ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/102 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{15/HC-A/102
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 102/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ނަންބަރު:
* ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނެތް
އައިޑީ ކާޑު ނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
1438
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 20 ޖުމާދަލްއޫލާ 1436
މާރިޗު 2015
-ނިމުނު ތާރީޚް: 22 ޞަފަރު
22 ނޮވެމްބަރ 2016
11
OU OO
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2014
/
01/H6C
• ނެރުނު ކޯޓު: މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• ހުށަހެޅުނު ތާރީޚް: 01 އޮކްޓޯބަރު 2014 ނިމުނު ތާރީޚް: 01 އޮކްޓޯބަރު 2014
ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
# 4 3 )
2{15/HC-A/102
2 ޤަޟިއްޔާ ނިމުނު
امنيت ملي ی مری
• ދައުވާގެ ޚުލާޞާ
މިއީ، މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014/H6C/41 ކޯޓު އަމުރު
ނެރެފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް
މަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/6C ކޯޓު އަމުރަށް
ބެލިއިރު، އެއަމުރަކީ، ކ.ހިންމަފުށިން ޖަރނީ ވޯލްޑް މޯލްޑިވްސްއަށް ސްލިޕްވޭއެއް ހަދަން ދީފައިވާ ބިމުން
ފައިބާ އެބިން ހުސްކޮށް 15 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ޙަވާލުކުރުމަށް އެކޯޓުގެ ނަންބަރު
2013/H6C/16 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ޢަމަލުނުކޮށް އެމައްސަލަ ހައިކޯޓަށް ހުށަހަޅައިގެން މިހާރު 25 ސެޕްޓެމްބަރ 2014 ގައި
އެކޯޓުގެ ޙުކުމަށް ތާޢީދުކޮށް ހައިކޯޓުގެ އިއްތިފާޤުން ނިމުމުންވެސް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ހައިކޯޓުގެ ޙުކުމަށް ވެސް ބޯލަބާފައިނުވާތީ، 01 އޮކްޓޯބަރު 2014 އިން ފެށިގެން 01 މަސް
ދުވަހުގެ ތެރޭގައި ކ.ހިންމަފުށީން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސްލިޕްވޭ ހަދަން
ދީފައިވާ ބިން ހުސްކޮށް އެބިން ކައުންސިލް އިދާރާއަށް ޙަވާލުކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް
އަށް އަން ޤުރުކޮށް ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ހ0
x32
އަމުރެ
OX
2. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C ކޯޓު އަމުރު
ނެރުއްވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކަމަށްބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އެ އަމުރު އިސްތިއުނާފު ކުރުމަށް 05 (ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި
ފުރަތަމަ ނުކުތާއަކީ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C
އަމުރު އެ ކޯޓުން ނެރުއްވާފައިވަނީ ޝަރީޢަތްކުރުމުގެ އިޖުރާޢަތާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
.މީ ދު
گمرکی
=32
4
2015/HC-A/102
OU OO
. ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
RU/2010
ރޫލިންގައި، ބަޔާންކޮށްފައިވާ ޝަރީޢަތްކުރުމާ ބެހޭ އުޞޫލުތަކަށް ބަލާއިރު، ޝަރީޢަތުން ނެރޭ އަމުރުތައް
ނެރެންޖެހޭނީ ދެބަސްވުމަށް ނިމުމެއް ގެނެވޭނެ ފަދަ ގޮތަކަށްކަމަށްވާއިރު، ކ.ހިންމަފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2014
/
01/H6C އަމުރު ނެރުއްވާފައިވަނީ އެ އުސޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
Out od
• ތިންވަނަ ނުކުތާއަކީ، ޝަރީޢަތުން ނެރޭ އަމުރުތަކަކީ ޤާނޫނީގޮތުން ތަންފީޛުކުރެވޭ ފަދަ
އަމުރަކަށްވާންޖެހޭއިރު، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/6C އަމުރު
ނެރުއްވާފައިވަނީ، އެ އަމުރު ތަންފީޛުކުރުމަށް ޤާނޫނީގޮތުން ހުރަސް އެޅޭކަންތައްތަކެއް ހުރިއިރުވެސް
އެކަންކަމަށް ރިޢާޔަތްކުރުމެއްނެތިކަމަށްބުނެ، ހުށަހެޅި ނުކުތާއެވެ.
H6C/2014/01
ހަތަރުވަނަ ނުކުތާއަކީ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
އަމުރު ނެރުއްވާފައިވަނީ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ކ.ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C
އަމުރު ނެރުއްވާފައިވަނީ ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ
ޤާނޫނު)ގެ މަޤްޞަދާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
3. މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C ކޯޓު އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، އެޓަރނީ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާގުޅޭގޮތުން
ހުށަހަޅާފައިވާ ލިޔެކިއުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ou oo
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
01/6C ކޯޓު އަމުރަށްބަލާއިރު، އެއަމުރަކީ މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/H6C/16 ޤަޟިއްޔާގެ ޙުކުމާއި، އެޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ
ނިންމަވާފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 247/HC
-
A/2014 ޤަޟިއްޔާގެ ޙުކުމުގައިވާގެ
:ޢިކްޓް
0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
2015/HC-A/102
کی عمری
ދެވެ
ﷲ22 ޖތ
ރައްދުވާ ޤަޗށް
އަތޮޅު
16/H6C/2013
OXO
ޖަރނީ ވޯލްޑް މޯލްޑިވްސް އިން އަމަލުކޮށްފައިނުވާކަމަށްބުނެ އެޙުކުމް ތަންފީޛުކުރުމަށް އެދި މާލެ އަތޮޅު
ހިންމަފުށި ކައުންސިލްގެ އިދާރާއިން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގެން އޮންނައިރު،
އިޝާރާތްކުރެވުނު މާލެ
ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، "ކ.ހިންމަފުށީ ކައުންސިލް އިދާރާއިން ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް ހުށަހެޅި ކައުންސިލް އިދާރާގެ ބިމެއް ހުސްކުރުމުގެ މައްސަލައިގައި، އެބިމަކީ ސްލިޕްވޭއެއް
ހިންގުމަށް ރަނގަޅުތަނެއް ނޫންކަމަށްވާތީ، ދިވެހި ސަރުކާރުން އެބިން ނަންގަވައިދެއްވުން އެދި އެބިމުގެ
ބަދަލުގައި ތިލަފުށިން ހަމައެވަރުގެ ބޮޑު ބިމެއް ދީފާ އެބިމާ ޖަރނީ ވޯލްޑް މޯލްޑިވްސްގެ ފަރާތުން
ދުވަހުން ފެށިގެން (2007 ވަނަ އަހަރުން ފެށިގެން) ކ.ހިންމަފުށި ބިމުގާ މަސައްކަތްކޮށް އެބިމަށް
ދައްކަމުން އައި ކުލި ނުދީ، ގަދަކަމުން އެބިމުގާ ތިބުމުގެ އެއްވެސް ޙައްޤެއް ޝަރުޢީ އަދި ޤާނޫނީ ގޮތުން
އެފަރާތަށް ލިބިގެން ނުވާކަމަށް ކަނޑައަޅާ، ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް 2014
އޯގަސްޓް 18 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެބިން ހުސްކޮށް އެބިމުން ފައިބައިގެން
ދިޔުމަށާއި، މިމުއްދަތުގެ ތެރޭގައި ކ.ހިންމަފުށީ ކައުންސިލް އިދާރާއިން އެބިމާއި ހަވާލުވުމަށާއި، އެބިމާއި
ޙަވާލުވުމަށް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން 2009 ޑިސެމްބަރުން ފެށިގެން 2014 އޯގަސްޓް
18 ވަނަ ދުވަހާ ހަމައަށް ޖަރނީ ވޯލްޑްގެ ފަރާތުން ހިންމަފުށީ ކައުންސިލް އިދާރާއަށް ދައްކަންޖެހޭ ޖުމްލަ
7655578/09 (ހަތްލައްކަ ފަސްދޮޅަސް ފަސްހާސް ފަސްސަތޭކަ ހަތްދިހަ އަށްރުފިޔާ ނުވަލާރި) 3 މަސް
ދުވަހުގެ ތެރޭގައި ދައްކާ ޚަލާސް ކުރުމަށް ޙުކުމްކޮށް" މިފަދައިންކަން އެނގޭކަމެވެ.
22,
(ށ) ދެވަނަކަމަކީ، އެޙުކުމެއް ތަންފީޛުކުރުމަށް އެދި މާލެއަތޮޅު ހިންމަފުށި ކައުންސިލްގެ
އިދާރާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ޙަވާލާދީފައިވާ މާލެ އަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013/H6C/16 ޤަޟިއްޔާގައި ކޮށްފައިވާ އިޝާރާތްކުރެވުނު ޙުކުމަށް ބެލުމުން އެޙުކުމުގައިވާ
ކަންކަން ތަންފީޛުކުރުމަކީ ޖަރނީ ވޯލްޑް މޯލްޑިވްސްގެ ފަރާތުން ކުރަންޖެހޭކަމެއްކަން އެނގޭކަމާއި، މީގެ
އިތުރުން މާލެ އަތޮޅު ހިންމަފުށި ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހެޅި ދަޢުވާގައި، ދަޢުވާ
ރައްދުވާފަރާތެއްގެ ގޮތުގައި ލިޔެފައިވަނީވެސް ޖަރނީ ވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުކަން އެނގެން
އޮތުމުން ޙުކުމް ތަންފީޛުކުރުމުގެ އެމައްސަލައިގައި ޙުކުމް ތަންފީޛުކުރަން ފުލުހުންނަށް އެންގުމުގެ ކުރިން
ޖަރނީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބަހެއް ޝަރީޢަތުގެ ފަރާތުން ހޯދަންޖެހޭނެކަމާއި،
އެހެންނަމަވެސް އެމައްސަލައިގައި ދަޢުވާލިބޭ ފަރާތުގެ ޙައިސިއްޔަތުން ޖަރނީވޯލްޑް ޕްރައިވެޓް ލިމިޓެ
އެއްވެސް ބަހެއް އިސްތިއުނާފުކުރެވޭ އަމުރުނެރުމުގެ ކުރިން މާލެއަތޮޅު ހިންމަފުށި މެޖިސްޓްރޭޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު 1
44 235
=32
2{15/HC-A/102
ހޯދާފައިވާކަން އެނގެން ނެތްއިރު، އެފަރާތުގެ ހޯދިފައިނުވަނީ މަޤްބޫލު ސަބަބެއް
މެދުވެރިވެގެންކަންވެސް އެނގެންނެތްކަމާއި، މިހެންކަމުން މާލެއަތޮޅު ހިންމަފުށި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
01/H6C ކޯޓު އަމުރު ނެރުއްވާފައިވަނީ ޙުކުމް ތަންފީޛުކުރުމުގެ މައްސަލަތަކުގައި
ހުންނަގޮތާއި ޚިލާފުގޮތަކަށްކަން އެނގެން އޮންނަކަމެވެ.
ތ ه2
0
އަރީޚު މަލުކުރުމަށް އޮންނަ
ވީމާ، މާލެއަތޮޅު ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C ކޯޓު އަމުރަކީ
އިސްވެފާހަގަކުރެވުނު ސަބަބަށްޓަކައި ބާޠިލްކުރަންޖެހޭ އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނުކަމެވެ.
0 0
<< O
ދެން ފަހެ،
ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާލެއަތޮޅު ހިންމަފުށީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
01/H6C ކޯޓު އަމުރު ބާޠިލުކޮށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
0 2
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv