ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/04 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓު
ޤަޟިއްޔާ ނަންބަރ: 04/HC
-
I
-
SH/2011
ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
*ނަން: މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
* އައިޑީ ކާޑު ނަންބަރ:
އެޑްރެސް
• އިންތިޚާބީ ޝަކުވާ މައްސަލަ ރައްދުވާފަރާތް:
ނަން: އިލެކްޝަންސް ކޮމިޝަން
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް:
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
D02.0.1
މިއީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި، ނ.މިލަދޫ ރަށުކައުންސިލަށް މާލޭގައި ތިބެގެން
.ޓުލުމަށްޓަކައި، ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް، މާލޭ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ ނަންބަރު:
04 ވޯޓު ފޮށްޓަށް ލާފައިވާ 4 ވޯޓު ކަރުދާސްކޮޅު، ބާޠިލް ވޯޓުކަރުދާސްތަކެއްކަމަށް
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 39 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި ޚިލާފަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓު ފޮށްޓާއި ހަވާލުވެތިބި އޮފިޝަލުން ކަނޑައަޅާފައިވާކަމަށްބުނެ،
ބަޔާން ކުރެވުނު ހަތަރު ވޯޓު ކަރުދާހުގައި ލާފައިވާ ވޯޓުތަކުގެ ތެރެއިން ނ.މިލަދޫ/ ނޫރަންގެ، ޙަސަން މޫސާ
އަށް ދީފައިވާ ވޯޓުތައް ފިޔަވައި ދެންހުރި ވޯޓުތައް އެއީ ޞައްޙަ ވޯޓުތަކެއް ކަމަށް ކަނޑައަޅާ ދެއްވުމަށް
އެދިގެންނާއި،
ނ.މިލަދޫ ރަށު ކައުންސިލުގެ ދާއިމީ ނަތީޖާ މި މައްސަލަ ހައިކޯޓުން ވަކިގޮތަކަށް
ނިންމަންދަން އިޢުލާން ކުރުން ފަސްކޮށްދެއްވުމަށް އެދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
E-
.އދ. 34
3
އދވ
:ގަކުރެވުނު ނުކުތާތައް:
01- މިއީ، ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި، ނ.މިލަދޫ ރަށުކައުންސިލަށް މާލޭގައި
ތިބެގެން ވޯޓުލުމަށްޓަކައި، ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް މާލޭ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިވާ
ނަންބަރު: D02.0.1
04 ވޯޓު ފޮއްޓަށް ލާފައިވާ ވޯޓު ކަރުދާސްކޮޅު، ބާޠިލް ވޯޓުކަރުދާސްތަކެއްކަމަ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 39 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި ޚިލާފަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވޯޓު ފޮށްޓާއި ހަވާލުވެތިބި އޮފިޝަލުން ކަނޑައަޅާފައިވާކަމަށްބުނެ،
ބަޔާން ކުރެވުނު 04 ވޯޓު ކަރުދާހުގައި ލާފައިވާ ވޯޓުތަކުގެ ތެރެއިން ނ.މިލަދޫ ނޫރަންގެ، ޙަސަން މޫސާ
އަށް ދީފައިވާ ވޯޓުތައް ފިޔަވައި ދެންހުރި ވޯޓުތައް އެއީ ޞައްޙަ ވޯޓުތަކެއް ކަމަށް ކަނޑައަޅާ ދެއްވުމަށް
އެދިގެންނާއި،
ނ.މިލަދޫ ރަށު ކައުންސިލުގެ ދާއިމީ ނަތީޖާ މި މައްސަލަ ހައިކޯޓުން ވަކިގޮތަކަށް
ނިންމަންދަން އިޢުލާން ކުރުން ފަސްކޮށްދެއްވުމަށް އެދި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
02
3
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މައްޗަށް
ހުށަހެޅުމުން
ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެއްކަން
ގދ 4
444
ފާހަގަކުރެވެއެވެ"
.
02- މޯލްޑިވިޔަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ކުޅު އިންތިޚާބީ
ޝަކުވާގެ މައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު، ނ.މިލަދޫ ރަށުކައުންސިލަށް ކުރިމަތިލާފައިވާ
ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ނ.މިލަދޫ ނޫރަންގެ، ޙަސަން މޫސާގެ ކެންޑިޑޭންސީ، ވޯޓުލުން އޮތްދުވަހުގެ
ކުރީ ދުވަސްކަމަށްވާ 04 ފެބްރުއަރީ 2011 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ބާޠިލް ކޮށްފައިވާކަމަށާއި،
މިފަދަ ސަބަބަކާހުރެ އަދި ޚާއްޞަކޮށް، އެހާ ފަހުގެ ވަގުތެއްގައި ކެންޑިޑޭޓެއްގެ ކެންޑިޑެންސީ
ބާޠިލް ވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޒިންމާދާރު ކަމާއެކު އިންތިޚާބުތަކާބެހޭ ޤާނޫނުތަކާއި
ޤަވާޢިދު ތަކާއި އެއްގޮތްވާ ގޮތުގެ މަތިން ވޯޓުލާ މީހުނަށް އެނގޭގޮތަށް ކަންތައްތައް އިންތިޒާމް ކޮށްފައި
ނުވާނަމަ، ވޯޓުލާ މީހުންނަށް އެމަޢުލޫމާތު ލިބިފައި ނުވުމަކީ ޤަބޫލު ކުރެވޭ ކަމެއް ކަމަށާއި، އަދި އެފަދަ
ސަބަބެއް މެދުވެރިވެގެން އިލެކްޝަންސް ކޮމިޝަންގެ އިހުމާލުން ހިނގާކަމެއްގައި ވޯޓުލާ މީހަކަށް
ކެންޑިޑެންސީ ބާޠިލްކޮށްފައިވާ މީހާއަށް ވޯޓުލެވޭގޮތް ވެއްޖެ ހިނދެއްގައި، ވޯޓު ކަރުދާސްކޮޅު ބާޠިލްކުރުމަކީ،
އަދި ވޯޓްލާ ޞައްހަ އެހެން ކެންޑިޑޭޓުންގެ ޙައްޤު ގެއްލިގެންދާނެ ކަމެއް ކަމަށް
ޤަބޫލުކުރެވޭކަމަށާއި،
މިގޮތުން މިލަދޫ ރަށުކައުންސިލަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓެއް ކަމަށްވާ މިލަދޫ
ނޫރަންގޭ ޙަސަން މޫސާގެ ކެންޑިޑެންސީ، 04 ފެބްރުއަރީ 2011 ވަނަ ދުވަހުރޭގެ ވަގުތެއްގައި
ބާޠިލްކޮށްފައިވާއިރު، އޭނާގެ ނަން އުނިނުކޮށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 04 ވޯޓު ކަރުދާސް ކޮޅެއް
ދޫކޮށްފައިވާތީ، އެ 04 ވޯޓު ކަރުދާސްކޮޅުގައި ކެންޑިޑޭޓެއްގެ ގޮތުގައި ނަން ހިމަނާފައިވާ މިލަދޫ
ނޫރަންގޭ ޙަސަން މޫސާ ހިމެނޭގޮތަށް ކެންޑިޑޭޓް އާދަމް ސާޖިދަށާއި، ކެންޑިޑޭޓް މުޙައްމަދު ލަތީފަށާއި،
ކެންޑިޑޭޓް ނަސުރުއްﷲ މުޙައްމަދަށާއި އަދި ކެންޑިޑޭޓް ޢަބްދުﷲ ހަބީބު ހިމެނޭގޮތުން ލާފައިވާ ހަތަރު ވޯޓު
ކަރުދާސްކޮޅުވަނީ ބާޠިލް ވޯޓްތަކެއްގެ ގޮތުގައި އިލެކްޝަންސް އޮފިޝަލުން ގުނާފައިވާކަމަށާއި، އެފަދަ
ސަބަބެއް މެދުވެރިވެގެން އިލެކްޝަންސް ކޮމިޝަންގެ އިހުމާލުން ހިނގާކަމެއްގައި ވޯޓްލާ މީހަކަށް
ކެންޑިޑެންސީ ބާޠިލްކޮށްފައިވާ މީހާއަށް ވޯޓްލެވޭގޮތް ވެއްޖެ ހިނދެއްގައި ވޯޓް ކަރުދާސްކޮޅު ބާޠިލްކުރުމަކީ،
(44/289
ބ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2x
އުއްމު
ވޯޓްލާމީހާއާއި، އަދި ވޯޓްލާ ޞައްހަ އެހެން ކެންޑިޑޭޓުންގެ ޙައްޤު ގެއްލިގެންދާނެ ކަމަކަށްވާތީ، މިފަދަ
ޙާލަތެއްގައި ތިރީގައި މިބަޔާން ކުރެވޭ ކަންކަމަށް ރިޢާޔަތް ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމުގައި
އެޕާރޓީގެ ފަރާތުން ޤަބޫލު ކުރާކަމަށާއި،
މިގޮތުން، އިންތިޚާބާއިބެހޭ ޤާނޫނުގެ 39 ވަނަމާއްދާގައި ވަރަށް ސާފުކޮށް
ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކޮށްފައިވާ ތަރުތީބު ރަނގަޅަށް ކިޔަން
އިގޭނެހެން ބަހައްޓަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ލިސްޓެއް ނ. މިލަދޫ ރަށުކައުންސިލަށް
ވޯޓްލުމަށްޓަކައި މާލޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ވޯޓްލުމަށްޓަކައި މާލޭ ދަރުމަވަންތަ ސްކޫލްގައި
ބަހައްޓާފައިވާ ވޯޓް ފޮށި ކައިރީގައި ބަހައްޓާފައެއްނުވާކަމަށާއި،
މިކަންކަން ފާހަގަކުރެވިގެން އެފޮށި ކައިރި ތިބި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންނަށް
ޝަކުވާ ހުށަހެޅުމުން 5 ފެބުރުއަރީ 2011 ވަނަ ދުވަހު ހެނދުނު 8:20 ގައި ވޯޓްލުން މެދު ކަނޑާލުމަށްފަހު
އަލުން 8:45 އެހާކަންހާއިރު ވޯޓްލުން ފެށުމަށްފަހު، ވޯޓްލާ ކަރުދާސްކޮ
ދޫކޮށްފައިވަނީ ޙަސަން މޫސާގެ
ނަމާއި ދިމާލުގައި ރޮގުބުރިއެއް ދެމުމަށްފަހުގައި ކަމަށާއި،
އިންތިޚާބު ތަކާއި ބެހޭ ޢާއްމު ޤާނޫނުގައި އިންތިޚާބަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ނަން
އިޢުލާން ކުރުމަށްފަހު، ޝަރުޢީ ކޯޓަކުން ބާޠިލްކޮށްފިނަމަ ކަންކުރާނެގޮތް ބަޔާން ކޮށްފައިނުވާކަމަށާ ،
އެހެންކަމުން މިޙާލަތުގައި އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ކެންޑިޑޭޓަކު
މަރުވެއްޖެނަމަ، ޢަމަލުކުރަންޖެހޭނެ ގޮތްކަމަށް ބަޔާން ކޮށްފައިވާގޮތަށް ޝަރުޢީ ކޯޓަކުން އިންތިޚާބަކާއި
ކުރިމަތިލާފައިވާ ކެންޑިޑޭޓެއްގެ ނަން ބާޠިލްކޮށްފިނަމަ، ޢަމަލު ކުރަންޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަމަށާއި،
މިމާއްދާގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން އިޢުލާން ކުރުމަށްފަހު، ކެންޑިޑޭޓަކު މަރުވެއްޖެނަމަ
ބާޠިލްވާނީ އެކެންޑިޑޭޓަކަށް ދީފައިވާ ވޯޓެއްކަން ވަރަށް ޞަރީޙަކޮށް ބަޔާން ކޮށްފައިވުމުން އެކަކަށްވުރެ ގިނަބަޔަކު
ކުރިމަތިލާފައިވާ އިންތިޚާބުތަކުގައި އެއްވޯޓް ކަރުދާސް ކޮޅެއްގައި އެކަކަށްވުރެ ގިނަބަޔަކު ނަން
ހިމަނާފައިވާނަމަވެސް ބާޠިލްވާނީ އެމީހަކަށް ދީފައިވާ ވޯޓްކަން އިނގޭކަމަށާއި، މިގޮތުން އިންތިޚާބާއިބެހޭ ޢާއްމު
ޤާނޫނުގެ ބާޠިލް ވޯޓެއްގެ ގޮތުގައި ބަލަންޖެހޭނެ ޙާލަތްތަކަކީ:
(1) އިލެކްޝަންސް ކޮމިޝަނުން ތުއްޔާރުކޮށްފައިވާ ވޯޓް ކަރުދާސް ކޮޅުނޫން އެހެން
ކަރުދާހެ އިލާފައިވާ ވޯޓުކަމަށް ބުނެފައިވާއިރު، މި4 ވޯޓް ލާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ތައްޔާރު
ކޮށްފައިވާ ވޯޓް ކަރުދާހެއްގައި ކަމަށާއި،
22
04 ދ
(ޙހއ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2x
(2) އެއްވެސް ފާހަގައެއް ޖަހާފައިނުވާ ވޯޓް ކަރުދާސްކޮޅު ކަމަށް ބުނެފައިވާއިރު، މި4 ވޯޓް
ކަރުދާސްކޮޅުގަވެސް ފާހަގަ ޖަހާފައިވާކަމަށާއި،
(3) ޤާނޫނާއި ޚިލާފަށް ދީފައިވާ ވޯޓު ކަމަށް ބުނެފައިވާއިރު، މި 4 ވޯޓަކީ ޤާނޫނާއި ޚިލާފަށް ލާފައިވާ
04 |
2
0 ހދޗު
ވެޓްއް ނޫންކަމަށާއި،
(4) އިންތިޚާބާއިބެހޭ ޚާއްޞަ ޤާނޫނަކުން ބާޠިލް ވޯޓެއްކަމަށް ކަނޑައަޅާފައިވާ ވޯޓު ކަމަށާއި،
ނަމަވެސް މިވޯޓް ފޮށީގައި ބާޠިލްކަމަށް ކަނޑައަޅާފައިވާ 4 ވޯޓް ބާޠިލް ކޮށްފައިވާ ޙާލަތާއި ގުޅެނީ (ނ) ގައި
ބަޔާން ކޮށްފައިވާ ޙާލަތު ކަމަށް އެޕާޓީގެ ފަރާތުން ދެކޭކަމަށްބުނެ،
އިސްވެ ބަޔާންކުރެވުނު 04 ވޯޓްކަރުދާސްކޮޅު ބާޠިލް ވޯޓްތަކެއްކަމަށް އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ވޯޓް ފޮއްޓާ ޙަވާލުވެތިބި އޮފިޝަލުން ކަނޑައަޅާފައިވަނީ އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ
39 ވަނަ މާއްދާއާއި، 24 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި ޚިލާފަށްކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި
ދެއްވައި، ވޯޓް ކަރުދާސްކޮޅުގައިވާ ނަންތަކުގެތެރެއިން ކެންޑިޑެންސީ ބާޠިލްކޮށްފައިވާ ނ.މިލަދޫ ނޫރަންގޭ
ޙަސަން މޫސާ ފިޔަވައި ދެންތިބި ޞައްޙަ ކެންޑިޑޭޓުން ކަމުގައިވާ އާދަމް ސާޖިދާ، މުޙައްމަދު ލަޠީފާ،
ނަޞްރުﷲ މުޙައްމަދާ، ޢަބްދުﷲ ޙަބީބަށް ލާފައިވާ 04 ވޯޓަކީ ޞައްޙަ ވޯޓްތަކެއްކަމުގައި ކަނޑައަޅައި
ދެއްވުމަށް އެދޭކަމުގައި މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
03- މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ރައްދުވާގޮތަށް ހުށަހަޅާފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މިމައްސަލައާއި ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޖަވާބު ދެމުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވަހަކައަށް ބަލާއިރު،
އެޕާޓީގެ ފަރާތުން ހުށަހެޅި މަސްއަލާގައި މައިގަނޑުގޮތެއްގައި އެޕާޓީގެ ފަރާތުން އެދިފައިވަނީ
އިލެކްޝަންސް އޮފިޝަލުން ބާޠިލް ކަމަށް ކަނޑައަޅާފައިވާ ވޯޓްތަކެއް ބާޠިލް ނޫންކަމަށް ޝަރީޢަތުން
ކަނޑައަޅުއްވައި ދެއްވުމަށް ކަމަށާއި، އަދި ހުށަހަޅާފައިވާ މައްސަލާގައި 04 ވޯޓް ކަރުދާސްކޮޅެއް ގެ ވާހަކަ
ވިދާޅުވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 03 ކަރުދާސްކޮޅުކަން އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވިފައިވާ
ކަމަށާއި، މިގޮތުން ބަލާއިރު، މައިގަނޑުގޮތެއްގައި ޤަބޫލު ކުރަންޖެހޭ އެއްކަމަކީ ވޯޓްލާ ފަރާތުން އެވޯޓް
ލުމުގައިވެސް ޒިއްމާތަކެއް ހުންނާނެކަން ޤަބޫލުކުރުން ކަމާއި، ވޯޓުލުމަކީ ހަމައެކަނި އެވޯޓްލާ ތަނަށް ޙާޟިރުވެ
ފާހަގަޖަހާލުން ނޫންކަމާއި، ވޯޓުލުމަކީ އެވޯޓްލާ މީހާވެސް ޒިއްމާއެއް އުފުލުމުގެގޮތުން އެމީހެއްގެ
ކުރަންޖެހޭ ކަމެއްކަމަށާއި، ނަމަވެސް ހުށަހެޅިފައިވާ މައްސަލައަށް ބަލާއިރު، އެނގޭ އެކައް)
ދަޢުވާ ހުށަހަޅުއްވާ ފަރާތުން އެފާހަގަކުރައްވާ ކަރުދާސްކޮޅުގައި ފާހަގަޖައްސަވާފައިވަނީ ރަނގަޅަށްނޫންކަން
ކަމާއި، އެއީ ބާޠިލްކުރެވިފައިވާ ކެންޑިޑޭޓެއްގެ ނަމާއި ދިމާލުގައި ފާހަގަޖައްސަވާފައިވާކަން އެއީ އެވޯޓްލީ
$/
0
2
4
2 24ދ
مع ہو کر مر کر ہی
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ocuc
48
ފަރާތުގެ ޒިއްމާވެސް އެފަރާތުން ރަނގަޅަށް އަދާކޮށްފައިނުވާކަން އެގޭ ކަމެއްކަމަށާއި، ވޯޓްލީ ފަރާތުގެ ޒިއްމާ
ރަނގަޅަށް އަދާނުކުރުމުގެ ސަބަބުން އެކަމުގެ މަންފާއެއް ނުވަތަ ފައިދާއެއް އިތުރު އެހެން ފަރާތަކަށް
ލިބިގެންވާނެކަމަކަށް ނުދެވޭކަމަށާއި، އެމް.ޑީ.ޕީގެ ފަރާތުން ކުރިމަތި ލާފައިވާ ކެންޑިޑޭޓެއް ކަމުގައިވާ
ނ.މިލަދޫ/ ނޫރަންގޭ ޙަސަން މޫސާގެ ކެންޑިޑެންސީ ވަނީ ސުޕްރީމް ކޯޓުން 03 ފެބްރުއަރީ 2011 ގެ
ރޭގަނޑުގެ ވަގުތެއްގައި ބާޠިލްކޮށްފައި ކަމަށާއި، އެހިސާބުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން
އެކަން އިޢުލާންކޮށްފައި ވާކަމަށާއި، ވީމާ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެ ކެންޑިޑެންސީ
ބާޠިލްކުރިކަމުގެ އިޢުލާން ޢާއްމުކޮށް ކުރެވުމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އަދާކުރަންޖެހޭ އެ ޒިއްމާ
އެވަނީ އަދާކުރެވިފައިކަމުގައި ދެކޭކަމަށާއި، އެއިޢުލާނުގެ ދެވަނަ ޕެރެގްރާފް ގެ ދެވަނަ ފޮޅުވަތުގައި
"މިކޮމިޝަނުން ވޯޓް ކަރުދާސް ޗާޕްކޮށް ވޯޓްލާ މަރުކަޒުތަކަށް ފޮނުވިއިރު ތިރީގައި މިދަންނަވާ މީހުންގެ ނަން
ވޯޓްކަރުދާހުގައިވަނީ ހިމެނިފައެވެ. އެހެންކަމުން މިއިންތިޚާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު
ލިބިގެންނުވާ މީހުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ މީހުންނަށްދޭ ވޯޓް
މިކޮމިޝަނުން ގުނާނީ ބާޠިލް ވޯޓްގެ ގޮތުގައެވެ. އަދި އެ ލިސްޓުގެ އެންމެ ފުރަތމަ ނަމެއްގެގޮތުގައި މިވަނީ
ނ.މިލަދޫ ރަށުކައުންސިލް މެންބަރުކަމަށް ކުރިމަތިލާފައިވާ ނ.މިލަދޫ ނޫރަންގޭ ޙަސަންމޫސާ ގެ ނަން ކަމަށާއި،
ގޮތުގެމަތިން ޙަސަންމޫސާ ގެ ނަން ހިމެނިފައިވާ ވޯޓުކަރުދާސްކޮޅެއް ވާނަމަ އެވޯޓުކަރުދާސްކޮޅެއް ވާނީ ބާޠިލް
ވޯޓުކަމަށް ބަލާފައި ކަމަށާއި،
މީގެ އިތުރުން އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ
24ވަނަ މާއްދާ އާއި ޚިލާފަށް
ޢަމަލުކޮށްފައިވާކަމަށް ބަޔާންކުރައްވާފައިވާއިދު 24ވަނަ މާއްދާއަކީ މިކަމާއި ސީދާ ގުޅުންހުރި މާއްދާއެއް ކަމަށް
ޤަބޫލު ނުކުރާކަމަށާއި، އެއީ އެމާއްދާއަކީ ކެންޑިޑޭޓަކު މަރުވުމުން ޢަމަލުކުރާގޮތް ބަޔާން ކުރާ މާއްދާއެއް
ކަމަށާއި، ދެންހުރި މާއްދާތަކަށް ޢާއްމުކޮށް ބަލާއިރުވެސް މައިގަނޑުގޮތެއްގައި މިބުނާ ވާހަކައަކީ
އިންތިޚާބުތަކުގައި ޢަމަލުކުރާ ޢާއްމު އުޞޫލުތައްކަމަށާއި، އެއީ ޚާއްޞަ ޤާނޫނެއްގައި އެހެން ގޮތަކަށް
ކަނޑައެޅިފައި ނުވާހާހިނދަކު މިޤާނޫނުގެ ދަށުން ޢަމަލުކުރަން ޖެހޭ ގޮތް ކަމަށާއި، މިމާއްދާތަކަށް ޙަވާލާދެއްވާ
ވާހަކަ ދެއްކެވިއިރު ޚާއްޞަ ޤާނޫނުގައިވާ އެއްޗަކަށް ބަލާފައިނުވާ ކަމަށާއި، މިމައްސަލާގައި ޚާއްޞަ
ޤާނޫނެއްގެ ގޮތުގައި ބަލަން ޖެހޭ ޤާނޫނަކީ ލޯކަލް ކައުންސިލިލްތަކުގެ އިންތިޚާބު ގެ ޤާނޫނު ކަމަށާއި، އެ
ޤާނޫނު ގެ 18ވަނަ މާއްދާއަކީ ބާޠިލް ވޯޓު ކަނޑައެޅުމާއި ބެހޭ ގޮތުން އޮތް މާއްދާ ކަމަށާއި،
މިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގައި ޤާނޫނު ނަންބަރު 2008؛11 (އިންތިޚާބުތަކާއި ބެހޭ ޢާއްމު
ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތަށް އޮންނަ ވޯޓުތަކުގެ އިތުރުން
އެކައުންސިލަކަށް އެއިދާރީ ދާއިރާއަކުން ނުވަތަ އެރަށަކުން ނުވަތަ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ
2
2x
2 ހ
ہی کرتی
އއދގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
02
xތ 2
2x
2
بی بی کریم کو فکر
ގިނަ ކެންޑިޑޭޓުންގެ ނަމާއިދިމާގައި ނުވަތަ އެއަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާއިދިމާގައި ރަގަޅު ފާހަގަ
ޖަހާފައިއޮންނަ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއްކަމަށް ކަމަށާއި، މިއިން އެގެނީ އެ ޢަދަދަށްވުރެ މަދުން ނުވަތަ
އެއަދަދަށްވުރެ ގިނައިން ފާހަގަ ޖަހާފައި އޮތްކަމުގައި ވިޔަސް އެއީ ބާޠިލް ވޯޓުކަމުގައި ބަލަންޖެހޭކަން ކަމަށާއި،
އެހެންކަމުން އިލެކްޝަންސް އޮފިޝަލުން އެ 3 ވޯޓު ބާޠިލް ކުރުމުގައި ޢަމަލުކޮށްފައިވަނީ ޤާނޫނާއި
މަތިންކަމަށް އެކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އަދި ހަމަ އެއާއެކު މިމައްސަލައާއި ގުޅުންހުރިގޮތަކަށް އެފަރާތުން ހުށަހަޅުއްވާ ޝަކުވާ އާއި
ގުޅިގެން އެޝަކުވާބެލެވި އެޝަކުވާ އާއިބެހޭގޮތުން ނޭޝަނަލް އިލެކްޝަންސް ކޮމްޕްލައިންސް ބިއުރޯއިން
ނިންމި ނިންމުންތައް ޝަރީޢަތަށް ހުށަހަޅަން ބެނުންވާކަމަށާއި، މިޝަކުވާތަކާއި ގުޅިގެން ޤާނޫނީ
ހަމަތަކުގެމަތިން އެސިކިއުރިޓީއުރަ ހުޅުވަންޖެހިގެން ސެކިއުރިޓީ އުރަ ހުޅުވާ ކެންޑިޑޭޓުން ނުވަތަ
ކެންޑިޑޭޓުން ގެ މަންދޫބުންނާއި އަދި އޮބްޒާވަރުންގެ ހާޒިރުގައި އަލުންގުނާފައިވާ ކަމަށާއި، މިގޮތަށް ގުނާ
ބެލިއިރުވެސް ޙަސަންމޫސާގެ ނަމާއިދިމާލުގައި ފާހަގަޖަހާފައިވާ ވޯޓުތައް ބާޠިލްވޯޓުތަކުގައި ބަލާފައިވާ ކަމަށާއި،
މިއުރަ ކަނޑައިގެން ގުނައިބެލިއިރު މިކަމުގައި ޙަވާލުވެ ތިއްބެވި ތިން ފަރާތަކީ މުޙައްމަދު ޠަލާލު
ގ.ފިނިވިލާއާއި، ޝަރީނާ ޢަބްދުއްޞަމަދު ސަނީޑޭލް އާއި، އަޙުމަދު އަސްލަމް ކިޔާބޭފުޅަކާއި 3 ބޭފުޅުން
ކަމަށާއި، މި 3 ބޭފުޅުންގެ ވާހަކައިންވެސް ޙަސަންމޫސާގެ ނަންއޮވެގެން ބާޠިލްކޮށްފައިވަނީ 3
ވޯޓުކަރުދާސްކޮޅުކަން އެގޭ
ކަމަށާއި، އެހެންވީމާ އިލެކްޝަންސް ކޮމިޝަނުގެ މައިގަނޑު ޖަވާބަކީ
އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިއެވަނީ ޤާނޫނުގައިވާ ގޮތުގެމަތިންކަމަށްވާތީ، އެވޯޓްކަރުދާސްތައް
އެވަނީ ބާޠިލް ވޯޓް ކަރުދާސްކޮޅުތަކެއްކަން ކަނޑައަޅަންޖެހޭ ޤާނޫނީހަމަތަކުގެމަތިން ކަނޑައަޅާފައި ކަމަށްވާތީ،
އެކަނޑައެޅުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށްކަން ފާހަގަ ކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:035/2011 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ހުށަހަޅާފައިވާ ފޯމް" އިން، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:035/2011
"އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އެޝަކުވާއަކީ މާލޭގައި ތިބެގެން ނ.މިލަދޫ ރަށުކައުންސިލަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
04 05
ޓުލުމަށްޓަކައި ރަޖިސްޓްރީ ކޮށްފައިވާ މީހުން ވޯޓުލުމަށްޓަކައި މާލޭ ދަރުވަންތަ ސްކޫލުގައި ބަހައްޓާފައިވާ
ނަންބަރު:D02.0.1 ވޯޓު ފޮއްޓަށް ލާފައިވާ 04 ވޯޓުކަރުދާސްކޮޅެއް ބާޠިލް ކަމަށް ނިންމާފައިވަނީ
އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 39 ވަނަ މާއްދާއާއި 24 ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި
ޚިލާފަށްކަމަށްބުނެ، އެ 4 ވޯޓުކަރުދާސް ކޮޅުގައި ލާފައިވާ ވޯޓުތަކުގެ ތެރެއިން، ނ.މިލަދޫ/ނޫރަންގެ ޙަސަން
މޫސާއަށް ލާފައިވާ ވޯޓުތައް ފިޔަވައި ދެންހުރި ވޯޓުތައް އެއީ ޞައްޙަ ވޯޓުތަކެއް ކަމަށް ޝަރީޢަތުން
ކަނޑައަޅުއްވައި ދެއްވުމަށް އެދިފައިވާ އެދުންކަން ފާހަގަކުރެވެއެވެ.
(ނ) ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާގެ ނަން ހިމެނޭގޮތަށް 04 ވޯޓު ކަރުދާސް ކޮޅެއްގައި
ނަންބަރު:D02.0.1 ވޯޓު ފޮޓަށް ވޯޓުލާފައިވާކަމަށް މިމައްސަލާގައި މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ
ފަރާތުން ބުނެފައިވާއިރު، ޙަސަން މޫސާގެ ނަން ހިމެނިގެން ވޯޓު ލާފައިވާ ކަރުދާސް ކޮޅުތަކެއް ހުރިކަމަށް
އިލެކްޝަންސް ކޮމިޝަނުންވެސް އެއްބަސްވެފައިވާކަމާއި، ނަމަވެސް އެޕާޓީގެ ފަރާތުން ބުނެފައިވާ 04 ވޯޓު
ކަރުދާސްކޮޅުގެ ޢަދަދާއި މެދު އިޢުތިރާޟްކޮށް އޭގެ ރަގަޅު ޢަދަދަކީ 03 ވޯޓު ކަރުދާސްކޮޅު ކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމަށް މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން
އިޢުތިރާޝް ކޮށްފައި ނުވާއިރު، އެގޮތަށް ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާގެ ނަން ހިމެނިގެން އެވޯޓު
ފޮއްޓަށް ވޯޓުލާފައިވަނީ 03 ވޯޓު ކަރުދާސް ކޮޅުގައިކަން އެފޮށީގެ ސެކިއުރިޓީ އުރަ ހުޅުވާ ބެލިއިރު
އެހާޒިރުގައި އެކަމާއި މަސްއޫލުވެ ތިބި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް ގ.ފިނިވިލު މުޙައްމަދު
ޖަލާލްއާއި، އެކޮމިޝަނުގެ ޑިރެކްޓަރ ގ.ބެރުގެ ބެރީނާ ޢަބްދުއްޞަމަދާއި، ހއ.ހޯރަފުށިޖަނބުރޯލް
ގަސްދޮށުގެ އަޙްމަދު އަސްލަމް (ދ.ރ.ކާޑް ނަންބަރު:A011737)، ނޭޝަނަލް އިލެކްޝަންސް ކޮމްޕްލައިންސް
ބިއުރޯއަށް ދީފައިވާ ބަޔާނުން އެނގެން އޮންނާތީ، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ހުށަހަޅާފައިވާ
މިވާ ޝަކުވާގެ މައްސަލާގައި ބުނެފައިވާ ގޮތަށް ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާގެ ނަން ހިމެނޭގޮތަށް
ނަންބަރު:D02.0.1 ވޯޓު ފޮއްޓަށް ވޯޓުލާފައިވަނީ 04 ވޯޓު ކަރުދާސް ކޮޅެއްގައި ނޫންކަމާއި، 03 ވޯޓު
ކަރުދާސް ކޮޅުގައިކަމަށް ޝަރީޢަތުން ބަލަންޖެހޭކަން ފާހަގަ ކުރެވެއެވެ.
(ނ) ނޭޝަނަލް އިލެކްޝަންސް ކޮމްޕްލައިންސް ބިއުރޯ އަށް ހުށަހެޅުނު ޝަކުވާއަކާއި
ގުޅިގެން މާލޭ ދަރުމަވަންތަ ސްކޫލުގައި ބަހައްޓާފައިދާހުރި ނަންބަރު:D02.0.1 ވޯޓު ފޮއްޓާއި ހަވާލުވެ ހުރި
ވެރިޔާ ގއ.ދެއްވަދޫ ބުލްބުލާގެ ޝިއުމަތު މަޖުދީ (ދ.ރ.ކާޑް ނަންބަރު: A119384) އާއި އެފޮއްޓަށް
26
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.flighcourt.gov.mv
9
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޢައްޔަން ކޮށްފައިވާ ވެރިޔާގެ އެހީތެރިޔާ ގދ.މާތޮޑާ މޯނިންގ ގްލޯރީ ޢިއްޒަތު ވަޙީދުއާއި ދެމީހުން އެ
ބިޔުރޯއަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެވޯޓު ފޮށި ހިމެނޭ ސަރަޙައްދުގައި ވޯޓުލާން ހަމަޖެހިފައިވާ މީހުންގެ
ޞައްޙަ ނަންތައް ވޯޓުލާން ފެށީންސުރެ ވޯޓުލާ ނިމެންދެން މީހުންނަށް ފެންނާނެހެން ބެހެއްޓިފައިވާކަމަށް
ބުނެފައިވާކަން އެނގެން އޮންނާތީ، އެނުކުތާ ސާފު ކުރުމަށްޓަކައި ޝަރީޢަތުން އިތުރަށް ހެކިން ހާޒިރުކުރަން
ޖެހޭކަމަކަށް ފާހަގައެއް ނުކުރެވެއެވެ.
02c
oec
OLC
24
(ރ) ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާގެ ނަން ހިމެނިގެން ވޯޓުލާފައިވާ 03 ވޯޓު
ކަރުދާހުގައި ޙަސަން މޫސާއަށް ދީފައިވާ ވޯޓުތައް ފިޔަވައި ކެންޑިޑޭޓް އާދަމް ސާޖިދަށާއި، ކެންޑިޑޭޓް
މުޙައްމަދު ލަޠީފަށާއި، ކެންޑިޑޭޓް ނަޞްރުﷲ މުޙައްމަދަށާއި، ކެންޑިޑޭޓް ޢަބްދުﷲ ޙަބީބަށް ދިފައިވާ ވޯޓުތަކަކީ
ޞައްޙަ ވޯޓު ތަކެއް ކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުންއެދި މިމައްސަލާގައި މޯލްޑިވިއަން
ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ މީހެއްގެ
ކެންޑިޑެންސީ އިޢުލާން ކުރުމަށްފަހު، އެ ކެންޑިޑެންސީ ބާތިލް ކޮށްފިނަމަ ދެން ކަންކުރާނެ ގޮތް ޤާނޫނުގައި
ބަޔާން ކޮށްފައި ނުވާކަމަށާއި، ނަމަވެސް އެފަދަ ޙާލަތާއި އެއްގޮތް އެހެން ޙާލަތެއް ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) ގެ ވަނަ މާއްދާގެ (ހ) ގައި ބަޔާން
ކޮށްފައިވާކަމަށްބުނެ އެމާއްދާގެ އެ އަކުރުގައިވާ ގޮތުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތް ކޮށްދެއްވުމަށް
އެދިފައިވާތީ، އެޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) އަށް ބެލިއިރު، އިންތިޚާބަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓަކު
މަރުވެއްޖެނަމަ، އެމީހާ މަރުވެއްޖެކަމާއި، އިންތިޚާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި އެމީހަކު
ނުހިމެނޭނެކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގާ އިޢުލާން ކުރަންވާނެއެވެ. އަދި
އެއިޢުލާން އިލެކްޝަންސް ކޮމިޝަނުގެ އޮފީހުގައާއި އެއިންތިޚާބީ ދާއިރާއެއްގައި މީހުން ދިރިއުޅޭ ކޮންމެ
ރަށެއްގައި ޢާންމުކޮށް ފެންނާނެގޮތަށް ބަހައްޓަންވާނެ ކަމަށް ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭއިރު،
މިމައްސަލާގައި ޝަކުވާ ބިނާކޮށްފައިވާ ޙާލަތާއި މި މާއްދާގައި ބުނެފައިވާ ޙާލަތުގެ ދަށުން އެމާއްދާއާއި
އެއްގޮތަށް ކުރަންޖެހޭ ކެންޑިޑޭޓެއްގެ ގޮތުގައި ކުރިން އިޢުލާން ކޮށްފައިވާ ފަރާތެއްގެ ނަން، ކެންޑިޑޭޓުންގެ
ލިސްޓުން އުނިވެއްޖެކަން އަންގާ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ޢާންމު އިޢުލާން ކުރުމާއި،
އެކެންޑިޑޭޓްގެ ނަން ހިމެނައިގެން ވޯޓު ދީފައިވާނަމަ، އެވޯޓު ކަރުދާހެއް ބާޠިލްވާނެކަމަށް ކަނޑައަޅަންޖެހޭ
ކަނޑައެޅުން، ޙަސަން މޫސާގެ ކެންޑިޑެންސީ ބާޠިލްވީ ވަގުތުން ފެށިގެން އެކަށީގެންވާ އަވަސް ފުރުޞަތެއްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0x3 0 /
އިޢުލާން ކޮށްފައިވާކަން އެކޮމިޝަނުގެ ނަންބަރު:2011
/
43-
A
)
CA) އާއި ނަންބަރ:
2011
/
43-A
)
CA) ނަންބަރު އިޢުލާނުން ރަގަޅަށް އެނގެން އޮންކަން ފާހަގަކުރެވެއެވެ.
އަދި މިޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތުންވެސް ބުނެފައިވާފަދައިން ކެންޑިޑޭޓެއްގެ ނަން
އިޢުލާން ކުރާފަހުން އެމީހެއްގެ ކެންޑިޑެންސީ ބާޠިލް ވެއްޖެނަމަ ޢަމަލު ކުރާނެ ގޮތް ޤާނޫނުގައި ބަޔާންވެފައި
ނުވިކަމުގައި ވިޔަސް، އިސްވެ މިބަޔާން ކުރެވުނު އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު:
2011144-
A
)
CA)
އިޢުލާނުގައި "މިއިންތިޚާބުގައި ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ލިބިފައިނުވާ މީހުންކަމަށް
ދިވެހިރާއްޖޭ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ މީހުންނަށް ދޭ ވޯޓު މިކޮމިޝަނުން ގުނާނީ ބާޠިލް ވޯޓުގެ
ގޮތުގައެވެ" މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭތީ އެފަދަ ވޯޓާއިމެދު ޢަމަލު ކުރާނެ ގޮތްވެސް
އިލެކްޝަންސް ކޮމިޝަނުން ކުރިން ޢާންމުކޮށް އިޢުލާން ކޮށްފައިވާކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ބ) މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ހުށަހަޅާފައި މިވާ ޝަކުވާގައި،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި އެއިންތިޚާބަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓެއްގެ ނަން އިޢުލާން
ކުރުމަށްފަހު، ޝަރުޢީ ކޯޓަކުން އެމީހެއްގެ ކެންޑިޑެންސީ ބާޠިލްކޮށްފަވާ ކެންޑިޑޭޓަކަށް ލާފައިވާ ވޯޓާއިމެދު
ޢަމަލު ކުރާނެގޮތް ބަޔާން ކޮށްފައިނުވާއިރު، މިޙާލަތަކީ ކެޑިޑޭޓެއްގެ ނަން އިއުލާން ކުރުމަށްފަހު އެކެންޑިޑޭޓެއް
މަރުވެގެން އެ ކެންޑިޑޭޓްގެ ނަން ނެތިދިއުމާއި އެއްފަދަ ޙާލަތެއްކަމަށް ބަލަން ޖެހޭނެ ކަމަށާއި، އެހެންކަމުން
މިޙާލަތުގައި އިންތިޚާބާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި ކެންޑިޑޭޓަކު މަރުވެއްޖެނަމަ،
ކެންޑިޑޭޓަކަށް ލާފައިވާ ވޯޓާއިމެދު ޢަމަލު ކުރަންޖެހޭނެ ގޮތްކަމަށް ބަޔާން ކޮށްފައިވާ ގޮތަށް، އިންތިޚާބަކަށް
ކުރިމަތިލާފައިވާ ކެންޑިޑޭޓު ނަން، ޝަރުޢީ ކޯޓަކުން ބާތިލްކޮށްފިނަމަ ޢަމަލު ކުރަންޖެހޭނެ ކަމަށް
ޤަބޫލުކުރެވޭކަމަށްބުނެ، ކުރިމަތިލާފައިވާ ކެންޑިޑޭޓުގެ ނަން އިޢުލާން ކުރުމަށްފަހު، ކެންޑިޑޭޓަކު
ބާޠިލްވާނީ އެކެންޑިޑޭޓަކަށް ދީފައިވާ ވޯޓެއްކަން ވަރަށް ޞަރީޙަކޮށް ބަޔާން ކޮށްފައިވުމުން އެވޯޓު ކަރުދާސް
ކޮޅެއްގައި އެކަކަށްވުރެ ގިނަބަޔަކު ނަން ހިމަނާފައިވާނަމަވެސް ބާޠިލްވާނީ އެމީހަކަށް ދީފައިވާ ވޯޓުކަން
އިނގޭކަމަށްބުނެ ދައްކާފައިވާ ވާހަކައަށް ބަލާއިރު،
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި، ކެންޑިޑޭޓަކު މަރުވީ،
ވޯޓުކަރުދާސް ޗާޕްކުރި ފަހުން ކަމުގައިވާނަމަ، އެމީހަކު މަރުވެފައިވާކަން އެގޭފަދަ ލިޔުމެއް އެމީހަކު ކުރިމަތިލި
އިންތިޚާބީ ދާއިރާގެ ކޮންމެ ވޯޓިންގ ބޫތެއްގައި ވޯޓުލާން އަންނަ ފަރާތްތަކަށް ފެންނަ ގޮތަށް، ވަރަށް ފާޅުކަން
22
2
0
2 ހދ
މަރުވެއނާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.flighcourt.gov.mv
11
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ބޮޑު ގޮތެއްގައި ބަހައްޓަންވާނެ ކަމަށާއި، އަދި އެއްވެސް ޙާލަތެއްގައި އެމީހަކަށް އެ އިންތިޚާބުގައި ވޯޓު
ލިބިފައިވާނަމަ، އެ ވޯޓުތައްވާނީ ބާޠިލް ވޯޓުތަކަކަށް ކަމަށް ބަޔާން ކޮށްފައި އޮތް އޮތުމަކީ، ސީދާ
މިމައްސަލާގައި މި ވާހަކަ ދެކެވޭ ޙާލަތާއި އާ ގުޅިގެން ރިޢާޔަތް ކުރަންޖެހޭ މާއްދާ ކަމަށް ބަލަންޖެހޭނީ، ވަކި
އިންތިޚާބަކާއި ގުޅިގެން އޮންނަ ވަކި ޚާއްޞަ ޤާނޫނެއްގައި އެފަދަ ކަމަކަށް ފަރުވާއެއް ދީފައި ނުވާނަމަކަމާއި،
މިމައްސަލާގައި މިވާހަކަ ދެކެވޭ ޙާލަތަކީ، ވަކި ޚާއްޞަ ޤާނޫނެއް އެ އިންތިޚާބަކަށްޓަކައި
ކަނޑައެޅިފައިވާ އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅިގެން އުފަންވެފައިވާ ޙާލަތަކަށްވާއިރު،
މިމައްސަލާގައި ވާހަކަ މިދެކެވޭ ޙާލަތުގައި އެ އިންތިޚާބަށް ޚާއްޞަ ކުރެވިފައިވާ ޤާނޫނު ނަންބަރ:10/2010
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް ރިޢާޔަތް ކޮށް އެޤާނޫނުގެ ހިޔާވެހިކަމުން މިމައްސަލައަށް
ފަރުވާއެއް ހޯދެން އޮތްތޯ ބެލުން އެއީ މިކަމުގައި ޢަމަލު ކުރުމަށް ކަނޑައެޅިފައިވާ ޤާނޫނީ މަބްދައުކަމާއި،
ޤާނޫނު ނަންބަރ:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ
މާއްދާގައި، ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގައި ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު
ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް އޮންނަ ވޯޓްތަކުގެ އިތުރުން،
އެކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެރަށަކުން ނުވަތަ އެއަވަށަކުން އިންތިޚާބުކުރަންޖެ
ޢަދަދަށްވުރެން ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެޢަދަދަށްވުރެން މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި
ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއް ކަމަށް ބުނެފައިވާ ބުނުމުންނާއި، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގައި، ޤާނޫނާއި ޚިލާފަށް
ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓާއި، އަދި އެ އިންތިޚާބަކާގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލް ވޯޓުކަމަށް
ކަނޑައަޅާފައިވާ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއް ކަމަށް ބަޔާން ކޮށްފައި އޮތް އޮތުމުން،
މިނުކުތާގައި ޝަރީޢަތުން ރިޢާޔަތްކުރަންޖެހެނީ ޤާނޫނު ނަންބަރ:10/2010 ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާއަށާއި، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) 56 ވަނަ މާއްދާގެ (ހ) އަށްކަން އެނގޭކަމާއި،
މިގޮތުން ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ
މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން، އެ އަކުރުގެ 3 އަދި 4 ވަނަ ނަންބަރުގައި
ބަޔާން ކޮށްފައިވާ ދެ ޙާލަތު ކަމަށްވާ، ޤާނޫނާއި ޚިލާފަށް ދީފައިވާ ވޯޓެއްކަން އެނގޭ ވޯޓާއި"، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.flighcourt.gov.mv
12
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހދީ 2
2
22
2
"އެއިންތިޚާބަކާއި ގުޅޭ ޚާއްޞަ ޤާނޫނެއްގައި ބާޠިލް ވޯޓުކަމަށް ކަނޑައަޅާފައިވާ ވޯޓު" ގެ އިތުރުން ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގައި، އެކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން
ނުވަތަ އެރަށަކުން ނުވަތަ އެއަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެން ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި
ނުވަތަ އެޢަދަދަށްވުރެން މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ
ބާޠިލް ވޯޓެއްކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމުން، މިމައްސަލާގައި މިވާހަކަ މިދެކެވޭ ނ.މިލަދޫ ނޫރަންގޭ
ޙަސަން މޫސާ ގެ ނަން ހިމެނޭގޮތަށް ނަންބަރު:D02.0.1 ވޯޓު ފޮއްޓަށް ވޯޓުލާފައިވާ 03 ވޯޓު ކަރުދާސް
ކޮޅުގައި ލާފައިވާ ހުރިހާ ވޯޓެއްވެސް ބާޠިލް ވާނެކަން ރަގަޅަށް އެނގޭކަމާއި، އެހެނީ އިސްވެ މިބަޔާންކުރެ
ޤާނޫނީ ތިން ޙާލަތަށްވެސް އެ 03 ވޯޓު ކަރުދާހުގައި ލާފައިވާ ވޯޓުތައް ރަގަޅަށް ފެތޭތީ ކަމާއި،
އަދި މައްސަލަ ހުށަހެޅި މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުންވެސް ޤަބޫލުކުރާ
ގޮތުގައި ނ.މިލަދޫ ނޫރަންގޭ ޙަސަން މޫސާ އަކީ އެ އިންތިޚާބުގައި ވޯޓުލީއިރު ކެންޑިޑޭޓުންގެ ތެރޭގައި
ހިމެނިފައިނުވާ މީހެއްކަމާއި، އޭނާއަށް ދީފައިވާ ވޯޓަކީ ޞައްޙަ ވޯޓެއްކަމަށް ނުބެލެވޭނެކަމާއި، މިގޮތުން
އެޕާޓިގެ އެ ބުނުމުގެ މައްޗަށް ބިނާކޮށް ބެލިޔަސް، ޙަސަން މޫސާގެ ނަމާ ދިމާލުގައި ޖަހާފައިވާ ފާހަގަ
އުނިކުރުމުން ދެން އެއިން ކޮންމެ ވޯޓު ކަރުދާހެއްގައި ހިމެނޭނީ، ނ.މިލަދޫ ރަށުކައުންސިލަށް މެންބަރުން
އިންތިޚާބު ކުރުމަށްޓަކައި ވޯޓުކަރުދާސް ކޮޅުގައި ރަގަޅު ފާހަގަ ޖަހަންޖެހޭ ޢަދަދަށްވުރެ މަދު ޢަދަދެއްގެ ރަގަޅު
ފާހަގަކަން ރަގަޅަށް އެގެން އޮންނަ ކަމަށްޓަކައި،
އެހާލަތުގައި އެވޯޓު ކަރުދާސްތަކުގައި ޖަހާފައިވާ ފާހަގަތައް
އެވަނީ
ޤާނޫނު
ނަންބަރު:10/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ވަނަ މާއްދާގައި،
އެކައުންސިލަކަށް އެ އިދާރީ ދާއިރާއަކުން ނުވަތަ އެރަށަކުން ނުވަތަ އެއަވަށަކުން އިންތިޚާބުކުރަންޖެހޭ
ޢަދަދަށްވުރެން ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ނުވަތަ އެޢަދަދަށްވުރެން މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި
ރަނގަޅު ފާހަގަޖަހާފައި އޮންނަ ކޮންމެ ވޯޓަކީ ބާޠިލް ވޯޓެއްކަމަ ކޮށްފައިވާ ޙާލަތަށާއި،
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ
(ހ) ގައި ބަޔާން ކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން، އެ އަކުރުގެ 3 އަދި 4 ވަނަ ނަންބަރުގައި ބަޔާން
ކޮށްފައިވާ ދެ ޙާލަތަށް ރަގަޅަށް ފެތޭ ޙާލަތަކަށް ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ މެދުގައި ޚިލާފް
އުފެދިފައި ނުވާކަން ފާހަގަކުރެވެއެވެ.
18
, , ,
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
2011/HC-I-SH/04
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ޅ) މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ މާލޭ
ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުނު ނަންބަރު:D02.0.1 ވޯޓު ފޮއްޓާއި ގުޅިގެން ނޭޝަނަލް އިލެކްޝަންސް
ކޮމްޕްލައިންސް ބިޔުރޯއަށް ހުށަހެޅުނު ޝަކުވާތަކަކާއި ގުޅިގެން އެކޮމިޝަނުން އެވޯޓު ފޮށީގެ ސެކިޔުރިޓީ އުރަ
ޤާނޫނާއި ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ކަނޑައި، ދެވަނަ ފަހަރަށް ގުނާ ހަދާފައިވާ ކަމާއި، އެގުނި
ގުނުމުގައިވެސް، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން މިމައްސަލާގައި ޞައްޙަ ކަމަށް ކަނޑައަޅައި
ދިނުމަށް އެދިފައިވާ ވޯޓު ކަރުދާސް ތަކަކީ ބާޠިލް ވޯޓު ކަރުދާސް ތަކެއް ކަމަށް އެއްވެސް ފަރާތެއްގެ ޚިޔާލު
ތަފާތުވުމެއް ނެތި ކަނޑައަޅާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްއިރު،
ވޯޓު ގުނުމުގައި ބާޠިލް ވޯޓެއްކަން ނުވަތަ ބާޠިލް ވޯޓެއް ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ
އިޚްތިޔާރު ވޯޓުލާ މަރުކަޒަކަށް އިލެކްޝަންސް ކޮމިޝަނުން ޢައްޔަން ކޮށްފައިވާ އިސްވެރިޔާއަށް ލިބިގެންވާކަން
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ނ) އަދި (ރ)
އިން ރަގަޅަށް އެނގެން އޮންނަކަން ފާހަގަކުރެވެއެވެ.
ޙުކުމް:
4 4 2
ހަވާލްގެ 04
ދެންފަހެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި މާލޭގައި ތިބެގެން ނ.މިލަދޫ
ރަށުކައުންސިލަށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކޮށްފައިވާ މީހުން ވޯޓުލުމަށްޓަކައި މާލޭ ދަރުވަންތަ ސްކޫލުގައި
ބަހައްޓާފައިވާ ނަންބަރު:D02.0.1 ވޯޓު ފޮއްޓަށް ލާފައިވާ 04 ވޯޓުކަރުދާސްކޮޅެއް ބާޠިލް ކަމަށް އެ ފޮއްޓާ
| އޮފިޝަލުން ނިންމާފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 39 ވަނަ މާއްދާއާއި 24
ވަނަ މާއްދާއާއި، 56 ވަނަ މާއްދާއާއި ޚިލާފަށްކަމަށްބުނެ، އެ 4 ވޯޓުކަރުދާސް ކޮޅުގައި ލާފައިވާ ވޯޓުތަކުގެ
ތެރެއިން، ނ.މިލަދޫ/ނޫރަންގެ ޙަސަން މޫސާ އަށް ލާފައިވާ ވޯޓުތައް ފިޔަވައި ދެންހުރި ވޯޓުތައް އެއީ ޞައްޙަ
ވޯޓުތަކެއް ކަމަށް ޝަރީޢަތުން ކަނޑައަޅުއްވައި ދެއްވުމަށްއެދި މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހެޅުމުން ބެލުނު މިޝަކުވާގެ މައްސަލައާއި ގުޅިގެން
އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، މޯލްޑިވިއަން ޑިމޮކްރެކްޓިކް ޕާރޓީގެ
ފަރާތުން މިމައްސަލާގައި 14 ވޯޓު ކަރުދާސްކޮޅެއް ފާހަގަކޮށްފައި ވިޔަސް، ނ.މިލަދޫ ނޫރަންގޭ ޙަސަން
މޫސާގެ ނަން ހިމެނިގެން އެފޮއްޓަށް ވޯޓުލާފައިވަނީ 03 ވޯޓު ކަރުދާސް ކޮޅުގައިކަން އެފޮށީގެ ސެކިޔުރިޓީ އުރަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.flighcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ
201 /HC-I-SH/024
38
ކެންޑިޑޭޓް މުޙައްމަދު ލަޠީފަށާއި، ކެންޑިޑޭޓް ނަސުރުއްﷲ މުޙައްމަދަށާއި އަދި ކެންޑިޑޭޓް ޢަބްދުﷲ ޙަބީބަށް
ލާފައިވާ ވޯޓުތަކަކީ ޞައްޙަ ވޯޓުތަކެއްކަމަށް ޝަރީޢަތުން ކަނޑައެޅޭނެ އެއްވެސް ޤާނޫނީ
ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ
މަތީން ޙުކުމް ކޮށްފީމެވެ.
މިޤާޟިއްޔާ ބަލާ ޙުކުމް ކުރީ
,4 ދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު)
އަޙްމަދު ޝަރީފް ޢަލީ
(ފަނޑިޔާރު)
!
i
ޓައިޕްކުރީ: ނާހިދާ
ޗެކްކުރީ: އައިމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv