ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/10 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/13
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 10/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
ޢަޒީޒް ޙުސައިން
މިހާރުގެ އެޑްރެސް: ފ.ހަކިކ.މާލެ
* ދާއިމީ އެޑްރެސް: ފ.ހަކި | ކ.މާލެ
* އައިޑީކާޑް ނަންބަރު: A052511
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ރާޝިދާ ޙުސައިން
* ދާއިމީ އެޑްރެސް: ނަސީމީވިލާ| ދ. މާއެނބޫދޫ
، މިހާރުގެ އެޑްރެސް: ނަސީދީވިލާ ދ. މާއެނބޫދޫ އައިޑީކާޑް ނަންބަރު: A214173
ނިމުނު ތާރީޚް: 05 ޞަފަރު 1436
، ރަޖިސްޓްރީކުރެވުނު ތާރީޚް: 15 ޞަފަރު 1434
09 ޖެނުއަރީ 2012
27 ނޮވެމްބަރ 2014
އިސްތިއުނާފުކުރެވި
ކުރެވުނު ޤާޟިއްޔާ ނަންބަރު: 2011/M.7.C/10
• ޤަޟިއްޔާގެ ބާވަތް: ވާރުތަ މުދާ ނުވަތަ ތަރިކަ ބެހުން
ނިންމެވި ކޯޓް: ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓް
ހުށަހެޅުނު ތާރީޚް: 04 މެއި 2011 ނިމުނު ތާރީޚް: 05 ސެޕްޓެމްބަރ 2011
*
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2012/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
OLC OO
ޤަޟިއްޔާ
މިއީ، ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M.7.C/10
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި ހ.ހަކި ޢަޒީޒް ޙުސައިން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A052511) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދ.މާއެނބޫދޫ ނަސީމާވިލާ ރާޝިދާ
ޙުސައިން (ދިވެހިރައްޔިގެ އަންގައިދޭ ކާޑު ނަންބަރު:A214173 ) އެވެ.
ހ2 02 ދ ތ
ހއޓއށ
• ފާހަގަކުރެވުނު ނުކުތާތައް
OL OO
-1
ޤަޟިއްޔާއަކީ
ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/M.7.C/10
ދ.މާއެނބޫދޫ ރެޑިޔަމްގެ ޙުސައިން މޫސާގެ ތަރިކައިގެ ހިމެނޭ ރެޑިޔަމްގެއެވެ. ކިޔާ ބަންޑާރަ ގޯތީގައިވާ،
އެންމެހާ ޢިމާރާތްތަކާއި، ވަޅު ފަދަތަންތަނާއި އެހެނިހެން މުދާ، ވާރިސުންގެ މެދުގައި ޖެހުމަށާއި، ގޯތީގެ ބިން
ބައިކޮށްދިނުމަށް އެދި ދ.މާއެނބޫދޫ ނަސީމީވިލާ ރާޝިދާ ޙުސައިންގެ ފަރާތުން ދ.މާއެނބޫދޫ މެޖިސްޓްރޭޓް
ކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
IF
އެޤްޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިމައްސަލައަށް ލިބިފައިވާ
ބަޔާންތަކަށާއި، ފާހަގަކުރެވޭ ނުކުތާތަކުގެ
މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ދ.މާއެނބޫދޫ ރެޑިޔަމްގޭ
ޙުސައިން މޫސާ އާއި، އެގޭ ފާތިމަތު އަޙްމަދުގެ ތަރިކައިގައި ހިމެނޭ، ދ.މާއެނބޫދޫ ރެޑިޔަމްގެ އާއި،
އެހެނިހެން މުދާ ބެހުމާއި، ރެޑިޔަމްގޭ ގޯތި ބައިކުރުމަށް ހުށަހަޅާފައިވާ ކަމަށާއި ގޯތި ބައިކުރެވޭއިރު
އެމީހެއްގެ ބައިގައި ހުރި ޢިމާރާތާއި، ނުއުފުލޭ މުދާ އަގުކުރުމަކާއި ނުލައި އެއީ އެމީހެއްގެ މުދާ ކަމުގައި
ހަމަޖެއްސުމަށް އެދިފައިވާތީ، މިމައްސަލައިގެ އިތުރު ބަޔާނުގައިވާ ގޮތުގެ މަތިން، ދ.މާއެނބޫދޫ ރެޑިޔަމްގޭ
ހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/1{
ގޯތީގެ 1/3 ބައި ކަމުގައިވާ ހުޅަނގު ފަރާތް، ހުވަނދުމާގެ އާއި އިންވެގެންވާ ބައިގެ ބިމުގެ ތެރޭގައިވާ،
އެންމެހާ ޢިމާރާތާއި ނުއުފުލޭ މުދާ އެއީ މާލެ ހދ.ހަކީ އަޒީޒް ޙުސައިންގެ މުދަލާއި ތަކެތިކަމަށާއި، އަދި
ދ.މާއެނބޫދޫ ރެޑިޔަމްގެ ގޯތީގެ އިރުމަތީ ފަރާތުން ގޯތީގެ 2,3 ކަމުގައިވާ ބިމުގެ ތެރޭގައި ހިމެނޭ އެންމެހާ
ޢިމާރާތާއި، ނުއުފުލޭމުދަލާއި ތަކެތި އެއީ ދ.މާއެނބޫދޫ ނަސީދީވިލާ ރާޝިދާ ޙުސައިން ގެ މުދަލާއި ތަކެތި
ކަމަށާއި، އަދި މިތަރިކަ މުދަލުން އެމީހަކަށް ލިބި ޙަވާލުވި އެހެނިހެން މުދަލާއި ތަކެތި އެއީ އެމީހެއްގެ
މުދަލާއި ތަކެތި ކަމަށާއި އަދި އެމީހަކަށް ލިބުނު ބައިގެ ބިން ރަޖިސްޓްރީ ކުރުމަށް، މިމައްސަލައިގެ ރިޕޯޓު
ކަމާބެހޭ ފަރާތަށް ހުށަހަޅައި، ބިން ރަޖިސްޓްރީ ކުރުމުގެ ކަންތައް ވީ އެންމެ އަވަހަކަށް ނިންމުމަށް
ދެފަރާތަށް އަންގައި، މިގޮތުގެ މަތިން ޙުކުމްކޮށް މިމައްސަލަ ނިންމީއެވެ." މިފަދައިންކަން އެނގެން
444x
11
2- ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10
ޤަޟިއްޔާ
އެކޯޓުން ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އެދި ހ.ހަކި ޢަޒީޒް ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 03 (ތިނެއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއިބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ، ދ. މާއެނބޫދޫ ގެ ރޭޑިއަމްގޭ ގޯތީގައި ބަންޑާރަ ބިމުން 3؛
ޢަޒީޒް ޙުސައިންއަށް ދެއްވިއިރު ރޭޑިއަމްގޭ ގޯތީގެ ބަންޑާރައިން 3/ ބިމުގެ ބޮޑުބައި ރާޝިދާ
ޙުސައިންއަށް ދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދ. މާއެނބޫދޫ ރޭޑިއަމްގޭ ގޯތީގެ ބިމަކީ ބަންޑާރަ ބިމެއްކަމަށްވެފައި
ތަރިކައިގައި ހިމެނޭ ބަންޑާރަ ބިން ޞާބިރާ ޙުސައިންއަށް އޭގެ ޒާތުން ލިބުމުގެ ކުރިން ރާޝިދާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{012/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުސައިންއަށް ހަދިޔާކުރިކުރުން ޞައްޙަކަމަށް ބައްލަވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ބަންޑާރައިން ހިބައިންދިނުމުގެ ޤަވާއިދުގައި ބުނާ މީހަކަށް ރާޝިދާ
ޙުސައިން ނުވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
2 2x 22
3- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދެފަރާތުން
ދީފައިވާ ބަޔާންތަކަށާއި ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓާއި އަދި އެރިޕޯޓާއި އެކުގައިވާ، ލިޔެކިޔުންތަކާއި ބަޔާންތަކާއި މިމައްސަލައާއި
ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޢަޒީޒް ޙުސައިންގެ ފަރާތުން އިސްތިއުނާފު
ކޮށްފައިވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10 ޤަޟިއްޔާ އަށް ބަލާއިރު،
އެމައްސަލައަކީ، ދ.މާއެނބޫދޫ ރެޑިޔަމްގެ ޙުސައިން މޫސާ 24 މާރޗް 2011 ގައި ނިޔާވެފައި ވުމާއެކު
ޙުސައިން މޫސާގެ ތަރިކައިގެ ހިމެނޭ ރެޑިއަމްގައެވެ. ކިޔާ ބަންޑާރަ ގޯތީގައިވާ، އެންމެހާ ޢިމާރާތްތަކާއި،
ވަޅުފަދަތަންތަނާއި އެހެނިހެން މުދާ، ވާރިސުންގެ މެދުގައި ބެހުމަށާއި، ގޯތީގެ ބިން ބައިކޮށް ދިނުމަށް އެދި
ޙުސައިން މޫސާގެ އަންހެންދަރި ދ.މާއެނބޫދޫ! ނަސީމީވިލާ ރާޝިދާ ޙުސައިން ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެއްކަން އެނގެއެވެ.
(ށ) ދެވަނަ ކަމަކީ، ދ.މާއެނބޫދޫ ރެޑިޔަމްގެ ޙުސައިން މޫސާގެ ތަރިކަ ބެހުމަށާއި
ގޯތީގެ ބިން ބައިކުރުމަށް ހުށަހެޅިއިރު، ހުސައިން މޫސާ ނިޔާވިތާ ދުވަސް ކޮޅެއްފަހުން ހުވަފަތް އަނބިމީހާ
ފާތިމަތު އަޙްމަދު ވެސް ނިޔައުވެފައި ވާކަމާއި އެހެންކަމުން ތަރިކަ ބެހުމާއި ގޯތި ބައިކުރުމުގެ މައްސަލަ
ކޯޓަށް ހުށަހެޅުނުއިރު، މަރުޙޫމް ޙުސައިން މޫސާއާއި މަރުޙޫމާ ފާތިމަތު އަޙްމަދުގެ ތަރިކައިގެ ވާރިސުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮޔާރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/1{
ގެ ގޮތުގައި ތިބީ އެދެމީހުންނަށް ލިބިފައިވާ 6 (ހައެއް) ދަރިން ކަމަށްވާ ފ.ދަރި އާދަމް ނަޞީރު ޙުސައިން
އާއި ފ.ދަރި ޢަބްދުﷲ ނަޞީރު ޙުސައިން އާއި އ.ދަރި ނަޢީމާ ޙުސައިން އާއި، އ.ދަރި ޢަޒީޒާ
ޙުސައިން އާއި އ.ދަރި ޞާބިރާ ޙުސައިން އާއި އ.ދަރި ރާޝިދާ ޙުސައިން ކަމާއި މިނޫން ވާރިސަކު
ހުރިކަން އެނގެން ނެތްކަމާއި
އަދި ވާރިސުންގެ ތެރޭގައި ހިމެނޭ އާދަމް ނަޞީރުއާއި ޢަބްދުﷲ ނަޞީރު ޙުސައިން
އާއި ނަޢީމާ ޙުސައިން އާއި މިތިން ވާރިސުންނަށް މިތަރިކައިން ލިބޭ އެންމެހައި މުދަލާއި ގޯތީގެ ބިމުން
ލިބޭބައި އޭގެ ޒާތުން ތަރިކައިން ލިބުމަށް އެދޭ ފަރާތްތަކަށް ހަދިޔާކޮށްފައިވާ ކަމަށް ބުނެފައިވާ ކަމާއި އަދި
ވާރިސުންގެ ތެރޭގައި ހިމެނޭ ސޯބިރާ ޙުސައިން މިތަރިކައިގައި ހިމެނޭ އެންމެހާ އިމާރާތްތަކާއި
ވަޅުފަދަތަންތަނާއި މުދަލުން އަދި އެގޯތީގެ ބިމުން ޞާބިރާ ޙުސައިން އަށް ލިބޭބައި އޭގެ ޒާތުން ރާޝިދާ
ޙުސައިންއަށް ހަދިޔާ ކޮށްފައި ވާކަމަށް ސޯބިރާ ޙުސައިން ބުނެފައިވާއިރު، މިތަރިކައިގައި ހިމެނޭ
ދ.މާއެނބޫދޫ ރެޑިޔަމްގެއެވެ ކިޔާ ގޯތި ޙަވާލުކުރެވިފައިވަނީ ޙުސައިން މޫސާއާއި ކަމާއި އަދި އެގޯތީގައި
ހުރި އިމާރާތުގެ ވެރިފަރާތަކީވެސް ޙުސައިން މޫސާކަން ދ.މާއެނބޫދޫ އޮފީހުން 27-11-1977 ގައި ހަދާ
ދެއްވާފައިވާ އިމާރާތާއި ގޯތީގެ ރަޖިސްޓްރީން އެނގޭކަމާއި އަދި އެގޯއްޗަކީ ބަންޑާރަ ގޯއްޗެއްކަންވެސް
އެނގޭކަމާއި ބަންޑާރަ ބިމަކީ ތަރިކައިގައި ހިމެނޭ މުދަލެއް ނޫންކަމާއި ބިމަކީ ބިމުގެ ނާޝިރު ކަމަށްވާ
ދައުލަތުގެ ޙައްޤެއް ކަމާއި އަދި ބަންޑާރަ ބިމަކީ ތަރިކައިގައި ހިމެނޭ ނުއުފުލޭ މުދާ އޭގެ ޒާތުން ލިބޭ
ޤާނޫނީ ހަމަތަކުގެ މަތީން ލިބިދެވޭ އެއްޗެއްކަން އެނގޭކަމާއި
އެހެންކަމުން ޞާބިރާ ޙުސައިން އަށް ތަރިކައިން ލިބޭބައި އޭނާ ގެ އުޚުތު ރާޝިދާ ޙުސައިން އަށް
ހަދިޔާކޮށް ދޫކޮށްލުމުން ޞާބިރާ ޙުސައިން އަކީ ތަރިކައިގައި ހިމެނޭ މުދާ އޭގެ ޒާތުން ލިބޭ މީހެއް ނޫން
ކަމާއި ޞާބިރާ ޙުސައިން އަށް ތަރިކައިން ލިބޭ ބައި ލިބިގެން ދާނީ ރާޝިދާ ޙުސައިން އަށްކަން އެނގޭ
02/
FPT
ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2!312/HC-A/1
އެހެންކަމުން އިސްތިއުނާފުކުރެވިފައި މިވާ މައްސަލާގައި ބަޔާން ކުރެވިފައިވާ ދ.މާއެނބޫދޫ
ރެޑިޔަމްގެ އެވެ. ކިޔާ ބަންޑާރަ ގޯތީގެ ބިމާއި، އިމާރާތްތައް އޭގެޒާތުން ލިބިގެންވަނީ ރާޝިދާ ޙުސައިން
އާއި އަޒީޒް ޙުސައިން އާއި މިދެފަރާތަށް ކަން އެނގެގެ
އެނީ.އވެ
(ނ) ތިންވަނަ ކަމަކީ، ތަރިކައިގައި ހިމެނޭ މުދަލާއި ތަކެތި ލިސްޓްކޮށް ޞުލްޙަވެރިކަމާއެކު
އެތަކެތި ވާރިސުންގެ މެދުގައި އަމިއްލައަށް ބަހާލުމަށް މިތަރިކައިން ލިބުމަށް އެދޭ ފަރާތްތަކުގެ މެދުގައި
އެއްބަސްވެވިފައިވާ ކަމާއި އަދި އެކަން ކަމާމެދު އެއްވެސް ފަރާތަކުން އިޢުތިރާޒެއްކޮށްފައި ނުވާކަންވެސް
އެނގޭކަމާއި އަދި ތަރިކައިގައި ހިމެނޭ މުދާ އޭގެ ޒާތުން ލިބުމަށް އެދޭ ދެފަރާތް ކަމަށްވާ ރާޝިދާ
ޙުސައިންއާއި ޢަޒީޒް ޙުސައިން ވެސް ތަރިކައިގައި ހިމެނޭ ގޯތި ބައިކުރާއިރު އުނިއިތުރު ހަމަޖައްސަން
ބޭނުން ނުވާ ކަމަށާއި ޢިމާރާތުން އެމީހެއްގެ އިމަށް އަރާބައިގައި ހުރި އެއްޗެއް އަގުކުރުމަކާ ނުލައި
އެމީހަކަށް ހަމަޖެއްސުމަށް ރުހޭ ކަމަށް ބުނެފައިވާކަން އެނގޭކަމާއި
އަދި މިތަރިކައިގައި ހިމެނޭ ގެއާއި ވަކިން ހުރި އެކިއެކި މުދާ ބަހާފައިވާ ކަން
ދަށުކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 6 ވަނަ ނަންބަރުންވެސް އެނގޭ
ކަމާއި އަދިތަރިކައިގައި ހިމެނޭ ފައިސާވެސް ބަހައި ރާޝިދު ޙުސައިން އަށް އޭނާގެ ބަޔާއި ޞާބިރާ
ޙުސައިންގެ ބައިވެސް ލިބިފައިވާކަން ދަށުކޯޓަށް ރާޝިދާ ޙުސައިން 2011-09-04 ގައި ދީފައިވާ
ބަޔާނުން އެނގެން އޮތުމުން މިތަރިކައިން ޞާބިރާ ޙުސައިން އަށް ލިބޭ ބައިގެ މިންވަރު އަލުން ބަލަންޖެހޭ
ސަބަބެއް އޮތްކަމަކަށް ނުފެނެއެވެ.
(ށ) ހަތަރުވަނަ ކަމަކީ، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލާގައި ބަޔާންކުރެވިފައިވާ
ތަރިކައިގައި ހިމެނޭ ދ.މާއެނބޫދޫ ރެޑިއަމްގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އިމާތްތަކާއި ނުއުފުލޭ މުދާ
އޭގެ ޒާތުން ލިބެން ތިބި މީހުންނަކީ ރާޝިދާ ޙުސައިންއާއި، ޢަޒީޒް ޙުސައިންއާއި މިދެފަރާތް ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިދެފަރާތުން ކުރެން ކޮންމެ މީހަކަށްވެސް މިތަރިކައިގައި ހިމެނޭ ދ.މާއެނބޫދޫ ރެޑިއަމްގެ އެވެ. ކިޔާ
ބަންޑާރަ ގޯތީގެ ބިމުން، ހަމަހަމަ އަށް ލިބުމުގެ ޙައްޤު ލިބިގެން ވާކަން އެނގޭކަމާއި
މެއެނބޫދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10 ޤަޟިއްޔާ އިން
މިތަރިކައިގެ މައްސަލަ ބައްލަވާ ނިންމެވިއިރު ދ.މާއެނބޫދޫ ރެޑިއަމްގެ އެވެ ކިޔާ ބަންޑާރަ ގޯތީގެ 1/3
ދ.މާއެ
(ތިންބައި ކުޅަ އެއްބައި) އަޒީޒް ޙުސައިން އަށް ލިބޭގޮތަށް އަދި އެގޯތީގެ 3!2 (ތިން ބައި ކުޅަ ދެބައި)
ރާޝިދާ ޙުސައިން އަށް ލިބޭގޮތަށް ހަމަޖައްސަވާ ފައިވާއިރު މިއީ ޤާނޫނީ ހަމަތަކާ އެއް ގޮތަށް ކުރެވިފައިވާ
ތަފާތެއް ކަމަށް ބެލޭނެ ތަނެއް ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ ފަރާތްކަމަށްވާ ރާޝިދާ
ޙުސައިންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި، ދ. މީދޫ
ކޯޓުގެ ނަންބަރު 2005/MIC/12 އިން ބެއްލެވި ތަރިކައިގެ މައްސަލައެއްގައި އެއްވާރިސަކަށް ލިބޭބައި
އަނެއް ވާރިސަކަށް ހަދިޔާކޮށް ދޫކޮށްލުމުން ގޯތީގެ ބިމުންވެސް ޤަބޫލުކުރި ފަރާތަށް ލިބި އެގޮތަށް
ހަމަޖެހިގެން ގޮސްފައިވާ ކަމަށާއި، އަދި އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
ހައިކޯޓުން، ދަށުކޯޓުގެ ނިންމެވުމުމަށް ތާޢީދު ކުރައްވާފައިވާ ކަމަށް ރާޝިދާ ޙުސައިން ގެ ފަރާތުން
ބުނެފައިވާއިރު،
ރާޝިދާ ހުސައިންގެ ފަރާތުން ޙަވާލާދީފައިވާ މައްސަލައަށް ބެލި ބެލުމުން
އެމައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 144/HC-A/2006 ޤަޟިއްޔާއިން އިސްތިއުނާފު
ކުރެވިފައިވާ މައްސަލައެއް ކަމާއި، އެމައްސަލަ ދ.މީދޫ ކޯޓަށް ހުށަހެޅި ފަރާތުން ގޯތި ބައިކުރުމަށް
ހުށަހަޅާފައިވާ ގޮތަށް ބައި ކުރުމަށް ގޯތީގެ ބިމާއި އިމާރާތްތައް އޭގެޒާތުން ލިބުމަށް އެދޭފަރާތްތަކުން
އެއްބަސް ވެފައިވާ ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2!312/HC-A/1
ނަމަވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު އިސްތިއުނާފު ކުރެވިފައި މިވާ
ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއަށް ބަލާއިރު ދ.މާއެނބޫދޫ ރެޑިއަމްގެ އެވެ. ކިޔާ ބަންޑާރަ
ގޯތީގެ ބިމާއި އިމާރާތްތައް އޭގެޒާތުން ލިބިގެންވަނީ ރާޝިދާ ޙުސައިންއާއި ޢަޒީޒް ޙުސައިން އަށް
ކަމަށްވާއިރު، ރާޝިދާ ޙުސައިންގެ ފަރާތުން އެގޯތި ބައިކުރުމަށް ހުށަހަޅާ ގޮތަށް ނުވަތަ ރާޝިދާ ޙުސައިން
އަށް އެގޯތީގެ 23 (ތިންބައި ކުޅަ ދެބައި) ލިބޭގޮތަށް އަޒީޒް ޙުސައިން އެއްބަސްވެފައިވާކަން
އެނގެންނެތްކަމާއި އެހެންކަމުން އިސްތިއުނާފު ރައްދުވާ ރާޝިދާ ޙުސައިންގެ ފަރާތުން ޙަވާލާދީފައިވާ
މައްސަލައާއި، މިކޯޓުގައި މިހާރު އިސްތިއުނާފު ކުރެވިފައިވާ މައްސަލައަކީ ތަފާތު ތަކެއް ހުރި އެއްގޮތްނޫން
ދެމައްސަލަކަން ފާހަގަކުރެވެއެވެ.
އެހެންކަމުން ބަޔާން ކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމާއެކު ދ.މާއެނބޫދޫ
މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10 ޤަޟިއްޔާ އިން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަން ޖެހޭ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް ވަނީ ޤަބޫލުކުރެވިއެވެ.
cecom
ގް:
ދެންފަހެ އިސްވެ ދިޔަ ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަން އެގޮތަށް
ހުރުމާއެކު ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓު ގެ ނަންބަރު 2011/M.7.C/10 ޤަޟިއްޔާގެ ޙުކުމުގައި
ދ.މާއެނބޫދޫ ރެޑިޔަމްގޭ ގޯތީގެ 1/3 ބައި ކަމުގައިވާ ހުޅަގު ފަރާތު ހުވަދުމާ ގެއާއި އިންވެގެންވާ ބައިގެ
ބިމުގެ ތެރޭގައިވާ އެންމެހާ އިމާރާތާއި ނުއުފުލޭ މުދާ އެއީ މާލެ ހ.ހަކި ޢަޒީޒް ޙުސައިން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:A052511) މުދަލާއި ތަކެތި ކަމަށާއި އަދި ދ.މާއެނބޫދޫ
ރެޑިޔަމްގެ ގޯތީގެ އިރުމަތީ ފަރާތުން 23 ކަމުގައިވާ ބިމުގެ ތެރޭގައި ހިމެނޭ އެންމެހާ ޢިމާރާތާއި ނުއުފުލޭ
މުދަލާއި ތަކެތި އެއީ ދ.މާއެނބޫދޫނަސީމީވިލާ ރާޝިދާ ޙުސައިން (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my enos
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/1{
ނަންބަރު: A214173) ގެ މުދަލާއި ތަކެތި ކަމަށް ކަނޑައަޅުއްވާފައިވާ ބައި ބާޠިލް ކޮށް، ދ.މާއެނބޫދޫ
ރެޑިޔަމްގޭ ގޯތީގެ ހުޅަނގު ފަރާތުން 112 (ދެބައި ކުޅަ އެއްބައި ) ބިމާއި އެބިމުގެ ތެރޭގައި ހިމެނޭ
ންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން މާލެ، ހ.ހަކި، އަޒީޒް ޙުސައިން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު:A052511) އަށް މިލްކުވެގެންވާ ކަމަށާއި، އަދި ދ.މާއެނބޫދޫ ރެޑިއަމްގޭ
ގޯތީގެ އިރުމަތީ ފަރާތުން 1,2 (ދެބައި ކުޅަ އެއްބައި) ބިމާއި އެބިމުގެ ތެރޭގައި ހިމެނޭ އެންމެހާ
އިމާރާތްތަކާއި ވަޅުފަދަ ތަންތަން ދ.މާއެނބޫދޫ ނަސީމާވިލާ ރާޝިދާ ޙުސައިން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު: A214173 ) އަށް މިލްކުވެގެން ވާ ކަމަށާއި
އަދި ރެޑިއަމްގޭ ގޯތި ބައި ކުރެވޭ އިރު އެމީހެއްގެ ބަޔަށް އަރާ އިމާރާތާއި ނުއުފުލޭމުދާ
އަގު ކުރުމަކާ ނުލައި އެއީ އެމީހެއްގެ މުދާ ކަމުގައި ހަމަޖެއްސެވުމަށް ދ.މާއެނބޫދޫ ރެޑިޔަމްގެ އެވެ ކިޔާ
ބަންޑާރަ ގޯތީގެ ބިމާއި އިމާރާތްތައް އެގޭ ޒާތުން ލިބިގެންވާ ރާޝިދާ ޙުސައިން އާއި ޢަޒީޒް ޙުސައިން
ދަށުކޯޓުގެ ޝަރީޢަތުގައި އެއްބަސް ވެފައިވާކަން އެނގެން އޮތުމާ އެކު، ދ.މާއެނބޫދޫ ރެޑިޔަމްގޭ ގޯތިން
ރާޝިދާ ޙުސައިން އާއި ޢަޒީޒް ޙުސައިން އާއި ދެމީހުން ކުރެން އެމީހަކަށް ރެޑިއަމްގޭ ލިބިފައިވާ
ބައިގައި ހިމެނޭ އިމާރާތްތަކާއި ނުއުފުލޭ މުދަލަކީ އެމީހެއްގެ ތަކެތި ކަމަށް ވެސް ކަނޑައަޅައި، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWw.highcourt.gov.mv