ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/43 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-A/43
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 43/HC
-
A/2015
• އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު އަފްޝަލް
އައިޑީ ކާޑު ނަންބަރު: A003206
އެޑްރެސް: މާދަނޑު، ރުއްކަރަ ޏ.ފުވައްމުލައް
މިހާރުގެ އެޑްރެސް:
*
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު:
* ދާއިމީ އެޑްރެސް:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ރަބީޢުލްއާޚިރު 1436
0
ނިމުނު ތާރީޚް 07 ޖުމާދަލްއާޚިރާ 1437
މާރިޗު
01 ފެބްރުއަރީ
2015
16
20116
0
އިސްތިއުނާފުކު
ފުކުރެވުނު ޤަޟިއްޔާ ނަންބަރު: 3
/
2013-R1C/231
• ޤަޟިއްޔާގެ ބާވަތް: ވައްކަންކުރުން
0
ނިންމެވި ކޯޓް: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
ޅުނު ތާރީޚް: 15 މެއި 2013
· 449 4
OLC
ހެލްތް
ނިމުނު ތާރީޚް: 10 އޭޕްރީލް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު 1
2015/HC-A/43
مرگ منم **
ޚުލާޞާ
02 0 0
04
xތތ
ہی می کرم
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް ނަންބަރ 3
/
2013-R1C/231 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، މާދަޑު، ރުއްކަރަ (ޏ.ފުވައްލުމުލައް މުޙައްމަދު އަފްޝަލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފެހަގަކުވާވެ ނަން
1. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް ނަންބަރ 3
/
2013-R1C/231 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ދައުލަތުން ފުވައްމުލަކު ރުއްކަރަ މުޙައްމަދު
އަފްޟަލް، 26 އޮގްސްޓް 2012 ދުވަހު 02:00 އެހައިކަންހައިއިރު، ޏ. ފުވައްމުލައް "އައިޓެކް"
ފިހާރައިގެ ކުޑަދޮރުގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ހަލާކުކޮށްގެން އެފިހާރައަށްވަދެ، އެފިހާރައިން
މޯބައިލް ފޯނު (ޢަދަދު ނޭނގޭ)އާއި، ލެޕްޓޮޕަކާއި، 2 އެކްސްޓާނަލް ހާރޑް ޑިސްކާއި، ފިހާރައިގެ
ކައުންޓަރާއި، ފިހާރަ ތެރޭގައި ދިރާގުގެ ކައުންޓަރުން 1-2510ރ. (ދެހާސް ފަސްސަތޭކަ ދިހަ ރުފިޔާ)
އާއި، ދިރާގު ކައުންޓަރުން /-50 ރުފިޔާއާއި، 1-100 ރުފިޔާގެ ރިޗާޖް ވައުޗަރ (ޢަދަދު ނޭނގޭ) ވަގަށް
ނަގާފައިވާތީ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 137 ވަނަ
138 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަފްޝަލްގެ މައްޗަށް ތަނެއް ހަލާކުކޮށްލައިގެން
ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީގެ އަގު ހިމެނޭ މުދަލުން ވައްކަން ކުރުމުން ބެލުނު
ދަޢުވާއެއްކަން އެނގޭކަމާއި،
މާއްދާއާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާވަނީ، "ދެންފަހެ، ފުވައްމުލަކު ރުއްކަރަ މުޙައްމަދު
އަފްޟަލް، 26 އޮގްސްޓް 2012 ދުވަހު 02:00 އެހައިކަންހައިއިރު، ޏ. ފުވައްމުލައް "އައިޓެކް"
ފިހާރައިގެ ކުޑަދޮރުގައި ޖަހާފައި ހުރިމިދަނގަނޑު ތޭރިތައް ހަލާކުކޮށްގެން އެފިހާރައަށްވަދު، އެފިހާރައިން
މޯބައިލް ފޯނު (ޢަދަދު ނޭނގޭ) އާއި، ލެޕްޓޮޕަކާއި، 2 އެކްސްޓާނަލް ހާރޑް ޑިސްކާއި، ފިހާރައިގެ
ކައުންޓަރާއި، ފިހާރަ ތެރޭގައި ހުރި ދިރާގުގެ ކައުންޓަރުން -/2510ރ. (ދެހާސް ފަސްސަތޭކަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
*
ދިވެހިރާއްޖެ
4, 2
=32
2015/HC-A/43
3 ޤަޟިއްޔާ ނިމުނު "
کی مری
ރުފިޔާ) އާއި، ދިރާގު ކައުންޓަރުން -/50. ރުފިޔާއާއި، -/100 ރުފިޔާގެ ރީޗާޖް ވައުޗަރ (ޢަދަދު ނޭނގޭ)
ވަގަށް ނަގާފައިވާތީ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދިއާއި، 137
ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަފްޝަލްގެ މައްޗަށް ތަނެއް ހަލާކުކޮށްލައިގެން
ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީގެ އަގު ހިމެނޭ މުދަލުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާއަށް
މުޙައްމަދު އަފްޟަލް އިންކާރުކޮށްފައިވީ ނަމަވެސް ދައުލަތުން މި މައްސަލަ ސާބިތުކުރުމަށްޓަކައި
ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކަށް ޝަރީޢަތުން ނަޒަރުކޮށް ބެލިބެލުމުން، ދައުލަތުން މުޙައްމަދު
އަފްޝަލްގެ މައްޗަށް ކުޅަ ދަޢުވާގައި ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ބަޔާންވެފައިވާ
އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ދައުލަތުން މި މައްސަލާގައި ހުށަހެޅި ހެއްކާއި ޤަރީނާތަކަށް ބަލާއިރު
ޏ. ފުވައްމުލަކު ރުއްކަރަ މުޙައްމަދު އަފްޟަލް (އައިޑީ ކާޑް ނަންބަރު A003206 ) ގެ މައްޗަށް
ކުށް ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި މިއީ މީނާގެ މައްޗަށް ވައްކަންކުރުމުގެ ކުށް
ސާބިތުވާ ދެވަނަ ފަހަރުކަމަށްވާތީ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން 02 (ދޭއް)
އަހަރު، 132 ވަނަ މާއްދާގެ ދަށުން 02 (ދޭއް) އަހަރާއި 06 (ހައެއް) މަސް، 138 ވަނަ މާއްދާގެ
ދަށުން 01 (އެކެއް) އަހަރާއި، 05 (ފަހެއް) މަސް، އެކު ޖުމްލަ 08 (އަށެއް) އަހަރު ދުވަހުގެ
މުއްދަތަށް ޏ. ފުވައްމުލަކު ރުއްކަރަ މުޙައްމަދު އަފްޟަލް (އައިޑީކާޑް ނަންބަރު A003206) ޖަލަށް
ލުމަށް ހުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ." މިފަދައިންނެވެ.
ހ0 0
0
2
477
ވައްކަންވެރުމުގެ
02 0 0
2ތ xތ4
ہی کره
2. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/231 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ނޫންކަމަށްބުނެ، މާދަޑު، ރުއްކަރަ
ޏ.ފުވައްމުލައް މުޙައްމަދު އަފްޝަލްގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ކުށުގެ ތުހުމަތުގައި މީހުން ހިފާހައްޔަރުކުރުމަށް
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފަށް މުޙައްމަދު އަފްޝަލް
ހައްޔަރުކޮށްފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ، ޤާނޫނޫއަސާސީގެ 47 ގެ (ށ) އާއި 52 ވަނަ މާއްދާއާއި
ޚިލާފަށް ފުލުހުން ހެކިހޯދާފައިވަނިކޮށް އެކަމަށް ރިޢާޔަތް ނުކުރައްވާ އަދި ޝަރީޢަތުންވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2015/HC-A/43
کی عمری
ޤަޟިއްޔާ ނިމުނު "
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ހެކި ހޯދާ، އެ ހެކީގެ މައްޗަށް މައްސަލަ ނިންމާފައިކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ، ޤާނޫނުލްއުޤޫބާތުގެ
149 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ފަދައިން ވައްކަމުގެ އުންސުރުތައް ފުރިހަމަ ނުވާހިނދު ކުށް ސާބިތުވާކަމަށް
ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތުން ހެކި
ދެއްކިފައި ނުވުން އަދި ޝައްކު އުފެދޭ ގިނަ ކަންތައްތަކެއް މައުޖޫދުވެ ފެންނާން ހުއްޓާ އެކަންކަމަށް
ރިޢާޔަތް ނުކުރައްވާ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށް ކުށް ސާބިތުވާކަމަށް
ނިންމާފައިވާކަމަށް ބުނެ ހުށަހެޅު ނުކުތާއެވެ.
-) ފަސްވަނަ ނުކުތާއަކީ، ދައުލަތަށް ހެކި ހުށަހަޅާ ދައުލަތުގެ ހެކިން ހާޟިރުކުރުމުގެ
ފުރުޞަތު ދީފައިވާއިރު، ދިފާޢީ ހެކިން ހުށަހެޅުމުގެ ފުރުޞަތު ދިނުމަކާ ނުލައި، ޤާނޫނުއަސާސީގެ
42,20,17 ވަނަ މާއްދާއާއި އަދި ޖިނާއީ މައްސަލަ ތަކުގައި ޝަރީޢަތްހިންގުމުގެ ޤަވާއިދުގެ 1.2 ގެ
(ކ) އަދި (ރ) ގައިވާ އިޖުރާއަތާ ޚިލާފަށް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅުނު ނުކުތާއެވެ.
(ޅ) ހަވަނަ ނުކުތާއަކީ، އެއް ދުވަހަކަށް އެއްބާވަތެއްގެ ދެ ޤަޟިއްޔާ ނިންމަން
ތާވަލުކުރައްވާފައި އޮތްއިރު، ފަހުން ކޯޓަށް ހުށަހެޅުނު މައްސަލައިގެ ނިޔާ ކުރިން އިއްވާ ކުރިން ހުށަހެޅުނު
ޤަޟިއްޔާއިން ބޮޑެތި ގިނަ އުޤޫބާތް ކަނޑައެޅި އެ އުޤޫބާތުގެ ނަތީޖާއިން ކުރިން ހުށަހެޅުނު މައްސަލައިގެ
އަދަބުތައްވެސް ބޮޑުވެގެން ދިޔުންކަމަށް ބެލެވޭފަދަ ގޮތަކަށް ޤާނޫނުއަސާސީގެ 42,20,17 ވަނަ މާއްދާ
އާއި 59 ވަނަ މާއްދާގައިވާ ޤާނޫނުން އަދަބަށް ލިބެން އޮންނަ މަންފާ ލިބިދިނުމުގެ އުޞޫލާ ޚިލާފަށް
ނިންމާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0x82
.
3. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/231 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ރުއްކަރަ، މާދަނޑު ޏ.ފުވައްމުލައް މުޙައްމަދު އަފްޝަލްގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 4316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު
2015/HC-A/43
کی عمری
ދެވެ
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
4 2 2 4 304
ފާހަގަކުރެވެއެވެ"
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
3
/
2013-R1C/231 ޤަޟިއްޔާގައި، މުޙައްމަދު އަފްޝަލްގެ މައްޗަށް އުފުލުނު ދަޢުވާއަކީ، ކުރިން
ޢަމަލުކުރެވެމުން ދިޔަ ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 137
ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެދަށުން މުޙައްމަދު އަފްޝަލްގެ މައްޗަށް ތަނެއް ހަލާކުކޮށްލައިގެން
ފިހާރައަކުން ދިހަހާސްރުފިޔާއަށްވުރެ މަތީގެ އަގުހިމެނޭ މުދަލުން ވައްކަންކުރުމުގެ ކުށުގެ ދަޢުވާކަން
އެނގޭކަމާއި، މިދަޢުވާއަށް މުޙައްމަދު އަފްޝަލް އިންކާރުކުރާކަމަށް މުޙައްމަދު އަފްޝަލްގެ ފަރާތުން
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
46
27 ހ3 2 ބ 2
0189ރއްޤީ
24
(ށ) ދެވަނަކަމަކީ، ޏ.ފުވައްމުލައް "އައިޓެކް" ފިހާރައިން ވައްކަންކުރުމުގެ ތުހުމަތުގައި،
މުޙައްމަދު އަފްޟަލް ހައްޔަރުކޮށްފައިވަނީ، ޤާނޫނުއަސާސީގެ ވަނަ މާއްދާގައި ކަނޑައެޅި
ބަޔާންކޮށްފައިވާ އުސޫލާއި ޚިލާފަށް ކަމަށް މުޙައްމަދު އަފްޝަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ
ނުކުތާގައި ފާހަގަކޮށްފައިވީނަމަވެސް، މުޙައްމަދު އަފްޟަލް ހައްޔަރުކުރުމަށްފަހު މުޙައްމަދު އަފްޝަލްގެ
ބަންދާއި މެދު ގޮތެއްނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، މުޙައްމަދު އަފްޝަލް
ބަންދުގައި ބެހެއްޓުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނިންމަވާފައިވާކަމާއި، ޢާއްމު އުސޫލެއްގެ ގޮތުން
ދަށުން މީހަކު ހައްޔަރުކުރުމަށްފަހު އެމީހެއްގެ ބަންދާއިމެދު ގޮތެއްނިންމޭ ނިންމުމަކީ
ފުރަތަމަ ހައްޔަތާއިމެދުވެސް ގޮތެއް ނިންމޭ ނިންމުންކަމާއި، މިގޮތުގެ މަތީން 4 ފަހަރެއްގެ މަތީން
މުޙައްމަދު އަފްޝަލްގެ ބަންދުގެ މުއްދަތު އިތުރުކުރެވިފައިވާ ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު،
މުޙައްމަދު އަފްޟަލް ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ އެއްވެސް އިސްތިއުނާފު
ކޮށްފައިނުވާކަން މުޙައްމަދު އަފްޝަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، މީގެ
އިތުރުން އެނުކުތާގައި މުޙައްމަދު އަފްޝަލްގެ ފަރާތުން ފާހަގަކުރާކަންކަމަކީ، އެކަން މުޙައްމަދު އަފްޝަލްގެ
ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އެއްވެސް ގޮތަކަށް ދައްކާފައިނުވާ ވާހަކަތަކެއްކަމުން،
މިއީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގެ މައްޗަށް މިހާރު ބަލައި ގޮތެއް ކަނޑައަޅަންޖެހޭނެ
ކަމެއް ނޫންކަން އެނގޭކަމެ
04
02 32
1/21
"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2164
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
E65x
2015/HC-A/43
6 ޤަޟިއްޔާ ނިމުނު 1
می هرکی
ދެވެ
20 22
(ނ) ތިންވަނަކަމަކީ، މުޙައްމަދު އަފްޝަލްގެ މައްޗަށް ދައުލަތުގެ ފަރާތުން ކުޅަ، ތަނެއް
ހަލާކުކޮށްލައިގެން ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީގެ އަގު ހިމެނޭ މުދަލުން ވައްކަން ކުރުމުގެ
ކުށުގެ ދަޢުވާއަށް މުޙައްމަދު އަފްޝަލް އިންކާރުކުރުމުން މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި، ޏ.ފުވައްމުލައް އައިޓެކް ފިހާރަ ފަޅާލާ އެފިހާރައިން ވަގަށްނަގާފައިވާ
މޯބައިލް ފޯނުތަކަކާއި، އިލެކްޓްރޯނިކް ސާމާނުތަކެއް ޏ.ފުވައްމުލައް މާދަނޑުގެ މަހީނާގޭގައި ފޮރުވާފައި
ހުރިކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ
ތެރޭގައި މިހެކިން ހިމެނޭކަމަށާއި، މިގެއަށް ގޮސް ލިގޭ މުޙައްމަދު ޢަރީޝްގެ ޙާޟިރުގައި އޭނާ ދިރިއުޅޭ
ކޮޓަރި ބަލައި ފާސްކުރަނިކޮށް، އެކޮޓަރީގެ ތެރެއިން އެކްސްޓާނަލް ހާޑް ޑިސްކެއް ފެނިގެން އެއާއި ބެހޭ
ގޮތުން ސުވާލުކުރުމުން އެއީ، މުޙައްމަދު ޢަރީޝްއަށް، މުޙައްމަދު އަފްޝަލް ދީފައިވާ ހާޑްޑިސްކެއްކަމަށް
މުޙައްމަދު ޢަރީޝް ބުނިކަމަށް ހެކިބަސްދީފައިވާކަމާއި، މީގެ އިތުރުން މިދަޢުވާ ސާބިތުކުރުމަށް މުޙައްމަދު
އަފްޝަލް މިމައްސަލައާއި ގުޅިގެން ތަޙްޤީޤަށް ދީފައިވާ ބަޔާނެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާކަމާއި،
މިބަޔާނުގައި މީނާ ޏ.ފުވައްމުލަކު އައިޓެކް ފިހާރައިން ވައްކަންކުރިކަމަށާއި، ވަގަށް ނަގާފައިވާ ތަކެތީގެ
ތެރެއިން އޭސާރ އެސްޕަޔަރ ލެޕްޓޮޕަކާއި އެކްސްޓާރނަލް ހާޑް ޑިސްކެއް މުޙައްމަދު އަފްޝަލް
ދިރިއުޅޭގޭގެ ފުރަގަހުގައި އިން ފަތްކެޔޮ ފިންޏެއްގެ ތެރޭގައި ފޮރުވާފައިވާ އޮއްވާ ފުލުހުން ނަގާ
އެދެއްކުމުން އެއީ އައިޓެކް ފިހާރައިން ވަގަށްނެގި ތަކެތިކަމަށް ބުނިކަމަށާއި، އަދި އެފިހާރައިން ވަގަށް
ނަގާފައިވާ އެކްސްޓާރނަލް ހާޑް ޑިސްކެއް ޏ.ފުވައްމުލައްމާދަޑު މަހީނާ، މުޙައްމަދު އަރީޝްއަތަށް ދީފައިވާ
އޮއްވާ ފުލުހުން ހޯދާފައިވާނޭކަމަށާއި އަދި އެފިހާރައިން ވަގަށްނެގި ބައެއްތަކެތި ޏ.ފުވައްމުލަކަށް އައި
މަސްދޯނިތަކެއްގެ ބަޔަކަށްވެސް ވިއްކާފައިވާނޭކަމަށް މުޙައްމަދު އަފްޝަލް ބުނެފައިވާކަން އެނގޭކަމާއި،
<<< >
މިދަޢުވާ މުޙައްމަދު އަފްޝަލްގެ މައްޗަށް ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުން ކަނޑައަޅުއްވާފައިވަނީ، މުޙައްމަދު އަފްޝަލްގެ މައްޗަށް ތުހުމަތު ކުރެވުނު ވައްކަމުގެ މައްސަލައަށް
މުޙައްމަދު އަފްޟަލް ތަޙްޤީޤު މަރުޙަލާގައި އަދި މުއްދަތުގެ މަޖިލީސްތަކުގައި ވެފައިވާ އިޢުތިރާފުގެ
މައްޗަށާއި، މިމައްސަލަ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު،
މިމައްސަލަ
ނިންމެވުމުގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގެން
އ ވ 42
އަނކަމެވެ"
ދިވެހިރާއްޖޭގެ
ހައިކޯ2
\
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެސް: 35161
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 43
2015/HC-A/43
ދެވެ
22 ހ
2
ޏ އ ވ2
ހުށަހެޅިފައިވާ އެހެނިހެން ހެކިތަކާއި، ޤަރީނާތަކުގެ މައްޗަށް ބަލައި އެމީހެއްގެ މައްޗަށް ތުހުމަޖްގެ ހައިކޯ"
7 ޤަޟިއްޔާ ނިމުނު ގޮ
(ހ) ހަތަރުވަނަކަމަކީ، މިޙާދިސާ ހިނގާފައިވަނީ، 26 އޮގަސްޓް 2012 ގައި ކަމަށާއި،
އެހެންނަމަވެސް ޏ.ފުވައްމުލައް މާދަޑު.ފޭރުގަސްދޮށުގެ ބަލާފާސްކުރުމަށް ކޯޓުން ދޫކޮށްފައިވާ އަމުރުގައި
29 އެޕްރީލް 2012 އޮތުމުން، މިކޯޓުއަމުރަކީ ޙާދިސާ ހިނގުމުގެ 3 މަސްދުވަސްކުރިން ދޫކޮށްފައިވާ
އަމުރަކަށްވާތީ މިއީ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގެ (ނ) އާއި 52 ވަނަ މާއްދާއާއި ޚިލާފަށް ފުލުހުން
މުޙައްމަދު އަފްޟަލް ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފަކަށް ބައްލަވާ އެކަމުގެ
މައްޗަށް ރިޢާޔަތްކުރުމަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ޝަރީޢަތުން ހޯދާފައިވާ
ހެއްކެއްކަމަށް މުޙައްމަދު އަފްޝަލްގެ ފަރާތުން ފާހަގަކުރާ ނުކުތާއަށް ބަލާއިރު،
މިމައްސަލައާއިއެކު ހުށަހެޅުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ބަލާ ފާސްކުރުމުގެ
އަމުރު ހޯދުމަށް ފަނޑިޔާރަށް ހުށަހަޅާ ފޯމް" ގައި އަމުރަށް އެދި ހުށަހަޅާފައިވަނީ 29 އޯގަސްޓް 2012
ގައި ކަން އެނގެން އޮތްއިރު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި، ބަލާފާސްކުރަން ބޭނުންވާ
ސަބަބަކީ، 2012 އޯގަސްޓް 26 ގައި ހިނގި ޙާދިސާއާއި ގުޅިގެން ކަމަށް ބަޔާންކޮށްފައިވާކަމާއި،
މިހެންކަމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އަމުރުގައި 29 އެޕްރީލް ކަމަށް ޖެހިފައިވަނީ ލިޔުމުގެ
ކުށަކުން ކަން އެނގޭއިރު، މިއަމުރުގެ ދަށުން އަމުރުނެރެވުނު ތަން ބަލާފާސްކުރުމުގަ
ބަލާފާސްކުރުމުގައި ފުލުހުންގެ ފަރާތުން
ޢަމަލުކުރަންޖެހޭ އެއްވެސް އިޖުރާއާތަކާއި، ޚިލާފުވެފައިވާކަން ސާބިތުވާންނެތުމުން މިއަމުރުގެ ދަށުން
ފުލުހުން ބަލައި ފާސްކުރިކުރުމަކީ ފުލުހުން ޣައިރު ޤާނޫނީ ގޮތެއްގައި ހެކިބަސް ހޯދުންކަމަށް
ނުބެލެވޭނެކަމާއި،
މީގެއިތުރުން ތަހުޤީޤު މަރުޙަލާގައި ކުށަށް އިޢުތިރާފުވުމަށްފަހު ޝަރީޢަތުގައި އެކުނުގެ
ޢަމަލަށް އިންކާރުކުރާ ޙާލަތްތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ ގޮތްތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓުން މީގެކުރިން ކަނޑައަޅުއްވާފައިވާކަމާއި، މިގޮތުން ބަލާއިރު، ތަޙްޤީޤު
މަރުޙަލާގައި މަޖުބޫރުކަމެއްނެތި މުއްތަހަމުމީހާދޭ ބަޔާނެއްގައި، ކުށަކާމެދު ވާ އިޢުތިރާފަށް ބާރުލިއްބައިދޭ
ގުޅިފައިވާ ހަރުދަނާ އެހެނިހެން ހެކިތަކާއި ޤަރީނާތަކެއް ހުރެއްޖެނަމަ، ތަޙްޤީޤުގެ މަރުޙަލާގައި
ކުށްކުރިކަމުގެ މައްޗަށް މުއްތަހަމު ވެފައިވާ އިޢުތިރާފަކީ މައްސަލަ ސާބިތުކުރުމަށް ފުދޭ ހަރުދަނާ
ޤަރީނާއެއްގެ ގޮތުގައި ބަލައިގަނެވެދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 18/SC
-
A/2009
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ބެލުމުން އެނގެން އޮތްއިރު، ތަޙްޤީޤު މަރުޙަލާގައި ކުށަށް
އިއުތިރާފުވުމަށްފަހު، ޝަރީއަތުގައި އެކުށުގެ ޢަމަލަށް އިންކާރުކުރާ ޙާލަތް ތަކުގައި، އެމީހެއްގެ މައްޗަށް
LUCO
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471,
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ފ
ދިވެހިރާއްޖެ
8
¢ ¢ ¢3»
2015/HC-A/43
کیم محترمب
ox
004
ޤަޟިއްޔާ ނިމުނު 1
ކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން، އެމީހެއްގެ މައްޗަށް
ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް ބާރު ލިއްބައިދޭ ފަދަ ހަރުދަނާ ހެކި އަދި
ޤާރީނާ ލިބިފައިވާނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް
ސާބިތުކުރެވިދާނެކަމަށާއި، އަދި ޝަރީޢަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމުމީހާ ކުށަށް އިޢުތިރާފު ވުމަށް
ފަހު ޝަރީޢަތުގެ މަޖިލީހުގައި އެޢިއުތިރާފުން ރުޖޫޢަވެއްޖެނަމަ، އިޢުތިރާފުން ރުޖޫޢަވުމާއި އެރުޖޫޢަވުން
ބިނާކުރި ސަބަބުތަކެއް ވަޒަންކޮށް ތަޤްދީމުކުރުމުގެ ބާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓްގެ ނަންބަރު 94/HC
-
A/2011 ޤަޟިއްޔާއާއި، ނަންބަރު 14/HC
-
A/2012
ފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާކަމާއި، އަދި މިގޮތުން ބަލާބެލުމުގައި އެމީހެއްގެ މައްޗަށް
ތުހުމަތުކުރެވިފައިވާ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ މިންގަނޑުން، އެމީހެއްގެ
މައްޗަށް ސާބިތުވާފަދަ އަދި އެމީހަކު ތަޙްޤީޤަށް ދީފައިވާ ބަޔާނުގެ މައްޗަށް ބާރު ލިއްބައިދޭ ފަދަ ހަރުދަނާ
ހެކި ޤަރީނާ ހުރިކަމަށް މައްސަލަ ބަލާ ފަނޑިޔާރަކަށް ޤަބޫލުކުރެވޭނަމަ، އެ ހެކިތަކާއި ޤަރީނާތަކުގެ
މައްޗަށް ބިނާކޮށް އެމީހެއްގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތު ކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 373/HC
-
A;2013 ޤަޞިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، މިމައްސަލައިގައި މުޙައްމަދު
އަފްޝަލްގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބެލުމުން، މިމައްސަލައާއި ގުޅިގެން މުޙައްމަދު އަފްޝަލް
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި ވައްކަމުގެ މިޢަމަލު ހިންގީ މުޙައްމަދު އަފްޝަލްކަމަށް ބުނެ ތަޙްޤީޤަށް
ބަޔާނެއްދިންކަމަށް މުޙައްމަދު އަފްޝަލް އިންކާރު ނުކުރާކަމާއި، އަދި މިބަޔާންދީފައިވަނީ މަޖުބޫރުންކަމަށް
މުޙައްމަދު އަފްޝަލްގެ ފަރާތުން ބުނިނަމަވެސް އެފަދައިން ބުނާ ބުނުން ފިޔަވައި އެކަމަށް ބާރުލިއްބައިދޭ
އެއްވެސްކަމެއް ހުށަހަޅާފައިނުވާއިރު، މިމައްސަލައިގެ ހެކިބަސްދިން ފަރާތްތަކުން ދީފައިވާ ހެކިބަހުން
މުޙައްމަދު އަފްޝަލްގެ އިޢުތިރާފަށް ބާރު ލިއްބައިދޭކަން އެނގޭކަމާއި، މިހެންކަމުން މުޙައްމަދު އަފްޝަލް
ތަޙްޤީޤުގައިވެފައިވާ އިޢުތިރާފަކީ ހަރުދަނާ ޤަރީނާއެއްގެ ގޮތުގައި ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން
ބަލައިގަތް ބަލައިގަތުމަކީ، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ޝަރީޢަތުން ހޯދާފައިވާ
ބެލެވެން
22 4ތ ﷲ 0
ހއކއެކވެ
4
2
0
2
0 މ 2
2
ނނމެވެ
(ބ) ފަސްވަނަކަމަކީ، މުޙައްމަދު އަފްޝަލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއަކީ،
އިޝާރާތްކުރެވުނު ފަދައިން 26 އޮގްސްޓް 2012 ދުވަހު 02:00 އެހައިކަންހައިއިރު، ޏ.ފުވައްމުލައް
"އައިޓެކް" ފިހާރައިގެ ކުޑަދޮރުގައި ޖަހާފައިހުރި ދަނގަނޑު ތޭރިތައް ހަލާކުކޮށްގެން އެފިހާރައަށްވަދު،
އެފިހާރައިން މޯބައިލް ފޯނު (ޢަދަދު ނޭނގޭ) އާއި، ލެޕްޓޮޕަކާއި، 2 އެކްސްޓާނަލް ހާރޑް ޑިސްކާއި،
ދިވެހިރާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: B16477 *
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢3
9 ޤަޟިއްޔާ ނިމުނު "
2015/HC-A/43
ދެވެ
ފިހާރައިގެ ކައުންޓަރާއި، ފިހާރަ ތެރޭގައި ހުރި ދިރާގުގެ ކައުންޓަރުން -/2510ރ. (ދެހާސް ފަސްސަތޭކަ
ދިހަ ރުފިޔާ) އާއި، ދިރާގު ކައުންޓަރުން -/50. ރުފިޔާއާއި، -/100 ރުފިޔާގެ ރީޗާޖް ވައުޗަރ (ޢަދަދު
ނޭނގޭ) ވަގަށް ނަގާފައިވާކަމަށްބުނެ، ޤާނޫނުލްއުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ
މާއްދާއާއި، 137 ވަނަ މާއްދާއާއި، 138 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަފްޝަލްގެ މައްޗަށް
ހަލާކުކޮށްލައިގެން ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީގެ އަގު ހިމެނޭ މުދަލުން ވައްކަން ކުރުމުގެ
ﷲ 04
ކުށުގެ ދަޢުވާކަމާއި،
131
ވމަށް
ޖަލަށްލުމަށް
ޤާނޫނުލްޢުޤޫބާތުގެ ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމާއްދާގައި"
ވައްކަން،ޓެކުން، ޚިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުން މިކަންކަމުގެ އަދަބު ކަނޑައަޅާނީ
އެމީހަކު އެކުށްކުރި ފުރަތަމަ ފަހަރު 06 މަސްދުވަހުން ފެށިގެން 01 އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް
ދެވަނަ ފަހަރު 2 އަހަރަށް، ތިންވަނަ ފަހަރު 3 އަހަރަށް، ހަތަރުވަނަ ފަހަރު 4 އަހަރުދުވުގެ މުއްދަތަށް
އަރުވާލުމަށް، ނުވަތަ ޖަލަށްލުމެވެ. މިގޮތުން އިތުރުވާ ކޮންމެ ފަހަރަކު 1 އަހަރު ދުވަހުގެ މުއްދަތަށް
ނުވަތަ
އިތުރުވާ އުސޫލުންނެވެ. އަދި
އެޤާނޫނުގެ
1486147،146,145,144,143,142،1411406139،13861371361344132 މިމާއްދާތަކުގެ ދަށުން ޢަމަލު
ކުރެވޭނެއެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، ޤާނޫނުލްޢުޤޫބާތުގެ 138 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާގައި "މީހުން ދިރިއުޅޭ ގޯތިގެދޮރާއި ބަނޑަފަދަ ތަންތަނާއި، މީހުން ތިބޭގޮތަށް ހަމަޖެހިގެން
މީހުން އުޅެމުންދާ ހޮޓާ، ފިހާރަފަދަ ތަންތަނަށްވަދެގެން ނުވަތަ މީހުންތިބި، ކަނޑުގައިދުއްވާ އުޅަނދަކަށް
އަރައިގެން ވައްކަންކޮށްފިނަމަ އެމީހެއްގެ ޢުޤޫބާތަކީ މިޤާނޫނުގެ 131 ވަނަ މާއްދާއާއި 132 ވަނަ މާއްދާގެ
ދަށުން ކަނޑައެޅޭ ޢުޤޫބާތުގެ އިތުރަށް 06 މަސްދުވަހާއި 2 އަހަރާ ދެމެދުގެ މުއްދަތަކަށް އަރުވާލުން
ނުވަތަ ޖަލަށްލުން" މިފަދައިން ބަޔާންކޮށްފައިވާކަމާއި،
404
އިސްވެދެންނެވިފައިވާ ޤާނޫނުލްޢުޤޫބާތުގެ ކުށްތަކުގެ ތެރެއިން މުޙައްމަދު އަފްޝަލްގެ
މައްޗަށް ދަޢުވާކުރެވިފައިވަނީ ތަނެއް ހަލާކުކޮށްލައިގެން ފިހާރައަކުން ދިހަހާސް ރުފިޔާއަށްވުރެ މަތީގެ އަގު
ހިމެނޭ މުދަލުން ވައްކަން ކުރުންކަން އެނގޭއިރު، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ މާއްދާއަށް ބަލާއިރު،
އެޤާނޫނުގެ ބޭނުމަށް ވައްކަމަކީ، އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކުގައިވާ އެއްޗެއް އެފަރާތަށް
ނޭނގި، އެއާ ހުރިމީހާ ނޫން މީހަކު ސިއްރުން ނެގުންކަން އެނގެން އޮންނަކަމާއި،
މިމައްސަލައިގެ ތަޙްޤީޤުގައި މުޙައްމަދު އަފްޝަލްގެ ފަރާތުން ދީފައިވާ ބަޔާނަށާއި، ޝަރީޢަތަށް ހުށަހެޅުނު
ހެކިންގެ ހެކިބަހަށާއި، ހުށަހެޅުނު ލިޔުންތަކަށާއި، އައިޓެކް ފިހާރައިން މުޙައްމަދު އަފްސަރާއްޖޭގެ
20
2
22 ބ
ޙަވާލުވެގެން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2015/HC-A/43
ދެވެ
10 ޤަޟިއްޔާ ނިމުނު ގޮ
ވަގަށްނެގިކަމަށް ބުނެފައިވާ ތަކެތީގެ ބާވަތަށާއި ޢަދަދަށް ބެލުމުން، ޤާނޫނުލްޢުޤޫބާތުގެ 149 ވަނަ
މާއްދާގައި ބަޔާންކުރާ ވައްކަމުގެ ޢުންސުރުތައް މުޙައްމަދު އަފްޝަލް ކުޅަ ވައްކަމުގައި ފުރިހަމަވެފައިވާކަން
އެނގޭކަމެވެ.
ބޭނުންވާ
xތ މ 04 ތ 0
2
0
ކޮންބައެއްކަންވެސް
(ޅ) ހަވަނަކަމަކީ، މުޙައްމަދު އަފްޝަލްގެ ފަރާތުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
ދީފައިވާ ބަޔާންތަކަށް ބެލުމުން، މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހަށް މުޙައްމަދު އަފްޝަލްގެ ފަރާތުން
ދީފައިވާ އެއްވެސް ބަޔާނެއްގައި، މިދަޢުވާއާއި ގުޅިގެން މުޙައްމަދު އަފްޝަލްގެ ފަރާތުން ދިފާޢީ ހެކިން
ހުށަހަޅަން ބޭނުންކަމަށް ބުނެފައިނުވާކަމާއި، އަދި އެއީ ކޮން ބޭނުމަކު ގެންނަން
މުޙައްމަދު އަފްޝަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދެއްކި ވާހަކަތަކުގައިވެސް
ފާހަގަކޮށްފައިވާކަން އެނގެން ނެތްއިރު، ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހެޅި ހެކިންނާއި ސުވާލުކޮށް
އެހެކިބަސް ތަޢުނުކުރުމުގެ ފުރުސަތު މުޙައްމަދު އަފްޝަލަށް ދެވިފައިވާކަން އެނގޭކަމާއި، މިހެންކަމުން
ޤާނޫނުއަސާސީގެ 42,20,17 ވަނަ މާއްދާއާއި އަދި ޖިނާއީ މައްސަލަ ތަކުގައި ޝަރީޢަތްހިންގު
ޤަވާއިދުގެ 1.2 ގެ (ހ) އަދި (ރ) ގައިވާ އެއްވެސް އިޖުރާއާތަކާއި ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން
ޚިލާފުވެފައިވާކަމުގައި ބެލެވެންނެތްކަމެވެ.
ގެމުގެ
(.) ހަތްވަނަކަމަކީ، ކޯޓަކަށް ހުށަހެޅޭ މައްސަލައެއް ނިންމާނެ ވަގުތެއް ކަނޑައެޅުމަކީ،
ކޯޓަށް ލިބިގެންވާ ބާރެއްކަމުގައިވާއިރު، ކޯޓަށް ފަހުން ހުށަހެޅުނު މައްސަލައެއް ކުރިން ނިންމުމަކީ އަދި
ކުރިން ހުށަހެޅުނު މައްސަލައެއް ފަހުން ނިންމުމަކީ އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން
މަނާކޮށްފައިވާކަމެއް ނޫންކަމާއި، މިހެންކަމުން މުޙައްމަދު އަފްޝަލްގެ މައްޗަށް ފަހުން ހުށަހެޅުނު
މައްސަލައެއްގައި ކުރިން ނިޔާ ކަނޑައަޅައި، ކުރިން ހުށަހެޅުނު މައްސަލައެއްގައި ފަހުން ނިޔާ
ކަނޑައެޅުމަކީ، ޤާނޫނުއަސާސީގެ 17, 20 އަދި 42 ވަނަ މާއްދާއާއި ޚިލާފު ގޮތަކަށް ކޮށްފައިވާ ޢަމަލެއް
ނޫންކަން އެނގޭކަމެވެ.
(އ) އަށްވަނަކަމަކީ، އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން މުޙައްމަދު އަފްޝަލްގެ
މައްޗަށް މާއުފުލުން ވައްކަމުގެ ކުށް ސާބިތުވާކަމަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން
ކަނޑައަޅުއްވާފައިވަނީ، މުޙައްމަދު އަފްޟަލް ތަޙްޤީޤުގައި ވެފައިވާ އިޢުތިރާފާއި، މިމައްސަލައިގައި
ހުށަހެޅުނު ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް، މިމައްސަލައިގައި މުޙައްމަދު އަފްޟަލް ތަޙްޤީޤުގައި
ކިޔައިދީފައިވާ ކިޔައިދިނުމާއި، މިމައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި ގުޅުވާލެވޭތީންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2015/HC-A/43
11 ޤަޟިއްޔާ ނިމުނު ގޮތު
کی عمری
3,2
އެނގެން އޮތްއިރު، މިމައްސަލައިގައި ފެންނަން ހުރި އެންމެހައި ހެކިތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި
ބެލުމުން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ މިންގަނޑުން ކުށް ސާބިތުވުމަށް ފުދޭ
ދެ ހެކި
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާކަން އެނގޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 3
/
2013-R1C/231
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް ފެންނަންނެތްކަމަށެވެ.
• ޙުކުމް:
OX
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 3
/
2013-R1C/231 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް
މާދަޑު، ރުއްކަރަ (ޏ.ފުވައްމުލައް މުޙައްމަދު އަފްޝަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްނެތްކަމަށް
މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން
ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv