ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/15 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/15
:ފެރުބަ
6
T.
"ދިވެހިން24ގެ ހައިކޯޓް
بماند الحمر الاسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 15/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މަމްދޫޙާ ޝުޖާޢު
ދާއިމީ
އިންނަމާދޫ
އައިޑީ ކާޑު ނަންބަރ : A081930 މިހާރުގެ އެޑްރެސް: މއ.
ފެހިއަތަ | މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 ޖަނަވަރީ 2011 ނިމުނު ތާރީޚް: 25 ސެޕްޓެމްބަރު 2014
އިސްތިއުނާފު ކުރެވުނު ޤާޟީއްޔާ
* ނަންބަރު: 2010/JC
/
2010
)
534
/
Cr
-
C/2173)
* ނިންމިކޯޓް: ކްރިމިނަލް ކޯޓް
* ޤަޟިއްޔާގެ ބާވަތް: މަކަރާއި ޙީލަތް ހެދުން
ނިމުނު ތާރީޚް: 10 ނޮވެމްބަރ 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުން.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީ
*
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2011/HC-A/15
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު
534/Cr-C/2010
2173/JC/2010)
ޤަޟިއްޔާގައި މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
އިންނަމާދޫ / ސީތާ މަމްދޫޙާ ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/534
(2173/JC/2010)
ޤަޟިއްޔާގައި މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް
މ. އިންނަމާދޫ | ސީތާ މަމްދޫޙު ޝުޖާޢުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
{
02- ކްރިމިނަލް ކޯޓުގެ ނަންބަރު
534/Cr-C/2010
(2173/JC/2010)
.
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ އިންނަމާދޫ / ސީތާ
މަމްދޫޙު ޝުޖާޢު، ރ. އިންނަމާދޫ ނޫރާނީގޭ ޢަލީ ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި
ހުޅުވާފައި އޮންނަ ނަންބަރު 001-215924-7703 އެކައުންޓްގެ 000032 ނަންބަރު ޗެކާއި، 00033:ޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވާ، ދިވެރާ
3
2011/HC-A/15
ޑ 0ދهއ
އެއަތޮކު
.
ނަންބަރު ޗެކުން، ޢަލީ ޝަރީފުގެ ސޮއި ޕޯޖްކޮށްގެން -/4077100ރ (ހަތަރު މިލިއަން ހަތްދިހަ ހަތްހާސް
ރުފިޔާ) ނަގާފައިވާކަމަށް އިންކާރުކުރިނަމަވެސް، 2008 ވަނަ އަހަރުގެ ދުވަހެއްގައި،
އިންނަމާދޫ ނޫރާނީގެ އާމިނަތު ސަޢީދާގެ ބޭބެ ޢަލީ ޝަރީފް ބެންކޮކްގައި ހުރެ ގުޅާފައި މަމްދޫޙު
ޝުޖާޢުއާ ޢަލީ ޝަރީފުގެ ޗެކް ފޮތުން ދެ ޗެކު ހަވާލުކުރާށޭ ބުނިކަމަށާއި، މަމްދޫޙު ޝުޖާޢު ޗެކް ބަލައި
އައުމުން އޭނާއާ، ނަންބަރު 001-215924-7703 އެކައުންޓުން ހުސް ދެ ޗެކު ހަވާލުކުރި ކަމަށާއި،
އޭނާއާއި ދެ ޗެކު ހަވާލުކުރިތާ ދެތިން ދުވަސް ފަހުން މީނާގެ ބޭބެ ގުޅާފައި އެ ދެ ޗެކް މަމްދޫޙާ ޝުޖާޢު
ގެނައިތޯ ސުވާލުކުރިކަމަށް، އިންނަމާދޫ ނޫރާނީގޭ އާމިނަތު ސަޢާދާ ބުނާތީއާއި، 2008 ވަނައަހަރުގެ
ދުވަހެއްގައި ބޭންކުގައި އުޅެނިކޮށް، މަމްދޫޙު ޝުޖާޢު -/
4000000ރ. (ހަތަރު މިލިއަން ރުފިޔާ) ގެ ޗެކެއް
ހިފައިގެން ފައިސާ ނަގަން އައުމުން، އެ ޗެކާއި މަމްދޫޙު ޝުޖާޢުގެ އައި.ޑީ.ކާރޑް ހިފައިގެންގޮސް ފައިސާ
ދޫކުރާ ކައުންޓަރުގައި އިން ކުއްޖާއާ ހަވާލު ކުރުމުން އެޗެކަށް ބޭންކުން ފައިސާ ދޫކުރިކަމަށާއި، އަދި އެ
ޗެކަކީ އޭގައި ލިޔެ ޗެކުގެ ވެރިފަރާތުގެ ސޮއިކޮށްފައިވާ ޗެކެއްކަމަށް، ޅ. ހިންނަވަރު ކާރނޭޝަންމާގެ
ފާޠިމަތު ސާޖިދާ ބުނާތީއާއި، ޢަލީ ޝަރީފް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު
7703-215924-001 އެކައުންޓްގެ ނަންބަރު 000032 ޗެކާއި، 000033 ނަންބަރު ޗެކުން،
ނަގާފައިވާ -/4077100ރ (ހަތަރު މިލިއަން ހަތްދިހަ ހަތްހާސް އެއްސަތޭކަ ރުފިޔާ) ހިމެނޭ ދެޗެކްގައި
ސޮޔަކީ ޢަލީ ޝަރީފުގެ ސޮއި ނޫންކަމަށާއި، އެދެ ޗެކުގައިވާ ލިޔުމަކީ މަމްދޫޙާ ޝުޖާޢުގެ އަތުލިޔުންކަން
ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓުން އެނގެން އޮންނާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
އާއި، 132 ވަނަ މާއްދާގެ ދަށުން މަމްދޫޙާ ޝުޖާޢުގެ މައްޗަށް ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދެއްގެ
ފައިސާއިން މަކަރާއި ޙީލަތްހެދުމުގެ ކުށުގެ ދަޢުވާއާއި، މަމްދޫޙާ ޝުޖާޢު، ޢަލީ ޝަރީފުގެ ނަންބަރު
7703-215924-001 އެކައުންޓުން މަކަރާއި ޙީލަތުން ނަގާފައިވާ -/4077100ރ (ހަތަރު މިލިއަން
ހަތްދިހަ ހަތްހާސް އެއްސަތޭކަ ރުފިޔާ) މަމްދޫޙާ ޝުޖާޢުގެ އަތުން ހޯދުމަށް ރ. އިންނަމާދޫ ނޫރާނީގޭ ޢަލީ
ޝަރީފް އެދޭ މައްސަލަ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއް
ކަމާއި،
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011/HC-A/15
.
.
އޗެp
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އިންނަމާދޫ | ސީތާ މަމްދޫޙާ ޝުޖާޢުގެ
މައްޗަށް ދަޢުލަތުން ކުރައްވާފައިވާ މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު
އިންނަމާދޫ ނޫރާނީގެ ޢަލީ ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު
001_7703-215924 އެކައުންޓްގެ ނަންބަރު 000032 ޗެކާއި، ނަންބަރު 000033 ޗެކުން، ޢަލީ
ޝަރީފުގެ ސޮއި ފޯޖްކޮށްގެން ޖުމްލަ -/4077100ރ (ހަތަރު މިލިއަން ހަތްދިހަ ހަތްހާސް އެއްސަތޭކަ
ރުފިޔާ) ނަގާފައިވާކަމަށް މަމްދޫޙާ ޝުޖާޢު އިންކާރުކުރިކަމުގައިވިއަސް، މަމްދޫޙު ޝުޖާޢު، ޢަލީ ޝަރީފުގެ
އެކައުންޓުން ފައިސާ ނަގާފައިވަނީ ޢަލީ ޝަރީފުގެ ސޮއި ފޯޖްކޮށްގެންކަން އާމިނަތު ސަޢާދާއާއި، ޝާޢިރާ
އިބްރާހީމް ހެކިބަހާއި، ހުށަހެޅިފައިވާ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުން ސާބިތުވާތީއާއި، ދަޢުވާލިބޭ
ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދައުލަތުގެ ހެކި ނަފީ ނުކުރެވޭތީ، ދިހަހާސް ރުފިޔާއަށްވުރެ ގިނަ
އަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތްހެދުމުގެ ކުށުން މަމްދޫޙާ ޝުޖާޢު ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅުއްވައި، މިއީ މަމްދޫޙު ޝުޖާޢުގެ މައްޗަށް މިބާވަތުގެ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނޫލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 06 (ހައެއް)
މަސްދުވަސް، މީނާ މަކަރާއި ޙީލަތުން ހޯދި ފައިސާގެ ޖުމްލަ ޢަދަދު ދިހަހާސް ރުފިޔާއަށްވުރެ މަތިވާތީ،
ޤާނޫނުލްއުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ކޮންމެ ހާހަކަށް އެއްމަސްދުވަސް ކުރިން މި ބުނެވުނު
ހަމަސްދުވަހަށް އިތުރުކުރަން ޖެހޭއިރު، ހަތަރު މިލިއަން ހަތްދިހަ ހަތްހާސް އެއްސަތޭކަ ރުފިޔާއަށްޖެހޭ
މުއްދަތު އިތުރުކުރުމުން ޖެހޭ މުއްދަތަކީ 25 (ފަންސަވީސް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށްވާތީ
ޤާނޫނުލްޢުޤޫބާތުގެ 16 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މަމްދޫ ޝުޖާޢު 25 (ފަންސަވީސް) އަހަރުގެ
މުއްދަތަށް އަރުވާލުމަށާއި، މިމައްސަލާގައި ހިމެނޭ މަދަނީ ބަދަލުގެ ބައި ބަލައިދެވިފައިނުވާކަން އަންގަވައި،
މަދަނީ ބަދަލާއިމެދު ދަޢުވާކުރުމުގެ ހައްޤު
އިންނަމާދޫ | ނޫރާނީގެ ޢަލީ ޝަރީފަށް އޮތްކަމަށް
ކަނޑައަޅުއްވައިކަން އެނގެން އޮވެއެވެ.
CCCX
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/15
534/Cr-C/2010
(2173/JC/2010)
ﷲ
ޗެކެވެ
03- ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި މަމްގޫ ޝުޖާޢުގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާގެ އެބައި އިސްތިއުނާފު
އިންނަމާދޫ / ސީތާ މަމްދޫޙާ ޝުޖާޢުގެ ފަރާތުން މައިގަނޑު 06 (ހައެއް) ނުކުތާ ހުށަހަޅައި
އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
ކުރުމަށް ރ.
02x 8 2
އެއެeyނ
(ހ) ފުރަތަމަ ނުކުތާއަކީ: ބޭންކުން ފައިސާ ދޫކޮށްފައިވަނީ ބޭންކުގެ ޕްރޮސީޖަރ މެނުއަލް
(ބޭންކުގެ ޤަވާއިދު) އާ މަށްވުމުން އަދި ބޭންކުގެ އިސް މުވައްޒަފުން
އިޒަފުން އެކަމަށް އިއްތިފާޤެވެ
އެކަމާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގެ މުހިއްމު ނުކުތާތަކަށް ފުރިހަމައަށް
ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މަކަރާއި ޙީލަތް ހެދުމުގައި ބޭނުންކުރިކަމަށް ބުން ޗެކްގައިވާ
ޔަކީ މަމްދޫޙާ ޝުޖާޢުގެ ސޮއިކަން ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓުން އެނގެން ނެތްއިރު، އެބުނާ
ޗެކްގެ އެކައުންޓު ވެރިފަރާތުން އެދުވަހުގެ ބޭންކަށް ގުޅައި ބޭންކުގެ މުވައްޒަފެއް ގާތު އެދުވަހު މަމްދޫޙް
ޝުޖާޢު ޗެކެއް ހިފައިގެން ދާނެކަމަށާއި، އެޗަކަށް ފައިސާ ނެގޭނެގޮތް ހަމަޖައްސައި ދިނުމަށް އެދިފައިވާ
އެދުމުންނާއި، އެކަން ބޭންކުގެ އެބުނާ މުވައްޒަފު ކަށަވަރު ކޮށްދޭ ދިނުމުންވެސް އެބުނާ ޗެކުގައިވާ
ފައިސާގެ މުޢާމަލާތް ހިނގާފައިވަނީ އެކައުންޓުގެ ވެރިފަރާތުގެ އެނގުމާއި، ފެނުމުގެ ތެރޭގައިކަން ސާފުކޮށް
ފާޅުވެ ފެންނާން އޮތްއިރު އެކަންތައްތަކުގެ މައްޗަށް ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ތަކަކާ.
6
2011/HC-A/15
(ނ) ތިންވަނަ ކަމަކީ: ދަޢުވާ ސާބިތު ކުރުމަށްޓަކައި ދަޢުލަތުން ހުށަހަޅާފައިވާ ހެކިންގެ
ތެރެއިން ޝަކުވާގެ ވެރިފަރާތާއި، އެފަރާތުގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ބުނުމަކީ ހެކީންގެ ދަރަޖަ ދެވޭނެ
ބުނުމަކަށް ނުވާއިރު، އެފަރާތްތަކަކީ ފުރިހަމަ ހެކިންކަމުގައި ބައްލަވައި، އެފަރާތްތަކުގެ ބުނުންތަކުގެ
މައްޗަށް ރިޢާޔަތް ކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ދ) ހަތަރުވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ބޮޑެތި
ޝައްކުތަކެއް ހުރިއިރު އަދި ޙާއްޞަކޮށް ޝަކުވާގެ ވެރިފަރާތުން ޝަރީޢަތުން މަޖިލީހުގައި އެކިފަހަރު
ދައްކާފައިވާ ވާހަކަތަކުގައި ޝައްކުއުފެދޭ ގިނަ ބޮޑެތި ތަފާތުތަކެއް ހުރިއިރު، އެކަންކަމަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށެހެޅި ނުކުތާ
(.) ފަސްވަނަ ކަމަކީ: ޖިނާއީ މައްސަލަތަކަކީ މަދަނީ މިންގަނޑުން ބައްލަވާ
ނިންމަވަންޖެހޭ މައްސަލަތަކަކަށް ނުވާއިރު އަދި އެފަދަ މައްސަލަތަކަކީ އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ސާބިތު ކުރަންޖެހޭ މައްސަލަތަކަކަށްވާއިރު މައްސަލަ ނިންމަވާފައިވާނީ ބޮޑެތިޝައްކުތައް
ދަމަހައްޓައި، އެޝައްކުތައް ފިލުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރައްވާކަމަށް ބުނެ ހުށަހެޅި
(ށ) ހަވަނަ ކަމަކީ: ޝަރީޢަތުގެ މަޖިލީހުގައިވެސް އަދި ތަޙްޤީޤުގެ މަރުޙަލާގައިވެސް
އުފަން ދައްކާފައި ނުވާ ބައެއްވާހަކަ ޝަރީޢަތުގެ މަޖިލީހުގައި ދެކެވުނު ވާހަކާގެ ގޮތުގައި އުފަންކުރުވައި
އެކަން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަ ކޮށްފައި އޮތުމުންނާއި ޝަރީޢަތުގެ މަޖިލީހުގައި ދެއްކި
މުހިއްމު ބައެއް ވާހަކަތަކަށް ރިޢާޔަތް ކުރައްވާފައި ނެތުމުން މި މައްސަލައިގައި ޢަދުލުއިންޞާފު ޤާއިމް
ކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި
ނއ .
ދިވެހިރާއްa؟
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
އޭނާއާއި ދެ ޗެކު ހަވާލުކުރިތާ ދެތިން ދުވަސް ފަހުން ޢަލީ ޝަރީފު، އާމިނަތު ސަޢީދާއަށް ގުޅާފައި އެ އެޖްގެ ހައިކޯޓް
7
2011/HC-A/15
534/Cr-C/2010
(2173/JC/2010)
.
04- ކްރިމިނަލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި އިންނަމާދޫ ސީތާ، މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ޙީލަތް ހެދުމުގެ ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާ ނިންމުން އިސްތިއުނާފު ކުރުމަށް މަމްދޫޙާ ޝުޖާޢުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅޭގޮތުން މަމްދޫޙާ ޝުޖާޢުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާ
ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC
/
2010
)
534
/
Cr
-
C/2173)
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ce O
.
.
(ހ) ފުރަތަމަ ކަމަކީ: އިންނަމާދޫ ސީތާ، މަމްދޫޙާ ޝުޖާޢުގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާގެ ދަށުން ދިހަހާސް ރުފިޔާއަށްވުރެ
މަތީ އަދަދެއްގެ ފައިސާއިން މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ ދަޢުވާ ކޮށްފައިވަނީ، މަމްދޫޙު ޝުޖާޢު،
އިންނަމާދޫ ނޫރާނީގޭ ޢަލީ ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި އޮންނަ
ނަންބަރު 001-215924-7703 އެކައުންޓުގެ 000032 ނަންބަރު ޗެކާއި، 000033 ނަންބަރު ޗެކުން،
ޢަލީ ޝަރީފުގެ ސޮއި ފޯރޖްކޮށްގެން -/4077100ރ (ހަތަރު މިލިއަން ހަތްދިހަ ހަތްހާސް އެއްސަތޭކަ
ރުފިޔާ) ނަގާފައިވާކަމަށް އިންކާރުކުރިނަމަވެސް، 2008 ވަނަ އަހަރުގެ ދުވަހެއްގައި، އިންނަމާދޫ
ނޫރާނީގޭ އާމިނަތު ސަޢީދާގެ ބޭބެ
ޢަލީ ޝަރީފް ބެންކޮކްގައި ހުރެ ގުޅާފައި މަމްދޫޙާ ޝުޖާޢުއާ، ޢަލީ
ޝަރީފުގެ ޗެކް ފޮތުން ދެޗެކް ހަވާލުކުރުމަށް ބުނެފައިވަނިކޮށް، މަމްދޫޙު ޝުޖާޢު ޗެކް ބަލައި ދިއުމުން
އޭނާއާ، ނަންބަރު 001-215924-7703 އެކައުންޓުގެ ޗެކު ފޮތުން ހުސް ދެ ޗެކު ހަވާލުކުރި ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A/15
#
ޗެކް މަމްދޫޙު ޝުޖާޢު ގެނައިތޯ ސުވާލުކުރިކަމަށް، އިންނަމާދޫ ނޫރާނީގޭ އާމިނަތު ސަޢާދާ ބުނާތީއާއި،
2008 ވަނައަހަރުގެ ދުވަހެއްގައި ޅ. ހިންނަވަރު ކާރނޭޝަންމާގެ ފާޠިމަތު ސާޖިދާ ބޭންކުގައި އުޅެނިކޮށް،
މަމްދޫޙު ޝުޖާޢު -/4000000ރ (ހަތަރު މިލިއަން ރުފިޔާ) ގެ ޗެކެއް ހިފައިގެން ފައިސާ ނަގަން
އައުމުން، އެ ޗެކާއި މަމްދޫޙާ ޝުޖާޢުގެ އައި.ޑީ.ކާރޑް ހިފައިގެންގޮސް ފައިސާ ދޫކުރާ ކައުންޓަރުގައި އިން
ކުއްޖާއާ ހަވާލު ކުރުމުން އެޗެކަށް ބޭންކުން ފައިސާ ދޫކުރިކަމާއި، އަދި އެ ޗެކަކީ އޭގައި ލިޔެ ޗެކުގެ
ވެރިފަރާތުގެ ސޮއިކޮށްފައިވާ ޗެކެއްކަމަށް، ފާޠިމަތު ސާޖިދާ ބުނާތީއާއި، ޢަލީ ޝަރީފް، ބޭންކް އޮފް
މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު 001-215924-7703 އެކައުންޓުގެ ނަންބަރު 000032
ޗެކާއި، 000033 ނަންބަރު ޗެކުން، ނަގާފައިވާ -/4077100ރ (ހަތަރު މިލިއަން ހަތްދިހަ ހަތްހާސް
އެއްސަތޭކަ ރުފިޔާ) ހިމެނޭ ދެޗެކުގައިވާ ސޮޔަކީ ޢަލީ ޝަރީފުގެ ސޮއި ނޫންކަމަށާއި، އެ ދެ ޗެކުގައިވާ
ލިޔުމަކީ މަމްދޫޙް ޝުޖާޢުގެ އަތުލިޔުންކަން ޑޮކިއުމެންޓް އެގްޒެމިނޭޝަން ރިޕޯޓުން އެނގެން
އޮންނާތީކަމަށް ބަޔާންކުރައްވައިކަން އެނގޭކަމާއި، އެ ދަޢުވާއާއެކު މަމްދޫޙު ޝުޖާޢު، ޢަލީ ޝަރީފުގެ
ނަންބަރު 001-215924-7703 އެކައުންޓުން މަކަރާއި ޙީލަތުން ނަގާފައިވާކަމަށްބުނާ -/4077100ރ
(ހަތަރު މިލިއަން ހަތްދިހަ ހަތްހާސް އެއްސަތޭކަ ރުފިޔާ) މަމްދޫޙާ ޝުޖާޢުގެ އަތުން ހޯދުމަށް
އިންނަމާދޫ ނޫރާނީގޭ ޢަލީ ޝަރީފް އެދޭ މައްސަލަ ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި،
އެދަޢުވާ ހުށަހެޅުމުން މަމްދޫޙާ ޝުޖާޢު އެދަޢުވާއަށް އިންކާރުކޮށް، ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އޭނާއާއި ޢަލީ ޝަރީފާ ދެމީހުންނަކީ ވަރަށް ގާތް ދެރައްޓެހިންކަމަށާއި،
އެދެމީހުންނާއި އިތުރު މީހަކު ބައިވެރިވެގެން އެނެކްސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، ޢަލީ ޝަރީފު ބެންކޮކުގައި ދިގު މުއްދަތަކަށް ހުންނަން
ޖެހުމާއެކު
އެކު އެކުންފުނީގެ ޗެކުތަކާއި އަދި ޢަލީ ޝަރީފުގެ އަމިއްލަ : އެކިފަރާތްތަކަށް ދައްކަންޖެހޭ
ފައިސާ ދެއްކުމުގެ ގޮތުން ވަރަށް ގިނަ ޗެކުތައް މަމްދޫޙު ޝުޖާޢުއާ ހަވާލުކުރާ ކަމަށާއި އެގޮތުން، ޢަލީ
ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި އޮންނަ ނަންބަރު 001-215924-7703 އެކައުންޓުގެޖޭގެ
متر مربع می
ه3
2 ހދ8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2011/HC-A/15
ނަންބަރު 000032 ޗެކާއި، ނަންބަރު 000033 ޗެކް ޢަލީ ޝަރީފް ބުނެގެން އޭނާގެ ކޮއްކޮ އާމިނަތު
ސަޢާދާ، މަމްދޫޙާ ޝުޖާޢުއާ ހަވާލުކުރި ކަމަށާއި، މި މައްސަލައިގައި ހިމެނޭ ޗެކުތަކަކީ ޢަލީ ޝަރީފް
ސޮއިކޮށް ނިންމުމުގެ މަތިން ޢަލީ ޝަރީފުގެ ކޮއްކޮ އާމިނަތު ސަޢާދާ، މަމްދޫޙާ ޝުޖާޢުއާ ހަވާލު
ކުރި ޗެކުތަކެއް ކަމަށާއި، ޢަލީ ޝަރީފު ބެންކޮކުގައި ހުރި އިރު، އެ ދެ ޗެކު ނޫން އެތައް ޗެކުތަކަކުން އެ
އެކައުންޓުން ފައިސާގެ މުޢާމަލާތް ހިންގާފައިވާކަމަށާއި، މި މައްސަލައިގައި ހިމެނޭ ދެ ޗެކުގެ ތެރެއިން
ނަންބަރު 000032 ޗެކުން ނަގާފައިވާ -/4000000ރ (ހަތަރު މިލިއަން ރުފިޔާ) ގެ ތެރެއިން
-/000، 3,000ރ. (ތިންމިލިއަން ރުފިޔާ) ޢަލީ ޝަރީފް ބުނެގެން ބިލްޑިންގ ސަރވިސަސް
އިންޓަރގްރޭޓެޑް ކޮމްޕެނީއާ ހަވާލުކޮށްފައިވާނެ ކަމަށާއި، އެކުންފުނީގެ ފަރާތުން އެ ފައިސާއާ
ހަވާލުވެފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އިބްރާހީމް ނަސީމް ކަމަށާއި އެޗެކުން ނެގި ފައިސާގެ ތެރެއިން
ބާކީ އޮތް -/
1000,000ރ. (އެއްމިލިއަން ރުފިޔާ) ޢަލީ ޝަރީފު ބުނެގެން ހަވާލުކުރީ އެނެކްސް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރެއް ކަމުގައިވާ އިންނަމާދޫ ތިންނިރު، ޢަބްދު
އާތިފްއާ ކަމަށާއި، އެ
އެކައުންޓުގެ ނަންބަރު 000033 ޗެކުން ނަގާފައިވާ -/776100ރ
(ހަތްދިހަހަތްހާސް އެއްސަތޭކަ ރުފިޔާ) އަކީ މަމްދޫޙާ ޝުޖާޢު ބޭސް ފަރުވާއަކަށް ދާން ބޭނުންވެގެން
ކުންފުނީގެ އެކައުންޓުން ފައިސާ ދޭން އެދުމުން ޢަލީ ޝަރީފުގެ އެކައުންޓުން ދީފައިވާ ފައިސާ ކަމަށާއި،
ޢަލީ ޝަރީފުގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަކަރާއި ހީލަތުން މަމްދޫޙް ޝުޖާޢު
ނަގާފައިވާކަމަށްބުނެ، ޢަލީ ޝަރީފު އެ މައްސަލަ ޖައްސާފައިވަނީ ޢަލީ ޝަރީފުގެ މައްޗަށް މަމްދޫޙާ ޝުޖާޢު،
އޭނާގެ %33.33 ހިއްސާ އޮންނަ އެނެކްސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާ ދާރުންނަށް
އެނގުމަކާ ނުލައި، އެކުންފުނީގެ އެތައް މިލިއަން ރުފިޔާ ޢަލީ ޝަރީފުގެ އެކައުންޓަށް ޓްރާންސްފަރކޮށް
އެފައިސާގެ ބޭނުން ޢަލީ ޝަރީފް ކުރަމުންދާތީ އެފައިސާ ކޮމްޕެނީއަށް ހޯދުމަށް ދަޢުވާ ކުރުމުންކަމަށާއި،
އެއީ، އެކަން ހިނގިތާ 1 އަހަރާއި 3 މަސްދުވަސް ފަސް ކަމަށާއި، މި މައްސަލައިގައި ހިމެނޭ ދެ ޗެކު
އަނބުރާ އާމިނަތު ސަޢާދާއާ ހަވާލު ކުރުމަށް މަމްދޫޙާ ޝުޖާޢުގެ ގާތުގައި ޢަލީ ޝަރީފު ބުނިކަމަށާއި ޣައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
2011/HC-A/15
ނަސީމް ބެންކޮކަށް ފުރުން ލަސްވުމުން ދޭންޖެހޭ މުސާރަ އަވަސް ކުރަންޖެހިގެން އެކަން އެހެން ގޮތަކަރޯއްޖޭގެ ހައިކޯޑު
އެދެ ޗެކު ޢަލީ ޝަރީފާ ހަވާލު ކުރާނެކަމަށް މަމްދޫޙާ ޝުޖާޢު ބުނިކަމަށާއި، އެދެޘަކު މަމްދޫޙާ ޝުޖާޢުއާ
ހަވާލުކުރީ ބެންކޮކަށް ފޮނުވުމަށްޓަކައިކަމަށް ޢަލީ ޝަރީފް ބުނާބުނުމަކީ ކަނޑައެޅިގެން އޭނާ ހަދާ
ދޮގެއްކަމަށާއި އަދި އެދެޗެކު ކޮބައިތޯ ޢަލީ ޝަރީފް، މަމްދޫޙާ ޝުޖާޢުގެ ކައިރީގައި އަހާފައިވެސް
ނުވާކަމަށް މަމްދޫޙާ ޝުޖާޢުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: މަމްދޫޙާ ޝުޖާޢުގެ މައްޗަށް ދައުލަތުން ކުރި ދަޢުވާއަށް އޭނާ
އިންކާރު ކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
އިންނަމާދޫ ނޫރާނީގޭ ޢަލީ ޝަރީފު ގެންގުޅޭ ދެ މުވައްޒަފަކަށް މުސާރަ ދިނުމަށްޓަކައި
ދެ ޗެކު ބޭނުންވެގެން، ޢަލީ ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ ނަންބަރު
7703-215924-001 އެކައުންޓުން ދެ ޗެކު މަމްދޫޙާ ޝުޖާޢު އާ ހަވާލު ކުރުމަށް ޢަލީ ޝަރީފުގެ
އެއްބަނޑު އެއްބަފާ ކޮއްކޮ އާމިނަތު ސަޢީދާގެ ގާތުގައި ޢަލީ ޝަރީފު ބުނުމުން، މަމްދޫޙާ ޝުޖާޢު އެ ޗެކު
ބަލައި އާމިނަތު ސަޢީދާގެ ކައިރިއަށް ދިއުމުން މަމްދޫޙާ ޝުޖާޢުއާ އެ ދެ ޗެކު ހަވާލުކުރި ކަމާއި، އެ ދެ
ޗެކަކީ އެއްވެސް އެއްޗެއް ނުލިޔެ ހުސްކޮށް އޮތް ދެ ޗެކުކަމާއި، މަމްދޫޙާ ޝުޖާޢުއާ ޗެކު ހަވާލު ކުރުމަށް
އާމިނަތު ސަޢާދާ ގާތުގައި ޢަލީ ޝަރީފު ބުނީ އެދުވަސްވަރު މއ. ގްރީންޕީކް އިބްރާހީމް ނަސީމް
ބެންކޮކަށް ދިއުމަށް އުޅޭތީ އޭނާއާ ހަވާލުކޮށް ޗެކު ބެންކޮކަށް ގެނައުމަށް ކަމަށާއި، އެގޮތުން އެ ޗެކުތައް
ސިޓީ އުރައަކަށް ލައި ބަންދުކޮށްފައި އިބްރާހީމް ނަސީމުގެ އަތަށް އެސިޓީ އުރައަކީ ކޮން އެއްޗެއްކަން
ނޭނގޭ ގޮތަށް ހަވާލު ކުރުމަށް މަމްދޫޙާ ޝުޖާޢު ގާތުގައި ބުނި ކަމަށާއި، ނަމަވެސް އެވާހަކަ އިބްރާހީމް
ނަސީމުގެ ގާތުގައި ބުނެފައިނުވާނެކަމަށް ޢަލީ ޝަރީފު ބުނެފައިވާކަން އެނގޭކަމާއި، އަދި އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2011/HC-A/15
ހަމަޖައްސައި މަމްދޫޙާ ޝުޖާޢުއަށް ގުޅާފައި އެދެޗެކު ގެންގޮސް އާމިނަތު ސަޢާދާއާ ހަވާލުކުރުމަށް މަމްދޫޙް
ޝުޖާޢުގެ ގާތުގައި ޢަލީ ޝަރީފް، ބުނުމުން، އެގޮތަށް ޢަމަލުކުރާނެކަމަށް މަމްދޫޙާ ޝުޖާޢު ބުނިކަމަށާއި،
އޭގެ ދުވަސްކޮޅެއް ފަހުން 2008 ވަނައަހަރުގެ ޖޫންމަހުގެ ފަހު ކޮޅު ނުވަތަ ޖުލައި މަހުގެ ކުރީ ކޮޅު
ދުވަހެއްގައި ޑޮލަރ ހޯދުމަށް ޢަލީ ޝަރީފް ބޭންކަށް ގުޅައިގެން ވާހަކަ ދެއްކި ދެއްކުމުގައި ޢަލީ ޝަރީފުގެ
އެކައުންޓުގެ ބެލެންސް ބެލިއިރު، އެ އެކައުންޓުގައި ފައިސާ ނެތްކަން އެނގުނުކަމަށާއި، އެކަން ވެފައިވާ
ގޮތެއް ބޭންކުން ސާފުކުރުމުން ޢަލީ ޝަރީފުގެ އެކައުންޓުން މަމްދޫޙާ ޝުޖާޢު ފައިސާ ނަގާފައިވާކަން ޢަލީ
ޝަރީފަށް އެނގުނުކަމަށާއި، އެކަމާ ގުޅިގެން މަމްދޫޙާ ޝުޖާޢުއަށް ގުޅުމުން އޭނާ ފައިސާ ނުނަގާކަމަށް
ބުނިކަމަށާއި، އަދި އޭނާއާ ހަވާލުކޮށްފައިވާ ޗެކުތައް އާމިނަތު ސަޢާދާއާ ހަވާލު ކުރާނެކަމަށް މަމްދޫޙް
ޝުޖާޢު ބުނިކަމަށާއި، އެއްވެސް އިރެއްގައި އަދި އެއްވެސް ދުވަހެއްގައި މަމްދޫޙާ ޝުޖާޢު ހިފައިގެންދާ
ޗެކަކަށް ފައިސާ ދޫކުރުމަށް ބޭންކުގެ އެއްވެސް މުވައްޒަފަކަށް އަދި ޅ. ހިންނަވަރު ކާނޭޝަންމާގޭ ފާޠިމަތު
ސާޖިދާއަށް ފޯނުކޮށް ބުނެފައި ނުވާނެކަމަށާއި، ފާޠިމަތު ސާޖިދާއަކީ ޢަލީ ޝަރީފުގެ ރައްޓެއްސެއް
ކަމުގައިވާތީ އެކިއެކި ބޭނުންތަކުގައި އެކިފަހަރު މަތިން ފާޠިމަތު ސާޖިދާއާ ގުޅާފައި ހުންނާނެކަމަށާއި،
ނަމަވެސް މަމްދޫޙާ ޝުޖާޢު ޗެކަށް ފައިސާ ނެގި ދުވަހު ފާޠިމަތު ސާޖިދާއަށް ނުގުޅާކަމަށާއި
މެނޭޖަރއަކީވެސް ޢަލީ ޝަރީފުގެ ރައްޓެއްސެއް ކަމުގައިވާތީ އެކިކަންތައްތަކުގައި ޢަލީ ޝަރީފު ބޭންކުގެ
މެނޭޖަރއަށް ގުޅާފައިވާނެކަމަށާއި އެދުވަސްވަރުގެ ތަންކޮޅެއް ކުރީގެ މަރުހަލާއެއްގައި މަމްދޫޙާ ޝުޖާޢުއަށް
ޢަލީ ޝަރީފު -/
300،000ރ. (ތިންލައްކަ ރުފިޔާ) ގެ ކުޑަ ދަރަންޏެއް ދީފައިވާނެ ކަމަށާއި، މަމްދޫޙް
ޝުޖާޢު އާއި ޢަލީ ޝަރީފާ ދެ މީހުންނަކީ ޢާއިލީ ގޮތުންނާއި ވިޔަފާރީގެ ގޮތުންވެސް ވަރަށްގާތް
ދެމީހުންކަމަށާއި، މަމްދޫޙާ ޝުޖާޢުއަކީ ޢަލީ ޝަރީފް ވަރަށް ބޮޑަށް އިތުބާރުކުރާ މީހެއްކަމަށާއި މަމްދޫޙާ
ޝުޖާޢުއަށް އެއްވެސް ކަހަލަ އަދަބެއް ލިބުމަށް ބޭނުންނުވާކަމަށާއި، ނަމަވެސް ޢަލީ ޝަރީފުގެ އެކައުންޓުން
ޝުޖާޢު ނެގިކަމަށްބުނާ ފައިސާއަކީ ޢަލީ ޝަރީފުގެ ފައިސާކަމަށްވާތީ އެފައިސާ ލިބުމަށް
ބޭނުންވާކަމަށާއި މަމްދޫޙާ ޝުޖާޢުގެ ގާތުގައި ފައިސާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެދި އެތައް
ه8ކުގެ
ބޮން ކުJ
890)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3216471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،ދިވެހިރާއްޖެ
12
2011/HC-A/15
4. 03
O CUOCO
ގޮތަކުން މަސައްކަތް ކުރުމުންވެސް ފައިސާ ނުލިބުމުން ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުނީކަމަށާއި
ބިލްޑިންގ ސަރވިސަސް އިންޓެގްރޭޓެޑް ޕްރައިވެޓް ލިމިޓެޑަށް އަދި އެހެންވެސް މީހަކަށް ޢަލީ ޝަރީފު
ފަރުދީ ހައިސިއްޔަތުން ދޭންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށާއި ނަމަވެސް، ޢަލީ ޝަރީފު
ކުންފުންޏެއް ހިންގިއިރު، އެކުންފުންޏާ ދޭތެރޭގައި ކުރެވިފައިހުރި މުޢާމަލާތްތަކަކަށް ދައްކަންޖެހޭ ފައިސާ
ދައްކައި ޚަލާޞްކޮށްފައިވާނެ ކަމަށާއި އެހެންކަމުން އެއްވެސް ފައިސާއެއް ބިލްޑިންގ ސަރވިސަސް
އިންޓެގްރޭޓެޑް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް މަމްދޫޙާ ޝުޖާޢުގެ ގާތުގައި ޢަލީ ޝަރީފު ބުނެފައި
ނުވާނެކަމަށާއި، ޢަލީ ޝަރީފުގެ އަމިއްލަ އެކައުންޓަށް އެނެކްސް ޕްރައިވެޓް ލިމިޓެޑުގެ ފައިސާ އަދި
އެނެކްސްގެ އެކައުންޓަށް ޢަލީ ޝަރީފުގެ ފައިސާވެސް ޖަމާކުރެވިފައި ހުންނާނެކަމަށް ޢަލީ ޝަރީފު
ބުނެފައިވާކަން އެނގޭކަމާއި،
އިންނަމާދޫ ނޫރާނީގޭ ޢަލީ ޝަރީފު ބެންކޮކުގައި ހުރެ އޭނާގެ
އާމިނަތު ސަޢީދާއަށް ފޯނުކޮށްފައި، ޢަލީ ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި އޮންނަ
ނަންބަރު 001-215924-7703 އެކައުންޓުގެ ޗެކު ފޮތުން ދެ ޗެކު، ރ. އިންނަމާދޫ ސީތާ މަމްދޫހް
ޝުޖާޢު އަށް ދިނުމަށް ޢަލީ ޝަރީފު، އާމިނަތު ސަޢާދާ ގާތުގައި ބުނެފައިވަނިކޮށް މަމްދޫޙު ޝުޖާޢު ޗެކު
ބަލައި، ދިއުމުން، ޢަލީ ޝަރީފުގެ އެކައުންޓުގެ ޗެކު ފޮތުން ދެ ޗެކު މަމްދޫޙާ ޝުޖާޢުއަށް ދިންކަމާއި،
އެދެޗެކަކީ އެއްޗެއް ނުލިޔެ ހުސްކޮށް އޮތް ދެ ޗެކުކަމަށް އާމިނަތު ސަޢާދާ ބުނެފައިވާކަން އެނގޭއިރު،
މަމްދޫޙާ ޝުޖާޢުގެ އަތަށް އާމިނަތު ސަޢާދާ ދިން ދެ ޗެކަކީ ސޮއި ނުކޮށް ހުސްކޮށް އޮތް ދެ ޗެކުކަމަށާއި
އެކަން އެގުނީ އެޗެކުތައް ފެނިފައިވާތީކަމަށް ސިތާރާ، ޝާޢިރާ އިބްރާހީމް ބުނެފައިވާކަން
3.88
4
2 ހއ
8a
.
aދ398
ކޮމިނޭޑް
ޓ
އެނގޭކަމާއި،
މަމްދޫޙާ ޝުޖާޢުގެ އަތަށް އާމިނަތު ސަޢާދާ ދީފައިވަނީ އިސްވެ ބުނެވުނު އެކައުންޓުގެ
ނަންބަރު 000032 ޗެކާއި ނަންބަރު 000033 ޗެކުކަމާއި، އެ ދެޗެކުގެ ތެރެއިން ނަންބަރު 000032
ޗެކަށް -/4000000ރ (ހަތަރު މިލިއަން ރުފިޔާ) 04 ޖޫން 2008 ގައި އަދި ނަންބަރު e90033
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3216471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
13
2011/HC-A/15
8 04
ޗެކަށް -/100, 77ރ (ހަތްދިހަހަތްހާސް އެއްސަތޭކަ ރުފިޔާ) 16 ޖޫން 2008 ގައި މަމްދޫޙާ ޝުޖާޢު
ނަގާފައިވާކަން އެނގޭކަމާއި، އެޗުކުތަކަށް ފައިސާ ދޫކުރެވުނު ގޮތް ކިޔައިދެމުން އޮފް މޯލްޑިވްސް
ގެ ފަރާތުން އެ ކަމުގައި ހަރަކާތްތެރިވި މުވައްޒަފުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާންތަކަށް ބަލާއިރު،
2008 ވަނައަހަރުގެ ކުރީ ކޮޅުން ދުވަހެއްގައި މަމްދޫޙާ ޝުޖާޢު ޗެކެއް ހިފައިގެން
ބޭންކަ ދިޔަކަމަށާއި، އެޗެކުގައި އޮތީ ސޮއިކޮށްފައިކަމަށާއި، އެ ޗެކަށް ފައިސާ
ނެގުމަށް ބޭންކަށް
ހުށަހެޅުމުން އެ ޗެކުގައިވާ ޢަދަދު -/
50،000ރ. (ފަންސާސްހާސް ރުފިޔާ) އަށް ވުރެ ބޮޑުވާތީ، ފަހަތުގައި
އިން ހެޑް ކޭޝިއަރަށް ހަވާލު ކުރެވުނުކަމަށާއި، އެފަދަ ބޮޑު އަދަދެއްގެ ފައިސާ ދޫކުރެވޭނީ ފަހަތުގައި
ތިބޭ، ބެކް އޮފީހުގެ އޮފިސަރުން އެޕްރޫވް ކުރުމުން ކަމަށާއި، އެ ޗެކު ލިބުމުގެ ކުރިން ޢަލީ ޝަރީފު،
ހިންނަވަރު ކާނޭޝަންމާގޭ ފާޠިމަތު ސާޖިދާއަށް ފޯނުކޮށް، ޝުޖާޢު ހިފައިގެންދާ ޗެކަށް ފައިސާ ލިބޭނޭ
ގޮތް ހަމަޖައްސައި ދިނުމަށް އެދުނުކަމަށް ފާޠިމަތު ސާޖިދާ ބުނެފައިވާކަން އެނގޭކަމާއި،
މަމްދޫޙާ ޝުޖާޢު ބޭންކަށް ހުށަހެޅި ޢަލީ ޝަރީފުގެ އެކައުންޓުގެ ނަންބަރު 000032
ޗެކަށް ފައިސާ ދޫކުރީ ބޭންކްގެ ހެޑް ކޭޝިއަރެއްގެ މަޤާމުގައިހުރި ސާމިޔާ އިބްރާހީމް ކަމަށާއި، އެކަން
ހިނގާދިޔަގޮތް ބަޔާންކުރަމު ސާމިޔާ އިބްރާހީމް ބުނެފައިވަނީ، އެ ޗެކަށް ފައިސާ ދޫކޮށްފައިވަނީ
ބޭނުންކުން ފައިސާ ދޫކުރުމުގެ ނޯމަލް ޕްރޮސީޖަރއާ އެއްގޮތަށް ކަމަށާއި، ކައުންޓަރުން އެވަރުގެ ބޮޑު
ޢަދަދެއް ދޫނުކުރެވޭނެތީ މީނާއާ ހަމައަށް އެޗްކު އައީ ކަމަށާއި މީނާއަށް ޗެކު ލިބުމުން ފައިސާ ދޫކުރުމުގެ
ކުރިން ބަލަންޖެހޭ އެކައުންޓް ނަންބަރާއި، ތާރީޚާއި، ވެރިފަރާތުގެ ސޮޔާއި، ޗެކުގައިވާ ފައިސާގެ ހިސާބު
ޢަދަދާއި ލިޔުމުންވާ ޢަދަދު އެއްގޮތް ތޯ ބެލި ކަމަށާއި، އެގޮތުން އެކަންކަން ބެލުމުން މައްސަލައެއް
ނެތުމުން ފައިސާ ނެގުމަށް އައިފަރާތުގެ އައިޑީކާޑު ނެގުމަށްފަހު ބޭންކުގައި ރައްކާކުރެވިފައިވާ ސޮޔާއި
ޗެކުގައިވާ ސޮއި ދިވާވޭތޯ ބެލުމަށްފަހު، ފައިސާ ދޫކުރި ކަމަށާއި، ބޭންކަށް ފައިސާ ނެގުމަށްޓަކައި ޗެކެއް
ހުށަހެޅުމުން، އެކަމުން ދޭހަކޮށްދެނީ، އެތަކަށް ފައިސާ ދޫކުރުންކަމަށް މާނަ ކުރެވޭކަމަށް ސާމިޔާ އިބްރާހީބެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2011/HC-A/15
ބުނެފައިވާކަން އެނގޭކަމާއި، އަދި އެ ޗެކަށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވާކަމަށް ބޭންކުގެ މެއިން
ބްރާންޗުގެ މެނޭޖަރ ޙުސައިން ރަޝީދު ބުނެފައިވާކަންވެސް އެނގެން އޮންނަކަމެވެ.
COCOC
14 2
198
(ނ) ތިންވަނަ ކަމަކީ: މިމައްސަލައިގައި މަމްދޫޙާ ޝުޖާޢުގެ ފަރާތުން ދިފާޢީ ހެއްކެއްގެ
ގޮތުގައި ހުށަހެޅި ހެކިންގެ ތެރެއިން މއ. ގްރީންޕީކް އިބްރާހީމް ނަސީމަށް އެނެކްސް އިންޓަރނޭޝަނަލް
ޕްރައިވެޓް ލިމިޓެޑުގެ ދެ ޑިރެކްޓަރުންކަމުގައިވާ މަމްދޫޙާ ޝުޖާޢުއާއި ޢަލީ ޝަރީފަކީ އޭނާ ދަންނަ
ދެމީހުންކަމަށާއި، އެކުންފުންޏާއި އިބްރާހީމް ނަސީމް ހިއްސާވާ ކުންފުންޏެއްކަމުގައިވާ ބިލްޑިންގ
އިންޓަނޭޝަނަލް އާ ދެމެދު ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވިފައިވާނެކަމަށާއި، އެގޮތުން އެނެކްސް
އިންޓަރނޭޝަނަލުން މީނާއަށް ދޭންޖެހޭ ތިރީސްހަމިލިޔަން ރުފިޔާގެ ތެރެއިން ޕާޓް ޕޭމަންޓެއްގެ ގޮތުގައި
-/000، 3،000ރ. (ތިން މިލިއަން ރުފިޔާ) މަމްދޫޙް ޝުޖާޢު އިބްރާހީމް ނަސީމަށް ގެނެސް
ދީފައިވާކަމަށާއި، ޢަލީ ޝަރީފުގެ އެކައުންޓް ޗެކު ފޮތުން ސޮއިކޮށް އަދި ސޮއިނުކޮށްވެސް މަމްދޫޙް
ޝުޖާޢުއަށް ޗެކުދީ ހަދާކަމަށާއި، އަދި ޢަލީ ޝަރީފުގެ ކޮއްކޮ އާމިނަތު ސަޢީދާގެ ގާތުގައި ޗެކުގައި
ސޮއިކުރުމަށް ޢަލީ ޝަރީފު ބުނާކަން އެނގޭކަމަށާއި، ޢަލީ ޝަރީފުގެ އެކައުންޓުން މަމްދޫޙާ ޝުޖާޢު
ފައިސާ ދޫކުރުމަށް ޢަލީ ޝަރީފު، ފާޠިމަތު ސާޖިދާއަށް ފޯނުން ގުޅާފައި ބުނިކަމަށް މއ. ގްރީންޕިކް
އިބްރާހީމް ނަސީމް ބުނެފައިވާކަން އެނގޭކަމާއި،
ޢަލީ ޝަރީފުގެ އެކައުންޓުން މަމްދޫޙް ޝުޖާޢު ނެގި ފައިސާގެ ތެރެއިން
-/1,000,000ރ (އެއްމިލިއަން ރުފިޔާ) އެނެކްސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރެއް
ކަމުގައިވާ ޢަބްދުﷲ ޢާޠިފްއާ ހަވާލުކޮށްފައިވާކަމަށް މަމްދޫޙާ ޝުޖާޢު ބުނިނަމަވެސް އެ ފައިސާ ޢަބްދު
ޢާޠިފާ ހަވާލުނުކުރާކަމަށް ޢަބްދުﷲ ޢާޠިފު ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2011/HC-A/15
.
(ށ) ހަތަރުވަނަ ކަމަކީ: އިންނަމާދޫ | ސީތާ، މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި
ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ،
އެދަޢުވާއަށް މަމްދޫޙާ ޝުޖާޢު އިންކާރު ކުރިކަމުގައި ވީނަމަވެސް، މަމްދޫޙު ޝުޖާޢު، ޢަލީ ޝަރީފުގެ
އެކައުންޓުން ފައިސާ ނަގާފައިވަނީ ޢަލީ ޝަރީފުގެ ސޮއި ފޯމް ކޮށްގެންކަން އާމިނަތު ސަޢާދާއާއި، ޝާރާ
އިބްރާހީމްގެ ހެކިބަހާއި، ހުށަހެޅިފައިވާ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓުން ސާބިތުވާތީއާއި، ދަޢުވާލިބޭ
ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދައުލަތުގެ ހެކި ނަފީ ނުކުރެވޭތީކަމަށް ބަޔާންކުރައްވައިކަން
އެނގޭއިރު،
މަމްދޫޙާ ޝުޖާޢު މަކަރާއި ޙީލަތް ހަދައި އޮޅުވާލައިގެން ޢަލީ ޝަރީފުގެ އެކައުންޓުގެ ޗެކު
ފޮތުން ޗެކު ހޯދައިގެން އެޗެކުތަކުގައި ސޮއިކޮށް، އެކައުންޓުން ފައިސާ ނުނަގާކަމަށް ބުނެ
އިންކާރުކޮށްފައިވާ ކަމާއި، އެ ޗެކުތަކަށް ފައިސާ ނަގާފައިވަނީ ޢަލީ ޝަރީފުގެ ނިންމުމުގެ މަތިން ޢަލީ
ޝަރީފު
ޖީސީޑީ އެއްބަނޑު އެއްބަފާ ކޮއްކޮ
އެބަފާ ކޮއްކޮ އާމިނަތު ސަޢީދާއަށް ފޯނުކޮށް މަމްދޫޙާ ޝުޖާޢު ދިއުމުން ޢަލީ
ޝަރީފުގެ ޗެކު ފޮތުން ދެ ޗެކު މަމްދޫޙާ ޝުޖާޢުގެ އަތަށް ދިނުމަށް ޢަލީ ޝަރީފު ބުނެގެ
ބުނެފައިވަނިކޮށް،
މަމްދޫޙާ ޝުޖާޢު އެޗެކު ބަލައި އާމިނަތު ސަޢީދާގެ ކައިރިއަށް ދިއުމުން، މަމްދޫޙާ ޝުޖާޢުގެ އަތަށް
އާމިނަތު ސަޢާދާ ދެޗެކު ދީފައިވާކަން އެއްވެސް ޚިލާފެއްނެތި އެނގޭކަމާއި، ނަމަވެސް، މި މައްސަލައިގައި
ދެ ފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ އެ ޗެކުތަކުގައިވާ ސޮޔާއި އެޗެކުތަކަށް ފައިސާ ނަގައި
ބޭނުންކުރެވުނު ގޮތާމެދުގައިކަން އެނގޭއިރު، އެޗެކުތަކަށް ނެގި ފައިސާއިން ޢަމަލުކޮށްފައިވަނީ ޢަލީ
ޝަރީފު ބުނެފައިވާ ގޮތަށްކަމަށާއި، އެގޮތުން ނަންބަރު 000032 ޗެކުން ނަގަފައިވާ -/
4,000,000ރ
(ހަތަރު މިލިއަން ރުފިޔާ) ގެ ތެރެއިން -/
3,000,000ރ. (ތިން މިލިއަން ރުފިޔާ) ޢަލީ ޝަރީފް
ބުނެގެން ބިލްޑިންގ ސަރވިސަސް އިންޓަރގްރޭޓެޑް ކޮމްޕެނީގެ ޑިރެކްޓަރ އިބްރާހީމް ނަސީމާއި
ލުކޮށްފައިވާކަމަށް މަމްދޫޙާ ޝުޖާޢު ބުނެފައިވާއިރު، އެފައިސާ ލިބިފައިވާކަމަށް އިބްރާހީމް ނަސީމްވެސް
ބުނެފައިވާކަން އެނގޭކަމަށާއި، އަދި ބާކީ އޮތް -/1000,000ރ (އެއްމިލިއަން ރުފިޔާ) ޢަލީ
342=ވ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
2011/HC-A/15
.
ބުނެގެން ހަވާލުކުރީ އެނެކްސް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާދާރެއް ކަމުގައިވާ
އިންނަމާދޫ ތިންނިރު، ޢަބްދުﷲ ޢާޠިފްއާ ކަމަށް މަމްދޫޙް ޝުޖާޢު ބުނިނަމަވެސް އެފައިސާ
ލިބިފައިނުވާކަމަށް ޢަބްދުﷲ ޢާޠިފް ބުނެފައިވާކަން އެނގޭކަމާއި، އަދި ނަންބަރު 000033 ޗެކުން
ނަގާފައިވާ -/100، 77 ރ. (ހަތްދިހަހަތްހާސް އެއްސަތޭކަ ރުފިޔާ) އަކީ މަމްދޫޙާ ޝުޖާޢު ބޭސްފަރުވާއަކަށް
ދާން ބޭނުންވެގެން ކުންފުނީގެ އެކައުންޓުން ފައިސާ ދޭން އެދުމުން ޢަލީ ޝަރީފުގެ އެކައުންޓުން ދީފައިވާ
ފައިސާ ކަމަށް ބުނެފައިވާއިރު، މަމްދޫޙާ ޝުޖާޢުއަށް ދަރަނީގެ ގޮތުގައި -/300،000ރ (ތިންލައްކަ
ރުފިޔާ) ދީފައިވާނެކަމަށް ޢަލީ ޝަރީފު ބުނެފައިވީނަމަވެސް، އެކަމާމެދު މަމްދޫޙާ ޝުޖާޢު އެއްވެސް
އެއްޗެއް ބުނެފައިނުވާކަމާއި، އަދި -/77،100ރ (ހަތްދިހަހަތްހާސް އެއްސަތޭކަ ރުފިޔާ) އަކީ މަމްދޫޙް
ޝުޖާޢު ބޭސް ފަރުވާކުރުމަށްޓަކައި ކުންފުނީގެ އެކައުންޓުން ފައިސާ ދިނުމަށް ޢަލީ ޝަރީފުގެ ގާތުގައި
ޢަލީ ޝަރީފުގެ އެކައުންޓުން މަމްދޫޙާ ޝުޖާޢު އަށް ދިން ފައިސާކަމަށް މަމްދޫޙާ ޝުޖާޢު ބުނާ
މި ޢަލީ ޝަރީފު ބުނެފައިނުވާކަން އެނގޭކަމާއި،
می میرم
24 2>
مسترد کے
އއ
މި މައްސަލައިގައި ހިމެނޭ ދެ ޗެކު މަމްދޫޙާ ޝުޖާޢުގެ އަތަށް ދިން އިރު، އެޗެކުތަކުގައި
އެއްވެސް އެއްޗެއް ލިޔެފައިނުވާކަމަށް އާމިނަތު ސަޢީދާއާއި ޝާޠިރާ އިބްރާހީމް ބުނެފައިވާއިރު، އެ
ދެޗެކުގައިވާ ސޮޔަކީ ޢަލީ ޝަރީފުގެ ސޮއިކަމަށް މަމްދޫޙާ ޝުޖާޢު ބުނެފައިވާކަން އެނގޭކަމާއި، އެ ދެ
ޗެކަށް ފައިސާ ނެގުމަށް ބޭންކަށް ހުށަހެޅުމުން، އެޗެކުގައިވާ ސޮއި އެ އެކައުންޓުގެ ވެރިފަރާތުން ބޭންކަށް
ދީފައިވާ ސާމްޕަލް ސޮއި ބޭންކުގެ ފަރާތުން ބެލިއިރު، އެ ދެ ސޮއި އެއްގޮތްވާ ކަމަށާއި އެހެންކަމުން
ޗެކަށް ފައިސާ ނެގުމަށް އައި ފަރާތުގެ އައިޑެންޓިޓީކާޑު ނަންބަރާއި އެފަރާތުގެ ނަމާއި އެޑްރެހާއި ސޮޔާއި
ފޯނު ނަންބަރު ނެގުމަށްފަހު، އެ ޗެކަށް ފައިސާ ދޫކުރުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ބޭންކުގެ
އިޖްރާއާތުތަކާ އެ ޗެކަށް ފައިސާ ދޫކުރި ކަމަށް ބޭންކުގެ ފަރާތުން އެމުޢާމަލާތުގައި
ހަރަކާތްތެރިވި ފަރާތްތަކުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާންތަކަށް ބެލުމުން
އެނގޭކަމާއި، އެ ޗެކުގައި ޢަލީ ޝަރީފު ސޮއި ކޮށްފައިނުވާކަމަށް ޢަލީ ޝަރީފު ބުނެފައިވުމުން އެޗެކުގައިގެއްޖޭގެ ހައި
6
8 *ހ2
އެއެގެތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެ. ދިވެހިއެވެ
17
2011/HC-A/15
ސޮޔާމެދު ޚިލާފު އުފެދިފައިވާތީ، ޢަލީ ޝަރީފުގެ އެކައުންޓުން މަމްދޫޙާ ޝުޖާޢު، ފައިސާ ނެގި
ޗެކްތަކުގައިވާ ލިޔުމާއި ސޮއި، ކޮށްފައިވާ ފަރާތެއް ކަށަވަރު ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް
ސަރވިސްއިން އެ ޑޮކިއުމަންޓުތައް ތަޙްލީލުކޮށް ތައްޔާރުކޮށްފައިވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު 23/FSD
(
E
)
/
2009
/
DED (26 އޯގަސްޓް 2009) "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓް"
OX
އަށް ބަލާއިރު، އެ އެކައުންޓުގެ ނަންބަރު 000032 އާއި ނަންބަރު 000033 ޗެކުގައިވާ ސޮޔާއި
އެއެކައުންޓުގެ ނަމޫނާ ސޮޔާއި އަދި އެ އެކައުންޓުން ދޫކޮށްފައިވާ އިތުރު ޗެކުތަކެއްގައިވާ ސޮޔާއި އަދި
ނަމޫނާގެ
ގޮތުން ނެގިފައިވާ ޢަލީ ޝަރީފުގެ ސޮޔާ ތަފާތުކަމަށް ފެންނަކަމާއި، އެހެންކަމުން
އެމައްސަލައިގައި ސުވާލު އުފެދިފައިވާ ޗެކްތަކުގައި ސޮއިކޮށްފައިވަނީ އެޑިޕާޓްމަންޓަށް ގެނެވުނު ނަމޫނާ
ސޮއިތައް ކޮށްފައިވާ މީހާ (ޢަލީ ޝަރީފް) ނޫންކަމަށާއި، އަދި ސުވާލު އުފެދިފައިވާ ސޮއިތައް ކޮށްފައިވަނީ
އެޑިޕާޓްމަންޓަށް ގެނެވުނު ނަމޫނާ ސޮއިތައް (S3) ކޮށްފައިވާ މީހާކަމަށް ފެންނަކަމަށް ބަޔާންކޮށްފައިވާ
ކަމާއި، ނަމޫނާ (S3) ސޮއިތަކަކީ މަމްދޫޙާ ޝުޖާޢުގެ ސޮއިތައްކަން އެރިޕޯޓުން އެނގެން އޮންނަކަމެވެ.
() ފަސްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު (ޤާނޫނު ނަންބަރު 10/86 ގެ
ޗެޕްޓަރ 4) ގެ 149 ވަނަ މާއްދާގެ (ރ) ގައި "މަކަރާއި ޙީލަތް" މާނަ ކޮށްފައިވަނީ، ޓެކުމަކަށް
ނުހިމެނޭ ގޮތުން އަނެކާއަށް ހަގީގަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް
ހޯދުމަށްޓަކައި އަނެކަކަށް ގެއްލުމެއް ލިބޭގޮތަށް ކުރާ ކޮންމެ ކަމެކެވެ." މިފަދައިންކަން އެނގޭކަމާއި،
މިތައުރީފަށް ބަލާއިރު، މަކަރާއި ޙީލަތުގެ ކުށުގެ ޢަމަލު ފުރިހަމަވުމަށްޓަކައި 3 (ތިނެއް) ޝަރުތެއް
ފުރިހަމަވާންޖެހޭ ކަމާއި، އެއީ:-
(1) އަނެކާއަށް ޙަޤީޤަތް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ތިމާއަށް ފައިދާއެއް
443
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2011/HC-A/15
(2) އެއްވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަމަލަކީ ޓެކުމަކަށް ނުހިމެނޭ ގޮތުން ކުރާ
ޢަމަލަކަށްވުން؛
(3) އެކަން ކުރާ ގޮތުން އަނެކަކަށް ގެއްލުމެއް ލިބުން.
ޝަރުޠުތައްކަން އެނގޭކަމާއި،
ޝަރުތުތައް
ފުރިހަމަވެގެންނޫނީ މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ޝަރީޢަތުން
ކަނޑައެޅިދާނެކަމަށް ނުފެންނަކަމާއި، މި މައްސަލާގައި މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ޙީލަތް
ހެދުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ އިސްވެ ބުނެވުނު ޝަރުޠުތައް ފުރިހަމަ
ބަލާއިރު،
31ނ
ޓެކުން މި ބަސް މާނަ ކޮށްފައިވާ ގޮތަށް ބަލާއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަމާއްދާގެ
(ށ) ގައި "ޓެކުން" މާނަ ކޮށްފައިވަނީ "އަނެކާއަށް އެކަމުން މަންފާއެއް އޮތްކަން
ދޯއެއް އޮތްކަން ދައްކައިގެން ފައިދާއެއް
#
ނުވަތަ ޚިދުމަތެއް ކޮށްދޭން ބުނެ ނުވަތަ އެފަދަ ކަމެއް ވެވިދާނެކަން ކަމަކުން ނުވަތަ ސިފައަކުން
ދައްކައިގެން، ފައިސާ ނުވަތަ ތަކެތި އަތުލައި، އެކަމެއް އެބުނިގޮތަށް ކޮށްނުދީ އެފައިސާ ނުވަތަ ތަކެތި
ބޭނުން ކުރުމެވެ." މިފަދައިންކަން އެނގޭއިރު، ޢަލީ ޝަރީފުގެ އެކައުންޓުގެ ޗެކު މަމްދޫޙާ ޝުޖާޢުއަށް
ލިބިފައިވަނީ އޭނާއަށް ދެ ޗެކު ދިނުމަށް ޢަލީ ޝަރީފު ބުނެގެންކަމާއި އަދި މަމްދޫޙް ޝުޖާޢު ހިފައިގެންދާ
ޗެކަށް ފައިސާ ލިބޭނޭ ގޮތް ހަމަޖައްސައި ދިނުމަށް ޢަލީ ޝަރީފު ފޯނުކޮށްފައި، ބޭންކުގެ
މުވައްޒަފެއްކަމުގައިވާ ހިންނަވަރު ކާނޭޝަންމާގޭ ފާޠިމަތު ސާޖިދާގެ ގާތުގައި ބުނެފައިވާ ކަމާއި،
މަމްދޫޙާ ޝުޖާޢު ފައިސާ ނެގުމަށް ގެނައި ޗެކުގައިވާ ސޮޔާއި، އެކައުންޓުގެ ވެރިފަރާތުން ބޭންކަށް ދީފައިވާ
ނަމޫނާ ސޮޔާ ދެމެދުގައި ތަފާތެއް ނެތްކަމާއި، އެޗެކަށް ފައިސާ ދޫކޮށްފައިވަނީ އެފަދަ ޗެކުތަކަށް ފައިސާ
ދޫކުރުމަށް ބޭންކުން ކަނޑައަޅާފައި އޮންނަ އިޖްރާޢަތާ އެއްގޮތަށްކަމަށް މި މައްސަލައިގައި ކްރިމިނަލް
ކޯޓުގެ ޝަރީޢަތަށް ޙާޟިރު ކުރެވުނު ބޭންކުގެ މުވައްޒަފުން ބުނެފައިވާކަން އެނގޭކަމާއި، އެ ޗެކުގައިވާ
ސޮއިގެ ވެރިފަރާތާމެދު ސުވާލު އުފެދިފައިވުމުން އެ ސޮއި ކޮށްފައިވާ ފަރާތެއް ބެލުމުގެ ގޮތުން މޯލް
ޕޮލިސް ސަރވިސްއިން އެކަން ތަޙްލީލުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓުގައި އެޗެކުގައިވާ ސޮޔަކީ
4
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
2011/HC-A/15
4 ހއ
އޭނައަށް
ޝުޖާޢުގެ ސޮއިކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮތްނަމަވެސް، މަމްދޫޙާ ޝުޖާޢު އެޗެކުގައި ސޮއި
ކުރިކަމަށް އިންކާރު ކުރާއިރު، މަމްދޫޙާ ޝުޖާޢުއަށް އެ ޗެކުތައް ދިން އިރު އެޗެކުތަކަކީ އެއްޗެއް ނުލިޔެ
ހުސްކޮށް އޮތް ޗެކުތަކެއްކަމަށް އާމިނަތު ސަޢާދާ ބުނެފައިވާއިރު، އާމިނަތު ސަޢީދާއަކީ މި މައްސަލައިގައި
ޝަކުވާ ކުރާ ޢަލީ ޝަރީފުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމާއި، އާމިނަތު ސަޢާދާ އޭނާގެ އެއްބަނޑު
އެއްބަފާ ބޭބެއާ އެއްކޮޅަށް ދޭ ހެކިބަސް ފުރިހަމަ ހެއްކެއްގެ ގޮތުގައި އަދި ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި
ޝަރީޢަތަށް ޤަބޫލު ނުކުރެވޭ ކަމާއި، އަދި މަމްދޫޙާ ޝުޖާޢުގެ އަތަށް އާމިނަތު ސަޢާދާ ދިން ދެ ޗެކަކީ
އެއްޗެއް ނުލިޔެ ހުސްކޮށް އޮތް ދެ ޗެކުކަމަށް ށ. ކޮމަންޑޫ ސިތާރާ، ޝާޢިރާ އިބްރާހީމަށް އެނގޭކަމަށާއި،
އަށް އެކަން އެގުނީ އެޗެކު ދިންއިރު އެތަނުގައި އޭނާ ހުރުމުންކަމަށް ޝާޠިރާ އިބްރާހީމް
ބުނެފައިވާއިރު، މަމްދޫޙާ ޝުޖާޢު އަދި އާމިނަތު ސަޢީދާގެ ތަޙްޤީޤު ބަޔާނުގައި އެޗެކުތައް މަމްދޫޙް
ޝުޖާޢުގެ އަތަށް ދިން އިރު، އެތަނުގައި އިތުރު މީހަކު ނުވަތަ ޝާޠިރާ އިބްރާހީމް ހުރިކަމަށް
ބުނެފައިނުވާކަމާއި، އަދި މި މައްސަލައިގައި ތަޙްޤީޤަށް ޝާޠިރާ އިބްރާހީމް ދީފައިވާ ބަޔާނެއް
ހެއްކެއްގެ
ގޮތުގައި ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެނގޭކަމާއި، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި މީހެއްގެ
މައްޗަށް ޖިނާއީ ދަޢުވާ އުފުލުމުގައި ޢަމަލުކުރާ ގޮތަކީ، ޖިނާޢީ މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރާ ވަރުގެ
ހެކި ހުރި މައްސަލަތައް ތަޙްޤީޤުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ
މައްސަލައިގައި ލިބިފައިހުރި ހެކިތަކުގެ މައްޗަށް ބިނާކޮށް، ދަޢުވާއެއް ކުރެވޭ ވަރުގެ ހެކި ހުރި
ކަމުގައިވާނަމަ، އެ މީހެއްގެ މައްޗަށް ދަޢުވާ އުފުލުންކަން އެނގޭކަމާއި، މި މައްސަލައިގައި
ހެކިބަސްދީފައިވާ ޝާޠިރާ އިބްރާހީމަކީ މައްސަލައިގެ ދަޢުވާ ހުށަހެޅިއިރު، ފާޅުވެފައިނުވާ ހެއްކެއްކަން
އެނގޭތީ އޭނާގެ ހެކިބަހަށް މި މައްސަލައިގައި ރިޢާޔަތް ކުރުމަކީ ޢަދުލް އިންޞާފުވެރި ގޮތެއްކަމަށް
ނުބެލެވޭކަމާއި، އެހެންކަމުން މި މައްސަލައިގައި ސުވާލު އުފެދިފައިވާ ޗެކްތަކުގައިވާ ސޮޔަކީ މަމްދޫޙް
ޝުޖާޢުގެ ސޮއިކަމަށް ލިބިފައިވާ ހަމައެކަނި ޤަރީނާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން
ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯޓްކަން އެނގޭކަމާއި، އާންމު އުސޫލެއްގެ ގޮތުޘްޖޭގެ
CUO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2)
2011/HC-A/15
9އ
މީހެއްގެ އެކައުންޓުން އެމީހާއަށް އެނގުމަކާއި ނުލައި އެފަރާތުގެ ސޮއިކޮށްގެން ފައިސާ ނެގުމަކީ ފޯޖް
ކުރުންކަމަށް ބެލެވުނު ނަމަވެސް، އެކައުންޓުގެ ވެރިފަރާތަށް އެނގުމާއި ފެނުމުގެ ތެރެއިން އެފަރާތުގެ
ރުހުމާއެކު ސޮއިކޮށް އެ ފަރާތުގެ އެކައުންޓުން އެހެން ފަރާތަކުން ފައިސާ ނެގުމަކީ ފޯޖް ކުރުންކަމަށް މާނަ
ނުކުރެވޭކަން ދިމިޤްރާތީ މުޖްތަމަޢުތަކުގައި މިބާވަތުގެ މައްސަލަތައް މާނަ ކުރުގައި ގެންގުޅޭ އުސޫލުތަކަށް
ބެލުމުން އެނގޭއިރު، ޢަލީ ޝަރީފުގެ އެކައުންޓުގެ ޗެކު ފޮތުން ޗެކުގައި ސޮއި ކުރުމަށް ޢަލީ ޝަރީފުގެ
އެއްބަޑު އެއްބަފާ ކޮއްކޮ އާމިނަތު ސަޢީދާގެ ގާތުގައި ޢަލީ ޝަރީފު ބުނާކަމާއި އަދި އެކައުންޓުން ސޮއި
ނުކޮށްވެސް މަމްދޫޙާ ޝުޖާޢުގެ އަތަށް ފައިސާ ނެގުމަށް ޗެކު ދޫކުރާކަން ގްރީންޕީކް އިބްރާހީމް
ނަސީމަށް އެނގޭކަމަށް އޭނާ ބުނެފައިވާކަން އެނގޭކަމާއި، ޢަލީ ޝަރީފުގެ އެކައުންޓުގައި ޢަލީ ޝަރީފާއި
މަމްދޫޙާ ޝުޖާޢު އާއި އަދި އިތުރު މީހަކު ހިމެނޭ ގޮތުން އުފައްދާފައިވާ ކުންފުނީގެ ފައިސާވެސް ޖަމާ
ކުރާކަމަށް ޢަލީ ޝަރީފު ބުނެފައިވާތީ، ޢަލީ ޝަރީފުގެ އެކައުންޓުގައިވާ ފައިސާގެ ހަޤީޤީ ވެރިފަރާތަކީ
ކޮބައި ކަމާމެދު ސުވާލު އުފެދޭކަމާއި، އަދި ޢަލީ ޝަރީފުގެ އެކައުންޓުން ނެގި ފައިސާ ބޭނުންކޮށްފައިވަނީ
ޢަލީ ޝަރީފު ބުނެފައިވާކަންތައްތަކަށް ކަމަށް މަމްދޫޙާ ޝުޖާޢު ބުނެފައިވާތީ، މި މައްސަލައިގެ ވަށައިގެންވާ
ކަންތައްތަކުގެ މައްޗަށް ބަލައި ރިޢާޔަތް ކުރާއިރު، މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ
ކުށް ޝަރީޢަތަށް ސާބިތުވުމަށްޓަކައި ފުރިހަމަވާންޖެހޭ އިސްވެ ބުނެވުނު ޝަރުޠުތައް މި މައްސަލައިގައި
ފުރިހަމަ ނުވާކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވެއެވެ.
(ޅ) ހަވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު
ނުކުރެވޭނަމަ އެ މީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިހެން ކަނޑައެޅި
ކަމާއި، ޖިނާއީ މައްސަލަތައް ސާބިތު ކުރުމުގައި އެފަދަ މައްސަލަތައް ބަލާ ފަނޑިޔާރުންގެ
ދައުރަކީ އިސްވެ ބުނެވުނު ދުސްތޫރީ ނައްޞުގެ މަޤްޞަދު ޙާޞިލު ވެވޭފަދަ ދައުރަކަށް އިޖްރާއީ
/ ޏ ސ ޑ ވ 2
1,3902
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
2011/HC-A/15
ވާންޖެހޭނެކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ހުށަހެޅޭ ހެކިތަކާއި ދަލީލުތަކުގެ ތެރެއިން ޤާނޫނީ
ޤަރީނާ (Presumption of Law) ފިޔަވައި، ވަކި ހެކިތަކަކަށް ނުވަތަ ދަލީލުތަކަށް ބުރަވުން
ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމާއި، ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ
ދަލީލުތަކާއި، އެ ދަލީލުތަކުން ކުރެވޭ އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔާޤީނާ ގާތްކުރާ
މިންވަރަކަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ނުވާނެކަމީ އިސްތިޤުރާރުވެފައިވާ ޖިނާއީ މައްދައެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 34/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާން"
ޔާންކޮށްފައިވާކަން އެނގޭތީ، އިސްވެ
ބަޔާންކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް މިމައްސަލައިގައި މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި
ހީލަތް ހަދައި އޮޅުވާލައިގެން ޢަލީ ޝަރީފުގެ އެކައުންޓުން ފައިސާ ނެގިކަން އެކަށީގެންވާ މިންވަރުގެ
ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ ފަދަ ހެކި ދަޢުލަތުގެ ފަރާތުން ހުށަހެޅިފައިނުވާކަމަށް މި ޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ޙުކުމްކޮށްގެން
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/JC
/
2010
)
534
/
Cr
-
C/2173) ޤަޟިއްޔާގައި، އިންނަމާދޫ ސީތާ
މަމްދޫޙާ ޝުޖާޢުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާ ބަޔަށް
ބަދަލު ގެންނަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
22
2011/HC-A/15
ޙުކުމް:
.ވަންކުހފަނީ
ތ.
1/
coc?
ދެންފަހެ، އިސްވެ ކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/JC
/
2010
)
534
/
Cr
-
C/2173) ޤަޟިއްޔާގައި، އިންނަމާދޫ ނޫރާނީގޭ ޢަލީ
ޝަރީފުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައި އޮންނަ ނަންބަރު 001-215924-7703
އެކައުންޓުން ޢަލީ ޝަރީފުގެ ސޮއި ފޯޖުކޮށްގެން މަކަރާއި ޙީލަތުން އިންނަމާދޫ ސީތާ މަމްދޫޙް
ޝުޖާޢު، ފައިސާ ނަގާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެކުށުގެ ޢުޤޫބާތެއްގެ
އިންނަމާދޫ ސީތާ މަމްދޫޙާ ޝުޖާޢު 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް
އަރުވާލުމަށް ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މި
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، އެ ޤަޟިއްޔާގެ ޙުކުމުގެ އެބައި މި
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް، އެގޮތުގެމަތިން
ޙުކުމްކޮށްފިމެވެ.
ގޮތުން ރ.
4
ވެދީ،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv