ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/260 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 260/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން. މަހޯގަނީ ޕްރައިވެޓް ލިމިޓެޑް
* ދާއިމީ އެޑްރެސް: ރޯސަރީ ވިއު ބިލްޑިންގ | ކ.މާލެ
* ރަޖިސްޓްރީ ނަންބަރު: 508
/
2005-C
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން އެޓަރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 ޝައްވާލް 1434 * ނިމުނު ތާރީޚް: 12 ރަބީޢުލްއާޚިރު 1435
26 އޮގަސްޓް 2013
12 ފެބްރުއަރީ 2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/386
• ނިންމެވި ކޯޓް: ސިވިލް ކޯޓު
، މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޔޫސުފު ޙުސައިން، ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
2
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މއ،
oxo
ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/386 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފް ކޮށްދިނުން އެދި މަހޯގަނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/386 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، މަހޯގަނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
508
/
2005-C) ގެ ފަރާތުން ސްޕެއިންގެ ދެ ކުންފުންޏެއްކަމަށްވާ ބެވެލޭންޑް ޑިސްޓިލާސްއާއި،
ކޮމާޝަލް މާސްއޮލިވަރ އިން ގަނެފައިވާ މުދަލަށް އެކުންފުނިން ފޮނުވާފައިވާ މުޢާމަލާތުގެ އަގުތައް
ބަޔާންކޮށްފައިވާ އިންވޮއިސް، ޤާނޫނު ނަންބަރު: 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް
ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހެޅި ހިނދު، ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ
ޤާނޫނު) ގެ 63 ވަނަ މާއްދާއާ ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެމުދަލުގެ އަގު
ބޮޑު ކުރުމާއި ގުޅިގެން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހެނު 122,448
/
39ރ.
(އެއްލައްކަ ބާވީސްހާސް ހަތަރުސަތޭކަ ސާޅީސްއަށް ރުފިޔާތިރީސްނުވަ ލާރި) މޯލްޑިވްސް
ކަސްޓަމްސް ސަރވިސްގެ ކިބައިން ހޯދުމަށް އެދި މަހޯގަނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކު
ދަޢުވާކުރުމުން
ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
CO
3 ·
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ
މަހޯގަނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: 508
/
2005-C) ގެ
މައްޗަށް
މައްޗަށް ރަތކނ،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471 +
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
<< O
ފަރާތުން ސްޕެއިންގެ ދެ ކުންފުންޏެއްކަމަށްވާ ބެވެލޭންޑް ޑިސްޓިލާސްއާއި، ކޮމާޝަލް މާސްއޮލިވަރ
އިން ގަނެފައިވާ މުދަލަށް އެކުންފުނިން ފޮނުވާފައިވާ މުޢާމަލާތުގެ އަގުތައް ބަޔާންކޮށްފައިވާ
އިންވޮއިސް، ޤާނޫނު ނަންބަރު: 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު) ގައި
ބަޔާންކޮށްފައިވާ ގޮތަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް
ހުށަހެޅި ހިނދު، ޤާނޫނު ނަންބަރު8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 63
ވަނަ މާއްދާއާ ޚިލާފަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެމުދަލުގެ އަގު ބޮޑު ކުރުމާއި
ގުޅިގެން، އިމްޕޯޓް ޑިއުޓީގެ ގޮތުގައި އިތުރަށް ދައްކަންޖެހުނު 122,448
/
39ރ. (އެއްލައްކަ
ބާވީސްހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ /ތިރީސް ނުވަލާރި) މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ކިބައިން ހޯދުމަށް އެދި މަހޯގަން ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މިމައްސަލަ
ޝަރީޢަތުން ބެލިއިރުގައި،
41
0
<< O
މިމައްސަލައިގެ ދަޢުވާ ބިނާވެފައިވަނީ، މަހޯގަނީ ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖެއަށް
އެތެރެކޮށްފައިވާ ތަކެތީގެ އަގު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކަނޑައެޅުމާމެދު
އުފެދިފައިވާ ދެބަސްވުމުގެ މައްޗަށް ކަމުގައިވީހިނދު، އެ ދެބަސްވުމަކީ، ޤަވާޢިދު ނަންބަރު:
201 (ކަސްޓަމްސްގެ ޢާންމު ޤަވާޢިދު) ގެ 53 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ
ވެލުއޭޝަން ސަބްކޮމިޓީއަށް ހުށަހެޅިދާނެ މައްސަލައެއްކަން އެޤަވާޢިދުގެ 457 ވަނަ މާއްދާގެ (ރ)
އިން އެނގެން އޮތުމުންނާއި، އަދި އެފަދައިން ޢަމަލުކުރުމުންވެސް މައްސަލައަށް ޙައްލެއް
ނުލިބިއްޖެނަމަ، ޤާނޫނު ނަންބަރު: 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 108
ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓަރަށް ހުށަހެޅިދާނެ މައްސަލައެއްކަން އެމާއްދާއިން އެނގެން
އޮތުމުން، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ކަސްޓަމްސްގެ
ޢާންމު ޤަވާޢިދުގައި، މައްސަލަތަށް ޙައްލުކުރުމަށް ހުރި އިޖުރާޢަތުތައް ޤާނޫނުގައާއި، ޤަވާޢިދުގައި
ކަނޑައެޅި ބަޔާންކުރެވިފައި އޮތުމުގެ ބޭނުން ނުވަތަ މަޤްޞަދު ގެއްލިދާނެކަމެއްކަމަށްވާތީ، އެ
އިޖުރާޢަތުތައް ފުރިހަމަކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން މައްސަލަ ހުށަހެޅުމުން މެނުވީ، މިމައްސަލަ
ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
0x0
ދިވެހިރާއްa
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
4
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OXO
02 ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/386 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި މަހޯގަނީ ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
<< O
(ހ) ފުރަތަމަ ނުކުތާއަކީ، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ
ޤަވާޢިދު ނަންބަރު: 41-R/2011 (ކަސްޓަމްސްގެ ޢާންމު ޤަވާޢިދު) ގެ 453 ވަނަ މާއްދާގެ ދަށުން
އުފައްދާފައިވާ ވެލުއޭޝަން ސަބްކޮމެޓީން ތަޙުޤީޤުކޮށް ބެލިދާނެ މައްސަލައެއްކަމަށް އެޤަވާޢިދުގެ 457
ވަނަ މާއްދާގެ (ށ) ގައި އޮންނަ އޮތުމުން އެއީ އެމާއްދާއާ އެއްގޮތަށް ޢަމަލުކުރުން ލާޒިމް ކަމެއްކަމަށް
ޝަރީޢަތުން ކަނޑައަޅާފައިވަނީ އެމާއްދާގެ ރޫހާއި، މަޤުޞަދާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ނ) ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ
ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) 108 ވަނަ މާއްދާގެ (ހ) ގެ
ދަށުން މިނިސްޓަރަށް ހުށަހެޅިދާނެ މައްސަލައެއްކަމަށް އޮންނަ އޮތުން އެއީ ކުރުން ލާޒިމްކަމެއްކަމަށް
ޝަރީޢަތުން ކަނޑައަޅާފައިވަނީ އެމާއްދާގެ ރޫހާއި، މަޤްޞަދާއި ޚިލާފަށްކަމާއި، އަދި ޤާނޫނު ނަންބަރު
4/2001 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނު) ގެ 3 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން
ލިއްބައިދޭ ޙައްޤު ހަނިކުރެވޭނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައިވާ
އުޞޫލުންކަމަށްވާއިރު، އެކަމަށް ޝަރީޢަތުން ރިޢާޔަތްނުކޮށް، ބުނެވިދިޔަ ދުސްތޫރީ ޙައްޤުން މަހޯގަނީ
ޕްރައިވެޓް ލިމިޓެޑް މަޙްރޫމްކޮށްފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
20
މިމައްސަލައާއި ގުޅިގެން ސިވިލް
ނަންބަރު
2013/Cv-C/386 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ މަހޯގަނީ
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، މަގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުގައި އުފުލި ދަޢުވާއަކީ އެކުންފުނީގެ ފަރާތުން
ސްޕެއިންގެ ދެކުންފުންޏަކުން ގަނެފައިވާ މުދަލަށް އެކުންފުނިން ފޮނުވާފައިވާ މުޢާމަލާތުގެ އަގުތައް
ބަޔާންކޮށްފައިވާ އިންވޮއިސްއަށް އިމްޕޯޓް ޑިއުޓީ ދެއްކުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސް
ސަރވިސް އަށް ހުށަހެޅުމުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އެމުދަލުގެ އަގުބޮޑު ކުރުމާއި
ގުޅިގެން، މަހޯގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކަންޖެހުނުކަމަށްބުނާ 122,448
/
39ރ.
(އެއްލައްކަ ބާވީސްހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ ތިރީސް ނުވަލާރި) އަކީ ޤާނޫނު
ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 63 ވަނަ މާއްދާއާއި ޚިލާފަށް
ނަގާފައިވާ ފައިސާއެއްކަމަށް ބުނެ މިފައިސާ ލިބިގަތުމަށް އެދި ހުށަހެޅި ދަޢުވާއެއްކަމާއި،
މިދަޢުވާއަށް ޖަވާބުދާރީވުމުގެ ކުރިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސިވިލް
ކޯޓުގައި ނަންގަވާފައިވަނީ އިޖުރާއީ ނުކުތާއެއްކަމާއި، މިގޮތުން ދިވެހިރާއްޖޭގެ ކަސްޓަމްސްގެ
ޤާނޫނުގެ 108 ވަނަ މާއްދާއަށާއި، މޯލްޑިވްސް ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގެ 453 އަދި 457
މާއްދާތަކަށް ބެލުމުން އެމާއްދާގައި
ބަޔާންކުރާ ކަސްޓަމްސްގެ ވެލުއޭޝަން ސަބްކޮމެޓީއަށް
މިމައްސަލަ ހުށަހެޅުމަށްފަހުގައި މެނުވީ މިމައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ
މައްސަލައެއް ނޫންކަމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ބުނާކަމާއި، މިމައްސަލަ
އިސްތިއުނާފު ކުރުމަށް މަހޯގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ދައްކާފައިވާވާހަކަތަކާއި އަދި މިމައްސަލައާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބެލުމުން މިމައްސަލައިގައި މަހޯގަނީ ޕްރައިވެޓް ލިމިޓެޑާއި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދެމެދު ޚިޔާލުތަފާތުވުން އުފެދިފައިވަނީ މިމައްސަލައަކީ
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޢާއްމު ޤަވާޢިދުގައި ބުނާ "ވެލުއޭޝަން ސަބްކޮމެޓީ" އަށް
މިމައްސަލަ ހުށަނާޅާ މިމައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ބެލިދާނެ މައްސަލައެއްކަން ނުވަތަ
ނޫންކަމާއި މެދުގައިކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަކީ، މޯލްޑިވްސް ކަސްޓަމްސް
ސަރވިސްގެ ނަމުގައި ދައުލަތުގެ މުއައްސަސާއެއް އުފައްދައި، އެ މުއައައްސަސާ މަޤްސަދުތަކާއި،
ބާރުތަކާއި، މަސްއޫލިއްޔަތުތަކާއި، އިމްތިޔާޒުތައް ބަޔާންކޮށް، ދިވެހިރާއްޖޭގެ ކަސްޓަމްސްއާބެހޭ
އެންމެހައި އުޞޫލުތަކާއި، އިޖުރާޢަތުތައް ކަނޑައެޅުމުގެ ޤާނޫނުކަމާއި، އެޤާނޫނުގެ 63 ވަނަ
މާއްދާގައި ކަސްޓަމްސްގެ ބޭނުންތަކަށްޓަ
އެޓަކައި މުދަލުގެ އަގު ކަނޑައަޅާނެ އުޞޫލު ކަސްޓަމްސްގެ
ޤަވާއިދުގައި ބަޔާންކުރަންވާނެކަމަށް އޮންނައިރު، ރާއްޖެއަށް އިމްޕޯޓްކުރެވޭ މުދަލާއި ރާއްޖެއިން
އެކްސްޕޯޓްކުރެވޭ މުދަލާ ގުޅިގެން، ކަސްޓަމްސްއިން ކުރާ އޮޑިޓަކުން ރާއްޖެއަށް މުދާ އިމްޕޯޓްކުރި
ފަރާތެއް ނުވަތަ ރާއްޖެއިން މުދާ އެކްސްޕޯޓްކުރި ފަރާތެއް ކަސްޓަމްސްއަށް ދައްކާފައިވާ
ފައިސާއަކާއި ގުޅިގެން އުނިއިތުރުގެ މައްސަލައެއް ފާހަގަވެއްޖެނަމަ، އެމައްސަލައެއް ފާހަގަކުރެވުނު
ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތަށް ކަސްޓަމްސް އިން
އަންގަންވާނެކަމަށާއި، މިގޮތުން މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް ފައިސާއެއް ދައްކަންޖެހޭކަން
ހަގަވެގެން އެކަން ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް އަންގާ ތާރީޚުން ފެށިގެން 30
(ތިރީސް) ދުވަހުގެ ތެރޭގައި މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އެފައިސާއެއް ދައްކާ
ނިންމަންވާނެކަމަށާއި، އަދި ކަސްޓަމްސް އިން އޯޑިޓްކުރުމަށްފަހު ޑިއުޓީއަށް ގެންނަންޖެހޭ ބަދަލުތައް
ގެންނާނެ ގޮތާއި، މުދަލުގެ ވެރިފަރާތުން ކަސްޓަމްސްއަށް އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާބެހޭ
އުޞޫލުތަކާއި، ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއް
ލިބިދެވޭނެ އުޞޫލުތައް ކަސްޓަމްސްގެ ޤަވާޢިދުގައި
ދިވެހިރާއްޖޭގެ
ކަސްޓަމްސްގެ ޤާނޫނުގެ 103 ވަނަ މާއްދާގައި އޮންނަކަމާއި،
ދި 0 3ދ 40
2 ހދ 0
ދންކުރަންވަންކމަށް
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 86471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހ2 0
2
2
0
2
18ދންމެންވެ
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 103 ވަނަ މާއްދާގެ ދަށުން އެމާއްދާގައި
ބަޔާންކުރާ، ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއް
ލިބިދެވޭނެ އުޞޫލުތައް ކަނޑައެޅިފައިވަނީ ކަސްޓަސްގެ ޢާއްމު ޤަވާޢިދުގައިކަމާއި މިގޮތުން
އެޤަވާޢިދުގެ 158 ވަނަ މާއްދާގައި "ކަސްޓަމްސްއިން ކަނޑައަޅާ އަގާމެދު މުދާ އިމްޕޯޓްކުރި
ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން ހިތްހަމަނުޖެހޭ މައްސަލައެއްވާނަމަ، އެމައްސަލަ އިތުރަށް
ބަލައިދިނުމަށް އެދި މުދަލުގެ ވެރިފަރާތުން މިޤަވާޢިދުގެ 15 ވަނަ ބައިގައި ބަޔާންކޮށްފައިވާ
ކަސްޓަމްސް ވެލުއޭޝަން ކޮމެޓީއަށް ނުވަތަ ވެލުއޭޝަން ސަބްކޮމެޓީއަށް ހުށަހެޅިދާނެކަމަށާއި،
މިގޮތުން ހުށަހެޅޭ މައްސަލަތައް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ނިންމުމަށްފަހު،
އެމައްސަލަ ހުށަހެޅި ފަރާތަށް ކަސްޓަމްސްއިން އަންގަންވާނެއެވެ" މިފަދައިން
ކަމާއި، މިމާއްދާގައި އިޝާރާތްކޮށްފައިވާ ކަސްޓަމްސް ވެލުއޭޝަން ކޮމެޓީއާއި ސަބްކޮމެޓީއަކީ
ދިވެހިރާއްޖެއަށް އެތެރެކުރާ މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމުގެ
ކަންކަން ހަރުދަނާ ކުރުމުގެ މަޤްސަދުގައި އުފައްދާފައިވާ ކޮމެޓީތަކެއްކަން އެނގެން އޮންނައިރު
ކަސްޓަމްސްގެ ވޭލުއޭޝަން ސަބްކޮމެޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މުދަލުގެ އަގު
ކަނޑައެޅުމާއި ގުޅޭގޮތުން ލިބޭ ޝަކުވާތަކާއި ހުށަހެޅޭ މައްސަލަތައް ބަލާ ދިރާސާކުރުމަށްފަހު،
ތަޙްޤީޤުކުރަން ޖެހޭ މައްސަލައެއްވާނަމަ، ވެލުއޭޝަންކޮމެޓީގެ ލަފަޔާއެކު، އެމައްސަލަ
ތަޙްޤީޤުކުރުމަށްޓަކައި ކަސްޓަމްސްގެ މާބެހޭ ސެކްޝަނަށް ފޮނުވުމާއި، ދިވެހިރާއްޖެއަށް
އިމްޕޯޓްކުރި މުދަލާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކަނޑައެޅުމާއި ގުޅޭގޮތުން
ދިމާވާ އިދާރީ މައްސަލަތައް ޙައްލުކުރުން ހިމެނިގެންވާކަން ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގެ 457
ވަނަ މާއްދާގެ (ހ) އަދި (ޅ) މިއަކުރުތަކަށް ބެލުމުން އެނގޭކަމާއި، މީގެ އިތުރުން
ކަސްޓަމްސްއިން މީހަކާމެދު ކުރި މުޢާމަލާތެއްގައި، ކަސްޓަމްސްއިން ކުރި ނުވަތަ ނުކޮށް ދޫކޮށްލި
ކަމަކާމެދު އެ މުޢާމަލާތްކުރެވުނު ފަރާތް ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި
30 (ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހެޅިދާނެކަމަށާއި، މިގޮތުން ހުށަހަޅާ
މައްސަލަތައް ބަލަންވާނީ މިނިސްޓަރު ނުވަތަ އޭނާ އެކަމަށް ޢައްޔަންކުރާ މީހަކު ނުވަތަ ކޮމިޓީ
އަކުން ކަމަށާއި އެމައްސަލަ ބެލުމުގައި މައްސަލަ ހުށަހެޅި ފަރާތް ނުވަތަ އެފަރާތުން ޢައްޔަންކުރާ
ހދު * 2
ކަމާބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 13316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
ފަރާތަކުން އެތަނަށް ޙާޟިރުވެ އެފަރާތުގެ ދިފާޢުގައި ވާހަކަ ދެއްކިދާނެކަމަށާއި، މިގޮތުން ބަލާ
މައްސަލައެއް ނިމުމުން އެމައްސަލަ ބަލާ ނިންމި ގޮތް، ލިޔުމަކުން އެމައްސަލަ ހުށަހެޅިފަރާތަށް
މިނިސްޓަރު ނުވަތަ މިނިސްޓަރު ކަނޑައަޅާ ފަރާތަކުން ދޭންވާނެކަމަށާއި، މިފަދަ މައްސަލައެއް
މިނިސްޓަރަށް ހުށަހެޅިއްޖެނަމަ ގިނަވެގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މައްސަލައެއް
ބަލާ ނިންމަންވާނެކަމަށާއި، މިނިސްޓަރު ނުވަތަ މިނިސްޓަރު ޢައްޔަންކުރާ މީހާ މައްސަލަ ނިންމާ
ގޮތާމެދު އެ މައްސަލަ ހުށަހެޅި ފަރާތުން ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަ ނިންމާ ދުވަހުން
ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު
އެފަރާތަށް ލިބިގެންވާ ކަމަށް ޤާނޫނު ނަންބަރު8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު) ގެ
108 ވަނަ މާއްދާގައި" ބަޔާންކޮށްފައިވާކަމާއި މިކަންކަން އެނގޭކަމެވެ.
<< O
0 0.
ކުރި ނުވަތަ
ޖީ22ވީ 2
(ނ) ތިންވަނަކަމަކީ، ކަސްޓަމްސްއިން މީހަކާމެދު ކުރި މުޢާމަލާތެއްގައި، ކަސްޓަމްސްއިން
ނުކޮށް ދޫކޮށްލި ކަމަކާމެދު އެ މުޢާމަލާތްކުރެވުނު ފަރާތަކުން ހިތްހަމަ
ނުޖެހޭމައްސަލައެއް އޮވެއްޖެނަމަ އެމައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުމުގައި އަދި އެފަދަ
މައްސަލައެއް ބަލައިގަނެ ކުރިއަށް ގެންދިއުމުގައި ކަސްޓަމްސްގެ ފަރާތުންނާއި އެކަމަށް އެދި ހުށަހަޅާ
ފަރާތަކުން ޢަމަލުކުރަންޖެހޭ ގޮތް ކަސްޓަމްސްގެ ޤާނޫނާއި، ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގައި
އިސްވެ އިޝާރާ
ޝާރާތްކުރެވުނު ގޮތުގެ މަތިން ކަނޑައެޅިފައިވާއިރު، ޤާނޫނު ނަންބަރު: 8/2011
(ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު) އަށް ޢަމަލުކުރަން ފެށުމުގެ ކުރިން އިމްޕޯޓުކުރެވޭ މުދަލަކާއި
ގުޅިގެން އެމުދަލަކަށް ކަސްޓަމްސްއިން ކަނޑައަޅާ އަގާމެދު މުދާ އިމްޕޯޓްކުރި ފަރާތުން
ހިތްހަމަނުޖެހިގެން ހުށަހެޅޭ މައްސަލަ ބެލުމުގައި ޢަމަލުކުރެވެމުން ދިޔައީ ޤާނޫނު ނަންބަރު 31/79
(ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 11 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ
އުޞޫލުގައިވާ ގޮތުގެ މަތިންކަމާއި، މިގޮތުން މިފަދަ މައްސަލަތަކުގައި އޭރު ޢަމަލުކުރެވެމުން ދިޔަ
އުޞޫލަކީ ދިވެހި ސަރުކާރުން ކަނޑައަޅާ އަގާމެދު މުދަލުގެ ވެރިފަރާތުން ޤަބޫލުނުކުރާ މައްސަލައެއް
އޮވެއްޖެނަމަ، އެއަގުން ޑިއުޓީ ދެއްކުމަށްފަހު އެމައްސަލައެއް ޝަރީޢަތަށް އެޅުންކަމާއި
ކަމާއި އަދި
އެމައްސަލައިގައި އެފަރާތަކުން ހުށަހަޅާ އަގަކީ ސައްޙައަގެއްކަން ޝަރީޢަތަށް ސާބިތުވެއްޖެނަމަ،
ހުށަހެޅު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471 *
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
9
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޑިއުޓީއަށް އިތުރަށް ދައްކާފައިވާ ފައިސާ، ދިވެހި ސަރުކާރުން އެމުދަލުގެ ވެރިފަރާތަށް އަނބުރާ
ދިނުންކަން ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 11 ވަނަ
މާއްދާގެ (ނ) އަށް ބެލުމުން އެނގޭކަމާއި، އެހެންނަމަވެސް ކަސްޓަމްސްގެ ޤާނޫނަށް ޢަމަލުކުރަން
ފެށުމާއި އެކު ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) ގެ 11
މާއްދާ އުވިގެންދާނެކަމަށް ކަސްޓަމްސްގެ ޤާނޫނުގެ 109 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި
އޮންނަކަމާއި، މިހެންކަމުން މީގެ ކުރިން މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް ޤާނޫނުން
ކަނޑައަޅައި ބަޔާންކުރެވިދިޔަ އެއު ޞޫލު މިހާރު އުވިގެންދިޔައީ ކަމުގައި ބަލަންޖެހޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރާ
ޤާނޫނު) ގެ 4 ވަނަ މާއްދާގައި، ޤާނޫނުތައް މާނަކުރުމުގައި ޤާނޫނު ތަޢާރަފުކުރުމުގެ ކުރިން ޙާލަތު
އޮތީ ކޮންގޮތަކަށްކަން އަދި ޤާނޫނު ތަޢާރަފުކުރީ ކޮން އުނިކަމެއް ފޫބެއްދުމަށްޓަކައި ކަމުގައި
ބަލަންޖެހޭނެކަމަށް ބަޔާންވެގެން އޮންނައިރު އެޤާނޫނުގެ 6 ވަނަ މާއްދާގައި، ކަނޑައެޅިގެން
ވަކިބަހެއް ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާގޮތަށް ބެލުމުގެ ބަދަލުގައި،
އެޤާނޫނު ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުން ގެންގުޅެފައިވާ މަޤްސަދަށް ބަލައި، އެމަޤްސަދު
ދެނެގަތުމަށްފަހު، އެމަޤްސަދާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އެމަޤްސަދު ދިރުވައި އާލާކުރެވޭނެ
ގޮތުގެ މަތިން، އެބަހެއް ނުވަތަ ޢިބާރާތެއްގެ ނުވަތަ ޖުމްލަ އެއް މާނަކުރެވިދާނެކަމުގައި
ބަޔާންވެގެން އޮންނަކަމާއި، އަދި ރައްޔިތުންގެ މަޖިލީހުގެ މަޤްސަދު އެކަމުގައި އޮތީ ކިހިނެއްކަން
ދެނެގަތުމަށްޓަކައި، ޤާނޫނު ހުއްދަކުރާ ވަސީލަތްތައް ޝަރީޢަތުގެ މަޖިލީހުގައި ބޭނުންކުރެވިދާނެކަމަށް
އޮންނަކަމާއި، މަހޯގަނީ ޕްރައިވެޓް ލިމިޓެޑާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި ދެމެދު
ޚިލާފު އުފެދިފައިވާ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި،
ކަސްޓަމްސްގެ ޢާއްމު ޤަވާޢިދާއި، މާނަކުރުމުގެ ހަމަތައް ބަޔާންކުރާ ޤާނޫނުގެ އިޝާރާތްކުރެވުނު
އެންމެހައި މާއްދާތަކާއި މިމައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ތަތުބީޤު ކޮށްފައިވާ ހަމައިގެ
މައްޗަށް ބަލާއިރު، މަހޯގަނީ ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް އުފުލި ދަޢުވާގެ އަސްލު
ބިނާވެގެންވަނީ އެކުންފުނިން ރާއްޖެއަށް އެތެރެ ކުރި މުދާތަކަކަށް މޯލްޑިވްސް ކަސްޓަމްސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
10
2013/HC-A/260
/
<< O
<< O
ހދ 30
2
40
2 ހ02
neންކުރަންވާނެކަމަށް
<< O
ހ2 0 ޑޑ 0
"ދިވެހިން324 ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ސަރވިސްއިން އަގު ކަނޑައެޅި ގޮތާއި މެދު ހިތްހަމަ ނުޖެހިގެން އެކަމުގެ މައްޗަށްކަން އެނގެން އޮތް
އިރު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެފަދަ މައްސަލަތަކުގައި
ޢަމަލުކުރެވެމުން ދިޔައީ ކަސްޓަމުން އަޅުކަނޑައެޅި ގޮތާއި މެދު ހިތްހަމަ ނުޖެހޭފަރާތަކުން
ކަސްޓަމުން މުދަލަށް ކަނޑައެޅި އަގު ދެއްކުމަށްފަހު އެކަމުގައި ޝަކުވާއެއް އޮތްނަމަ އެމައްސަލަ
ޝަރީޢަތަށް ހުށަހަޅައިގެން ޝަރީޢަތުން ނިންމާ ގޮތެއްގެ މައްޗަށް ކުރިއަށް ގެންދިއުންކަމާއި،
އެހެންނަމަވެސް ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނަށް ޢަމަލުކުރެވެން ފެށުމާއިއެކު އެޤާނޫނަކީ
ދިވެހިރާއްޖޭގެ ކަސްޓަމްސްއާބެހޭ އެންމެހައި އުޞޫލުތަކާއި، އިޖުރާޢަތުތައް ކަނޑައެޅުމުގެ
ޤާނޫނުކަމަށާއި، ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ އެއްވެސް ފައިސާއެއްވާނަމަ
އެފައިސާއެއް ލިބިދެވޭނެ އުޞޫލުތައް ކަސްޓަމްސްގެ ޤަވާޢިދުގައި
ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 103 ވަނަ މާއްދާގައި ސަރީޙަކޮށް
ބަޔާންވެގެން އޮތުމުން
އެފަދަ އުސޫލެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ބާރުން މޯލްޑިވްސް
ކަސްޓަމްސް ސަރވިސް އާއި މަތިކުރެވިފައިވާ ޒިންމާއެއް ކަމުގައިވާއިރު، މިޤާނޫނުން ބާރު ލިބިގެން
އެފަދަ އުޞޫލެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތަޢާރަފްކޮށް މިފަދަ ޝަކުވާއެއް އޮތްނަމަ
ޢަމަލުކުރަންޖެހޭނެ އުސޫލު އެޤަވާޢިދުގައި ބަޔާން ކުރެވިފައިއޮތުމުން އަދި މިޤާނޫނަށް ޢަމަލުކުރަން
ފެށުމާއި އެކު ކުރިން ޢަމަލު ކުރަމުން ދިޔަ އުޞޫލު އުވިގެންދާނެކަމަށް ދިވެހިރާއްޖޭގެ
ކަސްޓަމްސްގެ ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވުމުން މޯލްޑިވްސް ކަސްޓަމްސްގެ ޤާނޫނަށް
ޢަމަލުކުރަން ފެށުމަށްފަހު މިފަދަ މައްސަލަތައް ކަސްޓަމްސްގެ ތެރެއިން ބެލިގެންދާ ގޮތަށް
ކަނޑައެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޤްސަދަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއިއެކު
ކުރެވޭ މިފަދަ މުޢާމަލާތުތަކާއި ގުޅިގެން އުފެދޭ މައްސަލަތައް އެންމެ ފުރަތަމައިންވެސް
ކަސްޓަމްސްގެ ތެރެއިން ބެލިގެންދާނެ އުޞޫލެއް ޤާއިމުކޮށް އެފަދަ އުޞޫލެއް ތަޢާރަފްކުރުން
ކަމުގައި ޤަބޫލުކުރެވޭކަމެވެ.
(ބ) ފަސްވަނަކަމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 108 ވަނަ މާއްދާގައި
ކަސްޓަމްސް ސަރވިސް އާއި ކުރި މުޢާމަލާތެއްގައި ކަސްޓަމްސް އިން ކުރި ނުވަތަ ނުކޮށް ދޫކޮށްލި
0%
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
ކަމަކާއި މެދު އެމުޢާމަލާތް ކުރި ފަރާތުން ހިތްހަމަ ނުޖެހޭނަމަ މިނިސްޓަރަށް ހުށަހެޅިދާނެ ކަމަށް
އޮންނައޮތުމަށާއި، ކަސްޓަސްގެ ޢާއްމު ޤަވާޢިދުގެ 158 ވަނަ މާއްދާގައި "ކަސްޓަމްސްއިން ކަނޑައަޅާ
އަގާމެދު މުދާ އިމްޕޯޓްކުރި ފަރާތުން ނުވަތަ އެކްސްޕޯޓްކުރި ފަރާތުން ހިތްހަމަނުޖެހޭ
މައްސަލައެއްވާނަމަ، އެމައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މުދަލުގެ ވެރިފަރާތުން މިޤަވާޢިދުގެ
15 ވަނަ ބައިގައި ބަޔާންކޮށްފައިވާ ކަސްޓަމްސް ވެލުއޭޝަން ކޮމެޓީއަށް ނުވަތަ ވެލުއޭޝަން
ސަބްކޮމެޓީއަށް ހުށަހެޅިދާނެކަމަށް އޮންނަ އޮތުމަކީ އެފަދަ ޝަކުވާއެއް އޮތް ފަރާތަކުން އެމައްސަލަ
ހުށަހެޅުމާއި ހުށަނޭޅުމުގެ މައްޗަށް ލިބިއޮތް އިޚްތިޔާރު ބަޔާންކޮށްދިނުމުގެ ގޮތުން ގެނެވިފައިވާ
މާއްދާތަކެއްކަމާއި، އެއީ އެއްވެސް ޙާލެއްގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މިފަދަ
މައްސަލަ ބަލައިގަތުމަށް ކަނޑައަޅާފައިވާ އުޞޫލުން އެފަރާތުން ކަނޑައަޅާފައިވާ ކޮމެޓީއަށް
ހުށަހެޅުމާއި އެމައްސަލަ ކޯޓަށް ހުށަހެޅުމާއި ދެގޮތުން ކުރެ ގޮތެއް އިޚްތިޔާރު ކުރުމުގެ މައްޗަށް
ލިބިއޮތް އިޚްތިޔާރެއްކަމުގައި ބެލެވެން ނެތްކަން އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ކަސްޓަމްސްގެ
ޤާނޫނާއި ކަސްޓަމްސްގެ ޢާއްމު ޤަވާޢިދުގެ ރޫޙާއި މަޤްސަދަށް ބެލުމުން އެނގޭކަމެވެ.
(ޅ) ހަވަނަކަމަކީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 103 ވަނަ މާއްދާގައި،
ކަސްޓަމްސް އިން އޯޑިޓްކުރުމަށްފަހު ޑިއުޓީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ގޮތާއި، މުދަލުގެ
ވެރިފަރާތުން ކަސްޓަމްސްއަށް އިތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމާބެހޭ އުޞޫލުތަކާއި،
ކަސްޓަމްސްއިން މުދަލުގެ ވެރިފަރާތަށް ލިބިދޭންޖެހޭ ފައިސާއެއްވާނަމަ އެފައިސާއެއް ލިބިދެވޭނެ
އުޞޫލުތައް ކަސްޓަމްސްގެ ޤަވާޢިދުގައި ބަޔާންކުރަންވާނެކަމަށް އެޤާނޫނުގައި ބަޔާންކުރުމަށްފަހު،
ކަސްޓަމްސްއިން މީހަކާމެދު ކުރި މުޢާމަލާތެއްގައި، ކަސްޓަމްސްއިން ކުރި ނުވަތަ ނުކޮށް ދޫކޮށްލި
ކަމަކާމެދު އެ މުޢާމަލާތްކުރެވުނު ފަރާތް ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލަ ބަލައިދިނުމަށް އެދި 30
(ތިރީސް) ދުވަހުގެ ތެރޭގައި މިނިސްޓަރަށް ހުށަހެޅިދާނެކަމަށް އެޤާނޫނުގައި ބަޔާންކުރުމުން އަދި
މީގެ ކުރިން މިފަދަ މައްސަލަތަކުގައި ފައިސާ ދެއްކުމަށްފަހު ޝަރީޢަތަށް ދެވޭގޮތަށް ޤާނޫނުގައި
ރައްޔިތުންގެ މަޖިލީހުން ބާޠިލްކުރުމުން މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމުގައި
ރައްޔިތުންގެ މަޖިލީހުގެ މަޤްސަދު އޮތީ މިފަދަ މައްސަލަތައް އެންމެ ފުރަތަމައިންވެސް
93e0e
ތއްތން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 16471
63
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/260
އޮތް
<< O
2 2x
ކަސްޓަމްސްގެ ތެރެއިން ބެލި އެކަމަށް އެއިދާރާގެ ތެރެއިން ޙައްލެއް ނުފެނިއްޖެނަމަ ދެން
ޝަރީޢަތަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެވޭ ގޮތަށް އޮތުންކަމުގައި ޤަބޫލުކުރެވެން
ހިނދު، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލަކީ މިނިވަން
ޑިމޮކްރެޓިކް މުޖުތަމަޢުތަކުން ބަލައިގަންނަ އެޤައުމުތަކުގައި ޢަމަލުކުރެވެމުންދާ އުޞޫލެއްކަމާއި،
އެފަދަ ޤައުމުތަކުގައި
ބަލައިގަންނަ
ޤާޢިދާއެއްކަމުގައިވާ
doctorine of exhaustion of remedies މި ޤާޢިދާއަށް ބެލުމުން ކޯޓަށް މައްސަލައެއް
ހުށަހެޅުމުގެ ކުރިން އެމައްސަލައެއް ޙައްލުކުރުމަށްޓަކައި ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ވަކި
އިޖުރާޢަތެއް ނުވަތަ ވަކި ނިޒާމެއް ކަނޑައެޅިފައިވާނަމަ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން
އެނިޒާމުގެ ދަށުން އެމައްސަލައެއް ޙައްލުކުރަން މަސައްކަތްކުރުމަކީ ލާޒިމްކަމެއްކަމާއި، އަދި ޙައްލު
ރުމަށް ދީފައިވާ އެފުރުސަތުގެ ބޭނުން ނުހިފައި ޝަރުޢީ މަރުޙަލާއިން އެމައްސަލަ ބަލައި ގޮތެއް
ކަނޑައެޅިގެންނުދާކަން އެނގޭއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ
މާއްދާގައި، ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން
ޙައްގެއް ޤާނޫނުއަސާސީއާ ތަޢާރުޟުނުވާގޮތެއްގެ މަތީން، މިނިވަން ދީމިޤްރާތީ މުޖުތަމަޢެއްގައި
މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ރައްޔިތުންގެ
މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓިދާނެކަން އެނގެން އޮންނަކަމެވެ.
22 ހއ
ކުރުމަށް
/
<< O
ہی کره
ވީމާ، އިސްވެ ދިޔަ ސަބަބުތައް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނާއި، އެޤާނޫނުގެ ދަށުން
ހެދިފައިވާ ކަސްޓަމްސްގެ ޢާންމު ޤަވާޢިދުގައި، މައްސަލަތަށް ޙައްލުކުރުމަށް ހުރި އިޖުރާޢަތުތައް
ފުރިހަމަކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން މައްސަލަ ހުށަހެޅުމުން މެނުވީ، މިމައްސަލަ ސިވިލް
ކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅައި، އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދަލެއްގެންނަންޖެހޭނެ ތަނެއް ނެތްކަމަށެވެ.
ޖެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ސަބަބެއް
13
2013/HC-A/260
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު 2013/Cv-C/386 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
މަހޯގަނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލައި،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ފެންނަންނެތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނުހިނދު، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/386 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށްކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
<
OXO
ދިވެހިރާއްޖޭ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv