ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/18 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 18/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޙާމިދު ފާއިޒް
ދާއިމީ އެޑްރެސް: ގ. ޗަމަން މާލެ
* އައިޑީކާޑު ނަންބަރު: A033158
* މިހާރުގެ އެޑްރެސް:
ޗަމަން/ މާލެ
14
• އިސްތިއުނާފު ރައްދުވި ފަރާތް:
+ ނަން: މުޙައްމަދު މުބާޙް
އައިޑީކާޑު ނަންބަރު: A055651
* ދާއިމީ އެޑްރެސް: ދަނޑިމަގު.ރިވާސް ޏ. ފުވައްމުލަކު * ، މިހާރުގެ އެޑްރެސް: ދަނޑިމަގު.ރިވާސް
|
ޏ. ފުވައްމުލަކު
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޖެނުއަރީ 2013
ނިމުނު ތާރީޚް: 30 މެއި 2013
އިސްތިއުނާފުކުރެވުނު ޤާޟީއްޔާ.
* ނަންބަރު 2012/Cv-C/292
* ކޯޓު: ސިވިލް ކޯޓް
* ނިންމެވި ތާރީޚް: 24 ސެޕްޓެމްބަރ 2012
• މައްސަލަ ބެވީ ފަނޑިޔާރުންގެ މަޖްލިސްގެ
0
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤާ އްޔާ އިސްތިއުނާފު ކުރުމަށް
ގ. ޗަމަން، ޙާމިދު ފާއިޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ
ޏ. ފުވައްމުލަކު | ދަނޑިމަގު. ރިވާސް މުޙައްމަދު
2 22 22
91282
ފާހަގަކުރެވުނު ނުކުތާތައް
-01
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ޟިއްޔާ އިސްތިއުނާފުކުރުމަށް ގ.
ޗަމަން، ޙާމިދު ފާއިޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/292 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޏ. ފުވައްމުލަކު | ދަނޑިމަގު މުބާޙްމަންޒިލް، އިބްރާހީމް ޢަލީ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A001850) އާއި، ގ. ޗަމަން، ޙާމިދު ފާއިޒު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A033158) އާ ދެމެދު ހިނގި ފައިސާގެ މުޢާމަލާތެއްގައި،
ޏ. ފުވައްމުލަކު | ދަޑިމަގު ރިއާސް، މުޙައްމަދު މުބާޙު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A055651) ގެ ބައްޕަ (އިބްރާހީމް ޢަލީ) އަނބުރާ ދައްކާގޮތަށް ޙާމިދު ފާއިޒުގެ އަތުން 200 000.00ރ
(ދެލައްކަ ރުފިޔާ) ނަގައި އެފައިސާ ދެއްކުމުގެ ޔަޤީންކަމެއް ގޮތުގައި މުޙައްމަދު މުބާ؟
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
3
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރަޖިސްޓްރީކުރެވިފައިވާ ނަންބަރު B1A5420 ކާރާއި އެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑިއާއި އަދި ނަންބަރު
B1A5897 ކާރާއި، އެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑި ޙާމިދު ފާއިޒާ ޙަވާލުކުރެވިފައިވާތީ، މުޙައްމަދު
މުބާޙުގެ ބައްޕަ (އިބްރާހީމް ޢަލީ) ޙާމިދު ފާއިޒުގެ އަތުން ނަގާފައިވާ 200 000.00ރ (ދެލައްކަ ރުފިޔާ)
ޝަރީޢަތް މެދުވެރިކޮށް ޙާމިދު ފާއިޒުއަށް ދީ، އިސްވެ ޙަވާލާދެވުނު ދެކާރާއި، ދެކާރުގެ ރަޖިސްޓްރީއާއި،
ތަޅުދަނޑި ޝަރީޢަތް މެދުވެރިކޮށް ލިބިގަތުމަށާއި، އެތަކެތި ހޯދުމަށް ޤާނޫނީ ގޮތުން ކުރާ މަސައްކަތަށް
ޚަރަދުކުރެވިފައިވާ 35 000.00ރ (ތިރީސް ފަސްހާސް ރުފިޔާ) ޙާމިދު ފާއިޒުގެ އަތުން ހޯދުމަށް އެދި
މުޙައްމަދު މުބާޙު ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ އެދަޢުވާއަށް ޝަރީޢަތުން ބެލިއިރު، އިބްރާހީމް ޢަލީ
އާއި، ޙާމިދު ފާއިޒު އާދެމެދު ހިނގި ފައިސާގެ މުޢާމަލާތެއްގައި، އިބްރާހީމް ޢަލީ އަނބުރާ ދައްކާގޮތަށް ޙާމިދު
ފާއިޒުގެ އަތުން 200 000.00ރ (ދެލައްކަ ރުފިޔާ) ނަގާފައިވާކަމާއި، އެދަރަނި އަދާކުރާނެކަމުގެ
ޔަޤީންކަންދިނުމަށްޓަކާއި، މުޙައްމަދު މުބާޙުގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ނަންބަރު B1A5420 ކާރާއި،
އެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑިއާ އަދި ނަންބަރު B1A5897 ކާރާއި، އެކާރުގެ ރަޖިސްޓްރީއާއި
ތަޅުދަނޑި ޙާމިދު ފާއިޒުއާ ޙަވާލުކުރެވިފައިވާކަން މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުނާއި ދެފަރާތުގެ
ބަހުން އެނގެން އޮތްހިނދު: މިމައްސަލާގައި ފައިސާއަށް ޔަޤީންކަން ދިނުމަށްޓަކައި ބެހެއްޓިފައިވާ ތަކެއްޗަކީ،
އެދަރަނި އަދާނުކުރުމުން ޙާމިދު ފާއިޒުގެ މިލްކަށް ބަދަލުކުރެވެން ޖެހޭ ތަކެތި ކަމަށް ޙާމިދު ފާއިޒު
ބުނިނަމަވެސް، ޙާމިދު ފާއިޒު ފާހަގަކޮށްފައިވާ އެނުކުތާއަކީ ރަހުނާއިބެހޭ ޤާނޫނުގެ ދަށުން ހުއްދަ ކުރާ
މުޢާމަލާތެއްނޫންކަމާއި، އެމުޢާމަލާތަކީ ހުއްދަ ކުރާ މުޢާމަލާތެއްކަމުގައިނުވާތީ، އެމުޢާމަލާތް ކުރުމަށް ދެފަރާތުން
އެއްބަސްވިކަމާމެދު އުފެދިފައިވާ ދެބަސްވުމަށް ޝަރީޢަތުން މިޙާލަތުގައި ގޮތެއް ކަނޑައަޅަން ނުޖެހޭކަމާއި،
32
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިމައްސަލާގައި އެތަކެތި ހޯދުމަށް ޤާނޫނީ ގޮތުން ކުރާ މަސައްކަތަށް ޚަރަދުކުރެވިފައިވާކަމަށް
މުޙައްމަދު މުބާޙު ބުނެފައިވާ 35 000.00ރ (ތިރީސް ފަސްހާސް ރުފިޔާ) ޝަރީޢަތުން ނަގައިދިނުމަށް
ބެލިއިރުގައި، މުޙައްމަދު މުބާޙު މިމައްސަލަ ޝަރީޢަތަށް ހުށަހަޅަން ޖެހުނު ސަބަބަކީ، ޙާމިދު ފާއިޒަށް
އިބްރާހީމް ޢަލީ ދައްކަންޖެހޭ ފައިސާ ދައްކާފައިވާ ނުވުމުގެ ސަބަބުން އުފެދިފައިވާ މައްސަލަ ޙައްލުކުރަން
ކަމުގައިވާހިނދު، މިމައްސަލަ ޝަރީޢަތަށް ހުށަހަޅަންޖެހިފައިވާ ސަބަބަކީ ޙާމިދު ފާއިޒު ކުރިމަތިކުރި
ސަބަބެއްކަމަށްނުވާތީ، ޙާމިދު ފާއިޒުގެ އަތުން މުޙައްމަދު މުބާޙު ހޯދުމަށް އެދިފައިވާ މިފައިސާއަކީ ނަގައިދެވޭނެ
ފައިސާއެއް ނޫންކަމާއި،
24
މިމުޢާމަލާތުގައި ޙާމިދު ފާއިޒަށް ލިބެންޖެހޭ އެކުޖުމްލަ 200 000.00ރ (ދެލައްކަ ރުފިޔާ)
ޙާމިދު ފާއިޒަށް ލިބިދިނުމަށްޓަކައި، މިފައިސާ މިއަދު 24 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން 15
(ފަނަރަ) ދުވަހުގެ ތެރޭގައި މިކޯޓަށް މުޙައްމަދު މުބާޙު ދެއްކުމަށާއި މިފައިސާ މިކޯޓަށް ދެއްކުމުން، އެތާރީޚުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި، މިމުޢާމަލާތުގައިވާ ފައިސާއަށް ޔަޤީންކަން ދިނުމުގެ ގޮތުން
ބެހެއްޓިފައިވާ ރަޖިސްޓްރީ ނަންބަރު B1A5420 ކާރާއި، އެކާރުގެ ރަޖިސްޓްރީ އާއި ތަޅުދަނޑި އަދި
ރަޖިސްޓްރީ ނަންބަރު B1A5897 ކާރާއި، އެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑި، މުޙައްމަދު މުބާރަށް
ޙާމިދު ފާއިޒަށް އަންގަވައިކަން އެނގެން އޮންނަކަމެވެ.
3 ދވ
ހވާކުރުމަށް
ޤާ"
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާ އެކޯޓުން ބައްލަވައި ޙުކުމް
ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޗަމަން، ޙާމިދު ފާއިޒުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
5
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލައިގެ އަސްލަކީ ދެފަރާތުގެ ދެމެދު ވުޖޫދުކުރެވިފައިވާ
"މުދާ ވިއްކުމުގެ ކޮންޓްރެކްޓް" ގެ އަގުދެއް ނަމަވެސް މައްސަލަ ނިންމަވާފައިވަނީ ރަހުނާ ބެހޭ ޤާނޫނުގެ
ދަށުންކަމަށްވުމުން، މައްސަލަ ނިންމަވާފައިވާ ގޮތުން ޤާނޫނު ނަންބަރު 6/91 (މުރާވިއްކުމާ ބެހޭ ޤާނޫނު)
ފުށުއެރުން ހުރި ކަމަށް ބުނެ ހުށަހެޅި ނުކުތާ.
0 2 2
(ނ) ދެވަނަ ނުކުތާއަކީ: މުޙައްމަދު މުބާޙު ފަރާތުން ސިވިލް ކޯޓުގައި ވެފައިވާ އިޢުތިރާފާ
ފުށުއަރާގޮތަށް މައްސަލަ ނިންމަވާފައިވުމުން އަދި މިއިޢުތިރާފުގެ ނަތީޖާއަކަށްވާނީ މިމުޢާމަލާތަކީ ރަހުނެއް ގޮތުން
ބެހެއްޓިފައިވާ މުދަލެއްގެ ގޮތުގައި ނުވުމެވެ. ނަމަވެސް
ރަހުނެއްގެ
ގޮތުން ބެލުމުގެ ސަބަބުން
ދައުވާކުރިފަރާތުން ސިވިލް ކޯޓުގައިވެފައިވާ އިޢުތިރާފު ނަފީކުރެވިފައިވެއެވެ. އަދި ދެފަރާތުގެ ދެމެދު ކުރެވިފައިވާ
ވިޔަފާރީގެ އަގުދުގެ ސީޣާ އަސްލު ގެއްލި އިސްތިއުނާފުކުރާ ފަރާތުގެ ޙައްޤު ގެއްލިގެން ގޮސްފައިވެއެވެ. އަދި
މައްސަލަ ނިންމަވާފައިވަނީ މުޙައްމަދު މުބާޙުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާން
ފުރިހަމައަށް ރިއާޔަތްނުކޮށް ބަޔާންތަކާއި ތަޢާރަޟުވާގޮތަށް ކަމަށް ބުނެ ހުށަހެޅި
މއ ދބތ
ދުންތަކަށް
ނުކުތާ.
4 ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/292 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ޗަމަން ޙާމިދު ފާއިޒުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން ޙާމިދު ފާއިޒުގެ
ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާރައްދުވާ ޏ. ފުވައްމުލަކު | ދަނޑިމަގު. ރިވާސް މުޙައްމަދު މުބާޙުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/292 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
.ތެނޭ
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{13/HC-A/18
ލ0 2 *ތޏ
ދައްކާގޮތަށް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ހ) ފުރަތަމަ ކަމަކީ: ޏ. ފުވައްމުލައް، ދަނޑިމަގު ގެ މުބާޙުމަންޒިލް، އިބްރާހީމް ޢަލީ އާއި
ގ. ޗަމަން / ޙާމިދު ފާއިޒާ ދެމެދު ކުރެވުނު ފައިސާގެ މުޢާމަލާތެއްގެ ދަށުން ޙާމިދު ފާއިޒު އަތުން އަނބުރާ
އިބްރާހީމް ޢަލީ ވަނީ 200,000.00ރ (ދެލައްކަ ރުފިޔާ) ނަގާފައިކަމާއި، އެފައިސާ އަނބުރާ
ދައްކާނެ ކަމުގެ ޔަޤީންކަމެއްގެ ގޮތުން އިބްރާހީމް ޢަލީގެ ދަރި މުޙައްމަދު މުބާޙުގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ ނަންބަރު B1A5420 ކާރާއި، އެކާރުގެ ރަޖިސްޓްރީ އާއި ތަޅުދަނޑި އަދި ނަންބަރު
B1A5897 ކާރާއި، އެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑި ޙާމިދު ފާއިޒާ ހަވާލުކުރެވިފައިވާނެކަމާއި،
އެފައިސާގެ މުޢާމަލާތް ކުރެވިފައިވަނީ އަނގަބަހުންކަމާއި، ލިޔުމުން އެމުޢާމަލާތާ ބެހޭ ކަންކަން
ކުރެވިފައިނެތްކަން މިމައްސަލާގައި ހިމެނޭ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމެވެ.
22 0 0
(ށ) ދެވަނަ ކަމަކީ: ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/292 ޤަޟިއްޔާއަކީ
ޗަމަން، ޙާމިދު ފާއިޒުގެ އަތުން މުޙައްމަދު މުބާޙުގެ ބައްޕަ އިބްރާހީމް ޢަލީ ފަހުން އަނބުރާ ދައްކާގޮތަށް
ނަގާފައިވާ 200,000.00ރ (ދެލައްކަ ރުފިޔާ) ޝަރީޢަތް މެދުވެރިކޮށް، ޙާމިދު ފާއިޒަށް ހަވާލުކޮށް އެފައިސާ
އަނބުރާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ޙާމިދު ފާއިޒާ ހަވާލުކޮށްފައިވާ މުޙައްމަދު މުބާޙުގެ
ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެކާރާއި، އެދެކާރުގެ ރަޖިސްޓްރީއާއި، އަދި ތަޅުދަނޑިތައް ހޯދުމަށްއެދި ޙާމިދު
ފާއިޒުގެ މައްޗަށް މުޙައްމަދު މުބާޙު ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަން އެނގޭކަމާއި، އެތަކެތި ޙާމިދު
ފާއިޒުގެ އަތުގައި ބެހެއްޓިފައިވަނީ ފައިސާ ނުދެއްކިއްޖެނަމަ އެތަކެތީގެ މިލްކްވެރިކަން ޙާމިދު ފާއިޒަށް
ބަދަލުކުރުމަށް އެއްބަސްވެގެންކަމަށް ޙާމިދު ފާއިޒުގެ ފަރާތުން ބުނެފައިވާއިރު، އެކަމަށް މުޙައްމަދު މުބާޙުގެ
ފަރާތުން އިންކާރުކޮށްފައިވާކަމާއި، ރަހުނު ބެހެއްޓުމަކީ ދަރަންޏެއް ނަގާއިރު އެދަރަނި އަދާނުކުރެއްވިޖެނަމަ
ދަރަނިދޭ މީހާގެ ޙައްޤު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ
22
2 22ތ 2 ތ ދ ތ
އެއްސޮއެބޮހެއްޓުނެކަން
ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 2 ވަނަމާއްދާއަށް ބެލުމުން އެނގެން އޮތުމުން،
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2{013/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އާއި ޙާމިދު ފާއިޒާ ދެމެދު ކުރެވުނު ފަހުން އަނބުރާ ދައްކާގޮތަށް ފައިސާ ދޫކުރުމުގެ މުޢާމަލަތުގެ ދަށުން
ޔަޤީންކަން ދިނުމުގެ ގޮތުން ބެހެއްޓި ތަކެތީގެ މައްޗަށް އަރަނިވެރިޔާއަށް ޙައްޤު ލިބިދެނީ އެދަރަނި
އަދާނުކުރެވުމުންކަން އެނގެން އޮންނަކަމާއި، ޔަޤީންކަން ދިނުމުގެ ގޮތުން ބެހެއްޓި މުދަލަކީ ފައިސާ
ނުދެއްކިއްޖެނަމަ، އޭގެ މިލްކްވެރިކަން ޙާމިދު ފާއިޒުގެ މައްޗަށް ބަދަލުވެގެންދާ ގޮތަށް ބެހެއްޓިތަކެތިކަމަށް
އެއްބަސްވެފައިވާކަމަށް ޙާމިދު ފާއިޒުގެ ފަރާތުން ބުނިކަމުގައިވީނަމަވެސް، އެކަން ޝަރީޢަތަށް
ސާބިތުކޮށްދެވޭފަދަ ކާފީ ހެކި ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
0x320 ދ 4
2 ހދ8
مد و مسلم و سرما در
(ނ) ތިންވަނަ ކަމަކީ: މުޙައްމަދު މުބާޙުގެ ބައްޕަ އިބްރާހީމް ޢަލީ އާއި ޙާމިދު ފާއިޒާއި
ދެމެދު ކުރެވުނު ފައިސާގެ މުޢާމަލާތުގެ ދަށުން ޙާމިދު ފާއިޒުގެ އަތުން ދަރަންޏަށް ނަގާފައިވާ
200,000.00ރ (ދެލައްކަ ރުފިޔާ) އަނބުރާ ދައްކާނެކަމުގެ ޔަޤީންކަމެއްގެ ގޮތުގައި މުޙައްމަދު މުބާޙުގެ
ނަންމަތީ ރަޖިސްޓްރީކުރެވިފައިވާ ދެކާރާއި، އެދެކާރުގެ ރަޖިސްޓްރީއާއި ތަޅުދަނޑި ޙާމިދު ފާއިޒާއި
މަށާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ގެ ޤަޟިއްޔާގެ ޙުކުމުގައި
ގޮތުގެމަތިން އިސްވެ އިޝާރާތް
ރާތްކުރެވުނު ދެ ކާރު މުޙައްމަދު މުބާޙު އާއި ހަވާލުކޮށްފައިނުވާތީ، މުޙައްމަދު މުބާޙު
އެދެކާރުގެ ތެރެއިން 1 ކާރުގެ 3 ވަނަ ތަޅުދަނޑި ބޭނުންކޮށްގެން އެކާރު ގެންގޮސްފައިވާކަމަށާއި، އަދި އޭގެ
ފަހުން ޙާމިދު ފާއިޒު އަތުގައިވާ އެދެކާރުގެ 2 ތަޅުދަނޑި ފުލުހުން މެދުވެރިކޮށް މުޙައްމަދު މުބާޙު
ހޯދާފައިވާކަމަށާއި، އެހެންކަމުން މިހާރު ނުލިބިވަނީ އެދެކާރުގެ 2 ރަޖިސްޓްރީއާއި، އެއް ކާރުގެ 2
ތަޅުދަނޑިކަމަށާއި އަދި ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތަށް 20
ނޮވެމްބަރ 2012 ވަނަ ދުވަހު 200 000.00ރ (ދެލައްކަ ރުފިޔާ) ސިވިލް ކޯޓަށް ދައްކާފައިކަމަށް
މުޙައްމަދު މުބާޙުގެ ފަރާތުން ބުނެފައިވާއިރު، އެގޮތަށް ސިވިލް ކޯޓަށް ފައިސާ ދައްކާފައިވާކަން ސިވިލް ކޯޓުގެ
ޑިޕޮޒިޓް ފައިސާ ބަލައިގެންފައިދޭ ނަންބަރު 956/2012 ރަސީދަށާއި، އެކޯޓުގެ
ނަންބަރު
95
/
2013
/
9/C-144 ސިޓީއަށް ބެލުމުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2{13/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ކަމަކީ: ގ. ޗަމަން، ޙާމިދު ފާއިޒާއި، ޏ. ފުވައްމުލަކު، ދަނޑިމަގު.
މުބާހުމަންޒިމް އިބްރާހީމް ޢަލީއާ ދެމެދު ކުރެވިފައިވާ ފައިސާގެ މިމުޢާމަލާތަކީ، ލިޔެކިޔުމުން ކުރެވިފައިވާ
މުޢާމަލާތެއް ނޫންކަމާއި، އެމުޢާމަލާތްކުރެވިފައިވަނީ ދެފަރާތުގެ ދެމެދުގައި އަނގަބަހުންކަން އެނގޭތީއާއި،
ޙާމިދު ފާއިޒުގެ އަތުން މުޙައްމަދު މުބާޙުގެ ބައްޕަ އިބްރާހީމް ޢަލީ ފަހުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ
200,000.00ރ (ދެލައްކަ ރުފިޔާ) އަނބުރާ ދައްކާނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ޙާމިދު ފާއިޒާ
ހަވާލުކޮށްފައިވާ މުޙައްމަދު މުބާޙުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެކާރާއި، އެދެކާރުގެ ރަޖިސްޓްރީއާއި، އަދި
ތަޅުދަނޑިތައް ހަވާލުކޮށްފައިވަނީ އެފައިސާ ދެއްކުމުން އަނބުރާ އެތަކެތި ދިނުމަށްކަމަށް މުޙައްމަދު މުބާޙުގެ
ފަރާތުން ބުނެފައިވާކަމާއި، ނަމަވެސް، އެތަކެތި ޙާމިދު ފާއިޒުގެ އަތުގައި ބެހެއްޓިފައިވަނީ ފައިސާ
ނުދެއްކިއްޖެނަމަ އެތަކެތީގެ މިލްކްވެރިކަން ޙާމިދު ފާއިޒަށް ބަދަލުކުރުމަށް އެއްބަސްވެގެންކަމަށް ޙާމިދު ފާއިޒުގެ
ފަރާތުން ބުނެފައިވީނަމަވެސް، އެކަން ޝަރީޢަތަށް ސާބިތުވާ މިންވަރުގެ ކާފީ ހެކި ޙާމިދު ފާއިޒުގެ ފަރާތުން
ޝަރީޢަތަށް ހުށަހެޅިފައިނުވާތީ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
• ޙުކުމް
22
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު ސިވިލް ކޯޓުގެ
ނަންބަރު 2012/Cv
-
C/292 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފެން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv