ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/07 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/07
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 07/HC-A/2010
އިސްތިއުނާފުކުރި ފަރާތް:
ނަން: މާޖިދާ އާދަމް
އައިޑީ ކާޑު ނަންބަރު: A057307
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5709
މީރާގެ އެޑްރެސް: މ.ޒިލިއަން/މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
**
މިހާރުގެ އެޑްރެސް: -
ކާޑުނަންބަރު:.
ރަޖިސްޓްރީ ތާރީޚް: 15 މުޙައްރަމް 1430
12 ޖެނުއަރީ 2009
ނިމުނު ތާރީޚް: 09 ރަޖަބު 1433
30 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974
ނިންމެވި ފަރާތް: ޖިނާއީ ކޯޓު
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިއްކުމުގައި ބައިވެރިވުން.
ހުށަހެޅި ތާރީޚް: 25.06.2007
ނިމުނު ތާރީޚް: 18.11.2007
*
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2010/HC-A/
ދަޢުވާގެ ޚުލާޞާގެ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 5709/މާލެ މާޖިދާ އާދަމްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
0
(1
ފާހަގަކުރެވުނު ނުކުތާތައް:
އިސްތިއުނާފު ކުރެވޭ ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގައި
މ.ޒިލިއަން!މާލެ މާޖިދާ އާދަމް، މީނާގެ ދަރިއެއްކަމަށްވާ އަޙްމަދު އިޙްސާން، ގްރޭޑް 9 ގައި އުޅުނު އިރުން
ފެށިގެން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އެނގިހުރެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި،
އެތައް ފަހަރެއްގެ މަތިން އަޙްމަދު އިޙްސާންއަށް މަސްތުވާތަކެތި ގަތުމަށް ފައިސާ ދީހަދާފައިވާތީއާއި، މިގޮތުން
ފުރަތަމަ ފަހަރު -/5000ރ. (ފަސްހާސް ރުފިޔާ) ދީ، އަޙްމަދު އިޙްސާންގެ މި ވިޔަފާރި ހިންގުމުގައި މީނާ
ބައިވެރިވެފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) ގެ
ދަށުން، މާޖިދާ އާދަމްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށުގެ
ދަޢުވާ ދަޢުލަތުން ކޮށްފައިވާތީ، ޖިނާއީ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "..ކ.މާލެ/ޖިލިއަން މާޖިދާ އާދަމްގެ މައްޗަށް
ދައުލަތުން މިކުރެއްވި މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ނެތުވާއެއްޗެއް ވިއްކުމުގައި ބައިވެރިވުމުގެ ކުށުގެ މިދަޢުވާގައި
ވާފަދައިން، މީނާގެ ދަރިއެއްކަމަށްވާ އަޙްމަދު އިޙްސާން ގްރޭޑް 9 ގައި އުޅުނުއިރުން ފެށިގެން މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން މީނާއަށް އެނގިހުރެ، މަސްތުވާތަކެތި ގަތުމަށްޓަކައި އެތައްފަހަރެއްގެ މަތިން
އަޙްމަދު އިޙްސާނަށް ފައިސާ ދީފައިވާކަމާއި، މިގޮތުން ފުރަތަމަ ފަހަރު 5000.00 (ފަސްހާސް) ރުފިޔާ ދީ،
އަޙްމަދު އިޙްސާން މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އެހީތެރިވެފައިވާކަން މީނާ ތަޙްޤީޤުގައި ވެފައިވާ
އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، މާޖިދާ އާދަމް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިއްކުމުގައި
ބައިވެރިވުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 17/77
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2010/HC-A/07
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން މާޖިދާ އާދަމް
ޢުމުރަށް ޖަލަށްލުމަށް" ޙުކުމްކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
(2
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާ، އެކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ދަފްތަރު ނަންބަރު 5709/މާލެ މާޖިދާ އާދަމްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
0
4ދހ8
مسرور
ފުރަތަމަ ނުކުތާއަކީ، އަޙްމަދު އިޙްސާން މަސްތުވާތަކެތީގެ ވިޔަފާރި ކުރިކަން
މާޖިދާ އާދަމްއަށް
ދައުވާގައި ބުނެފައިވާ ބުނުމާއި، މިވިޔަފާރި ކުރުމުގައި
ބައިވެރިވެފައިވާކަމަށް ދަޢުވާގައި ބުނާ ބުނުމާއިމެދު މާޖިދާ އާދަމްގެ ބަޔާނެއް ޝަރީޢަތުގެ މަޖިލިހުން
ނުނަންގަވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤުގެ މައްޗަށް މައްސަލަ ނިންމަވާފައިވާއިރު ކުށް
ސާބިތުވާކަމުގައި ޝަރީޢަތުން ކަނޑައަޅުއްވާފައިވަނީ ކުށް ޝަރީޢަތަށް ސާބިތު ނުކުރައްވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، މާޖިދާ އާދަމްއަކީ ނަފްސާނީ ބައްޔަށް ބޭސްކުރަމުންދާ
މީހަކަށް ވުމާއެކުވެސް އެކަމަށް ނުބައްލަވާ ޢުޤޫބާތް ދެއްވައި، ޢުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެއްވިގޮތް
ރަގަޅުކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ، މާޖިދާ އާދަމްގެ ދަރިފުޅު އަޙްމަދު އިޙްސާން އެދިގެން
ފައިސާ ދިނުން އެއީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވުންކަމުގައި ކަނޑައަޅުއްވާފައިވާގޮތް
ރަގަޅުކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/
(3
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި މަދަނީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މާޖިދާ އާދަމްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގެ މައްސަލަ ޖިނާއީ ކޯޓަށް ހުށަހެޅުނު ތާރީޚަކީ 25
ޖޫން 2007 ގައިކަން އެނގޭކަމާއި، އެ މައްސަލައިގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ 18
ނޮވެމްބަރ 2007 ގައިކަން އެނގޭކަމާއި، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް
ހުށަހެޅީ 3 ޖެނުއަރީ 2009 ގައި ކަމާއި، އަދި މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރެވޭނެ މުއްދަތު ފަހަނައަޅައި ދިޔަފަހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނީ ދިވެހިރާއްޖޭގެ
ހައިކޯޓުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް މާޖީދާ އާދަމްއަށް ހުއްދަ ދީގެންކަމާއި،
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނުއިރު 7 އޯގަސްޓް 2008 ގައި
ތަސްދީޤުކުރި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެ
ޤާނޫނުއަސާސީގެ 70 ވަނަ މާއްދާގައި އެ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު،
ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް އުވިގެން ދިޔަކަމުގައި ވިޔަސް، އެ
ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ކަނޑައެޅިފައިނުވާހާ ހިނދަކު، އެ ޤާނޫނުއަސާސީއަށް އަމަލުކުރަން
ފެށުމުގެ ކުރިން، އެ ޤާނޫނުގެ ދަށުން ލިބިފައިވާ ހައްޤެއް ނުވަތަ ފުރިހަމަ ކުރަންޖެހޭ ޒިންމާއެއް ނުވަތަ
ދީފައިވާ އަދަބެއް ބާޠިލެއް ނުވާނެކަމަށް ބަޔާންކުރެވިފައި އޮންނަކަމާއި، އަދި މި މައްސަލަ ޖިނާއީ
ކޯޓުން ބަލައިގަނެ ހިންގީ ބުނެވުނު ޤާނޫނުއަސާސީއަށް ޢަމަލު ކުރަން ފެށުމުގެ ކުރިންކަމަށްވާތީ، މި
މައްސަލައިގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކަށް ޖަވާބުދިނުމުގައި ބަލަންޖެހޭނީ ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/974 ޤަޟިއްޔާގެ މައްސަލަ އެ ކޯޓުން ނިންމެވި ދުވަހުގެ ތާރީޚުގެ ނިޔަލަށް ޢަމަލުކުރެވެމުން
ދިޔަ ޤާނޫނުތަކާ ގަވާއިދުތަކަށް ކަމަށް މިމައްސަލަބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
ރެވޭކަމެވެ.
އެ
,eހއ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2010/HC-A/07
(ށ) ދެވަނަ ކަމަކީ، މާޖިދާ އާދަމްގެ ބަޔާނެއް ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/974 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުން ނުނަންގަވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
މައްޗަށް މައްސަލަ ނިންމަވާފައިވާއިރު ކުށް ސާބިތުވާކަމުގައި ޝަރީޢަތުން
ކަނޑައަޅުއްވާފައިވަނީ ކުށް ޝަރީޢަތަށް ސާބިތު ނުކުރައްވާކަމަށް މާޖިދާ އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާއާ ގުޅިގެން،
26 އޭޕްރީލް 2007 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މާޖިދާ
އާދަމްގެ ބަޔާނެއް ނަގާފައިވާކަން އެނގޭކަމާއި، އަދި އެ ބަޔާނުގައި މާޖިދާ އާދަމްގެ ދަރިއެއްކަމަށްވާ
އަޙްމަދު އިޙްސާން، ގްރޭޑް 9 ގައި އުޅުނު އިރުން ފެށިގެން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރާކަން އެނގިހުރެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި، އެތައް ފަހަރެއްގެ މަތިން އަޙްމަދު
އިޙްސާންއަށް މަސްތުވާތަކެތި ގަތުމަށް ފައިސާ ދީފައިވާކަމާއި އަދި
އެގޮތުން އެ ވިޔަފާރީގައި
ބައިވެރިވެފައިވާކަން އިސްވެ އިޝާރާތްކުރެވުނު ބަޔާނަށް ބެލުމުން އެނގެންއޮންނަކަމާއި،
26 އޭޕްރީލް 2007 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތައްޔާރުކުރި
ބަޔާނުގައި މާޖިދާ އާދަމް ސޮއި ނުކުރާކަން އެނގޭކަމާއި، އަދި މާޖިދާ އާދަމް އެ ބަޔާނުގައި ސޮއި ނުކުރި
ސަބަބަކީ އެ ބަޔާން އޮތީ މާޖިދާ އާދަމް ކިޔައިދިން ގޮތަށް ނޫންކަމަށް މާޖިދާ އާދަމް ބުނެފައިވާކަމަށާއި،
އެހެންކަމުން، ތަޙުޤީޤު އިންޓަވިޔުގެ އޯޑިއޯއާއި ވީޑިއޯގެ ރިކޯރޑިންގ މާޖިދާ އާދަމްއަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން އިއްވުމުންވެސް މާޖިދާ އާދަމް އެ ބަޔާނުގައި ސޮއި ކުރުމަށް އިންކާރުކުރީ
ޗީފް އިންސްޕެކްޓަރ ޢަލީ ރަޝީދުއާއި ސަރޖެންޓް މުޙައްމަދު ރިޔާޒްގެ ޙާޟިރުގައިކަމަށްބުނެ އެދެ
ތުންވެސް އެ ބަޔާނުގައި ސޮއިކޮށްފައިވާކަމާއި، އަދި މާޖިދާ އާދަމްގެ މައްސަލަ ތަޙުޤީޤުކުރީ
ސަބްއިންސްޕެކްޓަރ އިސްމާޢީލް ނަވީން އާއި ސަބްއިންސްޕެކްޓަރ ޙަސަން ޙަބީބުކަން
އެނގެންއޮންނަކަމާއި، އަދި ސަބްއިންސްޕެކްޓަރ އިސްމާޢީލް ނަވީން އާއި ސަބްއިންސްޕެކްޓަރ ޙަސަން
ޙަބީބު އާއި ޗީފް އިންސްޕެކްޓަރ ޢަލީ ރަޝީދުއާއި ސަރޖެންޓް މުޙައްމަދު ރިޔާޒްއާ މި ހަތަރު ފުލުހުންގެ
ހެކިބަސް ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
ނަގާފައިވާކަމާއި، 26 އޭޕްރީލް 2007 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގާފައިވާ ބަޔާނަކީ
މާޖިދާ އާދަމް ދީފައިވާ ބަޔާނެއްކަމަށާއި، މި ބަޔާނުގައިވާ ވާހަކަތަކަކީ މާޖިދާ އާދަމް ކިޔާދިން ގޮތަށް
ފަރާތުންވެސް
ދިޗެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2010/HC-A/07
ލިޔެ ތައްޔާރުކޮށްފައިވާ ބަޔާނެއްކަމަށާއި، މި ބަޔާނަށް އެއްވެސް އުނިއިތުރެއް ގެނެސްފައިނުވާނެކަމަށް އެ
ހަތަރު ފުލުހުންވެސް ހެކިބަސްދީފައިވާކަމާއި،
ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހާ ތަހުޤީޤު ބަޔާނުން
ރުޖޫޢަވާ ޙާލަތްތަކުގައި، އޭނާ ތަހުޤީޤުގައި ދިން ބަޔާނަކީ އޭނާއަށް އެއްވެސް މަޖުބޫރުކަމެއްނެތި އޭނާ
ދިން ބަޔާނެއްކަމަށް ތަހުޤީޤުކުރާ ފަރާތްތަކުން ހެކިބަސްދީފައިވާއިރު، އަދި ތުހުމަތު ކުރެވޭ މީހާއަށް އޭނާ
ތަހުޤީޤުގައި އިޢުތިރާފު ނަފީކުރެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް ޝަރީޢަތަށް ހުށަހަޅާފައި ނުވާ
ޙާލަތްތަކުގައި، ތުހުމަތުކުރެވޭ މީހާ ތަހުޤީޤަށް ދީފައިވާ ބަޔާނަށް ރިޢާޔަތް ކުރުމަށްފަހު އޭނާގެ މައްޗަށް
ކުށް ސާބިތުވާކަމަށް، މީގެ ކުރިންވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 271/HC
-
A/2008
ޤަޟިއްޔާފަދަ 7 އޯގަސްޓް 2008 ގައި ތަސްދީޤުކުރި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމުގެ ކުރިން
ހިނގި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާކަން އެނގެންއޮތުމުން،
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގައި މާޖިދާ އާދަމް
ތަހުޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެވޭފަދަ އެއްވެސް ހެއްކެއް މާޖިދާ އާދަމްގެ ފަރާތުން
ހުށަހެޅިފައިނުވުމުން، އިސްވެ ބުނެވުނު ޤަޟިއްޔާގައި، މާޖިދާ އާދަމްގެ މައްޗަށް ދަޢުވާކުރި ކުށް މާޖިދާ
އާދަމްގެ ތަހުޤީޤު ބަޔާނަށް ބިނާކުރައްވާ އޭނާގެ މައްޗަށް އެކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް
މިމައްސަލަބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
4
2 ހ ޑ ވ
ނބނއި
ޑ 8 އ ދ
ނަމަށް
129ކވި
ރަގަޅުކަމަކީ
ތިންވަނަ ކަމަކީ، މާޖިދާ އާދަމްއަކީ ނަފްސާނީ ބައްޔަށް ބޭސްކުރަމުންދާ މީހަކަށް
އެކުވެސް އެކަމަށް ނުބައްލަވާ ޢުޤޫބާތް ދެއްވައި، ޢުމުރަށް ޖަލަށްލުމަށް ޙުކުމް ކުރެއްވިގޮތް
ނުދެކޭކަމަށް މާޖިދާ އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް،
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
މާޖިދާ އާދަމްއަކީ ނަފްސާނީ ބަލި ހުންނަ މީހެއްކަމަށް ބުނެފައިވާކަން އެނގެން ނޯންނަކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި މާޖިދާ އާދަމްގެ ފަރާތުން އޭނާއަކީ ނަފްސާނީ ބަލި
ހުންނަ މީހެއްކަން އެނގޭ ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅަން އެދިފައިވާކަމާއި، އެހެންނަމަވެސް، އެ ލިޔުމަކީ
coco OX
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2010/HC-A/07
974/JC/2007
ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުނު
ލިޔުމެއްނޫންކަމަށާއި އަދި އެ ލިޔުމަކީ އިސްވެ ބުނެވުނު ޤަޟިއްޔާގެ މައްސަލަ ނިމުނު ތާރީޚުގެ ފަހުން
ހޯދި ލިޔުމެއްކަމަށް މާޖިދާ އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައި
އޮތުމުން، މާޖިދާ އާދަމްގެ މިހާރުހުރި ނަފްސާނީ ޙާލަތަކީ ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅަންވީ ޤާނޫނީ ނުވަތަ ޝަރުޢީ ސަބަބެއް
ޖާދޫ ޏ އ ސ ޑ
ނޫންކަމެވެ.
5 5 5 6
(ރ) ހަތަރުވަނަ ކަމަކީ، މާޖިދާ އާދަމްގެ ދަރިފުޅު އަޙްމަދު އިޙްސާން އެދިގެން މާޖިދާ
އާދަމް ފައިސާ ދިނުން އެއީ މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިވުންކަމުގައި ކަނޑައަޅުއްވާފައިވާގޮތް
ރަނގަޅުކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން،
ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ
(ހ) ގައި މަނާކުރެވިފައިވާ އެއްވެސް މަސްތުވާ އެއްޗެއް ދިވެހިރާއްޖޭގައި ހެއްދުމާއި، އުފެއްދުމާއި،
ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭއިން ބޭރުކުރުމާއި، ވިއްކުމާއި، ގަތުމާއި، ދިނުމާއި،
ވިޔަފާރީގެ ބޭނުމަށް ގެންގުޅުމާއި، އަތުގައި ބެހެއްޓުމާއި، އަދި މިއިންކަމެއް ކުރަން އުޅުމާއި، މިއިން
ކަމެއްކުރުމުގައި ބައިވެރިވުމަކީ ކުށެއްކަމަށް ބަޔާންކުރެވިފައި އޮންނަކަމާއި،
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާގައި މާޖިދާ އާދަމް
ތަހުޤީޤުގައި ވެފައިވާ އިޢުތިރާފުން ރުޖޫޢަވެވޭފަދަ
އެއްވެސް
ހެއްކެއް މާޖިދާ އާދަމްއަށް
ދެއްކިފައިނުވުމުން، ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިވަނީ އެ ބަޔާނަށްކަން އެނގެން އޮންނަކަމާއި، އަދި
އެ ބަޔާނުގައި މާޖިދާ އާދަމްގެ ދަރިފުޅު އަޙްމަދު އިޙްސާން މަސްތުވާ ތަކެތީގެ ވިޔަފާރިކުރާކަން މާޖިދާ
އާދަމްއަށް އެނގޭކަމަށް ބުނެފައިވާކަމާއި، އަދި ބައެއް ފަހަރު މަސްތުވާތަކެތި އަޙްމަދު އިޙްސާން
ވިއްކައިގެން ފައިދާ ހޯދައިގެން، އެ ފައިސާއިން އަލުން މަސްތުވާތަކެތި ގަންނަކަމަށާއި، އަދި އަލުން
މަސްތުވާތަކެތި ގަނެވޭވަރަށް ފައިސާ ނުލިބޭ ފަހަރު މާޖިދާ އާދަމް ފައިސާ ދިނުމުން އަޙްމަދު އިހްސާން
މަސްތުވާތަކެތި ގަންނަކަމަށާއި، އަދި ބައެއް ފަހަރު މީހުން މާޖިދާ އާދަމްގެ ގެއަށް އައިސް އަޙްމަދު
އިޙްސާނު ގާތުގައި ޑްރަގް ހޯދަންވެގެން ޒުވާބުކުރަން ފެށުމުން، ބައެއް ފަހަރު އަޙްމަދު އިޙްސާން ގާތުގައި
OCCO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/07
އެމީހަކަށް ޑްރަގް ދެވެން އޮތިއްޔާ ދިނުމަށް މާޖިދާ އާދަމް ބުނެފައި ހުންނާނެ ކަމަށް މާޖިދާ އާދަމްގެ
ތަހުޤީޤު ބަޔާނަށް ބެލުމުން އެނގެން އޮތުމުން،
މާޖިދާ އާދަމް އަޙްމަދު އިހްސާނުއަށް ފައިސާދެނީ މަސްތުވާތަކެތި ގަންނަންކަމަށް
މާޖިދާ އާދަމްގެ އިޢުތިރާފުން އެނގެން އޮންނަކަމާއި، މިހެންކަމުން ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/974 ޤަޟިއްޔާގައި ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ހ) އާ ޙަވާލާ ދެއްވާ އެ މާއްދާގެ (ރ) ގެ ދަށުން މާޖިދާ އާދަމްއަށް އަދަބު
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫ
މައްސަލަބެލުމުގައި
ބައިވެރިވި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
370 އޗ
ކަ
ހ4 404
އެއްގޮތަށް ކަމަށް
އައްލޭ
ދި8 8
7
6
3
2
ބަޔާންކުރެވުން
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ޖިނާއީ ކޯޓުގެ
ނަންބަރު 2007/JC/974 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދަފްތަރު ނަންބަރު 5709/މާލެ މާޖިދާ
އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޖިނާއީ ކޯޓުގެ އިސްވެ
ޤަޟިއްޔާއަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ފެންނާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/974 ޤަޟިއްޔާއަށް ތާއީދުކޮށް، މި މައްސަލަބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
cc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv