ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/309 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 309/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
* ނަން: އިކްރާމް ޚާލިދު
އައިޑީ ކާޑު ނަންބަރު: A002177
ވަކީލު: އޖ. މައުމޫން މޫސާ
ދާއިމީ އެޑްރެސް: އއ. ރަސްދޫ ދިލްކުސާގެ
މިހާރުގެ އެޑްރެސް: އއ. ރަސްދޫ ދިލްކުސާގެ
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ހުށަހެޅުނު ތާރީޚް: 01 އޮކްޓޯބަރު 2013
، ނިމުނު ތާރީޚް: 07 އޮކްޓޯބަރު 2013
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2013/8501(J
/
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން
ހިކަން ދެއްކުން ފުލުހުންގެ ވާޖިބަށް ހުރަސް
އެޅުން ފުލުހުންގެ ގައިގާ މާރާމާރީ ހިންގުން
• އަމުރު ނެރުނު ތާރީޚް: 26 ސެޕްޓެމްބަރު 2013
3/4 6 86
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8501(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް
އއ. ރަސްދޫ
ދިލްކުސާގެ އިކްރާމް ޚާލިދު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން
ޤަޟިއްޔާއެކެވެ.
އިކްރާމް ޚާލިދުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރު
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
OOCOX
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
8501/J
/
MD-145 ކޯޓު އަމުރަކީ، ފުލުހުންގެ
އަމުރަށް ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަދި ފުލުހުންގެ ގައިގައި ތަޅާ
މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގައި އިކްރާމް ޚާލިދު ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު
އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު: TD057365 ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރުގައި
އެވަގުތު އިކްރާމް ޚާލިދު ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެދާނެކަމަށް
ފެންނާތީ، 2013 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 06 އޮކްޓޯބަރު 2013 ގެ
16:29 އަށް އިކްރާމް ޚާލިދު، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8501(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އިކްރާމް ޚާލިދުގެ ފަރާތުން ތިން ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
46 ވަނަ މާއްދާއާއި 49 ވަނަ މާއްދާ އާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ
އެލެވުމެއްނެތި ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ
06
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށްކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި ސަބަބު
ބަޔާންކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ހައްޔަރުކުރާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8501(J
/
MD-145 ކޯޓު އަމުރަށާއި، އިކްރާމް
ޚާލިދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި، މީހާއަށް
މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ
ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން،
ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ
ބަންދުކޮށްގެނެއް
ނެގެނެއް ނުވާނެއެވެ.” މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އިކްރާމް ޚާލިދު
ބަންދުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އެހެންކަމުން
އިކްރާމް ޚާލިދު ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާއި
ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީއަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު
ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
މައްސަލައެއް ތަޙްޤީޤު ކުރެވެމުންދާ އިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި،
އެމީހަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 07 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަމާ
މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާ
ނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންކަމާއިގެ
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހާގެ
ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ
ނޫންކަން
ކަނޑައެޅުމަކީ އެފަދަ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 93/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި؟
4
41
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
އޭގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި
އެއްގޮތްވާގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް
މިންވަރަށާއި، އަދި އެހާދިސާ ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަށާއި، ޠަބީޢަތަށާއި، ކުށުގެ ކުޑަބޮޑު މިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ
އަދަބަށާއި، މިއެންމެހައި ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމާއިގެ
އިކްރާމް ޚާލިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި،
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގުންކަން މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު: TD057365 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން ނާއި
ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8501(J
(
MD-145 ކޯޓު އަމުރުންނާއި ހުށަހެޅިފައިވާ އެހެނިހެން
ލިޔުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުން އެނގެން އޮންނައިރު، ތުހުމަތު ކުރެވިފައިވާ
ކުށުގެ ބާވަތަކީ، އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މުޖްތަމަޢުގެ އަމަން އަމާން
އަމާންކަން
ގެއްލިގެން ހިގައިދާފަދަ ޢަމަލުތަކެއްކަމަށް ބެލެވެއެވެ.
(ށ) އިކްރާމް ޚާލިދު ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބުތައް ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8501(J(MD-145 ކޯޓު
އަމުރު" ގައި
ބަޔާންކޮށްފައިނުވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން، މިފަދަ
އަމުރުތައް ނެރުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެ ކަންތައްތައް
އިސްވެ ބަޔާންކުރެވިފައި އެވަނީ ކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާ އަށާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު
19/SC-A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ ވަނަ ނަންބަރުގައި
· 4
COC
2
cutO
9
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/309
ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަނޑިޔާރުގެ
ކުރިމައްޗަށް ހާޒިރުކުރެވިފައިވާ މީހާގެ ކިބާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާ އާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ފުރިހަމަވެފައިވާކަމަށް ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި އެސަބަބެއް ބަޔާންކުރުމުން ފުދޭނެކަމާއި، މީހެއްގެ
މައްޗަށް ކުށެއްގެ ތަޙުޤީޤު ކުރެވިގެން އެމީހާގެ މައްޗަށް ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް
ބައްލަވާ ފަނޑިޔާރަކު އެމައްސަލައެއްގެ ޙުކުމް ކުރެއްވުމުގެ ކުރިން އެޙުކުމަށް ވާޞިލުވި ސަބަބުތައް
ތަފުޞީލުކޮށް ބަޔާންކުރަމުން އަންނަ ފަދައިން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދުގެ
މުއްދަތު އިތުރުކުރުމުގެ ގޮތުން ނެރޭ ކޯޓު އަމުރެއްގައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުމަށް ވާޞިލުވި އެސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރުން ލާޒިމްކޮށްފައިވާ ޤާނޫނެއް ނުވަތަ
ގަވައިދެއްވިޔަސް ވުޖޫދުވެފައި ނުވާކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8501(J
(
MD-145 ކޯޓު އަމުރަށް ބަދަލުގެންނަންޖެހޭ
މަކަށް މިޤަޟިއްޔާ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
ސަބަބެއް އޮތްކަމަކަށް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/8501(J(MD-145 ކޯޓު އަމުރަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv