ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/67 ޤަޟިއްޔާގެ ޙުކުމް
1
2{011/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރު:67/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: އިސްމާޢީލް ޢަބްދުއްޞަމަދު(އިސްމާޢީލް ރިޝާ) ، ދާއިމީ އެޑްރެސް: ރަންވެލި
ޅ.ނައިފަރު
އައިޑީކާޑު ނަންބަރު:A059220
، މިހާރުގެ އެޑްރެސް: ރަންވެލި / ޅ.
ނައިފަރd
ބަދަލުގައި: އަލްއުސްތާޛު ޢަބްދުﷲ ޝިޔާޒު (A077969)، ހުޅުމާލެ ފްލެޓް 06-1-3، މާލެ
• އިސްތިއުނާފް ރައްދުވާފަރާތް
އެޓާރނީ ޖެނެރަލްގެ އޮފީސް
*
OLC
ހުށަހެޅުނު ތާރީޚް: 05 އޭޕްރީލް 2011
* ނިމުނު ތާރީޚް: 29 ނޮވެމްބަރ 2011
OU OO
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ.
ނަންބަރު:B15C2010/04
* ނިންމެވި ކޯޓް: ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓް
* ނިންމެވި ތާރީޚް: 18 ފެބުރުއަރީ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢައްބާސް ޝަރީފް
އައިކޯޓް
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2011}HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B15C/04
ޤަޟިއްޔާ އެކޯޓުން ބައްލަވައި، ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހދ. ވައިކަރަދޫ އިރުމަތީގޭ އިސްމާޢީލް ޢަބްދުއްޞަމަދު (އިސްމާޢީލް
ރިޝާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި، ދައުވާރައްދުވާ ފަރާތަކީ، އެޓާރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01 - ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B15C/04
ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހދ. ވައިކަރަދޫ އިރުމަތީގޭ އިސްމާޢީލް ޢަބްދުއްޞަމަދު (އިސްމާޢީލް ރިޝާ
ޅ. ނައިފަރު ރަންވެލި) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
- 02
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު
2010/B15C/04 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހދ. އަތޮޅު
މަދަރުސާގައި ކޮމްޕިއުޓަރ ލެބެއް ގާއިމް ކުރުމުގެ މަސައްކަތަށް ފައިސާ ހޯދުމުގެ ބޭނުމުގައި ހދ. ވައިކަރަދޫ
އިރުމަތީގޭ އިސްމާޢީލު ޢަބްދުއްޞަމަދަށް ވިއްކި 8 (އަށެއް) ބޯޅަކިންކުރި ގަހުގެ އަގަށްވާ 27,500.00ރ
(ހަތާވީސްހާސް ފައްސަތޭކަ ރުފިޔާ) ދައްކާފައިނުވާތީ އެފައިސާ ހޯދުމަށް ދައުލަތުގެ ފަރާތުން ދަޢުވާ ކުރުމުން
ބެލެވުނު ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދަޢުވާގައި ބަޔާންކޮށްފައިވާ
27,500.00ރ (ހަތާވީސްހާސް ފައްސަތޭކަ ރުފިޔާ) އަކީ އިސްމާޢީލް ޢަބްދުއްޞަމަދު ހދ. އަތޮޅު
މަދަރުސާއަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި، އެފައިސާ 2011
ފެބްރުއަރީ 10 ވަނަ ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، ތިލަދުންމަތި ދެކުނުބުރީ
މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް އިސްމާޢީލް ޢަބްދުއްޞަމަދު (ޅ. ނައިފަރު ރަންވެލި، އިސްމާޢީލް ރިޝާ) އަށް
އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތަށް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަ އޮންނަކަމެވެ.
ޑިރިއްޖޭގެ އިސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
222) 07227
3
2011/HC-A/
03
ދ0 0
0
42
ދިވެހިރާ182 ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03 - އިސްވެދެންނެވުނު ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ހދ. ވައިކަރަދޫ އިރުމަތީގޭ އިސްމާޢީލް ޢަބްދުއްޞަމަދުގެ ފަރާތުން 5 (ފަހެއް)
ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި ނުކުތާތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
(ހ) ފުރަތަމަ ނުކުތާއަކީ: ދަށު ކޯޓުގެ ޤަޟިއްޔާ ބެއްލެވި މެޖިސްޓްރޭޓް ދައުލަތުގެ ފަރާތުން
ރިޝާ" ކަމަށް ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވެ، ވަކިފަރާތަކަށް ބުރަވެ މައްސަލަ ކުރިއަށް ގެންދެވުމާއި
ހަމަހަމަ ފުރުޞަތު ލިބިފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ދަޢުވާކުރެވިފައިވާ ވިޔަފާރި ހިނގައި ގޮސްފައިވަނީ ޤާނޫނީ
ޝަޚް ޞަކާ ދެމެދުގައިކަމަށް ވާއިރު އެކަން ސާބިތުކޮށް ދިނުމުގެ ފުރުޞަތު ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި
(ނ) ތިންވަނަ ނުކުތާއަކީ: ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާގެ ބިލުގައިވާ ތާރީޚާއި އެބިލު
ތައްޔާރުކުރެވުނު ކަމަށް ހެކިބަސްދީފައިވާ ފަރާތްތަކުން ބުނެފައިވާ ތާރީޚް ދިމާނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތަރުވަނަ ނުކުތާއަކީ: ޕްރިންސިޕަލް އެޖެންޓުގެ އުސޫލުން ބަލާއިރު، އިސްމާޢީލް ރިޝާ
ބޭނުންކޮށްފައިވަނީ ޕްރިންސިޕަލް އިސްމާޢީލް ރިޝާއަށް ދީފައިވާ ބާރަށްވުރެ އިތުރަށްކަމަށް
ކަނޑައަޅުއްވާފައިވުމަކީ ޙަޤީޤަތަކަށް ނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: މިވިޔަފާރީގެ މުއާމަލާތް ކުރެވުނީ ރީތިރަށް ރިޒޯޓާ މެދުގައިކަން
ދަންނަ އެކަމަށް ހެކިބަސްދޭނެ އެތައް ބައެއް ތިބިއިރު، ހެކީން ހުށަހެޅުމުގެ ފުރުޞަތު ނުދެއްވައި މައްސަލަ
ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
04 - މިމައްސަލާގައި ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/B15C/04 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، މިމައްސަލައާ ގުޅިގެން
ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2011}HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ) ފުރަތަމަ ކަމަކީ: ހދ. އަތޮޅު މަދަރުސާގައި ކޮމްޕިއުޓަރ ލެބެއް ގާއިމުކުރުމުގެ
މަސައްކަތަށް ފައިސާ ހޯދުމުގެ ގޮތުން ހދ. އަތޮޅު މަދަރުސާއިން 8 (އަށެއް) ބޯޅަކިންކުރި ގަސް
27,500.00ރ (ހަތާވީހާސް ފަސްސަތޭކަ ރުފިޔާ) އަށް ވިއްކާފައިވާކަމާއި، އެގަސްތައް ގަތީ
ހދ. ވައިކަރަދޫ އިރުމަތީގޭ އިސްމާޢީލް ޢަބްދުއްޞަމަދުކަމަށް ދަޢުލަތުގެ ފަރާތުން ބުނާއިރު، އެގަސްތައް ގަތީ
ރީތިރަށް ރިޒޯޓުން ކަމަށާއި، އެގަސްތައް ގަތުމުގައި އިސްމާޢީލް ޢަބްދުއްޞަމަދު ހަރަކާތްތެރިވީ މެދުވެރިއެއްގެ
ގޮތުންކަމަށް އިސްމާޢީލް ޢަބްދުއްޞަމަދުގެ ފަރާތުން ބުނެފައިވީނަމަވެސް، އެގަސްތައް ގަތުމުގައި ހދ. އަތޮޅު
މަދަރުސާއާ އިސްމާޢީލް ޢަބްދުއްޞަމަދު މުއާމަލާތްކޮށްފައިވަނީ ރީތިރަށް ރިޒޯޓުގެ މެދުވެރިއެއްގެ ގޮތުގައިކަން
އެނގެންނެތްކަމާއި، އަދި ހދ. އަތޮޅު މަދަރުސާއިން އެގަސްތައް ވިއްކުމުގައި ރީތިރަށް ރިޒޯޓާ އެއްވެސް
ގޮތަކަށް މުއާމަލާތްކޮށްފައިވާކަން އެނގެންނެތް ކަމެވެ.
(ނ) ދެވަނަ ކަމަކީ: ހދ. އަތޮޅު މަދަރުސާއިން ވިއްކި 8 (އަށެއް) ބޯޅަކިންކުރި ގަހަށް ހދ.
އަތޮޅު މަދަރުސާއިން ދެބިލެއް ތައްޔާރުކޮށްފައިވާއިރު، ފުރަތަމަ ބިލަކީ 18 ފެބުރުއަރީ 2005 ގައި
ތައްޔާރުކޮށްފައި އޮންނަ، ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ހދ. އަތޮޅު މަދަރުސާ | ހދ.
ވައިކަރަދޫ) ގެ ނަންބަރު 2005/01 ގެ ފައިސާގެ ބިލްކަމާއި، އެބިމުގައި ސޮއިކޮށްފައިވަނީ ހެޑްމާސްޓަރ އަދި
ޕީ.ޓީ.އޭ.ގެ ރައީސް އިބްރާހީމް މޫސާކަމާއި، އެބިމުގައިވާ ފައިސާގެ ޖުމްލައަކީ 500.00, 27ރ (ހަތާވީސްހާސް
ފައްސަތޭކަ ރުފިޔާ) ކަމާއި، އެބިލުގައި ފަރާތްކަމަށް "ރީތިރަށް ރިޒޯޓު" މިހެން ލިޔެފައި އޮންނަކަމާއި އަދި
އެބިލު ހަވާލުވާ ފަރާތަކަށް އިސްމާޢީލް ޢަބްދުއްޞަމަދުގެ ނަން ލިޔެފައި އޮންނަކަމާއި، އަދި ދެވަނަ ބިލަކީ 06
ޖޫން 2007 ގައި ތައްޔާރުކޮށްފައި އޮންނަ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ހދ. އަތޮޅު މަދަރުސާ
! ހދ. ވައިކަރަދޫ) ގެ ނަންބަރު 2007/01 ގެ ފައިސާގެ ބިލްކަމާއި، އެބިމުގައި ސޮއިކޮށްފައިވަނީ އެކްޓިންގ
ހެޑްމާސްޓަރ އަދި ޕީ.ޓީ.އޭ.ގެ ރައީސް އިސްމާޢީލް ރަޝީދުކަމާއި އެބިމުގައިވާ ފައިސާގެ ޖުމްލަ އަދަދަކީ
500.00،27ރ (ހަތާވީސްހާސް ފައްސަތޭކަ ރުފިޔާ) ކަމާއި، އެބިލު ލިބެންވީ ފަރާތަކަށް އިސްމާޢީލް
ޢަބްދުއްޞަމަދު ރެޑިއަމްގެ | ޅ. ނައިފަރު، މިހެން ލިޔެފައި އޮންނަކަމެވެ.
ތ ތިންވަނަ ކަމަކީ، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު
2010/B15C/04 ޤަޟިއްޔާ ބެއްލެވި މެޖިސްޓްރޭޓް ދައުލަތުގެ ފަރާތުން ދަޢުވާ ހުށަހެޅުއްވުމާއެކުއްޖޭ20
އަޅުގަނޑުވެސް ދެނެހުރިކަމަކަށްވާތީ މިފައިސާ ދައްކަންޖެހޭނީ އިސްމާޢީލް ރިޝާ" ކަމަށް
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2011/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20
2c 0 /
މަޖިލީހުގައި ވިދާޅުވެ، ވަކިފަރާތަކަށް ބުރަވެ މައްސަލަ ކުރިއަށް ގެންދެވުމާއި ހަމަހަމަ ފުރުޞަތު
ލިބިފައިނުވާކަމަށްބުނެ އިސްމާޢީލް ޢަބްދުއްޞަމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ނުކުތާއަށް
ބަލާއިރު، ފަނޑިޔާރުން މައްސަލަތައް ބައްލަވައި ޙުކުމް ކުރަންވާނީ ވަކިފަރާތަކަށްނުޖެހި ޢަދުލުވެރިކަމާއެކުގައި
ކަމަށްވާއިރު، ފަނޑިޔާރަކު ބައްލަވަމުން ގެންދަވާ މައްސަލައެއްގެ ޝަރީޢަތް އަޑު އެހުން ނިންމައި ޙުކުމް
ކުރިން އެމައްސަލައިގައި ފަނޑިޔާރުގެ ރަޢުޔުހުރިގޮތް ހާމަ ކުރެއްވުމަކީ ފަނޑިޔާރުން މައްސަލަ
ބެއްލެވުމުގައި ޢަމަލުކުރަމުން އަންނަ އުސޫލުތަކާއި ޚިލާފުކަމެއްކަމާއި، އަދި އެފަދަކަންކަމަކީ ފަނޑިޔާރުގެ
މިނިވަންކަމާއި އިންޞާފުވެރިކަމާ މެދު ތުހުމަތު އުފެދުމުގެ ފުރުސަތު ލިބިދޭ ކަމެއްކަމަށްވާތީ އެފަދަ ކަންކަމުން
ދުރުހެލިވާންޖެހޭކަމާއި،
223 0 2 3
/024 ل
ރ"
މިމައްސަލާގައި އިސްމާޢީލް ޢަބްދުއްޞަމަދު ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް
ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި މައްސަލައާ ގުޅިގެން ދައްކަން ބޭނުންވާ ވާހަކަ އިސްމާޢީލް
ޢަބްދުއްޞަމަދުގެ ފަރާތުން ދައްކާފައިވާ ކަމާއި، އަދި މައްސަލާގައި ހެކި ހުށަހެޅުމުގެ ފުރުސަތަކަށް
އެދިފައިވާކަން އެނގެންނެތްކަމާއި، ހދ. އަތޮޅު މަދަރުސާއިން 8 (އަށެއް) ބޯޅަކިންކުރި ގަސް ވިއްކުމުގައި
އެންމެ ފުރަތަމަ ތައްޔާރުކުރެވުނު ބިލު ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިނުވާކަމަށް އިސްމާޢީލް
ޢަބްދުއްޞަމަދުގެ ފަރާތުން ބުނެފައިވާތީ އެބިލް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެބިލުގައި ސޮއިކޮށްފައިވާ
ފަރާތްކަމުގައިވާ މީދޫ، ޝާހިލް ! ޖަންބުމާގޭ އިބްރާހީމް މޫސާ (އައިޑެންޓިޓީ ކާޑު ނަންބަރު A023920)
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެ، ދީފައިވާ ހެކިބަހަށް ބަލާއިރު، އިބްރާހީމް މޫސާ،
ހދ. އަތޮޅު މަދަރުސާއާ ހަވާލުވުމުގެ ކުރިން ގަސްވިއްކުމާއި ގަސްވިއްކުމުގެ ހުއްދަ މިނިސްޓްރީ އޮފް
އެޑިއުކޭޝަނުން ހޯދާފައިވާކަމަށާއި، އެގަސްތައް ނެގުމަށްއައީ އިބްރާހީމް މޫސާ އެމަދަރުސާއާ ހަވާލުވެ
އެޓާކަމަށާއި، އެގަސްތައް ނެގުމާބެހޭ ގޮތުން އޭނާ ވާހަކަ ދެއްކީ އިސްމާޢީލް ޢަބްދުއްޞަމަދު ކަމަށާއި،
މިގޮތުން ވާހަކަ ދެއްކުމުގެ ތެރޭގައި އެގަސްތައް ނެގޭނީ އަގު ދައްކާފައިކަމަށް ބުނުމުން އެކަމަށް އިސްމާޢީލް
ޢަބްދުއްޞަމަދު އިންކާރުކުރިކަމަށާއި، އަދި އެގަސްތައް ނަގައިގެން ގެންދިޔައިރު ގަސްތަކުގެ އަގަށް ހެދިފައިވާ
ބިލާ ހަވާލުނުވެ ދިއުމުގެ ސަބަބުން ބިލް ހަވާލުކުރަން ވަރަށް ބޮޑަށް މަސައްކަތްކުރުމުންވެސް ބިލާ ހަވާލުނުވެ
ދިޔައީ ކަމަށާއި، އަދި އެގަސްތައް ވިއްކުމުގައި ރީތިރަށާއި އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައިނުވާނެކަމަށާއި
އެގަސްތައް ގެންދިޔަ މީހުންނަކީ ރީތިރަށުގެ މީހުންކަން އެނގޭގެ
އެނގޭނޭ އެއްވެސްކަހަލަ ލިޔެކިޔުމެއްވެސް ހުށަހަޅާފައި
ނުވާކަމަށް އިބްރާހީމް މޫސާ ބުނެފައި އޮންނަކަމެވެ.
02
2 ދ ތދު
ހއޓ
ދިވެހިރާއްޖޭގެ ވި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/
02& 0 0
(ދ) ހަތަރުވަނަ ކަމަކީ މިމައްސަލައިގައި ހެކިބަސްދީފައިވާ މީހުންގެ ތެރެއިން،
ހދ. ވައިކަރަދޫ ވެނީލާގޭ ޙުސައިން މުޙައްމަދާއި އެރަށު ޖަނބުރޯލުގަސްދޮށުގޭ ނާޝިދު ޢަލީއާއި ދޫހިމެރިގޭ
ރާމިޒް ހދ. ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، ހދ. އަތޮޅު މަދަރުސާއިން 8
(އަށެއް) ބޯޅަކިންކުރި ގަސް ގަތުމުގެ މުއާމަލާތަކީ ހދ. އަތޮޅު މަދަރުސާއާއި އިސްމާޢީލް ޢަބް
ޢަބްދުއްސަމަދާ
ދެމެދު ކުރެވިފައިވާ މުއާމަލާތެއްކަމާއި، އެކަން އެމީހުންނަށް އެނގެނީ އެމުއާމަލާތް ކުރެވުނު އިރު އެކަމުގައި
އެމީހުން އުޅެފައިވާތީކަމަށް ބުނެފައި އޮންނަކަމާއި އަދި ހދ. ވައިކަރަދޫ ޖިޒީ ޢަބްދުﷲ ޒިޔާދު ދީފައިވާ
ބަލާއިރު، އޭނާ ހދ. އަތޮޅު މަދަރުސާގެ ޕީ.ޓީ.އޭ.ގެ ހަޒާންދާރަކަށް ހުރި ދުވަސްވަރު، އެ 3
(އަށެއް) ގަހުގެ ބިލަށްވާ ފައިސާގެ ތެރެއިން 2,500.00ރ (ދެހާސް ފައްސަތޭކަ ރުފިޔާ) އުނިކުރަނިކޮށް
އެފައިސާ ލިބޭ ގޮތަށް ހުރިކަމަށް ހދ. ވައިކަރަދޫ މަންފާ މުޙައްމަދު ޢަބްދުއްޞަމަދު އޭނާ ގާތުގައި
ބުނެފައިވާކަމަށް ޢަބްދުﷲ ޒިޔާދު ބުނެފައި އޮންނަކަމާއި، މުޙައްމަދު ޢަބްދުއްޞަމަދަކީ އިސްމާޢީލް
ޢަބްދުއްޞަމަދުގެ ބޭބެކަމާއި އެބިލު ފޮނުވުމުގައި އިސްމާޢީލް ޢަބްދުއްޞަމަދުގެ ފަރާތުން އުޅޭނީ އޭނާގެ
މުޙައްމަދު ޢަބްދުއްޞަމަދުކަމަށް އިސްމާޢީލް ޢަބްދުއްޞަމަދު ބުނެފައިވާކަން އޭނާގެ ބަޔާނަށް ބެލުމުން އެނގެން
44
08
x 0ދ ވ 42
އެތިންކަމެވެ.
8
(.) ފަސްވަނަ ކަމަކީ: ހދ. އަތޮޅު މަދަރުސާއިން ވިއްކި 8 (އަށެއް) ބޯޅަ ކިންކުރި ގަހަކީ
ރީތިރަށް ރިޒޯޓަށް ވިއްކި ގަސްތަކެއްކަމަށާއި އެގަސްތައް ރީތިރަށް ރިޒޯޓަށް ގަތުމުގައި އިސްމާޢީލް
ޢަބްދުއްޞަމަދު،
އަތޮޅު މަދަރުސާއާ ވާހަކަ ދެއްކީ އެރިޒޯޓުގެ ފަރާތުންކަމަށް އިސްމާޢީމް
ޢަބްދުއްޞަމަދުގެ ފަރާތުން ބުނެފައިވާ ނުކުތާއަށް ބަލާއިރު، ހދ. އަތޮޅު މަދަރުސާއިން 8 (އަށެއް)
ބޯޅަކިންކުރި ގަސް ގަތުމުގެ މުއާމަލާތް އެމަދަރުސާއާ ކޮށްފައިވަނީ އިސްމާޢީލް ޢަބްދުއްޞަމަދު ކަމާއި،
އެގަސްތަކުގެ ތެރެއިން ގަންނަންވީ ގަސްތަކާއި އެގަސްތަކުގެ އަގު ކަނޑައަޅަންވީ ގޮތް ބަޔާންކޮށްފައިވަނީވެސް
އިސްމާޢީލް ޢަބްދުއްޞަމަދުކަން މިމައްސަލައިގެ ލިޔުންތަކުން އެނގެން އޮވެފައި، އެގަސްތައް ގަތުމުގައި
ރީތިރަށް ރިޒޯޓާ އެމަދަރުސާއާ ދެމެދު އެއްވެސް ގޮތަކަށް މުއާމަލާތްކޮށްފައިވާކަން އެނގެން ނޯންނާތީއާއި،
ރީތިރަށް ރިޒޯޓަށް ގަސްތައް ގަތްކަމަށް އިސްމާޢީލް ޢަބްދުއްޞަމަދު ބުނާ ދުވަސްވަރަކީ އެރިޒޯޓު ހަދަމުން
ދިޔަދުވަސްވަރެއްކަމާއި، އެގަސްތައް ގަތުމުގައި އިސްމާޢީލް ޢަބްދުއްޞަމަދު ހަރަކާތްތެރިވީ ރީތިރަށް ރިޒޯޓުގެ
ކުންފަރާތުން (އިންވެސްޓްކުރާ ފަރާތް ނުވަތަ ރީތިރަށް ރިޒޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ ފަރާތުން)
ކަން ޝަރީޢަތަށް ސާބިތުކޮށް ދެވޭފަދަ ހެއްކެއް އަދި ޤަރީނާއެއްވިޔަސް އިސްމާޢީލް ޢަބްދުއްޞަމަދުގެ ފަރާތުން
ހުށަހެޅިފައިނުވާތީ، ޕްރިންސިޕަލް އޭޖެންޓް އުޞޫލުތަކުގެ މަތިން އެގަސްތަކުގެ އަގު ހދ. އަތޮޅު މަދަރު
ދައްކަންޖެހޭ ފަރާތަކީ އިސްމާޢީލް ޢަބްދުއްޞަމަދު ކަމަށް ބަލަންޖެހޭކަމެވެ.
4 20 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
7
2{11/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22 ދ 0
0x ދ
އެއީ އެއަމަލުކ
(ޅ) ހަވަނަ ކަމަކީ: ހދ. އަތޮޅު މަދަރުސާއިން 8 (އަށެއް) ބޯޅަކިންކިރިގަސް ގަތުމުގެ
މުއާމަލާތުގައި އިސްމާޢީލް ޢަބްދުއްޞަމަދު ހަރަކާތްތެރިވީ، ރީތިރަށް ރިޒޯޓުގެ ފަރާތުންކަމަށް އިސްމާޢީލް
ޢަބްދުއްޞަމަދު ބުނާއިރު، އިސްމާޢީލް ޢަބްދުއްޞަމަދަށް އެކަން ސާބިތުކޮށް ދެވިފައިނުވާތީއާއި، ހދ. އަތޮޅު
މަދަރުސާ ހިތްކޮށްފައިވަނީ އިސްމާޢީލް ޢަބްދުއްސަމަދު ކަމަށްވެފައި، މިމުއާމަލާތުގައި ރީތިރަށް ރިޒޯޓު
ހިމެނޭކަން އެފަރާތުގެ ބަހުން އެނގެން ނޯންނާތީ، ޕްރިންސިޕަލް އެޖެންޓް އުޞޫލަށް ރިއާޔަތްކޮށް، އޭޖެންޓް
ތިންވަނަ ފަރާތަކަށް ޒިންމާ އުފުލަންޖެހޭ ހާލަތުގައި އެޒިންމާ އަދާކުރުމަށްފަހު، ޕްރިންސިޕަލްގެ އަތުން
އެފައިސާ ހޯދުމުގެ ޙައްޤު އޭޖެންޓަށް ލިބިގެންވާތީ، އިސްމާޢީލް ޢަބްދުއްޞަމަދުގެ ބެލުމުގެ ދަށުގައި ރީތިރަށް
ރިޒޯޓަށް ގެންދިޔު 8 (އަށެއް، ބޯޅަކިންކުރި ގަހުގެ ފައިސާ އިސްމާޢީލް ޢަބްދުއްޞަމަދަށް ނުލިބިވާނަމަ،
އެފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު އިސްމާޢީލް ޢަބްދުއްޞަމަދަށް ލިބިގެންވާކަމަށް ޤަބޫލުކުރެވޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ތިލަދުންމަތީ
ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B15C/04 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރި ދިވެހިރާއްޖޭގެ ހައިކޯޓުގެ
އެއްވެސް ފަނޑިޔާރަކަށް ނުފެނުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
ޢައްބާސް ޝަރީފް
ފަނޑިޔާރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv