ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/116 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/116
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 116/HC-A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙަސަން މަފާޒު ވަޙީދު
އައިޑީ ކާޑު ނަންބަރު: A329901
I.
ދާއިމީ އެޑްރެސް: ބ. ސޯސަންމާގެ، މާލެ
މިހާރުގެ އެޑްރެސް: ބ. ސޯސަންމާގެ، މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
ން: ރާއްޖެ ޗެމްބަރސް
* ރަޖިސްޓްރީ ނަންބަރު: 02
/
2007-P
ދާއިމީ އެޑްރެސް: މ.މާހި މާލެ
* މިހާރުގެ އެޑްރެސް: ލ.މާ މާލެ
• ރަޖިސްޓަރީ ކުރެވުނު ތާރީޚް:
15 މާރޗް 2016
* ނިމުނު ތާރީޚް: 23 މެއި 2017
0
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/1904
ނިންމެވިކޯޓު: ސިވިލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 26-09-2013
ނިމުނު ތާރީޚް: 13-12-2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
RE
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/116
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު
1904/Cv-C/2013
ޤަޟިއްޔާ
އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.ސޯސަންމާގެ/ މާލެ ޙަސަން މަފާޒް ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ރާއްޖެ ޗެމްބަރސް އެވެ.
0
uc Oc
ފާހަގަކުރެވުނު ނުކުތާތައް:
oi ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1904 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއްޔާއަކީ ކޮކޯއާ އައިލެންޑް ރިސޯޓް (މާލެއަތޮޅު މަކުނުފުށި) ކުއްޔަށް ދިނުމަށް
މ.ސޯސަންމާގެ/ މާލެ، އަލްމަރުޙޫމް އުއްސަކުރު ޢަބްދުﷲ ވަޙީދު އާއި އޯކިޑް ރިސޯޓް (މެނޭޖްމަންޓް)
ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަލްމަރުޙޫމް އުއްސަކުރު ޢަބްދުﷲ ވަޙީދަށް ލިބެންޖެހޭ
ޙައްޤުތައް އަލްމަރުޙޫމް އުއްސަކުރު ޢަބްދުﷲ ވަޙީދު ނިޔާވުމަށްފަހު އެމަރުޙޫމުގެ ވާރިޘުންނަށް ލިބެންޖެހޭ
ހިނދު އެގޮތުގެ މަތީން ޙަވާލާދެވުނު އެއްބަސްވުމުގެ ދަށުން އެމަރުޙޫމުގެ ވާރިޘުންނަށް ލިބެންޖެހޭ ޙައްޤުތައް
ހޯދުމުގައި އެހީތެރިވެ ދިނުމަށް އެމަރުޙޫމުގެ ވާރިޘުއްގެ ޙައިސިއްޔަތުން ޙަސަން މަފާޒް ވަޙީދު ރާއްޖެ
ޗެންބަރސް އާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެންމެހައި ފައިސާ ހޯދުމަށް އެދި
މ.ސޯސަންމާގެ| މާލެ ޙަސަން މަފާޒް ވަޙީދުގެ މައްޗަށް ރާއްޖެ ޗެމްބަރސްގެ ފަރާތުން ދަޢުވާކުރުމުން ބެލެވުނު
ޤަޟިއްޔާއެއް ކަމާއި؛
އެޤަޟިއްޔާ ނިންމަވާފައިވަނީ ”..ކޮކޯއާ އައިލެންޑް ރިސޯޓް ކުއްޔަށް ދިނުމަށް އަލްމަރުޙޫމް
އުއްސަކުރު ޢަބްދުﷲ ވަޙީދު އާއި އޯކިޑް ރިސޯޓް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން
އަލްމަރުޙޫމް އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނާއި ރާއްޖެ ޗެމްބަރސް އާދެމެދު 29 އޮގަސްޓް 2010
co
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/116
ގައި ވެފައިވާ އެއްބަސްވުމުގައި ވާގޮތުގެ މަތިން ރާއްޖެ ޗެމްބަރސް އިން މަސައްކަތްކޮށްފައިވާކަން
މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ސިވިލް ކޯޓުގެ 2014/Cv-C/616 ޤަޟިއްޔާގެ ޙުކުމުން
ސާބިތުވާތީ، އެއެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން -/24000 $US (ސައުވީސްހާސް އެމެރިކާ
ޑޮލަރު) ރާއްޖެ ޗެމްބަރސްއަށް މ. ސޯސަންމާގެ/ މާލެ، ޙަސަން މަފާޒު ވަޙީދު (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A329903} ދައްކަންޖެހޭކަމަށް ކަނޑައަޅައި، މިފައިސާގެ އިތުރުން ރާއްޖެ
ޗެމްބަރސްއިން ހޯދުމަށް އެދިފައިވާ ޤާނޫނީ ޚަރަދުގެ ބަދަލަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
348/HC
-
A/2009 ޤަޟިއްޔާއަށް ރިޢާޔަތްކުރާއިރުގައި، ނަގައިދެވެން އޮތް ފައިސާއެއްނޫންކަމާއި،
އަލްމަރުޙޫމް އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިޘުންނާއި ރާއްޖެ ޗެމްބަރސް އާދެމެދު 29 އޮގަސްޓް
2010 ގައި ވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކޮށް، އެއެއްބަސްވުމާ އެއްގޮތަށް
އަމަލުކުރުމަށާއި،
މިމައްސަލައިގައި ސާބިތުވެފައިވާ -/24000 $US (ސައުވީސްހާސް އެމެރިކާ ޑޮލަރު) ރާއްޖެ ޗެމްބަރސް
އަށް ލިބިދިނުމަށްޓަކައި، އެފައިސާ މިއަދު 13 ޑިސެމްބަރ 2015 އިން ފެށިގެން ކޮންމެ މަހަކު މަދުވެގެން
އެމަހަކަށްޖެހޭ މިންވަރު މި ކޯޓަށް ދައްކަމުންގޮސް، މި ފައިސާ އެކުޖުމްލަ 04 (ހަތަރު) މަސްދުވަހުގެ ތެރޭގައި
ދައްކައި ޚަލާސްކުރުމަށް ޙަސަން މަފާޒު ވަޙީދަށް އަންގައި" ޙުކުމް ކުރައްވައި ކަން އެނގެން
އައެކޮށް
އއފ.
02- ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/1904 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.ސޯސަންމާގެ/ މާލެ ޙަސަން މަފާޒު ވަޙީދުގެ ފަރާތުން 03 (ތިނެއް)
ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ
ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެ ތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: މިމައްސަލައަކީ ޤާނޫނީ މަސައްކަތްތައް ކުރުމަށް ވެވިފައިވާ
މި މައްސަލައިގައި ވެފައިވާ އެއްބަސްވުމަށް ރިޢާޔަތްކޮށް ރާއްޖެ
.އްބަސްވުމެއްކަމަށްވުމާއެކު
ރާއްޖޭގެ
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/116
ޚި
ޗެމްބަރސްއިން ކޮށްފައިވާ ޤާނޫނީ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން އެއްވެސް ޙައްޤެއް ޙަސަން
މަފާޒް ވަޙީދު ނުވަތަ އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިފައިނުވާއިރު، އަދި ލިބިފައިވާ
ޙައްޤެއް ލިބިފައިވަނީ ރާއްޖެ ޗެމްބަރސްއާ ޙަވާލުކުރެވުނު މަސައްކަތްތައް ކުރިއަށް ނުގެންދެވި
މަޑުޖެހުމުގެ ސަބަބުން އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ އަމިއްލަ އިސްނެގުމުގެ ތެރެއިން
ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވީނަމަވެސް، ސިވިލް ކޯޓުން މައްސަލަ
ނިންމެވުމުގައި ޙައްޤުތައް ލިބިފައިވަނީ ރާއްޖެ ޗެމްބަރސްއިން ކޮށްފައިވާ މަސައްކަތްތަކުގެ
ނަތީޖާއެއްގެ ގޮތުން ކަމަށް ކަނޑައަޅުއްވައި ނިންމަވާފައިވާ ނިންމެވުމުގައި ޢަދުލުވެރިކަން ނެތްކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިފައިވާ ޙައްޤެއް ލިބިފައިވަނީ
ޙަސަން މަފާޒް ވަޙީދު ވެސް ހިމެނޭ ގޮތުން، އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުން އަމިއްލަ
ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ޙައްޤު ފޯރުކޮށްދީފައިވާ ފަރާތްކަމަށްވާ،
އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަނޑައެޅިގެން ބަޔާންކޮށް، އެކަން
ސާބިތުކޮށް ދިނުމަށް ބޭނުންވާ
ބެނުންވާ ހެކި ފޯރުކޮށްދީފައިވާއިރު، އަދި އެލިޔުން ސިވިލް ކޯޓަށް
ހުށަހެޅިފައިވާއިރު، އެކަމަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ސިވިލް ކޯޓުން މައްސަލަ
ނިންމަވާފައިވަނީ ސާބިތުކުރުމުގެ މިންގަނޑުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ރާއްޖެ ޗެމްބަރސްއާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޙަސަން ސަޢީދު ކިޔާ ބޭފުޅެއްކަން އެނގެން އޮތްއިރު، ރާއްޖެ
ޗެމްބަރސްގެ ފަރާތުން މައްސަލަ ހުށަހަޅާފައިވާ ކަމަށް ސިވިލް ކޯޓުން ބަލައިގަނެފައިވަނީ ޤާނޫނީ
ހަމަތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/1904 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
މ.ސޯސަންމާގެ/ މާލެ، ޙަސަން މަފާޒު ވަޙީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ ގުޅޭ ގޮތުން
ޙަސަން މަފާޒު ވަޙީދުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ރާއްޖެ ޗެމްބަރސްގެ ފަރާތުން
އްޖޭގެ
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/116
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
(ހ) މި މައްސަލައަކީ، އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އުއްސަކުރު ޢަބްދުﷲ ވަޙީދާއި
އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީސް އެގްރީމަންޓުގެ ދަށުން ލިބިދޭ
ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތް ކޮށްދިނުމަށާއި އަދި އެ މަސައްކަތުން އެސަބްލީސް އެގްރީމަންޓުގެ ދަށުން
ލިބޭ ޙައްޤުތަކަށްވުރެ އިތުރަށް ހޯދައިދޭ ޙައްޤުތަކުގެ ތެރެއިން 4 (ހަތަރެއް) އަހަރު ދުވަހަށް ލިބޭ ޙައްޤުގެ
15
% (ފަނަރަ އިންސައްތަ) ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ ފަރާތުން ކޮންމެ ވާރިސަކު ވަކިވަކިން ޒިންމާ
ނަގާ ގޮތަށް ރާއްޖެ ޗެމްބަރސްއަށް ދިނުމަށް އެއްބަސްވެ ރާއްޖެ ޗެމްބަރސްގެ ފަރާތުން ޙަސަން ސަޢީދާއި
ޢަބްދުﷲ ވަޙީދުގެ ވާރިސުންނާ ދެމެދު ވެފައިވާ ޤާނޫނީ މަސައްކަތް ކޮށްދިނުމުގެ އެއްބަސްވުމެއް ވެވިފައިވާ
ކަމާއި އެއެއްބަސްވުމުގެ ދަށުން ރާއްޖެ ޗެމްބަރސް އިން އިސްވެ ބުނެވިދިޔަ ސަބްލީސް އެގްރީމަންޓުގެ ދަށުން
އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބެންޖެހޭ ޙައްޤުތައް ހޯދައިދިނުމަށް ޤާނޫނީ މަސައްކަތްތަކެއް
ކޮށްފައިވާ ކަމާއި އަދި އެކަންކަމާމެދު މައްސަލަ އިސްތިއުނާފުކުރާ ޙަސަން މަފާޒް ވަޙީދު
އިންކާރުކޮށްފައިނުވާކަން އެނގެން އޮވެއެވެ.
(ނ) އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އުއްސަކުރު ޢަބްދުﷲ ވަޙީދާއި އޯކިޑް ރިސޯޓްސް
މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ސަބްލީސް އެގްރީމަންޓުގެ ދަށުން ލިބިދޭ ޙައްޤުތަކަކީ،
ކޮންމެ އަހަރަކު 100،000.00 (އެއްލައްކަ) ޔޫއެސް ޑޮލަރ އާއި، ބަންގަލޯރ އެއް އިމާރާތްކޮށް އެތަނުގެ
މަންފާ ލިބުން ކަން އެނގޭކަމާއި، އެގޮތުން އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ޢިމާރާތްކޮށް ދޭންޖެހޭ ބަންގަލޯރ އިމާރާތް ކޮށްފައިނުވާކަމާއި، އެކަމުގެ ބަދަލާއި އަދި ކޮންމެ އަހަރަކު
އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް 500،000.00 (ފަސްލައްކަ) ޔޫއެސްޑޮލަރ ދައްކާ ގޮތަށް
ހަމަޖެހިގެން ދިޔައީ ރާއްޖެ ޗެމްބަރސް އިން އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އިސްވެ ބުނެވިދިޔަ
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/116
2x
2 ތ 8
کو میرا سر
ސަބްލީސް އެގްރީމަންޓްގެ ދަށުން ލިބެންޖެހޭ ޙައްޤުތައް ހޯދުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ
މައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
އެހެންކަމުން، މިގޮތަށް ހަމަޖެހުމާގުޅިގެން ކުރިން ލިބެމުންދިޔަ ޢަދަދަށްވުރެ ކޮންމެ އަހަރަކު
400,000.00 (ހަތަރު ލައްކަ) ޔޫއެސްޑޮލަރ ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް ލިބިގެން ދިޔަކަމާއި މި
މައްސަލާގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، މި މައްސަލައިގައި ސުޢޫދު އެންޑް އަންވަރު ކޯގެ
ފަރާތުން ތަމްސީލްކޮށްފައިވަނީ އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުކަން އެފަރާތުން ރާއްޖެ
ޗެމްބަރސްއަށް ފޮނުވާފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭއިރު، އިސްވެ ބުނެވި ދިޔަ ސަބްލީސް
އެގްރީމަންޓްގެ ދަށުން އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންނަށް އިތުރަށް ލިބުނު ޙައްޤުތައް ލިބިގެންދިޔައީ
އެފަރާތުން އަމިއްލަ ގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެފަރާތްތަކުން
ބުނިކަމުގައިވީނަމަވެސް، އެކަން ސާބިތުކުރެވޭ ވަރުގެ ކާފީ ހެކި ޙަސަން މަފާޒް ވަޙީދުގެ ފަރާތުން ހުށަހެޅިފައި
ނުވާތީއާއި އަދި އެމަސައްކަތް އުއްސަކުރު ޢަބްދުﷲ ވަޙީދުގެ ވާރިސުންގެ ފަރާތުން ކުރުމަށް އެހެންފަރާތަކާ
ޙަވާލުކޮށްފައިވާކަން އެނގެން ނެތުމާއެކު، އޯކިޑް ރިސޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑާއި އުއްސަކުރު
ޢަބްދުﷲ ވަޙީދާ ދެމެދު ވެވިފައިވާ ސަބްލީސް އެގްރީމަންޓްގެ ދަށުން އުއްސަކުރު ޢަބްދުﷲ ވަޙީދުގެ
ވާރިސުންނަށް އެއިރު ލިބެމުންދިޔަ މިންވަރަށްވުރެ އިތުރު ޙައްޤުތަކެއް ލިބިގެން ދިޔައީ، ރާއްޖެ ޗެމްބަރސް ގެ
ފަރާތުން ކޮށްދިން މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން
ލަންޖެހޭކަން އެނގެއެވެ.
ހދ2
(ނ) އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމުގެ ނަތީޖާއަކީ
އެވިޔަފާރިއާއި އެވިޔަފާރީގެ މަސްޢޫލުވެރިޔާ އާ ވަކިނުކުރެވުންކަމާއި، އެގޮތުން އެވިޔަފާރީގެ އެންމެހައި
މިލްކިއްޔާތެއްގެ މިލްކްވެރިއަކީ، އެވިޔަފާރީގެ މަސްއޫލުވެރިޔާ ކަމުގައިވުމާއި އެވިޔަފާރިން އުފައްދާ ފައިދާއަކީ،
އެވިޔަފާރީގެ މަސްޢޫލުވެރިޔާގެ އެއްޗަކަށްވުމާއި، އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ އެވިޔަފާރީގެ
މަސްއޫލުވެރިޔާކަމާއި، އެވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްއޫލުވެރިޔާއަށް އެހެން ފަރާތެއް
ޢައްޔަންކުރެވިދާނެ ކަމާއި ނަމަވެސް އެފަދަ ޙާލަތެއްގައި ވެސް އެވިޔަފާރިން ކުރާ މުޢާމަލާތްތަކަށާއި،
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
: ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/116
އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން
އެވިޔަފާރިގެ މަސްއޫލުވެރިޔާ ބަރީއަނުވާނެކަން އެނގޭކަމާއި، ރާއްޖެ ޗެމްބަރސްއަކީ ޙަސަން ސަޢީދާއި
ޢަބްދުﷲ ޖަމީލް އަޙްމަދާ ދެމީހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ޕާޓްނަރޝިޕެއް ކަމާއި އެހެންކަމުން ރާއްޖެ
ޗެމްބަރސްއިން ކޮށްދޭ މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގޮތުން ކުރެވޭ ދަޢުވާތަކާއި އެހެނިހެން
ލިޔުންތަކުގައި ރާއްޖެ ޗެމްބަރސްގެ ނަމުގައި ސޮއިކޮށް މައްސަލަ ހުށަހެޅުމުގެ ބާރު ރާއްޖެ ޗެމްބަރސްގެ އެއް
ޕާޓްނަރުކަމުގައިވާ ޙަސަން ސަޢީދަށް ލިބިގެންވާ ކަމަށް ބަލަންޖެހޭކަން އެނގެއެވެ.
ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ޚަބަރު
2013/Cv-C/1904 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއް ނެތް ކަމަށެވެ.
ވީމާ، މި
0
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/1904 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ކަމަށް ބަލާނެ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމް ކޮށްފީމެވެ.
ހައިކޯޓް
*
**
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ