޢަބްދުﷲ އަކީ
އިސްތިއުނާފު ރައްދުވާ ޝަރީފާ ހާނީއަށް ފަރުވާ ދިނުމުގައި ބައިވެރިވި ތިން ޑޮކްޓަރުންކަން
3
2 22 22
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/130
9 27
މިތިން ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގޭކަމާއި،
އަދި މިތިން ފަރާތުންވެސް ޝަރީފާ ހާނީއަށް ފަރުވާ ދިންކަމަށް އިންކާރު ނުކުރާކަން ފާހަގަކުރެވޭކަމާއި،
ޝަރީފާ ހާނީއަށް ދިމާވި ޙާދިސާގައި އިސްތިއުނާފުކުރާ މިތިން ޑޮކްޓަރުންގެ ދައުރަކީ
ކޮބައިކަމާއި އަދި އިހުމާލުވީ ގޮތް ސާބިތުކޮށްދިނުމަކީ ދަށު ކޯޓުގައި ދަޢުވާކުރާ ފަރާތުން އުފުލަންޖެހޭ
ބުރައެއްކަމުގައި ވީހިނދު، މުޅި މައްސަލައިގެ މަޢުޟޫޢުއަށް އިޖްރާއީ ނުކުތާއަކުން ގޮތެއް ކަނޑައެޅުމަކީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލުތަކާ އެއްގޮތްކަމެއް ނޫންކަމާއި،
ތަސްނީމް ފާރޫޤު އާއި ޑރ. މުލަމްޕަކާ އަރޫޕަމާ އާއި އަދި
ރިޒާނާ ޢަބްދުﷲ ގެ
ފަރާތުން ފާހަގަކޮށްފައިވާ ޤާނޫނީ މަބްދަޢުއެއް ކަމުގައިވާ ދަޢުވާކުރާ ފަރާތަށް އެދަޢުވާ ސާބިތުކޮށް
ނުދެވިއްޖެނަމަ، ދަޢުވާލިބޭ ފަރާތް ކުށުން ބަރީޢަވާނެ (Actore non probante reas absolvitur)
ކަމަށް އޮންނަ މަބްދަޢުއަށް ބެލިކަމުގައި ވީނަމަވެސް، އެމަބްދަޢު މިމައްސަލައަށް ތަޠުބީޤުވާނީ މިމައްސަލަ
މައުޟޫޢީގޮތުން ހިންގައިގެންކަން އެނގޭކަމާއި،
އިސްތިއުނާފުކުރާ ފަރާތްތަކުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
47/HC
-
A/2010 ޤަޟިއްޔާއަށް ނަޒަރުކުރާއިރުވެސް، އެޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ
ނުކުތާގައި ޢާންމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް ފައިޞަލާ ކުރުމުގައި
ޢަމަލުކުރަމުންދާ ގޮތަކީ ހުށަހެޅޭ ދަޢުވާގެ ސީޕޯއަށް ބެލުމަށްފަހު، އެހުށަހެޅުނު ދަޢުވާއެއް ޝަރީޢަތަށް ސާބިތުވޭތޯ
ނުވަތަ ނޫންތޯ ކަނޑައެޅުމާއެކު، ދަޢުވާގައި އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުވާ ކަންތައްތަކެއް
ކަމުގައިވާނަމަ، އެގޮތުގެ މަތިން އެދިފައިވާ އެކަންތަކުގެ މައްޗަށް ޙުކުމްކުރުން ކަމާއި، ހަމަ އެހެންމެ ދަޢުވާގައި
އެދިފައިވާ ކަންތައްތަކަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއްކަމުގައި ވެއްޖެނަމަ، ދަޢުވާގައި އެދިފައިވާ ގޮތަށް
ޙުކުމްކުރެވެން ނެތްކަމަށް ނުވަތަ އެކަންކަން ސާބިތުނުވާކަމަށް ޙުކުމްކުރުން ކަމާއި، ދަޢުވާކުރެވޭ ސީޣާގައި
ނުހިމެނުނު ނަމަވެސް ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތަކުން އެކަމަކީ ޙުކުމުގައި ހިމަނަންޖެހޭ
ޝަރީޢަތަށް ފެނިއްޖެނަމަ، އެކަން ކުރަނީ އެކަން އެގޮތަށް ކުރަންޖެހުނު މަޞްލަޙަތެއް ނުވަތަ
ސަބަބެއް ބަޔާންކުރުމަށްފަހުގައި ކަމާއި، ދަޢުވާކުރެވިފައިވާ ސީޣާގެ މައްޗަށް ނޫން އެހެންކަމެއްގެ މައްޗަށް
ޙުކުމްކުރެވޭނަމަ އެކަމަކީ ދަޢުވާލިބޭ ފަރާތަށް އެދަޢުވާއިން ދިފާޢުވުމަށްޓަކައި އޮތް ފުރުޞަތު ގެއްލިގެން
ހިނގައިދާނެ ސަބަބެއްކަމަށް ޤަބޫލުކު ފާހަގަކޮށްފައިވާކަން އެނގޭކަމާއި،
22
ކަމެއްކަމަށް
ލެކެރެވޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/13
ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާއަކީ އަދި ހިނގަމުން އަންނަ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ކުރާ ދަޢުވާއެއް ސާފުނުވާނަމަ، އެކަންކަން
ސާފުކޮށްދިނުމަށް ދަޢުވާ ރައްދުވާ ފަރާތްތަކުން ޝަރީޢަތުގައި އެދެވިދާނެކަމާއި، އަދި މިހާތަނަށް މިފަދަ
ޙާލަތްތަކުގައި ޢަމަލުކުރެވެމުން އަންނަނީވެސް މިގޮތަށްކަމާއި، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ނުވަތަ މައްސަލައިގެ
ސީޣާ ދަޢުވާލިބޭ ފަރާތަށް ސާފުނުވުމުގެ ސަބަބުން، އެމައްސަލައަކީ ޝަރީޢަތުގައި ނުބެލެވޭނެ މައްސަލައެއްކަމަށް
އިޖްރާއީ ނުކުތާއަކުން ކަނޑަނޭޅޭނެކަމާއި، އެފަދަ ޙާލަތްތަކުގައި ޢާންމު ގޮތެއްގައި ޢަމަލުކުރާ ގޮތަކީ ދަޢުވާ
ރައްދުވާ ފަރާތުން ދަޢުވާ ސާފުކޮށްދިނުމަށް އެދުމުން، އެކަމަށް ޖަވާބުދާރީވުމަށް ދަޢުވާކުރާ ފަރާތަށް ފުރުޞަތު
ދެވި، އެއަށްފަހު އެމައްސަލައާ ގުޅޭ ގޮތުން ދެފަރާތުން ދައްކަންޖެހޭ ވާހަކަތައް ދެއްކުމަށް ފުރުޞަތު ދިނުމަށްފަހު
ޝަރީޢަތުން ގޮތެއް ކަނޑައެޅުންކަމުގައި ވީހިނދު،
އިސްތިއުނާފުކުރާ ފަރާތްތަކަށް އެފަރާތްތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޮން ޤާނޫނީ
ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ދަޢުވާއެއްކަން އެނގެން ނެތުމުން، އެދަޢުވާއަކީ އެފަރާތްތަކުގެ
މައްޗަށް ނުކުރެވޭނެ
ދަޢުވާއެއްކަމަށް ބުނާ ބުނުމަށް އިޖްރާއީ ނުކުތާއެއްގެ ތެރެއިން ދަޢުވާއާމެދު ގޮތެއް
ނިންމަންޖެހޭނެކަމަށް ބާރުދޭ އެއްވެސް ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތްތަކެއް އިސްތިއުނާފުކުރާ ފަރާތްތަކަށް
ދެއްކިފައިނުވާކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/267 ޤަޟިއްޔާއިން
ހުށަހަޅާފައިވާ މައްސަލައާ އެއް މައުޟޫޢުއެއްގައި އެއް ކަމެއް ޙާޞިލުކުރުމަށްޓަކައި އެއް ޙަޤީޤަތްތަކެއްގެ
މައްޗަށް ބިނާކޮށް، އަދި އެއް މިންވަރަކަށް ބަދަލު ހޯދުމަށް އެދި އެހެން ޤަޟިއްޔާއަކުން މިނިސްޓްރީ އޮފް
ހެލްތްގެ މައްޗަށް ކުރާ ދަޢުވާއެއް ސިވިލް ކޯޓަށް ހުށަހެޅި ކުރިއަށްދާތީ، އެކަމާ ގުޅިގެން ހުށަހަޅާފައިވާ
ނުކުތާއާމެދުވެސް އެއީ ތަޢާރުޝްވެދާނޭ ނުވަތަ މައްސަލައަށް އެއްވެސް އަސަރެއް ފޯރާނެކަމެއް ނޫންކަމަށް
ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާ އެއޮތްގޮތަށް ކުރިއަށް ގެންދެވުމަށް
އެމައްސަލަ ބައްލަވާ ޤާޟީ ކަނޑައެޅުއްވި ކަނޑައެޅުއްވުމަކީ މީގެ ކުރިން ކޯޓުތަކުން ނިންމަވާފައިވާ
ނިންމެވުންތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
އެއް މަރުހަލާއެއްގެ ކޯޓަކުން ނިންމާ އެއްވެސް ނިންމުމަކަށް ހުރަސް އެޅިދާނެފަދަ ނިންމުމެއް
ހަމަ އެމަރުޙަލާގެ އެހެން ކޯޓަކުން ނިންމުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީ
ރާއްޖޭގެ
04 0 0
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/13!
/ 02 އ ހވ
ނަންބަރު 03/SC
-
SJ/2011 ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމާއި، އެފަދަ ގޮތަކަށް ކުރިން ހަމަ އެމަރުޙަލާގެ
އެހެން ކޯޓަކުން ނިންމާ ނިންމުމަކާ ފުށުއަރާފަދަ ގޮތަކަށް ހަމަ އެމަރުޙަލާގެ އެހެން ފަނޑިޔާރަކަށް ނިންމުމެއް
ނިންމުމުގެ ފުރުޞަތު ލިބޭގޮތަށް އިސްތިއުނާފު ކުރެވޭ އިޖްރާއީ ނިންމުން ސިވިލް ކޯޓުން ނިންމަވާފައިވަނީ
ސުޕްރީމް ކޯޓުގެ
އިސްވެ ފާހަގަކުރެވުނު އަމުރާ
ޚިލާފަށްކަމަށް އިސްތިއުނާފުކުރާ ފަރާތްތަކުން
ފާހަގަކޮށްފައިވާކަމާއި،
އިސްތިއުނާފުކުރާ ފަރާތްތަކުން އިޝާރާތްކޮށްފައިވަނީ "ރެސް ޖުޑިކާޓާ" (res judicata) ގެ
ޤާނޫނީ މަބްދަޢުއަށްކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 305/HC
-
A/2012 ޤަޟިއްޔާގައި
ބަޔާންކުރެވިފައިވާ ފަދައިން، "ރެސް ޖުޑިކާޓް" އަކީ ކޯޓަކުން ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވާ
މައްސަލައެއްގައި، އެމައްސަލާގައި ހިމެނޭ ފަރާތްތަކުން އެމައްސަލާގެ ތެރޭގައި ކޯޓަށް ހުށަހަޅާފައިވާ ނުވަތަ
އެމައްސަލާގެ ތެރޭގައި ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަމުގެ މައްޗަށް ބިނާކޮށް، އެމައްސަލައެއްގައި ހިމެނޭ
ފަރާތަކުން އިތުރު ދަޢުވާއެއް ކުރުން މަނާކުރާ މަބްދަޢުއެއްކަމާއި، އެމަބްދަޢު ދަޢުވާއެއްގެ މައްޗަށް ތަޠުބީޤުކޮށް،
އެދަޢުވާއެއް ނުކުރެވޭނެކަމަށް ކަނޑައެޅުމުގައި ނުވަތަ ކޮށްފައިވާ ދަޢުވާއެއް ބާޠިލުކުރުމުގައި ފުރިހަމަވާންޖެހޭ 3
ޝަރުތެއް އޮންނަކަމާއި، އެއީ:-
(ތިނެއް) ޝަރުތެއް އޮންނަހިމީ
ox
1. ފަހުން ހުށަހެޅުނު މައްސަލާގައި ހުށަހަޅާފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތް ކަންކަން
އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮ
ނާކޮށް ހުށަހެޅުނު އެހެން މައްސަލައެއް،
ކަމާބެހޭ ޝަރުޢީ ކޯޓަކުން ކުރިން ބެލިފައިވުން، އަދި
2. ފަހުން ހުށަހެޅުނު މައްސަލައާއި ކުރިން ބަލާފައިވާ މައްސަލައިގެ ޚަޞްމުންނަކީ އެއްބަޔަކަށްވުން؛
eގ
.. ކުރިން ހުށަހެޅުނު މައްސަލާގައި ހިމެނުނު ކަންތައްތައް އެމައްޗަށް ބިނާކޮށްފައިވާ ޙަޤީޤަތްތަކު
މައްޗަށް އެމައްސަލާގައި ފައިޞަލާކުރަނިވި ޙުކުމެއް ކުރެވިފައިވުން؛
ކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/267 ޤަޟިއްޔާގެ
އިތުރުން ޝަރީފާ ހާނީގެ ފަރާތުން ސިވިލް ކޯޓަށް ދެން ހުށަހެޅި ދަޢުވާއަކީ އެކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{013/HC-A/130
.82
2013/Cv-C/365 ގައި ހިމެނޭ ދަޢުވާކަމާއި، އެދަޢުވާ ކޮށްފައިވަނީ މިނިސްޓްރީ އޮފް ހެލްތްގެ މައްޗަށްކަމާއި،
އެދަޢުވާއަކީ، 13 ފެބްރުއަރީ 2011 އިން 3 މާރޗް 2011 މިދެމެދުގައި މާލެ ހެލްތު ސާރވިސަސް
ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ހިންގަމުންދާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އެހޮސްޕިޓަލުގައި
ޝަރީފް ހާނީއަށް ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ ޑޮކްޓަރުންކަމުގައިވާ ޗެރިއަން އާއި
ތަސްނީމް ފާރޫޤު އާއި އަރޫޕަމާ އާއި ރިޒާނާ ޢަބްދުﷲ އާއި މިއެންމެހާ ފަރާތްތަކުން
އެމީހުންގެ ޑިއުޓީ އޮފް ކެއަރއާ ޚިލާފުވުމުގެ ސަބަބުން، ޝޯލްޑަރ ޑިސްޓޯޝިއަރ މެދުވެރިވުމާ ގުޅިގެން
ދަރިފުޅު ނިޔާވެ، ޑީކެޑިޓޭޓް ކުރަންޖެހުމާއި، އަދި މިމައްސަލަ ބެއްލެވުމަށްފަހު ޝަރީފާ ހާނީއަށް އިންދިރާ ގާނދީ
މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރުންނާއި އެހޮސްޕިޓަލުން
އިހުމާލުވެފައިވާތީ، އަދި މިޙާދިސާ ހިނގާފައިވަނީ ޞިއްޙީ ޚިދުމަތްތައް ދިނުމަށް އެކަށީގެންވާ އިޖްރާޢަތުތަކާއި
ނިޒާމްތައް މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ޤާއިމްކޮށްފައިނުވުމުން ކަމުގައިވާއިރު، މިކަމުގައި މިނިސްޓްރީ
އޮފް ހެލްތްގެ އިހުމާލުވުން ހިމެނޭކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަޙްޤީޤުން
ސާބިތުވެފައިވާތީއާއި އަދި މިކަމުގެ ސަބަބުން ދަރިފުޅުގެ ފުރާނަ ގެއްލި ޝަރީފާ ހާނީ އާއި ހަސަން ނަޝީފްއަށް
ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި މިނިސްޓްރީ އޮފް ހެލްތްގެ މައްޗަށް ކޮށްފައިވާ ދަޢުވާއެއް
ކަމުގައިވާއިރު،
ސިވިލް ކޯޓަށް ހުށަހެޅުނު ދެ މައްސަލައިގައިވެސް ޝަރީފާ ހާނީގެ ދަޢުވާ ބިނާވެފައިވަނީ އެއް
ޙާދިސާއެއްގެ މައްޗަށްކަމުގައި ވީނަމަވެސް، ދެ މައްސަލައިގައިވެސް ދަޢުވާ ރައްދުވަނީ ތަފާތު
ފަރާތްތަކަކަށްކަމާއި، މިދެ މައްސަލައިގައިވެސް ދަޢުވާ ރައްދުވާ ފަރާތްތައް އިހުމާލުވާ ގޮތްކަމަށް ބުނެ ބަޔާންކުރާ
ކަންތައްތައް ތަފާތުކަން ފާހަގަކުރެވޭކަމާއި، އަދި މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްތައް ހިމެނޭ ގޮތަށް
މީގެ ކުރިން މިޙާދިޞާއާ ގުޅޭ ގޮތުން އެހެން ޙުކުމެއް ކޮށްފައިވާކަން އެނގެން ނެތްކަމާއި، އެއް ޙާދިޞާއެއްގެ
މައްޗަށް ބިނާކޮށް، ތަފާތު ފަރާތްތަކުގެ މައްޗަށް ތަފާތު ސަބަބުތަކަށްޓަކައި، އެހެންނަމަވެސް އެއް މިންވަރެއްގެ
ބަދަލު ހޯދުމަށްޓަކާއި، ދަޢުވާކުރުމުގައި ޤާނޫނީ ނުވަތަ ޝަރުޢީ ހުރަހެއް އޮތްކަމަށް އިސްތިއުނާފުކުރާ
ފަރާތްތަކަށް ދެއްކިފައިނުވާކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 03/SC
-
SJ/2011 ކޯޓު
އަމުރުގައި އިޝާރާތްކުރާ ރެސް ޖުޑިކްޓްގެ މަބްދަޢުއަށް ފެތޭ ޙާލަތެއް މިމައްސަލައިގައި މެދުވެރިވެފައިވާކަން
ބެލެވެން ނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/13!
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/267 ޤަޟިއްޔާގައި ހުށަހެޅުނު އިޖްރާއީ ނުކުތާ، އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ޏ. ފުވައްމުލައް | ދިގުވާނޑު. ދިގަލަގެދަރު ތަސްނީމް ފާރޫޤް އާއި
އިންޑިއާ | ވިސާކާޕަތްނަމް އަރޫޕަމާ މުލަމްޕަކާ އާއި
މާލެ / ގ.
ޝޭޑީގްރައުންޑް ރިޒާނާ ޢަބްދުﷲ ގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއިޖްރާއީ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް
ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ވިހިރާއްޖޭގެ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;