ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/294 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/294
A/k
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އި
ލައްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 294/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަޙްމަދު އަދީބު އަބްދުލްޣަފޫރު
* އައި.ޑީ.ކާޑު ނަންބަރު: A023901
ދާއިމީ އެޑްރެސް: ހ.ސާމަރާ) މާލެ
މިހާރުގެ އެޑްރެސް:
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* އައި.ޑީ.ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* މިހާރުގެ އެޑްރެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ޝައްވާލް 1437
ނިމުނު ތާރީޚް: 27 ރަޖަބު 1438
24 އެޕްރީލް 2017
20 ޖުލައި
2016
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cr
-
C/713
• ނިންމިކޯޓު: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ޓެރަރިޒަ
• ހުށަހެޅުނު ތާރީޚް: 26 ނޮވެމްބަރ 2016
ނިމުނު ތާރީޚް: 05 ޖޫން 2016
0
އްޖޭގެ ހަގީ
Gr
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2016/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/713 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ހ.ސާމަރާ
އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ލިޤާޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
2 2x 22 2
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr-C/713 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ހ.ސާމަރާ އަޙްމަދު އަދީބް
ޢަބްދުލްޣަފޫރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/713 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ، 01 މެއި 2015 ދުވަހު ދަންވަރުގެ ވަގުތެއްގައި
އަމީނީ މަގުގައި ހުންނަ ކ.މާލެ/ ގ.ހުމަށި ގެއަށް ދިޔަ ދެމީހެއްގެ ގާތުގަ، އިދިކޮޅު ފަރާތްތަކުން 01 މެއި
2015 ދުވަހު ބޭއްވުމަށް ހަމަޖައްސާފަ އޮތް މުޒާހަރާގައި އެއްވެސް ކަމެއް ގޯސްވިޔަ ދީގެން
ނުވާނެކަމަށާއި، އެފަދަ ކަމެއް ހިންގަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ވެއްޖެއްޔާ، ވީއެންމެ އަވަހަކަށް
އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް އެކަން އެންގުމަށާއި، އެމް.ޑީ.ޕީ މެންބަރުންނަށް މީނާއާ ހަމައަށްވެސް
ނާދެވޭނެކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ބުނެ، ބެކްޕެކެއްގެ ތެރެއިން 02 (ދޭއް) ފިސްތޯލައާއި ލޯކުލައިގެ
"މޭޑޭ
މައިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03 (ތިނެއް) ވަޒަން ލާފަ އޮތް އެތެރެފެންނަ ފުލާސްޓިކް ފޮއްޓެއް ދައްކައި، ޓެރަރިޒަމުގެ ޢަމަލެއް
ހިންގާފަވާތީ، ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ހ) އާއި (ރ) އާއި (ށ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބައްލަވައި ނިންމަވާފައިވާ
ތިބީ އެއްކަން އެނގެންއޮވެއެވެ.
29
މިޤަޟިއްޔާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/713 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، މާލެ/ ހ.ސާމަރާ އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި ޓެރަރިޒަމުގެ ކުށުގެ މައްސަލަ ބެލިއިރު،
2015 ވަނަ އަހަރުގެ މެއި މަހުގެ 01 ވަނަ ދުވަހު އިދިކޮޅު ސިޔާސީ ފަރާތްތަކުން މާލޭގައި ބޭއްވި
މުޒާހަރާގެ ކުރިންނާއި އޭގެ ފަހުންވެސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަތުން ފިސްތޯލައާއި ވަޒަން
ފެނިފައިވާކަމާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެތަކެތި ގެންގުޅެފައިވަނީ ސިޔާސީ މަޤްޞަދުގަކަން ހެކިންގެ
ހެކިބަހުން ސާބިތުވާތީއާއި، އެފަދަ ޢަމަލެއް ކުރުމަކީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު)ގެ 02 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ށ) އާއި، ޤާނޫނު ނަންބަރު 32/2015
(ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ހ)ގެ 02 ވަނަ އަދި 03 ވަނަ ނަންބަރާއި،
އެޤާނޫނުގެ 05 ވަނަ މާއްދާގެ (ހ)ގެ 01 ވަނަ އަދި 07 ވަނަ ނަންބަރާއި، އެޤާނޫނުގެ 06 ވަނަ މާއްދާގެ
(ހ) ގެ ދަށުން ކުށެއްކަމަށްވާތީ، ބުނެވިދިޔަ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް
މަނާކުރުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ބުނެވިދިޔަ
މާއްދާތަކަށް ޙަވާލާދީ، ޓެރަރިޒަމުގެ ކުށުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިކުށް ކުރިއިރު ޢަމަލުކުރަމުންދިޔަ ޤާނޫނަކީ ޤާނޫނު ނަންބަރު 10/90
(ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ކަމަށްވެފައި، މިހާރު ޢަމަލުކުރެވެމުންދާ ޤާނޫނު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ވާ
;
4
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގަ މިބާވަތުގެ ކުށަށް ކަނޑައެޅިފައިވާ އަދަބަކީ ޤާނޫނު ނަންބަރު
10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގަ ބަޔާންކޮށްފައިވާ އަދަބަށްވުރެ ބޮޑު
އަދަބަކަށްވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ސާބިތުވި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ޤާނޫނު ނަންބަރު 10/90
(ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 06 ވަނަ މާއްދާގެ (ށ) ގެ ދަށުން 10 (ދިހައެއް)
އަހަރު ދުވަހުގެ މުއްދަތަށް، މާލެ! ހ.ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ޖަލަށްލުމަށް ޙުކުމްކޮށް،
މިޤަޟިއްޔާ ނިންމީއެވެ" މިފަދައިންނެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/713 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހ.ސާމަރާ އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 5 (ފަހެއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން
ހުށަހެޅިގެ
• ފުރަތަމަ ނުކުތާއަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ހިޔާޒަތުގެ ދަށުން ފިސްތޯލައެއް ނުވަތަ
އެއްވެސް ބާވަތެއްގެ ހަތިޔާރެއް ތަޙްޤީޤުކުރާ އިދާރާއަކަށް ފެނިފައިނުވާކަމާއި، ތަޙްޤީޤުކޮށް، ދަޢުވާ އުފުލައި،
ޝަރީޢަތް ހިންގައި، ޙުކުމްކޮށްފައިވަނީ ހަމައެކަނި ބަޔަކު ބުނާ ބުނުމެއްގެ މައްޗަށްކަމަށްބުނެ ހުށަހެޅި
42 2 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދެވަނަ ނުކުތާއަކީ، ހެކިވެރިން އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދައްކާފައިވާކަމަށް ބުނާ
ފިސްތޯލައަކީ ޤާނޫނުލްޢުޤޫބާތުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފިސްތޯލައެއްކަން ސާބިތުކުރެވިފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
· 3
• ތިންވަނަ ނުކުތާއަކީ، ހެކިވެރިންގެ ހެކިބަހުން ސިޔާސީ މަޤުސަދެއްގައި ރައްޔިތުންގެ ތެރޭގައި
ބިރުވެރިކަން އުފެދޭ ޢަމަލެއް ހިންގާފައިވާކަން ނުވަތަ ހިންގަން އުޅެފައިވާކަން ސާބިތުކުރެވިފައިނުވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅި ހެކި ބަލައިގަތުމުގައި
ރިޢާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
20 2
• ފަސްވަނަ ނުކުތާއަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ލިބެންޖެހޭ ކުށުގެ ތުހުމަތުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި
އެކަށީގެންވާ ވަޞީލަތް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ލިބިދީފައިނުވާކަމަށް ބުނެ ހުށަހެޅި ނުކު
ނުކުތާއެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr-C/713 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ހ. ސާމަރާ އަޙްމަދު އަދީބް ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ތަ04 *
6
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
LCO
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
މައްޗަށް ދަޢުވާކުރެވިފައިވަނީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ
2 ވަނަ މާއްދާގެ (ހ) އާއި (ރ) އާއި (ށ) އާ ޙަވާލާދީ، އެޤާނޫނުގެ 6 ވަނަ މާއްދާގެ ދަށުން ކަމާއި،
ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ހ) ގައި
ވަނީ ސިޔާސީ މަޤްޞަދެއްގައި ނުވަތަ މީހަކަށް ނުވަތަ ބަޔަކަށް ބިރުދެއްކުމުގެ ގޮތުން ނުވަތަ ބަޔެއްގެ މެދުގައި
ބިރުވެރިކަން އުފެދޭގޮތަށް މީހަކު ނުވަތަ މީހުން މެރުން، ނުވަތަ އެފަދަ މަޤްޞަދެއްގައި މީހަކަށް ނުވަތަ
ބަޔަކަށް ޖިސްމާނީގޮތުން ގެއްލުން ލިބޭފަދަ ކަމެއް ކުރުން ނުވަތަ ކުރަން އުޅުމަކީ އެޤާނޫނުގެ ދަށުން
ޓެރަރިޒަމުގެ ކުށުގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި، އަދި އެމާއްދާގެ (ރ) ގައި، އެކިވައްތަރުގެ ބަޑި ނުވަތަ
ފިސްތޯލަ ނުވަތަ އެފަދަ ތަކެތީގެ ވަޒަން ނުވަތަ އެކިވައްތަރުގެ ބޮން ނުވަތަ އެފަދަ ގޮވާތަކެތި ސަރުކާރުގެ
ހުއްދައެއްނެތި ރާއްޖެއަށް އެތެރެކުރުން، ނުވަތަ ރާއްޖޭގައި އުފެއްދުން، ނުވަތަ ގެންގުޅުން، ނުވަތަ ވިއްކުން
ނުވަތަ އެކަކު އަނެކަކަށް ދީހެދުން ނުވަތަ ބެހެއްޓުމަކީ އެޤާނޫނުގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ
ކަމެއްކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ (ށ) ގައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭފަދަ
ކަމެއް ކުރުން ނުވަތަ ކުރަން އުޅުން ނުވަތަ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ މުދަލަށް ގެއްލުން
ދީފާނެ ކަމުގެ އިންޒާރު ދުލުން ނުވަތަ ލިޔުމަކުންވިޔަސް ދިނުމަކީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ހިމެނޭ
ޙަވާލާދީ ދައުލަތުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާކޮށްފައިވަނީ، 01 މޭ 2015 ދުވަހު
ދަންވަރުގެ ވަގުތެއްގައި
. ހުމަށިގެއަށް ދިޔަ ދެމީހެއްގެ ގާތުގައި ސިޔާސީ ފަރާތްތަކުން 01 މޭ 2015
ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ "މޭޑޭ" މުޒާހަރާގައި އެއްވެސް ކަމެއް ގޯސްވިޔަދީގެން ނުވާނެ ކަމަށާއި،
އެފަދަ ކަމެއް ހިނގަން އުޅޭކަމުގެ
ކަމުގެ އެއްވެސް އިޝާރާތެއް ވެއްޖެނަމަ ވީއެންމެ އަވަހަކަށް
އެންގުމަށާއި، އެމް.ޑީ.ޕީ މެންބަރުންނަށް އޭނާއާ ހަމައަށް ނާދެވޭނެކަމަ
ނާދެވޭނެކަމަށް ބުނެ ބެކްޕެކެއްގެ ތެރެއިން
4 2 22
2 22 0 2 20
02 22
2
ދިވެހިން
ޢިބާއްa
ދިވެށިއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފިސްތޯލައާއި ލޯ ކުލައިގެ 3 ވަޒަން ލާފައި އޮތް އެތެރެ ފެންނަ ޕްލާސްޓިކް ފޮއްޓެއްދައްކައި ޓެރަރިޒަމްގެ
ޢަމަލެއް ހިންގާފައިވާތީކަން އެދަޢުވާއަށް ބެލުމުން އެނގެންއޮންނަކަމެވެ.
2 20
(ނ) ދެވަނަ ކަމަކީ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ރިޔާޒަތުގެ ދަށުން ފިސްތޯލައެއް ނުވަތަ
އެއްވެސް ބާވަތެއްގެ ހަތިޔާރެއް ތަޙްޤީޤުކުރާ އިދާރާއަކަށް ފެނިފައިނުވާކަމަށާއި، ތަޙްޤީޤުކޮށް، ދަޢުވާ އުފުލައި،
ޝަރީޢަތް ހިންގައި، ޙުކުމްކޮށްފައިވަނީ ހަމައެކަނި ބަޔަކު ބުނާ ބުނުމެއްގެ މައްޗަށްކަމަށްބުނެ ހުށަހެޅި
ނުކުތާއަށާއި، އެނުކުތާގެ ތަފްޞީލުގައި މިމައްސަލައަކީ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ބާވަތުގެ ކުށުގެ
މައްސަލައެއްކަމަށާއި، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 08/SC
-
A
/
24
،
2010
/
SC
-
A
/
07
،
2008
/
SC
-
A/2010 ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 212/HC
-
A/2009 ޤަޟިއްޔާފަދަ ޤަޟިއްޔާތަކުގައި ކަނޑައަޅުއްވާފައިވާއިރު
އެއުޞޫލުތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ހިންގަވައި ޙުކުމްކުރައްވާފައިވާ ކަމަށް ބުނެ އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން މިނުކުތާގައި ޙަވާލާދީފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުން ފެންނަ
ޙާލަތްތަކުގައި އެފެންނަ ފެނުމަކީ އިސްތިސްނާއެއްނެތި "މުޠުލަޤު މަސްއޫލިއްޔަތު" ޤާނޫނީ ގޮތުން
އުފުލަންޖެހޭކަމެއް ކަމަށް ކަނޑައަޅުއްވާފައިވާ މަސްތުވާތަކެތީގެ މައްސަލަތަކެއްކަން ފާހަގަކުރެވޭކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް
ކުރެވިފައިވަނީ ޤާނޫނު ނަންބަރު 10/90 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު)ގެ ދަށުން
ޓެރަރިޒަމްގެ ކުށުގެ ދަޢުވާކަމާއި، އެޤާނޫނުގައި ޓެރަރިޒަމްގެ ކުށްތަކާއި އެކުށްތަކާ ގުޅިގެން
ކަންކަމާއި އެކުށްތަކަށް ކަނޑައެޅިފައިވާ އަދަބުތަކަށާއި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
އުފުލިފައިވާ ސަބަބުތައްކަމަށް ބުނެ ދައުލަތުން ފާހަގަކޮށްފައިވާ ސަބަބުތަކުގެ ބަލާއިރު މިމައްސަލައަކީ
ދަޢުވާ
as މި
ހހހހ
ގެ 682
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
331
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން އެފާހަގަކުރާފަދަ މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ޒާތުގެ
ކުށެއްކަން އޭނާގެ ފަރާތުން ޙަވާލާދީފައިވާ ޤަޟިއްޔާތަކަށާއި ދައްކާފައިވާ ވާހަކަތަކުން އެނގެންނެތްކަން
4 &2ކ 2
2
0ހޤީކރކެމެވެ.
ދެއްކުމުގެ
(ނ) ތިންވަނަ ކަމަކީ، ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށް ޤާނޫނުއަސާސީގެ 51
ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން ލިބެންޖެހޭ ކުށުގެ ތުހުމަތުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި
އެކަށީގެންވާ ވަޞީލަތް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ލިބިފައިނުވާކަމަށާއި، ހެކިންގެ ހެކިބަހާމެދު ވާހަކަ
މުގެ ފުރުޞަތު ނުދީ ޚުލާޞާ ބަޔާން ހުށަހެޅުމަށް ފުރުޞަތު ދީފައިވާކަމަށް ބުނެ އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކުމެ ކުށުން ބަރީޢަވުމަށް މަސައްކަތް ކުރުމަށްޓަކައި
އެކަށީގެންވާ ވަގުތާއި، އެކަށީގެންވާ ވަޞީލަތް ލިބުމަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން
ކަށަވަރުކޮށްދީފައިވާ ޙައްޤެއްކަމާއި، އެޙައްޤު އެފަދައިން ލިބިދިނުމަކީ ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގުމުގެ
މުޙިއްމު އެއް އަސާސްކަމާއި، ޢާންމު އުޞޫލެއްގެ ގޮތުން ދިފާއު ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަސީލަތްތައް
ލިބިދިނުމުގެ ތެރޭގައި އެމީހެއްގެ މައްޗަށް ހުށަހެޅިފައިވާ މާއްދީ ހެކިތަކާއި ޝަފަވީ އަދި ކިތާބީ ހެކިތައް
ދެނެގަނެ އެހެކިތަކާއި ގުޅޭ ގޮތުން ސުވާލުކުރެވި، ހެކި ތަޢުނުކުރުމުގެ މަގު ތަނަވަސްވެފައި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 163/HC
-
A/2013 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލަ ކްރިމިނަލް ކޯޓުގައި ހިންގަވާފައިވާ ގޮތަށް ބަލާއިރު،
އެމައްސަލައިގެ އަޑުއެހުމެއް ފުރަތަމަ ބޭއްވިފައިވަނީ 10 ޖެނުއަރީ 2016 ގައި ކަމާއި، އެދުވަހު ދައުލަތުން
ދަޢުވާ އިއްވުމުން އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް ފުރުސަތު ދެވިފައިވާކަމާއި، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ފަރާތުން ވަކީލަކާއެކު މައްސަލާގައި ކުރިއަށް ދިއުމަށް 30 ދުވަހުގެ ފުރުސަތަކަށް އެދުމުން އެފަރާތަށް
އެފުރުސަތު ދީ މައްސަލައިގެ ދެވަނަ އަޑުއެހުމެއް ބާއްވަވާފައިވަނީ 15 ފެބްރުއަރީ 2016 ގެގެ
އ ޚަ20 ހއ
އެނެރޭވެނެކަމަށް
ހ0442
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
2{016/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
22
2 ދތ
./V/މަށް
ބޭނުންވާ ސަބަބާ ގުމްއީބީ
އެދުވަހު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދަޢުވާއަށް އިންކާރުކޮށް މައްސަލައާ ގުޅިގެން ވާހަކަ
ދައްކާފައިވާއިރު ދައުލަތުން މިމައްސަލާގައި ހުށަހަޅަންބޭނުންވާ ހެކިންނާއި ގުޅޭގޮތުން، އެހެކިން ހުށަހަޅަން
ސަބަބާއި ހެކި ސިއްރުކު
ގުޅޭގޮތުން ތަފްސީލްކޮށް ވާހަކަ ދައްކާފައިވާކަމާއި،
އަދި މައްސަލައިގެ ތިންވަނަ އަޑުއެހުމެއް 06 މާރޗް 2016 ވަނަ ދުވަހު ބާއްވާފައިވާކަން
އެނގެންއޮންނައިރު، މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަސްތައް ނަންގަވާފައިވަނީ
01 ޖޫން 2016 ދުވަހު ކަމާއި، އެދުވަހު އެހެކިންނާ ސުވާލުކުރުމުގެ ފުރުސަތު އަޙްމަދު އަދީބު
ޢަބްދުލްޣަފޫރަށް ދީ، އޭނާގެ ފަރާތުން އެހެކިންނާ ސުވާލު ކޮށްފައިވާކަން އެހެކިންގެ ބަޔާންތަކުންނާއި އަޙްމަދު
އަދީބު ޢަބްދުލްޣަފޫރުގެ ފަރާތުން ދީފައިވާ ބަޔާންތަކުން ސާފުކޮށް އެނގެންއޮންނައިރު، މައްސަލާގައި ޚުލާޞާ
ބަޔާން ހުށަހަޅުމުގެ މަޖިލިސް ބޭއްވިފައިވަނީ 04 ޖޫން 2016 ގައި ކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމުން، މިކަންކަމުގެ މައްޗަށް ބަލާއިރު އަޙްމަދު އަދީބު
އެފާހަގަކުރާ ފަދައިން އޭނާއަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އިން ލިބިދޭ ކުށުގެ ތުހުމަތުން
ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި އެކަށީގެންވާ ވަޞީލަތް ލިބިދީފައިނުވާކަމަށް ބެލެވޭނެ ހަމައެއްނެތްކަމާއި،
އަދި އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިނުކުތާގައި ފާހަގަކޮށްފައިވާ ގޮތާއި ޚިލާފަށް އޭނާއަށް ހެކިންނާ
ސުވާލުކޮށް ހެކިންގެ ހެކިބަހާމެދު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިދީފައިވާކަން ފާހަގަކުރެވޭކަމެވެ.
ދ0 02
29
3
eލިއެފަނ
ދި 2 ށ 2
2&2
ކުރަންޖެހ
(ހ) ހަތަރުވަނަ ކަމަކީ، ހެކި ބަލައިގަތުމުގައި ރިއާޔަތްކުރަށް ޤާނޫނީ އުޞޫލުތަކާ ޚިލާފަށް
ދައުލަތުން ހުށަހެޅި ހެކި ބަލައިގަތުމުގައި ކްރިމިނަލް ކޯޓުން ޢަމަލުކޮށްފައިވާކަމަށާއި، އެހެކިތަކަކީ އަޙްމަދު
އަދީބު ޢަބްދުލްޣަފޫރު ޓެރަރިޒަމްގެ ކުށެއް ކުރިކަން ސީދާ ދަލާލަތުކުރާ ހެކިތަކެއްކަމަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ބެލެވެން ނެތް އިރު، އެހެކިތަކުގެ މައްޗަށް ބިނާކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށެއް ކުރިކަން
ޘާބިތުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު،
OX
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
ޤާނޫނީ އިޞްތިލާޙުގައި ހެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ
އޭނާގެ ފަސް ޙިއްސުގެ ތެރެއިން ޢިއްސަކަށް އެނގިފައިވާ ކަމަކާމެދު އިޤުރާރުވުން ކަމާއި، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްރީމު
(evaluation ކޮށް ވަޒަންކުރުމަށްފަހު، އެފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިތާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމީ
ޤާރީނަތުލް ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިއްމު އެއް
ޚާއްޞިއްޔަތުކަމާއި، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓުން ކުރާ ޙުކުމް ބިނާވާންޖެހޭނީ
އަބަދުވެސް ޤާނޫނީ ގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކުގެ މައްޗަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް އުފުލުނު
ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އިންކާރުކުރުމާ ގުޅިގެން ދަޢުވާ ސާބިތުކުރުމުގެ
ގޮތުން ދައުލަތުން ހުށަހެޅި ހެކިންނާއި، އެހެކިން ސިއްރު ހެކީގެ ގޮތުގައި ހުށަހަޅަން ބޭނުންވާ ސަބަބު
ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމާއި، އަދި އެހެކިން ހުށަހަޅަން ބޭނުންވަނީ ކޮންކަމެއް
ސާބިތުކޮށްދިނުމަށް ކަން ދައުލަތުގެ ފަރާތުން 15 ފެބްރުއަރީ 2016 ވަނަ ދުވަހަށް ކްރިމިނަލް ކޯޓަށް ދީފައިވާ
ބަޔާނުގައި ބުނެދީފައިވާއިރު، ކްރިމިނަލް ކޯޓުން ދައުލަތުން ހުށަހެޅި އެހެކިން ބަލައިގަތުމަށް ނިންމަވާފައިވަނީ
ހެކި ބަލައިގަތުމުގައި ރިއާޔަތްކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ
ފަރާތުން ބުނިނަމަވެސް، އެހެކި ބަލައިގަތުމުގައި ޚިލާފުވެފައިވަނީ ކޮން ޤާނޫނީ އުޞޫލަކާކަން އެފަރާތަށް
ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމާއި،
އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން ކުރި މިދަޢުވާ ސާބިތުކުރުމަށް 03 ހެކިން
ދައުލަތުން ހުށަހަޅާފައިވާއިރު، ހެކިވެރިޔާ ނަންބަރު 1 އަދި ހެކިވެރިޔާ ނަންބަރު 2 ހުށަހަޅާފައިވާ
ރި 33 2ދ0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{16/HC-A/294
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
462
ސީޣާގައިވާ ކަންކަން އެގޮތުގައި ހިނގާފައިވާކަމާއި، 01 މެއި 2015 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ
މުޒާހަރާގައި ކަމެއް ގޯސްވެގެން ގޮސްފިކަމަށްވާނަމަ އެކަމުގެ އިޝާރާތް އަޙްމަދު އަދީބު ޢަބްދުލްޣަފޫރަށް
ދިނުމަށާއި އަދި އެމް.ޑީ.ޕީ މެންބަރުންނަށް
އޭނާއާ ހަމައަށް ނާދެވޭނެކަމަށް ބުނެ ދަޢުވާގެ ސީޝޯގައި ބުނާ
ދެފިސްތޯލައާއި ލޯކުލައިގެ ތިން ވަޒަން ލާފައި އޮތް އެތެރެ ފެންނަ ޕްލާސްޓިކް ފޮއްޓެއް ދައްކާފައިވާތީ އެކަން
ސާބިތުކުރުމަށްކަމާއި، އަދި ހެކިވެރިޔާ ނަންބަރު 3 ހުށަހަޅާފައިވަނީ ހާދިސާ ހިނގިދުވަހުގެ ކުރީގައިވެސް
އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިސްތޯލައެއް ގ.ހުމަށިގޭގައި ގެންގުޅެފައިވާކަން ސާބިތުކޮށްދިނުމަށްކަން
ދައުލަތުން ކްރިމިނަލް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އެނގެންއޮންނަކަމާއި، އަދި އެކަންކަން އެގޮތަ
އެހެކިންގެ ހެކިބަހުން ސާބިތުވާން އޮންނަކަން ފާހަގަކުރެވޭކަމެވެ.
ޤާނޫށް
އެހެންކަމުން، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/713 ޤަޟިއްޔާގައި އަޙްމަދު އަދީބު
ޢަބްދުލްޣަފޫރުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތްކަމުގައެވެ.
ޤަވ
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2015/Cr
-
C/713 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;