ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-SP/01 ޤަޟިއްޔާގެ ޙުކުމް
1
2011/HC-SP101
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم اقبال سراسیم
ކިތި
ހިރައްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 01/HC
-
SP/2011
• ދައުވާ ހުށަހެޅި ފަރާތް:
* ނަން: ޢުމަރު ނަޞީރު
: އައިޑީކާޑު ނަންބަރު، A052488
ދާއިމީ އެޑްރެސް:
ހ. ދޮންޖޭމުގެ / މާލެ * މިހާރުގެއެޑްރެސް: ދޮންޖޭމުގެ / މާލެ
ބަދަލުގައި: އަލްއުސްތާޛު މުޙައްމަދު އިބްރާހީމް (އައިޑެންޓިޓީ ކާޑު ނަންބަރު A038840) މުތް 2 ހުޅުމާލެ / މާލެ
2482
ދައުވާ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް: ޕީ.އޭ ކޮމްޕްލެކްސް | މާލެ
، މިހާރުގެ އެޑްރެސް: ޕީ.އޭ ކޮމްޕްލެކްސް މާލެ
* .47ވ
ހުށަހެޅުނު ތާރީޚް: 11 އޭޕްރީލް 2011
* ނިމުނު ތާރީޚް: 27 ސެޕްޓެމްބަރު 2012
• މައްސަލައިގެ ބާވަތް: ސިޔާސީ ޕާޓީގެ މައްސަލަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އިސް ފަނޑިޔާރު އަޙްމަދު ޝަރީފް ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
yވ
2
21011/HC-SP{{l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
2x
22
3 ތތ
އަނމނދއމަށް
މިއީ، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެޕާޓީ
އުވާލުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި، ކަންތައްތައް ފުރިހަމަކޮށް ނިންމައި، ސިޔާސީ ޕާޓީގެ
ޤަވާއިދު 2005 ގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕާޓީތަކުގެ ދަފްތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
އިލެކްޝަންސް ކޮމިޝަނުގައި އެދުމުން، ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 19 ވަނަ
މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން
އުނިކޮށްދެއްވާފައި ނުވާތީ އެޕާޓީ އުވާލައިފައިވާ އުވާލުން ޤާނޫނީ ގޮތުން ފުރިހަމަވެއްޖެކަމަށް ކަނޑައަޅައި
ދިނުމަށާއި، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުށް
ނުކުތާތައް:
-1
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީގެ އަސާސީ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެޕާޓީ
އުވާލުމަށް ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފުރިހަމަކޮށް ނިންމައި ސިޔާސީ ޕާޓީގެ ޤަވާއިދު
2005 ގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ޕާޓީތަކުގެ ދަފްތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
އުނިކޮށްދެއްވުމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމުން ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ގެ 19 ވަނަ
މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން
އުނިކޮށްދެއްވާފައި ނުވާތީ އެޕާޓީ އުވާލައިފައިވާ އުވާލުން ޤާނޫނީ ގޮތުން ފުރިހަމަވެއްޖެކަމަށް ކަނޑައަޅައި
ދިނުމަށާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް އަމުރު ކޮށްދިނުމަށްއެދި ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{011/HC-SP{{31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-2
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ދަޢުވާރައްދުވާ ގޮތަށް ހ. ދޮންޖޭމުގޭ ޢުމަރު
ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި ދަޢުވާ ބިނާކުރި ސަބަބުތަކުގެ މައްޗަށް ބަލާއިރު، މައިގަނޑު
4 (ހަތަރެއް) ސަބަބެއް ފާހަގަކޮށް އެކަންކަމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި-
ތާއީދާއެކު
އެރޭގެ
ހިންގަމުން ގެންދިޔަ ޕާޓީއެއްކަމާއި، އެއަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން އެޕާޓީގެ އެންމެ މަތީ ގުނަން
ކަމަށްވާ ޕާޓީގެ ޤައުމީ ބައްދަލުވުމުން 15 ޖެނުއަރީ 2010 ގައި، އެޕާޓީ އުވާލުމަށް ހުށަހަޅައި
އެބައްދަލުވުމަށް ޙާޟިރުވި 29 (އޮނަތިރީސް) މެންބަރުންގެ ތެރެއިން 27 (ހަތާވީސް) މެންބަރުންގެ
12:00 އިން ފެށިގެން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވިއްޖެ ކަމަށް ޤައުމީ ބައްދަލުވުމުން
ފާސްކުރެވުނު ކަމަށާއި، މިގޮތަށް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމަށް އެޕާޓީގެ ޤައުމީ ކުއްލި
އެދަލުވުމުގައި ފާސްކޮށްފައިވާ ނިންމުން، 2010 ޖެނުއަރީ 24 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅައި، އިލެކްޝަންސް ކޮމިޝަންގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
އުނިކޮށް ދިނުމަށް ދެންނެވުމުން، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމުގެ ނިންމުންތައް ނިންމާފައިވަނީ ކޯރަމް
ހަމަނުވާ ބައްދަލުވުންތަކަކުން ކަމަށް ދެކޭތީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ
އުނިކޮށްދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2010
/
9/CA
/
IDP-38 ސިޓީން،
އިސްލާމިލް ޑިމޮކްރެޓިކް ޕާޓީއަށް އަންގާފައިވާކަމަށް ބުނެ ހުށަހެޅި ސަބަބު.
(ށ) ދެވަނަ ސަބަބަކީ: އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން
ފާސްކުރުމުގައި އެބައްދަލުވުންތަކުގެ ކޯރަމް ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ
އެބައްދަލުވުންތަކުގެ ކޯރަމާބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނާ ވާހަކަ ދެކެވި އެކޮމިޝަނުން ޤަބޫލު ކުރައްވާ
ޤައުމީ މަޖިލިސްގެ މެމްބަރުންނަކީ ކޮބައިތޯ ސާފުކޮށްފައިވާކަމަށާއި، އެގޮތުން އެކޮމިޝަނުން ޤަބޫލުކުރާ ޤައުމީ
މަޖިލިސްގެ މެންބަރުންގެ ލިސްޓަށް ބަލާއިރު، ކޯރަމާއި އިލެކްޝަންސް ކޮމިޝަނަށް ދެ އޮޅުމެއް
އަރާފައިވާކަމަށާއި، އެއީ-
3
کو گر کر مرسی
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2{011/HC-SP{{31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-1
ޤައުމީ މަޖްލިސްގެ މެމްބަރެއްގެ ގޮތުގައި ހިމަނުއްވާފައިވާ ޢަބްދުއްރައޫފަކީ، އެޕާޓީގެ
ޤައުމީ މަޖިލީހުން އިސްތިއުފާ ދީފައިވާ މީހެއްކަމުގައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އޭނާއަކީ
ޤައުމީ މަޖިލީހުގެ ގޮތުގައި ބައްލަވާފައިވުން، އަދި
4 ވ މ 04
4
3ނw/ޤ
-2
އެޕާޓީގެ ޤައުމީ މަޖިލީހުގެ 2010 ޖެނުއަރީ 13 ވަނަ ދުވަހުގެރޭ ބޭއްވުނު
ބައްދަލުވުމުގެ ކޯރަމް ގުނުމުގައި ޤައުމީ މަޖިލީހުގެ މެމްބަރު، އިބްރާހީމް ރަޝީދު އިލެކްޝަންސް ކޮމިޝަނުން
ހިމަނުއްވާފައި ނުވާކަމަށާއި، އިބްރާހީމް ރަޝީދަކީ ޤައުމީ މަޖިލީހުގެ ޖަލްސާއަށް ޙާޟިރުވީ މެންބަރެއްކަމަށާއި،
ނަމަވެސް އޭނާ ޙާޟިރީގައި ސޮއިކޮށްފައި ނުވާތީ އޭނާ އެޖަލްސާއަށް ޙާޟިރުނުވާކަމަށް އިލެކްޝަންސް
ކޮމިޝަނުން ބައްލަވާފައިވުމުން އަރާފައިވާ އޮޅުމެއްކަމަށް ބުނެ ހުށަހެޅި ސަބަބު.
2x
02 ދ ތތ
(ނ) ތިންވަނަ ސަބަބަކީ: އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުން
ފާސްކުރުމުގެ ކުރިން، އެޕާޓީގެ އަސާސީ ޤަވާއިދުގެ 12 ވަނަ މާއްދާ (އަސާސީ ޤަވާއިދަށް ބަދަލު ގެނައުން)
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަސާސީ ޤަވާއިދުގެ 13 ވަނަ މާއްދާ (ޕާޓީ އުވާލުން މިސުރުހީގެ
ދަށުގައިވާ މާއްދާ) އިޞްލާޙުކޮށްފައިވާކަމަށާއި، އެ އިސްލާހު ގެނެސްފައިވަނީ، 2018 ޖެނުއަރީ 13 ވަނަ
ދުވަހުގެރޭ 9:30 ގައި ބޭއްވި ޖަލްސާއަށް ޙާޟިރުވި 10 މެމްބަރުންގެ ތެރެއިން 9 މެމްބަރުން (ކައުންސިލް
ތެރެއިން ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ މެމްބަރުން) ގެ ތާޢީދާއެކު ކަމަށް ބުނެ ހުށަހެޅި
OUC
2ތ ހ 2
0
2
މެމްބިޙނﷲ
ސަބަބު.
(ށ) ހަތަރުވަނަ ސަބަބަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމާ ބެހޭގޮތުން ބޭއްވުނު
ބައްދަލުވުންތަކުގެ ކޯރަމް ހަމަވާކަން އަންގައިދޭ ލިޔުންތައް އެކިފަހަރު މަތިން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅި ނަމަވެސް އެކޮމިޝަނުން ނިންމެވި ނިންމެވުން އަލުން މުރާޖަޢާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން
ދެކޮޅު ހައްދަވައި، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ، ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްދެއްވާފައި ނުވާތީ،
ޕާޓީގެ ޤައުމީ ބައްދަލުވުމުން ޕާޓީ އުވާލައި، ޕާޓީގެ ހުރިހާ ގުނަންތަކާ، ޕާޓީގެ ހުރިހާ މެމްބަރުންގެ
މެމްބަރޝިޕް އުވިގެން ދިއުމުން، ޕާޓީ އުވުމަށްފަހު ނިންމަންޖެހޭ އެންމެހާ ކަންކަން ނިންމުމުގެ ބާރު،
އެޕާޓީން ހ ހ. ދޮންޖޭމުގޭ ޢުމަރު ނަސީރަށް ދީފައިވާ ކަމަށްބުނެ ހުށަހެޅި
ޑިއްއްޖޭގެ ކުން
ސަބަބު.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
211/HC-SP/gl
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-3
މިމައްސަލަ ހުށަހެޅި ހ. ދޮންޖޭމުގޭ ޢުމަރު ނަޞީރުގެ ފަރާތުން މިމައްސަލައިގައި
ދަޢުވާ ބިނާކުރި ސަބަބުތަކަށާއި، މައްސަލަ ހުށަހެޅި ފަރާތުންނާއި، މައްސަލަ ރައްދުވާ އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާއި ގުޅޭގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި
ވެއެވެ.
(ހ) ފުރަތަމަ ކަމަކީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައި.ޑީ.ޕީ.) އަކީ އިލެކްޝަންސް
ކޮމިޝަނުގައި އޮންނަ ސިޔާސީ ޕާޓީގެ ދަފްތަރުގައި 12 ޑިސެމްބަރު 2005 ގައި ރަޖިސްޓްރީ ކުރެވިފައިވާ
ސިޔާސީ ޕާޓީއެއްކަން އެނގޭކަމާއި، އެޕާޓީ އުވާލުމަށް 15 ޖެނުއަރީ 2010 ގައި ބޭއްވުނު އެޕާޓީގެ ޤައުމީ
ކުއްލި ބައްދަލުވުމުން ފާސްކޮށް، ސިޔާސީ ޕާޓީގެ ދަފްތަރުން އެޕާޓީ އުނިކޮށް ދިނުމަށް އެޕާޓީގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ސިޔާސީ ޕާޓީގެ ދަފްތަރުން އައި.ޑީ.ޕީ. އުނިކޮށް ދެވެންނެތްކަމަށް
ނިންމަވައި، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2010
/
9/CA
/
IDP-38 (04 ފެބްރުއަރީ 2010) ގެ
ސިޓީން ޖަވާބުދީފައިވަނީ އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމަށް އެޕާޓީން ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅޭ
ގޮތުން އެޕާޓީގެ އަސާސީ ޤަވާޢިދަށް ރިއާޔަތްކޮށް ޤާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް އިލެކްޝަންސް
ކޮމިޝަނުން ބެލިއިރު، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމުގެ މަރުހަލާގައި ބާއްވާފައިވާ އެޕާޓީގެ ޤައުމީ
މަޖިލީހުގެ ބައްދަލުވުމާއި، ޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމުގެ ޤާނޫނީ ޢަދަދު ހަމަނުވާކަން ފާހަގަ
ކުރެވިފައިވާތީއާއި، 2005 ޑިސެމްބަރު 12 ވީ ހޯމަ ދުވަހު ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލުމަށް ޤާނޫނީ ޢަދަދު ހަމަނުވާ ބައްދަލުވުންތަކަކުން (9 ޖެނުއަރީ 2010
ގައި ބައްދަލުވުމާއި، 13 ޖެނުއަރީ 2010 ގައި ބޭއްވި ބައްދަލުވުމާއި، 15 ޖެނުއަރީ 2010 ގައި
ބައްދަލުވުމުން) ނިންމައި، ޕާޓީ އުވާލުމަށް ބޭނުންވާ ފަރާތަކުން އެކޮމިޝަނަށް ހުށަހެޅިނަމަވެސް،
04 ފެބްރުއަރީ 2010 ވީ ބުރާސްފަތި ދުވަހުގެ 3:00 އާ ހަމައަށް އެޕާޓީގައި ތިބި 5,384 މެންބަރުންގެ
ޙައްޤާއި، މަސްލަހަތަށް ރިޢާޔަތްކުރުމާއެކު
މެއެކުގައިކަން
ކަން އެނގެން އޮންނަކަމެވެ.
OX
OLC
ބޭއްވި
(ނ) ދެވަނަ ކަމަކީ: އައި.ޑީ.ޕީ. އުވާލުމަށް ބޭއްވުނު އެޕާޓީގެ ޤައުމީ މަޖިލީހުގެ
ބައްދަވުންތަކާއި ޤައުމީ ކުއްލި ބައްދަލުވުމުގައި ކަންތައް ހިނގާދިޔަގޮތް ބަޔާންކޮށް މައްސަލަ ހުށަހެޅި،
ހ. ދޮންޖޭމުގޭ ޢުމަރު ނަސީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{11/HC-SP{{01
3
4 2 2 4 8
އެންގެވުމުން،
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވާހަކަތަކަށް ބަލާއިރު، އައި.ޑީ.ޕީ. އުވާލުމުގެ ގޮތުން 3 (ތިނެއް) ބައްދަލުވުމެއް ބޭއްވިފައިވާކަމަށާއި،
އެބައްދަލުވުންތަކުގެ ތެރެއިން 2010 ޖެނުއަރީ 09 ވަނަ ދުވަހުގެ ރޭ ބޭއްވުނު
ދެވުނު އެޕާޓީގެ ޤައުމީ މަޖިލީހުގެ
ބައްދަލުވުމުގައި، އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ 3 (ތިނެއް) މަޤާމުން ކުރެ 2 (ދޭއް) މަޤާމަށް
ބޭފުޅުން އިންތިޚާބު ކުރިގޮތް އިލެކްޝަންސް ކޮމިޝަނުން ޤަބޫލުނުކުރާކަމަށް އެކޮމިޝަންގެ ނަންބަރު
2010
/
04/C
/
IDP-38 ސިޓީން
އެޖަލްސާގައި (2010 ޖެނުއަރީ 09 ވަނަ ދުވަހުގައި
ބޭއްވުނު ބައްދަލުވުން) ނިންމި ނިންމުންތަށް ބާޠިލްކޮށް 2010 ޖެނުއަރީ 13 ވަނަ ދުވަހުގެރޭ އަލުން ޤައުމީ
މަޖިލީހުގެ ޖަލްސާ ބޭއްވުނުކަމަށާއި، އެގޮތުން، 2010 ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭގެ 09:00 ގައި
ބޭއްވުނު ޤައުމީ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ޤައުމީ މަޖިލީހުން ހުސްވެފައިވާ 3 (ތިނެއް)
މަޤާމަށް އެހެން ބޭފުޅުން އިންތިޚާބު ކުރުންކަމަށާއި، އެޖަލްސާގައި ބައިވެރިވި 8 (އަށެއް) ބޭފުޅުންގެ ތެރެއިން
7 (ހަތެއް) ވޯޓް ލިބިގެން ޤައުމީ މަޖިލީހުގެ ވަގުތީ މެމްބަރުން ކަމަށް ޢަބްދުﷲ ވަޙީދާއި، އާދަމް ޝާކިރާއި،
އަޙްމަދު ޝާހިދާ މި 3 (ތިނެއް) ބޭފުޅުން އިންތިޚާބު ކުރެވުނުކަމަށާއި އެތިން މީހުން އިންތިޚާބުވުމާއެ
މާއެކު،
2010 ޖެނުއަރީ 13 ވަނަދުވަހުގެރޭ 9:30 ގައި ބޭއްވުނު ޤައުމީ މަޖިލީހުގެ ޖަލްސާއަށް ޤައުމީ މަޖިލީހުގެ
10 (ދިހައެއް) ބޭފުޅުން ޙާޟިރުވިކަމަށާއި، އޭގެ ތެރޭގައި އެރޭ 09:00 ގައި ބޭއްވުނު ޤައުމީ މަޖިލީހުގެ
ބައްދަލުވުމުގައި އަލަށް އެމަޖިލީހަށް އިންތިޚާބު ކުރެވުނު 3 (ތިނެއް) ބޭފުޅުންވެސް ހިމެނޭކަމަށާއި،
އެބައްދަލުވުމުގައި އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދުގެ 13 ވަނަ މާއްދާ އިސްލާހުކުރުމަށާއި އައި.ޑީ.ޕީ. އުވާލުމަށް
ފާސްކޮށް އެކަން ޤައުމީ ކުއްލި ބައްދަލުވުމަށް ހުށަހެޅުމަށް ނިންމާފައިވާކަމަށާއި، އަދި 2010 ޖެނުއަރީ 15
ވަނަދުވަހުގެރޭ 09:00 ގައި ބޭއްވުނީ އައި.ޑީ.ޕީ.ގެ ޤައުމީ ކުއްލި ބައްދަލުވުމެއްކަމަށާއި، އެބައްދަލުވުމަށް
ދައުވަތު ދެވުނީ 50 (ފަންސާސް) ބޭފުޅު
ބޭފުޅުންނަށްކަމަށާއި، ނަމަވެސް
ޙާޟިރުވީ 29
(އޮނަތިރީސް) މީހުންކަމަށާއި،
އައި.ޑީ.ޕީ. އުވާލުމުގެ މައްސަލަ އެޖެންޑާކޮށް އެބައްދަލުވުމަށް
ޙާޟިރުވި 29 (އޮނަތިރީސް) މެންބަރުންގެ ތެރެއިން 27 (ހަތާވީސް) މެންބަރުންގެ ތާއީދާއެކު 15 ޖެނުއަރީ
2010 ދުވަހުގެ ރޭގެ 12:00 އިން ފެށިގެން އައި.ޑީ.ޕީ. އުވިއްޖެކަމަށް ފާސްކޮށްފައިވާކަމަށް ބުނެފައިވާކަން
އެނގެން އޮންނަކަމެވެ.
4 ތތ ހ 2
7 ގތ
އބއފޅުމަށް
ޑފ2 332
20
އެބައްދަލުވުމަށް
Oxo
2 ތ
ހުށަހެޅުމުން
ހެޅުމުން
(ނ) ތިންވަނަ ކަމަކީ: ސިޔާސީ ޕާޓީގެ ދަފްތަރުން އައި.ޑީ.ޕީ. އުނިކުރުމަށް
އެކަމަށް އިލެކްޝަންސް ކޮމިޝަނުން އިންކާރުކުރި ސަބަބުތައް ބަޔާންކޮށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އައި ޑީންގެ
ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިނުވަނީ، ސިޔާސީ ޕާޓީގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ހ)
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-SP/gl
ގޮތުގެ މަތީން ޕާޓީ އުވާލުމަށް ނުވަތަ ޕާޓީ އުވާލުމުގެ ކަންތައްތައް ގެންގޮސްފައިވަނީ އައި.ޑީ.ޕީ.ގެ އަސާސީ
ޤަވާޢިދާ އެއްގޮތަށް ކަމަށް ނުވާތީކަމަށާއި، އެގޮތުން އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދުގެ 13 ވަނަ މާއްދާ
އިސްލާހުކޮށްފައިވަނީ އެޤަވާޢިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ކަމަށާއި، އެމާއްދާގައިވާ
ގޮތުން އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދަށް ބަދަލެއް ގެނެވޭނީ ޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުގެ
2/3 (ތިންބައިކުޅަ ދެބައި) އަށްވުރެ ގިނަ މެންބަރުން އެބަދަލު ގެނައުމަށް ތާއީދުލިބުމުން ޤައުމީ
އެކަން ހުށަހަޅައި، އެބައް
އެބައްދަލުވުމުގެ 1/2 (ދެބައިކުޅަ އެއްބައި) އަށްވުރެ ގިނަ މެންބަރުން އެބަދަލު ގެނައުމަށް
ތާއީދު ކުރުމުންކަމަށާއި،
ކތ ހ22 ދވ
49ދޅުމަށް
ހއ
ހ0427
ބައްދަލުވުމެއް
އެއވެ
އަދި އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދުގެ 5.1.2 ގައިވާ ގޮތުން އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ
ބޭއްވޭނީ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު އެޖަލްސާއަކަށް ޙާޟިރުވެގެން
ކަމަށްވާއިރު، 13 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 21:30 ގައި ބޭއްވި އެޕާޓީގެ ޤައުމީ ބައްދަލުވުމުގެ ކޯރަމް
ހަމަނުވާކަމަށާއި، އެއީ އެތާރީޚުގައި އެޕާޓީގެ ޤައުމީ މަޖިލީހުގައި 14 (ސާދަ) މެންބަރުން ތިބި އިރު ކޯރަމް
ހަމަވާ އެންމެ މަދު ޢަދަދަކީ 8 (އަށެއް) މެންބަރުން ކަމަށާއި، ބައްދަލުވުމަށް ޤައުމީ މަޖިލީހުގެ 10
(ދިހައެއް) މެންބަރުން ޙާޟިރުވީކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، އެބައްދަލުވުމަށް
ޙާޟިރުވި ޢަބްދުﷲ ވަޙީދާއި، އާދަމް ޝާކިރާއި އަޙްމަދު ޝާހިދަކީ ސައްހަ ގޮތުގައި ގައުމީ މަޖިލީހަށް
އިންތިޚާބުކޮށްފައިވާ ފަރާތްތަކެއްނޫންކަމަށާއި، އަދި އެބައްދަލުވުމަށް އަޙްމަދު ރިޒްވީ ޙާޟިރުވެފައިނުވާތީ،
އެބައްދަލުވުމަށް ޙާޟިރުވެފައިވަނީ ޤައުމީ މަޖިލީހުގެ 6 (ހައެއް) މެންބަރުން ކަމަށާއި، އެހެންކަމުން އެޕާޓީގެ
އަސާސީ ޤަވާޢިދުގެ 13 ވަނަ މާއްދާ އިސްލާހުކުރުމަށް ޤައުމީ މަޖިލީހުގެ ތާއީދު ލިބިފައިވާކަމަށް ނިންމޭނެ
ހަމައެއްނެތްކަމަށާއި، އަދި ޤައުމީ މަޖިލީހުގެ ތާއީދު ނެތި އަސާސީ ޤަވާޢިދަށް އިސްލާހު ގެނައުމަށް ޤައުމީ
ކުއްލި ބައްދަލުވުމަކަށް ހުށައެއްވެސް ނޭޅޭނެކަމަށާއި، އެޕާޓީ އުވާލުމަށް ބޭއްވި ބައްދަލުވުމުގެ ކޯރަމް
ހަމަނުވާކަމަށާއި، އެބައްދަލުވުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު ޙާޟިރުވެފައި
ނުވާކަމަށާއި،
15 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 21:00 ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ ކުއްލި
ބައްދަލުވުމަކީ އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ބާއްވާފައިވާ ބައްދަލުވުމެއް ކަމުގައި ނުދެކޭ ކަމަށާއި،
އެއީ އެޕާޓީގެ އަސާސީ ޤަވާއިދުގެ 5.14.6 ގައިވާ ގޮތުން ޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމަކަށް ގޮވާލޭޖޭގެ ޚަތީ
ޕާޓީގެ ރައީސް ކަމުގެ މަޤާމު ހުސްވުން ނުވަތަ އެނޫންވެސް މުހިއްމު ބޭނުމެއް ޖެހިއްޖެނަމަކަން އެނގޭ
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{011/HC-SP{{31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02c
އވެ
4ދ0 94
097
94އދު09ނ
13 ޖެނުއަރީ 2010 ގައި އެޕާޓީގެ ޤައުމީ މަޖިލީހުގެ ދެބައްދަލުވުމުގެ ކޯރަމް ހަމަނުވާތީ
ޤައުމީ ކުއްލި ބައްދަލުވުމަކަށް ގޮވާލި ގޮވާލުން ސައްހަނުވާތީ އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ
ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށް ބެލެވޭނެ ތަނެއްނެތްކަ
ތްކަމަށާއި،
އައި.ޑީ.ޕީ.ގެ ޤައުމީ ބައްދަލުވުމުގައި އެޕާޓީގެ އެކިއެކި މަޤާމުތަކަށް އިންތިޚާބުކުރެވިފައިވާ
އެންމެން ބައިވެރިވާންޖެހޭނެކަމަށް އެޕާޓީގެ އަސާސީ ޤަވާޢިދުގެ 5.14.1 ގައި ބަޔާންކޮށްފައިވާއިރު، ޤައުމީ
މަޖިލީހަށް އިންތިޚާބުކުރެވިފައިވާ ޢަބްދުﷲ ވަޙީދާއި އާދަމް ޝާކިރާއި އަޙްމަދު ޝާހިދަށް ދައުވަތުދީގެން
ބޭއްވުނު ބައްދަލުވުމަކީ އައި.ޑީ.ޕީ.ގެ އަސާސީ ޤަވާއިދުގެ 5.14.1 އާ ޚިލާފަށް ބޭއްވިފައިވާ
ބައްދަލުވުމަކަށްވާތީ އައި.ޑީ.ޕީ. އުވާލުމަށް ނިންމާފައިވަނީ އެޕާޓީގެ އަސާސީ ޤަވާޢިދާއި ޕާޓީ އުވާލުމަށް
ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ދ) ހަތަރުވަނަ ކަމަކީ: އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގައި ހިމެނޭ ޢަބްދުއްރައޫފު، އެޕާޓީގެ
ޤައުމީ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާ ދީފައިވާކަމަށް 06 ފެބްރުއަރީ 2009 ގައި، ޢަބްދުއްރައޫފު
އެޕާޓީގެ އެއިރުގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެސިޓީގައިވާ
ގޮތުގެ މަތިން ޢަބްދުއްރައޫފުވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދީފައިކަމަށް މައްސަލަ
ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް،
މިމައްސަލައާގުޅިގެން ޢަބްދުއްރައޫފު 12 އޭޕްރީލް 2010 ގައި އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ
ބަޔާނުގައި ޢަބްދުއްރައޫފަކީ އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހަށް އެޕާޓީން އެންމެ ފުރަތަމަ ބޭއްވި ޤައުމީ
ބައްދަލުވުމުގައި އިންތިޚާބުކޮށްފައިވާ އެޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރެއްކަމަށާއި، އެޕާޓީގެ ޤައުމީ މަޖިލީހުން
އޭނާ އިސްތިއުފާ ދީފައިނުވާނެ ކަމަށާއި، އަދި އެމަޖިލީހުން އޭނާ ވަކިކުރިކަން އެއްވެސް ގޮތަކުން އޭނާއަށް
އެނގިފައިނުވާކަމަށާއި، އެމަޖިލީހުން އިސްތިއުފާދިންކަމަށް ބަޔާންކޮށް ޢަބްދުއްރައޫފުގެ ނަމުގައި އައި.ޑީ.ޕީ.ގެ
އެއިރުގެ ރައީސް އަލްފާޟިލް ޢުމަރު ނަސީރަށް ފޮނުވާފައިވާ ސިޓީއަކީ އޭނާ ފޮނުވާފައިވާ ސިޓީއެއްނޫންކަމަށް
ބުނެފައި އޮންނަކަމާއި އަދި
22
އިލެކްޝަންސް ކޮމިޝަނަށް ޢަބްދުއްރައޫފު 12 އޭޕްރީލް 2010 ގައި ދީފައިވާ ބަޔާނަކީ
ކަންހިނގާދިޔަ ގޮތަށް ދީފައިވާ ބަޔާނެއްކަމަށާއި 06 ފެބްރުއަރީ 2009 ގައި އައި.ޑީ.ޕީ.ގެ ރައީސަށް
އެޑްރެސްކޮށް އެޕާޓީގެ
ޤައުމީ މަޖިލީހުގެ މެންބަރުކަމުން އިސްތިއުފާދިނުމަށް އޭނާ
ތުއް
އައިކް
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
، ޖީ
9
2011/HC-SP101
ޑަކްގެ ހައި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފޮނުވާފައިނުވާނެކަމަށާއި އަދި އެފަދަ ސިޓީއެއްގައި އޭނާ ސޮއިކޮށްފައިވެސް ނޯންނާނެކަމަށް 24 ނޮވެމްބަރު
2011 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުއްރައޫފު ބުނެފައި އޮންނަކަމާއި އަދި
ޢަބްދުއްރައޫފުގެ އެބަސް ނަފީކުރެވޭފަދަ ހުއްޖަތެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައިނުވާތީ ޢަބްދުއްރައޫފަކީ
އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ މެންބަރެއްކަމުގައި ބަލަންޖެހޭކަމެވެ.
(.) ފަސްވަނަ ކަމަކީ: އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ މެންބަރު ގދ. ތިނަދޫ މުރަކަ
އިބްރާހީމް ރަޝީދަކީ 13 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 21:00 ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޖަލްސާގައި
ބައިވެރިވެފައިވާ މެންބަރެއްނޫންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެ، އެރޭގެ ބައްދަލުވުމުގެ ކޯރަމް
ގުނުމުގައި އިބްރާހީމް ރަޝީދު ނުގުނޭނެކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދެކެނީ އެބައްދަލުވުމަށް
އެރޭ ޙާޟިރުވި މީހުންގެ ޙާޟިރީގައި އިބްރާހީމް ރަޝީދު ސޮއިކޮށްފައި ނުވާތީކަމަށާއި، އަދި 07
ސެޕްޓެމްބަރު 2011 ގައި އެކަން ހިނގާދިޔަގޮތްކަމަށްބުނެ އިބްރާހީމް ރަޝީދު އިލެކްޝަންސް ކޮމިޝަނަށް
ދީފައިވާ ބަޔާނުގައި އޭނާ އެބައްދަލުވުމުގައި ރަސްމީ ގޮތުން ބައިވެރިވެފައި ނުވާތީ ޙާޟިރީގައި
ސޮއިނުކުރީކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް ބިނާކޮށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވީނަމަވެސް، 02 މެއި 2010 ގެ ތާރީޚުގައި
އިބްރާހީމް ރަޝީދު އިލެކްޝަންސް ކޮމިޝަނުގެ ރައީސަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި "2010
ޖެނުއަރީ 13 ދުވަހުގެ ރޭގެ 9:00 ގައި މ. މާބްލް 6 ވަނަ ފަންގިފިލާގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ
މަޖިލީހުގެ ބައްދަލުވުމުގައި އަޅުގަނޑު ބައިވެރިވީމެވެ. ނަމަވެސް ހާޒިރީގައި ސޮއިކޮށްފައި ނުވާނެއެވެ."
މިފަދައިން ބަޔާންކޮށްފައި އޮންނަކަމާއި، އަދި 2010 ޖެނުއަރީ 13 ދުވަހުގެ ރޭގެ 9:00 ގައި މ. މާބްލް 6
ވަނަ ފަންގިފިލާގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ފެށުނީއްސުރެ ނިމެންދެން
ނީންނަކަމަށާއި ނަމަވެސް ބައްދަލުވުން ހިނގަމުންދިޔަ ވަގުތު އެބައްދަލުވުމަށް ޙާޟިރުވިކަމަށާއި އެގޮތަ
ޙާޟިރުވީ އައި.ޑީ.ޕީ.ގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ވަޙީދު ފޯނުން ގުޅައި އޭނާ ހުރިތަނެއް ސާފުކޮށް އަދި
އޭގެ ފަހުން ޤައުމީ މަޖިލީހުގެ މެންބަރު އަޙްމަދު ފިރުޝާން ދެތިން ފަހަރެއްގެ މަތިން އޭނާއިން
ރެސްޓޯރަންޓަށް އައިސް މ. މާބްލް 6 ވަނަ ފަންގިފިލާގައި އޮތް ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ގޮސް
ދިނުމަށް އެދުނު އެދުމުގެ މަތިން ކަމަށާއި އަދި ބައްދަލުވުން ރަސްމީ ސިފައެއްގައި ނުފެށެނީސް އެތަނަށް
ވަތްތާ 3 (ތިނެއް) މިނެޓްގެ ތެރޭގައި ބައްދަލުވުން ދޫކޮށްފައި ދިޔަކަމަށް އިލެކްޝަންސް ކޮމިޝަނަށް
އިބްރާހީމް ރަޝީދު 07 ސެޕްޓެމްބަރު 2011 ގައި ދީފައިވާ ބަޔާނުގައި ބުނެފައި އޮންނަކަމާއި،
އެބަޔާނަކީ ކަންހިނގާދިޔަ ގޮތަށް އިބްރާހީމް ރަޝީދު އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބަޔާނެއްކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
10
2{11/HC-SP{{01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2 ދ ތ ދ 272 ހ
04އދިފިޅުހ ޤަ4
ه22
4 މހގ
ކުޤާށ
8
2 ބ 2
0 ﷲ02
ސް.އެމް.އެސްއި
އައި.ޑީ.ޕީ. އުވާލުމަށް ވޯޓަށް އަހާފައިވަނީ އޭނާ އެބައްދަލުވުމުގައި އިންދާކަމަށާއި، ނަމަވެސް
ވޯޓެއްނުދޭކަމަށާއި، އެރޭގެ ޖަލްސާއަށް ޙާޟިރުވުމަށް އޭނާއަށްވެސް އަންގާފައިވަނީ
އެސް. ރެއަކުން ކަމަށާއި، އެހެންކަމުން އޭނާއަކީވެސް އެރޭގެ ޖަލްސާގައި ބައިވެރިވީ މީހެއްކަމަށް
ދެކޭކަމަށާއި ޙާޟިރީގައި ސޮއިކޮށްފައި ނުވަނީ ހަނދާންނެތިގެންކަމަށް 31 ޖެނުއަރީ 2012 ގައި ބޭއްވުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ރަޝީދު ބުނެފައިވުމުން އިބްރާހީމް ރަޝީދަކީ
13 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 21:00 ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި
ބައިވެރިވެފައިވާ މީހެއްކަމަށް ބަލަންޖެހޭކަމެވެ.
22 22
(ޅ) ހަވަނަ ކަމަކީ: އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހަކީ، ރައީސާއި، ނައިބު ރައީސާއި ޢާންމު
މެންބަރުންގެ ތެރެއިން ޤައުމީ ބައްދަލުވުމުގައި އިންތިޚާބު ކުރެވޭ 7 (ހަތެއް) މެންބަރުންނާއި، ޕާޓީގެ
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނާއި،
.އި، ޒުވާނުންގެ ކޮމިޓީގެ ރައީސާއި، އަންހެނުންގެ ކޮމިޓީގެ
ރައީސާއި، ކަނޑައެޅޭ 5 (ފަހެއް) ސަރަހައްދުގެ ރައީސުންގެ މައްޗަށް އެކުލެވިގެންވާ މަޖިލީހެއްކަން
އެނގޭކަމާއި، އެމަޖިލީހުގައި ހިމެނޭ މެންބަރުންގެ ތެރެއިން އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު
ނެތްނަމަ، އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 16 (ސޯޅަ) ކަން އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދުގެ
5.1 އަށް ބެލުމުން އެނގޭކަމާއި އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ޤާނޫނީ ޢަދަދަކީ އެމަޖިލީހުގައި ހިމެނޭ
ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުކަމަށް އައި.ޑީ.ޕީ. ގެ އަސާސީ ޤަވާޢިދުގެ 5.1.2 ގައި ޞަރީޙަކޮށް
ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެހެންކަމުން އެމާއްދާގައި ބުނާ ޤައުމީ މަޖިލީހުގެ ކޯރަމް ހަމަވާ ޢަދަދަކީ
އެވަގުތު ޤައުމީ މަޖިލީހުގައި ތިބި މެންބަރުންގެ އަޣުލަބިއްޔަތުނޫންކަން އެނގެން އޮތުމުން އައި.ޑީ.ޕީ.ގެ ޤައުމީ
މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 9 (ނުވައެއް) ކަން އެނގޭކަމާއި، އެޕާޓީގެ ޤައުމީ މަޖިލީހުގެ
ޖަލްސާއެއްގެ ކޯރަމް ހަމަވާ އެންމެ މަދު ޢަދަދަކީވެސް 9 (ނުވައެއް) ކަން އެނގޭކަމާއި، އަދި ޤައުމީ
މަޖިލީހުން ކަމެއް ފާސްކުރެވޭނީ އެވަގުތު އެމަޖިލީހަށް ޙާޟިރުވެ ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް
އެޤަވާޢިދުގެ 5.1.4 ގައި ބަޔާންކޮށްފައިވާއިރު، ކޯރަމް ހަމަވެގެން ބާއްވާ ޖަލްސާއެއްގައި ކަމެއް ފާސްކުރެވޭނީ
އެންމެ މަދުވެގެން 5 (ފަހެއް) މެންބަރުންގެ ތާއީދު އެކަމަކަށް ލިބިގެންކަން އެނގޭކަމާއި، 13 ޖެނުއަރީ
2010 ދުވަހުގެ ރޭ 9:00 ގައި ބޭއްވި، އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް ޙާޟިރުވެފައިވަނީ 8
(އަށެއް) މެންބަރުންކަން އެނގެން އޮތުމުން އެޢަދަދަކީ އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް
ކޯރަމް ހަމަވާ ޢަދަދެއްނޫންކަން އެނގެން އޮންނަކަމެވެ.
ހަ
9
2 0 2 0 0 |
02c
ދިވެހިރާއްޖޭ؟
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-SP/gl
3
(ކ) ހަތްވަނަ ކަމަކީ: އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގައި 13 ޖެނުއަރީ 2010 ދުވަހުގެ ރޭގެ
9:00 ގައި ބޭއްވުނު ބައްދަލުވުމުގައި އެމަޖިލީހަށް ވަގުތީ ގޮތުން އިންތިޚާބުކޮށްފައިވާ 3 (ތިނެއް) މެންބަރުން
އިންތިޚާބުކޮށްފައިވަނީ، އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދާ އެއްގޮތަށްތޯ ބަލާއިރު، އައި.ޑީ.ޕީ.ގެ އެއްވެސް
މަޤާމަކަށް އިންތިޚާބުކުރެވިފައިވާ މެންބަރެއްގެ އިތުބާރުނެތްކަމަށް ޤައުމީ މަޖިލީހުން ފާސްވެއްޖެނަމަ، އެމަޤާމު
ވަގުތީ ގޮތުން ފުރާނީ އެހެން މެންބަރަކު އިންތިޚާބުކުރުމުގެ ބާރު ޤައުމީ މަޖިލީހަށް ލިބިގެންވާކަން އެޕާޓީގެ
އަސާސީ ޤަވާޢިދުގެ 5.1.5 ގެ (ހ) އިން އެނގޭކަމާއި، އަދި އިންތިޚާބީ މަޤާމަކުން މެންބަރަކު އިސްތިއުފާ
ދެއްވިނަމަވެސް އަދި ވަކިކުރެވުނު ނަމަވެސް އެންމެ ފުރަތަމަ ބޭއްވޭ އަހަރީ ބައްދަލުވުމުގައި އެމަޤާމަށް
މެންބަރަކު އިންތިޚާބުކުރަންވާނެކަމަށް އެނަންބަރުގެ (ށ) ގައި ބަޔާންކޮށްފައިވާއިރު، 13 ޖެނުއަރީ 2010
ދުވަހުގެ ރޭ 9:00 ގައި ބޭއްވުނު އައި.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޤައުމީ މަޖިލީހަށް
އިންތިޚާބުކޮށްފައިވާ ކަމަށްބުނާ ޢަބްދުﷲ ވަޙީދާއި، އާދަމް ޝާކިރާއި،އަޙްމަދު ޝާހިދަކީ އެޕާޓީގެ ޤައުމީ
މަޖިލީހުގެ ކޮން މަޤާމުތަކަކަށް އިންތިޚާބުކުރެވިފައިވާ މެންބަރުންކަމެއް އަދި އެމީހުން އިންތިޚާބުކުރެވުނީ
އެޕާޓީގެ ޤައުމީ މަޖިލީހުގެ ކޮން މަޤާމުތަކެއް ހުސްވެގެން ކަމެއްވެސް އެނގެން ނެތްކަމާއި، އައި.ޑީ.ޕީ.ގެ
ޤައުމީ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަލާއިރު އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކުނެތްނަމަ،
އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދަކީ 16 (ސޯޅަ) ކަން އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދަށް ބެލުމުން
އެނގޭކަމާއި، އެޕާޓީގެ ޤައުމީ މަޖިލީހުގައި 13 ޖެނުއަރީ 2010 ގައި 14 (ސާދަ) މެންބަރުން ތިބިކަން
އެނގެން އޮތްއިރު، އެޕާޓީގެ ޤައުމީ މަޖިލީހަށް ވަގުތީ 3 (ތިނެއް) މެންބަރުން އިންތިޚާބުކުރުމުން އެޕާޓީގެ
ޤައުމީ މަޖިލީހުގައި ހިމެނޭކަމަށް އެޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޢަދަދަށްވުރެ މެންބަރުން
އިތުރުވާކަން ފާހަގަ ކުރެވޭކަމާއި، އެޕާޓީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ މަޤާމުތަކަށް ވަގުތީ ގޮތުން
މެންބަރުން އިންތިޚާބުކުރުމުގެ ބާރު ޤައުމީ މަޖިލީހަށް ލިބިގެންވަނީ، އެމަޤާމުގައި ކުރިން ހުރި މެންބަރެއްގެ
އިތުބާރުނެތްކަމަށް ފާސްވެގެންކަމާއި، އަދި އެމަޤާމަށް ވަގުތީ ގޮތުން މެންބަރަކު އިންތިޚާބުކުރެވެނީ އެމެންބަރަކު
ޕާޓީގައި އަދާކުރަމުން ދިޔަ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރުމަށްކަން އެނގެން އޮންނައިރު، އެތިން
މެންބަރުން ޤައުމީ މަޖިލީހަށް އިންތިޚާބުކުރުމަށް ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަކީ
އެޕާޓީގެ އަސާސީ ޤަވާޢިދުގެ 5.1.2 ގައި ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ބާއްވާފައިވާ ބައްދަލުވުމެއްކަން
އެނގެން އޮންނަކަމެވެ
.
(އ) އަށްވަނަ ކަމަކީ: އައި.ޑީ.ޕީ.ގެ އަސާސީ ޤަވާޢިދަށް ބަދަލު ގެނެވޭނެގޮތް އައި.ޑީ.ޕީ.ގެ
އަސާސީ ޤަވާއިދުގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެމާއްދާގައިވާ ގޮތުން އައި.ޑީ.ޕީ.ގެ އަސާ
އްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
12
2{011/HC-SP{{31
ވެންގެ
2 22 22
044
3
2
3
4
އަބަދުވަޤީ
ޤައުމީ ބައްދަލުވުމުގެ ޤާނޫނީ ޢަދަދަކީ ޕާޓީގެ ޤައުމީ ބައްދަލުވުމަށް ކަނޑައެޅިފައިވާ ޖުމްއެޖްގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަވާޢިދަށް ބަދަލު ގެނެވޭނީ އެކަން އެޕާޓީގެ ޤައުމީ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުގެ 3!2 އަށްވުރެ ގިނަ
މެންބަރުންގެ ތާއީދު އެކަމަކަށް ލިބުމުން ޤައުމީ ބައްދަލުވުމަށް ހުށަހަޅައި، އެބައްދަލުވުމުގެ 112 އަށްވުރެ ގިނަ
މިބަރުންގެ ތާއީދު ލިބިގެންކަމަށްވާއިރު، އައި.ޑީ.ޕީ. ގެ އަސާސީ ޤަވާޢިދުގެ 13.1 ވަނަ މާއްދާގައި އެޕާޓީ
އުވާލެވޭނެ ގޮތްކަމަށް
ބަޔާންކޮށްފައިވަނީ،
"މިޕާޓީ އުވާލެވޭނީ ޕާޓީގެ މެންބަރުންގެ ތެރެއިން މަދުވެގެން 2/3 ބައި މެންބަރުން ހާޒިރުވާ
ޤައުމީ ބައްދަލުވުމެއްގެ 2/3 އަޣުލަބިއްޔަތުން މިޕާޓީ އުވާލުމަށް ފާސްކުރެވޭ ޤަރާރަކުންނެވެ." މިފަދައިންކަމާއި،
އެމާއްދާ ބަދަލުކުރުމަށް 13 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 9:30 ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ
މަޖިލީހުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ،
"13.1 މިޕާޓީ އުވާލެވޭނީ މިޕާޓީ އުވާލުމަށް ޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމަކަށް ހުށަހެޅި
ބައިވެރިންގެ އަޣުލަބިއްޔަތުން ފާސްކޮށްގެންނެވެ.
ނެވެ. އުވާލުމަށް ނެގޭ ވޯޓު ދޭނީ އަތް
އުފުލައިގެންނެވެ." މިފަދައިންކަން އެނގޭކަމާއި، އަދި
އެބައްދަލުވުމުގައި އެޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމެއް 15 ޖެނުއަރީ 2010 ގައި
ނިންމާފައިވާކަން އެނގޭއިރު، އެނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން 15 ޖެނުއަރީ 2010 ދުވަހުގެ ރޭގެ 9:00
ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ ކުއްލި ބައްދަލުވުމަށް އެޕާޓީގެ އަސާސީ ޤަވާޢިދުގެ 13 ވަނަ މާއްދާ
އިސްލާހު ކުރުމަށް ހުށަހަޅައި 21 (ހަތާވީސް) މީހުންގެ ތާއީދު ލިބިފައިވާ ކަމާއި އަދި އެރޭގެ އެޖަލްސާގައި
އެރޭ 12:00 އިން ފެށިގެން އައި.ޑީ.ޕީ. އުވިއްޖެކަމަށާއި، އެޕާޓީގެ މެންބަރުންގެ މެންބަރޝިޕް އުވިއްޖެކަމަށް
ޤަރާރެއް ފާސްކޮށްފައިވާކަން މިމައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުން އެނގޭއިރު،
އައި.ޑީ.ޕީ.ގެ ޤައުމީ ބައްދަލުވުމަކީ ޕާޓީގެ ހުރިހާ މެންބަރުން ތަމްސީލުކުރެވޭ ގޮތަށް ކޮންމެ
ހަތަރު އަހަރަކުން އެއްފަހަރު ޤައުމީ ހިންގާ ކޮމެޓީން ކަނޑައަޅާ ތަނެއްގައި ބާއްވާ ބައްދަލުވުމެއްކަމަށް އެޕާޓީގެ
އަސާސީ ޤަވާޢިދުގެ 5.14 ގައި ބަޔާންކޮށްފައި އޮންނަކަމާއި،
މެންބަރުންގެ ތެރެއިން މަދުވެގެން 1/2 ކަމަށް އަސާސީ ޤަވާޢިދުގެ 5.14.2 ގައި ބަޔާންކޮށްފައި
ބޭއްވުމަށް
ދދު 0
0x ﷲ
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
13
2{011/HC-SP{{31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމަކަށް ގޮވުމުގެ ޙައްޤު ޕާޓީގެ ޤައުމީ މަޖިލީހަށް ލިބިގެންވަނީ، ޕާޓީގެ ރައީސްގެ
މަޤާމު ހުސްވުން ނުވަތަ މިނޫންވެސް މުހިންމު
ބޭނުމެއް ޖެހިއްޖެނަމަކަން އެޤަވާޢިދުގެ 5.14.6 އަށް ބެލުމުން
އެނގެން އޮންނައިރު،
އެޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމަކަށް ޤައުމީ މަޖިލީހުން ގޮވާލާފައިވަނީ އެޕާޓީގެ އަސާސީ
ޤަވާޢިދުގެ 5.14.6 ގައި ބަޔާންކޮށްފައިވާ ދެހާލަތުންކުރެ ހާލަތެއް މެދުވެރިވެގެން ކަމަށް ޤަބޫލުނުކުރެވޭކަމާއި،
އެޕާޓީގެ ޤައުމީ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް
ވުމަށް ޤައުމީ މަޖިލީހުން 13 ޖެނުއަރީ 2010 ގައި ނިންމި
ނިންމުމުގައިވަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާން ވަކިގޮތަކަށް ބައްޓަންވެ ޕާޓީގެ ފަރާތުން ވާދަކުރެވުނު
ދެއިންތިޚާބުގައިވެސް އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާތީ ޕާޓީގެ މެންބަރުންނަށް ފެންނަ ގޮތަކަށް ސިޔާސީ
ފިކުރު ބައްޓަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ޕާޓީ އުވާލުމަށް ފެންނަކަމަށާއި، ޕާޓީ އުވާލުމުގެ ކަންކަން
ކުރިއަށް ގެންދިއުމަށް ޕާޓީގެ ޤައުމީ ކުއްލި ބައްދަވުމަކަށް ހުށަހެޅުމަށް ނިންމާ ކަމަށާއި، އަދި އެބައްދަލުވުން
15 ޖެނުއަރީ 2010 ގައި ބޭއްވުމަށްކަން އެނގެން އޮންނަކަމެ
ފަކަމެވެ.
ގެ
19
(ވ) ނުވަވަނަ ކަމަކީ ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާޢިދުގައި، އެޕާޓީއެއް އުވާލުމަށް
ކަނޑައަޅާފައިވާ އުސޫލުން އެޕާޓީއެއް އުވާލައިފިނަމަ، އެޕާޓީއެއްގެ ނަމާއި، ތަފްސީލުތައް ސިޔާސީ ޕާޓީގެ
ދަފްތަރުން އުނިކޮށް 7 (ހަތެއް) ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އެކަން އާންމުކޮށް
އިޢުލާންކުރަންވާނެކަމަށް ސިޔާސީ ޕާޓީގެ ޤަވާއިދު 2005 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހަކީ އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ
މެންބަރަކުނެތްނަމަ، 16 (ސޯޅަ) މެންބަރުން ހިމެނޭ މަޖިލީހެއްކަމާއި، ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ
އެމަޖިލީހުގައި ހިމެނޭ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ޙާޟިރުވެގެންކަން އެޕާޓީގެ އަސާސީ ޤަވާޢިދުގެ
5.1.2 ގައި ބަޔާންކޮށްފައިވާއިރު، 2010 ޖެނުއަރީ 13 ވަނަ ދުވަހުގެ ރޭގެ 9:00 ގައި ބޭއްވުނު
އައި.ޑީ.ޕީ.ގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމަށް، އެމަޖިލީހުގެ ކޯރަމް ހަމަނުވާތީ، އެބައްދަލުވުމާއި
އެބައްދަލުވުމުގައި ނިންމާފައިވާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އެރޭގެ 9:30 ގައި ބޭއްވުނު ބައްދަލުވުމާއި
2010 ޖެނުއަރީ 15 ދުވަހުގެ ރޭގެ 9:00 ގައި ބޭއްވުނު އައި.ޑީ.ޕީ.ގެ ޤައުމީ ކުއްލި ބައްދަލުވުމަކީ އެޕާޓީގެ
އަސާސީ ޤަވާޢިދާ ޚިލާފަށް ބާއްވާފައިވާ ބައްދަލުވުންތަކެއްކަމަށް މިގެ ޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
14
2{011/HC-SP{{31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހ2 0
2
ޙުކުމް
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވި ދިޔަ ގޮތުގެ މަތިން ހުރުމާއެކު،
އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އުވާލާފައިވާ އުވާލުން ޤާނޫނީ ގޮތުން ފުރިހަމަވެއްޖެކަމަށް ކަނޑައަޅާނެ
ތަނެއްނެތްކަމަށާއި، އަދި ސިޔާސީ ޕާޓީގެ ދަފްތަރުން އެޕާޓީ އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
އަންގާނެ ތަނެއްނެތްކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv