ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/145 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/145
ޤަޟިއްޔާ ނިމުނު
އޭގެ ޚުލާޞާ
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 145/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތް:
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް
އެޑްރެސް: މއ.
ޗަންޕާސްޓަރ/ މާލެ
ރެޖިސްޓްރޭޝަން ނަންބަރު: 41
/
2006-C
މިހާރުގެ އެޑްރެސް: ބ. ތުނިޔަ މާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދާއިމީ އެޑްރެސް: އެޗް.
އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
*
ރެޖިސްޓްރޭޝަން ނަންބަރު: 793
/
2008-C
މިހާރުގެ އެޑްރެސް: އެޗް.
އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
• ރަޖިސްޓްރީ ކު ކުރެވުނު ތާރީޚް: 28 މާރިޗް 2016
، ނިމުނު ތާރީޚް: 20 ޖުލައި 2016
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ:
ނަންބަރު، 2013/HMC/308
ނިންމި ކޯޓް: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: އެގްރިމެންޓާއި ޚިލާފުވުން
ހުށަހެޅި ތާރީޚް: 23 ޖޫން 2013
= ނިމުނު ތާރީޚް: 24 ޑިސެންބަރު 2015
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު
ގޮތުގެ ޚުލާޞާ
2{016/HC-A/145
•ދަޢުވާގެ ޚުލާޞާ
މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެމައްސަލަ އިސްތިއުނާފު
ކުރުމަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
##
2
4
2
4
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާ އެކޯޓުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ކުއްޔަށް
2- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެ މައްސަލައަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 10 އޮކްޓޯބަރު 2010 ވަނަ ދުވަހު ސޮއިކުރި ނަންބަރު
10
/
139/HDC
/
LDL އެއްބަސްވުމުގެ ދަށުން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ
ނަންބަރު 05-M1 ސިނާޢީ ބިމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ، 13
ޖޫން 2013 ވަނަ ދުވަހާއި ހަމައަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުން ހައުސިންގ ޑިވެ
ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހި ނުދެއްކިވާ 107.616.66ރ (އެއްލައްކަ ހަތްހާސް ހަސަތޭކަ ސޯޅަ
ރުފިޔާ ފަސްދޮޅަސް ހަ ލާރި) ލިބިގަތުމަށާއި، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް
ސިނާޢީ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޙަވާލުކޮށްފައި ނުވާތީ، ސިނާޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
jb
3
23
2016/HC-A/145
ޤަޟިއްޔާ ނިމުނު
ޕޮލިސް
Oor Ox
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި ޙަވާލުކުރާ ދުވަހާއި ހަމައަށް އެއްބަސްވުމުގެ 07 ވަނަ
މާއްދާގައިވާ ގޮތުގެ މަތިން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ކުލި ލިބިގަތުމަށާއި،
އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ލިބިގަތުމަށާއި،
އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން ސިނާޢީ ބިމުގައި ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތާ
ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ އެފައިސާ އެޚިދުމަތްދިން ފަރާތަށް
ލިބިދިނުމަށާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ށ) ގެދަށުން ފޯނާއި ފެކްސް ފަދަ ޚިދުމަތްތަކަށް
ދައްކަންޖެހޭ ފައިސާއެއް ނުދައްކާވާނަމަ އެފައިސާ އެޚިދުމަތްދިން ފަރާތަކަށް ލިބިދިނުމަށާއި، އެއްބަސްވުމުގެ
20 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިނާޢީ ބިމާ ޙަވާލުވުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލީމިޓެޑުގެ ފަރާތުން ދަޢުވާ ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްއެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި އެޓޯލް
ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 10 އޮކްޓޯބަރު 2010 ވަނަ ދުވަހު ސޮއިކުރެވުނު ނަންބަރު
10
/
139/HDC
/
LDL އެއްބަސްވުމުގެ ދަށުން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ
ނަންބަރު 05-M1 ސިނާޢީ ބިމަށް އެއްބަސްވުމުގެ 07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 13
ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ 613,238.05ށ
(ހަލައްކަ ތޭރަހާސް ދުއިސައްތަ ތިރީސްއަށް ރުފިޔާ ފަސް ލާރި) އާއި މަހު މަހުން މަހަށް ދައްކަންޖެހޭ ކުލި
ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖޫރިމަނާގެ ގޮތުގައި
އަރާފައިވާ 159,486.61ރ (އެއްލައްކަ ފަންސާސްނުވަހާސް ހަތަރުސަތޭކަ އަށްޑިހަހަ ރުފިޔާ ފަސްދޮޅަސްއެއް
ލާރި) އާއެކު ޖުމްލަ 772,724.66ރ (ހަތްލައްކަ ހަތްދިހަދެހާސް ހަތްސަތޭކަ ސައުވީސް ރުފިޔާ
ފަސްދޮޅަސްހަ ލާރި) އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް
ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ އިޢުތިރާފުންނާއި،
މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2{16/HC-A/145
ޤަޟިއްޔާ ނިމުނު
ޛުގލު
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 13 ޑިސެންބަރު 2015 ދުވަހުގެ ނިޔަލަށް
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް 772,724.66ރ (ހަތްލައްކަ ހަތްދިހަދެހާސް ހަތްސަތޭކަ
ސައުވީސް ރުފިޔާ ފަސްދޮޅަސްހަ ލާރި) އާއި ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ހުޅުމާލެ
ނަންބަރު 05-M1 ސިނާޢީ ބިމަށް ދައްކަންޖެހޭ ކުއްޔާއި އަރަމުންދާ ޖޫރިމަނާ ފައިސާ ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އަދާކޮށްދިނުމުގެ ގޮތުން މިއަދު (24 ޑިސެންބަރު 2015) އިން
ފެށިގެން 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެސް އެމަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން
މިންވަރެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަމުންގޮސް އެމުއްދަތު ތެރޭގައި އިތުރަށް
އަރަމުންދާ ޖޫރިމަނާ ފައިސާއާއެކު ދައްކައި ޚަލާސް ކުރުމަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑަށް
އަންގައި، މިމުއްދަތުގެ ތެރޭގައި މިފައިސާ ނުދައްކައިފިނަމަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު 10 އޮކްޓޯބަރު 2010 ދުވަހު ސޮއިކުރެވުނު ނަންބަރު
10
/
139/HDC
!
LDL އެއްބަސްވުން ނިމުމަކަށް ގެނެވޭނެކަމާއި، އަދި މިއެއްބަސްވުމުގެ ދަށުން އެޓޯލް
ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށްދީފައިވާ ހުޅުމާލޭގެ ނަންބަރު 05-M1 ސިނާޢީ ބިމުގެ މައްޗަށް
ތަސައްރަފް ކުރުމުގެ ޙައްޤާއި އިޚްތިޔާރު އެޗްޑީސީއަށް ލިބިދެވޭނެ ކަމަށާއި އަދި ނަންބަރު 05-M1 ސިނާޢީ
ބިން އަނބުރާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޙަވާލުކުރަންޖެހޭނެކަން އެޓޯލް ޕެރަޑައިސް
ޕްރައިވެޓް ލިމިޓެޑަށްއަންގައި، އަދި މިސިނާޢީ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި
ޙަވާލުކުރާ ދުވަހާއި ހަމައަށް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކަންޖެހޭ ކުއްޔާއި އަރަމުންދާ ޖޫރިމަނާ
ފައިސާއާއެކު ދެއްކުމަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑްއަށް އަންގައި
ކަން އެނގެން
032
xތ
ހުކުމްކޮށް
އޮންނަކަމެވެ.
3- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
k
5
2 32
2{16/HC-A/145
ޤަޟިއްޔާ ނިމުނު "
ޚުލާސާ
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަންނަނިވި ނުކުތާ ހުށަހަޅައި އެނުކުތާއާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާއަކީ:-
އިސްތިއުނާފުކުރާ ފަރާތާއި، އިސްތިއުނާފުރައްދުވާ ފަރާތާއި ދެމެދު ކުރެވިފައިވާ
އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްއެދި ދަޢުވާކޮށްފައިވާ ނަންބަރު 05-M1 ސިނާޢީ
ބިމުގެ ކުލި ހޯދުމުގެ މައްސަލައަކީ، ހަމައެކަނި އެބިމުގެ ކުއްޔާއި ޖޫރިމަނާއަށް ވަކިން ދަޢުވާކުރެވިގެން ބެލޭނެ
މައްސަލައެއް ކަމަށް ނުވާއިރު، މި ސަބަބަށް އެކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމާއި، މި އެންމެހާ ބިންތަކާއި
ގުޅިގެން އެކުއެކީ ތަސައްރަފުކުރާ ހިނދު، މިމައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ބެލުމުގެ އިޙްތިޞާޞް
އެކޯޓަށް ލިބިގެން ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
224 22
4- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި، އެނުކުތާއާއި ގުޅޭގޮތުން
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑާއި ދިއިސްތިއުނާޕީ ދަޢުވާ ރައްދުވާ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، ބުނެވިދިޔަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން، ވިސްނައި ބެލިއިރު، އަންނަނީވީ ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
: 0
(ހ) ފުރަތަމަ ކަމަކީ: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308
ޤަޟިއްޔާއަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް
އާއި ދެމެދު 10 އޮކްޓޯބަރު 2010 ވަނަ ދުވަހު ސޮއިކުރި ނަންބަރު 10
/
139/HDC
/
LDL އެއްބަސްވުމުގެ
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ނަންބަރު 05-M1 ސިނާޢީ ބިމަށް
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފައިސާ ދައްކަމުން ނުދާތީ، 13 ޖޫން 2013 ވަނަ ދުވަހާއި ހަމައަށް
,5 ބ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2{16/HC-A/145
ޤަޟިއްޔާ ނިމުނު
r 3
000x<
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހި
ނުދެއްކިވާ 107,616.66ރ (އެއްލައްކަ ހަތްހާސް ހަސަތޭކަ ސޯޅަ ރުފިޔާ ފަސްދޮޅަސް ހަ ލާރި)
ލިބިގަތުމަށާއި، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ސިނާޢީ ބިން ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ޙަވާލުކޮށްފައި ނުވާތީ، ސިނާޢީ ބިން ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް އާއި ޙަވާލުކުރާ ދުވަހާއި ހަމައަށް އެއްބަސްވުމުގެ 07 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ކުލި ލިބިގަތުމަށާއި، އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ށ)
ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ލިބިގަތުމަށާއި، އެއްބަސްވުމުގެ
11 ވަނަ މާއްދާގެ (ބ) ގެ ދަށުން
ސިނާޢީ ބިމުގައި ބޭނުންކުރާ ކަރަންޓާއި ފެނުގެ ޚިދުމަތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ދައްކަންޖެހޭ
ފައިސާއެއްވާނަމަ އެފައިސާ އެޚިދުމަތްދިން ފަރާތަށް ލިބިދިނުމަށާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ޅ)
ގެދަށުން ފޯނާއި ފެކްސް ފަދަ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާވާނަމަ އެފައިސާ އެޚިދުމަތްދިން
ފަރާތަކަށް ލިބިދިނުމަށާއި، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން ސިނާޢީ ބިމާ ޙަވާލުވުމަށް އެދި
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދަޢުވާ ކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެއްކަން
އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 52
ވަނަ މާއްދާއަށް ބަލާއިރު، ދަށު ކޯޓުތަކަކީ، ފުރަތަމަ މަރުޙަލާގައި މައްސަލަ ބެލުމަށް ޤާނޫނުއަސާސީން ނުވަތަ
ޤާނޫނުން އެހެން ކޯޓަކާ ޙަވާލުކޮށްފައިނުވާ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމަށް އުފައްދާފައިވާ
ކޯޓުތަކެއްކަމާއި، ދަށު ކޯޓުތައް ބެހިގެންވަނީ މައިގަނޑު ދެގިންތިއަކަށްކަމާއި، އެއީ މަތީ ގިންތިއާއި ތިރީ
ގިންތި ކަމާއި، ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން
އުފައްދާ ސުޕީރިއަރ ކޯޓުތަކާއި އަދި އެހެން ޤާނޫނަކުން ވަކިކަމަކަށް ޚާއްޞަކޮށް އުފައްދާ ސުޕީރިއަރ ކޯޓުތަކާ
އެއް ދަރަޖައެއްގެ ކޯޓު ނުވަތަ ކޯޓުތައްކަމާއި، ދަށު ކޯޓުތަކުގެ ތެރެއިން ތިރީ ގިންތީގެ ކޯޓުތަކަކީ
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފައްދާ މެޖިސްޓްރޭޓް ކޯޓުތައްކަން އެނގެން އޮންނަކަމާއި،
<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
je
1
2 32
2016/HC-A/145
ޤަޟިއްޔާ ނިމުނު
ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު)ގެ ޖަދުވަލު 1 ގައި އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ޖަދުވަލު 5 ގައި ބަޔާން
ކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
OU OO
02 0 0
ޑއ އ
مگر اس کی
(ނ) ތިންވަނަ ކަމަކީ: މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 އަށް ބެލިއިރު، މެޖިސްޓްރޭޓް ކޯޓުތަކުގެ
އިޚްތިޞާޞްގެ ތެރޭގައި އެކޯޓެއް ހިމެނޭ ޖުޑިޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ، މަދަނީ، އަދި ޢާއިލީ
މައްސަލަތައް ހިމެނޭކަމާއި، މިއިން އިސްތިސްނާ ކޮށްފައިވަނީ، އެ ޖަދުވަލުގައި ނުވަތަ އެޤާނޫނުގެ އެހެން
ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް އެކަނިކަމާއި،
މިގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް އިސްތިސްނާ ކޮށްފައިވާ
މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ މައްސަލަތަކަށް ބަލާއިރު،
މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭގޮތަށް، ހަމައެކަނި ސިވިލް ކޯޓަށް ޙާއްސަކޮށް ބެލޭގޮތަށް، ކަނޑައަޅާފައިވަނީ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 2 ވަނަ ނަންބަރުގެ (އ)
ގައި ބަޔާންކޮށްފައިވާ "5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ
ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް" އެކަނިކަން އެނގެން އޮންނަކަމާއި،
ކަމުން، 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ
ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި މަދަނީ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް، އުޞޫލެއްގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށްވެސް ލިބިފައިވާކަން އެނގެންއޮތުމުން،
މަދަނީ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް ވަކި އިޚްތިޞާޏެއް ލިބިފައިވާ މައްސަލައަކީ 5,000,000
(ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ
މައްސަލަތައް އެކަނިކަން ފާހަގަކުރެވޭކަމާ، މުދަލުގެ މައްސަލަތަކާއި، ވިޔަފާރީގެ މައްސަލަތަކާއި ރަހުނުގެ
މައްސަލަތަކާއި ދަރަނީގެ މައްސަލަތަކާއި އަދި އެނޫންވެސް މަދަނީ މައްސަލަތަކަކީ އެފަދަ މައްސަލައެއްގައި
44
0 ﷲ 3
4
ޖެހޭނެ ކަމެޏެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
23
fe3
ޘުލު
2016/HC-A/145
ހިމެނޭ ފައިސާގެ ޢަދަދު ނުވަތަ މުދަލުގެ އަގު 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ
ޢަދަދަކަށް ނުވާނަމަ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ބެލޭނެ މައްސަލަތަކެއްކަން އެނގެން އޮންނަކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ
ޖަދުވަލު 5 ގެ 3 ގައި "މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ވަކި
ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި މައްސަލަތައް، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ
އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުންކަމަށް ބަޔާންކޮށްފައިވާކަމާއި، މި މާއްދާގެ (ހ) ގައި، "އެ ރަށެއްގެ
ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް". މިހެން ލިޔެފައިވާކަން
އެނގޭކަމާއި،
އިސްތިއުނާފުކުރެވިފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައަކީ ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑް އާއި އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ
އެއްބަސްވުމެއްގެ ދަށުން އުފެދިފައިވާ މައްސަލައެއްކަމަށްވާއިރު، އެއެއްބަސްވުން ވެވިފައިވަނީ ހުޅުމާލޭގައިވާ
ބިމެއް ކުއްޔަށް ދިނުމަށް ކަމާއި، އެއެއްބަސްވުމުގެ ދަށުން އެއްފަރާތުން އަދާކުރަންޖެހޭ ޒިންމާތައް އަދާ
ނުކުރުމުން އަނެއް ފަރާތުގެ ޙައްޤުތައް އެއެއްބަސްވުމުގައިވާ ގޮތުގެމަތިން ހޯދުމަށް ވަކިން ދަޢުވާކުރުމަށް
ހުރަސްއަޅާފަދަ މާއްދާއެއް އަދި ޝަރުތެއް އެއެއްބަސްވުމުގައި އަދި މިދެފަރާތުގެ ދެމެދުގައިވެފައިވާ އެހެންވެސް
ބަޔާންކޮށްފައި އޮތްކަން ދެއްކިފައިނުވާތީ، މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެހެން
އެއްބަސްވުންތަކާ ވަކިން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށް ހުރަސް އެޅޭފަދަ
ސަބަބެއް ނެތްކަން އެނގޭއިރު، އަދި އެ އެއްބަސްވުމުގެ ދަށުން އުފެދޭ ޚުޞޫމަތްތަކާގުޅިގެން މައްސަލަ
ހުށަހަޅަން ޖެހޭ ވަކި ކޯޓެއް އެއެއްބަސްވުމުގައި ކަނޑައަޅާފައި ނުވުމުން، މި މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް
ކޯޓުގައި ބެލުމަށް ހުރަސް އެޅޭފަދަ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް ފެންނަން ނެތަތީ މި މައްސަލަ
ފުރަތަމަ މަރުޙަލާގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ބެލިބެލުން ޞައްޙަ ނޫންކަމަށް ކަނޑައެޅެން ނެތް
ކަމެވެ.
04
2
0
2 2ތ 2
އެއްބަސްވެވެއެގެއި
22
0 ﷲ 00
އެހެންކަމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާގައި
ބެލެވުނު މައްސަލާގައި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު، އެ މައްސަލައަކީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9eއ
uk
9
2{16/HC-A/145
ޤަޟިއްޔާ ނިމުނު
ر 3
އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަން ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
އަށް ބެލުމުން އެނގެން އޮންނާތީއާއި އަދި އެ ކޯޓުން އެމައްސަލަ ބެލުމަށް ޤާނޫނީ އަދި ޝަރުޢީ ގޮތުން
ހުރަސް އެޅޭފަދަ އެހެން ސަބަބެއް ފެންނަން ނެތުމާއެކު، އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާ ހުޅުމާލޭ
ސްޓްރޭޓް ކޯޓުން ބައްލަވައި ނިންމެވުމުގައި ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ނުރަނގަޅު ކަމެއް ނުވަތަ
އުނިކަމެއް އޮތް ކަމަކަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ފާހަގަ
ނުކުރެވުނު ކަމެވެ.
ޙުކުމް:
OX
ދެންފަހެ، އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހުޅުމާލެ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/308 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެޓޯލް ޕެރެޑައިސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ކިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
.
ނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv