ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/640 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
އެވެ
ދިވެހިރާއްޖޭގެހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
| ޤަޟިއްޔާ ނަންބަރު: 640/HC-A/2019
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އިސްމާޢީލް ޝުޖާޢު
* ދާއިމީ އެޑްރެސް: ގ.ޗާންދަނީމާގެ / ކ.މާލެ
އައި.ޑީ.ކާރޑް ނަންބަރު: A034857
* މިހާރުގެ އެޑްރެސް: ގ.ޗާންދަނީމާގެ / ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
1. * ނަން: ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް * ރަޖިސްޓްރޭޝަން ނަންބަރު: 0086
/
2009-C
* ދާއިމީ އެޑްރެސް: ދަލީނާ ބިލްޑިންގ ! ކ.މާލެ މިހާރުގެ އެޑްރެސް: ދަލީނާ ބިލްޑިންގ | ކ.މާލެ
2. * ނަން: ޙުސައިން ޙިލްމީ
* އައި.ޑީ.ކާރޑް ނަންބަރު: A035307
* މިހާރުގެ އެޑްރެސް: މއ.ވަހާރި | ކ.މާލެ
ދާއިމީ އެޑްރެސް: މއ.ވަހާރި | ކ.މާލެ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 ރަބީޢުލްއާޚިރު 1441
19 ޑިސެމްބަރ 2019
ނިމުނު ތާރީޚް: 23 ޝައްވާލް 1441
15 ޖޫން 2020
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2019/HC-A/64{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv
-
C/866
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޗެކުން ލިބެންޖެހޭ ފައިސާ ހޯދުމަށްއެދި ހުށަހަޅާ މައްސަލަ
ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 24 ފެބްރުއަރީ 2019
ޤަޟިއްޔާ ނިމުނު ތާރީޚް: 28 އޮކްޓޯބަރ 2019
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރު މުޙައްމަދު ފައިޞަލް އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން
(ރިޔާސަތު)
ފަނޑިޔާރު ހާތިފް ޢިލްމީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
އ
2x 2 / 2 0
وه سرمومتر
ސިވިލް ކޯޓުގެ ނަންބަރު 2019/Cv
-
C/866 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެޤަޟިއްޔާ އިސްތި ދޯދިނުމަށް އެދި، ގ.ޗާންދަނީމާގެ | އިސްމާޢީލް
ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހއ.ވަހާރި، ޙުސައިން ޙިލްމީ އާއި ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ.
ހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2019/Cv
-
C/866 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ގ.ޗާންދަނީމާގެ / އިސްމާޢީލް
ޝުޖާޢުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
އެކައުންޓުން
2. ސިވިލް ކޯޓުގެ ނަންބަރު 2019/Cv
-
C/866 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއްޔާއަކީ، ގ.ޗާންދަނީމާގެ | އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ
ދެއްކުމަށްޓަކައި ދަޢުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީ ސޮއިކޮށް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ނަންބަރު (އުނިކުރެވިފައި)
ދޫކޮށްފައިވާ ނަންބަރު 1385035$US ޗެކާއި، ނަންބަރު 1385034
$US ޗެކާއި، އަދި ނަންބަރު 1385038$US ޗެކަށް އިސްވެ ދެންނެވިފައިވާ އެކައުންޓްގައި ފައިސާ ނެތުމުގެ
ސަބަބުން ފައިސާ ނުލިބި ރިޓާރންވެފައިވާތީ، މިދެންނެވި 03 (ތިނެއް) ޗެކުގެ ޖުމްލަ 3,726,977.00$US
(ތިން މިލިއަން ހަލްތަލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ހޯދުމަށް
އެދި މއ.ވަހާރި ޙުސައިން ޙިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ގ.ޗާންދަނީމާގެ
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
LCO
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި
ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ގ.ޗާންދަނީޕްލަސް ގެ އިސްމާޢީލް ޝުޖާޢުގެ
ފަރާތުން މއ.ވަހާރި، ޙުސައިން ޙިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުޅަ
މިޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ ދަޢުވަކުރާ އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ
ނެގުމަށްފަހު ފައިސާ އަނބުރާ ދެއްކުމަށްޓަކައި ދަޢުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީ ސޮއިކޮށް ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު (އުނިކުރެވިފައި) އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 1385035 $US
ޗެކާއި، ނަންބަރު 1385034 $US ޗެކާއި، ނަންބަރު ޗެކަށް 1385038 $US ޗެކަށް އެކައުންޓްގައި ފައިސާ
ނެތުމުގެ ސަބަބުން ފައިސާ ނުލިބި ޗެކްތައް ރިޓާރންވެފައިވާކަމަށްބުނެ މިދެންނެވި 03 (ތިނެއް) ޗެކުގެ ޖުމްލަ
ޢަދަދަށްވާ 3,726,977.00$US (ތިން މިލިއަން ހަލްތަލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ
ޑޮލަރު) ކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު، ބަޔާންވެދިޔަ 03 (ތިނެއް) ޗެކަކީ ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އޮންނަ ނަންބަރު
(އުނިކުރެވިފައި) ދިވެހި ރުފިޔާ އެކައުންޓުން އެކި ތާރީޚުތަކުގައި ފައިސާ ނެގޭގޮތަށް ދޫކޮށްފައިވާ 11 (އެގާރަ)
ޗެކާއި، ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައި އޮންނަ
ނަންބަރު (އުނިކުރެވިފައި) އެމެރިކާ ޑޮލަރު އެކައުންޓުން ދޫކޮށްފައިވާ 06 (ހައެއް) ޗެކާއި އެކު ޖުމްލަ 17
(ސަތާރަ) ޗެކުގައި ހިމެނޭ ޖުމްލަ ޢަދަދުތައް އެމެރިކާ ޑޮލަރަށް ބަދަލުކޮށް އެޗެކެތަކުގައި ހިމެނޭ ފައިސާގެ މައްޗަށް
ބިނާކޮށް ހެދިފައިވާ 03 (ތިނެއް) ޗެކަކަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމާއި، އިސްވެ ދެންނެވުނު
ޗެކްތަކުގައި ހިމެނޭ ފައިސާއަކީ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް އެޢަދަދަށް ދީފައިވާ ފައިސާ
ނޫންކަމަށާއި، އަދި ބަޔާންވެދިޔަ 17 (ސަތާރަ) ޗެކަކީ އިސްމާޢީލް ޝުޖާޢުގެ އަތުން ދަޢުވާލިބޭ ޙުސައިން ޙިލްމީ
އަނބުރާ ދައްކާގޮތަށް 24 އޭޕްރިލް 2016 ގައި ދަރަންޏަށް ނަގާފައިވާ 250،000.00، 7ރ. (ހަތްމިލިއަން ދެލައްކަ
ފަންސާސް ހާސް ރުފިޔާ) އަދާކުރުމުގެ ގޮތުން ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދޫކުރި 06
ދޭހައެއް) ޗެކު އެކައުންޓުގައި ފައިސާނެތުމުގެ ސަބަބުން ރިޓާންވެފައިވާތީ އެޗެކުތައް މޯލްޑިވްސް ޕޮލިސް
OLC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަރވިސްއަށް ހުށަހަޅާނެކަމަށް ބުނެ ޙުސައިން ޙިލްމީއަށް ބިރުދައްކައިގެން ބޮޑެތި ޢަދަދުތަކުން ފައިސާ ދިންކަމަށް
ލިޔެ ތަފާތު އެކިފަހަރު މަތިން އެއްބަސްވުންތައް ހަދައިގެން ސޮއިކުރުވައި، އެއެއްބަސްވުންތަކުގެ ދަށުން ފައިސާގެ
ބޮޑެތި ޢަދަދުތައް ހިމެނޭގޮތަށް ނަގާފައިވާ ޗެކުތަކެއްކަމަށްބުނެ ދަޢުވާލިބޭ ޙުސައިން ޙިލްމީގެ ފަރާތުން ބަޔާންވެދިޔަ
ޗެކުތައް ދޫކުރިއިރު ސޮއިކޮށްފައިވާ އެއްބަސްވުންތަކުގައި ބަޔާންވެގެންވާ ފައިސާގެ ޢަދަދުތަކާމެދު ޝައްކު އުފައްދައި
އެ ޢަދަދަށް ފައިސާ ލިބުނުކަމަށް އިންކާރުކޮށްފައިވާ ހިނދު މިދަޢުވާ ޘާބިތުކުރުމަށް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ
އެއްބަސްވުންތަކުގެ ބަޔާންވެގެންވާ ފައިސާގެ ޢަދަދުތަކަކީ ވަރަށް ބޮޑެތި ޢަދަދުތައްކަމުގައިވާއިރު އެލިޔުންތަކުގައި
ހިމެނޭ ފައިސާއަކީ އެއްވެ. ބޭންކެއްގެ އެކައުންޓެއް މެދުވެރިކޮށްގެން ދީފައިވާ ފައިސާއެއްކަމަށް ނުވެފައި، އެފަދަ
ބޮޑެތި ޢަދަދުތަކުން އަނބުރާ ދައްކާގޮތަށް ޙުސައިން ޙިލްމީއަށް ފައިސާ ޙަވާލުކުރިކަމަށް ލިޔެ ޑޭޓެޑް ޗެކުތައް ތަފާތު
އެކިތާރީޚުތަކުގައި ނަގާފައިނުވުމާއި، އަދި މިގޮތުން އެކިފަހަރުމަތިން އެއްބަސްވުންތައް ހަދައިގެން ނަގާފައިވާ
ޗެކުތަކަށް ފައިސާ ނުލިބި ޗެކް ރިޓާންވުމުން ވެސް ރިޓާންވީ ޗެކުގައި ހިމެނޭ ޢަދަދަށްވުރެ ބޮޑެތި ޢަދަދުތަކުން
ފައިސާ ދީފައިވާކަމަށް ލިޔެ ތައްޔާރުކޮށް އެކި ފަހަރު މަތިން އެއްބަސްވުންތައް ހަދައިގެން އިތުރު ޗެކުތައް
ނަގާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮތުމާއެކު އިސްވެދެންނެވުނު ޗެކުތަކާއި، އެޗެކުތައް
ދޫކުރިއިރު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ މައްޗަށް ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަން ހުށަހެޅިފައިވާ
ލިޔުންތަކުން އެނގެން އޮތުމާއިއެކު، އިސްވެދެންނެވުނު ޗެކުތަކާއި ލިޔުންތަކަކީ، މިދަޢުވާގައި ދަޢުވާކުރާ ފަރާތުން
ހޯދުމަށް އެދިފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ ދަޢުވާކުރާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ ޙުސައިން
ޙިލްމީއަށް އަނބުރާ ދައްކާގޮތަށް ދީފައިވާ ފައިސާއެއްކަން ޝަރީޢަތަށް ޘާބިތުވާފަދަ ކާފީ ހެއްކެއް ނުވަތަ
އެލިޔުންތަކަށް ބާރުލިބިދޭ ބަދީޙީ ޤަރީނާއެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާތީ މިދަޢުވާގައި ދަޢުވާކުރާ ފަރާތުން
ހޯދުމަށް އެދިފައިވާ ފައިސާއަކީ އެޢަދަދަށް ދަޢުވާކުރާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ ޙުސައިން ޙިލްމީއަށް
ދަރަންޏަށް ދީފައިވާ ފައިސާކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި ދަޢުވާކުރާ
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ ޙުސައިން ޙިލްމީއަށް ދީފައިވާ ފައިސާގެ ގޮތުގައި ދައުވާލިބޭ ޙުސައިން
އިލްމީގެ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާ 250،000.00، 7ރ. (ހަތްމިލިޔަން ދެލައްކަ ފަންސާޓްސްގެ ކުރީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
219/HC-A/40
އަނބުރާ ދައްކާފައިވާކަން ދަޢުވާލިބޭ ފަރާތްތަކަށް ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ މިފައިސާ 7,250,000.00ރ
(ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) އަކީ ދައުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީގެ ފަރާތުން
ގ.ޗާންދަނީވާގެ އިސްމާޢީލް ޝުޖާޢުއަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް
ކަނޑައަޅައި، މިފައިސާ އިސްމާޢީލު ޝުޖާޢުއަށް ލިބިދިނުމުގެ ގޮތުން 28 އޮކްޓޯބަރ 2019 މިދުވަހުން ފެށިގެން
މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 06 (ހައެއް) މަސްދުވަހުގެ
ތެރޭގައި 7,250,000.00ރ (ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ދައްކާ ޚަލާޞްކުރުމަށް ހއ.ވަހާރި،
ޙުސައިން ޙިލްމީ (އައިޑީ ކާރޑް ނަންބަރު A035307) އަށް އަންގައި، މިދަޢުވާގައި ދަޢުވާލިބޭ ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން ދޫކޮށްފައިވާ ޗެކުތަތަކީ ދަޢުވާލިބޭ ޙުސައިން ޙިލްމީއާއި ދަޢުވާކުރާ
އިސްމާޢީލް ޝުޖާޢުއާއި ދެމެދު ސޮއިކުރެވިފައިވާ ލިޔުންތަކެއްގެ ދަށުން ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް
ޝުޖާޢުއަށް ދޫކޮށްފައިވާ ޗެކްތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު ބަޔާންވެދިޔަ ޗެކުތަކަކީ
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް ޝުޖާޢުއާއި ދެމެދު ކުރެވިފައިވާ ފައިސާގެ މުޢާމަލާތެއްގެ
ތެރެއިން ދޫކޮށްފައިވާ ޗެކުތަކެއްކަން އެނގެން ނެތަތީ މިދަޢުވާގައި ހިމެނޭ ޗެކުތަކުގައި ހިމެނޭ ފައިސާއާއި ގުޅިގެން
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފައިސާދެއްކުމުގެ މަދަނީ އެއްވެސް ޒިންމާއެއް އޮތްކަން
ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިން މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ
ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ.
3
ސިވިލް ކޯޓުގެ ނަންބަރު 2019/Cv
-
C/866 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ގ.ޗާންދަނީޕެލަސް
| އިސްމާޢީލް ޝުޖާޢުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެ ނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
<< O
ފުރަތަމަ ނުކުތާއަކީ، ދަޢުވާ ޘާބިތުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅާފައިވާ ދަޢުވާލިބޭ ޙުސައިން ޙިލްމީ އޭނާގެ އިޚްތިޔާރުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކާއި، އަދި އޭނާގެ
އިޚްތިޔާރުގައި ދޫކޮށްފައިވާ ޗެކްތަކަކަށް ރިޢާޔަތްކުރުމުން އޭގެއިން ނުކުންނަ ޤާނޫނީ ނަތީޖާއަށް ބެއްލެވުމެއްނެތީ
މައްސަލާގައި ޙުކުމް ކުރައްވާފައިވުމުން އަދި މި މައްސަލަ ނިންމެވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
22/SC
-
A/2012 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 29/SC
-
A/2013 ޤަޟިއްޔާ އަދި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގެ ޝަރީޢަތަށް ފާހަގަ ކުރެވޭ ނުކުތާތަކުގެ
(ބ) ގައި ނަގަހައްޓާފައިވާ ޤާނޫނީ އުސޫލުތަކަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 29/SC
-
A/2013
ޤަޟިއްޔާ މިމައްސަލައިގައި އިސްތިއުނާފުކުރާފަރާތުގެ މަޞްލަހަތުގައި ތަޠުބީޤު ނުކުރެވޭނެކަމަށް ސިވިލް ކޯޓުން
ކަނޑައަޅުއްވާފައިވަނީ އެޤަޟިއްޔާގައި ބަޔާންކުރާ އަމިއްލަ އިޚްތިޔާރުގައި ޗެކު ދޫކުރުކުގެ ޢުންސުރު
މިމައްސަލައިގައި ފުރިހަމަނުވާތީ ކަމަށް ކަނޑައަޅުއްވާފައިވަނީ އެޤަޟިއްޔާގައި ބަޔާންކުރާ އަމިއްލަ އިޚްތިޔާރުގައި
ޗެކު ދޫކުރުމުގެ ޢުންސުރު މިމައްސަލައިގައި ފުރިހަމަ ނުވާތީ ކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު
7/2011 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 5 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ
ޤާނޫނު) ގެ 12 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
0
ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ މަދަނީ ޚުޞޫމާތްތަކާއި
ގުޅޭ ކަންކަން ޝަރީޢަތަށް ސާބިތުކޮށްދެންޖެހޭ މިންގަނޑު ކަމުގައިވާ balance of probabilities ގެ ބަދަލުގައި
ޖިނާއީ މައްސަލަތަކުގައި ޝަރީޢަތަށް ސާބިތުކޮށްދެންޖެހޭ މިންގަނޑަށް ބައްލަވައިގެންކަމުގައިކަމަށްބުނެ ހުށަހެޅި
ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
0
ހަތަރުވަނަ ނުކުތާއަކީ، މިމައްސަލައިގައި ދޫކޮށްފައިވާ ޗެކުތަކަކީ ކާސްޓްއަވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކުތަކަކަށްވާއިރު، މިމައްސަލައިގައި ކާސްޓްއަވޭ މޯލްޑިވްސް ގެ އެއްވެސް
ލަޔަބިލީޓެއް ނެތްކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
4
{
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓުގެ
ނަންބަރު 2019/Cv-C/866 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ގ.ޗާންދަނީމާގެ | އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް
މިމައްސަލަ ނިންމަން ފެންނަގޮތާއިމެދު، ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ދޫކޮށްފައިވާ
ޗެކްތަކަށް އެކުންފުނިން ދިންމާ އުފުލުމުގައި މިމައްސަލަ ބެލި ފަނޑިޔާރު
ޔާރުންގެ މެދުގައި ދެ ރައުޔުއެއްގެ މައްޗަށް
ވަނީ ޚިޔާލުތަފާތުވެފައެވެ.
22
ފަނޑިޔާރު ހާތިފް ޙިލްމީގެ ރައުޔު އާއި އެރައުޔު ބިނާކުރެވިފައިވާ ސަބަބުތައް
(ހ) ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު: 16/95 (ފައިސާއަށް ބަދަލު ކުރެވޭ ގޮތުގައި ގެންގުޅޭ
ލިޔުމާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، "ޗެޓް" އަކީ، ދޫކުރާ މީހާގެ ފަރާތުން ލިޔެ
ސޮއިކޮށް، އޭގައި ބަޔާން ކުރެވިފައިވާ މީހަކަށް، ނުވަތަ އޭނާގެ އަމުރަށް، ނުވަތަ އެ ހިފައިގެންދާ މީހަކަށް، އެ
ހިފައިގެން ދިއުމުން، ޝަރުޠަކާނުލައި އޭގައި ކަނޑައެޅިގެންވާ އަދަދެއްގެ ފައިސާ ދިނުމަށް، ބޭންކު ވިޔަފާރިކުރާ
ފަރާތަކަށް ލިޔުމަކުން ކުރެވޭއަމުރެކެވެ. މި ފަދައިންނެވެ.
އަދި އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައި: ޗެކުގައިވާ ތާރީޚުން ފެށިގެން 06 މަސްދުވަހުގެ
ތެރޭގައި ފައިސާ ނެގުމަށް އެ ޗެކު ބޭންކަށް ހުށަހެޅުމުން، އެ ޗެކު ދޫކުރި ފަރާތުގެ އެކައުންޓުގަ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނެތުމުގެ ސަބަބުން ނުވަތަ އެ ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވުމުގެ ސަބަބުން އެ
ޗެކަށް ފައިސާ ނުލިބިއްޖެނަމަ ދެން ޢަމަލުކުރަންވީ ގޮތް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެ މާއްދާގައިވާ
ގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކުރުމުންވެސް އެ ޗެކަށްވާ ފައިސާ ނުލިބިއްޖެނަމަ، އެޗެކް ދޫކުރިފަރާތް
މާއްދާގައިވާ ގޮތުގެ މަތިން ކުށްވެރިވާނެއެވެ. އަދި އެ ކުށުގެ އަދަބު އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމެވެ.
02 0.
4260
OXO
(ށ) ދެވަނަ ކަމަކީ، ޗެކު ދޫކުރި ފަރާތުގެ ރުހުމާއި ޤަބޫލުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ
ޝަކުލިއްޔަތު ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް ދޫކޮށްފިނަމަ، އެއްވެސް ޝަރުޠަކާނުލައި އެ ޗެކުގައި
ބަޔާންވެފައިވާ ފައިސާގެ މިންވަރު، އެ ޗެކު ދޫކުރެވުނު ފަރާތަށް ލިބިދިނުމުގެ ހުރިހައި ޒިންމާއެއް އެ ޗެކް
ދޫކުރި ފަރާތުން އުފުލަންޖެހޭކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 29/SC
-
A/2013 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 7 ވަނަ ނަންބަރުގެ (ށ) ގައި އެ މައްސަލަ ބެލި ފަނޑިޔާރުން
ފާހަގަކޮށްފައިވެއެވެ. އަދި އެ ޒިންމާ ނުއުފުލުމުގެ ނަތީޖާ އެ ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު،
އެ ނަތީޖާއަކީ، އެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ޗެކު ދޫކުރިފަރާތުން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހުންކަން
އެ މާއްދާއިން އެނގެން އޮންނަކަމެވެ. އަދި މި މާނަކުރުމަށް އިތުރަށް ބާރު ލިބިގެންދަނީ، ޤާނޫނު ނަންބަރު:
9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ށ) ގައި "މަކަރާއި ޙީލަތް' މާނަކޮށްދެމުން،
އެ އަކުރުގެ (v) ގައި، ޗެކެއްގައި ލިޔެފައިވާ ޢަދަދަށް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ވެސް މާލީ
ލިޔުމެއްގައި ލިޔެފައިވާ ޢަދަދަށް، އެ ލިޔުން ދޫކުރެވޭ ފަރާތުން، އެއަށް ފައިސާ ދެއްކުމަށް އެއްބަސްނުވާނެކަން
އެނގިހުރެ، އެފަދަ ޗެކެއް ނުވަތަ ލިޔުމެއް ދޫކުރުން، މި ޢަމަލު މަކަރާއި ޙީލަތުގެ ގޮތުގައި މާނަކޮށްދީފައިވާކަމެވެ.
.ޅޭ އެންނެވެ.
(ނ) ތިންވަނަ ކަމަކީ، ޗެކުގެ މައްޗަށް އޮންނަ އިތުރުބާރާއި ޔަޤީންކަން ދެމެހެއްޓުމަށްޓަކައި، އެ
ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޗެކަށް ފައިސާ ހޯދުމަށް މަސައްކަތްކުރުމުންވެސް އެ
ޗެކަށްވާ ފައިސާ ނުލިބިއްޖެނަމަ، އެ ޗެކު ދޫކުރި ފަރާތް އެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން
ކުށްވެރިވާނެއެވެ. އަދި މި ޙާލަތުގައި އެ ޤާނޫނުގައިވާ ގޮތުގެ މަތިން އެ ޗެކު ދޫކުރިފަރާތުން ޖިނާއީ މަސްއޫއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ޢަދަދު ކަނޑައެޅުމަށްޓަކައި އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ބިނާކޮށްފައިވާ ނުކުތާތަކަށް ތާއީދުކޮށްފީމެޑީ:22
10
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އުފުލަންޖެހުނުކަމަށްވިއަސް، އެ ޗެކުގައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްތޯ ނުބަލައި، އެ ޗެކުގައިވާ
ފައިސާއަށް އެ ޗެކު ދޫކުރި ފަރާތުން ޒިންމާވާންޖެހޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައި ނުވެއެވެ. މިސާލަކަށް
އެ ޗެކު ދޫކުރުމަށްފަހު، އެ ޗެކުގައިވާ ފައިސާ އެނޫން ގޮތަކަށް ދައްކައިފައިވާނަމަ ނުވަތަ އެ ޗެކު ދޫކުރި
މުޢާމަލާތް ރޫޅިގެން ގޮސްފައިވާނަމަ، އެ ޗެކުގައިވާ ފައިސާއަށް އެ ޗެކު ދޫކުރި ފަރާތް ޒިންމާވާންޖެހޭނެ ސަބަބެއް
ފެންނާނެއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 29/SC
-
A/2013 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ޚުލާޞާގެ 7 ވަނަ ނަންބަރުގެ (ޅ) ގައި އެ މައްސަލަ ބެލި ފަނޑިޔާރުން، އެ މައްސަލައިގައި
ދޫކޮށްފައިވާ ޗެކުތަކަށް، އެ ޗެކުތައް ދޫކުރި ފަރާތުން ފައިސާ ދޭންނުޖެހޭނެކަމަށް ބުނެފައިވާތީ، އެ ފައިސާ
ފެބުނެ، ދެއްކި ސަބަބަށް ފަނޑިޔާރުން ބަލާފައިވާކަމެވެ.
22
22 ޏ އ ހ ށޖ 2
4
ދެނަންޖީހންކަމަށްބު.
(ނ ހަތަރުވަނަ ކަމަކީ، މި މައްސަލައިގައި އިސްމާޢީލް ޝުޖާޢުއަށް ޙުސައިން ޙިލްމީ ދީފައިވާ
ޗެކުތަކަކީ، ކާސްޓާއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޗެކުތަކެއްކަމަށްވިއަސް، އެ ޗެކުތަކަކީ ޙުސައިން
ޙިލްމީއަށް އިސްމާޢީލް ޝުޖާޢު އެކި ފަހަރުގެ މަތިން ދީފައިވާ ފައިސާ އަނބުރާ ދިނުމަށްޓަކައި ދޫކޮށްފައިވާ
ޗެކުތަކެއްކަން މި ފައިސާއާ ގުޅިގެން އިސްމާޢީލް ޝުޖާޢު އާއި ޙުސައިން ޙިލްމީއާދެމެދު ވެފައިވާ
އެއްބަސްވުންތަކުންނާއި، މި ދެފަރާތުގެ ބަހުން އެނގެން އޮތުމުން، މި ފައިސާއަށް ކާސްޓްވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް ޒިންމާކުރަންޖެހޭ ސަބަބެއް ނެތްކަމާއި، ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ދޫކޮށްފައިވާ މި ޗެކުތަކަށް ފައިސާ ލިބިފައިނުވާތީ، އިސްމާޢީލް ޝުޖާޢު ޢަމަލުކުރަންޖެހޭނީ އެ ޤާނޫނުގެ 39
ވަނަ މާއްދާގައިވާ ގޮތުގެ މަތިންކަމާއި އަދި އެ މާއްދާގައިވާ ގޮތަށް ޢަމަލުކުރުމުންވެސް އިސްމާޢީލް ޝުޖާޢުއަށް
ފައިސާ ނުލިބިއްޖެނަމަ، މި ޗެކްތަކާ ގުޅިގެން އުފަންވެގެންދާނީ ޖިނާއީ މަސްއޫލިއްޔަތެއްކަން އެ މާއްދާއިން
އެނގެން އޮންނަ ކަމެވެ.
އެހެންކަމުން، ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެ ފައިސާއާ ގުޅިގެން ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މަދަނީ ޒިންމާއެއް ނެތްކަމަށް ސިވިލް ކޯޓުގެ
ނަންބަރު: 2010/Cv-C/866 ޤަޟިއްޔާގައި ކަނޑައަޅައިފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ޤަބޫލުކުރެވޭތީ،
މިގޮތުގެ މަތިން އަހަރުންގެ ރައުޔު އިއްވީމެވެ.
އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާންގެ ރައުޔު. މި ރައުޔަށް ފަނޑިޔާރު މުޙައްމަދު ފައިޞަލް ތާއީދުކުރައްވާފައިވެއެވެ.
އަދި ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދު ކަނޑައެޅުމަށްޓަކައި
މިރައުޔުގައި އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން ބިނާކޮށްފައިވާ ނުކުތާތަކަށް ފަނޑިޔާރު ހާތިފް ޙިލްމީ
ތާއީދުކުރައްވާފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ މައްސަލާގައި ކަންހިނގާދިޔަ ގޮތަށް ރިޢާޔަތްކުރިއިރު،
ޤަޟިއްޔާއަކީ، ގ.ޗާންދަނީމާގެ | އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ
ދެއްކުމަށްޓަކައި ދަޢުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީ ސޮއިކޮށް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ނަންބަރު (އުނިކުރެވިފައި) އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 138505 ޗެކާއި، ނަންބަރު 1385034 ޗެކާއި،
އަދި ނަންބަރު 1385038 ޗެކަށް އިސްވެ ދެންނެވިފައިވާ އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން ފައިސާ ނުލިބި
ރިޓާރންވެފައިވާތީ، މިދެންނެވި 03 (ތިނެއް) ޗެކުގެ ޖުމްލަ 3,726,977.00$US (ތިން މިލިއަން ހަލްތަލައްކަ
ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އެކީ އެއްފަހަރާ ހޯދުމަށް އެދި މއ.ވަހާރި ޙުސައިން
ޙިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ގ.ޗާންދަނީމާގެ : އިސްމާޢީލް ޝުޖާޢުގެ ފަރާތުން
ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާގައި، މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ
ދަޢުވާކުރާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ ޙުސައިން ޙިލްމީއަށް އަނބުރާ ދައްކާގޮތަށް ދީފައިވާ
ފައިސާއެއްކަން ޝަރީޢަތަށް ޘާބިތުވާފަދަ ކާފީ ހެއްކެއް ނުވަތަ އެލިޔުންތަކަށް ބާރުލިބިދޭ ބަދީޙީ ޤަރީނާއެއް
ގައްކާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
ފަރާތުން ހުށަހަޅާފައިނުވާތީ މިދަޢުވާގައި ދަޢުވާކުރާ ފަރާތުން ހޯދުމަށް އެދިފައިވާ ފައިސާއަކީ އެޢަދަދަށް ދަޢުވާކުރާ
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ ޙުސައިން ޙިލްމީއަށް ދަރަންޏަށް ދީފައިވާ ފައިސާކަން ހުށަހެޅިފައިވާ
ލިޔުންތަކުން ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި، ދައުވާކުރާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ދަޢުވާލިބޭ
ޙުސައިން ޙިލްމީއަށް ދީފައިވާ ފައިސާގެ ގޮތުގައި ދައުވާލިބޭ ޙުސައިން ޙިލްމީގެ އިޢުތިރާފުން ޝަރީޢަތަށް ޘާބިތުވާ
7,250,000.00ރ. (ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) އަނބުރާ ދައްކާފައިވާކަން ދަޢުވާލިބޭ
ފަރާތްތަކަށް ޝަރީޢަތަށް ޘާބިތުކޮށްދެވިފައިނުވާތީ މިފައިސާ 7,250,000.00ރ. (ހަތްމިލިޔަން ދެލައްކަ
ފަންސާސްހާސް ރުފިޔާ) އަކީ ދައުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީގެ ފަރާތުން ގިޗާންދަނީމާގެ އިސްމާޢީލް
ޝުޖާޢުއަށް ދޭންޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި، މިދަޢުވާގައި
ދަޢުވާލިބޭ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުން ދޫކޮށްފައިވާ ޗެކުތަތަކީ ދަޢުވާލިބޭ ޙުސައިން
ޙިލްމީއާއި ދަޢުވާކުރާ އިސްމާޢީލް ޝުޖާޢުއާއި ދެމެދު ސޮއިކުރެވިފައިވާ ލިޔުންތަކެއްގެ ދަށުން ޙުސައިން ޙިލްމީގެ
ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދޫކޮށްފައިވާ ޗެކުތަކެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމާއެކު
ބަޔާންވެދިޔަ ޗެކުތަކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އިސްމާޢީލް ޝުޖާޢުއާއި ދެމެދު ކުރެވިފައިވާ
ފައިސާގެ މުޢާމަލާތެއްގެ ތެރެއިން ދޫކޮށްފައިވާ ޗެކުތަކެއްކަން އެނގެން ނެތަތީ މިދަޢުވާގައި ހިމެނޭ ޗެކުތަކުގައި
ހިމެނޭ ފައިސާއާއި ގުޅިގެން ކާސްޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ފައިސާދެއްކުމުގެ މަދަނީ
އެއްވެސް ޒިންމާއެއް އޮތްކަން ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު
2019/Cv
-
C/866 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮންނަކަމެ .
(ށ) ދެވަނަ ކަމަކީ، 30 ނޮވެމްބަރ 2017 ދުވަހު ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުއަށް
ދޫކޮށްފައިވާ ސްޓޭޓް ބޭންކު އޮފް އިންޑިއާގެ ނަންބަރު 1385034 ޗެކަށްވާ USD2,000,000.00 (ދެމިލިއަން
އެމެރިކާ ޑޮލަރު) އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން 07 ޑިސެމްބަރ 2017 ވަނަ ދުވަހު
ރިޓަރންވެފައިވާތީއާއި، 31 ޑިސެމްބަރ 2017 ގައި ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުއަށް ދީފައިވާ ސްޓޭޓް
OLO
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
219/HC-A/640
ބޭންކް އޮފް އިންޑިއާގެ ނަންބަރު 1385035 ޗެކަށްވާ USD1,000,000.00 (އެއްމިލިއަން އެމެރިކާ ޑޮލަރު)
އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން 11 ޖަނަވަރީ 2018 ދުވަހު ރިޓަރންވެފައިވާތީއާއި، 31 ޖަނަވަރީ
2018 ދުވަހު ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުއަށް ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު
1385038 ޗެކަށްވާ USD726,977.00 (ހަތްލައްކަ ސައްބީސް ހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ
ޑޮލަރު) އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން 05 ފެބްރުއަރީ 2018 ދުވަހު ރިޓަރންވެފައިވާތީ، މި
(ތިނެއް) ޗެކަށްވާ އެކު ޖުމްލަ 3,726,977.00$US (ތިން މިލިއަން ހަލްތަލައްކަ ސައްބީސްހާސް ނުވަސަތޭކަ
ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އަކީ ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ލިބެންޖެހޭ ފައިސާކަމުން
މިފައިސާ އެކީ އެއްފަހަރާ ޙުސައިން ޙިލްމީގެ ފަރާތުން ނަގައިދިނުމަށް އެދޭކަން އިސްމާޢީލް ޝުޖާޢުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ ފޯމަށް ބެލުމުން އެނގެން އޮންނަކަމާއި،
03
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ހޯދުމަށް އެދިފައިވާ 03 ޗެކުގައިވާ ފައިސާއަކީ ޙުސައިން
އިލްމީ އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު ފައިސާ އަނބުރާ ދެއްކުމަށް ރާސްޓްއަވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) ދިވެހި
ރުފިޔާ އެކައުންޓުން އެކި ތާރީޚުތަކުގައި ފައިސާ ނެގޭ ގޮތަށް ދޫކޮށްފައިވާ 11 (އެގާރަ) ޗެކަށްވާ ޖުމްލަ
42,950,000.00ރ (ސާޅީސް ދެމިލިޔަން ނުވަލައްކަ ފަންސާސް ހާސް ދިވެހި ރުފިޔާ) 15.42 ގެ ރޭޓުން
އެމެރިކާ ޑޮލަރަށް ބަދަލުކުރުމުންޖެހޭ 2,785,344.00$US (ދެމިލިއަން ހަތްލައްކަ އަށްޑިހަ ފަސްހާސް ތިންސަތޭކަ
ސާޅީސް ހަތަރު އެމެރިކާ ޑޮލަރު) އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެމެރިކާ ޑޮލަރު އެކައުންޓުން ދޫކޮށްފައިވާ 06 (ހައެއް) ޗެކަށްވާ
ޖުމްލަ US941,633.00 (ނުވަލައްކަ ސާޅީސް އެއްހާސް ހަސަތޭކަ ތިރީސް ތިން އެމެރިކާ ޑޮލަރު) އަށްވާ
ފައިސާ އެއްކުރުމުން ޖެހޭ ޢަދަދު ކަމުގައިވާ 3,726,977.00$US (ތިން މިލިއަން ހަތްތަލައްކަ ސައްބީސްހާސް
ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) ވާ 17 (ސަތާރަ) ޗެކަށް ފައިސާ ނުލިބި ޗެކްތައް ރިޓާންވުމާ
ރިޓާންވުމާއި ގުޅިގެ
އެޗެކުތަކުގެ ބަދަލުގައި ދޫކޮށްފައިވާ 03 ޗެކުކަމާއި، މިތިން ޗެކް އިސްމާޢީލް ޝުޖާޢުއާއި ހަވާލުކޮށްފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
އިޝާރާތްކުރެވުނު 17 ޗެކު ޙުސައިން ޙިލްމީއާއި ހަވާލުކުރުމުންކަމާއި، އަދި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) ދިވެހި ރުފިޔާ
އެކައުންޓުން އެކި ތާރީޚުތަކުގައި ފައިސާ ނެގޭ ގޮތަށް ދޫކޮށްފައިވާ 11 (އެގާރަ) ޗެކުގެ ބަދަލުގައި ފަހުން
ދޫކޮށްފައިވަނީ އެމެރިކާ ޑޮލަރުކަމާއި، އެގޮތަށް ހަދާފައިވަނީ ޑޮލަރ އިން ފައިސާ ދައްކަން ޙުސައިން ޙިލްމީއަށް
ފަސޭހަވާނެތީކަމަށް 15 އޮގަސްޓް 2017 ދުވަހުގެ ތާރީޚުޖަހާފައިވާ "ޙުސައިން ޙިލްމީ އައި.ޑީ.ކާރޑް ނަންބަރު
A035307 އިސްމާޢީލް ޝުޖާޢު އައި.ޑީ.ކާރޑް ނަންބަރު A034857 އަތުން ފައިސާ ނެގުމަށްފަހު ފައިސާ
އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކުތައް ބަދަލުކުރި ގޮތުގެ ލިޔުމެވެ" އަށް ބެލުމުން އެނގެން އޮންނަކަމާއި،
މިލިޔުމުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވަނީ ޙުސައިން ޙިލްމީގެ އަސްލު ފިންގަރ ޕްރިންޓާއި ސޮއިކަމަށް
ހެކިވެ ސޮއިކޮށްފައިވާކަން މިލިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި، މިލިޔުމުގައިވާ ޗެކުތަކަށް ވަކި ވަކިން
ބަލާއިރު،
2
ފުރަތަމަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0721815 ޗެކުކަމާއި، މިޗަކުގައިވާ
އަދަދަކީ 500,000.00ރ. (ފަސްލައްކަ ރުފިޔާ) ކަމާއި، ޗެކުގައިވާ ތާރީޚަކީ 28 މާރިޗު 2017 ކަމާއި، މިޗެކަކީ
ޙުސައިން ޙިލްމީއަށް އިސްމާޢީލް ޝުޖާޢުގެ ފަރާތުން 21 މާރިޗު 2017 ދުވަހު ވެފައިވާ "ޙުސައިން ޙިލްމީ އާއި
އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ
އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ 600,000.00ރ. (ހަލައްކަ ރުފިޔާ) ދެއްކުމަށް ދީފައިވާ ޗެކެއްކަން
މިއެއްބަސްވުމުގެ 1 ވަނަ މާއްދާ އާއި 2 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، އެއްބަސްވުމުގެ 1 ވަނަ
ނަންބަރުގައިވާ 600,000.00ރ. (ހަލައްކަ ރުފިޔާ) ވަނީ ޙުސައިން ޙިލްމީއަށް ހަމައަށް ނަގުދު ފައިސާއިން
ލިބިފައިވާކަމާއި، މިއެއްބަސްވުމުގައި ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުން ސޮއިކޮށް އިނގިލީގެ
ނިޝާން ޖަހާފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
15
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 0 2
ދެވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750405 ޗެކުކަމާއި، މިޗެކުގައިވާ
ޢަދަދަކީ
450,000.00ރ. (ހަތަރުލައްކަ ފަންސާސް ހާސްރުފިޔާ) ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް
ޝުޖާޢު އާއި ދެމެދު 10 އޭޕްރިލް 2017 ދުވަހު ވެފައިވާ "ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި
ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ގެ ދަށުން
ދޫކޮށްފައިވާ 450,000.00ރ (ހަތަރުލައްކަ ފަންސާސް ހާސްރުފިޔާ) ދެއްކުމަށް ދީފައިވާ ޗެކެއްކަން އެއްބަސްވުމުގެ
1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި، މިފައިސާ ދެއްކުމަށް ޙުސައިން ޙިލްމީގެ
ފަރާތުން އެއްބަސްވެފައިވަނީ 05 މެއި 2017 ގައިކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާއިން ހަމައަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި،
ތިންވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު އެކައުންޓުން ދޫކޮށްފައިވާ ނަންބަރު
0750418 ޗެކުކަމާއި، މިޗެކުގައިވާ ޢަދަދަކީ
2,000,000.00ރ. (ދެމިލިއަން ރުފިޔާ) ކަމާއި، ޗެކުގައިވާ ތާރީޚަކީ
15 ޖޫން 2017 ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017
ދުވަހު ވެފައިވާ "ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި
ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ދަށުން ދޫކޮށްފައިވާ 2,000,000.00ރ. (ދެމިލިއަން
ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ފައިސާ ނަގުދު ފައިސާއިން ހަމައަށް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން
އޮންނަކަމާއި،
ހަތަރުވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750414 ޗެކުކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތާރީޚަކީ 26 ޖޫން 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 7,500,000.00ރ. (ހަތްމިލިއަން ފަސްލައްކަ ރުފިޔާ)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު ވެފައިވާ
"ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 7,500,000.00ރ. (ހަތްމިލިއަން
ފަސްލައްކަ ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި މިފައިސާ 26 ޖޫން 2017 ދުވަހު އަނބުރާ
ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
OX
ފަސްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750416 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 26 ޖޫން 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 9,000,000.00ރ. (ނުވަމިލިއަން ރުފިޔާ) ކަމާއި،
މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 10 އޭޕްރިލް 2017 ދުވަހު ވެފައިވާ "ޙުސައިން
ޢިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ
ގޮތުގެ އެއްބަސްވުން"
އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 9,000,000.00ރ. (ނުވަމިލިއަން ރުފިޔާ)
ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ
ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 26 މެއި 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
OXO
ހަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750415 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 26 ޖޫން 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 6,500,000.00ރ. (ހަމިލިއަން ފަސްލައްކަ ރުފިޔާ)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 22 މެއި 2017 ދުވަޚުމަފާ
ދި
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
17
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
"ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ
6,500,000.00ރ. (ހަމިލިއަން ފަސްލައްކަ
ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ފައިސާ ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 15 ޖޫން 2017 ދުވަހު އަނބުރާ ދެއްކުމަށް
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
OLO
ހަތްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750411 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 10 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 3,000,000.00ރ. (ތިންމިލިއަން ރުފިޔާ) ކަމާއި،
މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 21 ފެބްރުއަރީ 2017 ދުވަހު ވެފައިވާ "ޙުސައިން
ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ
ގޮތުގެ އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ 3,000,000.00ރ (ތިންމިލިއަން ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ
ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް
ލިބިފައިވާކަމާއި، މިފައިސާ 17 މާރިޗު 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން
މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން 17 މާރިޗު 2017 ދުވަހު ޗެކުން މިފައިސާ
ލިބިފައިނުވާތީ ޙުސައިން ޙިލްމީގެ ފަރާތުން މިޗެކު އަތުލުމަށްފަހު އެހެން ޗެކެއް 21 މާރިޗު 2017 ގައި ލިޔުމެއްގައި
ސޮއިކޮށް ދޫކޮށްފައިވާކަން އެނގެން އޮންނަކަމާއި، މިފައިސާ ދޫކުރުމަށްޓަކައި ޙުސައިން ޙިލްމީ 4 ފަހަރެއްގެ މަތިން
ޗެކު ދޫކޮށްފައިވާކަމާއި، ކޮންމެ ޗެކެއްޗެސް ދޫކޮށްފައިވަނީ ކުރިން ދޫކުރި ޗެކު އަނބުރާ ލިބުމުންކަމާއި، ޗެކުތައް
ދޫކޮށްފައިވަނީ ލިޔުމުންކަން އެނގެން އޮންނަކަމާއި،
އަށްވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750412 ޗެކުކަމާއި،
ހިތުގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
18
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތާރީޚަކީ 10 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 5,000,000.00ރ. (ފަސްމިލިއަން ރުފިޔާ) ކަމާއި،
ޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 21 މާރިޗު 2017 ދުވަހު ވެފައިވާ "ޙުސައިން
ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ
ގޮތުގެ އެއްބަސްވުން"ގެ ދަށުން ދޫކޮށްފައިވާ 5,000,000.00ރ (ފަސްމިލިއަން ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ
ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް
ލިބިފައިވާކަމާއި، މިފައިސާ 10 އޭޕްރިލް 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން
މިއެއްބަސްވުމަށް
ވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
ނުވަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750413 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 10 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ
2,000,000.00ރ. (ދެމިލިއަން ރުފިޔާ) ކަމާއި، މިޗެކަކީ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 05 މާރިޗު 2017 ދުވަހު ވެފައިވާ "ޙުސައިން ޙިލްމީ
އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ
އެއްބަސްވުން"ގެ ދަށުން ދޫކޮށްފައިވާ 2,000,000.00ރ. (ދެމިލިއަން ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ
ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް
ލިބިފައިވާކަމާއި، މިފައިސާ 21 މާރިޗު 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން
މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި، މިފައިސާ އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ ދުވަހު ފައިސާ
ނުލިބުމުން މިފައިސާ ދެއްކުމަށްޓަކައި ކުރިން ދިން ޗެކު އަތުލުމަށްފަހު އަލުން ޗެކެއް ދޫކޮށްފައިވާކަން 18 ޖޫން
2017 ދުވަހު ޙުސައިން ޙިލްމީ ސޮއިކޮށްފައިވާ ލިޔުމަށް ބެލުމުން އެނގޭކަމާއި،
ދިހަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750419 8ކުކަމާއި، ކުޑައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
19
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
21
ތާރީޚަކީ 13 ސެޕްޓެމްބަރ 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 5,500,000.00ރ. (ފަސްމިލިއަން ފަސްލައްކަ
ރުފިޔާ) ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 15 ޖުލައި 2017 ދުވަހު
ވެފައިވާ "ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ
ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން"ގެ ދަށުން ދޫކޮށްފައިވާ 5,500,000.00ރ. (ފަސްމިލިއަން ފަސްލައްކަ
ރުފިޔާ) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ފައިސާ ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 13 ސެޕްޓެމްބަރ 2017 ދުވަހު އަނބުރާ ދެއްކުމަށް
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
OX
އެގާރަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 0750420 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 03 އޮކްޓޯބަރ 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 1,500,000.00ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 15 ޖުލައި 2017 ދުވަހު ވެފައިވާ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ 1,500,000.00ރ. (އެއްމިލިއަން ފަސްލައްކަ ރުފިޔާ)
ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ
ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 03 އޮކްޓޯބަރ 2017 ދުވަހު އަނބުރާ ދެއްކުމަށް
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
ބާރަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385028 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 15 ޖޫން 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ 176,000.00$US (އެއްލައްކަ ހަތްދިހަ ހަހާސް އެމެރިކާ
ޑޮލަރު) ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު އެތެރޭގައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
20
2019/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ 176,000.00$US (އެއްލައްކަ ހަތްދިހަ ހަހާސް އެމެރިކާ ޑޮލަރު)
ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، މިޗެކު ދޫކުރެވިފައިވަނީ އިސްމާޢީލް ޝުޖާޢުގެ އަތުން ހުސައިން ޙިލްމީ
ނަގާފައިވާ USD40,000، އާއި USD40,000.00 އާއި USD40,000.00 އާއި USD28,000.00 އާއި
USD28,000 ދެއްކުމަށް ދޫކޮށްފައިވާ ޗެކުތަކުގެ ބަދަލުގައި ދީފައިވާ ޗެކެއްކަން އެނގޭކަމާއި،
90
OLO
ތޭރަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385022 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 26 ޖޫން 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ USD245,633.00 (ދެލައްކަ ސާޅީސް ފަސްހާސް
ހަސަތޭކަ ތިރީސް ތިން އެމެރިކާ ޑޮލަރު) ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު
08 ޖަނަވަރީ 2017 ދުވަހު ވެފައިވާ "ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ
ދެވުނު ގޮތާއި އަދި ފައިސާ ދައްކާ ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ USD285,633.00
(ދެލައްކަ އަށްޑިހަފަސްހާސް ހަސަތޭކަ ތިރީސްއިން އެމެރިކާ ޑޮލަރު) ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި،
އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި،
މިފައިސާ ދެއްކުމަށްޓަކައި ދެގޮތަށް އެއްބަސްވެފައިވާ ކަމާއި، އެއީ ފުރަތަމަ USD40,000.00 (ސާޅީސް ހާސް
އެމެރިކާ ޑޮލަރު) 12 ޖަނަވަރީ 2017 ގައި ދެއްކުމަށާއި USD245,633.00 (ދެލައްކަ ސާޅީސް ފަސްހާސް
ހަސަތޭކަ ތިރީސް ތިން އެމެރިކާ ޑޮލަރު) 23 ޖަނަވަރީ 2017 ގައި ދެއްކުމަށްކަމާއި، އެއްބަސްވުމާއި އެއްގޮތަށް
ފަހުން ބަޔާންކުރެވުނު ފައިސާ ދެއްކުމަށް އަލުން 12 ޖޫން 2017 ގައި މިއަދަދަށް ޗެކެއްދޫކޮށްފައިވާކަން އެނގެން
އޮންނަކަމާއި، މިޗެކު ދޫކޮށްފައިވަނީ ކުރިން ދިން ޗެކު އަނބުރާ ލިބުމުންކަން އެނގޭކަމާއި،
ސާދަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385026 ޗެކުކަމާއި، ވަނުގައިވާ
ތާރީޚަކީ 15 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ USD400,000.00 (ހަތަރުލައްކަ އެމެރިކާ
8
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
21
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު ސޮއިކޮށްފައިވާ
އެއްބަސްވުމުގެ ދަށުން ދޫކޮށްފައިވާ ޗެކެއްކަމާއި، މިޗެކް ދޫކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ދޫކޮށްފައިވާ
ޗެކަށް ފައިސާ ނުލިބިގެން އެޗެކްގެ ބަދަލުގައިކަމަށް ބަޔާންކޮށްފައިވާކަމާއި،
ފަނަރަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385027 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 15 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 12 ޖޫން 2017 ދުވަހު ވެފައިވާ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން" ގެ ދަށުން ދޫކޮށްފައިވާ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފައިސާ
ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 15 ޖުލައި 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
ސޯޅަވަނަ ޗެކަކީ ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385029 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 30 ޖުލައި 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 15 ޖުލައި 2017 ދުވަހު ވެފައިވާ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާސްކުރާ ގޮތުގެ އެއްބަސްވުން"ގެ ދަށުން ދޫކޮށްފައިވާ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ދެއްކުމަށްޓަކައި ދީފައިވާ ޗެކެއްކަމާއި، އެއްބަސްވުމުގައި ސޮއިކުރި އިރު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ޗައިނާއިޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
059ހ2
22
2019/HC-A/640
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 30 ޖުލައި 2017 ދުވަހު އަނބުރާ ދެއްކުމަށް އެއްބަސްވާކަމަށް
ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
ސަތާރަވަނަ ޗެކަކީ ކާސްޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި ސްޓޭޓް ބޭންކް އޮފް
އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުގެ ނަންބަރު 1385030 ޗެކުކަމާއި، ޗެކުގައިވާ
ތާރީޚަކީ 15 އޮގަސްޓް 2017 ކަމާއި، ޗެކުގައިވާ ޢަދަދަކީ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ކަމާއި، މިޗެކަކީ ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު 15 ޖުލައި 2017 ދުވަހު ވެފައިވާ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނު ގޮތާއި އަދި ފައިސާ ދައްކާ
ޚަލާޞްކުރާ ގޮތުގެ އެއްބަސްވުން"ގެ ދަށުން ދޫކޮށްފައިވާ USD40,000.00 (ސާޅީސްހާސް އެމެރިކާ ޑޮލަރު)
ނަގުދު ފައިސާ ހަމައަށް ލިބިފައިވާކަމާއި، މިފައިސާ 15 އޮގަސްޓް 2017 ދުވަހު އަނބުރާ ދެއްކުމަށް
އެއްބަސްވާކަމަށް ބަޔާންކޮށްފައިވާކަން މިއެއްބަސްވުމަށް ބެލުމުން އެނގެން އޮންނަކަމާއި،
04 ތތ
24
އިސްވެ އިޝާރާތްކުރެވިފައިވާ 17 (ސަތާރަ) ޗެކަކީ، ޙުސައިން ޙިލްމީ، އިސްމާޢީލް ޝުޖާޢުގެ އަތުން
އެކިދުވަސްމަތިން ނަގާފައިވާ ފައިސާ ދެއްކުމަށް ދޫކޮށްފައިވާ ޗެކުތަކެއްކަން އިޝާރާތްކުރެވުނު އެއްބަސްވުންތަކަށް
ބެލުމުން އެނގެން އޮންނަކަމާއި، މިއެއްބަސްވުންތަކުގައި ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުގެ އަތުން ނަގާފައިވާ
ފައިސާގެ ޢަދަދާއި ޗެކުތަކުގައިވާ ފައިސާގެ ޢަދަދާއި ދިމާވާކަން މިއެއްބަސްވުންތަކަށް ބެލުމުން އެނގެން
އޮންނަކަމާއި، އެއްބަސްވުންތަކުގައި ސޮއިކުރެވުނުއިރު ޙުސައިން ޙިލްމީއަށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ
ފައިސާ ނަގުދު ފައިސާއިން ހަމައަށް ލިބިފައިވާކަމާއި، އަދި މިއިން ކޮންމެ އެއްބަސްވުމެއްގައި ޙުސައިން ޙިލްމީއާއި
އިސްމާޢީލް ޝުޖާޢު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮންނައިރު، މިއީ ދެފަރާތުން ވެފައިވާ
އެއްބަސްވުންތަކެއްކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، އިޝާރާތްކުރެވުނު ސަތާރަ ޗެކަކީވެސް ޙުސައިން
ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢު އަތުން ނަގާފައިވާ ފައިސާ އަދާކުރުމުގެ ގޮތުން ދީފައިވާ އެތަކެއްކަން
2 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
23
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުސައިން ޙިލްމީގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އަދި އިޝާރާތްކުރެވުނު 17 (ސަތާރަ) ޗެކުގެ ބަދަލުގައި
ފަހުން ޙުސައިން ޙިލްމީ ސޮއިކޮށް ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު (އުނިކުރެވިފައި)
އެކައުންޓް ނަންބަރު 1385035 ޗެކުން USD2,000,000.00 (ދެމިލިއަން އެމެރިކާ ޑޮލަރު) އާއި ނަންބަރު
1385034 ޗެކުން USD1,000,000.00 (އެއްމިލިއަން އެމެރިކާ ޑޮލަރު) އާއި ނަންބަރު 1385038 ޗެކުން
USD726,977.00 (ހަތްލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) ދޫކޮށްފައިވާއިރު،
އިސްމާޢީލް ޝުޖާޢުގެ ފަރާތުން މިމައްސަލާގައި ހޯދުމަށް އެދިފައިވަނީ އިސްވެ ދެންނެވިފައިވާ އެކައުންޓުތަކުގައި
ފައިސާ ނެތުމުގެ ސަބަބުން ފައިސާ ނުލިބި ރިޓާރންވެފައިވާތީ، މިދެންނެވި 03 (ތިނެއް) ޗެކުގެ ޖުމްލަ
US
$
3,726,977.00 (ތިން މިލިއަން ހަތްތަލައްކަ ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު)
ކަން މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެ އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޘާބިތުކުރުމުގެ ބުރަ
(onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، މިމާނައިގައި ދަޢުވާކުރާ ފަރާތަކީ
ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތްނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ
ދިފާޢީ ދަޢުވަ ޘާބިތުކުރުމަކީ އެފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއްޚަޞްމު އަނެއް
ޚަޞްމު ކުރިމަތިކުރާ "ދަފްޢު" (plea) ޘާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ "ދަފްޢުއެއް" ކުރާ
ފަރާތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއި،
497
މިގޮތުން ބަލާއިރު، މަދަނީ މައްސަލަތަކުގައި ވަކި ޙަޤީޤަތެއް މަދަނީ މިންގަޑަށް ސާބިތުކޮށްދިނުމުގެ
ބުރައަކީ އެއީ ދަޢުވާކުރާ ފަރާތްކަމަށްވިޔަސް، ނޫނީ ދަޢުވާ ލިބޭ ފަރާތްކަމަށްވިޔަސް އެޙަޤީޤަތެއް އޮތްކަމަށް ނުވަތަ
އެޙަޤީޤަތެއް ނެތްކަމަށް ބުނެ ހުށަހަޅާ ފަރާތެއްގެ ކިބައިގައި އޮތް ޒިންމާއެއްކަމާއި، ދަޢުވާކުރާ ފަރާތުންވިޔަސް
ދަޢުވާލިބޭ ފަރާތުންވިޔަސް ވަކި ޙަޤީޤަތެއް ވުޖޫދުގައި ވާކަމަށް ބުނުމާއެކު، އެކަމުގެ ހެކި
އުޓައެދުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
24
2019/HC-A/64{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުޅެދިއްޖެނަމަ، އެޙަޤީޤަތެއް ވުޖޫދުގައި ވާކަމަށްބުނެ ކުރިމަތިކުރާ ސުވާލު ކުރިމަތި ނުކުރެވޭނެކަމާއި، ކޮންމެ
މައްސަލައެއްވެސް ފައިޞަލާކުރެވޭނީ ދަޢުވާގައި ހިމެނޭ ފަރާތްތަކުން އުފުލަންޖެހޭ ބުރައެއް އެބުރައެއް އުފުލަންޖެހޭ
މިންވަރަށް (standard of proof) އުފުލުމުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 57/HC
-
A/2017
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުންތަކުގައި ޙުސައިން
ޙިލްމީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބިރުދައްކާގެން ޙުސައިން ޙިލްމީގެ މައްޗަށް
ނުފޫޒު ފޯރުވާގެންކަމާއި، އެއެއްބަސްވުންތަކުގައިވާ ފައިސާއަކީ ޙުސައިން ޙިލްމީއަށް ލިބިފައިވާ ފައިސާއެއްނޫންކަމާއި،
ޙުސައިން ޙިލްމީ އިސްމާޢީލް ޝުޖާޢުގެ އަތުން ދަރަންޏަށް ނަގާފައިވަނީ 7,250,000.00ރ. (ހަތްމިލިޔަން ދެލައްކަ
ފަންސާސްހާސް ރުފިޔާ) އެކަނި ކަމާއި، މިފައިސާގެ އިތުރުން އެއްވެސް ފައިސާއެއް ނަގާފައިނުވާނެކަމާއި،
އެއްބަސްވުންތައް ހަދާފައިވަނީ ބިރުދައްކައިގެންކަމާއި، ބިރުދައްކައިގެން ޙުސައިން ޙިލްމީ ލައްވައި އިސްމާޢީލް
ޝުޖާޢުގެ ފަރާތުން އެއްބަސްވުންތަކެއްގައި ސޮއިކުރުވާފައިވާތީ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ހުށަހަޅާފައިވާނެކަމަށް ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވާއިރު،
2016 ވަނަ އަހަރު ފަހުކޮޅު ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢު ހިންގާފައިވާ މުޢާމަލާތުގައި
ރިބާ އެކުލެވިގެންވާކަމަށް ފެންނާތީ، މައްސަލާގައި ޖިނާއީ ދަޢުވާއެއްކުރުމުގެ މަސްލަޙަތެއް އޮތްކަމަށް ނުފެންނާތީ،
މިމައްސަލައަކީ ބަދަލުލިބޭ ފަރާތަށް ސިވިލް ކޯޓުން ބަދަލު ހޯދުމުގެ ފުރުޞަތު އޮތް މައްސަލައެއްކަމަށް ފެންނާތީ
މިމައްސަލަ ޙުސައިން ޙިލްމީގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަނބުރާ ފޮނުވާލާފައިވާކަން
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 2015
/
1487/A1
/
INDIV-196 (09 ޖޫން 2019) ދުވަހު
ޙުސައިން ޙިލްމީއަށް ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގެން އޮންނައިރު، ޙުސައިން ޙިލްމީގެ ފަރާތުން 30
ޑިސެމްބަރ 2018 ދުވަހު އިސްމާޢީލް ޝުޖާޢުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ
އެހެނިހެން ގޮތްގޮތުން ބިރުދެއްކުމުގެ މައްސަލާގައި އިސްމާޢީލް ޝުޖާޢުގެ މައްޗަށް ބާރުލިބޭ އެއްވެސް ހެއްކެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
25
2!319/HC-A/640
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިބިފައިނުވާތީ މިމައްސަލަ ފައިލް ކުރެވިފައިވާކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު LC2018
/
14727
(20 ޖަނަވަރީ 2019) މައްސަލަ ނިމުނު ގޮތުގެ ލިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި،
މިގޮތުން ޙުސައިން ޙިލްމީގެ ފަރާތުން މިމައްސަލާގައި ހިމެނޭ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ
އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބިރުދައްކައިގެންކަމަށް ބުނެފައިވާއިރު، އެފަދަ އެއްވެސް މައްސަލައެއް ކަމާބެހޭ
އެއްވެސް ފަރާތަކަށް ޙުސައިން ޙިލްމީގެ ފަރާތުން ހުށަހަޅާފައިނުވާކަން، އިސްވެ އިޝާރާތްކުރެވުނު މޯލްޑިވްސް
ޕޮލިސް ސަރވިސް އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސިޓީއަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން
ޙުސައިން ޙިލްމީ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގައިކަން އެނގޭ އިރު، މިވޭތުވެދިޔަ
އަހަރު ތަކުގެ ތެރޭގައި މިފަދަ އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާކަމާއި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން
މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ 24 ފެބްރުއަރީ 2019 ގައިކަން އެނގޭއިރު، ޙުސައިން ޙިލްމީގެ ފަރާތުން
މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މައްސަލަ ހުށަހަޅާފައިވަނީ 22 މެއި 2019 ގައި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ "މައުލޫމާތު ރަޖިސްޓްރީ ކުރި ލިޔުން"އަށް ބެލުމުން އެނގެން އޮތުމުން، ޙުސައިން ޙިލްމީ
އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިރުދައްކައިގެން ނުފޫޒު ފޯރުވާގެންކަމަށްބުނެ މައްސަލަ މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ހުށަހަޅާފައިވަނީ މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުނު ފަހުންކަމާއި، އޭގެ ކުރިން މިފަދަ އެއްވެސް
ވާހަކައެއް ޙުސައިން ޙިލްމީގެ ފަރާތުން ދައްކާފައިނުވާކަން އެނގެން އޮންނަކަމާއި، އިސްތިއުނާފުކުރެވިފައިވާ
މައްސަލައިގައި ހުށަހެޅިފައިވާ އެއްބަސްވުންތަކުގައި ދެފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން
އޮންނަކަމާއި، އެހެންކަމުން، މިއެއްބަސްވުންތަކުގައި ޙުސައިން ޙިލްމީ ސޮއިކޮށްފައިވަނީ އިސްމާޢީލް ޝުޖާޢު އޭނައަށް
ބިރުދައްކައި ނުފޫޒު ފޯރުވާގެންކަމަށް ޙުސައިން އިލްމީގެ ފަރާތުން މިހާރު ބުނާއިރު، އެކަން ސާބިތުކޮށްދިނުމަކީ
ޙުސައިން ޙިލްމީގެ ފަރާތުން އުފުލަންޖެހޭ ވީހިނދު، ޙުސައިން ޙިލްމީގެ ފަރާތުން މިކަން
ސާބިތުކޮށްދިނުމުގެ ގޮތުން އޭނާ ބުނާބުނުން ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަން އެނގެން
9 ވ 02 ދ ތ
ޓްރޭއެއްކަމަށް
0x ދ ތ 44
އނކމވެ"
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
219/HC-A/40
"ދިވެހިން124 24
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފުކުރެވިމިވާ މައްސަލައިގައި، ސިވިލް ކޯޓުން އިސްމާޢީލް
ޝުޖާޢުއަށް ނަގާދީފައިވަނީ 7,250,000.00ރ. (ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ) ކަމާއި، މިފައިސާ
ނަގާދީފައިވަނީ ޙުސައިން ޙިލްމީގެ އިޢުތިރާފުންކަން މިޙުކުމަށް ބެލުމުން އެނގެން އޮންނަކަމާއި، މިކަމުގެ މައްޗަށް
ބަލާއިރު، އިސްމާޢީލް ޝުޖާޢުގެ އަތުން ޙުސައިން ޙިލްމީ ދަރަނީގެ ގޮތުގައި ނަގާފައިވަނީ ޖުމްލަ
1,250,000.00ރ. (ހަތްމިލިޔަން ދެލައްކަ ފަންސާސްހާސް ރުފިޔާ)ކަމާއި، މިފައިސާ ޙުސައިން ޙިލްމީއަށް
އިސްމާޢީލް ޝުޖާޢު ދީފައިވަނީ 24 އޭޕްރިލް 2016 ގައި އިސްމާޢީލް ޝުޖާޢުގެ ނަމުގައި ބޭންކް އޮފް
މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުން 000104 ޗެކުން ފައިސާ ނެގުމަށްފަހުކަމަށް
ޙުސައިން ޙިލްމީގެ ފަރާތުން ބުނެފައިވާކަމާއި، އަދި މިފައިސާ ޙުސައިން ޙިލްމީއަށް ދިނުމަށްފަހު އެފައިސާއަށް
އިންޓްރެސްޓް އިތުރުކުރުމަށްފަހު ފައިސާ ދެއްކުމަށް ޙުސައިން ޙިލްމީއަށް އަންގައި އެއްބަސްވުމެއްގައި
ސޮއިކޮށްފައިވާނެކަމާއި، އެއީ ޑޮކިއުމަންޓް 20 ގެ ގޮތުގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެއްބަސްވުންކަމަށް
ޙުސައިން ހިލްމީގެ ފަރާތުން 02 ޖޫން 2017 ދުވަހު ސިވިލް ކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން
އޮންނައިރު،
މިފައިސާއަކީ އިސްމާއީލް ޝުޖާޢުގެ ފަރާތުން ކޮށްފައިވާ މިދަޢުވާއާއި އެއްވެސް ގުޅުމެއްނެތް
ފައިސާއެއްކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ހިމެނޭ ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ
ޙުސައިން ޙިލްމީ އާއި އިސްމާޢީލް ޝުޖާޢުއާއި ދެމެދު އެކި ދުވަސްތަކުގެ މަތީން ވެފައިވާ މުޅިން ތަފާތު ދަރަނީގެ
މުޢާމަލާތްތަކެއްކަމާއި، ޙުސައިން ޙިލްމީގެ ފަރާތުން ޑޮކިއުމަންޓް 20 ގެ ގޮތުގައި އިޝާރާތްކޮށްފައިވާ
އެއްބަސްވުމުގައި ހިމެނޭ މުޢާމަލާތަކީ 900000.00ރ. (ނުވަލައްކަ ދިވެހި ރުފިޔާ) އާއި 490,000.00$US
(ހަތަރު ލައްކަ ނުވަދިހަ ހާސް އެމެރިކާ ޑޮލަރު) ދަރަންޏަށް ދޫކުރުންކަމާއި، އެއީ އިސްތިއުނާފުކުރެވިމިވާ
މައްސަލައިގެ ދަޢުވާގައި ބަޔާންކުރާ އެއްބަސްވުންތަކާއި، ޗެކުތަކާއި ވަކިން، މިދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ
ނުހިމެނޭހެން ވެފައިވާ އެހެން މުޢާމަލާތެއްކަން އެއެއްބަސްވުމަށް ބެލުމުންވެސް އެނގެން އޮންނާ
ންނާނެކަމަށް އިސްމާޢީލް
A
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
27
2019/HC-A/640
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝުޖާޢުގެ ފަރާތުން 19 ޖޫން 2017 ދުވަހު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން
އޮންނަކަމާއި،
و مسل کر گرم کر
04 ހ 43
2 ހ2
.އަބސވމއ
އެއްކަމާއި،
މިގޮތުން އިސްވެ އިޝާރާތްކުރެވުނު ޑޮކިއުމަންޓް 20 ގެ ގޮތުގައި ހުށަހަޅާފައިވާ އެއްބަސްވުމަށް
ބަލާއިރު، މިއެއްބަސްވުމަކީ ޙުސައިން ޙިލްމީ އާއި އިސްމާއީލް ޝުޖާޢު އާއި ދެމީހުންގެ މެދުގައި ފައިސާ ދެވުނުގޮތާއި
އަދި ފައިސާ ޚަލާޞްކުރާ
އެއްބަ އާއި، އެއްބަސްވުން ވެފައިވަނީ 24 އޭޕްރިލް 2016 ދުވަހުކަމާއި،
މިއެއްބަސްވުމުގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ޙުސައިން ޙިލްމީއަށް ދީފައިވާ ފައިސާގެ އަދަދަކީ
900,000.00ރ. (ނުވަލައްކަ ދިވެހި ރުފިޔާ) އާއި 490,000.00$US (ހަތަރު ލައްކަ ނުވަދިހަ ހާސް އެމެރިކާ
ޑޮލަރު) ކަމާއި، މިޑޮލަރު ޙުސައިން ޙިލްމީއަށް ދީފައިވަނީ 15.42 ރޭޓުން ނަގުދު ފައިސާއިންކަމާއި، އަދި ޑޮލަރ
ގެ ގޮތުގައި ނެގިފައިވާ އަދަދު ޚަލާޞްކުރަންވާނީ ޑޮލަރުން 15.42 ރޭޓުންކަމަށް އެއްބަސްވުމުގެ 1 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ އިރު، މިއެއްބަސްވުމުގައި ސޮއިކުރާއިރު އެއްބަސްވުމުގެ 1 ނަންބަރުގައިވާ ފައިސާ ހަމައަށް ޙުސައިން
ޙިލްމީއަށް ލިބިފައިވާކަމަށް އެއްބަސްވުމުގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، މިފައިސާ އަދާކުރާނެ ގޮތުގެ
ތާވަލެއް އެއްބަސްވުމުގެ ގެ 2 ވަނަ މާއްދާގައި ވާކަމާއި، މިއެއްބަސްވުމުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވާނީ
ޙުސައިން ޙިލްމީގެ އަސްލު ފިންގަރ ޕްރިންޓާއި ޙުސައިން ޙިލްމީގެ އަސްލު ސޮއިކަމަށް ބަޔާންކޮށްފައިވާއިރު،
މިއެއްބަސްވުމުގައިވާ ފައިސާގެ މުޢާމަލާތް ނިމިފައިވާކަމަށްބުނެ ޙުސައިން ޙިލްމީއާއި އިސްމާޢީލް ޝުޖާޢު ސޮއިކޮށް
އިނގިލީގެ ނިޝާން ޖަހާފައިވާކަން އެނގެން އޮތުމުން، މިމުޢާމަލާތަކީ މިހާރު ނިމިފައިވާ މުޢާމަލާތެއްކަމަށް
ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، އެހެންކަމުން ސިވިލް ކޯޓުގެ ޙުކުމުގައި ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް
ޝުޖާޢުއަށް ދައްކަންޖެހޭކަމަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ 7,250,000.00ރ. (ހަތްމިލިޔަން ދެލައްކަ
ފަންސާސްހާސް ރުފިޔާ) އަކީ ޙުސައިން ޙިލްމީގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދައްކާފައިވާ ފައިސާއެއްކަމުން
މިފައިސާ ދައްކަންޖެހޭކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްނޫންކަމާއި، އިސްމާޢީލް ޝުޖާޢުގެ ފަރާތުން
އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު 2019/Cv-C/866 ޤަޟިއްޔާގައި ހިމެނޭ
ހިރާއްޖޭގެ"
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
28
219/HC-A/640
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިޝާރާތްކުރެވުނު މުޢާމަލާތާއި މުޅިން ތަފާތު އެހެން ދަރަނީގެ މުޢާމަލާތްތަކެއްކަން ދެފަރާތުން ދައްކާފައިވާ
ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ގ.ޗާންދަނީމާގެ | އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނެގުމަށްފަހު
ފައިސާ އަނބުރާ ދެއްކުމަށްޓަކައި ދަޢުވާލިބޭ މއ.ވަހާރި، ޙުސައިން ޙިލްމީ ސޮއިކޮށް ކާސްޓްއަވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު (އުނިކުރެވިފައި) އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 1385035 ޗެކުން
USD2,000,000.00 (ދެމިލިއަން އެމެރިކާ ޑޮލަރު) އާއި ނަންބަރު 1385034 ޗެކުން USD1,000,000.00
(އެއްމިލިއަން އެމެރިކާ ޑޮލަރު) އާއި ނަންބަރު 1385038 ޗެކުން USD726,977.00 (ހަތްލައްކަ ސައްބީސްހާސް
ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އިސްވެ ދެންނެވިފައިވާ އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން
ފައިސާ ނުލިބި ރިޓާރންވެފައިވާތީ، އެކަން ޙުސައިން ޙިލްމީއަށް ލިޔުމުން އަންގާފައިވާކަން އެނގެން އޮންނަކަމާއި،
4 22
8 02
ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު)ގެ 21
ވަނަ މާއްދާގައި "ޗެކް" އަކީ ދޫކުރާ މީހާގެ ފަރާތުން ލިޔެ ސޮއިކޮށް އޭގައި ބަޔާންކުރެވިފައިވާ މީހަކަށް، ނުވަތަ
އޭނާގެ އަމުރަށް، ނުވަތަ އެހިފައިގެންދާ މީހަކަށް، އެހިފައިގެން ދިއުމުން ޝަރުޠަކާނުލައި އޭގައި ކަނޑައެޅިގެންވާ
ޢަދަދުގެ ފައިސާ ދިނުމަށް، ވިޔަފާރިކުރާ ފަރާތަކަށް ލިޔުމަކުން ކުރެވޭ އަމުރެއްކަމަ
ކަމަށް ސާފުބަހުންކަނޑައަޅައި
ބަޔާންކޮށްފައި އޮތުމުން، ޗެކެއްގައި، އެޗެކް ދޫކުރާ ފަރާތުގެ ރުހުމާއި ޤަބޫލުގައި އެޗެކެއްގައި ފައިސާގެ ޢަދަދު
ޖަހައި ސޮއިކޮށް ޤާނޫނީ ގޮތުން ޗެކެއްގައި ފުރިހަމަ ކުރަންޖެހޭ ހުރިހާ ޢުންސުރުތަކެއް ފުރިހަމަ ކުރުމަށްފަހު ޗެކް
ދޫކޮށްފިނަމަ، އެގޮތުގެ މަތިން ޗަކް ދޫކުރާ ފަރާތުން އެޗެކް ދޫކުރަނީ އެޗެކްގައިވާ ފައިސާ، އެޗެކް ދޫކުރެވު.
ފަރާތުން އިތުރު އެއްވެސް ޝަރުތަކާނުލައި ލިބިދިނުމުގެ އިލްތިޒާމު ފުރިހަމައަށް އަދާކުރާނެކަމުގެ ޔަޤީންކަމާއެކުކަން،
ބުނެވުނު ޤާނޫނުގެ 21 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، މިޤާނޫނުގެ 22 ވަނަ މާއްދާގައި އެޤާނޫނުގެ
ޗެޕްޓަރ 3 ގެ ދަށުން ތަންދީމްކޮށްފައިވާ ޗެކާބެހޭ އަޙްކާމުތަކުގައި އެހެން ގޮތަކަށް ބުނެފައިނުވާހާ ހިނދަކު،
މިޤާނޫނުގައި ބިލް އޮފް އެކްސްޗޭންޖާ ގުޅޭގޮތުން ހުރި މާއްދާތައް ޗެކްގެ މައްޗަށްވެސް ހިންގޭނެކަމަށް ކަނޑައަޅައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޤާޔޫ22 22 2ދ ހދ
29
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OXO
ހ2232
ހށްމލަމުން
ބަޔާންކޮށްފައިވާއިރު، އެޤާނޫނުގެ 19 ވަނަ މާއްދާގައި "ބިލް އޮފް އެކްސްޗޭންޖް ދޫކުރާ ފަރާތުން އެބިލެއް ދޫކުރުމުން
އެޔަޤީންކޮށްދެނީ" މިފަދައިން ކަނޑައަޅައި ބަޔާންކުރުމަށްފަހު މިމާއްދާގެ (ހ) ގައި، ފައިސާ ލިބިގަތުމަށް އެދި
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، މިމާއްދާގެ މިއަކުރަކީ، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ އަޙްކާމުތައް
އެޤާނޫނުގައި ބަޔާންކޮށްފައި
ކުށްފައިވާ މާއްދާތަކުގެ މައްޗަށް ތަޠުބީޤު ނުކުރެވޭނެ އަކުރެއްކަމަށް، ބުނެވުނު ޤާނޫނުގެ ޗެކާބެހޭ
އަޙްކާމުތައް ބަޔާންކުރާ މާއްދާތަކުގައި ކަނޑައަޅާފައިނުވާކަން ރަނގަޅަށް އެނގެން އޮތުމުން، އެފަރާތެއްގެ ރުހުމާއި
ޤަބޫލުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ ޝަކުލިއްޔާތު (ފޯމެލިޓީސް) ފުރިހަމަކޮށް، އެއްވެސް ފަރާތަކުން ޗެކެއް
ދޫކޮށްފިނަމަ، އެއްވެސް ޝަރުޠަކާނުލައި އެޗެކްގައި ބަޔާންވެފައިވާ ފައިސާގެ މިންވަރު އެޗެކް ދޫކުރެވުނު ފަރާތަށް
ލިބިދިނުމުގެ ހުރިހާ ޒިންމާއެއް އެޗެކް ދޫކުރި ފަރާތުން އުފުލަންޖެހޭކަން ބުނެވުނު ޤާނޫނުގެ
ބަޔާންކުރެވުނު
މާއްދާތަކަށް ބެލުމުން އެނގެން އޮންނަކަމާއި،
02 20
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 22/SC
-
A/2012 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
އެގާރަވަނަ ނުކުތާއަށް ބަލާއިރު ޗެކް ދޫކުރެވެނީ ޤާނޫނީ ރިކުއަރމެންޓަކަށްޓަކައި ނުވަތަ ޗެކުގައިވާ ޢަދަދަށް ފައިސާ
އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ ހެއްކެއްގެ ގޮތުގައިކަމަށާއި، ޗެކުގައި ބަޔާންވެފައިވާ ތާރީޚުގައި އެޗެކުން ފައިސާ
ލިބެންވާ ފަރާތަށް ޗެކުގައިވާ ޢަދަދަށް ފައިސާ ލިބުން ޙައްޤުވާނެކަމަށާއި، ޗެކެއް ދޫކުރުމުގައި ޗެކް ދޫކުރާ ފަރާތުގެ
މަސްއޫލިއްޔަތަކީ އެޗެކްގައިވާ ޢަދަދަށް އަމިއްލަ އެކައުންޓްގައި އެޢަދަދަށް ފައިސާ ހުރިކަން
ކަށަވަރުކޮށްދިނުންކަމަށާއި، އެކައުންޓުގައި ޗެކްގައި ބުނެފައިވާ ޢަދަދަށް ފައިސާ ނެތުމަކީ ޗެކް ބައުންސްވުންކަމަށާއި،
އަދި ޗެކާ ގުޅިގެން އުފުލަންޖެހޭ ޒިންމާއާ ޚިލާފުވުންކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އުސޫލެއް
ކަނޑައަޅާފައިވާކަން އެނގެން އޮތުމުން، ޤާނޫނީ ގޮތުން ޝަކުރިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ އިޚްތިޔާރުން
ޗެކް ދޫކޮށްފިނަމަ އެޗެކްގައި ފައިސާ ލިބެންވާ ފަރާތްކަމަށް ލިޔެފައިވާ ފަރާތަށް އެޗެކްގައިވާ ފައިސާ ލިބިދިނުމަކީ
ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމާއި މިގޮތުން ޤާނޫނީ ޝަކުރިއްޔާތު ފުރިހަމަކޮށް ދޫކުރެވޭ އެކަކީ
އެޗެކުގައިވާ ފައިސާ، އެޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން ވާޤިޢާއެއް ޤާނޫނީ ގޮތުން ޘާބި
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 332502، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
30
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
ލާޒިމުނުވާގޮތުން އެތަކަކީ އޭގެ ޒާތުގައިވެސް ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ ހަރުދަނާ
ހެއްކެއްކަން ސުޕްރީމް ކޯޓުގެ އިސްވެ އިޝާރާތްކުރެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ މައްދައުންވެސް ރަނގަޅަށް
އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 29/SC
-
A/2013 ޤަޟިއްޔާގައި
ކަނޑައަޅާފައިވާކަން އެނގެން އޮންނަކަމާއި،
4 22
މިގޮތުން، މިއުޞޫލުތައް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައަށް ތަޠުބީޤުކުރާއިރު، ޙުސައިން
ޙިލްމީ އާއި އިސްމާޢިލް ޝުޖާޢުއާއި ދެމެދު ފައިސާގެ މުޢާމަލާތްތަކެއް ހިނގާފައިވާކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ޙުސައިން ޙިލްމީ އެކި ދުވަސްމަތިން
އިސްމާޢީލް ޝުޖާޢުގެ އަތުން ފައިސާ ނަގާފައިވާކަމާއި، މިފައިސާ ޙުސައިން ހިލްމީއާއި ހަވާލުކޮށްފައިވަނީ ނަގުދު
ފައިސާއިންކަމާއި، މިފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެފައިވަނީ ޗެކުންކަން އެނގެން އޮންނަކަމާއި، މިގޮތުން
މިޗެކުތަކަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކާސްޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުވާފައިވާ
ނަންބަރު (އުނިކުރެވިފައި) އެކައުންޓާއި ނަންބަރު (އުނިކުރެވިފައި) އެކައުންޓުން ދޫކޮށްފައިވާ ޗެކުތަކެއްކަމާއި،
މިއެއްބަސްވުންތަކުގައި ސޮއިކޮށްފައިވާނެކަމާއިމެދު ޙުސައިން ޙިލްމީ އިންކާރުކޮށްފައިނުވާކަމާއި، މިއެއްބަސްވުންތަކުގެ
ދަށުން ޙުސައިން ހިލްމީއާއި އިސްމާޢީލް ޝުޖާޢު އާއި ދެމެދު ކުރެވިފައިވާ ފައިސާގެ މުޢާމަލާތްތަކާއި ގުޅިގެން
މިފައިސާތައް އަނބުރާ ދެއްކުމަށް ޙުސައިން ޙިލްމީ އިސް އިޝާރާތްކުރެވިފައިވާ އެކައުންޓްތަކުން 17 ޗެކެއް
ދޫކޮށްފައިވާކަމާއި، މި 17 (ސަތާރަ) ޗެކު ރިޓާރންވުމާއި ގުޅިގެން އެޗެކުތަކުގެ ބަދަލުގައި ޙުސައިން ޙިލްމީ އަލުން
03 ޗެކެއް ދޫކޮށްފައިވާކަމާއި، މިތިން ޗެކް އިސްމާޢީލް ޝުޖާޢުއާއި ހަވާލުކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވުނު
17 ޗެކު ޙުސައިން ޙިލްމީއާއި ހަވާލުކުރުމުންކަން 5 އޮގަސްޓް 2017 ދުވަހުގެ ތާރީޚުޖަހާފައިވާ "ޙުސައިން ޙިލްމީ
އައި.ޑީ.ކާރޑް ނަންބަރު A035307 އިސްމާޢީލް ޝުޖާޢު އައި.ޑީ.ކާރޑް ނަންބަރު A034857 އަތުން ފައިސާ
ނެގުމަށްފަހު ފައިސާ އަނބުރާ ދެއްކުމަށް ދޫކޮށްފައިވާ ޗެކުތައް ބަދަލުކުރި ގޮތުގެ ލިޔުމެވެ" އަށް ބެލުމުން އެނގެން
އޮންނަކަމާއި، މިލިޔުމުގައި ސޮއިކޮށް ފިންގަރ ޕްރިންޓް ޖަހާފައިވަނީ ޙުސައިން ޙިލްމީގެ އަސްލު ފިންގަރ ޕްރިންޓާއި
ސޮއިކަމަށް ހެކިވެ ސޮއިކޮށްފައިވާކަން މިލިޔުމަށް ބެލުމުން އެނގެން އޮންނައިރު، އިޝާރާތްކުރުވެނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
31
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިލިޔުމުގެ ދަށުން ދޫކޮށްފައިވާ ޗެކްތަކަށް ޙުސައިން ޙިލްމީ އިންކާރުކޮށްފައިނުވާކަމާއި، ޙުސައިން ޙިލްމީގެ ފަރާތުން
ބުނެފައިވަނީ ޗެކުތަކުގައާއި މިމައްސަލައިގައި ހިމެނޭ އެއްބަސްވުންތަކުގައި އޭނާ ސޮއިކޮށްފައިވަނީ އިސްމާޢީލް
ޝުޖާޢުގެ ފަރާތުން ބިރު ދެއްކުމުންކަމާއި، އެހެންނަމަވެސް، އިސްމާޢީލް ޝުޖާޢުގެ ފަރާތުން ބިރު ދެއްކުމަށް
ކޮށްފައިވަނީ ކޮންކަމެއްކަމެއް ހުސައިން ޙިލްމީއަށް ބުނެދެވިފައިނުވާއިރު، ޙުސައިން ހިލްމީގެ ފަރާތުން އެބުނާ ބުނުން
ފިޔަވައި އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާކަމާއި،
· · 3
.
4
މިގޮތުން އިސްވެ އިޝާރާތްކުރެވުނު 15 އޮގަސްޓް 2017 ގައި ސޮއިކޮށްފައިވާ ލިޔުމުގެ ދަށުން
30 ނޮވެމްބަރ 2017 ދުވަހު ޙުސައިން ޙިލްމީ، އިސްމާޢީލް ޝުޖާޢުއަށް ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް
އިންޑިއާގެ ނަންބަރު 1385034 ޗެކަށްވާ USD2,000,000.00 (ދެމިލިއަން އެމެރިކާ ޑޮލަރު) އެކައުންޓުގައި
ފައިސާ ނެތުމުގެ ސަބަބުން 07 ޑިސެމްބަރ 2017 ވަނަ ދުވަހު ރިޓަރންވެފައިވާކަމާއި، 31 ޑިސެމްބަރ 2017
ޙުސައިން ޙިލްމީ، އިސްމާޢީލް ޝުޖާޢުއަށް ދީފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 1385035 ޗެކަށްވާ
USD1,000,000.00 (އެއްމިލިއަން އެމެރިކާ ޑޮލަރު) އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން 11 ޖަނަވަރީ
2018 ދުވަހު ރިޓަރންވެފައިވާކަމާއި، 31 ޖަނަވަރީ 2018 ދުވަހު ޙުސައިން ޙިލްމީ، އިސްމާޢީލް ޝުޖާޢުއަށް
ދޫކޮށްފައިވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ނަންބަރު 1385038 ޗެކަށްވާ USD726,977.00 (ހަތްލައްކަ
ސައްބީސް ހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އެކައުންޓުގައި ފައިސާ ނެތުމުގެ ސަބަބުން 05
ފެބްރުއަރީ 2018 ދުވަހު ރިޓަރންވެފައިވާތީ، މިކަން ލިޔުމުން ޙުސައިން ޙިލްމީއަށް އަންގާފައިވާކަމާއި، އަދި
މިއެންގުންތައް އެންގިތާ 7 (ހަތެއް) ދުވަހުގެ ތެރޭގައި ޗެކުގައިވާ ފައިސާ އަދާކޮށްފައިނުވާނަމަ ޗެކް ބައުންސްވި
މައްސަލައިގައި ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާނެކަމަށް
އަންގާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން ޤާނޫނީ ގޮތުން ޝަކުރިއްޔާތު ފުރިހަމަކޮށް މީހެއްގެ އަމިއްލަ
އިޚްތިޔާރުން ޗެކް ދޫކޮށްފިނަމަ އެޗެކްގައި ފައިސާ ލިބެންވާ ފަރާތްކަމަށް ލިޔެފައިވާ ފަރާތަށް އެޗެކްގައިޕާމްޕެއްގެ އި
ލިބިދިނުމަކީ ޗެކް ދޫކުރި ފަރާތުގެ ޤާނޫނީ މަސްއޫލިއްޔަތެއްކަމާއި މިގޮތުން ޤާނޫނީ ޝަކުރިއްޔާތު ފުރީދު
ދޫކުރެވޭ ޗެކަކީ، އެޗެކްގައިވާ ފައިސާ، އެޗެކް ދޫކުރެވޭ ފަރާތަށް ލިބުމަށްޓަކައި އިތުރު އެހެން
SO
de
ދީ 2 ޓާރމް
,އ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
32
219/HC-A/40
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގޮތުން ޘާބިތުވުން ލާޒިމުނުވާގޮތުން އެޗަކަކީ އޭގެ ޒާތުގައިވެސް ޗެކުގައިވާ ޢަދަދަށް ފައިސާ އަދާކުރުން ކަށަވަރުކޮށްދޭ
ހަރުދަނާ ހެއްކެއްކަމުން އިސްވެ އިޝާރާތްކުރެވުނު 03 (ތިނެއް) ޗެކުގައިވާ ފައިސާއަކީ ޙުސައިން ޙިލްމީ އާއި
ކާސްޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް ދޭންޖެހޭ ފައިސާކަން މަދަނީ
މިންގަނޑުން ޝަރީޢަތަށް ޘާބިތުވާކަން އެނގެން އޮންނަކަމެވެ.
00x4
ہو کر فری
0202
9އށް ތނގނ،
0
<< O
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން ހުރުމުން، މިމައްސަލާގައި އަހުރެމެން
(އިސްފަނޑިޔާރު ޝުޖާޢު ޢުޘްމާން އާއި ފަނޑިޔާރު މުޙައްމަދު ފައިޞަލް) ގެ ރައުޔަކީ ސިވިލް ކޯޓުގެ ނަންބަރު
2019/Cv
-
C/866 ޤަޟިއްޔާ އިސްމާޢީލް ޝުޖާޢުގެ ފަރާތުން އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ
އެޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށެވެ.
(ޅ) ހަވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2019/Cv
-
C/866
ޤަޟިއްޔާ އިސްތިއުނާފް
ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާއާއި ގުޅިގެން ޚާއްސަ ޙާލަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތްތައް ދުރުން ކުރިއަށްގެންދާނެ ގޮތުގެ އުޞޫލުގެ 3 ވަނަ ނަންބަރުގައި (ށ) ގައިވާ ގޮތުގެ މަތިން
Microsoft Teams (މައިކޮރޮސްފްޓް ޓީމްސް) މެދުވެރިކޮށް ބޭއްވުމަށް ތާވަލް ކުރެވުނު ޙުކުމްކުރުމުގެ މަޖިލީހަށް
ޙާޟިރުވުމަށް މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ މއ.ވަހާރި، ޙުސައިން ޙިލްމީ އަދި ކާސްޓްއަވޭ މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބަދަލުގައި ކޯޓަށް ޙާޟިރުވުމަށް އައްޔަންކޮށްފައިވާ އެޑްވޮކަސީ ޗެމްބަރސް
އެލް.އެލް.އެޕީ ލޯފާރމްގެ ފަރާތުން އައްޔަންކޮށްފައިވާ ޏ.ފުވައްމުލަކު، ސިތާނާ | ޙަސަން ފަލާޙް އަށް އަންގާ
ފޮނުވުނު މިކޯޓުގެ ނަންބަރު 2020
/
1606/B6
/
CHT-95 (08 ޖޫން 2020) އާއި
2020
/
1607/B6
/
CHT-95 (08 ޖޫން 2020) "ކޯޓަށް ހާޟިރުވުމުގެ އަމުރު" އާއި ޙަސަން ފަލާޙްގެ ފަރާތުން
ޙަވާލުވެ މަޤުބޫލު އުޒުރެއްނެތި އެއަމުރުގައިވާ ތާރީޚާއި ގަޑިއަށް މިކޯޓުން ދުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ
ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުވެފައިނުވާތީ މިމައްސަލައިގައި ޙުކުމްކުރެވިފައިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ
ﷲ 2 ބ 2
ނަންބަދޫ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
33
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{19/HC-A/4:3
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2019/Cv
-
C/866 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ
އިއްތިފާޤުން ބާޠިލުވެއްޖެކަމަށް ކަނޑައަޅައި، ޙުސައިން ޙިލްމީގެ ފަރާތުން 30 ނޮވެމްބަރ 2017 ގައި ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކޮ އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި)
އެކައުންޓުން އިސްމާޢީލް ޝުޖާޢުގެ ނަމުގައި ދޫކޮށްފައިވާ 1385034 ޗެކަށްވާ USD2,000,000.00 (ދެމިލިއަން
އެމެރިކާ ޑޮލަރު) އާއި 31 ޑިސެމްބަރ 2017 ގައި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް
ބޭންކު އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި) އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 1385035
ޗެކަށްވާ USD1,000,000.00 (އެއްމިލިއަން އެމެރިކާ ޑޮލަރު) އާއި 31 ޖަނަވަރީ 2018 ދުވަހު ކާސްޓްއަވޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސްޓޭޓް ބޭންކު އޮފް އިންޑިއާގައި ހުޅުވާފައިވާ ނަންބަރު (އުނިކުރެވިފައި)
އެކައުންޓުން ދޫކޮށްފައިވާ ނަންބަރު 1385038 ޗެކަށްވާ USD726,977.00 (ހަތްލައްކަ ސައްބީސް ހާސް
ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އާއި އެކު ޖުމްލަ 3,726,977.00$US (ތިން މިލިއަން ހަތްތަލައްކަ
ސައްބީސްހާސް ނުވަސަތޭކަ ހަތްދިހަ ހަތް އެމެރިކާ ޑޮލަރު) އަކީ އިސްމާއީލް ޝުޖާޢުއަށް ލިބެންޖެހޭ ފައިސާއެއްކަމަށް
ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މިފައިސާ އިސްމާއީލް ޝުޖާޢުއަށް
ލިބިދިނުމުގެ ގޮތުން މިއަދު (15 ޖޫން 2020) އިން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭ ފައިސާ އެމަހަކު ސިވިލް
ކޯޓަށް ދައްކަމުން ގޮސް މީލާދީ 06 (ހައެއް) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކާ ޚަލާޞްކުރުމަށް މއ.ވަހާރި
! ޙުސައިން ޙިލްމީ އާއި ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާ، މއ.ވަހާރި ! ޙުސައިން ޙިލްމީ އާއި
ކާސްޓްއަވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ޣައިރު ޙާޟިރުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި
ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ޙުކުމްކޮށްފީމެވެ.
04 0 0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv