ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/347 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/347
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ހިރާއްޖޭގެ
99
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 347/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޞްތަފާ ޢަލީ
އައިޑީ ކާޑު ނަންބަރ: 072469
A
* ދާއިމީ އެޑްރެސް: ކޯޒީވިލާގއ.ވިލިނގިލި
* މިހާރުގެ އެޑްރެސް: ގ.ސްޓެންވިލާ
، އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
* އައިޑީކާޑް ނަންބަރު.
-
* ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
، ރަޖިސްޓްރީ ކުރެވުނުތާރީޚް: 19 ޛުލްޙިއްޖާ 1430
06 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 12 މުޙައްރަމް 1430
29 ޑިސެމްބަރ 2009
*
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/P2C/21 ނިންމެވިކޯޓް: ގއ.ވިލިނގިލީ ކޯޓް
ޤަޟިއްޔާގެ ބާވަތް: އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް އެޗެކްގައިވާ ޢަދަދަށް ފައިސާނުދެއްކުން
ހުށަހެޅުނުތާރީޚް: 2009-02-04
ނިމުނު ތާރީޚް: 2009-10-08
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2009/HC-A/347
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަ
• ދަޢުވާގެ ޚުލާޞާ
ފިލިމިލި
ކޯޓުގެ ނަންބަރު 2009/P2C/21 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާގޮތް
ރަނގަޅުނޫންކަމަށްބުނެ ގއ.ވިލިގިލި؛ ކޯޒީވިލާ މުޞްޠަފާ ޢަލީ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކޮށްފައިވެއެވެ.
ވިލިﷲލި
ފާހަގަކުރެވުނު ނުކުތާތައް:
ކޯޓުގެ ނަންބަރު 2009/P2C/21 ޤަޟިއްޔާގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާގޮތް
ނޫންކަމަށްބުނެ މުޞްޠަފާ ޢަލީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އިސްތިއުނާފު ރައްދުވާފަރާތުން
ދެއްކިވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ތ #
ބަދަލުކުރީގެ
(ހ) ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ވޭގޮތުގައި ގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނު)
ގެ 39 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު "މިޤާނޫނުގައިވާގޮތުގެމަތިން ޗެކަށް ފައިސާނެގުމަށް އެޗެކުގައިވާ
ތަރީޚުންފެށިގެން 6 މަސްދުވަހުގެތެރޭގައި ބޭންކަށް ހުށަހެޅުމުން ޗެކްދޫކުރި އެކައުންޓުގައި ފައިސާނެތުމުގެ
ސަބަބުން ނުވަތަ އެޗެކުގައިވާ ޢަދަދަށް ފައިސާލިބޭނެގޮތް ހަމަޖައްސާދީފައިނުވުމުގެ ސަބަބުން ނުވަތަ އެޗެކަށް
ފައިސާދެވެން ނެތްކަން އެޗެކް ހުށަހެޅި ފަރާތަށް ބޭންކުން އަންގާ ދުވަހުންފެށިގެން 1 މަސްދުވަހުގެތެރޭގައި
ޗެކަށް ފައިސާލިބެންވާފަރާތަށް އެޗެކުގައިވާ ޢަދަދަށް ފައިސާދިނުމަށް އެޗެކްދޫކުރިފަރާތަށް ލިޔުމަކުން ފެގުމުން
އެ އެންގުން އަންގާ ދުވަހުންފެށިގެން 7 ދުވަހުގެތެރޭގައި އެޗެކުގައިވާ ޢަދަދަށް ފައިސާނުދީފިނަމަ އެޗެކް ދޫކުރި
ފަރާތް ކުށްވެރިވާނެއެވެ." މިފަދައިން ބުނެފައިވާކަން އެނގެއެވެ.
(ނ) އެކައުންޓުގައި ފައިސާނެތި ޗެކްދޫކުރުން ކުށަކަށްވާގޮތް އިސްވެ އިޝާރާތް ކުރެވުނު
މާއްދާގައި ޞަރީޙަކޮށް ބަޔާންކޮށްދީފައިވާގޮތަށްބަލާއިރު އެޗެކަށް ފައިސާދެވެންނެތްކަމަށް އެޗެކް ހުށަހެޅި
ފަރާތަށް ބޭންކުން އަންގާ ދުވަހުންފެށިގެން 1 މަސް ދުވަހުގެތެރޭގައި ޗެކަށް ފައިސާ ލިބެންވާ ފަރާތުން
އެޗެކުގައިވާ ޢަދަދަށް ފައިސާދިނުމަށް އެޗެކްދޫކުރި ފަރާތަށް ލިޔުމަކުން އެންގުމުން އެއެންގުން އަންގާ ދުވަހުން
ފެށިގެން 7 ދުވަހުގެތެރޭގައި އެޗެކުގައިވާ ޢަދަދަށް ފައިސާނުދީފިނަމަ އެޗެކްދޫކުރި ފަރާތް ކުށްވެރިވާނެކަމަށް
އޮތުމުން ކަޑައެޅިފައިވާ ދުވަސްތަކަކާއި މުއްދަތުތަކެއްގެ އިތުރުން ޗެކްދޫކުރި ފަރާތަށް ލިޔުމަކުން ފައިސާ
ދެއްކުމަށް އެންގުން ޤާނޫނު ލާޒިމްކޮށްފައިވާހިނދު އެފަދަ ލިޔުމެއް މުޞްޠަފާ ޢަލީއަށް ލިބިފައިވާކަމަށް ނުވަތަ
މުޞްޠަފާ ޢަލީއަށް ފޮނުވިފައިވޭތޯ ބަލާއިރު މުޞްޠަފާ ޢަލީ އެކަމަށް ތަޙުޤީޤުގައި އިންކާރުކޮށްފައިވާކަމާއި،
Quc
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2009/HC-A/347
ދަށުކޯޓް ޝަރީޢަތުގައި ކުށުގެ އުންސުރުތަކުގެތެރޭގައި ހިމެނޭ މިނުކުތާ ކަށަވަރުކޮށް ދެވިފައިނުވާކަމާއި އެފަދަ
ލިޔުމެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން،
(ނ) މުޞްޠަފާ ޢަލީ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެތެރެއިން ޗެކްބައުންސް
ވުމުގެ ކުށާއިގުޅޭ މައިގަނޑު ނުކުތާކަމުގައިވާ ޗެކްބައުންސްވުމުން އެކަން އަންގާ އެޢަދަދަށް ފައިސާދެއްކުމަށް ދަ
ހޯކްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވިކަމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ލިޔުމަށް ބަލާއިރު އެލިޔުމަކީ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި 15 ޖުލައި 2008 ދުވަހު މުޞްޠަފާ ޢަލީއަށް އެޑްރެސްކޮށް ދަ ހޯކްސް
ޕްރައިވެޓް ލިމިޓެޑުން އެއްޗެއް ޕޯސްޓްކުރިކަމުގެ ލިޔުމެއްކަމާއި މުޞްޠަފާ ޢަލީ އެއެއްޗެއް ލިބުނުކަމާއިމެދު
އިންކާރުކޮށްފައިވުމުން އެކަން ކަށަވަރުކުރުމުގެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގައި
ދެންނެވުމުން އެލިމިޓެޑުގެ 2009
/
413/MOD
-
MPL
/
MIS ސިޓީން މިކޯޓަށް އަންގަވާފައިވަނީ އެކުންފުނި
މެދުވެރިކޮށް ޕޯސްޓްކުރާ ތަކެތީގެ ޕްރޫފް އޮފް ޑެލިވަރީ ރެކޯޑް އެކުންފުނީގައި ބަލަހައްޓަނީ 6 މަސްދުވަހުގެ
މުއްދަތުގައިކަމަށެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ އެސިޓީ މުޞްޠަފާ
ޢަލީއަށް ރައްދުވިކަން ސާބިތުކުރުމަށް ހުށަހަޅާ ލިޔުމަކީ އިސްވެ އިޝާރާތް ކުރެވުނު ޕޯސްޓްކުރިކަމުގެ
ލިޔުންކަމުން އެއީ މުޞްޠަފާ ޢަލީއަށް ސިޓީ ރައްދުވިކަމަށް ޝަރީޢަތަށް ސާބިތުކޮށްދެވޭ ލިޔުމެއްކަމަށް ޝަރުޢީ
ންނެތްކަން.
97
2727 ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެލނ ބނނވ
8
Duca
އިސްވެ ބަޔާން ކުރެވުނުކަންތައް ބަޔާންކުރެވިދިޔަގޮތުގެމަތިން ހުރުމާއިއެކު އެކައުންޓުގައި
ފައިސާނެތި ޗެކްދޫކޮށް އެޗެކުގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށުން ކުށްވެރިވޭތޯ ނުވަތަ ނުވޭތޯ ބެލުމަށް
ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭގޮތުގައިގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނު)ގެ 39 ވަނަ މާއްދާގެ
(ހ)ގައި ބުނެފައިވާ ކަންކަން ފުރިހަމަވޭތޯ ބަލާއިރު މިމައްސަލާގައި ޗެކް ބައުންސްވުމުން އެކަންއަންގާ
އެޢަދަދަށް ފައިސާދެއްކުމަށް ފޮނުވާފައިވާކަމަށްބުނާ ސިޓީ ޙަވާލުކޮށްފައިވާކަން ސާބިތުކުރެވޭވަރުގެ ކާފީހެކި
ލިބިފައި ނެތުމުން ގއ. ވިލިގިލި ކޯޓުގެ ނަންބަރު 2009/P2C/21 ޤަޟިއްޔާގައި މުޞްޠަފާ ޢަލީގެ މައްޗަށް
އެކައުންޓުގައި ފައިސާނެތި އެޗެކުގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށްސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވަނީ އެކުށް ފުރިހަމަވުމަށް ބޭނުންވާ މުހިއްމު ޢުންޞުރެއް ޘާބިތުކުރެވޭވަރުގެ ކާފީހެކި
ނެތިކަމަށްވާތީ
ކޯޓުގެ 2009/P2C/21 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
ރަނގަޅުކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވެއެވެ.
8ކެދޭކަށް
ގއ. ވިލިނލި
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
..02309
4
2009/HC-A/347
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:
ވީމާ ވިލިގިލި، ކޯޒީވިލާ މުޞްޠަފާ ޢަލީގެ އެކައުންޓުގައި ފައިސާނެތި
އެޗެކުގައިވާ ޢަދަދަށް ފައިސާނުދެއްކުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ގއ.ވިލިނގިލި ކޯޓުގެ ނަންބަރު
2009/P2C/21 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ
ގޮތުގައިގެންގުޅޭ ލިޔުމާއިބެހޭ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ)ގެ ދަށުން އެކުށް ފުރިހަމަވުމަށް ޤާނޫނު
ލާޒިމްކުރާ މުޙިއްމު ޢުންޞުރެއް ޘާބިތުކުރެވޭފަދަ ކާފީހެކިނެތިކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމުގައި ޤާނޫނު ނަންބަރު 16
/
95ގެ 39ގެ
(ހ)ގެ ދަށުން މުޞްތަފާ ޢަލީ ކުށްވެރިވެއްޖެކަމަށް ކަނޑައަޅާފައިވާ ބައި ބާޠިލްކޮށްފީމެވެ.
0x0
ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
Omalo
7
އަދި
ޝަރީފު ޢަލީ
އަޙްމަޤު
ޢަބްދުލްޣަނީ މުޙައްމަދު
ޙަމީދު
ފަނޑިޔާރު
އިސްފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، ޙާބުރުޒު ހިނގުން، ވާދެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv