ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/363 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
بم انداز مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
މާލެ، ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 363/HC
-
A/2016
*
• އިސްތިއުނާފް ކުރިފަރާތް:
* ނަން: ޢަބްދުލްމަޖީދު އާދަމް
* އައި.ޑީ.ކާޑު ނަންބަރު: A115518
ދާއިމީ އެޑްރެސް: ދިވަރު/ ހދ.ކުޅުދުއްފުށި
މިހާރުގެ އެޑްރެސް: ހ.ރާޅުފޮނު/ މާލެ
:
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 އޮގަސްޓް 2016 ނިމުނު ތާރީޚް: 31 އޮގަސްޓް 2016
އިސްތިއުނާފު ކުރެވުނު އަމުރު
• ނަންބަރު: 2016
/
819/J
/
HA-145
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ހައްޔަރުކުރުން
އަމުރު ނެރުނު ތާރީޚް: 18 އޮގަސްޓް 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2016/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރުކުރުމުގެ އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ،
އިސްތިއުނާފުކުރުމަށް ހދ. ކުޅުދުއްފުށީދިވަރު، ޢަބްދުލްމަޖީދު އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
0 0
<
• ފާހަގަ ކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރުކުރުމުގެ އަމުރު އެ
ކޯޓުން
ނެރުއްވާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެއަމުރު
އިސްތިއުނާފުކުރުމަށް، ހދ. ކުޅުދުއްފުށީދިވަރު، ޢަބްދުލްމަޖީދު އާދަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
4 22
2. އިސްތިއުނާފު ކުރެވިފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145
ހައްޔަރުކުރުމުގެ އަމުރަށް ބަލާއިރު އެ އަމުރަކީ، ހދ.ކުޅުދުއްފުށީ ދިވަރު، ޢަބްދުލްމަޖީދު އާދަމް އެއްޖިންސުން
ޖިންސީ ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި 18 އޮގަސްޓް 2016 ދުވަހުގެ 20:30
އިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި އޭނާ ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން
ނެރުއްވާފައިވާ
ވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/363
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރުކުރުމުގެ އަމުރު
އިސްތިއުނާފު ކުރުމަށް ހދ.ކުޅުދުއްފުށީ ދިވަރު، ޢަބްދުލްމަޖީދު އާދަމުގެ ފަރާތުން 2 (ދޭއް) ނުކުތާއެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢާތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކަކީ:-
(1) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ކޯޓު އަމުރަކާ ނުލައި، ފުލުހުން ޢަބްދުލްމަޖީދު އާދަމް ހުރި ހޮޓެލް ބާނިއަށް ވަދެފައިވުމާއި
އަދި ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދުގެ 4
ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ހޮޓެލް ބާނިއަށް އަދި ހޮޓެލް ބާނީގެ 201 ނަންބަރު ކޮޓަރިއަށް
ވަދެފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
(2) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި "މީހަކަށް
މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެން ވާނޭ
ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ޤަބޫލުކޮށްގެނެއް ނުވާނެ" ކަމަށް
ބަޔާންކޮށްފައިވަނިކޮށް، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެ ޢަބްދުލްމަޖީދު ހައްޔަރު
ކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރު ކުރުމުގެ އަމުރު
އިސްތިއުނާފު ކުރުމަށް ހދ.ކުޅުދުއްފުނީދިވަރު، ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލާގައި ހިމެނޭ
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ޢަޢީބް"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2016/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ހދ.ކުޅުދުއްފުށީ!ދިވަރު، ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން
އިސްތިއުނާފު ކޮށްފައި މިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރު ކުރުމުގެ ކޯޓު
އަމުރަކީ ޢަބްދުލްމަޖީދު އާދަމް، އެއްޖިންސުން ޖިންސީ ގުޅުން ހިންގާކަމަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި
18 އޮގަސްޓް 2016 ދުވަހުގެ 20:30 އިން ފެށިގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
22c
އ
ހ4 2
92
2 ހތ
ހއެރުރުމަށް
އެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ނުވަތަ ބަންދުކުރެވޭނެ ހާލަތްތައް
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި، މިގޮތުން
ހައްޔަރު ކުރާ މީހާއަށް މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް،
ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް
ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ، ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ހިފައި
ހައްޔަރުކޮށް، ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް އިޝާރާތްކުރެވުނު މާއްދާތަކުގައި ބަޔާންކޮށްފައި ވާއިރު، މި
މައްސަލާގައި ހދ.ކުޅުދުއްފުށީދިވަރު، ޢަބްދުލްމަޖީދު އާދަމް ހައްޔަރުކުރެވިފައިވަނީ ކްރިމިނަލް ކޯޓުގެ
ނަންބަރު 2016
/
819/J
/
HA-145 ހައްޔަރުކުރުމުގެ އަމުރުން އޭނާ
ހައްޔަރުކުރުމަށް ހުއްދަ ލިބިގެންކަން
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވެރިންގެ މަޖިޓް
5
2{16/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ނ) ތިންވަނަ ކަމަކީ: ގޮވަތި ގެދޮރާއި މީހުން ދިރިއުޅޭ ތަންތަނަކީ ޙުރުމަތްތެރިވެގެންވާ
ތަންތަންކަމަށް ބަޔާންކުރުމަށް ފަހު، މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި ވަނުމަށް އިސްތިސްނާ
ދެވިފައިވާ ހާލަތްތަކުގެ ތެރޭގައި ކޯޓު އަމުރަކުން ހުއްދަ ލިބިގެން ވަނުން ހިމެނިފައިވާކަން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނައިރު، މި
މައްސަލާގައި "ހޮޓެލް ބާނި" އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވަދެފައިވަނީ އެތަނަށް ވަނުމުގެ
ހުއްދަ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
961/J
/
BF-145 ކޯޓު އަމުރުގެ ދަށުން ލިބިގެންކަން އެނގެން
އޮންނާތީ، ހޮޓެލް ބާނި" އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވަދެފައިވަނީ ޤާނޫނުއަސާސީގެ 47
ވަނަ މާއްދާގެ (ނ) އާ އެއްގޮތަށްކަން އެނގެން އޮންނަކަމެވެ.
OX
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލާގައި ޢަބްދުލްމަޖީދު އާދަމް ހައްޔަރުކޮށްފައިވަނީ ޤާނޫނާއި
ޚިލާފަށް ހޯދާފައިވާ ހެކީގެ މައްޗަށް ބުރަވެ ކަމަށް މި މައްސަލަ އިސްތިއުނާފުކުރާ ފަރާތުން ބުނި ނަމަވެސް،
އެގޮތަށް ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެއްކެއް ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
04 04
<
|32 2 4
އހނވދޫ،
މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރު ކުރުމުގެ ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެއަމުރަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2016/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
25,
ރ"
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވިދިޔަ ކަންކަން އެގޮތުގެ މަތިން
ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރު ކުރުމުގެ ކޯޓު އަމުރު
އިސްތިއުނާފު ކުރުމަށް ޢަބްދުލްމަޖީދު އާދަމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
ކްރިމިނަލް ކޯޓުގެ އެއަމުރަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ނެތަތީ،
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
819/J
/
HA-145 ހައްޔަރުކުރުމުގެ ކޯޓު އަމުރަށް ބަދަލު ގެންނާނެ
ތަނެއް ނެތްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން
ޙުކުމް ކޮށްފީމެވެ.
އެންޑް
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv