ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/172 ޤަޟިއްޔާގެ ޙުކުމް
ކ. ތިg
d
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/172
بم ان الامر انسیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 172/HC-A/2016
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޤާސިމް ޢަބްދުލްކަރީމް
ދާއިމީ އެޑްރެސް: ނިކަގަސްދަށުގެ/ ޅ.ނައިފަރު
*
އައިޑީކާޑު ނަންބަރު: A038494
* މިހާރުގެ އެޑްރެސް: ގ.ހީނާހިޔާ/ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
، ދާއިމީ އެޑްރެސް: ޕީ.ޓީ އޮފީސް | މާލެ
* މިހާރުގެ އެޑްރެސް: ޕީ.ޓީ އޮފީސް | މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް:
14 އެޕްރީލް 2016
ނިމުނު ތާރީޚް: 02 މެއި 2016
އިސްތިއުނާފު ކުރެވުނު ކޯޓު އަމުރު
ނަންބަރު: 2016
/
2761/J
/
MD-145
* ކޯޓު: ކްރިމިނަލް ކޯޓު
* ޤާޟީއްޔާގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ތާރީޚު: 11 އެޕްރީލް 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
އިސްފަނޑިޔާރު ޢަބްދުﷲދީދީ،
ފަނޑިޔާރު ޝުޖާޢު އުޘްމާނު،
ޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
79ހ
24
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/112
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް،
ޅ.ނައިފަރު ނިކަގަސްދަށުގެ، ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް
-1
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ޅ.ނައިފަރު ނިކަގަސްދަށުގެ، ޤާސިމް ޢަބްދުލްކަމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-02
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެކޯޓު އަމުރަކީ ޅ.ނައިފަރު ނިކަގަސްދަށުގެ، ޤާސިމް ޢަބްދުލްކަރީމް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކަ
ހުރެ ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ 43 ވަނަ މާއްދާއާ ޚިލާފަށް އެބޭންކުގެ
ކަސްޓަމަރެއްގެ އެކައުންޓެއްގެ ތަފްސީލް ނަހަމަ ގޮތުގައި
ނުންކޮށް،
އާންމުންނަށް
ހާމަކޮށްފައިވާކަމަށް ޤާސިމް ޢަބްދުލްކަރީމްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލާގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 143274/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ޤާސިމް
32 / ހދ ތ
)2404
ބާއީކޯ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt-gov.my
• »
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/112
ޢަބްދުލްކަރީމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ހެކި ގެއްލުވާލުމަށް
މަސައްކަތް ކޮށްފާނެކަމަށް ބަޔާންކުރައްވައި، 11 އެޕްރީލް 2016 ވަނަ ދުވަހުގެ 20:00 އިން ފެށިގެން 18
އެޕްރީލް 2016 ވަނަ ދުވަހުގެ 19:59 އަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި
ޤާސިމް ޢަބްދުލްކަރީމް ބަންދުކޮށްފައި ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
4
84
9 ހ
ބެހެއްޓުމަށް
03x
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާގުޅޭ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
کر میری
0
(ހ) ފުރަތަމަ ނުކުތާއަކީ: ޤާސިމް ޢަބްދުލްކަރީމް ހައްޔަރުކުރުމުގެ ކޯޓު އަމުރު
ނެރުއްވާފައިވަނީ ބޭންކިންގއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 14/2010) ގެ 43 ވަނަ މާއްދާއަށް
ރިޢާޔަތްކުރައްވައިކަމަށް ބުނާއިރު، ޤާނޫނު ނަންބަރު 14/2010 ގެ ޤާނޫނަކީ، ޤާނޫނު ނަންބަރު 13/2010
(ދިވެހިރާއްޖޭގެ
ރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ކަމާއި، އަދި އެޤާނޫނުގެ 43
ވަނަ މާއްދާ ނެތްއިރު، މައްސަލައާ ގުޅުމެއްނުވާ ޤާނޫނެއްގެ ދަށުން ކޯޓު އަމުރު ނެރެފައިވާތީ، ޤާސިމް
ބެދުލްކަރީމް ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާ
ހ8 9
(ށ) ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކުރާ ކުށްކުށަށް ތުޙުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ އުޞޫލުތަކުގެ ތެރެއިން ބަންދުގައި ބަހައްޓައިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/172
24 2
މައްސަލަ ކުރިއަށް ގެންދެވޭ ޝަރުޠުތަކުގެ ތެރެއިން އެއްވެސް ޝަރުތަކަށް ނުފެތޭއިރުވެސް ބަންދުގައި
ބަހައްޓަން އަމުރު ނެރެފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޤާސިމް ޢަބްދުލްކަރީމް ބަންދުކުރީ ވަކި ޙާލަތަކާއި ގުޅިގެންކަމަށް
ބުނާއިރު، އެޙާލަތު ދެމިގެންނުދާކަމަށްބުނެ ހުށަހެޅި ނުކުތާ
.
/
2761/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޅ.ނައިފަރު! ނިކަގަސްދަށުގެ، ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގުޅޭ ގޮތުން ޤާސިމް ޢަބްދުލްކަރީމުގެ ފަރާތުންނާއި މިއިސްތިއުނާއީ ދަޢުވާރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
4
2 ހއ ހތ
/eeއ
(ހ) ފުރަތަމަ ކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު
އަމުރަށް ބަލާއިރު، އެކޯޓު އަމުރަކީ ހުއްދަނޫން ގޮތުގައި މަޢުލޫމާތު ހާމަކުރުން، ހުއްދަނޫން ގޮތުގައި މަޢުލޫމާތު
ހޯދުން، މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލާކަމަށް ޅ.ނައިފަރު ނިކަގަސްދަށުގެ، ޤާސިމް
ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތު ކުރެވިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 143274/MF
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"އިން ޤާސިމް ޢަބްދުލްކަރީމްގެ ބަންދުގެ މުއްދަތު
އިތުރުކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، 11 އެޕްރީލް 2016 ވަނަ ދުވަހުގެ 20:00 އިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/112
ފެށިގެން 18 އެޕްރީލް 2016 ވަނަ ދުވަހުގެ 19:59 އަށް ޤާސިމް ޢަބްދުލްކަރީމް
މިނިސްޓްރީ އޮފް ހޯމް
އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރެއްކަމާއި އެގޮތަށް އަމުރު
ނެރުއްވި ސަބަބަކީ، ހެކި ގެއްލުވާލުމަށް މަސައްކަތް ކޮށްފާނެކަމަށް
މަށްޓަކައިކަން އެނގެން އޮންނައިރު،
އިސްތިއުނާފުކުރެވިފައި މިވާ ކޯޓު އަމުރަކީ، ޤާސިމް ޢަބްދުލްކަރީމް ހައްޔަރުކުރުމަށް ކްރިމިނަލް
ކޯޓުން ނެރުއްވާފައިވާ ހައްޔަރުކުރުމުގެ އަމުރެއްނޫންކަމާއި، މި އަމުރަކީ ޤަސީމް ޢަބްދުލްކަރީމުގެ ބަންދުގެ
މުއްދަތު އިތުރުކޮށް ދެއްވައި ނެރުއްވާފައިވާ އަމުރެއްކަން އެނގޭއިރު، އެއަމުރު ނެރެދެއްވުމަށް އެދި ކްރިމިނަލް
ކޯޓަށް ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 143274/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމް" އަށް ބަލާއިރު، ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލާގައި
ހަވާލާދީފައިވަނީ، ބޭންކިންގއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ 43 ވަނަ މާއްދާކަމަށް
24 2
ބަޔާންކޮށްފައިވާކަން އެއްވެސް އޮޅުމެއްނެތި ސާފުކޮށް އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 9 ވަނަ ނުކުތާގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް، ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަކީ ކޮބައި ކަމާއި، އަދި އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ
އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި، ކުނުގެ ޠަބީޢަތަކީ ކޮބައި ކަމާއި،
ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެކުނަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައި ކަމާއި، ޝައްކު
ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު އޮތީ ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު
އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
21
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/172
(ނ) ތިންވަނަ ކަމަކީ އިސްތިއުނާފު މިކުރެވޭ ކޯޓު އަމުރުގައި ޙަވާލާދީފައިވާ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު 143274 "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް"ގައި، ޤާސިމް
ޢަބްދުލްކަރީމް ބަންދުކުރި ހައްޔަރުކުރި މައްސަލައަކީ، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކަށްހުރެ ބޭންކިނގ
އާއި ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 24/2010) ގެ 43 ވަނަ މާއްދާއާއި ޚިލާފަށް އެބޭންކްގެ ހުއްދަނެތި
ކަސްޓަމަރެއްގެ އެކައުންޓެއްގެ ތަފްޞީލު ނަހަމަގޮތުގައި ބޭނުންކޮށް އެމުޢާމަލާތް ޢާއްމުންނަށް ހާމަކޮށްފައިވާ
ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމާއި، ޤާސިމް ޢަބްދުލްކަރީމް ބަންދުކުރި ސަބަބަކީ މިމައްސަލާގައި
ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވަފާނެކަމަށް ފެންނާތީއާއި، މައްސަލައިގެ ތަޙުޤީޤަށް އިތުރަށް
ހޯދަންޖެހޭ ހެކިތައްކެއް ހުރުމުން މިހާރު ޤާސިމް ޢަބްދުލްކަރީމް ދޫކޮށްލައިފިނަމަ އެހެކި ނައްތާލައިފާނެކަމަށް
ފެންނާތީ އާއި އަދި މިހާރު މީނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ތެރޭގައި ހަމަނުޖެހުން އުފެދި މުޖުތަމައުގެ
ފަރުދުންގެ މެދުގައި ބޮޑު ފިތުނައެއް އުފެދިގެން ގޮސްދާނެ ކަމަކަށް ފެންނާތީއާއި އަދި މީނާ
ފިލައިފާނެކަމަށްޓަކައިކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
492
ނއޖެ
މީހަކު
() ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ
ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާ ޙާލަތްތަކުގެ ތެރޭގައި، އެމީހަކާމެދު
ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
މަސައްކަތްކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
feitat,tegratoff
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/112
ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިދީފައިވާކަން އެނގެން އޮންނައިރު، މި
މައްސަލާގައި ޤާސިމް ޢަބްދުލްކަރީމް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވަނީ "ހެކި ގެއްލުވާލުމަށް
މަސައްކަތްކޮށްފާނެ ކަމަށްޓަކައި"ކަން އެނގެން އޮންނަކަމެވެ.
0) 02/0 0
(ބ) ފަސްވަނަ ކަމަކީ: ޤާސިމް ޢަބްދުލްކަރީމުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ
ތަޙްޤީޤުގެ މިހާތަނަށް ނިމިފައިވަނީ %45 (ސާޅީސް ފަސް ޕަސެންޓް) ކަމަށާއި ބާކީ %55 (ފަންސާސް ފަސް
ޕަސެންޓް) ނިމޭނެ ދުވަހެއް ކަނޑައަޅައި ބުނަން ނޭނގޭކަމަށާއި، މި މައްސަލާގައި ބޭންކް އޮފް މޯލްޑިވްސްގެ
މުވައްޒަފެއްގެ ބަޔާނަކާއި ޤާސިމް ޢަބްދުލްކަރީމްގެ ބަޔާނެއް ނަގާފައިވާ ކަމަށާއި، މިހާރު މި މައްސަލައިގެ
ތަޙްޤީޤުގައި ކުރެވެމުންދަނީ ޓެކްނިކަލް މަސައްކަތްތަކެއްކަމަށް މި މައްސަލަ ތަޙްޤީޤުކުރާ ފަރާތުން މި ކޯޓުގެ
ޝަރީޢަތުގެ މަޖުލީހުގައި ބުނެފައިވާއިރު، ކުށެއްގެ ތަޙްޤީޤަށް މައްސަލައެއް ހުށަހެޅުމުން ލަސްނުކޮށް
އެމައްސަލައެއްގެ ތަޙްޤީޤު ނިންމަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 2 ވަނަ ކަމުގެ (އ) ގައި
ބަޔާންކޮށްފައިވާކަން އެނގޭއިރު،
ކުށެއްގެ ތަޙްޤީޤު މަރުހަލާގައި މީހަކު ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގައި، އެކުށް ތަޙުޤީޤު
ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ ކޮބައި ކަމާއި،
ކުށުގެ ތަބީޢަތަކީ ކޮބައި ކަން ބަލަންޖެހޭކަމަށް އިސްވެ ބުނެވުނު ޤަޟިއްޔާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 9
ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާއިރު، މި މައްސަލަ ތަޙްޤީޤުކުރުމުގައި ދަތިއުނދަގޫތަކެއް ހުރިކަމާއި، ގިނަ
ޢަދަދެއްގެ ބަޔަކާގުޅިފައިވާ މައްސަލައެއްކަމަށް ތަޙްޤީޤަށް ފާހަގަ ކުރެވިފައިވާ ކަމަށް ދައުލަތުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިހުރި ވާހަކަތަކުން އެނގެން އޮތުމުން ޤާސިމް ޢަބްދުލްކަރީމް މިވަގުތު
l0ކަށްވީތީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/172
ބަންދުން ދޫކޮށްލައިފިނަމަ، ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ފޮރުވުމަށް އަދި ހެކި ނައްތާލުމަށް މަސައްކަތް
ކޮށްފާނެ ކަމަށް ބެލެވެން އޮންނަކަމެވެ.
އެހެންކަމުން، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ކްރިމިނަލް
ކޯޓުގެ ނަންބަރު 2016
/
2761/J
/
MD-145 ކޯޓު އަމުރަށް މިވަތުގު ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ
މ 04
04
4
44
4
ސަބަބެއްނެތްކަމަށެވެ"
• ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
2761/J
/
MD-145 ކޯޓު އަމުރުން ޤާސިމް ޢަބްދުލްކަރީމް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނިންމަވާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ.
)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް [email protected]އީމެއިލްޑް
www.highcourt.gov.my