ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/76 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/16
کی عمری
ދެލި
بماند از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
)
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު:76/HC
-
A/2015
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޢަބްދުލްޙަމީދު މުޙައްމަދު * އައި.ޑީ.ކާޑް ނަންބަރ: A041756
* ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 983 / މާލެ
މިހާރުގެ އެޑްރެސް: ދަފްތަރު ނަންބަރު 983 / މާލެ
*
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާރސްޓްރަކްޗަރ)
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް | ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ މާލެ
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް / ހ. ވެލާނާގެ 6 ވަނަ ފަންގިފިލާ/ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ފެބްރުއަރީ 2015
ނިމުނު ތާރީޚް: 02 ނޮވެމްބަރު 2016
.
• އިސްތިއުނާފުކުރެވުނު އަމުރު.
ނަންބަރު: 2014/Cv
-
C/1495
* ކޯޓު: ސިވިލް ކޯޓު
* ނިންމެވި ތާރީޚް: 13 ނޮވެމްބަރ 2014
* ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2015/HC-A/16
ނިމުނު
مرگ منم **
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދަފްތަރު ނަންބަރު 1983 ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
.ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
2ދ 234
ހށުހޅުމުން
މި ޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދަޢުލަތް (މިނިސްޓްރީ އޮފް ހައުސިންގ
0 0
OOOO
އެންޑް އިންފްރާސްޓްރަކްޗަރ)އެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދަފްތަރު ނަންބަރު 983 | ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ސީ.ކެޓަގަރީގެ
ވަގުތީ ލިސްޓާއި، ދާއިމީ ލިސްޓުގައި ދަފްތަރު ނަންބަރު 1983 ޢަބްދުލްޙަމީދު މުޙައްމަދުގެ ނަން
ހިމެނުމަށްފަހު، 09 މާރޗް 2014 ވަނަ ދުވަހު ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލުކަމަށް މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން އަންގާފައިވާތީ، މިއެންގުމަކީ
ބާޠިލް
ވިލް އެންގުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ސީ.ކެޓަގަރީގެ ފްލެޓް ލިބޭ
ފަރާތްތަކުގެ ތެރޭގައި ޢަބްދުލްޙަމީދު މުޙައްމަދު ހިމަނައި، ޢާންމުކުރި ދާއިމީ ލިސްޓުގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
, w3
=32
2{15/HC-A/16
کی مرکی
004
އެޑީ
3 ޤަޟިއްޔާ ނިމުނު 1
ފަދައިން ޢަބްދުލްޙަ
ދުލްޙަމީދު މުޙަ
މުޙައްމަދަށް ފްލެޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ
އިންފްރާރސްޓަކްޗަރގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޢަބްދުލްޙަމީދު މުޙައްމަދު ދަޢުވާކުރުމުން
ބެލެވުނު ޤާޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި
"ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު
ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ނަންތަކާއި، އެފަރާތްތަކަށް ލިބިފައިވާ ޕޮއިންޓްތައް ބަޔާންކޮށް މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކޮށްފައިވާ ނަންބަރު 138/2013/51 (IUL)
(27 ނޮވެމްބަރ 2013) އެ އިއުލާނުގައިވާ ގޮތުގެ މަތީން އެފްލެޓް ދަފްތަރު ނަންބަރު 1983
ޢަބްދުލްޙަމީދު މުޙައްމަދުއަށް ޙަވާލުކުރުމުގެ ކުރިން، ޢަބްދުލްޙަމީދު މުޙައްމަދަށް ސަރުކާރުން ހިންގާފައިވާ
ހައުސިންގ ޕްރޮޖެކްޓެއްގެ ދަށުން ރޯހައުސްއެއް ލިބިފައިވާކަން މިމައްސަލައިގައި ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމުން، ޢަބްދުލްޙަމީދު މުޙައްމަދަކީ އެއިލާނުގައި ބަޔާންވެގެންވާ ފަދައިން
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި "ސީ" ކެޓަގަރީން ދޫކުރުމަށް ހަމަޖެހިފައިވާ
ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ޙަވާލުކުރެވިދާނެ ފަރާތެއްކަމުގައިނުވާތީ، ޢަބްދުލްޙަމީދު މުޙައްމަދަށް
ފްލެޓެއް ލިބުމަށް ހޮވިފައިވާ ހޮވުން ބާޠިލްކަމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރގެ ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުން އަންގާފައިވާ އެންގުމަކީ، ބާޠިލް
ކަނޑައަޅައި ދެވެންނެތްކަމާއި، ވެށިފަހި މާލެ ޕްރޮގްރާމްގެ ސީ-ކެޓެގަރީގެ ފްލެޓް ލިބޭ
ފަރާތްތަކުގެ ތެރޭގައި ޢަބްދުލްޙަމީދު މުޙައްމަދު ހިމަނައިދެވެން ނެތްކަމާއި، އަދި ޢަބްދުލްޙަމީދު
މުޙައްމަދަށް ފްލެޓް ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މައްޗަށް
އަމުރުކޮށްދެވެން ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
2
8
9
04 ﷲ
1930ކށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
4 ޤަޟިއްޔާ ނިމުނު ގޮތުގެ
2{15/HC-A/16
3- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤްޟިއްޔާ އިސްތިއުނާފު ކުރުމަށް
ދަފްތަރު ނަންބަރު 1983 ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން މައިގަނޑު 03 (ތިނެއް) ނުކުތާއެއް
ހުށަހަޅައި އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި-
ކެޓަގަރީން ފްލެޓްތައް ދޫކުރިއިރު، ފުލެޓްއަށް އެދި ހުށަހެޅި ފަރާތްތަކުގެ ޝަރުޠު ހަމަވާތޯ ބަލާނެ ވަކި
ތާރީޚެއް (ކަޓް އޮފް ޑޭޓް ކަނޑައަޅާފައިވާކަމާއި، އެގޮތުން ކަނޑައަޅާފައިވާ ތާރީޚުގައި އިސްތިއުނާފު ކުރާ
ފަރާތުގެ ނަމުގައި ރޯހައުސްއެއް ނެތްކަމާއި، އަދި ރޯހައުސްއެއް ގަންނަން އެއްބަސްވުމެއްގައިވިޔަސް
ސޮއިކޮށްފައިނުވާކަމާއި އެގޮތުން ފުލެޓް ދޫކުރާ މީހުންގެ ޝަރުޠު އިސްތިއުނާފުކުރާ ފަރާތުގެ ކިބައިގައި
ފުރިހަމަވާކަމާއި އެހެންނަމަވެސް، ދަށު ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: ވެށިފަހިމާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން
ފުލެޓްތައް ދޫކުރިއިރު، އިސްތިއުނާފުކުރާ ފަރާތާއެކު އެޗް.ޑީ.ސީ އަށް ޑައުން ޕޭމަންޓު ދައްކަމުން އައި
އެހެން މީހުންވެސް ތިބިއިރު، ޑައުން ޕޭމަންޓު ދައްކަމުން ގެންދިއުމަކީ ރޯ ހައުސްއެއް ލިބިފައި
އޮތުންކަމަށް ބަލައި އެއިން މީހަކު ޑިސްކޮލިފައިކޮށްފައި ނުވާއިރު، އިސްތިއުނާފުކުރާ ފަރާތް
ޑިސްކޮލިފައިކުރުމަކީ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި ޚިލާފަށް ތަފާތުކުރުންކަމާއި އެހެންނަމަވެސް
އެކަމަށް ދަށުކޯޓުން ރިޢާޔަތްކުރައްވާފައިނުވާކަމަށްބުނެ، ހުށަހެޅި ނުކުތާ.
ދިވެހިރާއްa
މަޖިކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު "
2015/HC-A/16
کی عمری
ދެވެ
(ނ) ތިންވަނަ ނުކުތާއަކީ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ނަންބަރު
2013
/
2350/HDC
(
161
)
-L
/
PRV ސިޓީގެ ކޮޕީ މައްސަލަ ހުށަހެޅިއިރު އިސްތިއުނާފުކުރާ ފަރާތަށް
ލިބިފައިނުވާތީ އެސިޓީގެ ކޮޕީއެއް ފަހުން ލިބުމުން އެލިޔުން ހުށަހަޅަން ބޭނުންވާ ވާހަކަ ކޯޓުގައި
ދެންނެވުމުން އެފުރުޞަތު ދެއްވުމަކާއި ނުލައި މައްސަލަ ނިންމާފައިވުމުން، އިސްތިއުނާފުކުރާ ފަރާތަށް
ރޯހައުސްއެއް ލިބިފައިނުވާކަމާއި އެހެންނަމަވެސް ލިބުނީ ރޯހައުސްއެއް ގަތުމުގެ ފުރުޞަތުކަމާއި،
ފުރުޞަތު ލިބުމަކީ
ލިބުން
ހުށަހެޅި ނުކުތާއަށް
ފުރިހަމައަށް ރިޢާޔަތްކުރެވިފައިނުވާކަމާއި އެގޮތުން ފުރިހަމަ އިންސާފު ޤާއިމްކުރެވިފައިނުވާކަމަށްބުނެ
4 22
8
2 ބ 02
2 ހ2 24
ހ444
ގަތުމުގެ
22
25 ތ ދ ތތ 2
2
ނނކެ9ނބ
ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް ދަފްތަރު ނަންބަރު 1983 ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅޭގޮތުން ޢަބްދުލްޙަމީދު މުޙައްމަދުގެ ފަރާތުންނާއި މި އިސްތިއުނާފް ދަޢުވާރައްދުވާ ދަޢުލަތް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1495
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް
މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
oxo
(ހ) ފުރަތަމަ ކަމަކީ: "ވެށި ފަހި މާލެ ޕްރޮގްރާމް"ގެ ފުރަތަމަ ފިޔަވަހީގެ "ސީ"
ކެޓަގަރީން މާލެއިން އަދި ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
, s:
=32
2015/HC-A/76
و مری
ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވެ ހޮވިފައިވާ ފަރާތްތަކުގެ ނަންތަކާއި، އެފަރާތްތަކަށް ލިބިފައިވާ
ޕޮއިންޓްތައް ބަޔާންކޮށްފައިވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު
138/2013/51(IUL) (27 ނޮވެމްބަރ 2013) އިޢުލާނަށް ބަލާއިރު، ޢަބްދުލްޙަމީދު މުޙައްމަދަށް 480
ޕޮއިންޓް ލިބިގެން ލިސްޓުގެ 106 ވަނަގައި ހިމެނިފައިވާކަން އެނގެން އޮންނަކަމާއި، އެ ލިސްޓަކީ 2013
ނޮވެމްބަރ 04 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި ރިޕޯޓަށް ބަލައި އެ ރިޕޯޓުގައި ފާހަގަ
ކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން، މިނިސްޓްރީން ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ އުޞޫލުތަކުގެ
ތެރެއިން އިސްލާޙުކުރެވެން ހުރި ކަންކަން އިސްލާޙު ކުރުމަށް ފަހު ނެރޭ "ސީ" ކެޓަގަރީގެ ދާއިމީ
ލިސްޓުކަމާއި، އޭ.ސީ.ސީ. އިން އިތުރަށް ބަލާ ޔަޤީން ކުރަން އަންގާފައިވާ ފަރާތްތައް އެ ލިސްޓުގައި
ހިމެނޭކަމާއި، ނަމަވެސް އެހެން ފަރާތްތަކަކޭ އެއްގޮތަށް ރާތްތަކާއި ފްލެޓް ހަވާލުކުރެވޭނީ ޔަޤީން
ކުރަންޖެހޭ ކަންކަން ޔަޤީންކުރުމަށް ފަހުގައި ކަމާއި، އެ އިޢުލާނުގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ
ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ، ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލްވާނެކަމާއި، މިގޮތުން ބާޠިލްވާނެ
ކަންތައްތަކުގެ ތެރޭގައި ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން ދޫކުރާ ގެއެއް، ފްލެޓެއް ނުވަތަ
ރޯހައުސްއެއް ލިބިފައިވުން މިހެން ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި، ފްލެޓް ލިބޭ މީހުންގެ
ލިސްޓުގައި ހިމެނުނުކަމުގައި ވިޔަސް ފްލެޓް ހަވާލުކުރެވޭނީ ފިރިމީހާ ނުވަތަ އަނބިމީހާއަށް ސަރުކާރުން
ހިންގާފައިވާ ހައުސިން ޕްރޮޖެކްޓެއްގެ ދަށުން ދޫކުރާ ފްލެޓެއް ނުވަތަ ރޯހައުސްއެއް ލިބިފައި ނެތް ނަމަކަން
އެ އިޢުލާނުގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
OXO
(ނ) ދެވަނަ ކަމަކީ: ޢަބްދުލްޙަމީދު މުޙައްމަދަކީ ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ
އިތުރު 20 ރޯހައުސްއަށް ގުރުއަތުން ހޮވުނު ފަރާތެއްކަން ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ އިތުރު
20 ރޯހައުސްއަށް ގުރުއަތުން ހޮވިފައިވާކަން 27 ސެޕްޓެމްބަރ 2010 ގެ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަންގެ "ހުޅުމާލެއިން ވިއްކުމަށް ހަމަޖެހިފައިވާ އިތުރު 20 ރޯހައުސްއަށް ގުރުއަތުން ހޮވުނުކަން
OOOx <
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [14331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
#
ޤަޟިއްޔާ ނިމުނު
2015/HC-A/16
می هرکی
ދެވެ
02
އަންގައިދޭ ސްލިޕް" އަށް ބެލުމުން އެނގެން އޮންނަކަމާއި، ވެށި ފަހި މާލެ ޕްރޮގްރާމްގެ ސީ ކެޓަގަރީގެ
ދާއިމީ ލިސްޓު އިޢުލާނުކުރި އިރު، ޢަބްދުލްޙަމީދު މުޙައްމަދު އެ ލިސްޓުގައި ހިމެނިފައި ވީނަމަވެސް،
ޢަބްދުލްޙަމީދު މުޙައްމަދާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ހުޅުމާލޭގައި ހުރި 02-R14
ނަންބަރު ރޯހައުސް ގަތުމާ ގުޅޭ ގޮތުން ޕްރީސޭލް އެގްރީމަންޓެއްގައި ސޮއި ކޮށްފައިވާތީ، އެޓާރނީ ޖެރެނަލް
އޮފީހުގެ ލަފާފުޅުގެ މަތިން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ދޫކުރަން ބަލާއިރު، ޢަބްދުލްޙަމީދު
މުޙައްމަދަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު ދިގު މުއްދަތަކަށް ފައިސާ ދައްކައި ޚަލާސްކުރާ
ގޮތަށް ރޯހައުސްއެއް ގަތުމާއި ގުޅޭ ގޮތުން އެއްބަސްވުމެއް އޮތް ފަރާތެއްކަމަށްވާތީ، ވެށިފަހި މާލެ
ޕްރޮގްރާމްގެ ދަށުން ފްލެޓް ލިބުމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްނުވާތީ ފްލެޓަށް ހޮވިފައިވާ ހޮވުން ބާޠިލް
ކޮށްފައިވާކަން ވެށިފަހި މާލެ ޕްރޮގްރާމް އޮފީހުގެ ނަންބަރު 2014
/
124/INDIV/138 (09 މާރިޗް
2014) ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
OOox
(ނ) ތިންވަނަ ކަމަކީ: ވެށިފަހި މާލެ ޕްރޮގްރާމަކީ، އިޖުތިމާޢީ ބޯހިޔާވަހިކަން
ފޯރުކޮށްދިނުމުގެ ގޮތުން ފަށައިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއްކަމާއި، އެ ޕްރޮގްރާމްގެ ބޭނުމަށްޓަކައި،
މީހެއްގެ ނަމުގައި ބިމެއް ނުވަތަ ފްލެޓެއް ނުވަތަ ރޯހައުސްއެއް އޮތްކަމަށް މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އިންފްރާސްޓަރަކްޗަރއިން ބައްލަވަނީ އެމީހަކަށް ރަޖިސްޓްރީ ކުރެވިފައިވާ ނުވަތަ އެއްބަސްވުމެއްގެ
ދަށުން ދިގު މުއްދަތަކަށް ފައިސާ ދައްކާ ޚަލާސްކުރާ ގޮތަށް ގޯއްޗެއް، ފްލެޓެއް ނުވަތަ ރޯހައުސްއެއް
ލިބިފައިވާ ފަރާތްތައް
ތައްކަމަށް ދަޢުލަތުގެ ފަރާތުން ބުނެފައިވާކަމާއި، މިގޮތުން ވެށިފަހި މާލެ ޕްރޮގްރާމްގެ
"ސީ" ކެޓަގަރީއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޢަބްދުލްޙަމީދު
މުޙައްމަދު ވަނީ އެކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމެނިފައިކަމާއި، އޭރު ޢަބްދުލްޙަމީދު
މުޙައްމަދުއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ރޯހައުސްއެއް ގަންނަން ޕްރީސޭލް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
44 239 2
ޤަޟިއްޔާ ނިމުނު
2{15/HC-A/16
منيت ملي ی مری
އެގްރީމަންޓެއް ވެފައިވާކަން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަންބަރު 138/1/2012/49(IUL) (22
ޖުލައި 2017) އިޢުލާނުގައި ބަޔާންކޮށްފައިވަނީ ފްލެޓް ހަވާލުކުރެވޭނެ ފަރާތްތައް ބެލުމުގައި ބަލަންޖެހޭ
ކަންކަމަށް އޮތް އެންމެ ފަހު މުއްދަތު ނޫންކަމާއި، ނަމަވެސް 27 މާރޗް 2011 މިތާރީޚަކީ ވަޒީފާއަށްވީ
މުއްދަތާއި، ކައިވެންޏަށްވީ މުއްދަތާއި އަދި 18 އަހަރުން ދަށުގެ ދަރިން ތިބި އަދަދު ބެލުމުގެ އެންމެ ފަހު
ތާރީޚުކަމާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރގެ
ނަންބަރު
138/2013/51(IUL) (27 ނޮވެމްބަރ 2013) އިޢުލާނުގައި ފްލެޓް ހަވާލުކުރެވޭނެ ފަރާތްތައް ބެލުމުގެ
ބަލަންޖެހޭ ކަންކަން ބެލުމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތްކަމާއި، ނަމަވެސް އެއިޢުލާނުގައި
ބަޔާންކޮށްފައިވާ ކަންތައްތައްތަކުގެ ތެރެއިން ކަމެއް ދިމާވެއްޖެ ނަމަ ފްލެޓް އަށް ހޮވިފައިވާ ހޮވުން ބާޠިލް
ކުރެވޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ
ދަށުން ޢަބްދުލްޙަމީދަށް ރޯހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެނގެން އޮންނާތީ
ޢަބްދުލްޙަމީދު މުޙައްމަދަކީ ސަރުކާރުން ހިންގާ ބޯހިޔާވަހި ކަމުގެ ޕްރޮޖެކްޓެއްގެ ދަށުން ބޯހިޔާވަހިކަން
ލިބިފައިވާ ފަރާތެއްކަމުގައި ބަލަންޖެހޭކަމެވެ.
(ނ) ހަތަރުވަނަކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1495 ޤަޟިއްޔާގައި
ހިމެނޭ މައްސަލާގައި ޢަބްދުލްޙަމީދު މުޙައްމަދަށް މައްސަލާގައި ލިޔުން ހުށަހެޅުމުގެ ފުރުސަތު ދީފައިވާ
ކަމާއި، ނަމަވެސް މައްސަލައިގެ އެންމެ ފަހު އަޑުއެހުމުގައި ވެސް ޢަބްދުލްޙަމީދުގެ ފަރާތުން ހުށަހަޅަން
ބޭނުންވާކަމަށް ބުނި ލިޔުން ހުށަހަޅާފައިނުވާކަން ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1495
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 3.6 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި،
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަރާތުން ޢަބްދުލްހަމީދު މުޙައްމަދުގެ ފަރާތުން ހުށަހަޅަން ބޭނުންވި
<
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 4 23 9»
=32
2{15/HC-A/76
9 ޤަޟިއްޔާ ނިމުނު
سي تي سي یری
ލިޔުންތައް ހުށަހެޅުމުގެ ފުރުސަތުދީފައި ވީނަމަވެސް ޢަބްދުލްޙަމީދު މުޙައްމަދަށް ދިން ފުރުސަތުގައި
އެލިޔުންތައް ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: ވެށިފަހިމާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން
ފުލެޓްތައް ދޫކުރިއިރު، ޢަބްދުލްޙަމީދު ފަދައިން އެޗް.ޑީ.ސީ އަށް ޑައުން ޕޭމަންޓު ދައްކަމުން އައި އެހެން
މީހުންވެސް ތިބިކަމަށާއި، ޑައުން ޕޭމަންޓު ދައްކަމުން ގެންދިއުމަކީ ރޯ ހައުސްއެއް ލިބިފައި އޮތުންކަމަށް
ބަލައި އެއިން މީހަކު ޑިސްކޮލިފައިކޮށްފައިނުވާކަމަށް ޢަބްދުލްޙަމީދުގެ ފަރާތުން ބުނެފައިވާއިރު،
ވެށިފަހި މާލެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ "ސީ" ކެޓަގަރީން ފްލެޓްތައް ދޫކުރިއިރު،
ޢަބްދުލްޙަމީދު މުޙައްމަދާއި އެއްފަދައިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ޑައުންޕޭމަންޓް
ދައްކަމުން ދިޔަ އެއްވެސް ފަރާތެއް ހިމެނިފައިނުވާކަމަށާއި، ރޯހައުސްއަށް ޑައުންޕޭމަންޓް ދައްކަމުން
ޢަބްދުﷲ ޝަރީފް އާއި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން "ސީ" ކެޓަގަރީން ފްލެޓް ލިބިފައިވާކަމަށް
ޢަބްދުލްޙަމީދު މުހައްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ޢަބްދުﷲ ޝަރީފްއަކީ ދެފަރާތެއްކަމަށް މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 32
/
2015
/
29/DSI-138 (08 މާރޗް
2015) ސިޓީގައި ބަޔާންކޮށްފައިވާއިރު، އެކަން ނަފީކުރެވޭ ވަރުގެ ހެއްކެއް އަދި ޤަރީނާއެއް ޢަބްދުލްޙަމީދު
މުޙައްމަދުގެ ފަރާތުން ހުށަހެޅިފައި ނުވާކަން އެނގެން އޮންނަކަމެވެ.
މެނޭދި
އެހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv-C/1495 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/16
کی عمری
ދެލި
ޙުކުމް
ސިވިލް ކޯޓުގެ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ނަންބަރު 2014/Cv
-
C/1495 ޤަޟިއްޔާގައި އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލަކާ ޚިލާފަށް ކަމަށް ބަލަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަވައި ޙުކުމް ކުރީ
ޢަބްދުއްރައޫފު އިބްރާހީމް
ޢަބްދުﷲ ޙަމީދު
ޢަލީ ސަމީރު
،ފަނޑިޔާރު)
(ފަނޑިޔާރު)
(ފަނޑިޔާރު)
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv