ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 142/HC-A/2014
• އިސްތިއުނާފުކުރި ފަރާތް: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
0
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުޙައްމަދު ފަޔާޝް
އައިޑީ ކާޑު ނަންބަރު: A114076
އެޑްރެސް: ލ. ޝުކުރަން / ކ. މާލެ
މިހާރުގެ އެޑްރެސް: ލ. ޝުކުރަން | ކ. މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 މެއި 2014
ނިމުނު ތާރީޚް: 27 އޮކްޓޫބަރު 2016
އިސްތިއުނާފުކުރެވުނު ޤާޟީއްޔާ ނަންބަރު: 2010/Cv
-
C/1523
ނިންމެވިކޯޓް: ސިވިލް ކޯޓު
އިށަހެޅުނުތާރީޚް: 25/11/2010
ނިމުނު ތާރީޚް: 26/12/2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ދައުލަތުން ކުރި މި އިސްތިއުނާޕީ ދަޢުވާ ރައްދުވާ ފަރާތަކީ ވ. ޝުކުރަން/ މާލެ މުޙައްމަދު
ފަޔާ ޝްއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523 ޤަޟިއްޔާ އަކީ، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާގައި މުޙައްމަދު ފަޔާޝް ހުއްޓައި ޤާނޫނުއަސާސީއާއި، ފުލުހުންގެ
ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެވަޒީފާއިން ވަކިކޮށްފައިވާތީ، އެވަޒީފާ ލިބި ދިނުމަށާއި، އެދުވަސްތަކުގެ
މުސާރައާއި،
ޢިނާޔަތްތައް ހޯދުމަށް މުޙައްމަދު ފަޔާޝްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް
ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކޮށް ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި
މައްޗަށް ބެލުމަށްފަހު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލްކަމުގެ ވަޒީފާގައި
ޅ.ޝުކުރަން މުޙައްމަދު ފަޔާޝް ހުއްޓައި އެވަޒީފާއިން މުޙައްމަދު ފަޔާޝް ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް
އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާއި ޚިލާފުވެގެން ކަމަށް ބެލެވުނު ކަމެއްނެތުމާއި އަދި ފުލުހުންގެ
ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ކުރި ތަޙްޤީޤަކުން ނުވަތަ ތަޙުލީލަކުން މުޙައްމަދު ފަޔާޝް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލެއް
ކުރިކަން ފުލުހުންގެ ތަޙްޤީޤަށް ޘާބިތުވާފަދަ ހެއްކެއް ނެތްކަން ޝަރީޢަތަށް ހުށަހެޅިފައިވާ ތަޙްޤީޤް
ތަކުންނާއި، ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޝް އެ ވަޒީފާއިން
ނުކުތާތަކުގެ
ހދ ތ ދމ ޖ ޗ
ނeކ1
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
4 2
ވަކިކުރީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބު
ދިނުމާބެހޭ ޤަވާޢިދާ
އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ކަނޑައަޅައި،
ބުނެވިދިޔަ ގޮތުގެ މައްޗަށް ވ. ޝުކުރަން މުޙައްމަދު ފަޔާޟްއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
އެވަޒީފާއިން ވަކިނުވެ އެވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލުމަށާއި، މުޙައްމަދު ފަޔާޝް ވަޒީފާގައި
ހުރުމުން ލިބެމުންއައި މުސާރައަކާއި ޢިނާޔަތެއް އެގޮތުގައި މިހާތަނަށްވެސް ލިބިދިނުމަށާއި، މިދުވަސްތައް
ޚިދުމަތުގެ މުއްދަތަށް ގުނުމަށާއި، 26 ޑިސެމްބަރ 2013 މިތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި
މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކުރިން މުޙައްމަދު ފަޔާޝް ހުރި ވަޒީފާއަށް އަނބުރާ އިޔާދަކޮށް އެވަޒީފާ
ހަމަޖައްސައި ވަޒީފާއަށް ނުކުތުމުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންތައް ހަމަޖެއްސުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާ ޙުކުމްކޮށްފީމެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 5 (ފަހެއް) ފަސް ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން
• ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ފަޔާ ޝްގެ މައްޗަށް ތުހުމަތުކުރެވުނު ޢަމަލު ނިސްބަތްވާ ޙާދިސާ
ހިނގި ކަމަށް ދައުލަތުގެ ފަރާތުން ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށާއި، ޝަރީޢަތަށް ހުށަހެޅުނު ހެއްކާއި
އެހެނިހެން ލިޔެކިޔުން ޝަރީޢަތުން ތަޠުބީޤުކުރައްވާފައިވަނީ ރަނގަޅަށްނޫން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
އެކަންކަމަށް
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/142
0
2 22 22 22
އެއެޤީeނން
• ދެވަނަ ނުކުތާއަކީ، މައްސަލައިގައި ޝަރީޢަތުން ތަޠުބީޤުކުރައްވާފައިވާ ހެކި ސާބިތުކުރުމުގެ
މިންގަނޑަކީ ފިޤުހުގެ ޤަވާޢިދުތަކުގައި ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ”އައްޘައްނުގެ ދަރަޖައަށް
ކަމެއްގައި ބުރަވެވޭ ވަރަށް ހެކި ލިބިފައި އޮތުން، މި މިންގަނޑު ކަމުގައި ވީނަމަވެސް، މައްސަލައިގައި
ހުށަހެޅިފައިހުރި ހެކި ވަޒަންކުރައްވާފައިވަނީ އެ މިންގަނޑުން ކަމުގައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
. ތިންވަނަ ނުކުތާއަކީ: މުޙައްމަދު ފަޔާޝް ބައިވެރިވި ކަމަށް ފުލުހުންގެ ތަޙްޤީޤަށް ފެނުނު ޢަމަލުތައް
ނިސްބަތްވާ ހާދިސާއާގުޅޭ ބައެއް ލިޔެކިޔުން ޝަރީޢަތަށް ހުށަހެޅިފައިނުވާތީ އެކަމުން ދޭހަކޮށްދެނީ މައްސަލައިގެ
ފުރިހަމަ ތަޙްޤީޤެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކޮށްފައިނުވާކަމަށް ކަމުގައި ޝަރީޢަތުން
ނިންމަވާފައިވާއިރު، އެ ނިންމެވުން ޝަރީޢަތުން ނިންމަވާފައިވަނީ ދައުލަތަށް އެކަމާގުޅޭގޮތުން ޝަރީޢަތުގައި
ސުވާލުކުރެއްވުމަކާ ނުލައި، ޝަރީޢަތުން ކުރެއްވި އެސަމްޕްޝަންތަކެއްގެ މައްޗަށް ބިނާކުރައްވައި ކަމަށްވާތީ،
އެސަމްޕްސް
ފެޝަންތަކެއްގެ މައްޗަށް ބިނާކުރައްވައި މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: މުޙައްމަދު ފަޔާޝް ބައިވެރިވި ކަމަށް ފުލުހުންގެ ތަޙްޤީޤަށް ފެނުނު އަމަލުތައް
ނިސްބަތްވާ ޙާދިސާ ހިނގާފައިވާ ގޮތާއި އެ ޙާދިސާގައި މުޙައްމަދު ފަޔާޝްގެ ބައިވެރިވުން އޮތް މިންވަރު
އޮޅުވާލުމަށް އޭނާ މަސައްކަތްކޮށްފައިވާއިރު، ޝަރީޢަތުގައި ކަމާގުޅޭގޮތުން ދައުލަތުން ފާހަގަކުރި މުހިންމު
ނުކުތާތަކާއި ވަށައިގެންވާ އެންމެހައި ޙާލަތްތަކަށް ރިޢާޔަތްކުރެއްވުމަކާ ނުލައި މައްސަލަ ނިންމަވާފައިވާ ކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއް ޝަރީޢަތުން ނިންމަވަންވާނީ އެ
މައްސަލައިގައި ހިމެނޭ ވާޤިޢާތަކަށާއި އެ މައްސަލަގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް
ކުރެއްވުމަށްފަހުގައި ކަމަށްވާއިރު، މުޙައްމަދު ފަޔާޝްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލު ނިސްބަތްވާ
ޙާދިސާގައި ބައިވެރިވި އިތުރު ތިން ފުލުހަކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/142
cuo.
ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައެޅުއްވޭނެ ތަނެއް އޮތް ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށް
ނިންމަވައި އެ މީހުންގެ ވަޒީފާ އަނބުރާ ދިނުމަށް އަމުރުކުރައްވައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ
ޤަޟިއްޔާތަކަކަށް ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ރިޢާޔަތްކުރައްވައި މުޙައްމަދު ފަޔާޝްގެ މައްސަލަ
ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މިމައްސަލައާ ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ލިބިފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ
ނަޒަރަކުން ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުން ބެލި ހިނދު މިމައްސަލަ ނިންމަން
ފެންނަގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެރައުޔެއްގެ މައްޗަށްވަނީ ޚިޔާލު ތަފާތުވެފައެވެ. އެދެރައުޔާއި އަދި
އެދެރައުޔު ބިނާކުރެވިފައިވާ އަސާސްތައް ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ.
ފުރަތަމަ: ޚިލާފުވިރައުޔު (ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔު) އާއި އެރައުޔު ބިނާކުރެވިފައިވާ
އަސާސްތައް:
(ހ) ފުރަތަމަ ކަމަކީ، ވ.ޝުކުރުން މުޙައްމަދު ފަޔާޝް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ޕޮލިސް ކޯޕްރަލެއްގެ ވަޒީފާގައި ހުއްޓާ އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ، 2010 އޮގަސްޓް
06 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާލޭގެ މާވެޔޮ
މިސްކިތް ކައިރީގައި ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ނަންބަރު S5241 ކާރަށް
އަރުވައިގެން ގެންގޮސް އާމިނަތު ޒިޔާދާއާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވިގެން
އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް، ތަޙުޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެއްކާއި
ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ފަޔާޝް އެޢަމަލުގައި ބައިވެރިވެފައިވާކަމަށް ފުލުހުންގެ
ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، އެކަމަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ކޯޑް އޮފް
ދިވެހިރާއްޖޭގެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
އެތިކްސްއާ ޚިލާފު ކަމެއްކަމަށްވާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ
(ނ) ގެ ދަށުން ބާރުލިބިގެން ހަދާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ
ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24
ވަނަ މާއްދާގެ (ށ) ގެ ދަށުންކަމަށް ދައުލަތުގެ ފަރާތުން ބުނާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523
ޤަޟިއްޔާއަކީ، މުޙައްމަދު ފަޔާޝް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން އެފަރާތް
ވަކިކޮށްފައިވާތީ، ވަޒީފާ އަލުން އަނބުރާ ހޯދުމަށް މުޙައްމަދު ފަޔާޝްގެ ފަރާތުން ހުށަހެޅުމުން ބެލުނު
ޤަޟިއްޔާއެއްކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ
މައްސަލަތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު އެކަށީގެންވާ ސަބަބެއް ސާބިތުކޮށްދިނުމާއި ވަޒީފާއިން
ވަކިކުރެވުނީ ކަނޑައެޅިފައިވާ އިޖުރާއާތުގެ ތެރެއިންކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހެނީ ވަޒީފާ
ދިންފަރާތުން ކަމާއި، މުޙައްމަދު ފަޔާޝް ފުލުހުންގެ ވަޒީފާއިން ވަކިކުރެވުނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ
24 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްގެން ކަމަށް ދައުލަތުގެ ފަރާތުން ބުނާތީ އެމާއްދާއަށް ބަލާއިރު،
އެމާއްދާއަކީ ފުލުހުންގެ ޚިދުމަތުގައި ތިބި ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ބަޔާންކޮށްފައިވާ
OcOXO
44
2 ހއ
މާއްދާކަމާއި،
މިގޮތުން އެމާއްދާގެ (ށ) ގައި، "މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ
ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް
ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ
މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި
މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް
ހއ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
24
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީން ހުށަހެޅުމުން،"
މިފަދައިންބަޔާންކޮށްފައިވާކަމާއި،
އިސްވެ މިބަޔާންކުރެވުނު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް
ބެލުމުން މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ
ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ދެކަމެއް ޝަރުތުކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި، އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް
ކޮށްފިކަމުގެ ތުހުމަތުގައި އެމުއައްސަސާއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން އެމުވައްޒަފަކު ޤާނޫނާއި
ނުވަތަ ޤަވާޢިދާ ޚިލާފުވިކަން ތަޙްޤީޤަށް ސާބިތުވުންކަމާއި، ދެވަނަ ކަމަކީ، ތަޙްޤީޤަށް އެސާބިތުވި ކަމެއްގެ
މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް
ފުމުން އެކޮމެޓީން ނުވަތަ ބޯޑުން އެމުވައްޒަފެއްގެ މައްސަލަ ބެލުމަށްފަހު އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރަން ހުށަހެޅުންކަމާއި، މިކަންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި
ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު ކަމަށްވާ
ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތައް ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެފިޔަވަޅެއް
އެޅުމަށްކަމާއި، ސިވިލްކޯޓުން މިމައްސަލަ ބަލައި ނިންމެވުމުގައިވެސް ރިޢާޔަތްކުރައްވާފައިވަނީ މިއުޞޫލުގެ
މައްޗަށްކަން މިމައްސަލަ ނިންމެވުމުގައި ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ބެލުމުން އެނގެން
އޮންނަކަމާއި،
މިގޮތުން ބަލާއިރު މުޙައްމަދު ފަޔާޝްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ، 2010
އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާލޭގެ
މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ނަންބަރު S5241
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ކާރަށް އަރުވައިގެން ގެންގޮސް އާމިނަތު ޒިޔާދާއާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު
ކުރެވުނު މައްސަލަ ކަމުގައިވާއިރު، މިމައްސަލައާ ގުޅިގެން މުޙައްމަދު ފަޔާޟް އަދާކުރަމުން ދިޔަ ވަޒީފާއިން
އޭނާ ވަކިކުރުމުގެ ކުރިން ބަލަންޖެހޭނީ މުޙައްމަދު ފަޔާ ޝްގެ މައްޗަށް ތުހުމަތު ކުރެވުނު އެ ޢަމަލު އޭނާ
ކުރިކަމަށް ބާރު ލިއްބައިދޭ ހެކި ޤަރީނާއަކީ ކޮބައިތޯއާއި، އަދި ހުށަހެޅުނު ހެކި ޤަރީނާތަކާ މުޙައްމަދު ފަޔާޝްއާ
ހުރި ގުޅުންތަކަށް ދެވޭ ބުރަދަނީ ކޮބައިތޯ ކަން އެނގޭކަމެވެ.
(ރ) ހަތަރުވަނަ ކަމަކީ، މުޙައްމަދު ފަޔާޝްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން
އެކަން ސާބިތުވާކަމަށް ނިންމުމުގައި ފުލުހުންގެ ފަރާތުން ޤަބޫލުކޮށްފައިވާ ޙަޤީޤަތްތަކަށާއި އެކަން
ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ބަޔާންކުރި ހެކިތަކަށް އަދި އެހެކިތައް ތަޤްލީމްކޮށް ވަޒަންކުރުމުން ނިކުތް
ނަތީޖާތަކަށް ބެލުމުން، އެ ޢަމަލެއް ކުރިކަމުގައި މުޙައްމަދު ފަޔާ ޝްގެ މައްޗަށް ކުރެވުނު
ޢަމަލުކަމުގައިވާ މުޙައްމަދު ފަޔާ ޝްގެ ވެސް ބައިވެރިވުމާއެކު އާމިނަތު ޒިޔާދާއާ ގަދަކަމުން ބަދުއަޚުލާޤީ
ޢަމަލެއް ހިންގުމުގެ ޢަމަލެއް ހިންގިކަމުގެ މައްޗަށް ބުރަވެވޭނެ އަދި ބަދީހީ ޤަރީނާއެއް ދައުލަތުގެ
ފަރާތުން ހުށަހަޅާފައި އޮތްކަމުގައި ނުބެލެވޭކަމާއި،
7ހ33 4
5
ދޮއކއ
މިގޮތުން މިމައްސަލައިގައި ޙަވާލާދެވޭ އަޞްލު އެޙާދިސާ އެގޮތުގައި ހިނގިކަން ސާބިތުވާނެ ފަދަ
އެޖަތްތަކެއް ނެތް ޙާލަތެއްގައި މިޙާދިސާ ހިނގިކަމަށް ބުނާ ތާރީޚުގައި ފުލުހުންގެ ނަންބަރު S5241 ކާރު
މުޙައްމަދު ފަޔާޝްގެ ބެލުމުގެ ދަށުގައި އޮތް އޮތުމަކީ ނުވަތަ މިޙާދިސާގައި ބައިވެރިވިކަމަށް ތުހުމަތު
ކުރެވިފައިތިބި ފަރާތްތަކާ މުޙައްމަދު ފަޔާޝް ފޯނުން މުޢާމަލާތްތަކެއް ކޮށްފައި އޮތް އޮތުމަކީ ފުލުހުންގެ
ފަރާތުން ބަޔާންކުރާ ޙާދިސާ އެގޮތުގައި ހިނގިކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމެއްކަމަށް ނުފެންނަކަމާއި،
އަދި މިކަން އިތުރަށް ޔަޤީން ކޮށްދެނީ އިޝާރާތްކުރެވުނު ޙާދިސާގައި ހިންގުނު ޢަމަލަކީ 04 މީހެއްގެ
ބައިވެރިވުމާއެކު ހިންގުނު ޢަމަލެއް ކަމަށް ބުނާއިރު، އެ ހާދިސާގައި އެފަދައިން ހިނގިކަން ސާބިތުވެފައި
ނެތުމުން މުޙައްމަދު ފަޔާޝްއާ އެއްގޮތަށް އެޙާދިސާގައި ބައިވެރިވެފައިވާކަމުގެ ތުހުމަތުކުރެވިގެން ޕޮލިސް
އެހިރާއްޖޭގެ
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ސަރވިސްގެ ވަޒީފާއިން ވަކިކުރި ހއ.ކެލާ ފިނިވާގެ ޢަލީ ނަޝީދުއާއި، ރ.މަޑުއްވަރީ މީނާޒް ހުޝާމް ޙަމީދު
އާއި، މ.ސޯސަން ޙުސައިން ރިޝީފްތާހާ އާއި މި 03 މީހުންގެ ވަޒީފާ އަނބުރާ ދިނުމަށް ދަށުކޯޓުންނާއި
ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ޙުކުމްކުރެވިފައިވާއިރު އެޙުކުމްތަކަށް މަތީ މަރުޙަލާގެ ކޯޓަކުން މިހާތަނަށްވެސް
ބަދަލެއް އައިސް ނެތުމުންކަމާއި، އެކަން އެފަދައިން މިމައްސަލަ ނިންމެވުމުގައި ސިވިލްކޯޓުންވެސް
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލައިގައި ސިވިލްކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭކަމަށް އަހުރެންނަކަށް ނުފެނެއެވެ.
cccc
ދެވަނަ: އަޣްލަބިއްޔަތު ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އާއި ފަނޑިޔާރު ޢަބްދުއްރައޫފު
އިބްރާހީމްގެ ރައުޔު):
(ހ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން ވ. ޝުކުރަން މުޙައްމަދު
ފަޔާޝް ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެގެން ކަމަށް
ބެލެވޭނެ ހަމައެއްނެތުމާއި އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުޙައްމަދު
ފަޔާޝް ޤާނޫނާއި ޤަވާޢިދާ ޚިލާފު ޢަމަލެއް ކުރިކަން ފުލުހުންގެ ތަޙްޤީޤަށް ޘާބިތުވާފަދަ ހެއްކެއް ނެތްކަން
ޝަރީޢަތަށް ހުށަހެޅިފައިވާ ތަޙްޤީޤް ބަޔާންތަކުންނާއި، ލިޔުންތަކުން ޝަރީޢަތަށް ޘާބިތުވާތީ، ޕޮލިސް ކޯޕްރަލް
މުޙައްމަދު ފަޔާޝް އެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދާއި ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކާއި އެކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދާ އެއްގޮތަށް ކަމަށް ބެލެވެން ނެތް ކަމަށް ކަނޑައަޅުއްވައި،
ޝުކުރަން މުޙައްމަދު ފަޔާޟްއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން
ވަކިނުވެ އެވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލުމަށާއި، މުޙައްމަދު ފަޔާޝް ވަޒީފާގައި ހުރުމުން
RE
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ލިބެމުންއައި މުސާރައަކާއި ޢިނާޔަތެއް އެގޮތުގައި މިހާތަނަށްވެސް ލިބިދިނުމަށާއި، މިދުވަސްތައް ޚިދުމަތުގެ
މުއްދަތަށް ގުނުމަށާއި، 26 ޑިސެމްބަރ 2013 މިތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި މޯލްޑިވްސް
ޕޮލިސް ސަރވިސްގައި ކުރިން މުޙައްމަދު ފަޔާޝް ހުރި ވަޒީފާއަށް އަނބުރާ އިޔާދަކޮށް އެވަޒީފާ ހަމަޖައްސައި
ވަޒީފާއަށް ނުކުތުމުގައި އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންތައް ހަމަޖެއްސުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަންގަވައި، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1523 ޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވާކަން އެނގެންއޮވެއެވެ.
(ލ) ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި ބަލަންޖެހޭނީ މަދަނީ
އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު ކަމަށްވާ ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާތައް ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެފިޔަވަޅެއް އެޅުންކަން އެނގެން
އޮންނަކަމާއިޑް
".ބެލެންސް އޮފް ޕްރޮބެބިލިޓީޒް“ ނުވަތަ ”ޕްރީޕެންޑަރެންސް އޮފް ދި އެވިޑެންސް” ގެ މި
މަފްހޫމަކީ، ކުރިއަރާފައިވާ ދިމިޤްރާތީ މުޖްތަމައުތަކުގެ އިތުރުން ދިވެހިރާއްޖޭގައިވެސް މިފަދަ މައްސަލަ ތަކުގައި
އަމަލުކުރަމުން އަންނަ އުޞޫލުކަމާއި،
ޖިނާއީ ކުށެއްގެ ތުހްމަތުގައި މުވައްޒަފަކާމެދު އިދާރީގޮތުން ފިޔަވަޅެއް އަޅާއިރު، އެފަދަ
ފަރާތަކާމެދު ތުހްމަތުކުރެވޭ ޖިނާ
ޖިނާއީ ކުށުގެ ޢަމަލު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ މިންގަނޑުން ސާބިތުވުން ކޮންމެހެން ލާޒިމުނުވާކަން އެނގެއެވެ.
(ނ) ފުލުހުންގެ ވަޒީފާއަކީ، ”ޗެއިން އޮފް ކޮމާންޑް“ އަށް ތަބާވެ އެ އަސާސްގެ ދަށުން
މަސައްކަތްކުރަންޖެހޭ، ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެމީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި
މަސްއޫލިއްޔަތުތައް ތަފާތު ބައެއްކަމާއި، ފުލުހުންނަކީ، ޤައުމުގެ އަމާންކަމާއި
ޞުލްޙަމަސަލަސްކަމާއި ޤައުމުގެ ދާޚިލީ މިނިވަންކަމާއި އަދި މިނޫންވެސް މުހިންމު އެތައް ޒިންމާތަކަކާއި
¢¢0
އެގެތެރޭޑަ
ccc
99ދ8 6
4
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
5}2008
މަސްއޫލިއްޔަތުތަކެއް ޤާނޫނުން މަތިކުރެވިފައިވާ ބައެއްކަމުގައި ވީހިނދު، އެފަރާތްތަކުގެ ވަޒީފާގެ
މަސްއޫލިއްޔަތާއި ޒިންމާތައް އަދި ވަޒީފާގެ ސުލޫކީ މިންގަނޑާއި އެހެނިހެން މުހިންމު އަސާސްތައް، ޤާނޫނު
ނަންބަރު
(ފުލުހުންގެ ޤާނޫނު) އާއި އެ
ޤާނޫނުގެ ދަށުން ހެދިފައިވާ ނަންބަރު
4
/
2009-1-MPS (ވަޒީފާއާބެހޭ ޤަވާޢިދު) އާއި ޤަވާޢިދު ނަންބަރު: 1-7/2009-MPS (ޑިސިޕްލިނަރީ
އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދު) އާއި އަދި ދިވެހި ފުލުހުންގެ ކޯޑް އޮފް
ކޮންޑަކްޓްގައި ބަޔާންކުރެވިފައިވާކަމާއި؛
އެގޮތުން، ނަންބަރު 1-4/2009-MPS (ވަޒީފާއާބެހޭ ޤަވާޢިދު) ގެ 24 މާއްދާގައި ފުލުހުން
ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާކަމާއި، އިޝާރާތްކުރެވުނު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ
24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ”މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން
ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް
ސާބިތުވާޙާލަތެއްގައި....“ އެފުލުހަކު ފުލުހުން ވަޒީފާއިން ވަކިކުރެވޭނެކަމާއި،
މައްޗަށް
ތުޙުމަތުކުރެވޭ ޖިނާއީ ކުށެއްގެ ޢަމަލު، ބުނެވިދިޔަ މާއްދާގައި ބަޔާންކުރެވިފައިވާ ގޮތަށް ފުލުހުންގެ ތަޙްޤީޤަށް
ސާބިތުކުރުމުގައި މިންގަނޑަކީ، ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތައް ވަޒަންކުރުމަ
ބޮޑަށް ބުރަވެވޭ
ގޮތެއްގެ މައްޗަށް ބިނާކޮށް އެފިޔަވަޅެއް އެޅުންކަން އެނގެން އޮންނަކަމާއިގެ
މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރާ ފުލުހެއްގެ މައްޗަށް ޖިނާއީ ކުށެއްގެ
ތުހްމަތުގައި ވަޒީފާއިން ވަކިކުރެވޭ ޙާލަތްތަކުގައިވެސް ބަލަންޖެހޭނީ އިސްވެ ބުނެވުނު ފަދައިން ”ބެލެންސް އޮފް
ޕްރޮބެބިލިޓީޒް“ އުޞޫލަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު
25/HC-A/2010 ޤަޟިއްޔާއާއި ޙަވާލާދީ ހައިކޯޓުގެ ނަންބަރު 85/HC-A/2012 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާކަން އެނގެންއޮވެއެވެ.
ފުލުހެއްގެ
ޑ 4
43
ގެންގުޅޭ
ގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
(ށ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1523 ޤަޟިއްޔާއަކީ،
މުޙައްމަދު ފަޔާޟް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ ވަޒީފާއިން އެފަރާތް ވަކިކޮށްފައިވާތީ
ވަޒީފާ އަލުން އަނބުރާ ހޯދުމަށް މުޙައްމަދު ފަޔާޝްގެ ފަރާތުން ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެއްކަމާއި،
މުޙައްމަދު ފަޔާޝް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން ވަކިކުރި ކުރުމަށް
ބަލާއިރު، މުޙައްމަދު ފަޔާޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 2010 އޮގަސްޓް 06 ވަނަ ދުވަހުގެ
ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާލޭގެ މާވެޔޮ މިސްކިތް ކައިރީގައި
ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ނަންބަރު S5241 ކާރަށް އަރުވައިގެން ގެންގޮސް
އާމިނަތު ޒިޔާދާއާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވިގެން އެމައްސަލަ
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް، ތަޙުޤީޤުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ
މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު ފަޔާޝް އެޢަމަލުގައި ބައިވެރިވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް
ޤަބޫލުކުރެވޭތީ، އެކަމަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ކޯޑް އޮފް އެތިކްސްއާ ޚިލާފު
ކަމެއްކަމަށްވާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން
ބާރުލިބިގެން ހަދާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07
ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ
(ށ) ގެ ދަށުންކަން އެނގެން އޮންނަކަމާއިގެ
1 2 3
އެ ޤަވާޢިދުގެ 7 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާއަކީ، ފުލުހުންގެ ޑިސިޕްލިނަރީ އަދި
އިދާރީކުށްތައް ބަޔާންކޮށްފައިވާ މާއްދާކަމާއި، އެ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި
ބަޔާންކުރެވިފައިވަނީ، ”ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ
ކަންތަކާއި ޚިލާފަށް ހިންގާ ކޮންމެ ޢަމަލެއް، މިފަދައިން ކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 މާއްދާއަކީ، ފުލުހުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް
ބަޔާންކޮށްފައިވާ މާއްދާއެއްކަމާއި، އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، ”މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފް
ޢަމަލެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް
ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ
ސަބަބުން އެހެން މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ
ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން
ހުށަހެޅުމުން، މިފަދައިންކަން އެނގެން އޮންނަކަމާއި، އިސްވެ ހަވާލާދެވުނު ޤާނޫނީ މާއްދާތަކަކީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާ ޤާނޫނުއަސާސީއާ ޚިލާފު މާއްދާއެއް ނުވަތަ މާއްދާތަކެއްކަމަށް މިހާތަނަށް ޝަރުޢީއެއްވެސް
ކޯޓަކުން ކަނޑައަޅާފައިނުވާއިރު، އެމާއްދާތަކަކީ އޭގެ ޤާނޫނީ ބާރުވެރިކަންމަތީ ދެމިއޮތް މާއްދާތަކެއްކަމާއި؟
މުޙައްމަދު ފަޔާޟް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން ވަކިކުރި
ކުރުމަށް ބަލާއިރު، މުޙައްމަދު ފަޔާޝް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 06
އޮގަސްޓް 2010 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާލޭގެ
މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ނަންބަރު S5241
ކާރަށް އަރުވައިގެން ގެންގޮސް އާމިނަތު ޒިޔާދާއާ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު
ކުރެވިގެން އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކޮށް، މުޙައްމަދު ފަޔާޝްއާއި ދެކޮޅަށް
1-
2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހު ގދ. ތިނަދޫ ސަކީނާމަންޒިލް އާމިނަތު ޒިޔާދާ،
މާލޭގެ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން ގެންގޮސް
އޭނާއާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަން އަންގައިދޭ ހެއްކާއިގެ
ދީ ދވ
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
5- ހާދިސާ ހިނގި
2- އާމިނަތު ޒިޔާދާ ގަދަކަމުން އަރުވައިގެން، ގެން ގޮސްފައިވަނީ ފުލުހުންގެ ނަންބަރު S5241
ކާރުގައި ކަން އެނގޭ ހެއްކާއިގެ
3- ހާދިސާ ހިނގި ތާރީޚުގައި ފުލުހުންގެ ނަންބަރު S5241 ކާރު އޮތީ، މުޙައްމަދު ފަޔާ ޝްގެ
ބެލުމުގެ ދަށުގައިކަން އަންގައިދޭ ހެއްކާއިގެ
4- ހާދިސާ ހިނގި ރޭގެ ފަތިހު މުޙައްމަދު ފަޔާޝް ފުލުހުންގެ ނަންބަރު S5241 ކާރު ބޭނުން ކުރި
ކަމަށް އިންކާރު ކުރިނަމަވެސް، ހާދިސާ ހިނގި ކަމަށް ބެލެވުނު ވަގުތުގެ ކުޑަ އިރުކޮޅެއް ފަހުން
މުޙައްމަދު ފަޔާޝް އެ ކާރު އިސްކަންދަރު 2 ނަންބަރު ކޮށީގައި ޕާކްކުރި މަންޒަރު ދުށް
ފުލުހުންކަމުގައިވާ މުޙައްމަދު ނިޔާޒާއި ޢަލީ މޫސާގެ ހެކިބަސް ތަޙްޤީޤަށް ލިބިފައިވުމާއި
ރޭގެ 01:30 ހާއިރުން ފެށިގެން މުޙައްމަދު ފަޔާޝް އޮތީ ނިދާފައި ކަމަށާއި،
ނިދާ ހޭލީ ފަތިހު ކުޑަ ބަނޑޮހަށް ދަތުރު ދިޔުމަށް ކަމަށާއި، އޭނާގެ ފޯނުން އެރޭ އެއްވެސް
މީހަކަށް ގުޅާފައިވާނެކަން ނުވަތަ އެއްވެސް މީހަކު އޭނާގެ ފޯނަށް ގުޅާފައިވާނެ ކަން ނޭނގޭ ކަމަށް
މުޙައްމަދު ފަޔާޝް ފުލުހުންގެ ތަޙްޤީޤަށް ފުރަތަމަ ދިން ބަޔާނުގައި ބުނެފައިވާކަން އަންގައިދޭ
އިންޓަރވިއުގެ ރެކޯޑިންގ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވުމާއި؛
6- ހާދިސާ ހިނގި ރޭ މުޙައްމަދު ފަޔާޝްގެ ފޯނުން އެއްވެސް މީހަކަށް ގުޅާފައިވާނެކަން ނުވަތަ
އެއްވެސް މީހަކު އޭނާގެ ފޯނަށް ގުޅާފައިވާނެ ކަން ނޭނގޭ ކަމަށް ތަޙްޤީޤުގައި ބުނެފައިވާއިރު،
މި މައްސަލައިގައި ހިމެނޭ އިތުރު މީހުންނާ މުޙައްމަދު ފަޔާޝް ގުޅާފައިވާކަން
އަދި އެމީހުންވެސް މުޙައްމަދު ފަޔާޟްއާ ގުޅާފައިވާކަން، މުޙައްމަދު ފަޔާޝްއާއި އަދި އެހެން
މީހުންގެ ފޯނު ކޯލްތަކުގެ ތަފްޞީލުން ތަޙްޤީޤަށް ހޯދިފައިވާކަމާއި؛
މިއެންމެހައި ހެކިތައް މުޙައްމަދު ފަޔާޝްއާ ދެކޮޅަށް ތަޙްޤީޤަށް ލިބިފައިވުމުން، ތަޙުޤީޤުކުރި
ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން މުޙައްމަދު ފަޔާ ޝް ތަހުޤީޤުގައި
ހާދިސާ ހިނގި
z
، ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
44
ކަނޑައެޅިގެން އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާތީ، މުޙައްމަދު ފަޔާޝް އެޢަމަލުގައި ބައިވެރިވެފައިވާކަމަށް
ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ އެކަމަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ކޯޑް އޮފް
އެތިކްސްއާ ޚިލާފު ކަމެއްކަމަށްވާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ
(ނ) ގެ ދަށުން ބާރުލިބިގެން ހަދާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ
ޤަވާއިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24
ވަނަ މާއްދާގެ (ށ) ގެ ދަށުން ކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޢަބްދު
ޙަމީދު އާއި ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ދެކެނީ ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1523
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
މުޙައްމަދު ފަޔާޝް އަދާކުރަމުންދިޔަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޯޕްރަލެއްގެ ވަޒީފާއިން
މުޙައްމަދު ފަޔާޝް ވަކިކޮށްފައިވަނީ، 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގދ.ތިނަދޫ
ސަކީނާމަންޒިލް އާމިނަތު ޒިޔާދާ، މާލޭގެ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން
ގަދަކަމުން ފުލުހުންގެ ނަންބަރު S5241 ކާރަށް އަރުވައިގެން ގެންގޮސް އާމިނަތު ޒިޔާދާއާ ގަދަކަމުން
ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތު ކުރެވިގެން އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން
ތަޙްޤީޤުކޮށް، ތަހުޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މުޙައްމަދު
ފަޔާޝް އެޢަމަލުގައި ބައިވެރިވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، އެކަމަކީ ފުލުހުންގެ ކޯޑް އޮފް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/142
ކޮންޑަކްޓާއި ފުލުހުންގެ ކޯޑް އޮފް އެތިކްސްއާ ޚިލާފު ކަމެއްކަމަށްވާތީ، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ
ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ޑިސިޕްލިނަރީ އަދި އިދާރީ
ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނާތީ، ސިވިލް ކޯޓުގެ
ނަންބަރު 2010/Cv
-
C/1523 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް، މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ބާޠިލްކޮށްފީމެވެ.
އެހިރާއްޖެ
AT,
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ