ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/316 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/316
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
s
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 316/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
i
* ނަން: ޢަލީ
އެޑްރެސް: ހ. އާޝިޔާނާ / ކ. މާލެ
މިހާރުގެ އެޑްރެސް: މ. ވެލިގާ / ކ.މާލެ
އައިޑީ ކާޑު ނަންބަރު: A065018
4
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަޙްމަދު ނަސީމް
އައިޑީ ކާޑު ނަންބަރު: A065552
ދާއިމީ އެޑްރެސް: ސްވީޓްހާޓް ! ރ. އިންނަމާދޫ
މިހާރުގެ އެޑްރެސް: ސްވީޓްހާޓް | ރ. އިންނަމާދޫ
ރަޖިސްޓްރީ ތާރީޚް: 04 މުޙައްރަމް 1434
18 ނޮވެމްބަރ 2012
ނިމުނު ތާރީޚް: 18 ޝަޢުބާން 1434
ޖޫން 2013
27
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާ
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅި ތާރީޚް: 29.11.2010
= ނިމުނު ތާރީޚް: 26.06.2012
އައީކޯޓް
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ | ހ. އާޝިޔާނާ ޢަލީ މޫސާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލާގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ރ. އިންނަމާދޫ | ސްވީޓްހާޓް އަޙްމަދު ނަސީމް އެވެ.
ކުރެވުނު
:
46
#
FP
477 42
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާގައި،
އިންނަމާދޫ | ސްވީޓްހާޓް އަޙްމަދު ނަސީމް ލަކުޑިން ބަނދެފައިވާ 83 ފޫޓުގެ ސަޕްލައި ދޯންޏެއް
-/2,150,000ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަށް
އާޝިޔާނާ ޢަލީ
މޫސާއަށް ވިއްކުމަށްޓަކައި އަޙްމަދު ނަސީމް އާއި ޢަލީ މޫސާއާ ދެމެދު 24 މާރޗް 2008 ގައި ވެފައިވާ
އެއްބަސްވުމާއި އެއްގޮތަށް ދޯނީގެ އަގު ދެއްކުމަށްޓަކައި، އަޙްމަދު ނަސީމްއަށް ޢަލީ މޫސާ ދޫކޮށްފައިވާ 05
ޗެކުގެ ތެރެއިން 04 ޗެކަށް ލިބެންޖެހޭ 1,999,999
/
99ރ. (އެއްމިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް
ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި) އަޙްމަދު ނަސީމްއަށް ލިބިފައި ނުވާތީ އެފައިސާ ޢަލީ
މޫސާގެ އަތުން ހޯދުމަށާއި، އެފައިސާ 24 މާރޗް 2008 އިން ފެށިގެން 01 އަހަރާއި 04 މަސްދުވަސް
ތެރޭގައި އަދާކޮށް ނިންމަން އެއްބަސްވެފައިވާއިރު، އެފައިސާ ނުލިބި ލަސްވުމުގެ ސަބަބުން ލިބުނު
ބަދަލާއި، ވަކީލުގެ ފީ ޢަލީ މޫސާގެ އަތުން ހޯދުމަށް ޢަލީ މޫސާގެ މައްޗަށް އަޙްމަދު ނަސީމް ދަޢުވާކުރުމުން
ބެއްލެވި މައްސަލައެއްކަމާއި،
އެޤަޟިއްޔާ ނިންމަވާފައިވަނީ "..ދެންފަހެ، ރ. އިންނަމާދޫ ސްވީޓްހާޓް އަޙްމަދު ނަސީމް
(އައި.ޑީ ކާޑު ނަމްބަރު A065552) ލަކުޑިން ބަނދެފައިވާ 83 ފޫޓުގެ ސަޕްލައި ދޯންޏެއް -/
2,150,000ރ.
(ދެމިލިއަން އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އަށް ހ. އާޝިޔާނާ | މާލެ ޢަލީ މޫސާ (އައި.ޑީ ކާޑު ނަމްބަރު
A065018) އަށް ވިއްކުމަށްޓަކައި އަޙްމަދު ނަސީމްއާއި ޢަލީ މޫސާއާއި ދެމެދު 24 މާރޗް 2008 ގައި
ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ދޯނީގެ އަގުދެއްކުމަށްޓަކައި، އަޙްމަދު ނަސީމްއަށް ޢަލީ މޫސާ ދޫކޮށްފައިވާ
05 ޗެކުގެ ތެރެއިން 04 ޗެކަށް ލިބެންޖެހޭ 1,999,999
/
99ރ. (އެއްމިލިއަން ނުވަލައްކަ ނުފައިންޖީނުތަކާއި
کروز کی
44 04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި) އަޙްމަދު ނަސީމާއަށް ލިބިފައި ނުވާތީ އެފައިސާއާއި،
އެފައިސާ ނުލިބިގެން ކޯޓަށް އަންނަން ޖެހުމުން ވަކީލުގެ ފީއަށް ދޭންޖެހުނު ފައިސާ ޢަލީ މޫސާގެ އަތުން ހޯދުމަށް
ޢަލީ މޫސާގެ މައްޗަށް އަޙްމަދު ނަސީމް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ދަޢުވާގައި ބުނެފައިވާ ދޯނި ދަޢުވާގައި ބުނެފައިވާ އަގަށް އަޙްމަދު ނަސީމްގެ އަތުން ގަތުމަށް
އެއްބަސްވެ ދޯނީގެ އަގުގެ ބައެއް ދައްކާފައިވާކަމަށާއި، އަގުގެ ބާކީ ބައި ނުދައްކައިވަނީ ދޯނި ބޭނުން ކުރަން
ފެށުމުން ދޯންޏަކީ ބާލަކުޑިން ބަނދެފައިވާ ދޯންޏެއްކަން އެގުމުން، ދެފަރާތް ދެމެދުގައި އެކަމާއި މެދު ވާހަކަދެކެވި
ދޯނީގެ އަގުގެ ތެރެއިން ބާކީ ނުދައްކާހުރި ފައިސާ ދައްކަން ނުޖެހޭ ކަމަށް ދެފަރާތްދެމެދުގައި އަނގަބަހުން
އެއްބަސްވެފައިވާތީ ކަމަށް ޢަލީ މޫސާގެ ފަރާތުން ބުނެފައިވާއިރު،
ދޯނީގެ އަގުގެ ތެރެއިން ބާކީ ނުދެއްކި ހުރި ފައިސާ ދޭންނުޖެހޭ ކަމަށް އެއްބަސްވެފައި ނުވާނެ
ކަމަށާއި، ދޯނި ވިއްކުމަށް އެއްބަސްވިއިރު އެ ދޯންޏަކީ ބަނދެ ނިމިފައިވާ ދޯންޏެއް ކަމަށާއި، އެކަން
އެއްބަސްވުމުންވެސް އެގެން އެބައޮތްކަމަށާއި،
ރާއި، ދޯނި ގަތުމަށް ޢަލީ މޫސާ އެއްބަސްވެފައިވަނީ ދޯނި ރަނގަޅަށް
ބެލުމަށް ފަހުގައި ކަމަށާއި، ޢަލީ މޫސާ ދޯންޏާއި ޙަވާލުވެފައިވަނީ މީގެ 03 އަހަރު ކުރިން ކަމަށާއި، ޢަލީ މޫސާ
މިހާރުވެސް ދޯނިން ނަފާހޯދަމުން ދާކަމަށް އަޙްމަދު ނަސީމްގެ ފަރާތުން ބުނެފައިވުމާއި،
ދޯނީގެ އަގުގެ ގޮތުގައި ބާކީ ނުދައްކާ ހުރި ފައިސާ ދައްކަން ނުޖެހޭކަމަށް ދެފަރާތުން
އެއްބަސްވެފައިވާ ކަމަށް ޢަލީ މޫސާގެ ފަރާތުން ބުނިނަމަވެސް އެކަން ސާބިތުކޮށްދެވިފައި ނުވާތީ، ދޯނީގެ އަގުގެ
ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ ފައިސާގެ ތެރެއިން އަޙްމަދު ނަސީމް އަށް ލިބިފައިނުވާ ފައިސާކަމަށް
ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮތް 1,999,999199ރ. (އެއްމިލިއަން ނުވަލައްކަ
ނުވަދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ : ނުވަދިހަ ނުވަލާރި) އާއި، ވަކީލުފީގެ ގޮތުގައި ދޭންޖެހޭ
-/1,800ރ. (އެއްހާސް އަށްސަތޭކަ ރުފިޔާ) އެކު ޖުމްލަ 2,001,799
/
99ރ. (ދެމިލިއަން އެއްހާސް
ހަތްސަތޭކަ ނުވަދިހަ ނުވަރުފިޔާ | ނުވަދިހަ ނުވަލާރި) އަކީ އަޙްމަދު ނަސީމްއަށް ޢަލީ މޫސާ ދޭންޖެހޭ ފައިސާ
ކަމަށް ކަނޑައަޅައި، މިފައިސާ އަޙްމަދު ނަސީމްއަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 12 (ބާރަ)
މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައި
މިދަރަނި ޚަލާޞްކުރުމަށް ޢަލީ މޫސާއަށް އަންގައި.." ޙުކުމް ކުރައްވާފައިވާކަން އެގެއެއްގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2{012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
•
2) ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލެ / މ. އާޝިޔާނާ ޢަލީ މޫސާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ލަކުޑިން ބަނދެފައިވާ 83 ފޫޓުގެ ސަޕްލައި ދޯންޏެއް ގަތުމަށް
އަޙްމަދު ނަސީމް އާއި ޢަލީ މޫސާއާ ދެމެދު ކުރެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދެވަނަ ޕޭމަންޓެއްގެ
ގޮތުގައި -/300,000ރ. (ތިންލައްކަ ރުފިޔާ) ލިބޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް ޕލކ ނަންބަރު
7704101514001 އެކައުންޓުގެ ނަންބަރު 001754 ޗެކުން ދޫކޮށްފައިވާ ފައިސާ ނުލިބިގެން އެޗެކް
ބައުންސްވެގެން އެޗެކް ޢަލީ މޫސާއަށް ރިޓާންވެފައި ނުވާތީ، އެޗެކުގައިވާ ފައިސާ އަޙްމަދު ނަސީމްގެ
އެކައުންޓަށް ލިބިފައިވާކަން ބަލަންޖެހޭ ކަމާއި، ނަމަވެސް އެކަމުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ނުކުރައްވައި
ނުވަތަ އެކަމާ ގުޅިގެން ޝަރީޢަތުގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުނުކުރައްވައި މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، އަޙްމަދު ނަސީމް ދަޢުވާކުރާ ފައިސާގެ އަދަދު، 1,999,999
/
99ރ.
(އެއްމިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި) އާމެދު ޢަލީ
މޫސާ އިންކާރުކޮށްފައި ނުވާކަމަށް ފާހަގަކުރެއްވި ނުކުތާތަކުގެ 3 ވަނަ ނަންބަރުގައި ޝަރީޢަތުން ވިދާޅުވެ،
އެނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި އެފައިސާއަކީ ޢަލީ މޫސާ ދޭންޖެހޭ ފައިސާއެއްކަމަށް ޙުކުމް
ކުރެއްވިއިރު، އެފައިސާއަކީ ދޭންނުޖެހޭ ފައިސާއެއްކަމަށް ބުނެ މައްސަލައިގެ އަޞްލަށް ޢަލީ މޫސާ
އިންކާރުކޮށްފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، މައްސަލާގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ދީފައި ނުވުމާއި،
މައްސަލައިގެ ހިމެނޭ ކަންކަން ޝަރީޢަތުގެ ފަރާތުން ބައްލަވަންވާ ވަރަށް ނުބައްލަވައި މައްސަލަ ނިންމަވާފައި
އޮތުމުން، މިމައްސަލައިގައި ޢަދުލު އިންޞާފު ޤާއިމުކުރެވިފައިވާކަމަށް ބެލެވެން ނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
<< O
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
202
(ހ) ފުރަތަމަ ކަމަކީ، 24 މާރޗް 2008 ގައި އިންނަމާދޫ | ސްވީޓްހާޓް އަޙްމަދު ނަސީމް
ލަކުޑިން ބަނދެފައިވާ 83 ފޫޓުގެ ސަޕްލައި ދޯނި ގަތުމާބެހޭ އެއްބަސްވުމެއްގައި އަޙްމަދު ނަސީމް އާއި، އެދޯނި
ގަތް ފަރާތްކަމުގައިވާ ކ. މާލެ { ހ. އާޝިޔާނާ ޢަލީ މޫސާ ސޮއިކޮށްފައިވާކަން އެނގޭކަމާއި، އެދޯނި ވިއްކާ
އަގުކަމުގައި ދެފަރާތުންވެސް އެއްބަސްވެފައިވަނީ -/2,150,000ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް
ރުފިޔާ) ކަން އެނގޭކަމާއި، އަދި އިސްވެ ފާހަގަކުރެވުނު އެއްބަސްވުމުގައި ދޯނި ގަތުމަށް ހުށަހެޅޭ އަގު
އަދާކުރުމަށް ދެފަރާތު ދެމެދު ވަކިގޮތަކަށް އެއްބަސްވެފައިވާކަން އެނގޭކަމާއި، އެގޮތުން، ދޯންޏަށް ދައްކަންޖެހޭ
ފައިސާ ފަސް ޕޭމަންޓަކަށް ބަހާލާފައިވާކަމާއި،
އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ދޯނީގެ ޖުމްލަ އަގުން -/
100,000ރ. (އެއްލައްކަ ރުފިޔާ)
24 މާރޗް 2008 ގައި ޢަލީ މޫސާ ދައްކާފައިވާކަމަށާއި، އެދޯނި އަޙްމަދު ނަސީމް، ޢަލީ މޫސާއާ ޙަވާލުކުރީ
19 އޯގަސްޓް 2008 ގައި ކަމަށާއި، އަދި އެތާރީޚުގައި ދެން ބާކީ ދައްކަން އޮތް ހަތަރު ޕޭމަންޓަށްވާ އަދަދުގެ
4 ޗެކެއް ޢަލީ މޫސާ އަޙްމަދު ނަސީމްއާ ޙަވާލުކުރިކަމަށް އަޙްމަދު ނަސީމް ސޮއިކޮށްފައިވާ ލިޔުމެއް ދަށު ކޯޓުގެ
ޝަރީޢަތަށް ހުށަހެޅުނުކަން ފާހަގަކުރެވޭކަމާއި، އަދި އެލިޔުމަކީ ސައްޙަ ލިޔުމެއްކަމަށް މިމައްސަލައިގެ
ދެޚަޞްމުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމާއި،
މާރޗް 2008 ގައި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގައި ވިއްކާލުމަށް
އިޝާރާތްކުރެވިފައިވާ ދޯނިކަމަށް ބުނެފައިވަނީ އަޙްމަދު ނަސީމް ލަކުޑިން ބަނދެފައިހުރި 83 ފޫޓުގެ ސަޕްލައި
އުފުލާ އުޅަނދެއްކަމަށް ބަޔާންކުރެވިފައި އޮތުމުން، މިއެއްބަސްވުމުގައި އިޝާރާތްކުރެވިފައިވާ ދޯންޏަކީ ބަނދެ
ނިމިފައިހުރި ދޯންޏެއްކަން އެނގެން އޮންނަކަމެވެ.
24
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި މިމައްސަލައާ ގުޅިގެން ދެފަރާތުން ދަށު ކޯޓުގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު،
ޢަލީ މޫސާ އާއި އަޙްމަދު ނަސީމްއާ ދެމެދު 83 ފޫޓުގެ ސަޕްލައި ދޯންޏެއް ގަތުމާބެހޭ އެއްބަސްވުމެއްގައި
ދެފަރާތުންވެސް ސޮއިކުރިކަމަށް ދެފަރާތުންވެސް އެއްބަސްވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2{012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޢަލީ މޫސާގެ ފަރާތުން އަޙްމަދު ނަސީމްއަށް ދޯނީގެ އަގުން ބައެއް ދެއްކުމަށްފަހު، ދެފަރާތު
ދެމެދު އެއްބަސްވެވުނު ގޮތަށް އަނެއްބައި ނުދައްކާ އޮތް ސަބަބަކީ އެދޯނި ބޭނުންކުރަން ފެށުމުން އެދޯންޏަކީ
ލަކުޑިން ބަނދެފައިވާ ދޯންޏެއްކަމަށް އެނގުމުން، ޢަލީ މޫސާ އާއި އަޙްމަދު ނަސީމްއާ ދެމެދު އެކަމާ ބެހޭ ގޮތުން
ވާހަކަދެކެވި އެދޯނީގެ ނުދައްކާހުރި ފައިސާގެ ތެރެއިން ބާކީ ނުދައްކާހުރި ފައިސާ ދައްކަންނުޖެހޭކަމަށް ދެފަރާތު
ދެމެދުގައި އަނގަބަހުން އެއްބަސްވެވުނުކަމަށް ޢަލީ މޫސާގެ ފަރާތުން ސިވިލް ކޯޓުގައި ބުނެފައިވާކަން
އެނގޭކަމާއި، އަދި މިކަން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
އެހެންނަމަވެސް، އިސްވެ ބުނެވުނު ގޮތަށް ދެފަރާތުން އަނގަބަހުން އެއްބަސްވިކަން ޢަލީ
މޫސާއަށް ސިވިލް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާކަން މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާކަމާއި، ޢަލީ މޫސާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1559 ޤަޟިއްޔާގެ
ޝަރީޢަތަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު، ވިޔަފާރިއާބެހޭ ބަޔަށް ހުށަހަޅާ ދަޢުވާއާއި މައްސަލައިގެ ޖަވާބު
ހުށަހަޅާ ފޯމުގެ 9 ވަނަ ނަންބަރުގައި އެފޯމުގައި ދައްކާފައިހުރި ވާހަކަތަކާ ގުޅޭގޮތުން އަޙްމަދު ނަސީމްގެ
ފަރާތުން ދައްކާ ވާހަކަތަކާ ގުޅިގެން ހެކިން ހުށަހަޅަންޖެހޭ ހިސާބަށް ދެވުމުން އެފުރުޞަތަށް އެދޭކަމަށާއި، އަދި
އެވޯމުގެ 10 ވަނަ ނަންބަރުގައި ދަޢުވާއިން ބަރީޢަވުމަށްޓަކައި ޙާޟިރުކުރަން އެދޭ މީސްމީހުންގެ ނަމާއި
އެޑްރެސް ބަޔާންކުރާ ބައިގައި، ހުށަހަޅަން ޖެހިއްޖެނަމަ، އެކަމަށް ފަހުން ފުރުޞަތު ދެއްވުމަށް އެދިފައިވާކަން
އެނގޭކަމާއި،
ފަހުން، ޢަލީ މޫސާގެ ފަރާތުން އެކިދުވަސް މަތިން ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1559 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ އެއްވެސް ބަޔާނެއްގައި ވަކި ހެއްކެއް
ޙާޟިރުކޮށްދިނުމަށް އެދިފައިނުވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެއްވުނު ނުކުތާތަކުގެ (ނ) ގައި "..ޢާންމު އުޞޫލެއްގެ
ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، މި މާނާގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި،
އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ޘާބިތުކުރުމަކީ އެފަރާތުގެ
މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު"
(plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްއެއް" ކުރާ
ކަނޑައަޅުއްވާފައިވާކަމާއި،
42
<< O
44
ހިރާއްޖޭނަ
ހާއި9
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/316
ޢަލީ މޫސާގެ ދިފާޢީ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ ޢަލީ މޫސާ ކަމުގައި ވީހިނދު،
އެދަޢުވާ ސާބިތުކުރުމަށް ހެކިން ޙާޟިރުކުރަން އެދޭނެ ފަރާތަކީ ޢަލީ މޫސާކަމާއި، މައްސަލައިގެ
އަޑުއެހުންތަކުގައި ވަކި ފަރާތެއް ޙާޟިރުކޮށްދެއްވުމަށް ޢަލީ މޫސާގެ ފަރާތުން އެދިފައިވާކަން އެނގެން
ނެތްކަމާއި، އަދި އެފުރުޞަތަކީ ޢަލީ މޫސާއަށް ލިބިދެވިފައިނުވާ ފުރުޞަތެއްކަން ބެލެވެން ނެތްކަމާއި،
އަޙްމަދު ނަސީމްގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީ
ހުށަހަޅާފައިވާކަމާއި، އަދި އެއެއްބަސްވުމުގައި، ދެފަރާތު ދެމެދު އެއްބަސްވެވުނީ އައު ދޯންޏެއް ބަންނަން ނޫންކަން
އެނގޭކަމާއި، އެހެންނަމަވެސް، އަޙްމަދު ނަސީމް، ޢަލީ މޫސާއަށް ވިއްކާފައިވަނީ ބަނދެ ނިމިފައިހުރި
ދޯންޏެއްކަން އެއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާގެ މައްސަލަ ނިންމަވާފައިވަނީ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅިގެން ހުށަހެޅުނު ލިޔެކިއުންތަކުގައިވާ ގޮތުގެ މައްޗަށް
ކުރައްވައިގެންކަން އެނގެން އޮތުމުން، ޢަލީ މޫސާގެ ފަރާތުން މިމައްސަލަ އިސްތިއުނާފު ކުރަމުން ހުށަހެޅި
ދެވަނަ ނުކުތާ އާއި ތިންވަނަ ނުކުތާއަށް ބިނާކޮށް މިމައްސަލަ ނިންމަވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ
އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމެވެ.
04 04
ބިނާކުރައް
OX
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ނަސީމް އާއި ޢަލީ މޫސާއާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ
ގޮތުގެ މަތިން ދެވަނަ ޕޭމަންޓެއްގެ ގޮތުގައި -/
300,000ރ. (ތިންލައްކަ ރުފިޔާ) ލިބޭ ގޮތަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ ގެ ނަންބަރު 7704101514001 އެކައުންޓުގެ ނަންބަރު 001754 ޗެކުން ދޫކޮށްފައިވާ
ފައިސާ ނުލިބިގެން އެޗެކް ބައުންސްވެގެން އެޗެކް ޢަލީ މޫސާއަށް ރިޓާންވެފައި ނުވާތީ، އެޗެކުގައިވާ ފައިސާ
އަޙްމަދު ނަސީމްގެ އެކައުންޓަށް ލިބިފައިވާކަން ބަލަންޖެހޭކަމަށާއި، ނަމަވެސް އެކަމުގެ މައްޗަށް ޝަރީޢަތުން
ރިޢާޔަތް ނުކުރައްވައި ނުވަތަ އެކަމާ ގުޅިގެން ޝަރީޢަތުގެ ފަރާތުން ސާފުކުރަންޖެހޭ ކަންކަން ސާފުނުކުރައްވަ
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ނަޒަރުކުރިއިރު،
ޢަލީ މޫސާގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1559 ޤަޟިއްޔާގެ
ޝަރީޢަތުގައި ޢަލީ މޫސާ އެހާތަނަށް އަޙްމަދު ނަސީމްއަށް ދެއްކި ފައިސާގެ އަދަދާތީރިންގެ ވަޞީލު
ދީފައިނުވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012/HC-A/316
22 ތ ދ ތ 2
ހިންނަމަވެސް، ޢަލީ މޫސާ ހުށަހެޅި އެނުކުތާއާ ގުޅިގެން އަޙްމަދު ނަސީމްގެ ފަރާތުން ބޭންކް
އޮފް މޯލްޑިވްސް ޕލކ ގެ ނަންބަރު 7704101514001 އެކައުންޓުގެ ނަންބަރު 001754 ޗެކުން ލިބެން
އޮތް -/300,000ރ. (ތިންލައްކަ ރުފިޔާ) ޢަހްމަދު ނަސީމްއަށް ލިބިފައިވާކަމަށް އަޙްމަދު ނަސީމްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ބަޔާންކުރެވުނު
ފައިސާގެ އިތުރުން އެޑްވާންސްގެ ގޮތުގައި ޢަލީ މޫސާ އަޙްމަދު ނަސީމްއަށް ދެއްކި -/
100,000ރ. (އެއްލައްކަ
ރުފިޔާ) ލިބުނުކަމަށާއި، އަދި ތިންވަނަ ޕޭމަންޓުގެ ގޮތުގައި ދައްކަން އޮތް 583,333
/
33ރ. (ފަސްލައްކަ
އައްޑިހަ ތިންހާސް ތިންސަތޭކަ ތެއްތިރީސް ރުފިޔާ ތެއްތިރީސް ލާރި) ގެ ތެރެއިން -/
50,000ރ.
(ފަންސާސްހާސް ރުފިޔާ) އަޙްމަދު ނަސީމްއަށް ޢަލީ މޫސާގެ ފަރާތުން ލިބުނުކަމަށާއި، އެހެންކަމުން، އެދޯންޏަށް
ދައްކަންޖެހޭ ޖުމްލަ އަދަދުގެ ތެރެއިން -/
450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ލިބިފައިވާކަމަށް
އަޙްމަދު ނަސީމްގެ ފަރާތުން 24 ފެބްރުއަރީ 2013 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެދޯންޏަށް ބާކީ ލިބެންޖެހޭ އެއްވެސް ފައިސާއެއް
ލިބިފައިނުވާކަމަށް ބުނެފައި އޮތުމުން،
ދޯނީގެ ޖުމްލަ އަގުކަމުގައިވާ -/
2,150,000ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް ރުފިޔާ)
އިން އަޙްމަދު ނަސީމްއަށް ލިބިފައިވަނީ -/
450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ) ކަމުގައިވާތީ،
ޢަލީ މޫސާ އަޙްމަދު ނަސީމްއަށް ބާކީ ދައްކަންޖެހޭ އަދަދަކީ -/
1,700,000ރ. (އެއްމިލިއަން ހަތްލައްކަ ރުފިޔާ)
ކަމާއި، އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1559 ޤަޟިއްޔާގެ ޙުކުމުގައި ދޯނީގެ ޖުމްލަ
އަޅުކަމުގައިވާ -/
2,150,000ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް ރުފިޔާ) ގެ ތެރެއިން އަޙްމަދު
ނަސީމްއަށް ލިބިފައިނުވާ ފައިސާކަމަށް ކަނޑައަޅުއްވާފައިވާ 1,999,999
:
99ރ. (އެއްމިލިއަން ނުވަލައްކަ
ނުވަދިހަ ނުހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ ނުވަލާރި)، މިއަދަދަށް، ބަދަލު ގެންނަންޖެހޭކަން
ފާހަގަކުރެވޭކަމެވެ.
24 2 2 2
ހުރުމާއެކު
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން
ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް
ސިވިލް ކޯޓުގެ ނަންބަރު
މިމައްސަލަ
1559/Cv-C/2010
وسرے
ނިޑިޔާރުންނަށްވެސް ފެނުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
2012/HC-A/316
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކ. މާލެ |
އާޝިޔާނާ ޢަލީ މޫސާ (އައި.ޑީ ކާޑު ނަންބަރު A065018) ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1559 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގެ
ޙުކުމުގައި ދޯނީގެ އަގުގެ ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ ފައިސާގެ ތެރެއިން ރ. އިންނަމާދޫ ސްވީޓްހާޓް
އަޙްމަދު ނަސީމް (އައި.ޑީ ކާޑު ނަމްބަރު A065552) އަށް ލިބިފައިނުވާ ފައިސާގެ އަދަދަކީ
1,999,999
/
99ރ. (އެއްމިލިއަން ނުވަލައްކަ ނުވަދިހަ ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަރުފިޔާ ނުވަދިހަ
ނުވަލާރި) ކަމަށް ކަނޑައަޅުއްވާފައިވާ ބައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލުކޮށް، 24 މާރޗް 2008 ގައި ލަކުޑިން ބަނދެފައިވާ 83 ފޫޓުގެ ސަޕްލައި ދޯނި
-/
2,150,000ރ. (ދެމިލިއަން އެއްލައްކަ ފަންސާސްހާސް ރުފިޔާ) އަށް ޢަލީ މޫސާއަށް ވިއްކާލުމަށްޓަކައި
އަޙްމަދު ނަސީމް އާއި ޢަލީ މޫސާއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން، ޢަލީ މޫސާ އަޙްމަދު ނަސީމްއަށް
އެދޯނި ގަތުމަށް ދައްކަންޖެހޭ ޖުމްލަ އަގުގެ ތެރެއިން -/
450,000ރ. (ހަތަރުލައްކަ ފަންސާސްހާސް ރުފިޔާ)
ދައްކާފައިވާކަމަށް، ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިހުރި ވާހަކަތަކުން
ސާބިތުވާތީ، ދެފަރާތު ދެމެދު އެއްބަސްވެވިފައިވާ ގޮތަށް އެދޯނީގެ އަގު ދައްކާ ޚަލާޞްކުރުމަށްޓަކައި ޢަލީ މޫސާ
އަޙްމަދު ނަސީމްއަށް ބާކީ ދައްކަންޖެހޭ އަދަދަކީ -/
1,700,000ރ. (އެއްމިލިއަން ހަތްލައްކަ ރުފިޔާ) ކަމަށް
ކަނޑައަޅައި، މިފައިސާ އަޙްމަދު ނަސީމްއަށް ލިބިދިނުމަށްޓަކައި މިއަދުން (27 ޖޫން 2013 އިން) ފެށިގެން
10 (ދިހައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ސިވިލް
ކޯޓަށް ދައްކައި، މިދަރަނި ޚަލާޞްކުރުމަށް ޢަލީ މޫސާއަށް އަންގައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv