ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/184 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
.ޤަޟިއްޔާ ނަންބަރ: 184/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުއްރަޙްމާން ޙަސަން
އައި. ކާޑު ނަންބަރ: A058814
ah
ދާއިމީ އެޑްރެސް:
ހއ
ތަކަންދޫ ނަރުގިސްމާގެ
މިހާރުގެ އެޑްރެސް:ހއ. ތަކަންދޫ ނަރުގިސްމާގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަކީލު، ޑެޕިއުޓީ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ އުސާމާ މޫސާ
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާގެ ފަރާތުން ކައުންސިލަރ ޒާހިޔާ ޢަލީ، އެރޯމާ
9202
ހުށަހެޅުނު ތާރީޚް: 16 އޮގަސްޓް 2010
ނިމުނު ތާރީޚް: 24 ނޮވެމްބަރު 2011
• މައްސަލައިގެ ބާވަތް: ބަދަލުދިނުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޔޫސުފް ޙުސައިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2
2010/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
8
4
2 ހދ (ހތ 4
نے کم تر حرب حر
ދަޢުވާގެ ޚުލާޞާ
ހއ. ތަކަންދޫކޯޓުގެ ނަންބަރު 2010/A13
-
C/03 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްވުނެ ހއ. ތަކަންދޫ ނަރުގިސްމާގެ އެމާން ޙަސަން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ
އޮފީސް) އެވެ.
0
02
02
2
0
ހުރި
ފާހަގަކުރެވުނު ނުކުތާތައް:
1- ހއ. ތަކަންދޫކޯޓްގެ ނަންބަރު 2010/A13
-
C/03 ޤަޟިއްޔާއަކީ، ތަކަންދޫ ޕްރީސްކޫލް
އެޅުމަށް ހަމަޖެހިފައިވާ ގޯތީގައި ހުރި ހއ. ތަކަންދޫ ނަރުގިސްމާގެ ޢަބްދުއްރަޙްމާން ޙަސަންގެ ބަނބުކެޔޮ
ގަހަށް ޤާނޫނު ނަންބަރު 4768 (ޢާންމު ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާގެ ދަށުން ބަދަލުދީ އެބަނބުކެޔޮ
ގަސް ކަނޑާލުމަށްޓަކައި ދައުލަތުން ދަޢުވާ ކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ދެކެވުނު ވާހަކަ ތަކަށާއި، ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ނަޒަރުކުރުމުން ތަކަންދޫ ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވާ ގޯތީގައި
ހއ. ތަކަންދޫ ނަރުގިސްމާގެ ޢަބްދުއްރަޙްމާން ޙަސަންގެ ބަނބުކެޔޮ ގަހަށް ޤާނޫނު ނަންބަރު 4168
(ޢާންމު ޤާނޫނުތަކެއް) ގެ 07 ވަނަ މާއްދާގެ ދަށުން ބަދަލުދީ އެބަނބުކެޔޮ ގަސް ކަނޑާލުމަށްޓަކައި
ދައުލަތުން މިހުށަހެޅި ދަޢުވާގައި މިގަހުގެ ޝަރުޢީ ބަދަލު ހަމަޖެއްސުމަށްޓަކައި ޢައްޔަނުކުރި އަޤުކޮމިޓީން
މިގަހުގެ ޝަރުޢީ ބަދަލަކީ -/2910 (ދެހާސްނުވަސަތޭކަ ހަރުފިޔާ) ކަމަށް ކަނޑައަޅާފައިވާތީވެ،
ތަކަންދޫ ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވާ ގޯތީގައިހުރި، ހއ. ތަކަންދޫ ނަރުގިސްމާގެ ޢަބްދުއްރަޙްމާން
ޙަސަންގެ ބަނބުކެޔޮ ގަހުގެ ޝަރުޢީ ބަދަލަކީ -/2910 (ދެހާސްނުވަސަތޭކަ ދިހަރުފިޔާ ކަމަށާއި، މިއީ
ޞައްޙަ ބަދަލެއް ކަމުގައި ޝަރީޢަތުން ކަނޑައަޅައި، މިގަހުގެ ޝަރުޢީ ބަދަލު ޢަބްދުއްރަޙްމާން ޙަސަން
ޤަބޫލުކޮށްފައިނުވާތީ، ޤާނޫނު ނަންބަރު 7/77 ގައިވާ ގޮތުގެ މަތިން، މިއަދު 19 އޭޕްރީލް 2010 ދުވަހުން
ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މިގަހުގެ ޝަރުޢީ ބަދަލާއި ޙަވާލުވުމަސް ގަހުގެ ވެރިފަރާތްކަމަށްވާ
ހއ. ތަކަންދޫ ނަރުގިސްމާގެ ޢަބްދުއްރަޙްމާން ޙަސަނަށް އަންގައި، މިމުއްދަތުގެ ތެރޭގައި، ބަދަލު ފައިސާއާއި
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
2010/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙަވާލުނުވިނަމަ އެފައިސާއާއިމެދު ޤާނޫނުގައި ގޮތުގެ މަތިން ޢަމަލު ކުރެވޭނެކަން، ގަހުގެ ވެރިފަރާތް ކަމަށްވާ
ހއ. ތަކަންދޫ ނަރުގިސްމާގެ ޢަބްދުއްރަޙްމާން ޙަސަނަށް އަންގައި ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.]
މިފަދައިންކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ
،
ބަޔާންކުރެވުނު ގޮތުގެ މަތީން ހއ. ތަކަންދޫކޯޓްގެ ނަންބަރު 2010/A13
-
C/03
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަށް ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
2 20
03- މިމައްސަލައާއި ގުޅިގެން ހއ. ތަކަންދޫކޯޓްގެ ނަންބަރު 2010/A13
-
C/03 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ
ޢަބްދުއްރަޙްމާން ޙަސަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދައުލަތަށް ނުވަތަ ރައްޔިތަކަށް ޢާންމުވެގެންވާ ފައިދާއަކަށްޓަކައި މީހެއްގެ މިލްކު ރުއް ގަސް،
ދަނޑު ބިން، ގޯތިގެދޮރު އަދި މިނޫންވެސް ތަކެތި، ޝަރުޢީ ޢަދުލުވެރި ބަދަލެއް ދިނުމަށްފަހު ދައުލަތަށް
ނެގިދާނެކަން، ޤާނޫނު ނަންބަރު 4/68 (ޢާންމު ޤާނޫނުތަކެއް)ގެ 07 ވަނަ މާއްދާއިން އެނގެން އޮވެއެވެ.
(ހ) ޤާނޫނު ނަންބަރު 6/2006 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ދަށުން ޤާނޫނީ ބާރު ލިބިފައިވާ
”ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6] ގެ 150 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގައި
ސަރުކާރަށް ބޭނުންވެގެން ނުވަތަ ޢާންމު ފައިދާއަކަށް ބޭނުންވެގެން ދޫކުރެވޭ ބިންބުމުގައި ހުންނަ އަމިއްލަ
މީސްމީހުންގެ ރުއްގަހަށް ބަދަލު ދިނުމުގެ ގަވާއިދު” ހިމަނާފައިވާކަމާއި، އެގަވާއިދަށް ބަލާއިރު މިފަދަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
4
2010/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލަތަކުގައި އެގަވާއިދުގެ 07 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީޢަތުން ކަނޑައަޅާ އަގެއް
ބަދަލުގެ ގޮތުގައި ދެވިދާނެ ކަމާއި،
ރުއްގަހަށް ޝަރުޢީ ބަދަލުދިނުމުގައި، ޝަރީޢަތުން ޢަމަލުކުރާނީ ކިހިނެއްތޯ ބަލާއިރު، ޝަރުޢީ ގޮތުން
ރުއްގަހަށް އަގު ކަނޑައަޅާނެ އުޞޫލެއް ”ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6] ގެ 241 ވަނަ
މާއްދާގައި ކަނޑައެޅި ބަޔާންކުރެވިފައިވާ އިރު، އެމާއްދާގެ 5 ވަނަ ނަންބަރުގައި ބަނބުކެޔޮ ގަހުގެ އަގު
ކަނޑައަޅާނެ ގޮތް ކަނޑައެޅި ބަޔާންކުރެވިފައިވާ ކަން އެނގެން އޮވެއެވެ.
(ނ) އިސްވެ އިޝާރަތް ކުރެވުނު އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން މިމައްސަލައާއި ގުޅިގެން އަގު
ކުރުމަށްޓަކައި ޝަރުއީ އަގުކޮމިޓީއެއް ހއ. ތަކަންދޫކޯޓުގެ ފަރާތުން ޢައްޔަނުކޮށްފައިވާ ކަމާއި، އެ އަގު
ކޮމިޓީގެ ފަރާތުން ހއ. ތަކަންދޫ ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވާ ގޯތީގައި ހުރި ހއ. ތަކަންދޫ{
ނަރުގިސްމާގެ ޢަބްދުއްރަ
ޢަބްދުއްރަޙްމާން ޙަސަންގެ ބަނބުކެޔޮ ގަހުގެ އަގެއްގެ ގޮތުގައި -/2910 (ދެހާސްނުވަސަތޭކަ
ދިހަރުފިޔާ) ކަނޑައަޅާފައިވާކަން އެކޮމިޓީގެ ރިޕޯޓުން އެނގެން އޮވެފައި، އަގު ކަނޑައެޅުމަށްޓަކައި ކަނޑައެޅި
ހަމަޖެހިފައިވާ ޤާނޫނާއި ޤަވާޢިދުތަކުގެ އިމުގެ ތެރެއިން، އެޤާނުނުތަކާއި ޤަވާއިދުތަކާއި ޚިލާފު ނުވާނެ
މަތިން ދެވޭ ބަދަލަކީ ޢަދުލުވެރި ބަދަލެއް ނޫންކަމަށް ޝަރީޢަތުން ބަލާނެ ހަމައެއް ނެތްކަން
2 22x
کری کی
4 22
އެނގެއެވެ
(ހ) ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ޤާނޫނު) އާއި
އެޤާނޫނުގެ ދަށުން ހަދާފައިވާ، ގުދުރަތީ އަދި ތަބަޢީގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި
ދުވަސްވީ ގަސްގަހާގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ޤަވާޢިދު އަށް ބަލާއިރު، އިޝާރާތްކުރެވުނު ޤާނޫނާއި
ޤަވާޢިދުގެ ދަށުން ޤާނޫނީ ހިމާޔަތްތެރިކަމާއި ރައްކާތެރިކަން ލިބިދީފައިވަނީ، ދުވަސްވީ ގަސްގަހާ ގެއްސާއި،
ރާއްޖޭގައި ޒަމާނުންސުރެ ހުރި ގަސްގަހާގެހީގެ ތެރެއިން ނެތި ހުސްވެދާނެ ކަމުގެ ބިރުހީވެފައިވާ ގަސްގަހާގެހި
ކަން އެނގެން އޮވެފައި،
ހއ. ތަކަންދޫ ޕްރީސްކޫލް އެޅުމަށް ހަމަޖެހިފައިވާ ގޯތީގައި ހުރި ތަކަންދޫ|
ނަރުގިސްމާގެ ޢަބްދުއްރަޙްމާން ޙަސަންގެ ބަނބުކެޔޮ ގަހުގެ ވަށަމިނުގައި ހުރީ 174 ސެންޓިމީޓަރުކަން
މިމައްސަލައާއި ގުޅިގެން ހަދާފައިވާ އަގު ކޮމިޓީގެ ރިޕޯޓުން އެނގެން އޮތުމުން އެގަހަކީ ދުވަސްވީ ގަހެއް ކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
2010/HC-A/184
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބެލެވެން ނެތުމުގެ އިތުރުން، ބަނބުކެޔޮ ގަހަކީ ރާއްޖޭގައި ޒަމާނުންސުރެ ހުރި ގަސްގަހާގެހީގެ ތެރެއިން ނެތި
ހުސްވެދާނެ ކަމުގެ ބިރުހީވެފައިވާ ބާވަތުގެ ގަހެއް ކަމަށް ކަމާބެހޭ ދައުލަތުގެ އެއްވެސް މުއައްސަސާއަކުން
ކަނޑައަޅައި ނިންމާފައިވާ ބާވަތެއް ކަން އެނގެން ނެތުމާއިއެކު، ޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ
ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާ ބެހޭ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހަދާފައިވާ، “ގުދުރަތީ އަދި
ތަބަޢީގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ
ޤަވާޢިދު“ އަށް ޝަރީޢަތުން ރިޢާޔަތް ކުރައްވާފައިނުވާކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތްކަން
އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން ހއ. ތަކަންދޫކޯޓުގެ ނަންބަރު .A13/03
2010/C ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ހަމައެއް ނެތްކަމަށް މިމައްސަލަބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުން އެއްބަސްވެއެވެ.
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ފާހަގަ ކުރެވުނު ކަންކަން އެގޮތުގެ މަތިން
ހުރުމާއިއެކު،
ތަކަންދޫކޯޓްގެ ނަންބަރު 2010/A13
-
C/03 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުން
މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް
ތާއީދުކޮށްފީމެވެ.
v
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv