ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/369 ޤަޟިއްޔާގެ ޙުކުމް
1
2{{9/HC-A/369
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކަ
ޤިރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 369/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު
އްމަދު ޖިނާން
އައިޑީ ކާޑު ނަންބަރު: 035950-A
*
2
* ދާއިމީ އެޑްރެސް: ސެލްވިން/ގދ. ތިނަދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ވަކީލު: އަލްއުސްތާޛާ އުސާމާ މޫސާ
* ދާއިމީ އެޑްރެސް
ޖިސްޓްރީކުރެވުނު ތާރީޚް: 12 މުޙައްރަމް 1431
29 ޑިސެމްބަރ 2009
ނިމުނު ތާރީޚް: 12 ޞަފަރު 1430
16 ޖެނުއަރީ 2012
އިސްތިއުނާ
މެތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1825
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
ހުށަހެޅުނު ތާރީޚް: 4 އޮގަސްޓް 2009
ނިމުނު ތާރީޚް: 30 ސެޕްޓެމްބަރ 2009
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{{39/HC-A/369
ޤަޟިއްޔާ ނިމުނު ގޮތު
کی مری
ދަޢުވާގެ ޚުލާޞާ
1825/MC/2009
ޑ ވ މ / ހ އ
އއގ ތ909
މިއީ، މަދަނީ
ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ފެކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި ގދ. ތިނަދޫސެލްވިން، މުޙައްމަދު ޖިނާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 122
/
94-C) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
އެއްބަސްވުމެޑި
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ހުޅުމާލެ ލޮޓް ނަންބަރު 10099 އޭކިޔާ 1095 އަކަފޫޓުގައި ހުރި 3 (ތިނެއް)
ބުރީގެ ޢިމާރާތުގެ ގްރައުންޑް ފްލޯރ ކުއްޔަށް ދޫކުރުމަށްޓަކައި، 1 ނޮވެމްބަރު 2006 ގައި ގދ.
ތިނަދޫސެލްވިން މުޙައްމަދު ޖިނާންއާއި، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ
އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހަކު -/4,500 (ހަތަރުހާސް ފަސްސަތޭކަ) ރުފިޔާގެ
މަގުން ޢިމާރާތުގެ
ކުއްޔަށް ދައްކަންޖެހި ނުދައްކާ -/72,000 (ހަތްދިހަ ދެހާސް) ރުފިޔާ އާއި،
4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢިމާރާތުގެ ފެންބިލާއި ކަރަންޓު ބިލަށް ދައްކަންޖެހި
ނުދައްކާވާ 62,701
/
54ރ. (ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި) އާއެކު
ޖުމްލަ 134,701
/
54ރ. (އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި)
ހޯދުމަށް އެދި، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ގދ. ތިނަދޫސެލްވިން މުޙައްމަދު
ޖިނާންގެ ފަރާތުން ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "... މިދަޢުވާގައި ދަޢުވާކުރާ ނުކުތާތަކަކީ އަދި
އެކަމާގުޅޭ ހުށަހަޅާފައިވާ ހެކިތަކަކީ މީގެ ކުރިން މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާއިން
އެހެކިތަކުގެ މައްޗަށް ބަލައި، އެނުކުތާތަކުގެ މައްޗަށް ޙުކުމެއް ކޮށްފައިވާ ދަޢުވާއެއްކަން މަދަނީ ކޯޓުގެ
ނަންބަރު 2008/MC/432 ޤަޟިއްޔާއާއި އެޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިހުރި ލިޔެކިޔުންތަކުން
އެނގެން އޮންނަކަމަށްޓަކައި، މިމައްސަލަ ދަށު ކޯޓެއްގައި އިތުރަށް ބެލޭނެތަނެއް ނެތްކަމުގައި ކަނޑައަޅައި"
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
J
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{39/HC-A/369
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2. މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޖިނާންގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
2
8 އ 33
4
وی در مورد
• ފުރަތަމަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގައި
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޖިނާން ކޮށްފައިވާ ދަޢުވާއަކީ،
1 ނޮވެމްބަރ 2006 ގައި ދެފަރާތުން އެއްބަސްވެ، ލިޔެސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ
އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހަކު -/4,500 (ހަތަރުހާސް ފައްސަތޭކަ) ރުފިޔާގެމަގުން
ޢިމާރާތުގެ ކުއްޔަށް ދައްކަންޖެހި ނުދެއްކިވާ -/72,000 (ހަތްދިހަ ދެހާސް) ރުފިޔާ އާއި، ޙަވާލާދެވިފައިވާ
4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢިމާރާތުގެ ފެންބިލާއި، ކަރަންޓުބިލަށް ދައްކަންޖެހި
ނުދެއްކިވާ 62,701
/
54ރ. (ފަސްދޮޅަސްދެހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި) އާއި،
އެކުޖުމްލަ 134,701
/
54ރ. (އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި)
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ހޯދުމަށް މަދަނީ ކޯޓުގައި ކޮށްފައިވާ ދަޢުވާއެއް
ނޫންކަން މައްސަލައިގެ ދަޢުވާ ފޯމުގައި ދަޢުވާގެ ޚުލާޞާގައި ސާފުބަހުން ލިޔެފައިވާއިރު، ހަވާލާދެވިފައިވާ
ދަޢުވާ ތަޙްދީދު ކުރުމުގައި އެދަޢުވާގައި ތަނު ކުއްޔާއި ކަރަންޓުބިލާއި، ފެންބިލް ހިމަނާފައިނުވާއިރު، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގައި ބަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
މުޙައްމަދު ޖިނާން ކޮށްފައިވާ ދަޢުވާއަކީ، ތަދު ކުއްޔާއި ކަރަންޓުބިލާއި، ފެންބިލް ހިމަނާފައިވާ
ދަޢުވާއެއްކަމަށް ވިދާޅުވެ، މުޙައްމަދު ޖިނާންގެ ހައްޤަށް އުނިކަން ތަނުގެ ކުއްޔާއި
ކުރަންޓުބިލާއި،
ފެންބިލްގެ ފައިސާ މުޙައްމަދު ޖިނާންއަށް ނުލިބޭފަދަ ގޮތަށް
މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
e2eދه
ލި0ތކޮށް
ޗެ
ދެވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާގައި
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޖިނާން ކޮށްފައިވާ ދަޢުވާއަކީ
1 ނޮވެމްބަރ 2006 ގައި ދެފަރާތުން އެއްބަސްވެ، ލިޔެސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ
އިއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހަކު -/4,500 (ހަތަރުހާސް ފައްސަތޭކަ) ރުފިޔާގެމަގުން
ޢިމާރާތުގެ ކުއްޔަށް ދައްކަންޖެހި ނުދެއްކިވާ -/72,000 (ހަތްދިހަ ދެހާސް) ރުފިޔާ އާއި، ޙަވާލާދެވިފައިވާ
އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢިމާރާތުގެ ފެންބިލާއި، ކަރަންޓުބިލަށް ދައްކަންޖެ
8
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 73316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
,
2009}HC-A/369
4 ޤަޟިއްޔާ ނިމުނު "
ނުދެއްކިވާ 62,701
/
54ރ. (ފަސްދޮޅަސްދެހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި) އާއި،
އެކުޖުމްލަ 134,701
/
54ރ. (އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ އެއްރުފިޔާ ފަންސާސް ހަތަރުލާރި)
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ހޯދުމަށް މަދަނީ ކޯޓުގައި ކޮށްފައިވާ
ދަޢުވާއަކަށްވާއިރު، ޙަވާލާދެވިފައިވާ ދަޢުވާ ތަޙްދީދު ކުރުމުގައި އެދަޢުވާގައި ތަނުގެ ކުއްޔާއި ކަރަންޓުބިލާއި،
ފެންބިލް ހިމަނާފައިވާއިރު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާގައި ބާސް
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މުޙައްމަދު ޖިނާން ކޮށްފައިވާ ޙައްޤު ހޯދުމުގެ ދަޢުވާގައި
ޢަދުލު އިންޞާފު ޤާއިމުކުރެވިފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގައި
އެކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލާގައި ޢިއްޒަތްތެރި ޤާޟީ ގެނެސްފައިވާ ފައިޞަލާގައި ނުވަތަ
މައްސަލައިގެ ޙުކުމްގައި 1 ނޮވެމްބަރު 2006 ގައި ދެފަރާތުން އެއްބަސްވެ، ލިޔެސޮއިކޮށް އިނގިލީގެ
ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހަކު -/4500 (ހަތަރުހާސް
ފައްސަތޭކަ) ރުފިޔާގެ މަގުން ޢިމާރާތުގެ ކުއްޔަށް ދައްކަންޖެހި ނުދެއްކިވާ -/72000 (ހަތްދިހަ ދެހާސް)
ރުފިޔާ އާއި، ޙަވާލާދެވިފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢިމާރާތުގެ ފެންބިލާއި،
ކަރަންޓުބިލަށް ދައްކަންޖެހި ނުދެއްކިވާ 62701
/
54ރ. (ފަސްދޮޅަސްދެހާސް ހަތްސަތޭކަ އެއްރުފިޔާ
ފަންސާސް ހަތަރުލާރި) އާބެހޭގޮތުން އެއްވެސް އެއްޗެއް ލިޔުއްފައިވާ ނުވާއިރު، މަދަނީ ކޯޓުގެ ނަންބަރު
2008/MC/432 ޤަޟިއްޔާގައި އެކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައަކީ ތަނުގެ ކުއްޔާއި
ކަރަންޓުބިލާއި ފެންބިލްގެ މައްސަލަކަމަށް ވިދާޅުވެފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
.3
މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޖިނާންގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ ބާސް
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު
2008/MC/432 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކު
ފާހަގަކުރެވިފައިވެއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު 1
2{{09/HC-A/369
ދެވެ
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825
ޤަޟިއްޔާގައި ހިމެނޭ ދަޢުވާގެ ޞިޝާއަށް ބަލާއިރު، އެމައްސަލައަކީ ހުޅުމާލެ ލޮޓް ނަންބަރު 10099 އޭކިޔާ
1095 އަކަފޫޓުގައި ހުރި 3 (ތިނެއް) ބުރީގެ ޢިމާރާތުގެ ގްރައުންޑް ފްލޯރ ކުއްޔަށް ދޫކުރުމަށްޓަކައި، 1
ނޮވެމްބަރު 2006 ގައި ގދ. ތިނަދޫސެލްވިން މުޙައްމަދު ޖިނާންއާއި، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެމަތިން މަހަކު -/4,500 (ހަތަރުހާސް
ފަސްސަތޭކަ) ރުފިޔާގެ މަގުން ޢިމާރާތުގެ ކުއްޔަށް ދައްކަންޖެހި ދައްކާވާކަމަށް މުޙައްމަދު ޖިނާން ބުނާ
-/72,000 (ހަތްދިހަ ދެހާސް) ރުފިޔާ އާއި، އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާ ގޮތުގެމަތިން ޢިމާރާތުގެ
ފެންބިލާއި ކަރަންޓުބިލަށް ދައްކަންޖެހި ނުދައްކާވާކަމަށް މުޙައްމަދު ޖިނާން ބުނާ 62,701
/
54ރ.
(ފަސްދޮޅަސް ދެހާސް ހަތްސަތޭކަ އެކެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އާއެކު ޖުމްލަ 134,701
/
54ރ.
(އެއްލައްކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ރުފިޔާ ފަންސާސް ހަތަރެއް ލާރި)
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ހޯދުމަށް މުޙައްމަދު ޖިނާންގެ ފަރާތުން މަދަނީ ކޯޓަށް
ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަމެވެ.
އެކެއް
(ނ) ދެވަނަ ކަމަކީ، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް މުޙައްމަދު ޖިނާން
ކުއްޔަށް ދޫކޮށްފައިވާ، ހުޅުމާލޭ ލޮޓް ނަންބަރު 10099 ގޯތީގައި ހުރި ޢިމާރާތުގެ ބައިތަކާބެހޭގޮތުން
މިދެފަރާތުގެ ދެމެދުގައި ވެފައިވާ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825
ޤަޟިއްޔާވެސް އެމައްޗަށް ބިނާވެފައިވާ އެއްބަސްވުމާބެހޭ އެހެން މައްސަލައެއް، މިމައްސަލައިގެ ކުރިން
މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާއިން ބަލާ ނިޔާކަނޑައަޅާފައިވާކަމާއި، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/432 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ޓީޝާއަށް ބަލާއިރު އެމައްސަލައަކީ، ބާސް
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއި މުޙައްމަދު ޖިނާންއާ ދެމެދު ވެފައިވާ އެއްބަސްވުމާ
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ޚިލާފުވެފައިވާތީ، ހުޅުމާލެ ލޮޓް ނަންބަރު 10099 ގޯތިން،
އެތަނުގެ މަސައްކަތު މީހުން ނެރެދިނުމަށާއި، ޢިމާރާތުގެ ގްރައުންޑް ފްލޯގައި ބާސް އެންޓަޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ މަސައްކަތުގެ އަގާދޭތެރޭގައި ދެފަރާތުން އެއްބަސްނުވެވޭތީއާއި، އަދި
އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން ހުޅުމާލެ ލޮޓް ނަންބަރު 10099 ގޯތީގައި ކުރުމަށް ޙަވާލުކޮށްފައިވާ
މަސައްކަތުގެ ވެރިފަރާތް މުޙައްމަދު ޖިނާނުއަށް ގެއްލުމުގެ ބަދަލު ހޯއްދަވައިދެއްވުންއެދި މުޙައްމަދު ޖިނާނުގެ
ފަރާތުން މަދަނީ ކޯޓުގައި ކޮށްފައިވާ ދަޢުވާއެއްކަމާއި،
މިދަޢުވާގައި ހޯދަންބޭނުންވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި މުޙައްމަދު ޖިނާން
ހުށަހަޅާފައިވަނީ، މާލޭގައި ކުށްޔަށް ފިހައިގެން ތިބިތަނުގެ 2 މަސްދުވަހުގެ ކުށްޔަށްވާ -/20,000
***9:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
2{{39}HC-A369
کی مرکی
=32
(ވިހިހާސް) ރުފިޔާއާއި، ހުޅުމާލޭ ލޮޓް 10099 ގެ ގްރައުންޑް ފްލޯއަށް 30 ޑިސެމްބަރ 2007 އިން
އެއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށްވާ 2 (ދޭއް) މަސްދުވަހުގެ ކުލީގެ ގޮތުގައި އެއްބަސްވެފައިވާ
-/20,000 (ވިހިހާސް) ރުފިޔާއާއެކު ޖުމްލަ -/40,000 (ސާޅީސްހާސް) ރުފިޔާކަމާއި، އަދި ބިލްތައް
ނުދެއްކުމުގެ ސަބަބުން އެހާތަނަށް ދައްކަންޖެހިފައިއޮތް 59,875
/
42 (ފަންސާސް ނުވަހާސް އަށްސަތޭކަ
ހަތްދިހަފަސް ރުފިޔާ ސާޅީސްފަސްލާރި) ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު
ޖިނާނަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ކެނޑުމަށް ދެފަރާތުން އެއްބަސްވެފައިވާތީ އެފައިސާއާމެދު
ދަޢުވާކުރުމަށް ބޭނުންނުވާކަމަށް މުޙައްމަދު ޖިނާން މަދަނީ ކޯޓަށް ދަޢުވާ ހުށަހަޅާފައިވާ ފޯމުގައި
ބަޔާންކޮށްފައިވާކަމާއި،
އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހިނގާ ޢިމާރާތުގެ އެންމެހާ ބިލްތައް ދެއްކުމަށްވެސް
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން އެއްބަސްވެފަވާކަމަށާއި، އެހެންނަމަވެސް ޖުމްލަ
59,875
/
42 (ފަންސާސް ނުވަހާސް އަށްސަތޭކަ ހަތްދިހަފަސްރުފިޔާ ސާޅީސްފަސްލާރި) ގެ ބިލް އެހާތަނަށް
ނުދައްކާ އޮތްކަމަށް، މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި ހިމެނޭ، މުޙައްމަދު ޖިނާންގެ ފަރާތުން މަދަނީ ކޯޓަށް ދަޢުވާ ހުށަހަޅާފައިވާ ފޯމުގެ "ދަޢުވާ
ބިނާކޮށްފައިވާ ގޮތާއި މައްސަލާގައި ކަންހިނގާފައިވާ ގޮތުގެ ތަފްޞީލު" މިބައިގެ 3 ވަނަ ނަންބަރުގައި
ބަޔާންކޮށްފައިވާކަމާއި، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހި ނުދައްކާވާކަމަށް
މުޙައްމަދު ޖިނާނު ބުނާ ފެންބިލުތަކަކާއި ކަރަންޓު ބިލްތަކެއްގެ ވާހަކަ، މަދަނީ ކޯޓުގެ ނަންބަރު
2008/MC/432 ޤަޟިއްޔާގެ ޝަރީޢަތުގެ މަރުޙަލާއި، 17 އެޕްރީލް 2004 ގައި މުޙައްމަދު ޖިނާންގެ
ފަރާތުން މަދަނީ ކޯޓަށް ދީފައިވާ ބަޔާނުގައިވެސް ބުނެފައިވާކަމާއި، މިބިލްތަކުގެ ކޮޕީވެސް މަދަނީ ކޯޓަށް
ހުށަހަޅާފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް، މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، އެމައްސަލައިގައި މަދަނީ ކޯޓުން ބައްލަވާފައިވަނީ، ހުޅުމާލެ ލޮޓް ނަންބަރު
10099 ގޯތީގައިހުރި ޢިމާރާތުގެ ގްރައުންޑް ފްލޯއާއި ޓެރަސް ކުއްޔަށް ދިނުމަށްޓަކައި މުޙައްމަދު ޖިނާންއާއި
ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެގޯތީގައި
ކުރެވިފައިވާ މަސައްކަތަށާއި، އެމަސައްކަތަށް ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ކޮށްފައިވާ
ޚަރަދަށްކަން އެނގޭކަމާއި، މިމައްސަލައާ ގުޅުންހުރި، މިނޫން
ކަމެއް މަދަނީ ކޯޓުން
ބައްލަވާފައިވާކަން މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކަށާއި ޙުކުމަށް
ބެލުމުންވެސް އެނގެންނެތްކަމާއި، މައްސަލައިގެ ޙުކުމުގައި، "މުޙައްމަދު ޖިނާނަށް ލިބިފައިވާ ގެއްލުމުގެ
o coco cc
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
443
2{{39/HC-A/369
ޤަޟިއްޔާ ނިމުނު "
کی عمری
ދެ
ބަދަލު ނަގައިދެވޭނެ ތަނެއް ނެތް" ކަމަށް ބަޔާންކުރައްވާފައިވީނަމަވެސް، ބަދަލުނަގައިދެވެން ނެތް ސަބަބު،
ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައިވެސް، އަދި މައްސަލައިގެ ޙުކުމްގައިވެސް ބަޔާންކޮށްފައި ނުވާކަމާއި،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ބާސް
އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް މަދަނީ ކޯޓުން ނަގައިދީފައިވާ ފައިސާ ނަގައިދީފައިވަނީ މުޙައްމަދު
ޖިނާންއަށް ބަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭ ފެންބިލަށްވާ ފައިސާ
އުނިކޮށްފައިކަމަށް ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، އެމައްސަލައިގައި ބަސް އެންޓަޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްއަށް މަދަނީ ކޯޓުން ނަގައިދީފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ ހުޅުމާލޭ ޕްލޮޓް ނަންބަރު 10099
ގޯތީގައި ހުރި ޢިމާރާތުގެ ގްރައުންޑް ފްލޯގެ މަސައްކަތުގެ އަގެއްގެ ގޮތުގައި އަގުކޮމިޓީން ކަނޑައަޅާފައިވާ
74,092
/
95ރ. (ހަތްދިހަ ހަތަރުހާސް ނުވަދިހަ ދެ ރުފިޔާ ނުވަދިހަ ފަސްލާރި) އާއި އެ ޢިމާރާތުގެ ޓެރެސް
ފްލޯގެ މަސައްކަތުގެ އަގަށް މުޙައްމަދު ޖިނާން، ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއަށް
ދައްކަންޖެހޭ 21,832
/
08ރ. (އެކާވީސްހާސް އަށްސަތޭކެ ތިރީސް ދެ ރުފިޔާ އަށްލާރި) ކަމާއި، އެފައިސާގެ
ތެރެއިން މުޙައްމަދު ޖިނާންއަށް ބަސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހޭކަމަށް
މުޙައްމަދު ޖިނާން ބުނާ ފެންބިލަށްވާ ފައިސާ އުނިކޮށްފައިނުވާކަން އެނގޭކަމެވެ.
oc
ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ މަދަނީ
ކޯޓުގެ ނަންބަރު
2009/MC/1825 ޤަޟިއްޔާގައި މުޙައްމަދު ޖިނާނުގެ ފަރާތުން ހޯދުމަށް ހުށަހަޅާފައިވާ، ތަނުގެ ކުއްޔާއި،
ކަރަންޓު ބިލަށާއި ފެން ބިލަށްވާ ފައިސާ، ޢާންމު އުސޫލެއްގެ ގޮތުން "ގެއްލުމުގެ ބަދަލު" ގެތެރޭގައި
ނުހިމެނޭނެކަމާއި، އެފަދަ ޙައްޤުތަކަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ތެރެއިން އުފެދޭ
ޙައްޤުތަކެއްކަމާއި، އެހެންކަމުން މުޙައްމަދު ޖިނާންއާއި ބާސް އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު
ވެފައިވާ އެއްބަސްވުމުގައި މިޙައްޤުތަކާމެދު ގޮތްތަކެއް
ގޮތްތަކެއް ކަނޑައެޅިފައިވާނަމަ، އެގޮތެއްގެމަތިން، މިޙައްޤުތައް
މުޙައްމަދު ޖިނާނަށް ލިބިދެވެންޖެހޭނެކަމާއި، އަދި އިސްވެދެންނެވިފައިވާ ފަދައިން، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1825 ޤަޟިއްޔާގައި މުޙައްމަދު ޖިނާނުގެ ފަރާތުން ހޯދުމަށް ހުށަހަޅާފައިވާ ޙައްޤުތަކުގެ
ތެރެއިން ބައެއްކަންތައްތަކުގެ ވާހަކަ މަދަނީ ކޯޓުގެ ނަންބަރު 2008/MC/432 ޤަޟިއްޔާގެ ޝަރީޢަތުގެ
މަރުޙަލާގައި ދެކެވިފައިވީނަމަވެސް،
ޝަރީޢަތުން ގޮތެއް ނިންމަވާފައިވާކަން
ހ هހ2 24
އެކަންކަމެވެ
4
46
6 ހ ¢ ¢
އެނގެންނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
83
ޤަޟިއްޔާ ނިމުނު
2{{09/HC-A/369
می هرکی
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2009/MC/1825 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ
ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1825 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
މުޙައްމަދު ޖިނާންގެ ފަރާތުން އެމައްސަލަ އަލުން ހުށަހަޅައިފިނަމަ، އެމައްސަލައަކީ، އެމައްސަލައިގެ
މަޢުޟޫޢާމެދު ސިވިލް ކޯޓުން ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ހ8 85 ހ32
ޢަބްދުއްރައޫފު އިބްރާހީމް
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv