ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/145 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 145/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑް ދާއިމީ އެޑްރެސް: މަނާމް ބިލްޑިންގް | ކ. މާލެ
ރަޖިސްޓްރީ ނަންބަރު: 0254
/
2008-FC * މިހާރުގެ އެޑްރެސް: މަނާމް ބިލްޑިންގް ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާދަމް ޙަސަންފުޅު
ރަޖިސްޓްރީ ނަންބަރު: A082378
* ދާއިމީ އެޑްރެސް: ހަޒާރުމާގެ / ނ. ވެލިދޫ
މިހާރުގެ އެޑްރެސް: މ. ހެޕީކޯނަރ / ކ. މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 19 އޭޕްރީލް 2015
ނިމުނު ތާރީޚް: 09 އޮކްޓޯބަރު 2017
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2014/VTR/119
ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނުތާރީޚް: :01 ސެޕްޓެމްބަރ 2014
ނިމުނު ތާރީޚް: 04 މާރޗް 2015
::
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހި
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/145
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/119 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލާ ޚިލާފަށް ކަމަށް ބުނެ، އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ފަރާތުން އެ
މައްސަލަ، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ނ. ވެލިދޫ ހަޒާރުމާގެ އާދަމް ޙަސަންފުޅެވެ.
0
3
.
ފާހަގަކުރެވުނު ނުކުތާތައް
01- ވަޒީފާއާބެހޭ ޓްރައިބިއުނަލް ނަންބަރު 2014/VTR/119 މައްސަލައަކީ، ވެލިދޫ
ހަޒާރުމާގެ އާދަމް ޙަސަންފުޅު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A082378) އެސް.އާރު.އެލް
ކަނުހުރާ ލިމިޓެޑްގެ ކިޑްސް ކްލަބް އެންޑް ރިކްރިއޭޝަން މެނޭޖަރ ކަމުގެ މަޤާމުގައި 13 ސެޕްޓެމްބަރ
2003 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް، ކަނުހުރާ އިން ހުއްދަދީފައިވާ ޗުއްޓީއެއްގައި އާދަމް
ޙަސަންފުޅުގެ ރަށް ނ. ވެލިދޫގައި ހުއްޓާ، އަނބިމީހާ ބަލިވުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ދިނުމަށް އެދުމުން
ޗުއްޓީ އިތުރުކޮށްނުދީ 11 ޖޫން 2014 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ
ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި، ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ފާއިތުވެގެންދާ ހުރިހާ ދުވަސްތަކަށް
ލިބެންޖެހޭ ހުރިހާ ޢިނާޔަތްތަކާއި އުޖޫރަ ލިބިދިނުމަށާއި ވަޒީފާއިން އެކަހެރިކޮށްފައިވާ ކޮންމެ ދުވަހެއްގެ ބަދަލު
ނަގައިދިނުމަށް އެދި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑަށް ރައްދުވާ ގޮތަށް 01 ސެޕްޓެމްބަރ 2014 ދުވަހު،
އާދަމް ޙަސަންފުޅުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި؛
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި، މައްސަލަ ރައްދުވި ފަރާތުން
ހުށަހެޅި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް ރިޢާޔަތްކުރައްވާއިރު، މައްސަލަ ހުށަހެޅި
ވެލިދޫ ހަޒާރުމާގެ އާދަމް ޙަސަންފުޅު އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ކިޑްސް ކްލަބް އެންޑް
ރިކްރިއޭޝަން މެނޭޖަރ ކަމުގެ މަޤާމުގައި 13 ސެޕްޓެމްބަރ 2003 އިން ފެށިގެން ވަޒީފާ އަދާކުރަމުން
ދަނިކޮށް، ކަނުހުރާ އިން ހުއްދަދީފައިވާ ޗުއްޓީއެއްގައި އާދަމް ޙަސަންފުޅުގެ ރަށް ނ.ވެލިދޫގައި ހުއްޓާ،
އަނބިމީހާ ބަލިވުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ދިނުމަށް އެދުމުން ޗުއްޓީ އިތުރުކޮށްނުދީ 11 ޖޫން 2014
ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށާއި،
E
ޝާއި*
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ފާއިތުވެގެންދާ ހުރިހާ ދުވަސްތަކަށް ލިބެންޖެހޭ ހުރިހާ ޢިނާޔަތްތަކާއި އުޖޫރަ
ލިބިދިނުމަށް އެދި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑަށް ރައްދުވާގޮތަށް ހުށަހަޅާފައިވާ މި މައްސަލާގައި،
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ހުއްދަނެތި ވިދިވިދިގެން 6 ދުވަހު މަސައްކަތަށް
ޙާޟިރުނުވުމުގެ ސަބަބުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތަށްކަމަށް
މައްސަލަ ރައްދުވި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑުން ބުނެފައިވީނަމަވެސް، މައްސަލަ ރައްދުވި ފަރާތުން
ބުނެފައިވާ ސަބަބަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން
ވަޒީފާއިން ވަކިކުރެވިދާނެ ޙާލަތެއްކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، ވަޒީފާއާބެހޭ
ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ
ޤާނޫނާއި ޚިލާފަށްކަމަށް މައްސަލަބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އާދަމް ޙަސަންފުޅު ވަޒީފާއިން
ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއް ފެންވަރެއްގެ ވަޒީފާއެއްގައި ބެހެއްޓުމަށާއި
އޭނާއަކީ އެއްވެސް ޙާލެއްގައި މައްސަލަ ރައްދުވި ކުންފުނީގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި
ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މިމައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ، މިއަދު 4 މާރިޗު 2015 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ
ތެރޭގައި އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި އާދަމް ޙަސަން ފުޅަށް ދިނުމަށްފަހު، އެކަން 3 (ތިނެއް) ދުވަހުގެ
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް
އެންގުމަށް އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑަށް އަންގައި
އަމުރުކުރަމެވެ.“ މިފަދައިންކަން އެމައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
COCOC
477 47
44
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/119 މައްސަލަ ނިންމެވުމުން، އެމައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާއި
ޚިލާފަށް ކަމަށް ބުނެ އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރުމަށް 02
(ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ތެރެއިން:-
އޭގެ
ދިވެހިރާއްޖެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
4 85 8 2
COCOOX
އއeyވެ
ه4
اسرع ممر ع م
ފުރަތަމަ ނުކުތާއަކީ: އެއްބަސްވުމެއްގެ ބައިވެރިންގެ މެދުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ގޮތުގެ މަތިން ވަކިގޮތަކަށް އެއްބަސްވެވި، އެ ކޮންޓްރެކްޓެއް ސައްޙަވުމުގެ ޝަރުޠުތަކާއި އެ
ކޮންޓްރެކްޓެއްގެ ރުކުންތައް ފުރިހަމަވެފައިވާނަމަ އެ ހިސާބުން އެ އެއްބަސްވުމެއް ވެވުނީކަމާއި، މިފަދަ
އެއްބަސްވުމެއް ވުމަށްފަހު ދެބައިވެރިންގެ މެދުގައި ޙަކަމަކަށްވާނީ [ للވޖޫ ëޅ ޕީތޖާ لللهللهلا ނުވަތަ
['Pacta_Sunt Servanda“ ގެ އުޞޫލުގެ ދަށުން އެ އެއްބަސްވުން ކަމުގައިބުނާ ޤާނޫނީ އުޞޫލާއި
ދިވެހިރާއްޖޭގެ ކޮންޓްރެކް ޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
”ކޮންޓްރެކްޓެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ ކޮންޓްރެކްޓްގައިވާ
ޝަރުޠު އެއްގޮތްވާގޮތުގެ މަތިންނެވެ. މިއާ ޚިލާފުގޮތަކަށް ޢަމަލުކުރެވޭނީ އެ
އަނެއްބައިވެރިޔާ، މައްޗަށް ލާޒިމުވާ ކަމަކަށް ދުލެއްދީފިނަމައެވެ. ނުވަތަ އެހެންގޮތަކަށް
ޢަމަލުކުރަން އެއްބަސްވެއްޖެނަމައެވެ. މާއްދާއާ ޚިލާފަށް ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވުން
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 237/HC
-
A/2010 ޤަޟިއްޔާއަށް
އެ ޤަޟިއްޔާގެ މަފްހޫމް ނުބައިކޮށް ރިޢާޔަތްކޮށްފައިވުން
ފާހަގަކުރި ނުކުތާއެވެ
ތަކީ
ކޮންޓްރެކްޓެއްގެ
އޭނާގެ
/ ހދ 999އ
~~=ދه
034ނ
މަށް
ބުނެ
ތްކުރުމުގައި
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/119 މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރުމަށް އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެ
ވެލިދޫ / ހަޒާރުމާގެ އާދަމް ޙަސަންފުޅު އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ކިޑްސް
ކްލަބް އެންޑް ރިކްރިއޭޝަން މެނޭޖަރ ކަމުގެ މަޤާމުގައި 13 ސެޕްޓެމްބަރ 2003 އިން ފެށިގެން ވަޒީފާ
އަދާކުރަމުން ދަނިކޮށް، 11 ޖޫން 2014 ގައި ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/145
(ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އާދަމް ޙަސަންފުޅު ވަޒީފާއިން ވަކިކުރުމުގެ ކުރިން
އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއް ފެންވަރެއްގެ ވަޒީފާއެއްގައި ބެހެއްޓުމަށާއި އާދަމް ޙަސަންފުޅަކީ
އެއްވެސް ޙާލެއްގައި އެސް.އާރު.އެލް ކަނުހުރާގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އާދަމް
ޙަސަންފުޅު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/119 މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ،
30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ އާދަމް ޙަސަންފުޅަށް ދިނުމަށްއަންގައި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2014/VTR/119 މައްސަލަ ނިންމާފައިވާކަން އެނގެންއޮވެއެވެ.
(ނ) 11 ޖޫން 2014 ގައި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ކިޑްސް ކްލަބް އެންޑް
ރިކްރިއޭޝަން މެނޭޖަރ ކަމުގެ ވަޒީފާއިން އާދަމް ޙަސަންފުޅު ވަކިކޮށްފައިވަނީ، ވަޒީފާގެ އެއްބަސްވުމުގެ
ބައެއްގެ ގޮތުގައި ހިމެނޭ، ”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 10 ގެ ސެކްޝަން 2 ގެ (17) ވަނަ
ނަންބަރާއި ޙަވާލާދީ، ޗެޕްޓަރ 10 ގެ ސެކްޝަން 1 ގެ 1.1 ގެ ދަށުން ކަން، 2014 ޖޫން 11 ގައި
އާދަމް ޙަސަންފުޅު ވަޒީފާއިން ވަކިކުރިކަން އަންގައި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑުން ފޮނުވާފައިވާ
[Discontinuation of your employment“ ސިޓީއިން އެނގެން އޮންނަކަމާއިގެ
އެގޮތުން، [ޓީމް މެމްބަރ ހޭންޑް
ބުކް، ގެ ޗެޕްޓަރ 10"
މުވައްޒަފުންނާމެދު އަޚްލާޤީގޮތުން އެޅޭނެ ފިޔަވަޅުތައް ބަޔާންކޮށްފައިވާ ނަންބަރުކަމާއި، މިގޮތުން، 1.1 ގައި
ބަޔާންކޮށްފައިވަނީ ގްރީވިއަސް އެފެންސްކަމާއި، ގްރީވިއަސް އެފެންސްއަކީ މުވައްޒަފަކު ފުރަތަމަ ފަހަރުވެސް
ވަޒީފާއިން ވަކިކުރެވޭނެ ފަދަ އޮރެންސްއެއްކަމާއި، ”ޓީމް މެމްބަރ ހޭންޑް ބުކް، ގެ ޗެޕްޓަރ 10 ގެ
ސެކްޝަން 2 ގައި ގްރީވިއަސް އެފެންސްތައް ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އިޝާރާތްކުރެވުނު ”ޓީމް
މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 10 ގެ ސެކްޝަން 2 ގެ 17 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ،
ގެ ސެކްޝަންގެ
1
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
CCCXO
3 34
”ހުއްދަކުރެވިފައިވާ ޗުއްޓީގެ އިތުރުން، ހުއްދަނެތި ޖެހިޖެހިގެން 06 ދުވަހު ހާޒިރުނުވުން” މިފަދައިންކަމާއި،
ޗެޕްޓަރ 10 ގެ ސެކްޝަން 2 ގައި ބަޔާންކޮށްފައިވާ ގްރީވިއަސް އެފެންސްތަކަކީ، މުވައްޒަފަކު އެފަދަ ކުށެއް
ކޮށްފިނަމަ، އިންޒާރު ދިނުމަކާއި ނުލައި ފުރަތަމަ ފަރަހުންވެސް ވަޒީފާއިން ވަކިކުރެވޭނެ ކަމެއްކަން،
އެސް.އާރު.އެލް ކަނުހުރާގެ ”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 10 އިން އެނގެންއޮވެއެވެ.
(ނ) އިސްވެ ބަޔާންކުރުވެނު ނުކުތާގައިވާ ފަދައިން، 11 ޖޫން 2014 ގައި އެސް.އާރު.އެލް
ކަނުހުރާ ލިމިޓެޑްގެ ކިޑްސް ކްލަބް އެންޑް ރިކްރިއޭޝަން މެނޭޖަރ ކަމުގެ ވަޒީފާއިން އާދަމް ޙަސަންފުޅު
ވަކިކޮށްފައިވަނީ، ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ، ”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ
10 ގެ ސެކްޝަން 2 ގެ (17) ވަނަ ނަންބަރާއި ޙަވާލާދީ، ޗެޕްޓަރ 10 ގެ ސެކްޝަން 1 ގެ 1.1 ގެ
ދަށުން، 2014 ޖޫން 6 ވަނަ ދުވަހުން ފެށިގެން ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއަށް
ނުކުމެފައިނުވާތީކަމާއި؛
2014 މެއި 21 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް އާދަމް ޙަސަންފުޅުހުރީ އަހަރީ
ޗުއްޓީގައިކަމާއި، 15 ދުވަހުގެ ޗުއްޓީ ހަމަވާ ތާރީޚަކީ 05 ޖޫން 2014 ކަމާއި، އަހަރީ ޗުއްޓީގައި ހުރެ
އާދަމް ޙަސަންފުޅުގެ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި 2014 ޖޫން 03 ވަނަ ދުވަހު ރިސޯޓުގައި
އެދިފައިވާކަމާއިގެ
03 ޖޫން 2014 ވަނަ ދުވަހު އާދަމް ޙަސަންފުޅު އެދިފައިވަނީ، ޢާއިލީ ޒިންމާގެ ޗުއްޓީއަކަށްކަން
އެނގެން އޮންނަކަމާއި، ޢާއިލީ ޒިންމާގެ ޗުއްޓީއަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 47
ވަނަ މާއްދާގެ ދަށުން، ޢާއިލާގެ މެންބަރަކު ބަލިވުންފަދަ މުހިންމު ޒިންމާތަކާއި ގުޅިގެން، ވަޒީފާއަދާކުރާ ކޮންމެ
މުވައްޒަފަކަށްވެސް މުސާރަ ލިބޭގޮތަށް 10 ދުވަހުގެ ޗުއްޓީއެއް އަހަރު ދުވަހުގެ ތެރޭގައި ނެގިދާނެކަން
އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮ
2015/HC-A/145
43
އިސްވެ ބަޔާންކުރެވުނު ފަދައިން ޢާއިލީ ޒިންމާގެ ޗުއްޓީއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 47 ވަނަ މާއްދާގެ
ދަށުން ޙައްޤުވާ ޗުއްޓީއެއްނަމަވެސް، އެފަދަ ޗުއްޓީއެއްވެސް ނެގުމުގައި އިޖުރާޢަތުތަކެއް ހުންނަކަމާއި،
އެގޮތުން، އެސް.އާރު.އެލް ކަނުހުރާގެ ”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 6 ގެ ސެކްޝަން 3 ގެ 3.1
ގައި، ޢާއިލީ މުހިންމު ޒިންމާތައް އަދާކުރުމަށްޓަކައި ކޮންމެ މުވައްޒަފަކަށްވެސް އަހަރަކު 10 ދުވަހުގެ
ޗުއްޓީއެއް މުސާރައާއެކު ލިބޭނެކަމާއި، ޢާއިލާ މެމްބަރުންގެ ގޮތުގައި ބެލެވޭނީ، ކައިވެނި ކޮށްގެން އުޅޭ
ފަރާތެއްނަމަ، އަނބިމީހާއާއި، ދަރިންނާއި އަދި މައިން ބަފައިންކަމާއި، ކައިވެނިކޮށްފައި ނުވާ މީހެއްނަމަ،
އެމީހެއްގެ މައިން ބަފައިންކަން، އިސްވެ އިޝާރާތްކުރެވުނު ޗެޕްޓަރގެ 3.3 އިން އެނގެން އޮންނަކަމާއި،
ޢާއިލީ ޒިންމާގެ ޗުއްޓީއަށް ނުވަތަ އެމެޖެންސީ އެންޑް ކޮންޕަސަނޭޓް ލީވް އަކަށް އެދެންޖެހޭގޮތް ”ޓީމް
މެމްބަރ ހޭންޑް ބުކް، ގެ ޗެޕްޓަރ 6 ގެ ސެކްޝަން 3 ގެ 3.4 ގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން،
އެމެޖެންސީ އެންޑް ކޮންޕަސަނޭޓް ލީވް އަކަށް އެދި ހުށަހަޅަންވާނީ، ސަބަބު އެނގޭފަދަ ރަސްމީ ލިޔުމެއް
ނުވަތަ ހެއްކަކާއި އެކުގައި، އެމުވައްޒަފަކު މަސައްކަތްކުރާ ސެކްޝަނުގެ އެންމެ އިސްފަރާތަށްކަން އެނގެން
އޮންނަކަމާއިގެ
03 ޖޫން 2014 ގައި އާދަމް ޙަސަންފުޅުގެ ފަރާތުން އެމެޖެންސީ އެންޑް ކޮންޕަސަނޭޓް ލީވް އަކަށް
އެދުނުއިރު، އެފަދަ ލީވްއަކަށް އެދުމަށް އިސްވެ ބުނެވިދިޔަ [ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 6 ގެ
ސެކްޝަން 3 ގެ 3.4 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކޮށްފައިނުވާކަމާއި، އަދި އާދަމް ޙަސަންފުޅު
އެދުނުގޮތުގެ މަތިން އެމެޖެންސީ އެންޑް ކޮންޕަސަނޭޓް ލީވް ދެވެން ނެތްކަން އެސް.އާރު.އެލް ކަނުހުރާގެ
ފަރާތުން އާދަމް ޙަސަންފުޅަށް 2014 ޖޫން 03 ގައި އަންގާފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
22 ތ 38
22
އިސ09އ
އެންޑް
(ހ) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން،
ދެފަރާތުގެ (ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ) ދެމެދުގައި ވަޒީފާގެ
އޮންނަންވާނެކަމާއި، ވަޒީފާގެ އެއްބަސްވުމަކީ ދެފަރާތުން އެމައްޗަށް ޢަމަލުކުރުން ލާޒިމު އެއްޗެއްކަމާއިގެ
އެސް.އާރު.އެލް ކަނުހުރާގެ ”ޓީމް މެމްބަރ ހޭންޑް ބުކް“ އަކީ، ކަނުހުރާ ރިޒޯޓުގައި ވަޒީފާ އަދާކުރާ
މުވައްޒަފުންގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ އެއްޗެއްކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން ޙައްޤުވާ ޢާއިލީ ޒިންމާގެ ޗުއްޓީ ނުވަތަ
އެސް.އާރު.އެލް ކަނުހުރާގެ ”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 6 ގެ ސެކްޝަން 3 ގެ 3.1 ގައި،
ބަޔާންކޮށްފައިވާ، ޢާއިލީ މުހިންމު ޒިންމާތައް އަދާކުރުމަށްޓަކައި ކޮންމެ މުވައްޒަފަކަށްވެސް އަހަރު ދުވަހު
މުސާރައާއި އިނާޔަތްތަކާއި، ދިނުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ ޗުއްޓީއަށް އެދުމުގައި މުވައްޒަފުން ޢަމަލު
ކުރުމަށް ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް، މުވައްޒަފަކާ ޢާއިލީ ޒިންމާގެ ޗުއްޓީއަށް ނުވަތަ އެމެޖެންސީ
ލީގް އަކަށް އެދުމުން، އެ އެދުނުގޮތުގެ މަތިން ޗުއްޓީދިނުން އެސް.އާރު.އެލް ކަނުހުރާގެ މައްޗަށް
ޒިމުވެގެން ނުވާކަމަށް ޝަރީޢަތުން ދެކޭކަމާއިގެ
03 ޖޫން 2014 ގައި އާދަމް ޙަސަންފުޅުގެ ފަރާތުން އެމެޖެންސީ އެންޑް ކޮންޕަސަންޓް ލީވް އަކަށް
އެދިފައިވާއިރު، އާދަމް ޙަސަންފުޅު އެދުނު ގޮތުގެ މަތިން އެމެޖެންސީ އެންޑް ކޮންޕަސަންޓް ލީވް ދެވެން
ނެތްކަން އެސް.އާރު.އެލް ކަނުހުރާގެ ފަރާތުން އާދަމް ޙަސަންފުޅަށް އެންގިއިރު، އެމެޖެންސީ އެންޑް
ކޮންޕަނޭޓް ލީވް ދެވެން ނެތް ސަބަބު އަންގާފައިނުވާކަމާއި، އަދި އާދަމް ޙަސަންފުޅުގެ ފަރާތުންވެސް
އެމެޖެންސީ އެންޑް ކޮންޕަސަނޭޓް ލީވް ދެވެންނެތް ސަބަބު ހޯދައި އޮޅުން ފިލުވަން މަސައްކަތްކޮށްފައި
ނުވާކަން އެނގެން އޮންނަކަމާއި؛
03 ޖޫން 2014 ގައި އާދަމް ޙަސަންފުޅުގެ ފަރާތުން އެދުނު ގޮތުގެ މަތިން އެމެޖެންސީ އެންޑް
ކޮންޕަސަނޭޓް ލީވް ދެވެން ނެތްކަން އެސް.އާރު.އެލް ކަނުހުރާގެ ފަރާތުން އާދަމް ޙަސަންފުޅަށް
ހ 44
ما سرمربع
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/145
އަންގާފައިވާއިރު، އާދަމް ޙަސަންފުޅު އޭރުހުރި 15 ދުވަހުގެ އަހަރީ ޗުއްޓީ 05 ޖޫން 2014 ވަނަ ދުވަހުގެ
ނިޔަލަށް ހަމަވާކަން އެނގިހުރެ، އަދި އާދަމް ޙަސަންފުޅުގެ ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ހިމެނޭ
”ޓީމް މެމްބަރ ހޭންޑް ބުކް“ ގެ ޗެޕްޓަރ 10 ގެ ސެކްޝަންގެ 1 ގެ ދަށުން، ގްރީވިއަސް އެފެންސްއަކީ
މުވައްޒަފަކު ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރެވޭނެ ފަދަ އޮރެންސްއެއްކަމާއި، ”ޓީމް މެމްބަރ ހޭންޑް
ބުކް، ގެ ޗެޕްޓަރ 10 ގެ ސެކްޝަން 2 ގެ 17 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ، [ހުއްދަކުރެވިފައިވާ
ޗުއްޓީގެ އިތުރުން، ހުއްދަނެތި ޖެހިޖެހިގެން 06 ދުވަހު ވަޒީފާއަށް ހާޒިރުނުވުމަކީ، އިންޒާރު ދިނުމަކާއި ނުލައި
ފުރަތަމަ ފަހަރުންވެސް ވަޒީފާއިން ވަކިކުރެވޭނެ ފަދަ ކަމެއްކަން އާދަމް ޙަސަންފުޅަށް އެނގިހުރެމެ، އާދަމް
ޙަސަންފުޅު އެވަގުތުހުރި ޗުއްޓީ 2014 ޖޫން 05 ގައި ހަމަވުމަށްފަހުވެސް، އާދަމް ޙަސަންފުޅު ވަޒީފާއިން
ވަކިކުރި ދުވަސް ކަމަށްވާ 2014 ޖޫން 11 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއަށް އެނބުރި އައިސްފައިނުވާކަން
އެނގެންއއ.
ވީމާ، އިސްވެ ބަޔާންވެދިޔަ ނުކުތާތަކަށް ރިޢާޔަތްކުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2014/VTR/119މައްސަލައިގައި އެ ޓްރައިބިއުނަލްއިން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަން
މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް
ه|
އެއްބަސްވެފަނވެ
0
ޙުކުމް:
92 2. »
އeyނ
ހރިމެއެވެ؟
ނަންބަރު
119/VTR/2014
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
މައްސަލައިގައި، އެޓްރައިބިއުނަލްއިން
ނިންމަވާފައިވާ ނިންމުން ބާޠިލުކޮށް، 11 ޖޫން 2014 ގައި އެސް.އާރު.އެލް ކަނުހުރާ ލިމިޓެޑްގެ ކިޑްސް
ކްލަބް އެންޑް ރިކްރިއޭޝަން މެނޭޖަރ ކަމުގެ ވަޒީފާއިން އާދަމް ޙަސަންފުޅު ވަކިކޮށްފައިވަނީ، ދެފަރާތުގެ
ދިވެހިރާއްޖޭގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/145
ދެމެދުގައި ވެފައިވާ އެއްބަސްވުމާއި އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި އެއްގޮތްވާގޮތުގެ މަތިން
ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ