ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/38 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
سامنا مریم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ni
cos
ކޯل
ޑީ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 38/HC
-
A/2010
• ދަޢުވާކުރާ ފަރާތް:
• ނަން: ފާޠުމަތު މަނިކެ
އައި.ޑީ.ކާޑް ނަންބަރ: A040899
ދާއިމީ އެޑްރެސް: މއ. ވައިޓްލިލީ
މިހާރުގެ އެޑްރެސް: މއ.
ވައިޓްލިލީ
ބަދަލުގައި: ޙަސަން ފަލާޙު ޏ. ފުވައްމުލަކު ސިތާނާ މއ. ބަހާރުގެ (A101299)
ދަޢުވާލިބުނު ފަރާތް:
ނަން: މުޙައްމަދު މަނިކު
އެޑްރެސް: މއ. ވައިޓްލިލީ
އައި.ޑީ.ކާޑް ނަންބަރ: A060382
މިހާރުގެ އެޑްރެސް:
ވައިޓްލިލީ
ބަދަލުގައި: މުޙައްމަދު ޙަލީމް ވައިޓްލިލީހ. މެރީމީޓް (A060383)
ވަކީލު: އޖ. ޝާހީން ޙަމީދު ހ. މީނާޒް (A034430)
.49 -
• ހުށަހެޅުނު ތާރީޚް: 27 ޞަފަރު 1431
11 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 24ރަބީޢުލްއައްވަލް 1431
10 މާރޗް
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 1
/
2010
/
07-MB4B
ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ކޯޓް އަމުރު
އަމުރުނެރުނު ތާރީޚް: 4.2.2010
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
ޚުލާޞާ:
މިއީ، މަދަނީކޯޓުގެ ނަންބަރ
1
/
2010
/
07-MB4B ކޯޓުއަމުރު، އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫންކަމަށްބުނެ އެކޯޓުއަމުރު
އިސްތިއުނާފު ކުރުމަށް
ވައިޓްލިލީ ފާތުމަތު މަނިކެގެ ފަރާތުން ހުށަހެޅުމުން ބެލުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 38/HC
-
A/2010 ޤަޟިއްޔާއެވެ.
ފާތުމަތު މަނިކެ ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ވައިޓްލިލީ
މުޙައްމަދު މަނިކެވެ.
މއ.
ފާހަގަކުރެވުނު ނުކު6
މަދަނީކޯޓުގެ ނަންބަރު 1
/
2010
/
07-MB4B ކޯޓްއަމުރަށާއި އެ އަމުރު އިސްތިއުނާފު ކުރުމަށްއެދި
ފާޠިމަތު މަނިކެގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
• ފުރަތަމަކަމަކީ، މަދަނީކޯޓުގެ ކޯޓުއަމުރަކީ، ޙުކުމް ތަންފީޒު ކުރުމުގެގޮތުން ނެރެފައިވާ
އަމުރެއްކަމާއި އެއީ މަދަނީކޯޓުގެ ނަންބަރު 2007/MC/224 ޤަޟިއްޔާއިން 28 މެއި 2007ން
ފެށިގެން 30 ދުވަހުގެ ތެރޭގައި ވައިޓްލިލީ ކިޔާގޯތިން ފާޠިމަތު މަނިކެއާއި ފާތިމަތު މަނިކެގެ
ފަރާތުން ތިބޭ ބަޔަކާއި ތަކެއްޗާއިއެކު ނުކުތުމަށް ކުރައްވާފައިވާ ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގެ
ދަށުން އެކޯޓުން އެޅުއްވި ފިޔަވަޅެއްކަމާއި، އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގެ ޙުކުމް ތަންފީޒު
ކުރުމަށް މީގެކުރިން އެކޯޓަށް ހުށަހެޅުމުން ފާޠިމަތު މަނިކެ ޙުކުމާއި އެއްގޮތަށް ޢަމަލު ނުކުރުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2010/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
224/MC/2007
ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ޤަޟިއްޔާ ނަންބަރު 2008/243MC ޤަޟިއްޔާއިން
ކުރެއްވި ޙުކުމުގައި ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 184 ވަނަ މާއްދާގެ
01 ވަނަ ނަންބަރާއި ޙަވާލާދީ ޤާނޫނު
ނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާޠިމަތު
މަނިކެ 4 މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ޙުކުމްކުރައްވާފައިވާކަމާއި، މިބުނެވުނު ގޮތުގެމަތިން
ހުކުމް ކުރެއްވުމުންވެސް ފާޠިމަތު މަނިކެ
ޤަޟިއްޔާގެ ޙުކުމަށް
ޢަމަލުނުކޮށްގެން މަދަނީކޯޓަށް އެޙުކުމް ތަންފީޒު ކުރުމަށް ދެވަނަފަހަރަށް ހުށަހެޅުމާއި ގުޅިގެން އެ
ޙުކުމް ތަންފީޒު ކުރުމަށްޓަކައި ނެރުނު އަމުރެއްކަމާއި މިކަންކަން އެ ކޯޓުއަމުރުން އެނގެން
އޮންނަކަން،
ދެވަނަކަމަކީ، 2007/MC/224 ޤަޟިއްޔާ ގެ ޙުކުމަކީ ކޯޓުގެ މަރުޙަލާތަކުން
ނިމިފައިވާ ތަންފީޒު ކުރަން ކޯޓުން ފިޔަވަޅު އަޅަމުން ގެންދަވާ، އެއްގޮތަކަށްވެސް ފާޠިމަތު މަނިކެ
އެޙުކުމަށް ޢަމަލުނުކޮށް އޮތް ޙުކުމަކަށްވާއިރު އެޙުކުމް ތަންފީޒު ކުރުމަށް ފުރަތަމަ ހުށަހެޅުނު
ނަންބަރު 2007/MC/243 ޤަޟިއްޔާ (ޙުކުމް ތަންފީޒު ކުރުމުގެ ޤަޟިއްޔާ) ގެ ޝަރީޢަތުގެ
މަޖިލީހަށް ފާޠިމަތު މަނިކެ ދީފައިވާ ބަޔާނުގައި މަދަނީކޯޓުގައި ހިނގަމުންދާ ތަރިކައިގެ މައްސަލަ
ނިމުމުން މއ. ވައިޓްލިލީ މުޙައްމަދު މަނިކު އެހުށަހަޅާ ދަޢުވާގައިވާ ފަދައިން މަދަނީކޯޓުގެ ނަންބަރު
2007/MC/224 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ޢަމަލުކުރާނެކަ
ޢަމަލުކުރާނެކަމަށް ސާފުބަހުން ބުނެފައިވާކަމާއި
ފާޠިމަތު މަނިކެގެ
ޢަމަލުކޮށްފައި ނުވާކަން ޤަޟިއްޔާ ނަންބަރު 2008/MC/243
ޤަޟިއްޔާގެ ފާހަގަކުރެވޭ ނުކުތާ 6 ގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން.
• ތިންވަނަކަމަކީ، ފާޠިމަތު މަނިކެގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި އއ.
ސަތާވަރީގެ މުޙައްމަދު މަނިކު (ދޮންތުއްތު) ގެ ސަތާވަރީގެ ތަރިކައިގެ މައްސަލަ
ނިމިފައިނުވާކަމަށް ބުނެފައިވާއިރު މަދަނީކޯޓުގެ 2008/MC/276 ޤަޟިއްޔާއިން އެ ތަރިކައިގެ
މައްސަލަ ނިމިފައިވާކަމާއި އެޤަޟިއްޔާގެ ޙުކުމްގައި ވައިޓްލިލީ (ކުރީގެ ސަތާވުރީގެ)
އެވެ ކިޔާ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ފަޅުފަދަ ތަންތަނަކީ ސަތާވަރީގެ މުޙައްމަދު
4
2 ހ 0
0
އ29ނވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަނިކު (ދޮންތުއްތު) ގެ ތަރިކައިގައި ހިމެނޭ ތަންތަންކަން ޝަރީޢަތަށް ސާބިތުނުވާކަމަށް
ކަނޑައަޅާފައިވާކަން އެނގެން އޮންނަކަން،
• ހަތަރުވަނަކަމަކީ، ފާޠިމަތު މަނިކެގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާ
މައިގަނޑު ނުކުތާކަމުގައިވާ މަދަނީކޯޓަށް ފާޠިމަތު މަނިކެ ހުށަހަޅާފައިވާ ނަންބަރު
2009/MC/2187 ޤަޟިއްޔާއަކީ މއ. ސަތާވަރީގެ އާއި ގުޅުންހުރި އެގޭގެ އަޞްލު ރަޖިސްޓްރީ
ހޯދުމަށް ކޮށްފައިވާ ދަޢުވާގެ މައްސަލައަކަށްވެފައި، އެޤަޟިއްޔާގައި ފާޠިމަތު މަނިކެގެ ޙައްޤު
ލިބޭމެކަމުގެ ޔަޤީންކަން އޮތްއިރު މި އަމުރު ތަންފީޒު ވެއްޖެނަމަ އެޤަޟިއްޔާގެ ޙުކުމް ކުރާއިރު
ފާޠިމަތު މަނިކެއަށް ލިބޭގޮތަށް ޙުކުމް ކޮށްފިކަމުގައިވާނަމަ ދެން ފާޠިމަތު މަނިކެ އެގެއަށް ގޮސް
ވަންނަން ބަލާއިރު ގެ ތަޅާ ބިމާ ހަމަކޮށްފައި ހުރެދާނެކަމަށާ މިގޮތަށް ކަންހިނގައިފިނަމަ ފާޠިމަތު
މަނިކެ އަށް އެގެއަށް ނުވަދެވޭނެކަމަށާއި މިހާރުވެސް އެގޭގައި އުޅެނީ ފާތުމަތު މަނިކެ ކަމަށްވާއިރު
އެންމެ މަޞްލަޙަތު އޮތީ ފާޠިމަތު މަނިކެ އެގެއިން ނުނެރުންކަމަށާއި ކޯޓު އަމުރު ތަންފީޒު ކުރުމުގެ
ސަބަބުން އެޤަޟިއްޔާގެ ޙުކުމަށް ބުރޫއަރާފާނެކަހަލަ ގޮތަކަށް ކަންތައްތައް ވެދާނެކަމަށް ބުނަމުން
ފާހަގަކޮށްފައިވާ ކަންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު،
މއ. ވައިޓްލިލީ (މއ. ސަތާވަރީގެ) ގެ މިލްކު ސާބިތުކުރުމުގެ މައްސަލަ ޝަރުޢީ
އެންމެހައި މަރުޙަލާތަކުން ނިމިފައިވާކަމާއި މިގޮތުން ޕްރޮޕަޓީ އެންޑް އޯނަރޝިޕް ޑިވިޝަނުގެ
ނަންބަރު 72/P
&
OD/237 ޤަޟިއްޔާއިން ކުރެއްވި ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 230/HC
-
A/2008 ޤަޟިއްޔާއިން ތާއީދުކުރައްވައި އެ މައްސަލަ ސުޕްރީމް ކޯޓުގެ
ނަންބަރު 14/SC-A/2009 ޤަޟިއްޔާއިން ބައްލަވައި 7 ސެޕްޓެމްބަރ 2009 ގައި
ނިންމަވާފައިވާ ނިންމެވުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމަށް ތާއީދުކުރައްވާ ސުޕްރީމް ކޯޓުން އެޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގެ ފާހަގަކުރައްވާފައިވާ ކަންތަކުގެ ދެވަނަ ނަންބަރުގައި،
2008/HC-A/230
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
*
މުނިސިޕަލް އޮފީހުގެ ނަންބަރު 641 (10 ޖެނުއަރީ 1960މ) ގެ ބަންޑާރަގޯތި ދޭ
ލިޔުމުން ސަތާވަރީގެ ހުރި ގޯތި ރިނބިދޫގެ ޅަތުއްތުއަށް ދީފައިވާކަން އެނގޭކަމަށާ އަދި މުނިސިޕަލް
އޮފީހުން 1 އޮކްޓޯބަރ 1961 ގައި ހަދާދީފައިވާ ނަންބަރު 686 "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ"
އިން މއ. ވައިޓްލިލީ (މއ. ސަތާވަރީގެ) ގެ ވެރިފަރާތަކީ ރިނބިދޫގެ ޅަތުއްތުކަން އެނގެން
އޮތްކަމަށާއި، އަދި އެލިޔުމުގެ އިތުރު ބަޔާނުގައި ވައިޓްލިލީ ހުރި ގޯއްޗަކީ ރިނބިދޫގެ ޅަތުއްތުއާއި
މުނިސިޕަލް އޮފީހުން ޙަވާލުކޮށްފައިވާ ގޯއްޗެއްކަމަށާއި އަދި މިގޯތީގައިވާ ޢިމާރާތަކީ ރިނބިދޫގެ
ޅަތުއްތުގެ އަމިއްލަ މިލްކެއްކަމަށްވެސް ލިޔެފައިވާކަން އެނގެން އޮންނަކަމަށް އަދި
ވުޒާރަތުލްދާޚިލިއްޔާގެ ނަންބަރު ބ. 995 ގެ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ އިން މއ. ވައިޓްލިލީ
ގެ ގޯތީގެ ވެރިފަރާތަކީ ރިނބިދޫގެ ޅަތުއްތުކަމާއި އަދި ޢިމާރާތުގެ ވެރިފަރާތަކީވެސް ރިނބިދޫގެ
ޅަތުއްތުކަން އެނގެން އޮތްއިރު ޤާނޫނީ ގޮތުން ފެންނަންހުރި މި ޙުއްޖަތްތައް ނަފީ ކުރެވޭފަދަ
ޤާނޫނީ ޙުއްޖަތެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަމަށް އެޤަޟިއްޔާގައި ސުޕްރީމްކޯޓުން
ފާހަގަކުރައްވާފައިވުމުން، ޝަރީޢަތުގެ އެންމެ މަތީ މަރުޙަލާތަކުން ނިމިފައިވާ މައްސަލައެއްގެ ޙުކުމް
ބިނާކުރައްވާފައިވާ ހެއްކާއި ބައްޔިނަ، އަދި ޙުއްޖަތުތައް އަލުން މުރާޖަޢާކޮށް
ތައައްރުޟުވާގޮތެއްގައި ބެލުމުގެ ޤާނޫނީ ހައިސިއްޔަތެއް އެއްވެސް ފަރާތަކަށް އޮންނާނެކަމަށް
ނުބެލެވޭކަމާއި މއ. ސަތާވުރީގެ އަދި މިހާރުގެ ވައިޓްލިލީ ގެ މިލްކުވެރިކަމާއިމެދު ސުވާލު
ކުރެވޭނެ ޖާގައެއް މިހާރު ނެތްހިނދު، ފާޠިމަތު މަނިކެގެ ފަރާތުން މަދަނީކޯޓަށް ހުށަހަޅާފައިވާ
އިސްވެ އިޝާ ވުނު 2009/MC/2187 ޤަޟިއްޔާ އެކޯޓުގައި ހިނގަމުން ދިއުމަކީ،
މަދަނީކޯޓުގެ ނަންބަރު 2007/MC/224 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި އެކޯޓުން
ކޯޓުއަމުރެއް ނެރުމަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްކަމެއްކަމަށް ބެލެވެން ނެތްކަން،
އިސްވެ ބަޔާންކުރެވުނު ކަންތައް ބަޔާންކުރެވި ދިޔަ ގޮތުގެ މަތިން ހުރުމުން
2009/MC/224 ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި މަދަނީކޯޓުން ފުރަތަމަ ހިންގި
ޤަޟިއްޔާ ކަމުގައިވާ 2008/MC/243 ޤަޟިއްޔާ އިން ފާޠިމަތު މަނިކެ އަށް އަދަބު ކަޑައެޅުމުން
324 ހތ
32,30
ممرمرمرمل مور
.1
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޖެހިއްޖެގެ ޖީ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/38
އެޙުކުމަށް ޢަމަލުނުކޮށްގެން ޝަރީޢަތް ކުރުމާއިބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 184 ވަނަ
މާއްދާގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް އެކޯޓުން 4 ފެބްރުއަރީ 2010 ގައި ނެރެފައިވާ އަމުރަކީ
ޤަވާޢިދު ހަމަޖެހިފައިވާ ގޮތުގެމަތިން އެކޯޓުން ޢަމަލުކުރަންޖެހޭ އުޞޫލުގެ މަތިން ނެރެފައިވާ
އަމުރެއްކަން އެނގެން އޮންނަކަމާއި އެއަމުރު ބާޠިލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ހަމައެއް ނެތްކަން،
ހުކުމް:
ވީމާ މަދަނީކޯޓުން 4 ފެބްރުއަރީ 2010 ގައި ނެރެފައިވާ ނަންބަރު 1
/
2010
/
07-MB4B
ކޯޓުއަމުރަކީ، ޝަރީޢަތުން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ޢަމަލު ނުކުރާމީހުން ލައްވާ ޙުކުމާއި
އެއްގޮތަށް ޢަމަލު ކުރުވުމަށްޓަކައި ކޯޓުތަކުން ޢަމަލު ކުރަން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް
ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6 ގެ 184 ވަނަ މާއްދާގެ ދަށުން ޤަވާޢިދާ
އެއްގޮތަށް ނެރެފައިވާ ޞައްޙަ އަމުރަކަށްވާހިނދު އެ އަމުރު ބާތިލުކުރަންޖެހޭ ނުވަތަ ފަސްކުރަންޖެހޭ
ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
$8
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
afi
_
enk
ޢަލީ ޙަމީދު މުޙައްމަދު
ޢަބް8ﷲ ޙަމީދު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv