ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/104 ޤަޟިއްޔާގެ ޙުކުމް
އެޅޭ ވަތަޖާއެއްޗެއް 9ކ
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/104
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރު: 104/HC
-
A/2015
. އިސްތިއުނާފު ކުރިފަރާތް:
* ނަން: ރާމިޒް އަޙްމަދު
ދާއިމީ އެޑްރެސް: ޖަނަވަރީމާގެ/ ލ.އިސްދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ ފްލެޓް 04-ޖީ-13
އައިޑީ ކާޑު ނަންބަރު: A13369
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް: -
ރެވުނު ތާރީޚް:25 ޖުމާދަލްއޫލާ 1436 ނިމުނު ތާރީޚް: 03 ޛުލްޤަޢިދާ 1436
މާރިޗު 2015
18 އޯގަސްޓް 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cr
-
C/460
16
22 2 0 226
3
2
20 4ތ
07 04
ބެހެއްޓުން
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
• މައްސަލަބެވި ފަނޑިޔާރުމްގެ މަޖިލިސްގެ
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދުވެރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
331/11
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/104
مل من *
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/460 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ޖަނަވަރީމާ ގެ/ ލ.އިސްދޫ ރާމިޒް އަޙްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/460 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އަޙްމަދު ޝައްފާޙްއާއި، ރާމިޒް އަޙްމަދު، 05 ސެޕްޓެމްބަރު
2010 ދުވަހުގެ 21:32 އެހައިކަންހާއިރު، މ.ދަނާރުގޭގެ 4 ވަނަ ފަންގިފިލާގެ 2 ނަންބަރު ކޮޓަރީގައި،
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމުން، ފުލުހުންގެ
ބޭކަލުން އެތަނަށް ދުރުވެ، މިދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެންނަވައި، މިދެމީހުންގެ ހަށިގަޑާއި،
އެކޮޓަރިތެރެ ބަލައިފާސްކުރެއްވިއިރު، އެކޮޓަރި ތެރެއިން ފެނުނު ކޮތަޅެއްގެ ތެރޭގައި އޮތް 1 (އެކެއް)
ރަބަރު ޕެކެޓުގައި 178.3610 ގްރާމް ޑައިއެސިޓައިލްމޯފިން ހެރޮއިންއާއި، 15.1585 ގްރާމް
06-އެސަޓައިލްމޯފިން ހުރިކަމަށާއި، އެކޮޅަތެރޭގައި އޮތް ސިޓީ އުރައެއްގެ ތެރެއިން ފެނުނު 1 (އެކެއް)
ރަބަރު ޕެކެޓުގައި 56.4404 ގްރާމް ޑައިއެސަޓައިލްމޯފިން ހެރޮއިންއާއި، 31.8578
06-އެސަޓައިލްމޯފިން ހުރިކަމަށާއި، އެކޮތަޅު ތެރޭގައި އޮތް އެހެން ސިޓީއުރައެއްގެ ތެރެއިން ފެނުނު 01
(އެކެއް) ރަބަރު ޕެކެޓުގައި 94.3965 ގްރާމް ޑައިއެސިޓައިލްމޯފިން | ހެރެއިންއާއި، 4.6802 ގްރާމް
06-އެސަޓައިލްމޯފިން ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން ދައްކާތީއާއި، އަޙްމަދު ޝަފާޙްއާއި،
ރާމިޒް އަޙްމަދުގެ ކުޑަކަމުދާތަކެތި ނަގައި ތަޙްލީލުކުރުމުން، އެތަކެތި ކެނަބިސްއަށް ޕޮޒިޓިވްވެފައިވާތީއާއި،
އެކޮޓަރިތެރެއިން ފެނުނު މަސްތުވާތަކެތި އަޅާފައިވާ ސިޓީ އުރައަކުން ނެގުނު އިނގިލީގެ ނިޝާނާއި،
ރާމިޒް އަޙްމަދުގެ އިގިލީގެ ނިޝާން ދިމާވާތީ، ޤާނޫނު ނަންބަރު 17177 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 2 ވަނަ މާއްދާގެ (ށ) އާއި ޙަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން އަޙްމަދު ޝައްފާޙްއާއި، ރާމިޒް
އަޙްމަދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ނޫޗްގެ ހައި
ގްރާމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 33/6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
{ ސް
کی عمری
8 42
2015/HC-A/1j4
ދެވެ
ޤަޟިއްޔާ ނިމުނު
ދަޢުވާއާއި،
އާއި، އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ (ބ) ގެ
ދަށުން އަޙްމަދު ޝައްފާޙްއާއި، ރާމިޒް އަޙްމަދުގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ބޭނުންކުރުމުގެ ކުށުގެ ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ޝައްފާޒްއާ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ލ.އިސްދޫ ސޯސަންމާގެ އަޙްމަދު
އެފާޙްއާއި، ލ.އިސްދޫ ޖަނަވަރީމާގެ ރާމިޒް އަޙްމަދުގެ މައްޗަށް ދައުލަތުން ކުޅަ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ބޭނުންކުރުމާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، 2010 ސެޕްޓެމްބަރު 15 ވަނަ ދުވަހުގެ 21:32
ހާއިރު، މ.ދަނާރުގޭގެ 4 ވަނަ ފަންގިފިލާގެ 2 ނަންބަރު ކޮޓަރީގައި ބަޔަކު މަސްތުވާތަކެތީގެ
ވިޔަފާރިކުރާކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބުމާއިގުޅިގެން، މަޢުލޫމާތު ލިބުނު
ތަނަށްގޮސް، އެކޮޓަރިތެރޭގައި މިދަޢުވާލިބޭ އަޙްމަދު ޝައްފާޙްއާއި، ރާމިޒް އަޙްމަދު ހުއްޓާ ފެނިގެން
ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެކޮޓަރި ބަލާފާސްކުރިއިރު، އެކޮޓަރީގައި ހުރި އަލަމާރިއާއި،
ފާރާއި ދޭތެރެއިން މަސްތުވާތަކެތި އަޅާފައިވާ ކޮތަޅެއް ފެނިފައިވާކަމާއި، އެކޮތަޅުތެރޭގައި ހުރި
ސިޓީއުރައަކަށްލާ ބަންދުކޮށްފައިވާ ރަބަރު ޕެކެޓުތަކުން 329.1979 ގްރާމް ޑައިއެސަޓައިލްމޯފިން
ހެރޮއިން ފެނިފައިވާކަން ޙާދިޘާ ހިނގިތަނަށް ދިޔަ ފުލުހުންގެ ބަހުންނާއި، އެތަކެތީގެ ތަޙްލީލް ރިޕޯޓުން
އެނގޭތީއާއި، މިތަކެތި އަޅާފައިވާ ސިޓީއުރައިގެ ބޭރުން، މިދަޢުވާލިބޭ މީހުންގެ ތެރެއިން ރާމިޒް އަޙްމަދުގެ
ފިންގަރޕްރިންޓް ލިޕްޓްކުރެވިފައިވާތީއާއި، މިކޮޓަރިއަށް ފުލުހުން ވަނުމުގެ ކުރިން ރާމިޒް އަޙްމަދު
މިކޮޓަރީގައި ހުރިކަމަށް ރާމިޒް އަޙްމަދުއާއި، އަޙްމަދު ޝައްފާއާއިއެކު އެކޮޓަރީގައި އެވަގުތު ހުރި
ބ.އޭދަފުށީ އިރުމަތީގެ މުޙައްމަދު އިމްތިޔާޒް ބުނާތިއާއި، އަދި މުޙައްމަދު އިމްތިޔާޒް އެކޮޓަރިއަށް
ގޮސްފައިވަނީ ރާމިޒް އަޙްމަދު ބުނެގެންކަމަށް މުޙައްމަދު އިމްތިޔާޒް ބުނާ ބުނުން ރާމިޒް އަޙްމަދު
ދޮގުކޮށްފައިނުވާތީއާއި، ފުލުހުން އެކޮޓަރި ބަލާފާސްކުރަމުންދަނިކޮށް ރާމިޒް އަޙްމަދު އެކޮޓަރިއަށް
އައިސްފައިވުމުން މިކޮޓަރިއާއި އެވަގުތު ތިބިމީހުންނާއި ރާމިޒް އަޙްމަދުއާއި ގުޅުންހުރިކަން އެނގޭތީ،
މިފެނުނު މަސްތުވާތަކެތީގެ ޤާނޫނީ ޒިންމާއިން ރާމިޒް އަޙްމަދު ބަރީޢަވެވޭނެ ހަމައެއް އޮތްކަމަށް
ނުފެންނާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއިބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ށ) ގެ
ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުން ރާމިޒް
އަޙްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ރ)
ދަށުން ލ.އިސްދޫ ޖަނަވަރީމާގެ ރާމިޒް އަޙްމަދު ޢުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، މިޤާނިއްޔާގައި
ދަޢުވާލިބޭ އަޙްމަދު ޝައްފާޙް ހުރި ކޮޓަރީގައި މަސްތުވާތަކެތި ފޮރުވާފައިހުއްޓައި ފެނުން ފިޔަވަ
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2015/HC-A/1j4
کی عمری
ޤަޟިއްޔާ ނިމުނު ގޮތު
ހެއްކެއް ލިބިފައިނުވާތީއާއި، އަދި އަޙްމަދު ޝައްފާޒް އެކޮޓަރީގައި ހުރީ އެތަނުގައި މަސްތުވާތަކެތި
ހުރިކަން އެނގިހުރެކަން ހާމަވާ އިތުރު ޤާރީނާއެއް ނެތުމުން، މިފެނުނު މަސްތުވާތަކެއްޗަކީ އަޙްމަދު
ޝައްފާޙުގެވެސް ތަކެތިކަން ޝަރީޢަތަށް ސާބިތުވާވަރުގެ ކާފީހެކި ލިބިފައިނުވާކަން އެނގޭތީއާއި، އަދި
އަޙްމަދު ޝައްފާޙްއާއި، ރާމިޒް އަޙްމަދުގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ
ކުށުގެ ދަޢުވާކޮށްފައިވަނީ މިދެމީހުންގެ ކުޑަކަމުދާތަކެތި މަނާކުރެވިފައިވާ މަސްތުވާއެއްޗަކަށް
ޕޮޒިޓިވްވެގެންކަން އެނގޭއިރު، މިދެމީހުންގެ ކުޑަކަމުދާތަކެތި ނަގާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ
އިޖުރާޢަތްތަކާއި އެއްގޮތަށްކަން
އެއްގޮތަށްކަން ޝަރީޢަތަށް
ސާބިތުނުވާތީ، އަޙްމަދު ޝައްފާޙްގެ މައްޗަށް ކުޅަ
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއާއި، އަޙްމަދު
އެއްފާޙްއާއި ރާމިޒް އަޙްމަދުގެ މައްޗަށް ކުޅެ މަނާކުރެވިފައިވާ
ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅާ، މިމައްސަލަ ނިންމީއެވެ." މިފަދައިންނެވެ.
މަސްތުވާއެއްޗެއް
227 22 22
ދަޢުވާ
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/460 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޖަނަވަރީމާގެ
ލ.އިސްދޫ ރާމިޒް އަޙްމަދުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި
ކަނޑައަޅާފައިވާ ހަމަތަކާއި އިޖުރާޢަތާއި ޚިލާފަށް ރާމިޒް އަޙްމަދު ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް
ނުކުރައްވައި ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ
(ށ) ދެވަނަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޤާނޫނާ ޚިލާފަށް ހެކި
ހޯދާފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 22 2
ތިންވަނަ ނުކުތާއަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
59/FDA
)
/
2010
/
FCR ފިންގަރޕްރިންޓް ކޮމްޕްރިސަން ރިޕޯޓް މިމައްސަލާގައި ދައުލަތުން ޤަރީނާއެއްގެ
ގޮތުގައި ހުށަހަޅާފައި ނުވާތީއާއި ނަންބަރު ތަޙްލީލްކުރި ފަރާތްތައް ޝަރީއަތަށް ޙާޟިރުކޮށް ހެކިބަސް
ނަގާފައި ނުވާތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 31/SC
-
A/2011 ނަންބަރު
މިފަދަ ރިޕޯޓްތަކާއިމެދު މުނާޤަސާކުރުމުގެ ފުރުޞަތު ދެ ޚަސްމުންނަށްވެސް ދޭންޖެހޭނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2015/HC-A/104
مری
=32
އޮތުމާއި
5 ޤަޟިއްޔާ ނިމުނު ގޮ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި ޖިނާޢީ މައްސަލަ ތަކުގައި ޝަރީޢަތް
ހިންގުމުގެ ޤަވާޢިދުގެ 1.2 ގެ (ށ) ދަށުން ރާމިޒް އަޙްމަދު އަށް ލިބެންޖެހޭ ހެކިންނާ ސުވާލުކުރުމުގެ
ފުރުޞަތު ލިބި ނުދެވި
ދެމާއްދާގެ އާއި އަދި ޤާނޫނުއަސާރ
42 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް
މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާގެ
(ރ) ހަތަރުވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ހެކި ދެއްކިފައި
ނުވުން އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނަން ހުއްޓާ އެކަންކަމަށް ރިޢާޔަތް
ހުށަހެޅި ނުކުތާ،
403 މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr-C/460 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޖަނަވަރީމާގެ/ ލ.އިސްދޫ ރާމިޒް އަޙްމަދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
0249ގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 816471ވެ، ދިވެހިރާއްޖެ
4
2 ބ 2
2
ހު 00
02 ތ ގތ
ވެން ކު
ه2
3 4ވ
0x34 ތ
2 ހއ ހ22 2ދ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
249
17877
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/460
ޤަޟިއްޔާގައި، ރާމިޒް އަޙްމަދުގެ މައްޗަށް އުފުލުނު ދަޢުވާއަކީ، ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ، އެމާއްދާގެ (ހ)ގެ ދަށުން
މަނާކުރެވިފައިވާ
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ
ކުށުގެ ދަޢުވާއާއި،
އެޤާނޫނުގެ 4 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރާއި ޙަވާލާދީ، އެމާއްދާގެ (ބ)ގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ
ކުރުމުގެ ކުށުގެ ދަޢުވާކަން އެނގޭކަމާއި، މިދަޢުވާތަކަށް ރާމިޒު
އަޙްމަދުގެ ފަރާތުން އިންކާރުކުރާކަން ރާމިޒް އަޙްމަދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކުގައި
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
404
33
(ށ) ދެވަނަކަމަކީ، ރާމިޒް އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށާއިގުޅިގެން އޭނާ
ފުރަތަމަ ހައްޔަރުކޮށްފައިވަނީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް ޤާނޫނުގައި ކަނޑައުޅާ
K
6 ޤަޟިއްޔާ ނިމުނު "
2015/HC-A/104
کی مرگی
=32
$.
ހަމަތަކާއި އިޖުރާތުތަކާއި ޚިލާފަށްކަމަށް ރާމިޒް އަޙްމަދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ
ނުކުތާގައި ފާހަގަކޮށްފައިވީނަމަވެސް، ރާމިޒް އަޙްމަދު ހައްޔަރުކުރުމަށްފަހު ރާމިޒް އަޙްމަދުގެ ބަންދާއި މެދު
ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، ރާމިޒް އަޙްމަދު ހައްޔަރުކުރި ކުރުމުގެ
ސައްޙަކަމާއި މެދު އެއްވެސް ކަމެއް ފާހަގަކޮށްފައިވާކަން އެނގެން ނެތްކަމާއި، އަދި ރާމިޒް އަޙްމަދުގެ
ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ އެއްވެސް އަމުރެއް އިސްތިއުނާފުކޮށްފައިނުވާކަން ރާމިޒް އަޙްމަދުގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، އެނުކުތާގައި ރާމިޒް އަޙްމަދުގެ ފަރާތުން
އެކުރާކަންކަމަކީ، ރާމިޒް އަޙްމަދުގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެއްވެސް
ގޮތަކަށް ދައްކާފައިނުވާ ވާހަކަތަކެއްކަމުން، މިއީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގެ މައްޗަށް
ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ ކަމެއް ނޫންކަން އެނގޭކަމެވެ.
ބަޔާނެކެރަކު
(ނ) ތިންވަނަކަމަކީ، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުންކުރާ ޙުކުމް
ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީ ގޮތުން ސައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގޭކަމާއި،
އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ރާމިޒް އަޙުމަދުގެ މައްޗަށް އުފުލިފައިވާ ދަޢުވާއަށް
ރާމުޒު އަޙުމަދުގެ ފަރާތުން ޝަރީޢަތުގައި އިންކާރުކޮށްފައިވާއިރު، ރާމިޒް އަޙްމަދުގެ މައްޗަށް އުފުލިފައިވާ
ކުށުގެ ދަޢުވާ، ސާބިތުވާކަމަށް ބައްލަވާފައިވަނީ މައިގަނޑު ދެއަސާސަކަށް ބުރަވެ ހުރެކަން އެނގޭކަމާއި،
މިގޮތުން ރާމިޒް އަޙްމަދުގެ މައްޗަށް ހުށަހެޅުނު ދަޢުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން
ބައްލަވާފައިވާ ފުރަތަމަ އަސާސަކީ، މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ
ހެކިބަސްކަމާއި، ދެވަނަ އަސާސަކީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ނަންބަރު 59/FD
/
CA
)
2010
/
FCR
(18 އޮކްޓޯބަރ 2010) ގެ "ފިންގަރ ޕްރިންޓް ކޮމްޕެރިސަން ރިޕޯޓު" މި ނަމުގައި އޮންނަ ރިޕޯޓުކަން
އެނގެން އޮންނަކަމާއި، މިގޮތުން މިމައްސަލައާއި ގުޅިގެން ހެކިން ދީފައިވާ ހެކިބަސްތަކަށް ބަލާއިރު،
ހެކިންގެ ގޮތުގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް
ލާންސްކޯޕްރަލް ޢަބްދުﷲ ޝިފާން އާއި، ޕޮލިސް ލާންސްކޯޕްރަލް ޢަބްދުއްރަޙުމާން ރަފީޢުއާއި،
ކޮންސްޓަބަލް ޙުސައިން ފައުޒީއާއި، ކޮންސްޓަބަލް އަޒްހަމް ޒާހިރުއާއި ޅ.ހިންނަވަރު ފްރީޕާރކް މުޙައްމަދު
ޢަބްދުއްރަޙީމްއާއި، ބ.އޭދަފުށި އިރުމަތީގެ މުޙައްމަދު އިމްތިޔާޒް ކަން އެނގޭއިރު، 23 ޖެނުއަރީ 2014
މިތާރީޚުގައި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާނުގައި، ހެކިންގެ ގޮތުގައި ފުލުހު
ނަން ހުށަހަޅަނީ އެއީ ސީނަށް ދިޔަ ފުލުހުންކަމަށްވާތީކަމަށާއި، ހެކިންގެ ތެރެއިން މުޙައްމަދު
44
ގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް:
6471 ބޭވަ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/1j4
7 ޤަޟިއްޔާ ނިމުނު 1
کی عمری
ވެ
ޢަބްދުއްރަޙީމުގެ ނަން ހުށަހަޅަނީ މިމައްސަލައިގައި ޙަވާލާދެވޭ ކޮޓަރި ކުއްޔަށް ދިނުމާއި އެވަގުތު ޙަވާލުވެ
ހުރީ މުޙައްމަދު ޢަބްދުއްރަޙީމްކަން ޤަބޫލުކުރެވޭތީކަމަށް ބުނެފައިވާކަމާއި،
އިމާން ރަފީޢު
ދައުލަތުގެ ފަރާތުން ހުށަހެޅި އިޝާރާތްކުރެވުނު ހެކިންގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުކުރެވި ހެކިބަސް ނެގިފައިވާ ހެކިންގެ ތެރެއިން ޕޮލިސް ލާންސްކޯޕްރަލް ޢަބްދުއްރަޙުމާން
(ސ.ނ.3851) އާއި، ޕޮލިސް ކޮންސްޓަބަލް އަޒްހަމް ޒާހިރު (ސ.ނ.3353) ގެ ފަރާތުން ދީފައިވާ
ދެކިބަހުގައި އެފަރާތްތަކުން ބުނެފައިވަނީ، އަޙްމަދު ޝައްފާޙުކިޔާ މީހަކާއި އިތުރު ބަޔަކު ތިބި ކޮޓަރިއެއް
ބަލާފާސްކުރުމަށް މ.ދަނާރުގެއަށް ދިޔަކަމަށާއި، އެކޮޓަރި ބަލާފާސްކުރަމުންދަނިކޮށް، ރާމީޒު އަޙުމަދު
އެތަނަށް އައިކަމަށާއި، އެވަގުތު ރާމިޒް އަޙްމަދުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެކޮޓަރި
ބަލާފާސްކުރުމުގެ ތެރޭގައި، އެކޮޓަރީގެ އަލަމާރިއާއި ފާރާއި ދޭތެރޭން މަސްތުވާތަކެތި އަޅާފައިވާ ކޮތަޅެއް
ފެނިފައިވާކަމަށް ބުނެ އެފަދައިންކަމާއި،
ހެކިންގެ ތެރެއިން ޕޮލިސް ލާންސްކޯޕްރަލް ޢަބްދުﷲ ޝިފާން ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުކުރުމުން ޙާދިސާ ހަނދާންނެތްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، ހެކިންގެ ތެރެއިން
ޙުސައިން ފައުޒީއަށް ޗިޓްރައްދުވެ ކޯޓަށް ޙާޟިރުވެފައިނުވާކަމަށް ކްރިމިނަލް ކޯޓުން މިމައްސަލަ
ނިންމެވުމުގައި ފާހަގަކުރައްވާފައި އޮންނަކަމާއި،
ހެކިންގެ ތެރެއިން މުޙައްމަދު އިމްތިޔާޒް ބުނެފައިވަނީ، މުޙައްމަދު އިމްތިޔާޒް މިމައްސަލައިގައި
ޙަވާލާދޭ ކޮޓަރިއަށް ދިޔައީ ރާމިޒް އަޙްމަދު ބުނެގެން ކަމަށާއި، އެކޮޓަރިއަށް ދިޔައިރު، ރާމިޒް އަޙްމަދާއި،
އަޙްމަދު ޝައްފާރު ކޮޓަރީގައި ތިބިކަމަށާއި، އެހެންނަމަވެސް ފުލުހުން އައުމުގެ ކުރިން ރާމިޒް އަޙްމަދު
ކޮޓަރިން ދިޔަކަމަށާއި، ފުލުހުން އެކޮޓަރިއަށްވަދެ ބަލާފާސްކުރަނިކޮށް ރާމިޒް އަޙްމަދު އެކޮޓަރިއަށް
އައިކަމަށްބުނެ އެފަދައިންކަމާއި، އަދި ހެކިންގެ ތެރެއިން މުޙައްމަދު ޢަބްދުއްރަޙީމުގެ ހެކިބަހުގައި އޭނާ
ގެސްޓްހައުސްއެއް ހިންގި އިރު އެގެސްޓް ހައުސްއަށް ބަޔަކު ދިޔަކަމަށާއި، އެހެންނަމަވެސް އެތަނުން
ކޮޓަރި ކުއްޔަށް ދެވުނީ ސީދާ ކޮންފަރާތަކަށް ކަމެއް ބުނަންނޭނގޭކަމަށް
ބުނެފައިވާކަން އެނގޭކަމާއި،
ހެކިންގެ ފަރާތުން ދީފައިވާ މިހެކިބަސްތަކަށް ބެލުމުން އެހެކިބަސްތަކުން އެނގެން އޮތީ ރާމީޒު
އަޙްމަދު ޙަވާލާދެވުނު ތާރީޚުގައި ޙަވާލާދެވުނު ކޮޓަރިއަށް ދިޔަކަން އެކަނި އެމިންވަ
ތ ހ އދ ވ 2
ނޭވަރަށްކަން އެނގޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 43164/1
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
23
443
2015/HC-A/1j4
8 ޤަޟިއްޔާ ނިމުނު ގޮ
گمرکی
ދެވެ
މިމައްސަލައިގައި ޙަވާލާދެވޭ ކޮޓަރިއަކީ ރާމިޒް އަޙްމަދު ކުއްޔަށް ހިފައިގެން އުޅުނު ކޮޓަރިއެއް
ނޫންކަމަށާއި، އެކޮޓަރި ކުއްޔަށް ހަފީ
ކާކުކަންވެސް ނޭނގޭކަމަށާއި، ރާމިޒް އަޙްމަދު އެކޮޓަރިއަށް
ދާންޖެހުނީ އަޙްމަދު ޝައްފާއުއާއި ބައްދަލުކުރުމުގެ ގޮތުންކަމަށާއި، އަޙްމަދު ޝައްފާއަކީ ރާމިޒް އަޙްމަދުގެ
ރައްޓެއްސެއްކަމަށާއި، އެކޮޓަރީގައި ރާމިޒް އަޙްމަދުގެ އެއްވެސް އެއްޗެއް ނުހުންނާނެކަމަށް ބުނެ އެކަންކަން
ރާމިޒް އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް
އެހެންނަމަވެސް ހެކިންގެ
ހެކިބަހުން ރާމިޒް އަޙްމަދު އެކޮޓަރިއަށް ދިޔަކަމަށް ބުނާ ބުނުން ފިޔަވައި އެކޮޓަރިއާއި ރާމިޒް އަޙްމަދާއި
ހުރި އިތުރު ގުޅުމަކީ ކޮބައިކަން ބުނެދެވިފައިނުވާކަން އެނގޭކަމާއި،
މިމައްސަލަ ރާމިޒް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ބައްލަވާފައިވާ ދެވަނަ
އަސާސަކީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ނަންބަރު 59/FD
/
CA
)
2010
/
FCR (18 އޮކްޓޯބަރ
2010) ގެ "ފިންގަރ ޕްރިންޓް ކޮމްޕްރިސަން ރިޕޯޓު" ކަމާއި، މިގޮތުން މިރިޕޯޓަށް ބަލާއިރު ރާމިޒް
އަޙްމަދުގެ ފިންގަރ ޕްރިންޓާއި މިމައްސަލައިގައި ޙަވާލާދެވޭ ކޮޓަރިން ފެނުނު ސިޓީއުރައިގައިވާ ޕްރިންޓް
ދިމާވާކަން ފިންގަރ ޕްރިންޓް ކޮމްޕްރިސަން ރިޕޯޓުން އެނގެން އޮންނަކަމަށް މިމައްސަލަ ނިންމެވުމުގައި
ކްރިމިނަލް ކޯޓުން ފާހަގަކުރައްވާފައިވާއިރު، އެރިޕޯޓަކީ ދައުލަތުގެ ފަރާތުން މިމައްސަލައިގައި އެފަރާތުން
ހެއްކެއްގެ ގޮތުގައި ހުށަހަޅަން ބޭނުންވާކަމަށް ޝަރީޢަތުގައި ފާހަގަކޮށްފައި އޮންނަ ލިޔުމެއް ނޫންކަމާއި،
އަދި އެރިޕޯޓު އެގޮތުގައި ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާ އެރިޕޯޓުގައިވާ އެއްޗެއް ރާމިޒް
އަޙްމަދަށް ދައްކައި އެރިޕޯޓާއި ގުޅިގެން ރާމިޒް އަޙްމަދުގެ ފަރާތުން ދެކޭ ގޮތެއް ޝަރީޢަތުން
ބައްލަވާފައިނުވާކަން އެނގެން އޮންނަކަން އެނގޭއިރު، މިރިޕޯޓުގެ މައްޗަށް ބުރަވެ ޝަރީޢަތުގެ ފަރާތުން
މިމައްސަލަ ނިންމަވާފައިވަނީ މިރިޕޯޓާއި މެދު ވާހަކަދެއްކުމުގެ ފުރުސަތު ރާމިޒް އަޙްމަދަށް ނުދިކަމާއި އަދި
މިރިޕޯޓުގައި އެފަދައިން އޮތްކަން ރާމިޒް އަޙްމަދަށް އެނގުމެއްނެތިކަން އެނގޭކަމާއި،
އެމީހަކާއި ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން އެނގުމާއި އެހެކިތައް ނަފީކުރުމުގެ ފުރުސަތު
ޝަރީޢަތުގެ ފަރާތުން ދިނުމަކީ ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ޝަރީޢަތްކުރަމުންދާކަން
ކަށަވަރުކޮށްދިނުމުގެ އެއް އަސާސްކަމާއި، މީގެ އިތުރުން ޖިނާއީ ދަޢުވާއެއްގައި ހިމެނޭ ކޮންމެ
ޚަސްމަކުވެސް ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ، ފަނޑިޔާރުގެ ހުއްދައާއި އެކު އަނެއް ޚަސްމު ހުށަހަޅާ
ހުރިހާ ދަލީލުތަކެއް ބަލައި، އެއާމެދު އޭނާ ދެކޭގޮތް ހާމަކޮށް، އޭނައާ އިދިކޮޅު ޚަސްމާ ކުރިމަތިލާ ވާހަކަ
ދެއްކުމުގެ ފުރުސަތު ދިނުމަކީ ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ހ) އާއި (ނ) އަދި ޤާނޫނުއަސާ
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/104
کی مرکی
=32
9 ޤަޟިއްޔާ ނިމުނު 1
51 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅި ބަޔާންވެގެންވާ އަސާސީ ޙައްޤެއްކަމަށްވާއިރު، ކްރިމިނަލް ކޯޓުން
ފުލުހުންގެ ފަރާތުން ހުށަހެޅި ރިޕޯޓަށް ރިޢާޔަތްކޮށްފައިވަނީ އިޝާރާތްކުރެވުނު މިޙައްޤުތައް ރާމިޒް އަޙްމަދު
ފުރިހަމަ އަށް ދިނުމަކާއި ނުލައިކަން އެނގެން އޮތުމުން، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިއަސާސީ
ޙައްޤުން ރާމިޒް އަޙްމަދު މަޙްރޫމް ވެފައިވާކަން އެނގެން އޮންނަ
އޮންނަކަމެވެ.
ވީމާ،އިސްވެދިޔަ ސަބަބުތައް މިގޮތަށް ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/460 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެކަމަށެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ
ގޮތުގެ މަތިން ހުރުމާއި އެކު، ކްރިމިނަލް
ކޯޓުގެ ނަންބަރު 2011/Cr-C/460 ޤަޟިއްޔާގައި އެކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/Cr
-
C/460 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
ބާތިލުކޮށް، އެގޮތުގެ މަތީން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv