ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/290 ޤަޟިއްޔާގެ ޙުކުމް
1
2{15/HC-A/290
3 45
83
ޤަޟިއްޔާ ނިމުނު
ޗެވެ
بمان از مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
مرقع گا
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 290/HC
-
A/2015
*
އިސްތިއުނާފުކުރި ފަރާތް:
ނަން:އިބްރާހީމް ތަޢުފީޤު
ދާއިމީ
އެޑްރެސް: ޒިއުރިޒްވިލާ / ގއ.ވިލިނގިލި
4
އައި.ޑީ.ކާޑް ނަންބަރު: A102124
މިހާރުގެ އެޑްރެސް: މ.ކިއުޕިޑް މާލެ
404
• އިސްތިއުނާފު ރައްދުވި ފަރާތް:
އިލްޔާސް މުޙައްމަދު
އެޑްރެސް: ނާޝާ | ހއ.ކެލާ
އައިޑީކާޑު ނަންބަރު: A041922
އެޑްރެސް: ހ.އޮއިސްޓަރ 13 މާލެ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 އޮގަސްޓް 2015
ނިމުނު ތާރީޚް: 14 މާރިޗު 2017
.އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
.ނަންބަރު: 2011/Cv-C/1502
ނިންމި ކޯޓް ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މަސައްކަތުގެ އަގު ހޯދުން
• ހުށަހެޅި ތާރީޚް:
17 ޖުލައި 2011
* ނިމުނު ތާރީޚް: 05 ފެބްރުއަރީ 2015
މައްސަލަ ބެއްލެވި ފަނޑިޔާރުން
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް،
އިސް ފަނޑިޔާރު ޢަބްދުﷲދީދީ
ފަނޑިޔާރު ޢަބްދުއަމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
383
23
2{015/HC-A/290
•ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގއ.ވިލިނގިލި، ޒިއުރިކްވިލާ! އިބްރާހީމް ތައުފީޤުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދުއެވެ.
ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1502 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ގއ.ވިލިނގިލި، ޒިއުކްވިލާ އިބްރާހީމް ތައުފީޤު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ވިލިމާލެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި، ލ.ގަމު، ތުނޑީގެ
ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު އެޅުމުގެ ގޮތުން ހއ.ކެލާ، ނާޝާ އިލްޔާސް
މުޙައްމަދު ލައްވައި ގއ.ވިލިނގިލި، ޒިއުރިކްވިލާ އިބްރާހީމް ތައުފީޤު ކުރުވާފައިވާ މަސައްކަތުގެ އަގުގެ
ޚަރަދާއި، އިބްރާހީމް ތަޢުފީޤުގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލިފައިވާ އިލްޔާސް މުޙައްމަދުގެ ލެޕްޓޮޕްގެ
އަގުގެ ގޮތުން އިލްޔާސާ މުޙައްމަދަށް އިބްރާހީމް ތަޢުފީޤު ދޭންވާ ޖުމްލަ 569,107.01ރ (ފަސްލައްކަ
ފަސްދޮޅަސް ނުވަހާސް އެއްސަތޭކަ ހަތްރުފިޔާ އެއްލާރި) އިން ލޯނުގެ ގޮތުގައި ދިން -/300,000 (ތެލަ
ރުފިޔާ) ކެނޑުމުން ބާކީވާ 369,107.01ރ (ތިންލައްކަ ފަސްދޮޅަސް ނުވަހާސް އެއްސަތޭކަ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
3
23
2{15/HC-A/29
ޤަޟިއްޔާ ނިމުނު
އެއްލާރި) ލިބިފައިނުވާތީ، މި ފައިސާ ހޯދުމަށް އިބްރާހީމް ތަޢުފީގުގެ މައްޗަށް އިލްޔާސް މުޙައްމަދުގެ ފަރާތުން
ދަޢުވާކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި ނުކުތާތަކުގެ
މައްޗަށް ބެލުމަށް ފަހު، ވިލިމާލެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި ލ.ގަމު ތުނޑީގެ ދިރާގު
ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި ލ.ގަމު ތުނޑީގެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު
އެޅުމުގެ ގޮތުން ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދު ލައްވައި ގއ.ވިލިނގިލި، ޒިއުރިކްވިލާ (ޝްރޫގް
މޯލްޑިވްސް) | އިބްރާހީމް ތަޢުފީޤު ކުރުވާފައިވާ މަސައްކަތުގެ އަގުގެ ގޮތުންނާއި އިބްރާހީމް ތަޢުފީޤުގެ ބެލުމުގެ
ދަށުގައި ވަނިކޮށް، ގެއްލިފައިވާ އިލްޔާސް މުޙައްމަދުގެ ލެޕްޓޮޕްގެ އަގުގެ ގޮތުން އިލްޔާސް މުޙައްމަދަށް
އިބްރާހީމް ތަޢުފީޤު ދޭންވާ 533,172.13ރ (ފަސްލައްކަ ތެއްތިރީސްހާސް އެއްސަތޭކަ ހަތްދިހަ ދެ ރުފިޔާ
ތޭރަލާރި)
އިން އިލްޔާސް މުޙައްމަދު ނަގާފައިވާ ލޯނަށް އަނބުރާދޭންވާ -/200,000ރ (ދެލައްކަ ރުފިޔާ)
ކެނޑުމުން ބާކީވާ 333,172.13ރ (ތިންލައްކަ ތެއްތިރީސްހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ތޭރަލާރި)
އަކީ އިބްރާހީމް ތަޢުފީޤުގެ އަތުން އިލްޔާސް މުޙައްމަދަށް ލިބެންވާ ފައިސާއެއްކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި، ހެކިންގެ ބަހުންނާއި، ދެޚަޞްމުންގެ ބަޔާންތަކުން ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދުއަށް ގއ.ވިލިނގިލި، ޒިއުރިކްވިލާ (ޝްރޫގެ
މޯލްޑިވްސް) އިބްރާހީމް ތަޢުފީޤު ދޭންވާ 172.13,333ރ (ތިންލައްކަ ތެއްތިރީސްހާސް އެއްސަތޭކަ ހަތްދިހަ
ދެރުފިޔާ ތޭރަލާރި) ދިނުމަށްޓަކައި 05 ފެބްރުއަރީ 2015، މިދުވަހުން ފެށިގެން 18 (އަށާރަ) މަސްދުވަހުގެ
ތެރޭގައި ކޮންމެ މަހަކު ވެސް އެމަހަކަށް ޖެހޭވަރު އެމަހަކު ދައްކަމުން ގޮސް 333,172.13ރ (ތިންލައްކަ
ތެއްތިރީސްހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ތޭރަލާރި) ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދަޢުވާލިބުނު
ގއ.ވިލިނގިލި، ޒިއުރިކްވިލާ (ޝްރޫގު މޯލްޑިވްސް)1 އިބްރާހީމް ތައުފީޤަށް އަންގައި ޙުކުމްކޮށްފީމެވެ."
މިފަދައިންކަން އެނގެން އޮންނަކަމެވެ.
04
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
4
2 *
2{15/HC-A/29
ޤަޟިއްޔާ ނިމުނު
3- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ގއ.ވިލިނގިލި، ޒިއުރިކްވިލާ! އިބްރާހީމް ތަޢުފީޤުގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާ
ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ނުކުތާތަކީ؟
(ހ) ފުރަތަމަ ނުކުތާއަކީ: ދެޚަސްމުން ޝަރީޢަތަށް ހުށަހެޅި ހެއްކާއި ޤަރީނާއަށް ރިޢާޔަތް
ކުރެއްވުމަކާ ނުލައި، ހުށަހެޅިފައިވާ ޙަޤީޤަތްތަކާ ޚިލާފަށް، ސިވިލް ކޯޓުގެ ނަންބަރ 2011/Cv-C/1502
ޤަޟިއްޔާގައި "އިލްޔާސް މުޙައްމަދު ކޮށްފައިވާ މިދަޢުވާގައިވާ މަސައްކަތް އިލްޔާސް މުޙައްމަދުއާ ހަވާލުކުރި
އިރު ޝުރޫގު މޯލްޑިވްސްއަކީ އިބްރާހީމް ތަޢުފީޤުގެ ނަމުގައިވާ ލޯކަލް އިންވެސްޓްމަންޓެއްކަމަށް"
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ
މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
2 22 22
(ނ) ދެވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާގެ ޙުކުމް
ކުރެއްވިއިރު ހަވާލާދީފައިވާ މައްސަލައިގެ ފެކްޓްސް (ވަޤާއިޢުތައް) ޔަޤީން ނުކުރައްވައި، މައްސަލައާއި ގުޅޭ
ގޮތުން އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާއާއި ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތުން
ފާހަގަކުރި މައްސަލައާ ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިޢާޔަތް
ނުލައި މައްސަލަ ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޚިލާފް ނިންމެވުމެއްކަމަށް ބުނެ
މ 04 2ތން
ކުރައްވަމެވެ
ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
5
23
2{15/HC-A/29
ޤަޟިއްޔާ ނިމުނު
(ނ) ތިންވަނަ ނުކުތާއަކީ: ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓްގެ ފާހަގަ ކުރެވުނު ނުކުތާ 4
ވަނަ ނަންބަރުގައި "ހެކިންގެ ބަހުންވެސް މި މަސައްކަތުގެ ބޮޑުބައެއް އިލްޔާސް މުޙައްމަދު ކޮށްފައިވާކަން
އެނގެން އޮންކަމަށް" ކަނޑައަޅުއްވާފައިވަނީ ހުށަހެޅުނު ހެކިބަހަށް ފުރިހަމައަށް ރިޢާޔަތް ކުރެއްވުމެއްނެތި
ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ
ނަންބަރާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
<< O
(ދ) ހަތަރުވަނަ ނުކުތާއަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާގެ 4 ވަނަ ނަންބަރުގެ 5 ވަނަ ޕެރެގްރާފުގައިވާ
"ދެފަރާތުގެ ދެމެދުގައި ޝަފަހީ ގޮތުން ވެވޭ އެއްބަސްވުމުގެ ދަށުން އަގަށްކުރެވޭ މަސައްކަތްތާއި މެދުގައި
އެމަސައްކަތް ކުރެވުނު މިންވަރާއި، އެމިންވަރުގެ އަގު ސިފަ ކުރުމަކުން ބުނެދިނުމަކުން ދައްކައި ވަކިކޮށްދެވެން
ނެތް ގޮތުގައި ކުރެވިފައިވާ މަސައްކަތްތަކާ މެދުގައި އެމަސައްކަތްތަކުގެ އަގު ވަޒަންކުރުމުގައި އެމައްޗަށް
ޝަރީޢަތުން ބަލާ އުސޫލަކީ ދެފަރާތުން އެބުނާ މިންވަރުގެ މިސްލަކީ އޭގެ މިންވަރާ އަގުގެ މިސްލީ އަގު
ކަމުގައި ބެލުންކަމަށް" ޝަރީއަތުން ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ޙަޤީޤަތްތަކާ ޚިލާފަށް އެއްވެސް
ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށްކަމުގައި ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ވެ.
ޤަވަލިނގލި،
4- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
.ވިލިނގިލި، ޒިއުރިކްވިލާ އިބްރާހީމް ތަޢުފީޤުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ
ގޮތުން އިބްރާހީމް ތަޢުފީޤާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް
ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މި ޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައި ވެއެވެ.
t
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
6
23
2{15/HC-A/29
ޤަޟިއްޔާ ނިމުނު
تک ک
2011/Cv-C/1502) އަކީ ވިލިމާލެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި، ލ.ގަމު، ތުނޑީގެ ދިރާގު
ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު އެޅުމުގެ ގޮތުން ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދު
ލައްވައި ގއ.ވިލިނގިލި، ޒިއުރިކްވިލާ އިބްރާހީމް ތައުފީގު ކުރުވާފައިވާ މަސައްކަތުގެ އަގުގެ ޚަރަދާއި،
އިބްރާހީމް ތަޢުފީޤުގެ ބެލުމުގެ ދަށުގައި ވަނިކޮށް ގެއްލިފައިވާ އިލްޔާސް މުޙައްމަދުގެ ލެޕްޓޮޕްގެ އަގުގެ ގޮތުން
އިލްޔާސް މުޙައްމަދަށް އިބްރާހީމް ތަޢުފީޤު ދޭންވާ ޖުމްލަ 569,107.01ރ (ފަސްލައްކަ ފަސްދޮޅަސް
ނުވަހާސް އެއްސަތޭކަ ހަތްރުފިޔާ އެއްލާރި) އިން ލޯނުގެ ގޮތުގައި ދިން -/
200,000ރ (ދެލައްކަ ރުފިޔާ)
ކެނޑުމުން ބާކީވާ 369,107.01ރ (ތިންލައްކަ ފަސްދޮޅަސް ނުވަހާސް އެއްސަތޭކަ ހަތްރުފިޔާ އެއްލާރި)
ލިބިފައި ނުވާތީ، އެ ފައިސާ ހޯދުމަށް އިބްރާހީމް ތަޢުފީޤާގެ މައްޗަށް އިލްޔާސް މުޙައްމަދުގެ ފަރާތުން ދަޢުވާ
ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި، އެ ޤަޟިއްޔާ ނިންމަވާފައި ވަނީ އިލްޔާސް މުޙައްމަދަށް
އިބްރާހީމް ތަޢުފީޤު ދޭންވާ 533,172.13ރ (ފަސްލައްކަ ތެއްތިރީސްހާސް އެއްސަތޭކަ ހަތްދިހަ ދެ ރުފިޔާ
ތޭރަލާރި) އިން އިލްޔާސް މުޙައްމަދު ނަގާފައިވާ ލޯނަށް އަނބުރާ ދޭންވާ -/200,000ރ (ދެލައްކަ ރުފިޔާ)
ކެނޑުމުން ބާކީވާ 333,172.13ރ (ތިން ލައްކަ ތެއްތިރީސް ހާސް އެއް ސަތޭކަ ހަތްދިހަ ދެ ރުފިޔާ ތޭރަ
ލާރި) އަކީ އިބްރާހީމް ތަޢުފީޤުގެ އަތުން އިލްޔާސް މުޙައްމަދަށް ލިބެންވާ ފައިސާއެއް ކަން ހުށަހެޅިފައިވާ
ލިޔުންތަކުންނާއި، ހެކިންގެ ބަހުންނާއި، ދެ މަސްމުންގެ ބަޔާންތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށް
ކަނޑައަޅުއްވައި އެ ފައިސާ އިލްޔާސް މުޙައްމަދަށް ދެއްކުމަށް އިބްރާހީމް ތަޢުފީޤަށް އަންގަވައި ކަން އެނގެން
mouc
އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: ވިލިމާލެ ސައިޓްގައި ރޭޑިޔޯ ހަޓެއް ހެދުމާއި، ލ.ގަމު ތުނޑީގެ ދިރާގު
ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު އެޅުމުގެ ގޮތުން ހއ.ކެލާ، ނާޝާ އިލްޔާސް މުޙައްމަދު
05 ނޮވެމްބަރ 2010 ވަނަ ދުވަހު ކ.ވިލިނގިލީ ދިރާގު ސައިޓްގައި ރޭޑީއޯ ހަޓެއް ހެދުމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
1
23
2{15/HC-A/29
ޤަޟިއްޔާ ނިމުނު
އިލްޔާސް މުޙައްމަދު އާ ހަވާލުކޮށްފައި ވާނީ ޝްރޫޤް މޯލްޑިވްސް ކުންފުންޏަށް -/
10,000ރ، (ދިހަ ހާސް
ރުފިޔާ) ދައްކާ ގޮތަށް ކަމަށާއި، މި މަސައްކަތުގެ ހުރިހާ ޚަރަދެއް ކުރާނީ އިލްޔާސް މުޙައްމަދު ކަމަށާއި، މި
މަޝްރޫޢުގެ ޖުމްލަ އަގަކީ -/300,000ރ (ތިންލައްކަ ރުފިޔާ) ކަމަށާއި، މި މަސައްކަތް ނުނިމެނީސް
ލ.ތުނޑީ ދިރާގް ސައިޓްގައި ހަދަން ހަމަޖައްސާފައިވާ ޓަވަރ ފައުންޑޭޝަންއާއި ރޭޑިއޯހަޓް އަދި ވަށާ ފާރުގެ
މަސައްކަތް ކުރުމަށް އިލްޔާސް މުޙައްމަދު އެއްބަސްވެފައި ވަނީ މި މަސައްކަތުން ލިބޭ ފައިދާ ދެމީހުން
ހަމަހަމަ އުޞޫލުން ލިބޭ ގޮތަށް ކަމަށާއި، މި މަޝްރޫޢުގެ ޖުމްލަ އަގަކީ 452,344.25ރ (ހަތަރުލައްކަ
ފަންސާސް ދެހާސް ތިންސަތޭކަ ސާޅީސް ހަތަރު ރުފިޔާ ފަންސަވީސް ލާރި) ކަމަށާއި، އަދި މަސައްކަތަށް
ބޭނުންވާ ސިމެންތި ހިލަ، ހިލަވެލި، ދަގަނޑު ލިބުމުން މަސައްކަތް ނިންމާދޭނެ ކަމުގެ ޔަޤީންކަން ދިން ފަހުން
އެ ތަކެތީގެ އިތުރަށް 200,000.00ރ (ދެލައްކަ ރުފިޔާ) ލޯނެއްގެ ގޮތުގައި 2 ސައިޓްގެ މަސައްކަތް ކުރުމަށް
ދިނުމަށް އެދިފައިވާ ކަމަށާއި، އެ ފައިސާ އިބްރާހީމް ތަޢުފީޤާ މެދުވެރިކޮށް ކ.ވިލިނގިލީ ރޭޑިއޯ ހަޓް ނިމުމުން
ފައިސާ ލިބޭގޮތަށް ދީފައިވަނީ ދ.މާއެނބޫދޫ، ރެޑިއަމް/ މުޙައްމަދު މުޢާޒު ކަމަށާއި، މި ފައިސާ ލިބުނު
ދުވަހުން ފެށިގެން އިލްޔާސް މުޙައްމަދުގެ މުޢާމަލާތްތައް ދިޔައީ ބަދަލުވަމުން ކަމަށާއި، މިގޮތުން ސައިޓްގައި
އެކަށީގެންވާ ވަރަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި، މި މަސައްކަތް ދިގުލާ ދިޔުމުގެ ސަބަބުން ދިރާގުން
20
% ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، އެހެންކަމުން، އިބްރާހީމް ތަޢުފީޤް، އިލްޔާސް މުޙައްމަދުގެ ފަރާތުން
މަސައްކަތުގެ އަގު ހޯދުމުގެ ދަޢުވާއަށް އިންކާރު ކުރާކަމަށް ބުނެ 13 ސެޕްޓެމްބަރ 2011 ވަނަ ދުވަހާއި 17
ޖެނުއަރީ 2013 ވަނަ ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް އިބްރާހީމް ތަޢުފީޤާ ދީފައިވާ
ބެލުމުން އެނގެން އޮންނަކަމާއި، މީގެ އިތުރުން އިލްޔާސް މުޙައްމަދުގެ ދަޢުވާގައި ބުނާ ލެޕްޓޮޕްއަށް ބަދަލު
ދޭނެކަމަށް އިބްރާހީމް ތަޢުފީޤު ބުނެފައިވާނެ ކަމަށާއި، 17 ޖޫން 2012 ދުވަހު އިލްޔާސް މުޙައްމަދު
ދަޢުވާކުރާ މަސައްކަތުގެ އަގު ހޯދުމުގެ މައްސަލައިގެ ދަޢުވާ ކުރުމުން އޭނާ ވާނީ އެކަމަށް އިންކާރު
ކޮށްފައިކަމަށާއި، އަދި ދަޢުވާ ކުރަންޖެހޭނީ ޝުރޫޤް މޯލްޑިވްސްއަށް ކަމަށް ބުނެފައިވާނެ
އެހެންނަމަވެސް، ދަޢުވާ ސާބިތުކޮށް ދިނުމުގެ ގޮތުން އިލްޔާސް މުޙައްމަދުގެ ފަރާތުން ހުށަހަޅާފަ
0 0 0
4 20 002
ހދ ހި2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
8
2{15/HC-A/29
385
23
ޤަޟިއްޔާ ނިމުނު
ޤާރީނާތައް ތާޢޫންކުރެވޭ ފަދަ ހެކި އިބްރާހީމް ތަޢުފީޤަށް ހުށަހެޅެން ނެތުމުން، އެދަޢުވާއަށް އިބްރާހީމް ތަޢުފީޤު
ފަރުދީ ހައިސިއްޔަތުން ޒިންމާ އުފުލާކަމަށް އިބްރާހީމް ތަޢުފީޤުގެ ފަރާތުން 23 އޮކްޓޯބަރު 2012 ގައި
ސިވިލް ކޯޓަށް ހުށަހަޅާފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނާތީ، އިސްތިއުނާފުކުރެވިފައި މިވާ
ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ދަށު ކޯޓުގައި ކުރިއަށް ގެންގޮސް ޙުކުމް ކުރައްވާފައި ވަނީ އިބްރާހީމް
ތަޢުފީޤަށް ދަޢުވާ ލިބޭ މައްސަލައެއްގެ ގޮތުގައި ކަން އެނގެން އޮންނަކަމެވެ.
OXO
ކޮމްޕްލީޓް ނުކުރާ
(ނ) ތިންވަނަ ކަމަކީ، މި މައްސަލާގައި ޝަރީޢަތަށް ޙާޟިރު ކުރެވުނު ހެކިންގެ ހެކިބަހަށް
ބަލާއިރު، ޝްރޫގު މޯލްޑިވްސްގެ ފަރާތުން ދިރާގުން ނެގި މަސައްކަތްތަކެއް ކުރުމަށް އިލްޔާސް މުޙައްމަދާއި
ހަވާލުކުރީ އިބްރާހީމް ތަޢުފީޤްކަމާއި، ޤާސައްކަތް ކުރަން ތަކެތި ދިނީ ބްރޫޤް މޯލްޑިވްސް އިން ކަމާއި،
އިލްޔާސް މުޙައްމަދު ވެސް ޚަރަދު ކުރިކަމާއި، ނަމަވެސް ކުރި ޚަރަދެއް ނޭނގޭ ކަމާއި، ލ.ގަމުގައި
ފައުންޑޭޝަންގެ މަސައްކަތްކުރީ އިލްޔާސް މުޙައްމަދު ކަމާއި، މި މަސައްކަތްތައް އެއްކޮށް
ކަމާއި، ވޭރިއޭޝަންގެ މަސައްކަތެއް ހިނގިކަމަށް، ދ.މާއެނބޫދޫ ރެޑިއަމްގެ، މުޙައްމަދު މުޢާޛް އާއި
ގ.ދޫރެސްވިލާގެ ޙަސަން ޝަރީފް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވާކަން
އެނގެން އޮންނަކަމާއި،
މީގެ އިތުރުން ގ.ދާސްތާން އިސްމާޢީލް ޢަލީމް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ހެކިބަސް ދެމުން ޝްރޫގު މޯލްޑިވްސްއިން ދިރާގުން ނެގި މަސައްކަތްތަކެއް ކުރުމަށް އިލްޔާސް މުޙައްމަދާއި
ހަވާލުކުރީ އިބްރާހީމް ތަޢުފީޤާ ކަމާއި، ކ.ވިލިނގިލީ ހަޓްގެ މަސައްކަތް އެއްކޮށް ނިންމީ އިލްޔާސް މުޙައްމަދު
ކަމާއި، އެކަމަށް އިބްރާހީމް ތަޢުފީޤާ ޚަރަދުކުރި ނަމަވެސް ބޮޑަށް ޚަރަދުކުރީ އިލްޔާސް މުޙައްމަދު ކަމާއި،
ވޭރިއޭޝަންގެ މަސައްކަތް ކުރީ އިބްރާހީމް ތަޢުފީޤާ އަގު ދިނުމަށް އެއްބަސްވުމުން އިލްޔާސް މުޙައްމަދު ކަމަށް
ބުނެފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
9
2{15/HC-A/29
ޤަޟިއްޔާ ނިމުނު
رک
އިސްވެ ބުނެވުނު ހެކިންގެ ހެކިބަހަށް ބަލާއިރު، އިލްޔާސް މުޙައްމަދާއި މަސައްކަތް ހަވާލު
ކޮށްފައިވަނީ އިބްރާހީމް ތަޢުފީޤްކަމާއި އެގޮތުން ހަވާލުކުރި މަސައްކަތުގެ ތެރެއިން ވިލިމާލެ ސައިޓްގައި ރޭޑިޔޯ
ހަޓެއް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާފައިވާ ކަމާއި، ނަމަވެސް ލ.ގަމު ތުނޑީގެ ދިރާގު ސައިޓުގައި
ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު އެޅުމުގެ މުޅި މަސައްކަތް ނިންމާފައިނުވި ކަމުގައި ވީނަމަވެސް
މަސައްކަތުގެ ބޮޑުބައި ނިންމާފައިވާ ކަމާއި، މި މަސައްކަތްތަކާ ގުޅިގެން އިލްޔާސް މުޙައްމަދާއި މުޢާމަލާތް
ކޮށްފައިވަނީ އިބްރާހީމް ތަޢުފީޤާ ކަން އެނގެން އޮންނަކަމެވެ.
77
(ރ) ހަތަރުވަނަ ކަމަކީ، މި މައްސަލައިގެ ދަޢުވާގައި ބަޔާންކޮށްފައިވާ ވިލިމާލެ ދިރާގު
ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި، ލ.ގަމު، ތުނޑީގެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ
އެޅުމުގެ މަސައްކަތްތަކަކީ ދިރާގުން ޝްރޫޤް މޯލްޑިވްސް އާ ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމާއި،
ޝްރޫޤް މޯލްޑިވްސް އަކީ، ދ.މާއެނބޫދޫ، ރެޑިއަމްގޭ މުޙައްމަދު މުޢާޒުގެ ނަމުގައި މިނިސްޓްރީ އޮފް
ޓްރޭޑްގައި 18 ނޮވެމްބަރު 2006 ގައި ރަޖިސްޓްރީކޮށްފައިވާ ލޯކަލް އިންވެސްޓްމަންޓެއް ކަމާއި، އަދި 23
ޖަނަވަރީ 2011 ތާރީޚުގައި ޝްރޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ކުންފުންޏެއް
ރަޖިސްޓްރީކޮށްފައިވާ ކަމާއި، އެކުންފުނީގެ ޙިއްޞާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވަނީ
ގއ.ވިލިގިލީ ޒިޔުރިކްވިލާ، އިބްރާހީމް ތަޢުފީޤާ އާއި މުޙައްމަދު މުޢާޒް އާ ދެމީހުން ކަމާއި، މިދެމީހުންގެ
ޙިއްޞާ ބެހިގެންވަނީ ހަމަހަމައަށް ކަން އެނގޭއިރު، ޝްރޫޤް މޯލްޑިވްސް އާ ދިރާގުން ހަވާލުކުރި މަސައްކަތުގެ
ތެރެއިން ދަޢުވާގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަކީ ޝްރޫޤް މޯލްޑިވްސް ލޯކަލް އިންވެސްޓްމަންޓެއްގެ
ގޮތުގައި ރަޖިސްޓްރީ ވެފައިވަނިކޮށް ހަވާލުކޮށްފައިވާ މަސައްކަތްތަކެއް ކަމާއި، އެ މަސައްކަތްތައް ކުރުމަށް
އިލްޔާސް މުޙައްމަދާއި ޙަވާލުކޮށްފައިވަނީ މި މައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް ތަޢުފީޤު ކަމަށް އިލްޔާސް
މުޙައްމަދު ބުނާކަމާއި އަދި އެކަން މި މައްސަލާގައި ޙާޟިރުކުރެވުނު
މައްސަލާގައި ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުން ޑީއާޑިއަގެން
އޮންނަކަމެވެ.
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
2{15/HC-A/29
کم 3
10 ޤަޟިއްޔާ ނިމުނު
(ބ) ފަސްވަނަ ކަމަކީ: އަމިއްލަ ފަރުދަކު އެމީހެއްގެ ނަމުގައި ވިޔަފާރިއެއް ރަޖިސްޓްރީ
ކުރުމުގެ ނަތީޖާއަކީ އެވިޔަފާރިއާއި އެވިޔަފާރީގެ މަސްޢޫލުވެރިޔާ އާ ވަކިނުކުރެވުންކަމާއި، އެގޮތުން އެވިޔަފާރީގެ
އެންމެހައި މިލްކިއްޔާތެއްގެ މިލްކްވެރިއަކީ، އެވިޔަފާރީގެ މަސްޢޫލުވެރިޔާ ކަމުގައިވުމާއި އެވިޔަފާރިން އުފައްދާ
ފައިދާއަކީ، އެވިޔަފާރީގެ މަސްޢޫލުވެރިޔާގެ އެއްޗަކަށްވުމާއި، އެވިޔަފާރީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތަކީ
އެވިޔަފާރީގެ މަސްޢޫލުވެރިޔާކަމާއި، އެވިޔަފާރި ހިންގުމުގެ ޒިންމާ އަދާކުރުމަށް މަސްޢޫލުވެރިޔާއަށް އެހެން
ފަރާތެއް ޢައްޔަންކުރެވިދާނެ ކަމާއި ނަމަވެސް އެފަދަ ޙާލަތެއްގައި ވެސް އެވިޔަފާރިން ކުރާ މުޢާމަލާތްތަކަށާއި،
އެވިޔަފާރީގެ ދަރަނިތަކަށާއި، އެނޫންވެސް އެވިޔަފާރީގެ އެހެނިހެން މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ޒިންމާއިން
އެވިޔަފާރިގެ މަސްޢޫލުވެރިޔާ ބަރީޢަނުވާނެ ކަން އެނގެން އޮތްނަމަވެސް، މި މައްސަލައިގެ ދަޢުވާގައި ހިމެނޭ
މަސައްކަތް ދިރާގުން ޙަވާލުކޮށްފައިވަނީ ދ.މާއެނބޫދޫ ރެޑިއަމްގޭ މުޙައްމަދު މުޢާޒުގެ ނަމުގައި ލޯކަލް
އިންވެސްޓްމަންޓެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި އޮންނަ ޝްރޫޤު މޯލްޑިވްސްއާ ކަމުގައިވީ ނަމަވެސް، އެ
މަސައްކަތްތައް އިލްޔާސް މުޙައްމަދާއި ޙަވާލުކޮށްފައިވަނީ ޝްރޫޤް މޯލްޑިވްސްގެ ފަރާތުން ނޫންކަމާއި އަދި
އިލްޔާސް މުޙައްމަދާއި ޝްރޫޤް މޯލްޑިވްސް އާ ދެމެދު މި މަސައްކަތްތައް ކުރުމާ ބެހޭގޮތުން އެއްބަސްވުމެއް
އަދި މުޢާމަލާތްކުރެވިފައިވާކަން އެނގެން ނެތްއިރު، އިލްޔާސް މުޙައްމަދުގެ ދަޢުވާގައި ބަޔާންކޮށްފައިވާ
މަސައްކަތްތައް އިލްޔާސް މުޙައްމަދާއި ޙަވާލުކޮށްފައިވަނީ މި މައްސަލަ އިސްތިއުނާފުކުރާ އިބްރާހީމް
ތަޢުފީޤުކަން މި މައްސަލާގައި ޙާޟިރު ކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ހެކިތަކުން ޝަރީޢަތަށް
ސާބިތުވާތީ، އިސްވެ ބުނެވުނު މަސައްކަތްތަކާ ގުޅޭ ގޮތުން އިލްޔާސް މުޙައްމަދަށް ޖަވާބުދާރީވެ އަދާކުރަންޖެހޭ
އިލްތިޒާމްތައް
މަސައްކަތްތައް ޙަވާލުކުރި ފަރާތްކަމުގައިވާ އިބް
ތަޢުފީކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމެވެ.
22 22
އަދާކުރަންޖެހޭ
އިބްރާހީމް
2
(ޅ) ހަވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާގެ
ކުރެއްވިއިރު ހަވާލާދީފައިވާ މައްސަލައިގެ ފެކްޓްސް (ވަޤާއިޢުތައް) ޔަޤީންނުކުރައްވައި، މައްސަލައާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
23
33
2{15/HC-A/290
11 ޤަޟިއްޔާ ނިމުނު
އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާ އާއި ޝަރީޢަތުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރި
މައްސަލައާއި ގުޅުންހުރި މުހިންމު ނުކުތާތަކާއި ވަށައިގެންވާ އެންމެހައި ހާލަތްތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި
މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
އެކިއެކި މައްސަލަތަކާއި ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާ ހެކިތަކާއި
ދަލީލުތައް ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ކޯޓުން ފަހިކޮށްދިނުމަކީ ކޯޓުތަކުން ކުރަންޖެހޭކަމެއް
ކަމާއި، އެހެންނަމަވެސް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ މުސްތަނަދުތަކާއި،
ދަލީލުތައް ފުދޭތޯއާއި، މިފަދަ އެންމެހައި ކަންކަމަކީ މައްސަލާގެ އިފެކްޓްސް" ގެ ތެރޭގައި ހިމެނޭ އެހެކިތައް
ވަޒަންކުރާ ކޯޓެއްގެ ތަޤްދީނީ ބާރުގެ ދަށުން ކަނޑައެޅޭ ކަމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
30/SC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާކަން އެނގެން އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާގައި 23 އޮކްޓޯބަރ 2012 ވަނަ
ދުވަހު އިބްރާހީމް ތަޢުފީޤާގެ ފަރާތުން ދީފައިވާ ބަޔާނުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި،
އިބްރާހީމް ތަޢުފީޤަށް އެބުނާ ބުނުން ސާބިތު ކޮށްދެވޭނެ ހިތްވަރާއި، ހެކި ނެތުމާއިއެކު އެދަޢުވާ އަމިއްލަ
ހައިސިއްޔަތުން ބަލައިގަންނަ ކަމަށް ބުނެ މި ދަޢުވާއަށް އިޢުތިރާފު ވެފައިވާކަން އެނގެން އޮންނަކަމާއި،
މި މައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް އަދާކޮށްފައިވާ
ފަރާތްތަކުން އިލްޔާސް މުޙައްމަދާއި ލ.ގަމު ތުނޑީގެ ދިރާގު ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ
އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިބްރާހީމް ތަޢުފީޤާކަމަށް ބުނެފައިވާ ކަމާއި، ލ.ގަމު ތުނޑީގެ ދިރާގު
ސައިޓުގައި ރޭޑިޔޯ ހަޓެއް ހެދުމާއި އެންޓަނާ ބުޑު އެޅުމުގެ މަސައްކަތް އިލްޔާސް މުޙައްމަދާއި ހަވާލު ކުރުމުގެ
ކުރިން ވެސް އިބްރާހީމް ތަޢުފީޤާ އިލްޔާސް މުޙައްމަދު ލައްވައި މިފަދަ އެކިއެކި މަސައްކަތް ކުރުވާފައިކަން
މައްސަލާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ހެކިތަކަށް ބެލުމުން އެނގެން
3
އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv
23
2{15/HC-A/29
12 ޤަޟިއްޔާ ނިމުނު
އެހެންކަމުން، މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/1502 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ.ވިލިގިލީ/ޒިޔުރިކްވިލާ، އިލްޔާސް
މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި ކުރައްވާފައިވާ
މި ކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/1502 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއް ކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
ބް&3
ހައިކޯ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW
.
highcourt.gov.mv