ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/187 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
s
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 187/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް:
* ނަން: އިސްމާޢީލް ފާރިޝް
ރަޖިސްޓްރީ ނަންބަރު: A010216
*
ދާއިމީ އެޑްރެސް: މ. ކްރިމްސަންރޯސް / ކ. މާލެ
މިހާރުގެ އެޑްރެސް: ލ. ތަރާނާގެ / ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓާރނީ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
* ދާއިމީ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓާރނީ ޖެނެރަލްގެ އޮފީސް
2017
ރަޖިސްޓްރީ ތާރީޚް: 29 ޖުމާދަލްއާޚިރާ 1438 * ނިމުނު ތާރީޚް: 27 ރަބީޢުލްއައްވަލް 1441
28 މާރޗް
24 ނޮވެމްބަރ 2019
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016/VTR/100
• ނިންމެވި ފަރާތް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅި ތާރީޚް: 05 ޖޫން 2016
ނިމުނު ތާރީޚް: 28 ޑިސެމްބަރ 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އިސްފަނޑިޔާރު ޝުޖާޢު އުޘްމާން ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
• ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/100 މައްސަލަ، އެޓްރައިބިއުނަލް
އިން ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މ. ކްރިމްސަންރޯސް ގެ އިސްމާޢީލް
ފާރިޝް (އައިޑީ ކާޑު ނަންބަރު A010216) ގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކޮށްދިނުމަށް އެދި
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤާޟިއްޔާއެކެވެ. މީޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ
ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން) އެވެ.
0 0
44).
.ތ.22
ގެކެން ދެކެން:
1) އިސްތިއުނާފުމިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/100
މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ މާލެ، މ.ކްރިމްސަންރޯސް، އިސްމާޢީލް ފާރިޝް
(އައިޑީ ކާޑު ނަންބަރު A010216)، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮމްޕިއުޓަރ
ޓެކްނީޝަންގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަރާރަކުން
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެއް ޤާއިމްކުރުމާ ގުޅިގެން އޭނާ ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ
(ޖޭ.ޓީ.ސީ) އުވާލައި، އެތަނުގެ އޮނިގަނޑުގައި ހުރި މަޤާމްތައް އުވާލުމަށް ނިންމުމާ ގުޅިގެން އިސްމާޢީލް
ފާރިޝް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވާތީ އިސްމާޢީލް ފާރިޝް އަކީ ވަޒީފާއިން ވަކިވެފައިވާ
މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރިކަމަށް އެންގި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނުކުތުމަށް
އަންގާ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި، ޢިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ހޯދުމަށާއި، އަދި
އިސްމާޢީލް ފާރިޝް ވަޒީފާއަށް ނެރުމަށް އަމުރުކޮށްދިނުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން (ދިވެހި ދައުލަތް) ގެ މައްޗަށް ރައްދުވާގޮތަށް އިސްމާޢީލް ފާރިޝްގެ ފަރާތުން ހުށަހެޅުމުން
ބެލުނު މައްސަލައެއްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އެމައްސަލަ ބަލައި ނިންމާފައިވާ ނިންމުމުގައި، "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި
މައްސަލަ ރައްދުވި ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކަށާއި، މައްސަލަ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އިސްމާޢީލް ފާރިޝް، ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ދައުލަތް) ގެ ކޮމްޕިއުޓަރ ޓެކްނީޝަންގެ މަޤާމުގައި ވަޒީފާ އަދާކުރަމުން
ދަނިކޮށް، އޭނާ މަސައްކަތްކުރަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމާ ގުޅިގެން 09 މާރިޗު 2016
ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރިކަން އެންގި ދުވަހުން
ފެށިގެން އަލުން ވަޒީފާއަށް ނިކުތުމަށް އަންގާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތަކާއި އަދި
އިތުރުގަޑީގެ ފައިސާ ހޯދުމަށްއެދި ހުށަހެޅި މިމައްސަލައިގައި، މައްސަލަ ހުށަހެޅި އިސްމާޢީލް ފާރިޝް ވަޒީފާއިން
ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާއާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެއް
ޤާއިމްކުރުމަށް ނިންމައި، ޝަރުޢީދާއިރާގައި މީގެ ކުރިން ރާވައި ހިންގަމުންދިޔަ ތައުލީމާއި ތަމްރީން ދިނުމުގެ
އެންމެހައި ޕްރޮގްރާމްތައް 01 ޑިސެންބަރު 2015 އިން ފެށިގެން ހިންގަމުންގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް
އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި
ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް ނިންމުމާ ގުޅިގެން، ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤަވާޢިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް
ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ، މައްސަލަ ހުށަހެޅި އިސްމާޢީލް ފާރިޝް
އެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި މިމައްސަލަ ނިންމައިފީމެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
14 2
2) އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2016/VTR/100 މައްސަލަ ނިންމުމާއި ގުޅިގެން، މ. ކްރިމްސަންރޯސް | އިސްމާޢީލް ފާރިޝް ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރަމުން މައިގަނޑު އެއް ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފ މ 24
0 ދ ތތ
* އެ ނުކުތާއަކީ: ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2016/VTR/100 މައްސަލަ
ނިންމަވާފައިވަނީ، މައްސަލަ ހުށަހެޅި ލިޔުންތަކާއި ޓްރައިބިއުނަލްގެ އަޑުއެހުންތަކުގައި ދެއްކި ވާހަކަތަކާއި އެ
ހާޟިރުކުރި ހެކިންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް އެއްވެސް މިންވަރަކަށް
ރިޢާޔަތްކުރެއްވުމެއްނެތި، ލ. ކްރިމްސަންރޯސް އިސްމާޢީލް ފާރިޝް (އައިޑީކާޑު ނަންބަރު A010216)
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަންގެ ވަޒީފާއިން
ވަކިކުރި ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމް ނުކޮށް ވަޒީފާއާބެހޭ
ޤާނޫނާއި ބައިނަލްއަޤްވާމީ އުސޫލުތަކާއި ޚިލާފަށް ކަމަށްވާއިރު އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކުރިކުރުމަކީ
ރަނގަޅު ނިންމުމެއްކަން ވަޒީފާއާއިބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާއި
ޙިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
2016/VTR/100 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި
މ. ކްރިމްސަންރޯސް އިސްމާޢީލް ފާރިޝް ގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެ ނުކުތާތަކާއި ގުޅިގެން
ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި
އެންމެހައި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، މިޤަޟިއްޔާގެ
ޙުކުމަށް ވާޞިލުވުމަށް ރިޢާޔަތްކުރި ސަބަބުތަކާއިމެދު ފަނޑިޔާރުންގެ މެދުގައި ޚިޔާލު ތަފާތުވެފައިވެއެވެ.
02
ދިވެހިޔާ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
0 0
2
ފުރަތަމަ: ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ ރަޢުދާއި އެރަޢުޔު ބިނާކުރި ސަބްބުތައް؛
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައި މިވާ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/100 މައްސަލައަކީ، އިސްމާޢީލް ފާރިޝް (އައިޑީ ކާޑު ނަންބަރު A010216)،ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ދަށުން (އެތަނުގެ ސެކްޝަނެއްގެ ގޮތުގައި) ހިނގަމުންދިޔަ ޖުޑީޝަލް
ޓްރެއިނިންގް ސެންޓަރ (ޖޭ.ޓީ.ސީ) އުވާލިކަމަށް ބުނެ، އިސްމާޢީލް ފާރިޝް އާއި އެތަނުގައި މަސައްކަތް
ކުރަމުންދިޔަ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށް، އެ މުވައްޒަފުން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ޤަރާރަކުން ޤާއިމުކޮށްފައިވާ މޯލްޑިވްސް ޖުޑިޝަލް އެކަޑަމީ (އެމް.ޖޭ.އޭ) ގެ ދަށަށް ޖޭ.ޓީ.ސީ އިން ކުރަމުންދިޔަ
މަސައްކަތް ބަދަލުވުމާ ގުޅިގެންކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވާކަމަށާއި،
ނަމަވެސް ޖޭ.ޓީ.ސީ ގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުން އެމް.ޖީ.އޭ އަށް ބަދަލުނުކޮށް، ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ ނަންބަރު 2016
/
06/DJA(32) (09 މާރޗް 2016) "ވަޒީފާއިން
ދޫކޮށްލިކަން ދަންނަވާ ޗިޓް" އިން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ
(ނ) ގެ ދަށުން އިސްމާޢީލް ފާރިޝް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރިކުރުމަކީ އެއީ ޒާތީގޮތުން އަޅާފައިވާ
ފިޔަވަޅެއްކަމަށާއި، އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކޮށްފައިވަނީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު
2011 ގައިވާ އިޖުރާއާތުތައް ފުރިހަމަނުކޮށްކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން
އިސްމާޢީލް ފާރިޝް އަށް އެހެން ވަޒީފާއެއް ހަމަޖެއްސުމަށް އެކަށީގެންވާ މަސައްކަތެއް ކުރުމަކާނުލައިކަމަށްވާތީ،
އެއީ ވަޒީފާއާއިބެހޭ ޤާނޫނާ ޚިލާފަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ
ކަމެއްކަމަށްބުނެ، އިސްމާޢީލް ފާރިޝް އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އަދި ވަޒީފާއިން
ވަކިކުރިކަމަށް ބުނާ ދުވަހުން ފެށިގެން އަލުން ވަޒީފާ ހަމަޖައްސައިދީ މަސައްކަތަށް ނެރޭ ދުވަހާ ހަމައަށް
އިސްމާޢީލް ފާރިޝް އަށް ލިބެންވާ މުސާރައާއި އިނާޔަތްތަކާއި، އިތުރު ގަޑީގެ ފައިސާވެސް ހޯދުމުގެ އިތުރުން
އިސްމާޢީލް ފާރިޝް ވަޒިފާއަށް ނެރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އަމުރުކޮށްދިނުން އެދި އިސްމާޢީލް ފާރިޝް ގެ ފަރާތުން ވަޒީފާއާއިބެހޭ ޓްރައިބިއުނަލަށް ހުށަހެޅި
މައްސަލައެއްކަމާއި،
އެމައްސަލަ ބަލައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، އިސްމާޢީލް ފާރިޝް
ވަޒީފާއިން ވަކިކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިދޭ އިޚުތިޔާރާއި ބާރުގެ ދަށުން ދިވެހިރާއްޖޭގެ
ޖުޑީޝަލް އެކަޑަމީއެއް ޤާއިމްކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި ހިންގަމުންދިޔަ
ތައުލީމާއި ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމްތައް 01 ޑިސެންބަރު 2015 އިން ފެށިގެން
ހިންގަމުންގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް ނިންމުމާ
ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ގަވާއިދުގައި
ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ސާބިތުކޮށްދީފައިވާތީ، އިސްމާޢީލް
ފާރިޝް އެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެމަތިންކަން އެނގެން
22 2x
ގއވ.
, 2 2 2x
ہم کسر
4 22
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހޭނީ އެކަށީގެންވާ ސަބަބެއް
އެ ސަބަބުގެ މައްޗަށް ބިނާކޮށްކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން، އެމުވައްޒަފަކު ހުށަހަޅާ
މައްސަލައެއްގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބު ސާބިތުކޮށްދިނުމުން އެކަނި ނުފުދޭކަމާއި، ނަމަވެސް،
އެ މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދޭން ޖެހޭނެކަމާއި، އެކަން
ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގޭކަމާއި،
އިސްމާޢީލް ފާރިޝް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޖަވާބުގައި ދިވެހި
ދައުލަތް (ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ބުނެފައިވަނީ، އިސްމާޢީލް ފާރިޝް
ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖުޑީޝަލް އެކަޑަމީއެއް ގާއިމުކުރުމަށް ނިންމައި،
ޝަރުޢީ ދާއިރާގައި ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެއްމެހައި ޕްރޮގްރާމްތަކެއް 2015 ޑިސެމްބަރު 01
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
މަގާމުޤަގ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އިން ފެށިގެން ޖުޑިޝަލް އެކަޑަމީއިން ހިންގާގޮތަށް ކަނޑައަޅައި، 08 މާރިޗް 2016 އިން ފެށިގެން ޖުޑިޝަލް
ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަގާމުތައް އުވާލުމަށް ނިންމުމާ ގުޅިގެން ކަމަށާއި، އުވާލެވޭ
ހިމެނުނުކަމަށާއި، އިސްމާޢީލް ފާރިޝްއަށް ޝަރުޢީ ދާއިރާއިން އެކަށޭނަ އެހެން ވަޒީފާއެއް ހޯދައިދިނުމަށް
މަސައްކަތްކޮށްފައިވީނަމަވެސް ޝަރުޢީ ދާއިރާގެ އެއްވެސް ކޯޓަކުން،
ޝަރުޢީ ދާއިރާގެ އެއްވެސް ކޯޓަކުން، ނުވަތަ އިދާރާއަކުން ވަޒީފާ
ހަމަޖައްސައިދެވެން ނެތުމުންނާއި، ޖުޑިޝަލް އެކަޑަމީއަށް، އިސްމާޢީލް ފާރިޝް ހިމެނޭގޮތުން، ވަކިކުރަން ނިންމި
މުވައްޒަފުން ބަދަލުކުރުމަކީ ކުރެވިދާނެކަމެއްކަމަށް ނުފެނެތީކަމަށާއި، އެހެންކަމުން ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދުގެ 97 ވަނަ މާއްދާގައިވާ ފަދައިން، ވަޒީފާއިން ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް ހައްޤުވާ
އިނާޔަތްތައް ލިބިދިނުމަށްފަހު، 09 މާރިޗް 2016 ގައި އިސްމާޢީލް ފާރިޝް ވަޒީފާއިން ދޫކޮށްލާފައިވަނީކަމަށެވެ.
އިސްމާޢީލް ފާރިޝް ވަޒީފާއިން ދޫކޮށްލި ސަބަބުކަމުގައި ދިވެހި ދައުލަތް (ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން) ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ޖަވާބުދާރީވެ ދައްކާފައިވާ
ވާހަކަތަކުގެ މައްޗަށާއި، ޖުޑީޝަލް ޓްރޭނިންގ ސެންޓަރާއި އެ ސެންޓަރުގައި ހުރި މަޤާމުތައް 08 މާރިޗް
2016 އިން ފެށިގެން އުވާލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން 06 މާރޗް 2016 ގައި
ކޮށްފައިވާ އެ ޑިޕާޓްމަންޓުގެ ނަންބަރު 2016
/
28/A-198 އިޢުލާނަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ! ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2016
:
06!DJA(32) (09 މާރިޗް
2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އަށް ބަލާއިރު، އިސްމާޢީލް ފާރިޝް ވަޒީފާއިން
ދޫކޮށްލާފައިވަނީ ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެންކަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގެ
ފަރާތުން ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
ރިޑަންޑަންސީއަކީ ވަޒީފާދޭ ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން ނުވަތަ ހިންގާ ވިޔަފާރީގެ
ގޮތުން ނުވަތަ ތަން ރީސްޓްރަކްޗަރ ކުރުންފަދަ ކަމަކަށްޓަކައި މުވައްޒަފަކު ނުވަތަ
މުވައްޒަފުންތަކެއް ދޫކޮށްލަންޖެހުން ކަމާއި، މައިގަނޑު ގޮތެއްގައި މުވައްޒަފުން ރިޑަންޑަންޓް ކުރެވެނީ ތަނުގެ
0
<
99 93 9
އތުރުކުރަމު
ގެ
ދިވެހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
2 22
<< O
2011/HC-A/89
މުވައްޒަފުން މަދުކުރު
މަދުކުރުމަށާއި، ތަނުގެ އެފިޝެންސީ އިތުރުކޮށް ރަނގަޅު ނަތީޖާ ނެރުމަށާއި، ޚަރަދު ކުޑަކުރުމަށް
ކަން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި
23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ރިޑަންޑަންސީއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްގެ
ގޮތުގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިނުވާކަމާއި، ނަމަވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ
އެކަށީގެންވާ ސަބަބެއް އޮވެގެންކަން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާއިރު، ރިޑަންޑަންސީގެ ޙާލަތަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއްކަމަށް ބަލަންޖެހޭކަމާއި،
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއްކަމަށް
ބެލެވިދާނެކަމަށް ދިވެހިރާއްޖޭގެ
ނަންބަރު
ޤަޟިއްޔާގައިވެސް
ކަނޑައަޅާފައިވާކަމާއި، ނަމަވެސް މި ސަބަބަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ކުރުމުގައި ޙަޤީޤަތުގައިވެސް
އެފަދަ ޙާލަތެއް މެދުވެރިވެފައިވޭތޯއާއި، އެކަން ކޮށްފައިވަނީ ކުންފުނީގެ ނުވަތަ އެ އިދާރާގެ ހެޔޮނިޔަތުގައި
ތޯއާއި، އަދި މިއީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން، ބޭއިންސާފުން
ވަކިކުރުމަށްޓަކައި ކޮށްފައިވާކަމެއްތޯ ނުވަތަ ނޫންތޯއާއި، އަދި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން
ކަނޑައެޅުނުގޮތަކާއި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި
(substantive faimess) އިޖުރާއީ ޢަދުލުވެރިކަން (procedural faimess) ޤާއިމުކޮށްފައިވޭތޯ ބަލައި،
އެކަންކަން ކަށަވަރުވާން ޖެހޭނެކަމަށްވެސް އިސްވެދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 89/HC
-
A/2011
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
ޢާންމު އުޞޫލެއްގެ ގޮތުން، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ޙާލަތުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވޭނީ، އެމުވައްޒަފު ރިޑަންޑަންޓްކުރުމަށް
ނިންމި ނިންމުމަކީ، ހެޔޮ ނިޔަތުގައި، އެކަށީގެންވާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮވެގެން ނިންމާފައިވާ
ނިންމުމެއްކަމުގައި ވާނަމަކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އަދި ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި އިޖުރާއީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ޢާންމުގޮތެއްގައި ބެލެވޭނީ، ރިޑަންޑަންސީގެ އާލަތެއްގެ ސަބަބުން، އެ
ކުންފުނީގެ ނުވަތަ އެ އިދާރާއެއްގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން
ވަކިކުރަންޖެހިފައިވާކަން، ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓްވުމުގެ ސަބަބުން
ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއާތުތަކާއި
އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް ކުރިން އަންގާފައިވުމާއި،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވެނީ ރިޑަންޑަންސީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ
ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެންކަމަށް ވުމާއެކު،
ރިޑަންޑަންޓްވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް، އެޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ
އެޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިސްގެ ބަދަލުގައި ފައިސާ ދީފައިކަމާއި، މީގެއިތުރުން،
ރިޑަންޑަންޓްވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ކަނޑައެޅިފައިވާނަމަ،
އެއިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ ނުވަތަ އެ އިދާރާގެ މުވައްޒަފުންނަށް
އެނގިފައިވާނަމަކަމާއި، މިކަންކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/HC-A/2011
ޤަޟިއްޔާގައިވެސް ކަނޑައަޅައި، ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން! ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 2016
/
06/DJA(32) (09 މާރިޗް 2016) "ވަޒިފާއިން ދޫކޮށްލިކަން ދަންނަވާ ޗިޓް" އަށް
ބަލާއިރު، އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކޮށް ދޫކޮށްލާފައިވަނީ 19 މާރިޗް 2016 ގައިކަމާއި، ވަޒީފާއިން
ވަކިކުރި ސަބަބަކީ، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) ގެ
ދަށުންކަމަށް ބަޔާންކޮށްފައިވާއިރު،
<<
ދިވެހިޔާ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
8.2 92 92
| 0
2 ތތ
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާއަކީ ޝަރުޢީ ދާއިރާގެ
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ހާލަތު ބަޔާންކުރާ މާއްދާއެއްކަމާއި، އެ މާއްދާގެ (ށ) ގައި ބަޔާންވެފައިވަނީ
ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން:
ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން ކޯޓެއް
ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނަ އެހެން ވަޒީފާއެއް
އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައިނުދެވިއްޖެނަމަ، މުވައްޒަފު ވަޒީފާއިން
ދޫކޮށްލަން ޖެހުން." މިފަދައިންކަމާއި،
މި މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ހާލަތަކީ ރިޑަންޑަންސީގެ ހަގީގީ ހާލަތަކަށް ވާންޖެހޭނެކަމާއި،
އެއީ މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް
އެ މަޤްޞަދުގައި
ކުރެވޭކަމަކަށް ވެގެންނުވާނެކަމާއި، އިސްމާޢީލް ފާރިޝްއާމެދު އަމަލުކުރެވިފައިވާގޮތުގެ މައްޗަށް ބަލާއިރު،
އިސްމާޢީލް ފާރިޝް 22 ޑިސެމްބަރު 2008 އިން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، އެސިސްޓެންޓް
ކޮމްޕިއުޓަރ ޓެކްނީޝަންގެ ވަޒީފާ އަދާކުރަމުންދަނިކޮށް، އިސްމާއީލް ފާރިޝްއާއި ސުޕްރީމް ކޯޓުގެ އެހެން
މުވައްޒަފުންތަކެއް، 21 އޯގަސްޓް 2011 އިން ފެށިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ޑިޕާޓްމަންޓް އޮފް
ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައިކަމަށް ބަޔާންކޮށް، މަޤާމުގެ ހައިސިއްޔަތު އަދި ސުޕްރީމް ކޯޓުގެ ތައްގަނޑު
ނުވަތަ ސިއްކުވެސް ނުޖަހައި، ސުޕްރީމް ކޯޓުގެ ނަމުގައި އަތު ލިޔުމުން ލިޔެފައިވާ، ސިޓީއެއްކަމަށް ނުވަތަ
މިކަމަށް ބެލެވިދާނެފަދަ ގޮތަކަށް އޮތް ލިއުމެއްގައި، ސުޕްރީމް ކޯޓުގެ އޭރުގެ މުވައްޒަފެއް ކަމަށް ބެލެވޭ
ފަރާތަކުން ސޮއިކޮށް، އިސްމާޢީލް ފާރިޝް އާއި އެލިއުމުގައި ވާ އެހެން މުވައްޒަފުން ހިމެނޭގޮތުން
2 ޖީޑީމީން ސަބަބެއް
ކުރުމެއްނެތި،
ޖާގަ
ގޮތަކަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަނަށް ފޮލުވާލާފައިވާކަމާއި، އަދި އެއަށްފަހު، އިސްމާޢީލް ފާރިޝް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް
ވަޒީފާއިން ވަކިހޭ
24ކށް،
4
2
2
4 ހދ
އެޤަ12ށ2ނ
ހަ 8
9
9
84
1
ސްވެލިއެފަދިއް
އެވެންދޫ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އެޑްމިނިސްޓްރޭޝަނުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، 11 އޮކްޓޯބަރު 2015 އިން ފެށިގެން އިސްމާޢީލް
ފާރިޝް ޖުޑީޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށްފައިވާކަން، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ސޮއިކޮށް
އިސްމާޢީލް ފާރިޝްއަށް އަންގައި ސޮއިކުރުވާފައިވާ، 12 އޮކްޓޯބަރު 2015 ތާރީޚުގެ ލިއުމުން އެނގެން
އޮންނައިރު، މި ތާރީޚަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2015
/
11 ސަރކިއުލަރ އިން 31
އޮގަސްޓް 2015 ގައި ޖުޑީޝަލް އެކަޑަމީ ގާއިމުކުރުމަށް ނިންމެވި ތާރީޚުގެ ފަހުގެ ތާރީޚެއްކަން ސާފުކޮށް
އެނގެން އޮތުމުން، ޖުޑިޝަލް ޓްރޭނިންގ ސެންޓަރުން ކުރަމުން ދިޔަ މަސައްކަތް ކުރުމަށް ޖުޑީޝަލް އެކަޑަމީ
އުފެދިފައިވަނިކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ތިބި ވަކި މުވައްޒަފުންތަކެއް އެމީހުންގެ
ރުހުމެއްނެތި އަދި ރަނގަޅު ސަބަބެއް ބަޔާންކުރުމެއްނެތި ޖުޑިޝަލް ޓްރޭނިންގ ސެންޓަރަށް ބަދަލުކޮށް
ދުވަސްކޮޅެއްފަހުން، ޖުޑީޝަލް ޓްރޭނިންގ ސެންޓަރާއި، އިސްމާޢީލް ފާރިޝްގެ މަގާމު ހިމެނޭގޮތުން އެ
ސެންޓަރުގައި ހުރި މަޤާމުތަކެއް އުވާލާފައިވަނީ، ރިޑަންޑަންސީގެ ހަގީގީ ޙާލަތެއްގައި، ރަނގަޅު
ނިޔަތުގައިކަމާމެދު ސުވާލުއުފެދޭފަދަ ގޮތަކަށްކަން ފާހަގަކުރެވޭކަމާއި،
އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ) އަށް
ބަލާއިރު، ޝަރުޢީ ދާއިރާގެ ހިންގުމުގެ ނިޒާމަށް ގެނެވޭ ބަދަލެއްގެ ސަބަބުން ނުވަތަ ޤާނޫނެއްގެ ސަބަބުން
ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރާއަކުން ކުރަމުންދިޔަ މަސައްކަތެއް އުނިވެގެންދިޔުމުގެ ސަބަބުން އެ
ކޯޓެއް ނުވަތަ އެ އިދާރާއެއް ނުވަތަ އެ ކޯޓުން ނުވަތަ އެ އިދާރާއިން ބައެއް އުވާލަންޖެހޭ ޙާލަތުގައި، އެކަށޭނަ
އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކުރަންޖެހޭނެކަމާއި، މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހޭނީ، ބަޔާންކުރެވިދިޔަގޮތުގެމަތިން، އެ މުވައްޒަފަށް އެހެން ވަޒީފާއެއް، ހޯދައިދިނުމަށް ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަ
ހޯދައިނުދެވިއްޖެނަމަކަން ސާފުކޮށް އެނގޭކަމާއި،
އެކަތެއްކުރުމުނެވެ.
ދިވެހިޔާ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
2 0 0
އަދި ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުގެ މަގާމުތަކަށް މުވައްޒަފުން ހަމަޖެއްސުމާއި، އެއް
ވަޒީފާއިން އަނެއް ވަޒީފާއަށް މުވައްޒަފުން ބަދަލުކުރުމާއި، ވަޒީފާގެ ކުރިއެރުންދިނުމާއި، ވަޒީފާއިން ވަކިކުރުމުގެ
އެންމެހައި ކަންތައްތައް ކުރާ ފަރާތަކީ، ވަޒީފާއާބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި
ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަން، ޝަރުޢީ ދާއިރާގެ
މުވައްޒަފުންގެ ގަވާއިދު 2011 ގެ 65 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގޭއިރު، ޖުޑިޝަލް އެކަޑަމީއަކީ
ސުޕްރީމް ކޯޓުގެ ޤަރާރަކުން އުފެއްދިތަނެއްކަމަށްވިޔަސް، އެ އެކަޑަމީއަކީވެސް ޝަރުޢީ ދާއިރާގެ
އިދާރާއެއްކަމުން، އެ އެކަޑަމީއަށްވެސް މުވައްޒަފުން ހަމަޖެއްސުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުގެ ކަމެއްކަން އެނގޭއިރު، އަދި ޖުޑިޝަލް އެކަޑަމީ އުފެދުނުފަހުން އެތަނުގެ މަގާމުތަކަށް
މީހުން ހޯދުމަށް އިޢުލާނުކޮށް، މުވައްޒަފުން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުންކަން އެނގޭކަމާއި، އެހެންކަމުން ޖުޑީޝަލް އެކަޑަމީއަކީ އެތަނަށް މުވައްޒަފުން
ހަމަޖެއްސުމުގެ ބާރު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިފައިނެތް ދައުލަތުގެ ފަރާތުން
ފާހަގަކުރާފަދަ މުސްތަގިއްލު ތަނެއްކަމަށް ބެލެވެން ނެތްއިރު، ޖުޑީޝަލް ޓްރޭނިންގ ސެންޓަރު އުވާލައި އެތަނުގެ
މަޤާމުތަކެއް އުވާލައި، ވަކިކުރާ މުވައްޒަފުން، އިސްމާޢީލް ފާރިޝްވެސް ހިމެނޭގޮތުން ޖުޑީޝަލް އެކަޑަމީއަށް
ހަމަޖެއްސެންނެތްކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފައިވަނީ ރަނގަޅު އަސާސެއްގެ
މައްޗަށް ބިނާކޮށްގެންކަން އެނގެންނެތްކަމާއި،
އަދި އިސްމާޢީލް ފާރިޝް ހިމެނޭގޮތުން، ވަޒީފާއިން ދޫކޮށްލި މުވައްޒަފުން ދޫކޮށްލާފައިވަނީ އެ
ވައްޒަފުންނަށް ޝަރުޢީ ދާއިރާގެ އިދާރާތަކާއި ކޯޓުތަކުން ވަޒީފާއެއް ހަމަޖައްސައިދެވޭތޯ އެކަށޭނަ މަސައްކަތެއް
ކުރުމަށްފަހުގައިކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބުނެފައިވީނަމަވެސް،
ޝަރުޢީ ދާއިރާގައި ސުޕްރީމް ކޯޓާއި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯތުތައް ހިމެނޭގޮތުން އެތައް
ކޯޓަކާއި އިދާރާތަކެއް ހުރިއިރު، ވަޒީފާ ހަމަޖެހޭތޯ ބެލުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ސިޓީ ފޮނުވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ހައިކޯޓަށާއި ހުޅުމާލޭ މެޖިސްޓްރޭޓް
ecoo
މާވައި
OU OO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/187
4
ou oo
ކޯޓަށްކަން
ފެކަން އެނގެންއޮތްއިރު، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ސިޓީ ފޮނުވައި
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އެއީ ޝަރުޢީ
ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 6 ވަނަ މާއްދާގެ (ށ) ގައި ބުނާ ފަދައިން ވަޒީފާއިން ދޫކޮށްލަންޖެހިފައިވާ
މުވައްޒަފަށް އެހެން ވަޒީފާއެއް ހޯދައިދިނުމަށް ކުރެވިފައިވާ "އެކަށީގެންވާ މަސައްކަތެއް" ކަމަށް ނުބެލެވޭކަމާއި،
ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިތުރުން މާލޭގައި، ސިވިލް ކޯޓު، ކުރިމިނަލް ކޯޓު،
ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓުވެސް އެބަހުރިކަމާއި، އަދި މާލެ ފިޔަވައި، މީހުން އުޅޭ
ރަށްރަށުގައި މެޖިސްޓްރޭޓް ކޯޓުތައް ހުރިއިރު، މިއިން އެއްވެސް ތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކޮށްފައި ނުވާކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްމާޢީލް ފާރިޝް ވަޒީފާއިން ދޫކޮށްލާފައިވަނީ، ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމުކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވައި
ހިންގަމުންދިޔަ ތައުލީމާއި ތަމްރީނު ދިނުމުގެ އެންމެހައި ޕްރޮގްރާމުތައް 01 ޑިސެންބަރު 2015 އިން ފެށިގެން
ހިންގަމުންގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއިން ކަމުގައި ކަނޑައަޅާފައިވާތީ، ޑިޕާޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ އުވާލުމަށް
ނިންމުމާ ގުޅިގެން، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ
ޤަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތައް ފުރިހަމަކުރުމަށްފަހުގައި ކަމަށް ބުނެ އެކަން ދައުލަތުން (ޑިޕާޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން) ސާބިތުކޮށްދީފައިވާކަމަށް ކަނޑައަޅައި، އިސްމާޢީލް ފާރިޝް
އެދިފައިވާފަދަ އަމުރެއް ނެރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުން ރަނގަޅުނޫންކަން، އިސްވެ ފާހަގަކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަމަށް ބެލުމުން
އެނގެން އޮންނަކަމާއި،
އަދި އިސްވެ ފާހަގަ ކުރެވިދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށާއި އިސްމާޢީލް
ފާރިޝްއާމެދު އަމަލުކުރެވިފައިވާ ގޮތުގެ މައްޗަށް ބަލާއިރު، އިސްމާޢީލް ފާރިޝް ވަޒީފާއިން ދޫކޮށްލާފައިވަނީ،
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
ހަގީގީ ރިޑަންޑަންސީގެ ހާލަތެއްގައި، އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިގެން، އެކަށީގެންވާ ސަބަބެއް އޮވެގެން
ހެޔޮ ނިޔަތުގައިކަމަށް ބެލެވެންނެތުމުން، އިސްތިއުނާފުކުރެވިފައިމިވާ، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2016/VTR/100 މައްސަލާގައި ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަން ފާހަގަކުރެވޭކަމެވެ.
އެހެންކަމުން، އަހުރެން ދެކެނީ، އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެބާވަތުގެ އެކަށީގެންވާ އެހެން ވަޒީފާއެއްގައި އިސްމާޢީލް ފާރިޝް
ބަހައްޓަންޖެހޭކަމަށާއި، މިކަމުގެ ސަބަބުން އިސްމާޢީލް ފާރިޝްއަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމާއި،
މިގޮތުން އޭނާއަށް ސީދާ ލިބުނު ގެއްލުމުގެ ގޮތުގައި، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ
ނެރޭ ދުވަހާއި ހަމައަށް އޭނާ އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި
އޭނާ އެހެން ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިސްމާޢިލް ފާރިޝްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ
ގޮތުގައި ލިބިދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް
ލިބިދޭންޖެހޭނެކަމުގައެވެ.
ދެވަނަ: ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ގެ ރަޢުޔާއި އެރަޢުޔު ބިނާކުރި
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފް ނުކުތާގެ ތަފްޞީލުގައި
ދައްކާފައިވާ ވާހަކަތަށް ބަލާއިރު، މިމައްސަލައިގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ، އިސްތިއުނާފުކުރާ
ފަރާތް ވަޒީފާ އިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލު ވެރިކަން(substantive faimess ) އާއި އިޖުރާއީ
ޢަދުލުވެރިކަން (procedural fairness) ޤާއިމް ކުރުމެއް ނެތި، އަމިއްލަ އަށް އުފެއްދި ރިޑެންޑެންސީ
(artificial redundency) އެއްގެ ދަށުންކަމަށާއި އެހެންކަމުން ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ
ޑިސްމީސަލް (unfair dismissal) އެއް ކަމަށްބަޔާން ކޮށް، އެކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު:2016/VTR/100 މައްސަލަ ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާތީ ކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
OOOXO
(ށ) ދެވަނަ ކަމަކީ، މިމައްސަލައަކީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން
ވިލިމާލޭގައި ހިންގަމުން ގެންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރު (ޖީ.ޓީ.ސީ) އުވާލައި، އެތަނުގައި
މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންގެ މަޤާމުވެސް އުވާލުމާއި ގުޅިގެން، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަންގެ ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ މަޤާމުގައި ހުރި އިސްމާޢީލް ފާރިޝް މަޤާމު ގެއްލުމާއި
ގުޅިގެން އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައެއް ކަމާއި، އިސްމާޢީލް ފާރިޝް ވަޒީފާއިން
ދޫކޮށްލާފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް ޤާއިމް
ކުރުމަށް ނިންމައި، ޝަރުޢީ ދާއިރާގައި މީގެ ކުރިން ރާވާ ހިންގަމުންދިޔަ ތަޢުލީމާއި ތަމްރީނުގެ އެންމެހައި
ޕްރޮގްރާމްތައް 01 ޑިސެމްބަރު 2015 އިން ފެށިގެން ހިންގަމުން ގެންދާނީ ދިވެހިރާއްޖޭގެ ޖުޑީޝަލް
އެކަޑަމީއިން ކަމުގައި ކަނޑައަޅުއްވާފައިވާތީ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި
ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ (ޖޭ.ޓީ.ސީ) 08 މާރޗް 2016 ވަނަ ދުވަހުން ފެށިގެން
އުވާލުމަށް ނިންމުމާއި ގުޅިގެންކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބުނެފައިވާ ކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރާ އިސްމާޢީލް ފާރިޝް އަދާކުރަމުންދިޔަ ވަޒީފާއިން
ދޫކޮށްލަންޖެހުނު މައިގަނޑު ސަބަބަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރީ ބާރުގެ ދަށުން ޖުޑީޝަލް
އެކަޑަމީއެއް ޤާއިމް ކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގަމުންދިޔަ ޖޭ.ޓީ.ސީ
އުވާލުމުން ޖޭޓީ.ސީގެ މަޤާމުތައް އުވިގެން ދިއުމުން ކަމަށް ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތުން ބަޔާންކޮށް
އެނުކުތާގައި ވާހަކަ ދައްކާފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި
<< O
ބަޔާން ކޮށްފައިވަނީ؟
141. (ހ) ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ސުޕްރީމް
ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން ކަނޑައަޅައިފައިވާ ދަށު ކޯޓު ތަކަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/187
(ށ) ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. ސުޕްރީމް
ކޯޓުގެ އެންމެ އިސް ފަރާތަކީ އުއްތަމަފަނޑިޔާރެވެ. ސުޕްރީމް ކޯޓުން ބަލާ ކޮންމެ
މައްސަލައެއް ނިންމާންވާނީ އެ އެސަލައެއް ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އަޢުލަބިއްޔަތުންނެވެ.
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި މީހަކު ވިޔަސް،
ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެއެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ޤަދަރު
ޙިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ،
ވަކިފަރާތަކަށްނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި،
ޤާނޫނާއި ޤަވާޢިދުތަކުގެ ޛަރީޢާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ
އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް
އެހީތެރިވާންވާނެއެވެ.
މިފަދައިން ކަމާއި، އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 156 ވަނަ މާއްދާއަށް ބަލާއިރު
އެމާއްދާގައި ބަޔާން ކޮށްފައިވަނީ؛
ޤާނޫނުތަކާ
މަތީން ޢަދުލު އިންޞާފު ޤާއިމްކުރުމަށްޓަކައި ކޯޓުތަކުން ކުރާ
އެންމެހައި ކަންތައްތައް ރައްކާތެރިކޮށް އިދާރީހިންގުމާބެހޭ ޤަވާއިދު ހެދުމަކީ ކޯޓުތަކަށް
ލިބިގެންވާ ބާރެކެވެ.
މިފަދައިން ކަމާއި، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ހ) އިން (ރ) އާ ދެމެދު ބަޔާން ކޮށްފައިވާ
ނައްޞުތަކާއި، ޤާނޫނުއަސާސީގެ 156 ވަނަ މާއްދާގެ ނައް ޞަށް ބަލާއިރު ޤާނޫނު ފިޔަވައި، އެހެން އެއްވެސް
ފަރާތަކަށް އެއްވެސް މާނައެއްގައި އިދާރާއެއް އުފައްދައި އުވާލުމުގެ އިޚްތިޔާރެއް ބާރެއް ދީފައިވާކަން، ސީދާ އަދި
ނުސީދާ ކޮށްވެސް ފެންނާން ނެތްއިރު، ހުށަހެޅިފައިވާ މައްސަލައިގެ އަސްލު ބިނާވެގެން ގޮސްފައިވަނީ،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހިންގަމުންއައި ޖޭ.ޓީ.ސީ އެއީ ވަކި އިދާރާއެއްގެ ގޮތުގައި
އއގ 90ގ هل
06
eco
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
0/
<< O
ބަލައި އެތަން އުވާލެވި ޖުޑީޝަލް އެކަޑަމީގެ ނަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަލުން ވުޖޫދު ކުރުވި
އިދާރާއަކާ ގުޅިގެން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ "އަމިއްލަ ވެރިކަން" ބިނާވަނީ ޤާނޫނުއަސާސީގެ
5 ވަނަ މާއްދާގައި ބަޔާން ކުރާ ޤާނޫނު ހެދުމުގެ ބާރު (legislative) އާއި ޤާނޫނުއަސާސީގެ 6 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރު (executive power) އާއި ޤާނޫނުއަސާސީގެ 7 ވަނަ މާއްދާގައި
ބަޔާން ކޮށްފައިވާ ޢަދުލު އިންޞާފު ޤާއިމް ކުރުމުގެ ބާރު (judicial power) ގެ މައްޗަށް ކަމާއި،
"ސަރުކާރު" (government) އަކީ ހަމައެކަނި "ވެރިކަން ހިންގުމުގެ ބާރު" (executive power) ކަމަށް
ބުނުމަކީ ޤާނޫނީ އިޞްޠިލާޙުގައި ރަގަޅު ގޮތެއް ނޫންކަމާއި، ނަމަވެސް އެއީ ބަޔާންވެދިޔަ ތިންބާރު ހިމެނިގެން
ކިޔާ ނަމެއް ކަމާއި، މިތިން ބާރު ސެޕަރޭޝަން އޮފް ޕަވަރސް (seperation of powers) ގެ އުޞޫލުގެ
މަތިން، ޤާނޫނުއަސާސީގައި ވަނީ ވަކިކޮށްދީފައި ކަމާއި މިތިން ބާރަކީ މުސްތަޤިއްލު (independent) ތިން
ބާރު ނަމަވެސް
މިއީ
އެއްބާރު އަނެއްސާރުގެ މައްޗަށް ބަރޯސާވާ (interdependent) ތިން ބާރު ކަން މުޅި
ޤާނޫނުއަސާސީއަށް ބެލުމުން އެގެން އޮންނައިރު، ތިން ބާރަކީ ވަކިވަކި "ސަރުކާރު" ތަކެއް ނޫން ކަމާއި،
މިއިން ކޮންމެ ބާރަކުން އަމިއްލައަށް އެކިއެކި އިދާރާތައް އުފައްދައި އުވާލާންވެއްޖެނަމަ، ޤާނޫނު އަސާސީގެ 2
ވަނަ މާއްދާގައި ބަޔާން ކުރާ "ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިދާނެ ކަމާއި، އެހެންކަމުން، ޤާނޫނުއަސާސީގެ
141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ ދަށުން އެއްވެސް އިދާރާއެއް އުފެއްދުމަށް އެއްވެސް ފަރާތަކަށް
އިޚްތިޔާރެއް ނުވަތަ ބާރެއް ލިބިދޭ ކަމަށް ބަންޑާރަ ނައިބުގެ ފަރާތުން ވަކާލާތު ކުރާނަމަ، އެކަން
ފަނޑިޔާރުންނަށް ޤަބޫލު ކުރެވޭ މިންވަރަށް ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައިވާ ތަރަހައިގެ މަތިން ބަޔާން
ށްދެވެން ޖެހޭނެކަމާއި، ނަމަވެސް ބަންޑާރަ ނާއިބަކީ ހުށަހެޅިފައިވާ މައްސަލައިގެ ޚަޞްމެއްކަމަށް ބުނެ،
ބަންޑާރަ ނައިބުގެ ފަރާތުން އެކަމަށް ޖަވާބުދީފައި ނެތްކަމާއި، ބައެއް ޙާލަތުގައި، ބަންޑާރަ ނާއިބަކީ ހަމައެކަނި
ޚާއްޞަމެއްގެ ގޮތުގައި ކޯޓުގައި ތަމްސީލު ކުރާ ފަރާތެއްވެސް ނޫންކަމާއި ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ
ކޮށްދިޅުން
1 ޤާނޫނު ނަންބަރު: 11/2010 (ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ
2-21 (ހ) ގެ ގެދަށުން، ކުރިން ހިގަމުންއައި ޖުޑީޝަލް އެކެޑަމީ އުވި، އެ އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެ އެކެޑަ
އެކެޑަމީގެ ހުރިހާ
ވަސީލަތްތަކާއި، އެންމެހައި
ޒިންމާތަކާއި ޙައްޤުތައް، ބަޔާންވެދިޔަ ޤާނޫނުގެ ދަށުން އުފެދޭ ޑިޕާރޓްމަންޓް އޮފް
އެޑްމިނިސްޓްރޭޝަނަށް ބަދަލު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/187
0 0
(ރ) ގެ ދަށުން، ސަރުކާރު ޝާމިލުނުވާ މައްސަލަތަކުގައިވެސް، ދައުލަތުގެ ނުވަތަ ޢާންމު މަސްލަޙަތެއް
ހިމެނޭނަމަ، ކޯޓުގެ ހުއްދައާއެކު ކޯޓަށް ޙާޟިރުވެ ވާހަކަ ދެއްކޭނެކަން އެގެން އޮތްއިރު، ޤާނޫނުއަސާސީ އާއި
ޤާނޫނުގައި ސާފުކޮށް ކަނޑައަޅާ ބަޔާން ކޮށްފައިވާ ގޮތެއްގެ މަތިން މެނުވީ، ސަރުކާރުގެ އިދާރާއެއް އުފެއްދުމަށް
އެހެން އެއްވެސް ފަރާތަކަށް ބާރު ލިބިދޭކަމަށް އެއްވެސް ފަރާތަކުން ބުނާނަމަ، އެކަމަކީ އޭގައި ދައުލަތާއި
ސަރުކާރާއި އަދި ޢާންމު މަޞްލަޙަތު ހިމެނޭނެ މައްސަލައެއްކަމަށްވާއިރު، މިނުކުތާގައި ބަންޑާރަ ނައިބުގެ
ފަރާތުން ވަކި ވަޖާބެއް ދީފައި ނެތުމުން، މިމައްސަލަ ކުރިއަށް ގެންދެވިފައިވަނީ އެގޮތުގެ މަތިންކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރާ އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކުރެވުނީ އޭނާ
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ މަޤާމުގައި ހުއްޓާކަން
އެގެން އޮތްއިރު، އަލަށް އުފެއްދި ޖުޑީޝަލް އެކަޑަމީ އިން އޭނާއަށް މަޤާމެއް ހަމަ ނުޖެއްސުނީ، ޖުޑީޝަލް
އެކަޑެމީއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިވާ ތަނެއްކަމަށްވާތީ
ކަމަށް ބުނެ، ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ބަލާއިރު، 06 އޮގަސްޓް 2008 ގައި،
"މިނިސްޓްރީ އޮފް ޖަސްޓިސް" އުވާލައްވައި "ޑިޕާޓްމަންޓް އޮފް ޖަސްޓިސް" ރައީސުލްޖުމްހޫރިއްޔާ
އުފެއްދެވިކަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 2008/24 (17 އޯގަސްޓް 2008) ދެންނެވުމުން
އެގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ސާދަވަނަ ބާބު (އިންތިޤާލީ ކަންތައްތަކާބެހޭ
ބާބު) ގެ 297 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް
މިޤާނޫނުއަސާސީގައި ނުވަތަ މި ބާބުގައި ބަޔާންކޮށްފައިވާގޮތަށް އުފެއްދެންދެން މިޤާނޫނުއަސާސީއަށް
ޢަމަލުކުރަން ފަށާއިރު އުފައްދާފައިވާ ނުވަތަ ޤާއިމްކޮށްފައިވާ އެފަދަ މުއައްސަސާތައް ދެމިހުންނާނެ ކަމަށް ބަޔާން
ކޮށްފައި އޮތުމުން، "ޑިޕާރޓްމަންޓް އޮފް ޖަސްޓިސް" ބަޔާންވެދިޔަ މުއްދަތުގައި ދެމިއޮތްކަން އެގެން
އޮންނަކަމާއި، ކޯޓުތައް ހިންގުމުގެ (administrative) ޤާނޫނުތައް ހެދުމުގެ ބާރު ޤާނޫނުއަސާސީގެ 155 ވަނަ
މާއްދާއިން ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށްކަމާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ކަންތައްތައް
ހިންގުމުގައާއި ކޯޓުތަކާއި ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމަކީ ޖުޑީޝަލް
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
<
މާއްދާގެ (ހ) އިން އެގެން އޮތުމާއެކު، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ
ކަންކަން ރާވައި، ހިންގައި ބެލެހެއްޓުމުގެ ގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަންނީ
އެޑްމިނިސްޓްރޭޝަނެއް ޢައްޔަން ކުރަން ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ
ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އިން އެކަށަ އެޅުމާއި ގުޅިގެން، 04 ސެޕްޓެމްބަރު 2008 އިން ފެށިގެން،
"ޑިޕާރޓްމަންޓް އޮފް ޖަސްޓިސް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން"ގެ ގޮތުގައި، ޖުޑީޝަލް
ސަރވިސް ކޮމިޝަންގެ ދަށުން ހިންގަން ފެށުނުކަމާއި، ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
01/SC
-
RU/2008 (02 ޑިސެމްބަރު 2008) ރޫލިންގ ގެ ދަށުން، ބަޔާންވެދިޔަ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ބ) އަކީ ޢަމަލު ކުރެވެން ނެތް ބާޠިލް އަކުރެއް ކަމަށް ކަނޑައަޅައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ
ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެވެ ކިޔާ އިދާރާ 02 ޑިސެމްބަރު 2008
އިން ފެށިގެން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން
ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެއިދާރާގެ މަސްއޫލުވެރިންނާ ޙަވާލުކުރެވޭ މަސައްކަތާ ބެހޭ
ގޮތުން އެފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅައި،
ބަޔާންވެދިޔަ ސުޕްރީމް ކޯޓުގެ ރޫލިންގެ ދަށުން، ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވާލެވިފައިވާ ކަމާއި، އަދި ބަޔާންވެދިޔަ ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ދަށަށް ގެނެވިފައިވަނިކޮށް، ދެވަނަ ފަހަރަށް، ޤާނޫނު
ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 98 ވަނަ މާއްދާގެ ދަށުން، ޤާނޫނު ނަންބަރު:
10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ބ) އުވުނީކަމަށް ކަނޑައަޅައި،
ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ ބާބަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޚާއްޞަ ބާބެއްގެ
ގޮތުގައި ކަނޑައަޅައި، ޤާނޫނު ނަންބަރު: 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 90 ވަނަ
މާއްދާގެ (ހ) ގެ ދަށުން، މިޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފެދުނީ ކަމަށް ބަޔާންކޮށް، 04 އޮކްޓޯބަރ 2010ގައި،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން ޤާނޫނެއްގެ ބެލެނިވެރިކަމުގެ ދަށަށް ދެވަނަ ފަހަރަށް
ގެނެވުނު ކަމާއި، ހަމައެއާއެކު، އެޤާނޫނުގެ 90 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން ހިނގަމުންއައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އުވާލެވި، އެޑިޕާރޓްމަންޓުގެ
ހުރިހާ މުވައްޒަފުންނާއި، މަސައްކަތްތަކާއި، އެޑިޕާރޓްމަންޓުގެ އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި
ޙައްޤުތައް، މިޤާނޫނުގެ ދަށުން އުފެދުނު ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް
އެހިނދުންފެށިގެން ބަދަލުވީ ކަމަށް ބަޔާން ކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު:
02/SC
-
RU/2011 (14 މާރޗް 2011 ރޫލިންގ އިން، ޤާނޫނު ނަންބަރު: 2010/22 (ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނު) ގެ 90 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާއި 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާއާއި 94
ވަނަ މާއްދާ (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 09 ވަނަ ބާބު) އަކީ ޤާނޫނީ ގޮތުން ތަންފީޒުވުމުގެ ބާރު
ލިބިގެން ނުވާ އޭގެ ޒާތުގައިވެސް ބާޠިލު މާއްދާތަކެއް ކަމަށް ކަނޑައަޅައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ހިންގަމުންދާނީ ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް
ޢަމަލު ކުރަން ފެށުމުގެ ކުރިއެކޭ އެއްފަދައަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރޫލިންގ ނަންބަރު:
01/SC
-
RU/2008 (04 ޛުލްޙިއްޖާ 2
/
1429ޑިސެމްބަރު2008) އާއި އެރޫލިންގ އާ ޙަވާލާދީ،
އެރޫލިންގގެ ދަށުން ނެރެފައިވާ ސުޕްރީމްކޯޓުގެ ސަރކިއުލަރ ނަންބަރު SC/2009
/
01 އަށް 1 ވަނަ އިސްލާޙު
ގެނައުމުގެ ސަރކިއުލަރ (17 ޝައްވާލް 1430| 06 އޮކްޓޯބަރ 2009) ގައި ކަނޑައަޅާފައިވާ ގޮތުގެ
މަތިންކަމަށް ބަޔާންކޮށް، ޤާނޫނުގެ ބެލެނިވެރިކަމުގެ ދަށުގައި އޮތް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން ދެވަނަ ފަހަރަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށަށް ގެނެވިފައި އޮތުމުން،
މިޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ، ޤާނޫނު ނަންބަރު: 2008;10 (ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ ޤާނޫނު)ގެ 21 ވަނަ މާއްދާގެ (ނ) ދަށުން އުފެއްދި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނޫންކަމާއި
އަދި އެއީ ޤާނޫނު ނަންބަރު: 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 90 ވަނަ މާއްދާގެ (ހ)ގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/187
کی
<< O
22 0 /
އުފެއްދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއްވެސް ނޫންކަމާއި އެއީ ބަޔާންވެދިޔަ ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ނަންބަރު:01/SC
-
RU/2008 (04 ޛުލްޙިއްޖާ 02/1429 ޑިސެމްބަރު2008) އާއި
އެރޫލިންގައި ބަޔާންކުރާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކަމާއި ، އޭރު އެއީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ދަށުގައި އޮތް އިދާރާއެއްކަން ސާފުކޮށް އެގޭއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑެމީ އުފައްދައި، އެކުލަވާލާފައިވާ، "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ
ހިންގުމާބެހޭ ޤަވާއިދު" ގެ 2 ވަނަ މާއްދާގައި "ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިނގަމުންދާނީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ." މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑެމީއަކީ،
ޑިޕާރޓްމަންޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން ޤާއިމް ކުރެވިފައިވާ ތަނެއްކަމަށް ބުނިނަމަވެސް
މިދެތަނަކީވެސް ސުޕްރީމް ކޯޓަށް ޖަވާބުދާރީވާންޖެހޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤިޔާދަތުގެ ދަށުގައި
އޮތް އެކޯޓުން އުފެއްދި އެއިދާރާކަމާއި، މިދެއިދާރާއަކީވެސް އެއިދާރާގެ ޒާތުގައި މިނިވަން މުސްތަޤިއްލު ބާރުތަކެއް
(autonomus power) ލިބިދޭގޮތަށް އޮތް ދެއިދާރާ ނޫންކަން އެގެން އޮތުމުން، މިދެ އިދާރާގެ އިދާރީ
މުވައްޒަފުންނާއި ގުޅޭ ކަންކަމުގައި ވަޒީފާ ހަމަޖެއްސުމަށް ހުރަސް އޮތީ ޖުޑިޝަލް އެކަޑަމީއަކީ ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ވަކިން އޮތް އިދާރާއެއްކަމަށްވާތީ ކަމަށް ބުނެ ދައުލަތުން ދައްކާފައިވާ
ވާހަކަތަކުގައި ޤާނޫނީ އެއްވެސް ބުރަދަނެއް ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނާއި ވަކިން އުފެދިފައިވާ ތަނެއްކަމަށް ބުނެ ދައުލަތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން،
އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ކޮށްފައިވާ
ކޮށްފައިވާ އިޢުލާންތަކަށް
އިޢުލާންތަކަށް ބެލިއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ޗާންސެލަރ އަކު ބޭނުންވެގެން 13 އޭޕްރީލް 2016 ގައި އިޢުލާން ކޮށްފައިވާކަމާއި،
20 8
2 ޤާނޫނު ނަންބަރު: 11/2010 (ޤާނޫނު ނަންބަރު:10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު)އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ
އިޞްލާޙު ގެނެވި، ޤާނޫނު ނަންބަރު:10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 1-21(ހ) ވަނަ މާއްދާގެ ދަށުން ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި އިދާރާއެއް އުފައްދާއި، އަދި އެމާއްދާގެ (ހ)ގެ ދަށުން، ކުރިން ހިގަމުންއައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަން އުވާލެވިފައި ވާތީ، 03 ސެޕްޓެމްބަރު 2019 އިން ފެށިގެން ހިގަމުންދާ "ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓް
މިޤާނޫނުގެ ދަށުން އުފެދިފައިވާ އިދާރާއެއްކަން އެގެން އޮވެއެވެ.
އެހީގެ ޙަޖި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
034
މިގޮތުން، ދިވެހިރާއްޖޭގެ
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: SC/2015
/
11 ސަރކިއުލަރ އިން ޤާއިމު ކުރެއްވުމަށް
ކަނޑައެޅުއްވި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން އެ އެކަޑަމީގެ ތަންފީޒީ އިސް
މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ ޗާންސެލަރގެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް
އެފުރުޞަތު ހުޅުވާލާ ކަމަށް ބަޔާން ކޮށް، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިޢުލާންކޮށް،
އެމަޤާމަށް އެދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމަށް އެދިފައިވާ ކަމާއި، މީގެ
އިތުރުން ޖުޑީޝަލް އެކަޑަމީ (ވިލިމާލެ) އަށް ޑިރެކްޓަރެއްގެ މަޤާމަށް މީހަކު ހޯދުމަށް 08 ފެބުރުއަރީ 2016
ގައި އިޢުލާން ކޮށްފައިވަނީވެސް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ކަމާއި، އެމަޤާމުގެ
މައިގަނޑު މަސައްކަތުގެ ގޮތުގައި ބަޔާން ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި "ޖުޑީޝަލް އެކަޑަމީގެ މުވައްޒަފުންގެ
ކަންތައްތައް ޑިޕާރޓްމަންޓުގެ ކަމާބެހޭ ސެކްޝަންތަކާއި ގުޅިގެން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާ
އެއްގޮތަށް ހިންގައި ބެލެހެއްޓުން މިފަދައިން ބަޔާން ކޮށްފައި އޮތުމުން، ޖުޑީޝަލް އެކަޑަމީ އަކީ ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާ ވަކިން އުފައްދާފައިވާ މުސްތަޤިއްލު ތަނެއްކަމަށް ދޭހަވާ ގޮތަށް
ދައުލަތުން ދައްކާ ވާހަކަތަކަކީ ފެންނަން ހުރި ހަޤީޤަތްތަކުގައި އެހެން ކުލައެއް ޖެއްސުމަށް ބުނާ ބުނުމެއްކަން
އެނގެން އޮވެއެވެ.
(ޅ) ހަވަނަ ކަމަކީ، އިސްތިއުނާފް ކުރާ އިސްމާޢީލް ފާރިޝް ވަޒީފާއިން ވީއްލުމުގެ ކުރިން
ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ފަދައިން އެކަށޭނެ އެހެން
ވަޒީފާއެއް ހޯދައިދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން މަސައްކަތް ކޮށްފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާއި ގުޅިގެން، އެކަން ނަފީކުރުމަށް ދައުލަތުން ހުށަހެޅި ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް
ފޮނުވުނު ނަންބަރު:
19712016
/
39/A-198 (06 މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުނު ނަންބަރު:
95
/
2016
/
119/A-198 (06 މާރޗް 2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
23
2{7/HC-A/187
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
0
ނަންބަރު:2015
/
17/A
/
21
-
HMC-198(06 މާރޗް 2016) ސިޓީތަކަށް ބެލިއިރު، އެސިޓީތަކުގެ
މައިގަނޑުގައި ބަޔާން ކޮށްފައިވަނީ
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި 156 ވަނަ މާއްދާގެ
ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ޖުޑީޝަލް އެކަޑަމީއެއް
ޤާއިމް ކޮށް އެއެކަޑަމީ ވުޖޫދަށް އައުމާއި ގުޅިގެން މިޑިޕާރޓްމަންޓުން ވިލިމާލޭގައި ހިންގަމުންދިޔަ
"ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ 08 މާރޗް 2016 ދުވަހުން ފެށިގެން އުވާލުމަށް
ނިންމާފައިވާތީ، އެސެންޓަރުގައި މަސައްކަތް ކުރައްވާ މީޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ
މުވައްޒަފުންގެ ތެރެއިން އެއްވެސް މުވައްޒަފަކު ތިޔަ ކޯޓުގެ މަސައްކަތަށް ބޭނުންފުޅުވާނަމަ އެކަން
ވީއެންމެ އަވަހަކަށް މިޑިޕާޓްމަންޓަށް އަންގަވައި ދެއްވުން އެދެމެވެ.
އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު ރަޝީދު، ޔޫސުފް ސައީދު.
ކޮމްޕިއުޓަރ ޓެކްނީޝަން އިސްމާއީލް ފާރިޝް.
އެޑްމިނިސްޓްރޭޓިވް އޮފިސަރ އިބްރާހިމް ޚާލިދު، އަޙްމަދު ހާޝިމް، އަބުދުﷲ ނާޝިދު.
މިއިބާރާތް ކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުނު ބަޔާންވެދިޔަ ސިޓީއާއި ގުޅިގެން ޖަވާބެއް
ހުށަހެޅިފައި އޮތް ކަން އެގެން ނެތްކަމާއި ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓާއި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން
ބަޔާންވެދިޔަ ސިޓީ އާއި ގުޅިގެން، ޖަވާބު ދީފައިވަނީ އެމުވައްޒަފުން ބޭނުން ނުވާކަމަށް ބުނެ ކަމާއި،
އިސްތިއުނާފް ކުރާ ފަރާތުން ސުވާލު އުފެއްދި ފަދައިން، ހަމައެކަނި ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުޅުމާލެ
މެޖިސްޓްރޭޓް
ކޯޓަށް ފޮނުވައި އެތަންތަނުން ޖަވާބެއް ހޯދުމަކީ އެއީ ބަޔާންވެދިޔަ ޤަވާޢިދުގެ 96 ވަނަ
މާއްދާގެ (ނ) ގައި ބުނާ "އެކަށީގެންވާ މަސައްކަތެއް" ކުރެވުނީތޯ ބަލާއިރު، މާލޭގައި، ސިވިލް ކޯޓު، ކުރިމިނަލް
ކޯޓް، ޖުވެނައިލް ކޯޓް އަދި ޑްރަގް ކޯޓު ޤާއިމުވެ ހިގަމުންދާ ކަމާއި، އަދި މާލެ ފިޔަވައި، މީހުން ދިރި އުޅޭ
ރަށްތަކުގައި އެތަކެއް މެޖިސްޓްރޭޓް އެތަކެއް ކޯޓެއް ހުރިއިރު، މިއިން އެއްވެސްތަނަކުން ވަޒީފާއެއް ހަމަޖެހޭތޯ
މަސައްކަތް ކޮށްފައި ނުވާކަމާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ށ)
ގައި ބަޔާން ކޮށްފައި އޮންނަކީ؟
ކޯޓު ނުވަތަ އިދާރާއިން ކުރަމުން ގެންދިޔަ މަސައްކަތެއް އުނިވެގެން މުވައްޒަފަކު ވަޒީފާއިން
ދޫކޮށްލަން ޖެހުން: ޝަރްޢީދާއިރާގެ ހިންގުމުގެ ނިޒާމަށް އަންނަ ބަދަލެއްގެ ސަބަބުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ސަބަބުން ކޯޓު ނުވަތަ އިދާރާއިން ކުރަމުންދިޔަ
މަސައްކަތެއް އުނިވެގެން ދިއުމުގެ ސަބަބުން ކޯޓެއް ނުވަތަ އިދާރާއެއް ނުވަތަ ކޯޓުން ނުވަތަ
އިދާރާއިން ބައެއް އުވާލުމުން، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ
ޝަރުޢީ ދާއިރާގެ އިދާރާއަކުން ހޯދައި ދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއްކޮށް، ވަޒީފާއެއް ހޯދައި ނުދެވިއްޖެނަމަ،
މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހުން."
މިފަދައިން ކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކަށީގެންވާ މަސައްކަތެއް
ކުރަންޖެހެނީ، އެކަށޭނެ އެހެން ވަޒީފާއެއް އެހެން ކޯޓަކުން ނުވަތަ ޝަރުޢީ ދާއިރާގެ އިދާރަކުން ހޯދުމަށް
ކަމަށްވާއިރު، ޖޭ.ޓީ.ސީ އުވާލެވުނީ އެތަނުން ކުރި މަސައްކަތްތައް ޖުޑީޝަލް އެކަޑެމީއިން ކުރާ ގޮތަށް
ހަމަޖެހުމުންކަމަށް ދައުލަތުން ބުނެފައިވާއިރު، ޖުޑީޝަލް އެކަޑަމީއަކީ އޭގެ ޒާތުގައި ޝަރުޢީ ދާއިރާގެ އިދާރާ
އެއް ނޫންކަން ދައުލަތަށް ބަޔާން ކޮށްދެވިފައި ނުވާއިރު، މިއާޚިލާފަށް ޖުޑީޝަލް އެކަޑަމީއަކީ ޝަރުޢީ ދާއިރާގެ
އިދާރާއެއް ކަމުގައި ހުށަހެޅުނު ލިޔުންތަކުންނާއި ޓްރައިބިއުނަލާއި އިސްތިއުނާފް މިމަޖިލީހުގައި ދެކެވުނު
ވާހަކަތަކުން އެގެން އޮތްއިރު، ޖުޑީޝަލް އެކަޑަމީގެ މަޤާމަކަށް އިސްމާޢީލް ފާރިޝް ބަދަލު ނުކުރެވެންޖެހޭ
ޤާނޫނީ އަދި ޝަރުޢީ އެއްވެސް ހުއްޖަތެއް ދައުލަތުން ބަޔާން ކޮށްދީފައި ނެތްކަމާއި، އިސްމާޢީލް ފާރިޝް
ވަޒީފާއިން ދޫކޮށްލިތާ ތިން މަސްދުވަހުގެ ތެރޭގައި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، އެކި
އެކި އިދާރީ މަޤާމުތަކަށް، މާލޭގައި ޤާއިމުވެފައިވާ ކޯޓުތަކަށާއި އަތޮޅުތެރޭގައި ޤާއިމްވެފައިވާ ކޯޓުތަކަށާއި އަދި
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް އިޢުލާން ކޮށްފައިވާ ކަން އިސްތިއުނާފް ކުރާ
ފަރާތުން ހުށަހެޅި ގެޒެޓެޑްކޮށްފައިވާ އިޢުލާން ތަކަށް ބެލުމުން އެގެން އޮންނަކަމާއި، އިސްމާޢީލް ފާރިޝް
ވަޒީފާއިން ދޫކޮށްލީ 09 މާރޗް 2016 ގައި ކަމާއި، ޖުޑީޝަލް އެކަޑަމީ އުފެއްދީ 31 އޮގަސްޓް 2015 ގައި
ކަމާއި، ޖުޑީޝަލް ޓްރެއިނިންގ ސެންޓަރުގެ މަޤާމުތައް ކަމަށް ބުނެ، އިސްމާޢީލް ފާރިޝްގެ މަޤާމް އުވާލަން
06 މާރޗް 2016 ގައި ކަން އެގެން އޮތްއިރު، އިސްމާޢީލް ފާރިޝްއަށް އެކަށީގެންވާ ވަޒީފާއެއް
ހޯދުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރިކަމަށް ބުނެ އެކަން ދެއްކުމަށް
ހުށަހަޅާފައިވާ ސިޓީތަކަކީ، ބަޔާން ވެދިޔަ ޙަޤީޤަތްތައް ނިވާ ކުރުމަށް ކޮށްފައިވާ މަސައްކަތެއްކަމަށް ނޫން
ނިންމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
ބެލެވެން ނެތްކަމާއި، އިސްމާޢީލް ފާރިޝް މަޤާމުން ވަކި ކުރިއިރު، އޭނާއާ އެއްވެސް ވަރަކަށް ވާހަކަ ދައްކައި،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މަޝްވަރާއެއް ކުރެވިފައިވާކަން އެނގެން
ނެތުމުން، މިނުކުތާގައި ދައުލަތުން ދައްކާ ވާހަކަ ތަކަކީ، ފެންނާން ހުރި ޙަޤީޤަތްތަކާއި އިދިކޮޅު ވާހަކަތަކެއްކަން
އެނގެން އޮވެއެވެ.
2 0 0
2 0 0
<< O
(ކ) ހަތްވަނަ ކަމަކީ، ޖޭ.ޓީ.ސީ އަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި
ވަކިން އުފެދިފައިވާ ވަކި އިދާރާއެއް ނޫންކަމާއި، އެތަނަކީ، ޑިޕާރޓްމަންޓް އޮފް ޖުޑިޝަލް
އެޑްމިނިސްޓްރޭޝަންގެ އެކިއެކި ސެކްޝަންތައް ހުންނަ ފަދައިން، ޖުޑީޝަލް ޓްރެއިނިންގ ދިނުމަށް
އެޑިޕާރޓްމަންޓްގެ ދަށުގައި އޮތް ސެކްޝަނެއްކަމާއި، ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު، އިސްމާޢީލް ފާރިޝްގެ
މަޤާމަކީ ޖޭ.ޓީ.ސީގައި އޮތް މަޤާމެއް ނޫންކަމާއި، އޭނާއަކީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭ ޝަންގެ ކޮމްޕިއުޓަރ ޓެކްނީޝަނެއްގެ މަޤާމުގައި ހުރި މީހެއްކަމާއި އޭނާގެ މަޤާމް އޮތް އޮފީހަކީ
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންކަން އޭނާއަށް ދޫކޮށްފައިވާ ނަންބަރު 2016
/
06/DJA(32)
(09 މާރޗް 2016) ވަޒީފާއިން ދޫކޮށްލިކަން ދަންވަން ޗިޓް" އިން ސާފުކޮށް އެގެން އޮތްއިރު، ޑިޕާރޓްމަންޓް
އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވުނު ނަންބަރު:
197
/
2016
/
39/A-198 (06 މާރޗް 2016) ސިޓީއާއި، ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވުނު ނަންބަރު:
95
/
2016
/
119/A-198 (06 މާރޗް 2016) ސިޓީ އާއި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވާފައިވާ
ނަންބަރު:2015
/
17/A
/
21
-
HMC-198(06 މާރޗް 2016) ސިޓީގެ ޢިބާރާތުގައިވެސް ބަޔާން ކޮށްފައިވަނީ،
"އެސެންޓަރުގައި މަސައްކަތް ކުރައްވާ މިޑިޕާރޓްމަންޓްގެ ތިރީގައި މިދަންނަވާ މުވައްޒަފުން." މިފަދައިންކަމަށް
ވާއިރު، އިސްތިއުނާފް ކުރާ އިސްމާޢީލް ފާރިޝްއަކީ ޖީ.ޓީ.ސީގެ މަޤާމެއްގައި ހުރި އެތަނުގެ މުވައްޒަފެއްކަމަށް
ދެއްކުމަށް ދައުލަތުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމެވެ.
(އ) އައްވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި
156 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޔާރާއި ބާރުގެ ދަށުން ކަމަށް ބަޔާން
0 /
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
2 20
ކޮށް ޖުޑީޝަލް އެކަޑަމީއެއް ޤާއިމް ކޮށް އެއެކަޑަޕީ ވުޖޫދަށް އައުމާއި ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން ވިލިމާލޭގައި ހިންގަމުންދިޔަ ޖުޑީޝަލް ޓްރެއިނިންގ ސެންޓަރ 08 މާރޗް 2016
ދުވަހުން ފެށިގެން އުވާލުމަށް ނިންމާފައިވުމުން، ރިޑަންޑަންސީގެ ދަށުން، މުވައްޒަފުން މަޤާމުން ވަކި
ކުރަންޖެހޭނަމަ، އަދި ރިޑަންޑަންސީގައި ޢަމަލު ކުރަންޖެހޭގޮ
ޖިހޭގޮތް ޤާނޫނުގައި ކަނޑައަޅައި ބަޔާން ކޮށްފައި
ނެތްނަމަވެސް، އެކަން ކުރަންޖެހޭނީ އެކަށީގެންވާ ޢަދުލު ވެރި (just and fair) ގޮތަކަށް ކަމާއި، ދިމާވެފައިވާ
ޙާލަތަކީ ޙަޤީޤީ ރިޑަންޑަންސީ "genuine redundancy" އެއްތޯ ބަލަންޖެހޭ ކަމާއި، ގެނެވުނު ބަދަލާއި
ގުޅިގެން، ވަޒީފާއިން ދޫކޮށްލަންޖެހެނު މީހާ އަދާކުރަމުންދިޔަ ވަޒީފާއަކީ އިތުރު އެހެން އެއްވެސް މީހަކު
އަދާކުރަން ނުޖެހޭނެ ވަޒީފާއެއްތޯ؟ ވަޒީފާއިން ދޫކޮށްލަންޖެހޭ މީހުންނާއި މަޝްވަރާ ކުރުމުގެ ޤާނޫނީ ޒިންމާއެއް
އޮތްނަމަ އެކަން ކުރިތޯ؟ އަދި އެފަދަ ޒިންމާއެއް ނެތްނަމަވެސް، އެކަށީގެންވާ ޢަދުލުވެރި ގޮތަކަށް އެކަން
ގެންދިއުމުގެ ގޮތުން މަޝްވަރާކޮށް ވަމުންދާގޮތް އަންގައި ދީފައިވޭތޯ؟ ދޫކޮށްލަންޖެހޭ މުވައްޒަފުންނަށް އަލުން
ވަޒީފާއެއް ދިނުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިތޯ؟ މިކަންކަން ބެލިދާނެ ކަމާއި، ހަމައެހެންމެ،
ރިޑަންޑަންސީގެ ދަށުން ވަޒީފާއިން ވަކިކުރަން ޚިޔާރު ކުރެވުނު މުވައްޒަފުން ނެގުނު ގޮތް ނުވަތަ
[redundancy selection pool] އެކުލަވާ ލެވުނު ގޮތް އެކަށީގެންވޭ މިގޮތުން، ރިޑަންޑަންސީގެ ދަށުން
މުވައްޒަފުން ވަކި ކުރާއިރު، މިހާރު އެވަޒީފާގައި ހުރި މީހާ ވަކިކުރަން ކޮންމެހެން ނުޖެހިދާނެ ކަމާއި،
މިކަންކަމުގެ މައްޗަށް ބަލާއިރު، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން އިސްމާޢީލް
ފާރިޝް ވަޒީފާއިން ވަކިކުރިއިރު، މިއިން އެއްވެސް ކަމެއް ބެލިފައިވާ ކަން އެގެން ނެތްކަމެވެ.
(ކ) ނުވަވަނަ ކަމަކީ، މިމައްސަލައިގައި، އިސްތިއުނާފް ކުރާ ފަރާތް ވަޒީފާއިން
ނިންމާފައިވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދުގެ 96 ވަނަ މާއްދާގެ (ށ) ގެ ދަށުގައި ބަޔާންކޮށްފައިވާ
ޙާލަތް މެދުވެރިވެގެން ކަމަށް ބެލެވޭތީ، އިސްތިއުނާފް ކުރާ ފަރާތް ވަޒީފާއިން ވީއްލުމަށް ނިންމާފައިވަނީ
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމް ކުރެވިގެންކަމަށް ވަޒީފާއާބެހޭ ޓްރައިބިނަލުން ނިންމާފައިވަނީ، މިމައްސަލައިގެ
ޙަޤީޤަތްތަކަށް ބެލުމެއްނެތިކަމާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޖޭ.ޓީ.ސީގެ މަޤާމުތައް
2 ބ 2)
ނަވާތ.
03x32
3 ތތ
ކަނލި0ށ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
Duc
އުވާލުމަށް ކޮށްފައިވާ އިޢުލާނަށާއި، އިސްތިއުނާފް ކުރާ ފަރާތަށް ވަޒީފާ ހަމަޖެހޭތޯ ފޮނުވި ސިޓީތަކަށާއި އަދި
ރިޕަންޑެންސީގެ ދަށުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރާނެ އިޖުރާއަތާއި
އުޞޫލު އަންގާފައިވާ ކަމަށާއި، އަދި ނޯޓިސް ދިނުމުގެ ބަދަލުގައި ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދީފައިވާތީ
ކަމަށް ބަޔާން ކޮށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ވެފައިވާ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާއިރު، އިސްވެ
ފާހަގަ ކުރެވުނު ނުކުތާތަކުން، އިޖުރާއީ ޢަދުވެރިކަން ޤާއިމު ކުރެވިފައި ނެތްކަމާއި، އިސްމާޢީލް ފާރިޝް
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނެތްކަން
ސާފުކޮށް އެގެން އޮވެއެވެ.
(އ) ދިހަވަނަ ކަމަކީ، ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން، އިސްމާޢީލް ފާރިސަކީ އޭނާ
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބަހައްޓަންޖެހޭ މީހެއްކަމާއި، އެއްވެސް ޙާލަތެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއް ނޫންކަމާއި، އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ދިޔަ
ވަޒީފާގައި ބެހެއްޓެން ނެތްނަމަ، އެބާވަތުގެ ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި އޭނާ ބަހައްޓަންޖެހޭކަމާއި،
މިކަމުގެ ސަބަބުން އިސްމާޢީލް ފާރިސަށް ލިބުނު ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމާއި، މިގޮތުން އޭނާއަށް ސީދާ
ލިބުނު ގެއްލުމުގެ ގޮތުގައި، ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި ހަމައަށް
އޭނާ އޭރު ހުރި ވަޒީފާއިން ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް
ނުވަތަ ވަޒީފާ ތަކެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިސްމާޢިލް ފާރިޝްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ
ފައިސާ އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް ލިބިދޭންޖެހޭނެކަމާއި، މިކޯޓުން އެކަން
ބެލުމަށްޓަކައި، އިސްމާޢިލް ފާރިޝްއަށް ބަޔާންވެދިޔަ މުއްދަތުގައި ވަޒީފާ އަދާކުރި ގޮތް މިކޯޓަށް ހުށަހެޅުމަށް
އެންގިފައިވީނަމަވެސް އެކަމަށް އިޖާބަ ދީފައި ނެތުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި މިކޯޓަށް ވަކި ޢަދަދެއް
LOO
24 2
ކަނޑައަޅާ ބަޔާން ކުރެވެންނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
28
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އިއްތިފާޤުވެވެނީ ވަޒީފާއާއި ބެހޭ ޓްރައިބިނުލްގެ ނަންބަރު: 2016/VTR/100
މައްސަލަ ބާޠިލު ކުރަންޖެހޭ ކަމެވެ.
ޙުކުމް:
ދެންފަހެ ބަޔާންވެ ދިޔަ ކަންކަން އެހެން ހުރުމުން، ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު:
2016/VTR;100 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި މީޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ބާޠިލުކޮށް، އިސްތިއުނާފުކުރާ ކ.މާލެ، މ.ކްރިމްސަންރޯސް، އިސްމާޢީލް ފާރިޝް (އައިޑީކާޑު
ނަންބަރު A010216) ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވަޒީފާއިން ވަކި ކުރެވުނު އިރު
ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށާއި ނޫނީ އިސްމާޢީލް ފާރިޝް ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި
ބެހެއްޓެން ނެތްނަމަ، އޭނާ އެދޭނަމަ، އެވަޒީފާއާ ގުޅޭ ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި
ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އިސްމާޢީލް
ފާރިޝް ވަޒީފާއިން ވަކިކުރި ދުވަހުންފެށިގެން އޭނާގެ ވަޒީފާ އަލުން އަނބުރާ އިޔާދަކުރެވޭ ދުވަހަކާއި ހަމައަށް،
ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން ވަޒީފާއަށް އަބުރާ ނެރޭ ދުވަހާއި ހަމައަށް އޭނާ އޭރު ހުރި ވަޒީފާއިން
ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުން، އެމުއްދަތުގައި އޭނާ އެހެން ވަޒީފާއެއް ނުވަތަ ވަޒީފާ ތަކެއް
އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތު އުނިކުރުމަށްފަހު، އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް
އެޑްމިނިސްޓްރޭޝަނުން އިސްމާޢިލް ފާރިޝްއަށް އެއްފަހަރާ ދެވޭ ޢިނާޔަތުގެ ގޮތުގައި ލިބިދީފައިވާ ފައިސާ
އުނިކުރުމަށްފަހު ބާކީވާ މުއްދަތަށް މުސާރައާއި އިނާޔަތްތައް އިސްމާޢީލް ފާރިޝްގެ ފަރާތުން ދޭންޖެހޭ މަޢުލޫމާތު
ފޯރުކޮށްދިނުމުން، ހިސާބުކޮށް އަންނަ މިންވަރެއްގެ ފައިސާ އޭނާއަށް ދިނުމަށާއި، އޭނާގެ ވަޒީފާގެ ކަންތައްތައް
ސަރުކާރު ބަންދުނޫން 07 (ހަތެއް) ދުވަހުގެ ތެރޭގައި ހަމަޖައްސާ އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް
އެންގުމަށް ޤާނޫނު ނަންބަރު: 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-21 ވަނަ މާއްދާގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
29
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/187
(ހ) އާއި (ށ) އަށް ރިޢާޔަތްކޮށް،
ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށް
އަމުރުކޮށްފީމެވެ.
ދިވެހިޔާ2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv