ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/09 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/09
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 09/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު: 183
/
2002-C ، ދާއިމީ އެޑްރެސް: އެމަރަލްބިލްޑިންގ | ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: މއ.އުތުރުވެހި
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަބީޢުލްއައްވަލު 1437
27 ޑިސެމްބަރ 2015
-ނިމުނު ތާރީޚް: 03 ޖުމާދަލްއޫލާ 1438
31 ޖެނުއަރީ 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv
-
C/1721
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ހުށަހެޅުނު ތާރީޚް: 27 ޑިސެމްބަރ 2010 ނިމުނު ތާރީޚް: 16 ފެބުރުވަރީ 2014
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު: ޢަބްދުﷲދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް Nig
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ވޯޖއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/09
ދަޢުވާގެ ޚުލާޞާ:
Oxoc
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގެ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ގުޑްޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
cu o
CcOc
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
041..
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި
ރަޖިސްޓްރީ ކޮށްފައިވާ ޖީ.ޖީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ ބޯޓް (އުޅަނދު) 14 އޮކްޓޯބަރު 2010
އިން 09 މެއި 2011 އަށް އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ގުޑް
ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ވެވުނު އެއްބަސްވުމާއި އެއްގޮތަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއުޅަނޑު
ހަވާލުކޮށްފައިނުވާތީ އެޑްވާންސްގެ ގޮތުގައި ދީފައިވާ 66,658.00$US (ފަސްދޮޅަސް ހަހާސް ހަސަތޭކަ
ފަންސާސްއަށެއް)
ޑޮލަރާއި، އެއުޅަނދު ހަވާލުނުކުރުމުން އެހެން އުޅަނދެއްގައި
ދަތުރުކުރަންޖެހުމުގެ ސަބަބުން ޚަރަދުވި 10,700.00$US (ދިހަހާސް ހަތްސަތޭކަ) ޔޫ.އެސް ޑޮލަރާއި،
ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 35,864 (ތިރީސްފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރެއް) ޔޫރޯ
އާއި، ވަކީލުގެ ފީގެ ގޮތުގައި ޚަރަދުވި -/40,000 ސާޅީސްހާސް) ދިވެހިރުފިޔާ ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ލިބުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ މި އެގްރީމެންޓް
ބާޠިލްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރި
ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގް-ނުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސްgibl
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/g
4 22
ހ(3
އޤީ *
coc
cccc
06
2,
ފައިސާއެއްކަމާއި، މިދެފަރާތުގެ މެދުގައި ވެފައިވާ މިއެގްރީމެންޓަކީ އެއެގްރީމެންޓާއި އެއްގެ ޙައި"
ރަޖިސްޓްރީ ކޮށްފައިވާ ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ ބޯޓް އުޅަނދު މަހަކު
US
$
24,000.00 (ސައުވީސްހާސް) އެމެރިކާޑޮލަރަށް 14 އޮކްޓޯބަރު 2010 އިން 09 މެއި 2011
އަށް ކުއްޔަށް ދިނުމަށް ވެފައިވާ އެގްރީމެންޓަކީ ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ އެގްރީމެންޓެއްކަމާއި،
މި އެގްރިމެންޓްގެ ދަށުން ޖީ.ޖީ.އެމް ނަމަކަށް ކިޔާ ސަފާރީ އުޅަނދު ނިންމައި އެމިސްޑެސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލު ނުކުރުމުގެ ސަބަބުން މި އެގްރިމެންޓްގައިވާ އަގަށްވުރެ ބޮޑުއަގެއްގައި
އެހެން އުޅަނދެއް އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުއްޔަށް ހިފަން ޖެހިގެން
ގްރީމެންޓްގައިވާ އަގަށްވުރެ އިތުރަށް 10,700.00$US (ދިހަހާސް ހަތްސަތޭކަ) އެމެރިކާ
ޑޮލަރު އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޚަރަދުކޮށްފައިވާކަމަށް އަދި ދެފަރާތުގެ ދެމެދުގައި
ވެފައިވާ މިއެގްރީމެންޓާއި އެއްގޮތަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ޢަމަލުނުކުރުމުގެ ސަބަބުން 35,864 (ތިރީސްފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރެއް) ޔޫރޯގެ
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ވެފައިވާ ކަމުގައި ބެލެވޭނެ ހެއްކެއް
ދެފަރާތުގެ ދެމެދުގައި ހެދިފައިވާ އެގްރީމެންޓްގައިވާގޮތުން އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް މައްސަލަ ހުށަހަޅަން ޖެހުމުގެ ސަބަބުން ވަކީލު ފީގެ ގޮތުގައި
ޚަރަދުވެފައިވާ 40,000 (ސާޅިސްހާސް) ރުފިޔާއަކީ ޝަރީޢަތުގެ ފަރާތުން މިމައްސަލައިގެ މިހާލަތުގައި
ނަގައިދެވޭނެގޮތަށް ޚަރަދުކޮށްފައިވާ ފައިސާއެއްކަމުގައި ބެލެންނެތްކަމާއި، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ އުޅަނދު
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދިނުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން
އެޑްވާންސްގެ ގޮތުގައި ދީފައިވާ 66,658.00$US (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަންސާސްއަށެއް)
އެމެރިކާ ޑޮލަރު އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް ދީފައިވާކަމާއި، މިއެގްރީމެންޓްގެ ދަށުން ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ
އުޅަނދު ތައްޔާރުކޮށް ނިންމައި އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ޙަވާލުކޮށްފައި ނުވުމުން
އެގްރީމެންޓްގައިވާ މުއްދަތުގެ ތެރޭގައި އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
އެއުޅަނދުގައި ކުއްޔަށް ދަތުރުކުރެވިފައިނުވާތީ، އެގްރީމެންޓްގެ ދަށުން، އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްއިން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އަނބުރާ
ނެތްކަމާއި،
oc
ޏ
ލިބިދެވެންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 36b471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
متري پي
މުނު ގޮތުގެ ޚުލާޞާ
2016/HC-A/09
އަމަލުކުރެވިފައި ނުވުމުން މިހާރު ބާޠިލްވެފައިވާ އެގްރީމެންޓެއްކަން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅައި،
ބުނެވިދިޔަގޮތުގެ މައްޗަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދޭންވާ 66,658.00$US (ފަސްދޮޅަސް ހަހާސް
ހަސަތޭކަ ފަންސާސްއަށެއް) އެމެރިކާ ޑޮލަރު ދިނުމަށްޓަކައި 16 ފެބްރުއަރީ 2014 މިދުވަހުން ފެށިގެން
(ތިނެއް) މަސްދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭވަރު އެމަހަކު ދައްކަމުންގޮސް
US
$
66,658.00 (ފްސްދޮޅަސް ހަހާސް ހަސަތޭކަ ފަންސާސްއަށެއް) އެމެރިކާ ޑޮލަރު ސިވިލް ކޯޓަށް
ދައްކައި ޚަލާސްކުރުމަށް ދަޢުވާލިބުނު ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި
ހުކުމްކޮށްފިމެވެ." މިފަދައިންނެވެ.
މީލާދީ 03
02- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ،
* * *
ފުރަތަމަ ނުކުތާއަކީ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ އެގްރީމެންޓުގެ ދަށުން ޖީ.ޓީ.އެމް ކްރޫޒަރ
ނިންމައި ހަވާލު ކުރަންޖެހޭ ތާރީޚް ކަމަށްވާ 14 އޮކްޓޯބަރ 2010 ގައި ހަވާލުކޮށްފައި ނުވާކަމަށް
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބުނިކަމުގައި ވިޔަސް އެދުވަހަށް އެގްރީމެންޓާއި އެއްގޮތަށް
ބޯޓު ނިންމާފައިވާކަމާއި، އެތާރީޚުގައި ދަޢުވާ ލިބޭ ފަރާތުން ބޯޓާއި ޙަވާލުވުން ފަސްކުރީ އެގްރީމެންޓްގެ
ބޭރުން ބޯޓުގައި ކުރަން އެފަރާތުން ކުރަން އެންގެވި ކަންތައްތައްކޮ
އެއްކޮށް ނިމެންދެންކަން ހުށަހަޅާފައިވާ
އިލްތަކުންނާއި ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތްއިރު، މި ބުނެވިދިޔަ
ކަންތައްތަކަށް ރިޢާޔަތްނުކޮށް މިކުންފުނިން އެގްރީމެންޓާއި ޚިލާފުވެފައިވާ ކަމަށްބުނެ މައްސަލަ
ނިންމާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 6316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
بسم ام بي
2016/HC-A/09
ދެވަނަ ނުކުތާއަކީ، މެއި 2012 ގައި ޙަސަން ޢަބްދުލްޙަމީދާއި ގުޑް ޓްރެވަލް
އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިވާ ބަޔާނުގައި ކްރިސްޓަފާ މެނެސް 12 އޮކްޓޯބަރު
2010 ވަނަ ދުވަހު ޖީ.ޓީ.އެމް ކްރޫޒަރ އަށް އަރައި ބޯޓުގައިހުރި ތުރުކީވިލާތުގެ ކަސްޓަމް މޭޑް 12
ސަންބެޑާއި، 2 މޭޒު ގެންދަމުން 21 އޮކްޓޯބަރު 2010 ގައި ޖީ.ޓީ.އެމް ކްރޫޒަރއިން ކުރުމަށް
ހަމަޖެހިފައިވާ ދަތުރަށް އަނބުރާ ގެންނާނެ ކަމަށް ބުނެ އެތަކެތި ގެންދިޔަކަން ސާބިތުކުރުމަށް ޝަރީޢަތުގެ
މަޖިލީހަށް ހެކީން ޙާޟިރު ކުރުމަށް އެދިފައިވާއިރު ހެކިން ހާޟިރު ކުރައްވާފައި ނުވާކަމާއި މިކަމަށް ގޮތެއް
ނިންމާފައިނުވާކަމަށް ބުނެ ހުށަހެޅީ ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ގުޑް
ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާއަށް ބެލިއިރު،
އެޤަޟިއްޔާއަކީ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ
ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ ބޯޓް (އުޅަނދު) 14 އޮކްޓޯބަރު 2010 އިން 09 މެއި
2011 އަށް އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމަށް ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެވުނު
އެއްބަސްވުމާއި އެއްގޮތަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެއުޅަނދު
ހަވާލުކޮށްފައިނުވާތީ އެޑްވާންސްގެ ގޮތުގައި ދީފައިވާ 66,658.00$US (ފަސްދޮޅަސް ހަހާސް ހަސަތޭކަ
ފަންސާސްއަށެއް) އެމެރިކާޑޮލަރާއި، އެއުޅަނދު ހަވާލުނުކުރުމުން އެހެން އުޅަނދެއްގައި ދަތުރުކުރަންޖެހުމުގެ
ސަބަބުން ޚަރަދުވި 10,700.00$US (ދިހަހާސް ހަތްސަތޭކަ) އެމެރިކާ ޑޮލަރާއި، ލިބުނު ގެއްލުމުގެ
ބަދަލުގެ ގޮތުގައި 35,864 (ތިރީސްފަސްހާސް އަށްސަތޭކަ ފަސްދޮޅަސް ހަތަރެއް) ޔޫރޯ އާއި، ވަކީލުގެ
ފީގެ ގޮތުގައި ޚަރަދުވި -/40,000 (ސާޅީސްހާސް) ދިވެހިރުފިޔާ ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ލިބުމަށާއި، ދެފަރާތުގެ ދެމެދުގައި ވެފައިވާ މި އެގްރީމެންޓް ބާޠިލްވެފައިވާކަމުގެ ދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
އް
6
2016/HC-A/09
ނިމުނު ގޮތުގެ ޚުލާޞާ
.އޯޔާ
ކަނޑައަޅައިދިނުމަށް އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮންނައިރު،
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިޝާރާތްކުރެވުނު ދަޢުވާގައި ހޯދުމަށް އެދިފައިވާ
ފައިސާގެ ތެރެއިން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާގައި ނަގައިދިނުމަށް ޙުކުމް
ކުރައްވާފައިވަނީ ހަމައެކަނި ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ އުޅަނދު އެމިސްޑެސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދިނުމަށް ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެޑްވާންސްގެ ގޮތުގައި
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގުޑްޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ދައްކާފައިވާ 66,658.00$US (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަންސާސްއަށެއް) އެމެރިކާ ޑޮލަރުކަން
CC OX
އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ޖީ.ޓީ.އެމް ކްރޫޒަރ ނަމަކަށް ކިޔާ ސަފާރީ އުޅަނދު އެމިސްޑެސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއަށް 14 އޮކްޓޯބަރ 2010 އިން 09 މެއި 2011 ގެ ނިޔަލަށް ކުއްޔަށް ދިނުމަށް
އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
12 މެއި 2010 މިތްރީޚުގައި އެއްބަސްވުމެއްވެފައިވާކަމާއި، މިއެއްބަސްވުމުގައި މިއެއްބަސްވުން
14 އޮކްޓޯބަރ 2010 ގައި ކަމަށް ބަޔާންވެގެން އޮންނައިރު، އެތާރީޚުގެ ކުރިން
ގުޑްޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން އެމިސްޑެސް ޕްރައިވެޓް ލިމިޓެޑުން
އެކުންފުންޏަށް އެޑްވާންސްކޮށް 66,658.00$US (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަންސާސްއަށެއް)
އެމެރިކާ ޑޮލަރު ދައްކާފައިވާކަމަށް އެމިސްޑެސް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، މިފައިސާއަކީ، އެފަރާތަށް
ލިބިފައިވާ ފައިސާއެއްކަމާމެދު، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އިންކާރުކޮށްފައި ނުވާކަމާއި، އަދި މިފައިސާ އެފަރާތަށް ލިބިފައިވާކަން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުން
ކަމެވެ.
ޏ ސ (xތ ދ
ލ ލ c
އެނގެން އޮންނަކަމެ
/ & 34 ޑ 3
3
/Aރއވެ
ކަން މިދެފަރާތުގެ
(ނ)ތިންވަނަކަމަކީ، އި. އެއްބަސްވުމުގެ ދަށުން ޖީ.ޓީ.އެމް ކްރޫޒަރ އެމިސްޑެސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރަންޖެހޭ ތާރީޚަކީ 14 އޮކްޓޯބަރ 2010
ދެމެދުގައި ވެވުނު އެއްބަސްވުމުން އެނގެން އޮންނައިރު، މިތާރީޚުގައި އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް .ޓީ. އެމް ކްރޫޒަރ ސަފާރީ އުޅަނދުގެ ބޭނުންކުރަން ޙަވާލުކުރިކަން ގުޑް ޓްރެވަލް
49
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 316471 *
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/g
އ#
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސާބިތުކޮށްދެވިފައިނުވާކަން އެނގެން އޮންނަކަމާއި މީގެ އިތުރުން
މިތާރީޚުގައި ޖީ.ޖީ.އެމް ކްރޫޒަރ އެމިސްޑެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުނުކޮށް
ސަބަބަކީ އެ އުޅަނދު ތައްޔާރުކުރުމަށް ބޭނުންވާ ފެންވަރަށް ތައްޔާރު ކުރެވިފައިނެތުމުންކަން މައްސަލައާއި
އެކު ހުށަހެޅިފައިވާ ލިޔުންތަކުންނާއި، މައްސަލައާއި ގުޅިގެން 12 އޮގަސްޓް 2012 މިތާރީޚުގައި
ގދ.ގައްދޫ މިރުސްމާގޭ ޢަލީ ފަހީމްގެ ފަރާތުން ސިވިލްކޯޓަށް ދީފައިވާ ހެކިބަހަށް ބެލުމުން އެނގެން
4 ހއ $ &
އޮންނަކަމެވެ.
OCX
(ރ) ހަތަރުވަނަކަމަކީ، 9 މެއި 2012 ގައި މިމައްސަލައާއި ގުޅިގެން ޙަސަން އަބްދުލްޙަމީދު
އެވެ ކިޔާ މީހަކާއި ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް އިން ދަށުކޯޓަށް ހުށަހަޅާފައިވާ ބަޔާނެއްގައި
ކްރިސްޓަފާ މެނެސް 1 އޮކްޓޯބަރ 2010 ވަނަ ދުވަހު ޖީ.ޓީ.އެމް ކްރޫޒަރ އަށް އަރައި ބޯޓުގައިހުރި
ތުރުކީވިލާތުގެ ކަސްޓަމް މޭޑް 12 ސަންބެޑާއި، 2 މޭޒު ގެންދަމުން 21 އޮކްޓޯބަރު 2010 ގައި
ޖީ.ޓީ.އެމް ކްރޫޒަރއިން ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް އަނބުރާ ގެންނާނެ ކަމަށް ބުނެ އެތަކެތި
ގެންދިޔަކަން ސާބިތުކުރުމަށް ޝަރީޢަތުގެ މަޖިލީހަށް ހެކިން ހާޟިރު ކުރުމަށް އެދިފައިވާއިރު ހެކި
ޙާޟިރުކުރައްވާ އެކަމާއިމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައިނުވާކަމަށް ބުނެ ގުޑް ޓްރެވަލް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާއިރު، އިޝާރާތްކުރެވުނު
ތަކެއްޗަކީ މިމައްސަލައިގައި ޙަވާލާދެވޭ އެއްބަސްވުމުގެ ދަށުން ގެންދިޔަ ތަކެތިކަން އެނގެން ނެތްއިރު،އަދި
އެއީ ގުޑް ޓްރެވަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެމިސްޑެސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
ކުރެވުނު މުޢާމަލާތެއްގެ ދަށުން ގެންދިޔަ ތަކެތިކަންވެސް އެނގެން ނެތްއިރު، އެއީ ހުށަހެޅުނު މައްސަލައިގެ
މައުޟޫޢު އާއި ގުޅުން ހުރި ކަމެއްކަމުގައިނުވާތީ، އެކަން މިމައްސަލަ ދަށުކޯޓުން ނުބަލައި އޮތް އޮތުމަކީ
އަދި އެކަން ސާބިތުކުރުމަށްކަމަށްބުނެ ގުޑް ޓްރެވަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޙާޟިރުކުރަން
ބޭނުންވިކަމަށްބުނާ ހެކިން ޙާޟިރުނުކޮށް ވުމަކީ މިމައްސަލަ ދަށުކޯޓުން ނިންމި ނިންމުގައި ޝަރުޢީ އަދި
ޤާނޫނީ އުސޫލަކާއި ވިޔަސް ޚިލާފުވުންކަމުގައި ބެލެވެންނެތްކަމެވެ.
CCOCOCCC
CUO
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
1721/Cv-C/2010
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 135A71
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/09
މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް
ފެންނަންނެތްކަމަށެވެ.
ޙުކުމް:
29
މައްޗަށް
ބނުކޮށް
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ
ގޮތުގެ މަތިން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1721 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ގުޑް
ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
އެޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ފެންނަން ނެތްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1721 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް
ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
cuco Os
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv