ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/160 ޤަޟިއްޔާގެ ޙުކުމް
1
2{8/HC-A/160
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
انا مريم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޯޓް
ރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 160/HC
-
A/2008
އިސްތިއުނާފުކުރި ފަރާތް:
* ނަމާއި އާންމު ނަން: ޢާއިޝަތު ލިއުޝާ
* އައިޑީ ކާޑު ނަންބަރ: 153504
A
*
އެޑްރެސް: މއ.އޮއިސިސްވިލާ
އެޑްރެސް: ފ.މޮސްކޯގެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަމާއި ޢާއްމުނަން: މުޙައްމަދު ވަޙީދު
* ދާއިމީއެޑްރެސް: މ.ވެސްޓްއެންޑްލޮޖް
* މިހާރުގެ އެޑްރެސް: ފ.ރައްސާމު
އައިޑީކާޑް ނަންބަރު: A042342
އެދޭ
ތާރީޚް: 27 ޖުމާދަލްއޫލާ 1429
02 ޖޫން
* ނިމުނު ތާރީޚް: 11 ރަބީޢުލްއާޚިރު 1430
07 އޭޕްރީލް
2008
2009
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު 2006;s
/
MC&137
* ނިންމެވިކޯޓް: މަދަނީކޯޓް
0
• ޤަޟިއްޔާގެ ބާވަތް: ވިޔަފާރި
.އެހިރާއްޖޭގެ
ހައިކޯ
4. 3495
ތާރީޚް: 24 - 08 - 2006
ނިމުނު ތާރީޚް: 30 - 01 - 2007
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
2
2{8/HC-A/160
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
4 22
-01
ދަޢުވާގެ ޚުލާޞާ
ޞަފްޙާ ނަންބަރ 03
02- ފާހަގަކުރެވުނު ނުކުތާތައް:
03-10 :
I
10-11:
-04
03- ޙުކުމް:
މަޙްޝަރު ބަޔާންތައް:
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޢާއިޝަތު ލިއުޝާ އއ. އޮއިސިސްވިލާ
މަޙްޝަރު ނަންބަރ: 06-01 :HC
-
A
-
160_Mpg-2008
މަޙްޝަރު ނަންބަރ: 16-12 :HC-A-160Mpg-2008
04.2 އިސްތިއު
ތިއުނާފް ރައްދުވި ފަރާތުގެ މަޙްޝަރު
މުޙައްމަދު ވަޙީދު ވ. ރައްސާމް މ.ވެސްޓްއެންޑްލޮޖް
މަޙްޝަރު ނަންބަރ: 11-07 :HC
-
A
-
160Mpg-2008
މަޙްޝަރު ނަންބަރ: 21-17 :HC
-
A
-
160 Mpg-2008
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1- މައްސަލައާއި ގުޅިގެން ދަށުކޯޓްގެ ޝަރީޢަތުގެ މަޖިލިސްއަށް ދެފަރާތުން ދީފައިވާ
ބަޔާން
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:
.34
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
3
2{8/HC-A/160
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓްގެ ނަންބަރު:2006/MC/1373 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ޢާއިޝަތު ލިއުޝާ މއ.އޮއިސިސްވިލާ
.އޮއިސިސްވިލާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟި ޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
-01
މިއީ، މަދަނީ ކޯޓްގެ ނަންބަރ: 2006/MC/1373 ޤަޟިއްޔާ އެކޯޓުން
ނިންމުމުގައި އޮއިސިސްވިލާ ޢާއިޝަތު ލިއުޝާގެ ޙައްޤަށް އުނިކަން ލިބިފައިވާކަމަށް ބުނެ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ޢާއިޝަތު ލިއުޝާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެވެ.
02- މަދަނީކޯޓްގެ ނަންބަރ: 2006/MC/1373 ޤަޟިއްޔާގެ ޝަރީއަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު އެޤަޟިއްޔާއަކީ ފ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ ފ.ރައްސާމްއެވެ ކިޔާ 1400 އަކަފޫޓްގެ އަމިއްލަގޯތީގެ 300 އަކަފޫޓްގެ
ސަރަޙައްދުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާ ބިން -/90000ރ. (ނުވަދިހަހާސް ރުފިޔާ) އަށް
އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމަށް މުޙައްމަދު ވަޙީދު އެކޯޓަށް ހުށަހެޅުމުން ބައްލަވާ
ނިންމަވާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
03- މަދަނީ ކޯޓްގެ ނަންބަރު 2006/MC/1373 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ ޢާއިޝަތު ލިޔުޝާގެ ފަރާތުން ފަސްސަބަބެއް
ހުށަހަޅާ އެކަންކަމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަސަބަބަކީ:- މަދަނީ ކޯޓްގެ ނަންބަރު 2006/MC/1373 ޤަޟިއްޔާއަކީ
މާލެ، ވިލިނގިލީގައި އޮތް ދިރިއުޅުމަށް ދޫކޮށްފައިވާ ގޯއްޗަކުން (ވިލިނގިލިން
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
4
2{A8}HC-A/160
ޖަމިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
05:
ދޫކުރައްވާފައިވާ ބަންޑާރަ ގޯއްޗެއްކަމުގައިވާ ފ.ރައްސާމްއެވެ ކިޔާ ގޯތި، ވިއްކާލުމުގެ ނިޔަތުގައި
އަމިއްލަކުރުމަށްފަހު) ބައެއް ވިއްކާލުމުގެ މުޢާމަލާތެއްކަމުގައިވާއިރު، ޤާނޫނު ނަންބަރު 1/2002
"ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު ފާސްވެ އެޤާނޫނަށް ޢަމަލު ކުރަންފެށުމަށް ފަހު، ދިވެހިރާއްޖޭގައި
ބިމާއި ގޯތި ދޫކޮށް، ލިބިގެން، މިލްކުކޮށް ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށްގެންގުޅެ، ބިމާއި
ގޯއްޗާބެހޭ އެންމެހާ މުޢާމަލާތުކުރަންވާނީ އެޤާނޫނުގައިވާގޮތުގެ މަތިންނޭ ކަނޑައެޅިގެން
ބަޔާންވެފައިވާހިނދު، އެޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދަށްވެސް އެއްވެސް ގޮތަކަށް
ރިޢާޔަތްކުރުމެއްނެތި، އެޤާނޫނާއި ޤަވާއިދުގައި ބުނެފައިވާ ކަންތައްތަކަށް ނުބައްލަވާ ގޯތި
ގެނެވިއްކުމުގެ މުޢާމަލާތު އެމައްސަލާގެތެރެއިން ނިންމަވައި މައްސަލާގައި ޙުކުމްކުރައްވާފައިވުން.
މިނުކުތާގައި އިތުރަށް ތަފްޞީލުކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ. ބިމާބެހޭ 18 ވަނަ
މާއްދާގެ (ށ) ގައި ވަރަށް ޞަރީޙަކޮށް ބުނެފައިވަނީ ދިރިއުޅުމަށްދޫކުރެވިފައިވާ ގޯއްޗެއް
އަމިއްލަކުރުމަށްފަހުގައިވެސް ވިއްކާލެވޭނީ ގޯތި ވިއްކަންއެދޭމީހާއާއި އެމީހަކު ބަލަންޖެހިފައިވާ
މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައި އޮތް ނަމަކަމަށެވެ. އަދި ބިމާބެހޭ ޤާނޫނުގެ ދަށުން
ހެދިފައިވާ "ގޯތި ގަނެ ވިއްކުމާބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގެ (ށ) ގައިވެސް ހަމައެފަދައިން
ބަޔާންވެފައިވެއެވެ.
ނަމަވެސް، މަދަނީ ކޯޓްގެ ނަންބަރު 2006/MC/1373 ޤަޟިއްޔާ ކޯޓުން
ބެއްލެވިއިރު، ގޯތި ދޫކުރެވިފައިވާ ފަރާތްކަމުގައިވާ މ.ރައްސާމު މުޙައްމަދު ވަޙީދު (އަޅުގަނޑުގެ
ބައްޕަ) ބަލަންޖެހިފައިވާ މީހުން ތިބިތޯއާއި އަދި އެމީހުން ދިރިއުޅޭނެތަނެއް ހަމަޖެހިފައިވޭތޯ
އެއްވެސް ގޮތަކަށް އެއްވެސް މިންވަރަކަށް ބައްލަވާފައެއް ނުވެއެވެ. މިހެންވެ، އަޅުގަނޑު ދިރިއުލޭނެ
އެއްވެސް ގޮތެއް އޮތްތޯ ބެލުމެއްނެތި މަދަނީ ކޯޓުން މައްސަލަ ނިންމެވިގޮތުގެ ސަބަބުން އަޅުގަނޑު
ދިރިއުޅޭނެ އެއްވެސް ތަނެއްމިވަނީ ނެތިފައެވެ.
(ނ) ދެވަނަސަބަބަކީ:- ގޯއްޗާއި ބިން ގަނެ ވިއްކުމުގެ މައްސަލަތައް ޢާއްމުގޮތެއްގައި
ކޯޓުން ބައްލަވަމުންގެންދަވާ އުޞޫލުން މިމައްސަލަ ބެއްލެވުމުގައި ބައްލަވައި ނިންމަވާފައިވުން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
5
2{{38/HC-A/160
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
Box OC
އުޞޫލެއްގެ ގޮތުން ގޯއްޗާއި ބިންގަނެ ވިއްކުމުގެ މައްސަލަތައް ޢާއްމުގޮތެއްގައި ކޯޓުން
ބައްލަވަމުންގެންދަވާއިރު، ގޯތި ވިއްކާލަން އެދޭ ފަރާތުގެ ދަރިން ތިބިތޯއާއި އެދަރިން ގޯތި
ވިއްކުމާމެދު ބުނަނީ ކީކޭތޯއާއި އެކުދިން ވަންނާނެ ތަނެއްއޮތްތޯ ކޯޓުން ނުވަތަ މުނިސިޕަލްޓީ
މެދުވެރިކޮށް ސާފުކުރައްވައެވެ. އަދި މާލޭމުނިސިޕަލްޓީން ގޯތި ނުވަތަ ބިން ގެނެވިއްކުމާމެދު
އިޢުތިރާޟު ކުރޭތޯވެސް ކޯޓުން ބައްލަވައެވެ. ނަމަވެސް މިމައްސަލަ ނިންމެވުމުގައި ޢާއްމުގޮތެއްގައި
ކޯޓުން ބައްލަވަމުންގެންދަވާ އުޞޫލުން ބައްލަވާފައި ނުވުމެވެ.
(ނ) ތިންވަނަސަބަބަކީ:- ކ.ވިލިނގިލިއަކީ މާލޭގައި ދިރިއުޅޭ ރަށްވެހިންގެ ތެރެއިން
ބޯހިޔާވަހިކަން ނެތް މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މާތް ނިޔަތުގައި ސަރުކާރުން އާބާދު
ކުރައްވާފައިވާ ރަށަކަށްވާއިރު، އެރަށުގައި ގޯތި ދޫކުރައްވާފައިވަނީ އެކަމަށް ކުރިމަތިލީ
އެތައްސަތޭކަބައެއްގެ ތެރެއިން އެމީހަކާއި އެމީހަކު ބަލަންޖެހޭ މީހުންނަށް ބޯހިޔާވަހިކަން ނެތުމުގެ
ސަބަބުން އެންބޮޑަށް ބޯހިޔާވަހިކަމަށް ބޭނުންވާ މީހުން ދެނެގަތުމުގެ ގޮތުން ކަނޑައެޅިފައިވާ
އުޞޫލަކުން ޕޮއިންޓް ދިނުމަށްފަހު އެންމެގިނަ ޕޮއިންޓްލިބުނު މީހުންނަށް ކަމުގައިވާއިރު،
އަޅުގަނޑުގެ ބައްޕައަށް ގޯތި ލިބިފައިވަނީ އަޅުގަނޑުގެ މަންމައާއި އަދި އަޅުގަނޑުގެ ޕޮއިންޓްވެސް
ހިމަނައިގެންނެވެ. ކަންމިހެންއޮތްއިރު، އަޅުގަނޑުގެ ނަމުގައި ޕޮއިންޓް ހޯދައިގެން ގޯތި ހޯދުމަށްފަހު،
ސަރުކާރުން ކ.ވިލިނގިލި އާބާދުކޮށް ގޯތި ދޫކުރި މަޤުޞަދާ ޚިލާފަށް ގޯތި އަމިއްލަކޮށް ވިޔަފާރީގެ
ބޭނުމުގައި މުޢާމަލާތުކުރުމުގެ ފުރުޞަތު އިސްވެދެންނެވި ޤަޟިއްޔާއިން ހޯދަވާފައިވާއިރު، ޤާނޫނާއި
ޤަވާއިދުގައި ބުނެފައިވާ މިންވަރަށްވެސް މިފަދަ މުޢާމަލާތެއް ކުރުމުގެ މަގުފަހިކޮށްދިނުމުގައިވެސް
ބަލާފައިނުވާކަން.
(ރ) ހަތަރުވަނަސަބަބަކީ:- އިސްވެދެންނެވި މަދަނީ ކޯޓްގެ ނަންބަރު
2006/MC/1373 ޤަޟިއްޔާއަކީ ގޯތި ވިއްކާލުމުގެ މުޢާމަލާތެއްގެ ގޮތަށް ސިފަ ޖައްސައިގެން
ކޮށްފައިވާ މުޢާމަލާތެއް ނަމަވެސް، އެޤަޟިއްޔާއަކީ އަޅުގަނޑުގެ ބައްޕަގެ ދެބަނޑަށް ކުދިން
ތިބިއިރު، ކުރީގެ ބަނޑުގެ (އަޅުގަނޑުގެ މަންމަގެ) ދަރިންނަށް ލިބެންޖެހޭ ބޯހިޔާވަހިކަމުގެ ޒައްގެޖޭގެ ހައި
05
uco
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
6
2{{38/HC-A/160
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2
ފޭރިގަތުމަށްޓަކައި، ނުބައިނިޔަތެއްގައި ކޮށްފައިވާ ޢަމަލެއްކަމުގައި ވަރަށް ބޮޑަށް ބެލެވެންއޮއްވާ،
މިފަދަ ގޯތި ވިއްކުމުގެ މުޢާމަލާތެއް ކުރާއިރު ޝަރުޢީ ކޯޓަކުން ބަލަންޖެހޭ މިންވަރަށް ނުބައްލަވާ
ނިންމަވާފައިވާ ނިންމެވުންކަން. މިހެންމިދެންނެވީ، ވ.ރައްސާމު ގޯތިން ބައެއްވިއްކިކަމަށް
ޝަރީޢަތަށް ދައްކާދީފައިވާއިރު، އެގޯތި ވިއްކާފައިވާކަމަށް ދައްކާދީފައިވަނީ އަޅުގަނޑުމެންގެ
ދޮންމަންމައަށެވެ. އަދި ގޯތި ވިއްކުމުގެ އަގެއްކަމުގައި ޝަރީޢަތުގައި ހުށަހަޅާފައިވަނީ ނިސްބަތުން
ވަރަށް ކުޑަކުޑައަގެކެވެ. މިގޮތުން މިގޯތި އަމިއްލަކުރުމަށް ފަހު އަމިއްލަގޯތީގެ 300 އަކަފޫޓްގެ
އަގުކަމުގައިބުނެފައިވަނީ ގޯތި ވިއްކުމުގެ މުޢާމަލާތަށްބަލާއިރު އަގެއްކަމުގައި ޤަބޫލުކުރަން ދައްޗެވެ.
ގޯތި ގެދޮރު ވިއްކައި އުޅޭ އަގުތަކަށްބަލާއިރު 300 އަކަފޫޓްގެ ގޯއްޗަކަށް ޢާއްމުގޮތެއްގައި 2
މިލިޔަނަށްވުރެގިނަ ރުފިޔާ އަރާނެއެވެ. ނަމަވެސް އެގޯތި ވިއްކާފައިވާކަމަށް ބުނެފައިވަނީ -/90000
ރ. (ނުވަދިހަހާސް ރުފިޔާ) އެވެ. މިހެންކަންއޮތްއިރު، އެގޯތީގެ ބާކީ އޮތް 600 އަކަފޫޓް މީހަކަށް
15 އަހަރަށް ކުއްޔަށް ދިނުމަށްފަހު، 4 ލައްކަ ރުފިޔާ އެއްފަހަރާ ކުރިއަށް ނަގާފައިވާކަން
ފާހަގަކުރަމެވެ. ކަންމިހެން
ވިއްކާލުމުގެ މުޢާމަލާތެއްގެ ގޮތުން ކޯޓްގައި
ނިންމަވާފައިވާ މައްސަލައަކީ ބައްޕަ ދެމީހަކާއިނދެގެން ކުދިން ލިބިފައިވާއިރު އަޅުގަނޑުމެން
ބަނޑުގެ ކުދިންގެ ޙައްޤުތައް ފޭރިގަތުމަށްޓަކައި، ވަރަށް ބޭއިންސާފުން، އަދި ދަރިންގެ މެދުގައި
ބާއްވަންޖެހޭ ހަމަހަމަކަމުގެ އުޞޫލްވެސް ޚިލާފަށް ކޮށްފައިވާ މަކަރުވެރި ޢަމަލެއްކަމުގައި ދަންނަވަން
ޖެހެއެވެ.
(ބ) ފަސްވަނަކަމަކީ:- އިސްވެދެންނެވި މަދަނީ ކޯޓްގެ ނަންބަރު 2006/MC/1373
ޤަޟިއްޔާ ނިންމެވިއިރު، ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން އަޅުގަނޑުމެނަށް ލިބެންޖެހޭ އަސާސީ
ޙައްޤަކުން މަޙްރޫމްވެފައިވުން. އެޤައުމެއްގެ ސަރުކާރަށް ކުޅަދާނަކަން ލިބިގެންވާމިންވަރަކުން
އެޤައުމެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދީނީގޮތުންނާއި ދުނިޔަވީގޮތުން އަދި
އދ.ގެ ޤަރާރުތަކުގެ މަހުރޫމުންވެސް ސަރުކާރުން ކުރައްވަން ޖެހޭ ކަމަކަށްވާއިރު، ސަރުކާރުގެ
ވާޖިބު އަދާކުރުމުގެ ގޮތުން ހިންގަވާ ބޯހިޔާވަހިކަމުގެ މަސްރޫއަކުން ގޯތި ލިބޭ މީހާއާއިވި އެމީހަކު
ހުރުމާއެކު
ގޯތި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
7
2{A8}HC-A/160
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބަލަންޖެހޭ
· 4
ބަލަންޖެހޭ މީހުން ދިރިއުޅުމަށްޓަކައި ދޫކުރާ ގޯއްޗެއް ވިޔަފާރީގެ ބޭނުމަށް ބޭނުންހިފުމަކީ ނުރަނގަޅު
ޢަމަލެއްކަމުގައި ބަލަންޖެހުމުގެ އިތުރަށް، އިސްވެދެންނެވި ޤަޟިއްޔާއިން ކުރައްވާފައިވާ
ޙުކުމްކުރެއްވުމުގައި ބިމާއިބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގެ ދަށުން ކޯޓުން
ކަންތައްތައް
ނުބެއްލެވުމުގެ ސަބަބުން އަޅުގަނޑު މިވަނީ ބޯހިޔާވަހިކަމުން
މަހުރޫމްވެފައެވެ. އަދި އަޅުގަނޑަކީ މާލެއަށް އުފަން އަދި މާލޭގައި ދިރިއުޅެ ބޮޑުވެފައިވާ
މީހަކަށްވާއިރު، މާލޭގެ ބިމުގެ ހާލަތުހުރިގޮތުން އެހެން ބޯހިޔާވަހިކަމެއް ހޯދުމަކީ ދަތިކަމަކަށްވެއެވެ.
މިހެންވެ، އިސްވެދެންނެވިފަދައިން ސަރުކާރުން ވ.ރައްސާމް އަޅުގަނޑުގެ ބައްޕައަށް ދޫކުރެއްވި
މަޤުޞަދާ ޚިލާފަށްބޭނުންކުރުމުގެ ސަބަބުން އަޅުގަނޑަށް މިވަނީ އިންސާނީ އަސާސީ ޙައްޤަކުން
މަޙުރޫމް ވެފައެވެ.
04- ވ. ރައްސާމްއެވެ ކިޔާ އަމިއްލަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ
މިލްކުވެރި ކަމާއިމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށްޓަކައި މަދަނީކޯޓުން ކުރެއްވި ނަންބަރ: -
2
/
2006
/
1444-144-1B އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާކަމާއި އަދި ވ.
ރައްސާމް މުޙައްމަދު ވަޙީދުގެ މައްޗަށް ޤާނޫނު ނަންބަރު: 28/76 ގައި ބުނެފައިވާ ފަދަ ދަރަންޏެއް
ސާބިތުވެފައި ނެތްކަމަށް މަދަނީކޯޓުން ފާހަގަ ކުރައްވާފައިވެއެވެ.
05- އިސްވެބުނެވުނު ވިޔަފާރީގެ މުޢާމަލާތުގެ އީޖާބާއި ޤަބޫލު ހިނގާފައިވަނީ
މަދަނީކޯޓުގެ ނަންބަރު: 2006/MC/1373 ޤަޟިއްޔާގެ ޝަރީއަތުގެ މަޖްލީހުގައިކަމާއި، އަދި
އެބިމުގެ އަގުގެ ތެރެއިން ސަރުކާރަށް ޓެކްސްގެގޮތުގައި ދައްކަންޖެހޭ-/
79200ރ. (ހަތްދިހަނުވާހާސް
ދުއިސައްތަ ރުފިޔާ) ޑިޕާރޓްމަންޓް އޮފް އިންލެންޑް ރެވެނިއުއަށް ދައްކާފައި ވާކަމާއި، އަދި އެބިން
ގަންނަ ފަރާތުގެ ނަމުގައި ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާކަމަށް މާލޭމުނިސިޕަލްޓީގެ ނަންބަރު:
C144
/
2007
/
19-99 (29 ޖެނުއަރީ 2007) ގެސިޓީން އަންގަވާފައިވާކަން ފާހަގަ ކުރެވިފައި
-
· · 4
9އވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
8
2{A8}HC-A/160
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
· · · 2
-01
1373/MC/2006
06- ވ.ރައްސާމްއެވެ ކިޔާ ގޯއްޗަކީ އަމިއްލަ ގޯއްޗެއްކަމާއި، އެގޯތީގެ ބޮޑުމިން
ކަމުގައިވާ 400 އަކަފޫޓްގެ ބިމުގެތެރެއިން 800 އަކަފޫޓް ވިއްކާލިކަމުގައިވިޔަސް މުޙައްމަދު
ވަޙީދުއާއި، މުޙައްމަދު ވަޙީދު ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދޭން
ޖެހިއްޖެ ޙާލަތެއްގައި އެގޯތީގެ ބިމުގެ 600 އަކަފޫޓްގެބިން ބާކީއޮންނާނެތީ އެ 800 އަކަފޫޓްގެ
ބިމާއި، އެބިމުގައިއެވާ ޢިމާރާތްތައް ވިއްކުމަށް ޤާނޫނީގޮތުން ހުރަސްއަޅާ ސަބަބެއް ނެތްކަން
އެނގެން އޮވެއެވެ.
މިމައްސަލައާގުޅިގެން މަދަނީކޯޓްގެ ނަންބަރު:
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
މިފަދައިންނެވެ.
" ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު
ވ. ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފ.ރައްސާމް އެވެކިޔާ 1400
އަކަފޫޓް އަމިއްއްލަ ގޯތީގެ ހުޅަނގުން
800 އަކަފޫޓްގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާބިން -/90,000 ރ. (ނުވަދިހަހާސް ރުފިޔާ) ގެ އަގަށް މއ.
އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކައި، މިއަގަށް މި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި އަމިއްލަ
ބިން އަނީސާ ޢަލީ ގަނެ އަގުޚަލާޞް ކޮށްފައިވާތީ މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ
ސަބަބުން ވ.ރައްސާމް އެވެކިޔާ އަމިއްލަގޯތީގެ ހުޅަނގުން އުތުރަށްވާގޮތަށް 800 އަކަފޫޓްގައިވާ
އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބިމުގެ މިހާރުގެ މިލްކުވެރި ފަރާތަކީ
އޮއިސިސްވިލާ އަނީސާ ޢަލީ ކަމަށް ޙުކުމްކޮށްފީމެވެ." (މިފަދައިންނެވެ.)
08- މިމައްސަލައާގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލީހުގައި ދައްކާފައިވާ ވާހަކަ
ތަކަށާއި، ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި މަދަނީކޯޓްގެ ނަންބަރު:
2006/MC/1373 ޤަޟިއްޔާ ނިމިފައިވާގޮތުން މއ.އޮއިސިސްވިލާ ޢާއިޝަތު ލިއުޝާގެ
ޙައްޤުތަކަށް އުނިކަން ލިބޭކަމަށްބުނެ ޢާއިޝަތު ލިއުޝާގެ ފަރާތުން ހުށަހަޅާފައިވާ ސަބަތުތަކުގެ އި
39 (0 / ހވ
مرمر مرور می
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
9
2{{38/HC-A/160
05
;ރަޖިސްގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މައްޗަށް ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައި ވެއެވެ.
ހ) ފުރަތަމަ ކަމަކީ: ވ.ރައްސާމް އެވެކިޔާ ގޯއްޗަކީ މުޙައްމަދު ވަޙީދުގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ގޯއްޗާއި އަދި ށ.ރައްސާމް އެވެކިޔާ އަމިއްލަ ގޯތީގައިވާ ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަނާއި ތަކެއްޗަކީ މުޙައްމަދު ވަޙީދުގެ މިލްކިއްޔާތުގެ ތެރޭގައި ހިމެނޭ ތަންތަނާއި
ތަކެތިކަން މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖްލީހަށް ހުށަހެޅިފައިވާ ލިއުންތަކުންނާއި
ދެފަރާތުގެ ބަހުން އެނގެންއޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ: ވ.ރައްސާމް އެވެކިޔާ އަމިއްލަގޯތީގެ ބޮޑުމިނަކީ 1400
އަކަފޫޓްކަމާއި، އެބިމުގެތެރެއިން މަދަނީކޯޓްގެ ނަންބަރު:2006
MC!1373 ޤަޟިއްޔާއިން
މުޙައްމަދު ވަޙީދު ވިއްކާލާފައިވަނީ، 800 އަކަފޫޓްގެބިމާއި، އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަންކަން އެނގެންއޮތުމުން އެގޯތީގެ ބިމުން މުޙައްމަދު ވަޙީދާއި، މުހައްމަދު ވަޙީދު ޝަރުޢީ އަދި
ޤާނޫނީގޮތުން ބޯހިޔާވަހިކަން ހޯދާދޭންޖެހޭ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދާދިނުމަށްޓަކައި
ބޭނުންކުރެވިދާނެ 600 އަކަފޫޓްގެ ބިމާއި، އެބިމުގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ބާކީއޮ
ނުކިއޮތްކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، މީސްމީހުންގެ މިލްކިއްޔާތަކީ ޝަރީޢަތާއި ޤާނޫނުގައި
ޙުރުމަތްތެރިކަން ދެވިފައިވާ އެއްޗެއްސަށް ވެފައި ކޮންމެ މީހަކަށްވެސް ޝަރީޢަތާއި ޤާނޫނުން
މަނާނުކުރާހާ ހިނދަކު ޝަރީޢަތާއި ޤާނޫނުގެ ޙުދޫދުގެ ތެރޭގައި އެމީހެއްގެ މުދަލާއި މިލްކިއްޔާތުގެ
މައްޗަށް ތަޞައްރަފު ކުރުމުގެ ފުރިހަމަ އިޚްތިޔާރާބާރު ލިބިގެންވާނެތީއާއި މުޙައްމަދު ވަޙީދުގެ
މުދަލުގެ މައްޗަށް ތަޞައްރަފު ކުރުމަށް ހުރަސްއެޅޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއް
އޮތްކަން ޝަރީއަތަށް ސާބިތުވެފައި ނެތުމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ މަދަނީކޯޓްގެ
ނަންބަރު: 2006/MC/1373 ޤަޟިއްޔާއަކީ މުޙައްމަދު ވަޙީދުގެ ނަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
2{{38/HC-A/160
އ ހ022
އކފުޓު28އ)
2006/MC;1373 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖްލީހުގައި ކަމަށްވެފައި، އެވިޔަފާރި އެގޮތުގެމަގެ ހައިކޯ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ކުރެވިފައިވާ 1400 އަކަފޫޓްގެ އަމިއްލަ ގޯއްޗެއްގެ ބިމުގެތެރެއިން 800
އެބިމުގައިވާ ތަންތަން ވިއްކުމާބެހޭ ވިޔަފާރީގެ މައްސަލަ ބެއްލެވި ޤަޟިއްޔާއަކަށްވެފައި،
އިސްތިއުނާފް އުޞޫލުތައް ނިޔާކުރާގޮތުގެ މައްޗަށް ބަލާއިރު ވިޔަފާރީގެ މައްސަލައެއް
އިސްތިއުނާފުކުރުމުގެ ތެރޭގައި އެނޫންމައްސަލައެއް ބަލާ އެކަމަށް އިސްތިއުނާފުގެ މަރުޙަލާގައި
ޙުކުމެއް ކުރުމަކީ އިސްތިއުނާފް އުޞޫލުތައްތަންދޭ ކަމަކަށްނުވާތީއާއި، ޢާއިޝަތު ލިއުޝާގެ ބައްޕަގެ
ގޭގައި ބޯހިޔާވަހިކަން ހޯދުމުގެ މައްސަލައަކީ އިސްތިއުނާފުމިކުރެވޭ ވިޔަފާރީގެ މައްސަލައާއި
ގުޅުންހުރި މައްސަލައަކަށް ނުވާތީ މިމައްސަލައިގެތެރޭގައި އިސްތިއުނާފުގެ މަރުޙަލާގައި ޢާއިޝަތު
ލިއުޝާގެ ބޯހިޔާވަހިކަން ހޯދުމުގެ މައްސަލައާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ
ޤާނޫނީ ހަމައެއް ނެތަތީއާއި، މ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ
އަމިއްލަގޯތީގެ 1400 އަކަފޫޓްގެ ތެރެއިން 800 ފޫޓްގެބިމާއި، އެބިމުގައިވާ ޢިމާރާތްތަކާއި،ވަޅުފަދަ
ތަންތަން ވިއްކުމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުންވިޔަސް ހުރަސްއަޅާ ސަބަބެއް ނެތަތީ މަދަނީކޯޓްގެ
ނަންބަރު: 2006/MC/1373 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް
ނުވާކަމަށްބުނެ މއ.އޮއިސިސްވިލާ ޢާއިޝަތު ލިއުޝާގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަކީ
ޝަރުޢީ އަދި ޤާނޫނީގޮތުން ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ކަމަކަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް ނުފެނެއެވެ.
ވ.ރައްސާމް މުޙައްމަދު ވަޙީދުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވ. ރައްސާމް އެވެކިޔާ
އަމިއްލަގޯތީގެ 1400 އަކަފޫޓްގެ އަމިއްލަބިމުގެ ތެރެއިން 800 އަކަފޫޓްބިމާއި، އެބިމުގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މއ. އޮއިސިސްވިލާ އަނީސާ ޢަލީއަށް ވިއްކުމާބެހޭ ވިޔަފާރީގެ
އީޖާބާއި ޤަބޫލު ހިނގާފައިވަނީ އެދެފަރާތުގެ ފުރިހަމަ އިޚްތިޔާރާއި ރުހުމުގައި މަދަނީކޯޓްގެ ނަންބަރު:
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes
2{{38/HC-A/160
11 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޢަޤުދުކުރުމަށް ޝަރުޢީ އަދި ޤާނޫނީގޮތުންވެސް ހުރަސްއަޅާ ސަބަބެއް ނެތްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓްގެ ފަނޑިޔާރުންނަށް އިއްތިފާޤްވެވުނުހިނދު
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާކަނޑައެޅީ:
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
އަޙްމަދު ޝަރީފު ޢަލީ
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ހައިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް:
[email protected]
www.highcourt.gov.my iemes