ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/67 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
މީގެ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 67/HC
-
A/2010
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޢަބްދުﷲ ސަޢީދު
، ދާއިމީ އެޑްރެސް: ސީސަންވާދީ| ސ. މީދޫ
* އައި.ޑީ.ކާޑު ނަންބަރު: A013488 މިހާރުގެ އެޑްރެސް: ސީސަންވާދީ މީދޫ
ވަކީލް: އޒް. ޢަބްދުﷲ އަޙްމަދު | ގޯލްޑަންސްޓަރ
*
.
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
" ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދއ. ޢާއިޝަތު ޙަނާ ވަޙީދު
ވަކީލު: ޕަބްލިކް ޕްރޮސިކިއުޓަރ އދއ. ޝަމްރާ ޝަމީމް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަބީޢުލްއާޚިރު 1431 * ނިމުނު ތާރީޚް: 18 ޝަޢުބާން 1433
ޖުލައި
24
2010
[08
2012
ދިވެހިރާއްa
އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/2153
ނިންމިކޯޓު: ޖިނާއީ ކޯޓު
ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް މަށްޓަކައި އަތުގައި ބެހެއްޓުން
ހައިކޯ*
3 29 22
ބަޏނކުރު
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ،އިސްފަނޑިޔާރު:އަޙްމަދު ޝަރީފު،ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/67
ދަޢުވާގެ ޚުލާޞާ
ޖިނާއީކޯޓުގެ
ނަންބަރު 2009/JC/2153 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި މީދޫ ސީސަންވާދީ
ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ދެކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި މީދޫ ސީސަންވާދީ
ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2 20
ހަމަތަކު
ޑ0 xލ0ޓ: 0 ހ
އއގނނނ ކު9
02c.
2. ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު،
އެޤަޟިއްޔާއަކީ، މީދޫ ސީސަންވާދީ، ޢަބްދުﷲ ސަޢީދު 06 ޖޫން 2009 ދުވަހުގެ 20:00
އެހައިކަންހާއިރު މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ތުހުމަތުކުރެވިގެން، ފުލުހުން ޢަބްދު
ސަޢީދުގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން، މީނާ ލައިގެންހުރި ސޯޓުގެ ކަނާތްފަރާތު އަރިމަތީ ޖީބުގައި އޮތް
މައުންޓެއިން ޑިއު ސުޕާރީ އުރައެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 02 (ދޭއް) ރަބަރު ޕެކެޓް
ފެނިގެން އެތަކެތި ތަޙްލީލުކުރިއިރު އެޕެކެޓްތަކުގެ ބަރުދަނުގައި 0.2136 ގްރާމް އޯޑިއޭޓްސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ޢަބްދުﷲ ސަޢީދުގެ މައްޗަށް
މަސްތުވާ އެއްޗެއް
ޓަކައި އަތުގައި
ކުށުގެ ދަޢުވާ ދައުލަތުން
ކުރުމުން ބެލެވުނު މައްސަލައެއްކަން އެނގެންއޮވެއެވެ.
ދޫ
0
/
222324ހ
ބިނާކުރު89
މަނާކުރެވިފައިވާ
2
24 23ޑ
م مروع کر
3. ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
"ދެންފަހެ، މީދޫ ސީސަންވާދީ ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރީ،
މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ބަރާއާތުން
ބެލިބެލުމުން، 06 ޖޫން 2009 ދުވަހު ޢަބްދުﷲ ސަޢީދުގެ އަތުން މަސްތުވާތަކެތި ފެނިފައިވާކަ
އިޢުތިރާފުން އެނގެންއޮންނާތީއާއި، މީނާގެ އަތުން ފެނުނު މަސްތުވާތަކެތީގައި 01 ގްރާމަށްވުރެ
3
2010/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
22
ހުރިކަން އޭގެ ތަޙްލީލުން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
4 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ސަޢީދު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި،
މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 4 ވަނަ މާއްދާގެ (ބ) ގެ ދަށުން 05 (ފަހެއް) އަހަރު
ދުވަހުގެ މުއްދަތަށް ޢަބްދުﷲ ސަޢީދު ޖަލަށް ލުމަށް ޙުކުމްކޮށްފީމެވެ
އިފީމެވެ." މިފަދައިންނެވެ.
4 ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ތަކާއެއްގޮތް ނުވާކަމަށްބުނެ މީދޫ ސީސަންވާދީ، ޢަބްދުﷲ ސަޢީދުގެ ފަރާތުން 03 (ތިނެއް)
ހުށަހަޅައި އެނުކުތާތަކާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
04 2 22
03x2
4118
ބިހޭގޮތުން
(ހ) ފުރަތަމަ ނުކުތާއަކީ: ޢަބްދުﷲ ސަޢީދަކީ ހުވައެއްގެ މަތީގައި ދެމިހުރި ފުލުހުންގެ މީހަކަށްވެފައި
އެބާވަތުގެ ކަންތައްތައްކުރާ މީހުން ހޯދުމުމަކީ ޢަބްދުﷲ ސަޢީދުގެވެސް މަސްޢޫލިއްޔަތެއް ކަމަށްވާއިރު، އެހާ
ނުވަގުތެއްގައި ރަށްޓެހި ކުއްޖަކު ކުއްލިއަކަށް ދިއްކޮށްލި ސުޕާރި ޕެކެޓް ޢަބްދުﷲ ސަޢީދުގެ ޖީބަށްލީ ކޮން
މަޤްސަދެއްގައިތޯވެސް ނުބަލައި ޢަބްދުﷲ ސަޢީދު ކުށްވެރި ކުރުމަށް ތަޙުޤީޤުން މަސައްކަތް ކޮށްފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: ޢަބްދުﷲ ސަޢީދު އިން ރެސްޓޯރެންޓްގައި ޢަބްދުﷲ ސަޢީދު ފާސްކުރިނަމަ
ކަމުގެ ޙަޤީޤަތް އެނގޭ ވަރަށް ޢަބްދުﷲ ސަޢީދުގެ ޙާޟިރުގައި އަދި ޢަބްދުﷲ ސަޢީދާއި ނުހަނު ގާތުގައި
މީހުން ތިބިއިރު، ތަޙްޤީޤުން ޢަބްދުﷲ ސަޢީދާއިމެދު ޢަމަލުކުރިގޮތުން ޢަބްދުﷲ ސަޢީދުގެ ނަފްސުގެ ދިފާއުގައި
ދައްކަންޖެހޭ ހެކިން އެވަގުތު ގެއްލިގެން ދިޔަކަމަށް ބުނެ ހުށަހެޅި ނުކުތާ
ނ) ތިންވަނަ ނުކުތާއަކީ: ޙަޤީޤަތް ބެލުމުގެ ގޮތުން އެވަގުތު އެތަނުގައި ތިބިމީހުން ހޯދުމަށް
ކުރަންޖެހޭ މަސައްކަތް ތަޙުޤީޤުން ދޫކޮށްލާފައިވުމުން އެމީހުންގެ ނަމާއި އެޑްރެސް ބަޔާނުގައި ލިޔެވިފަ
ނެތްކަމަށާއި، އެ މީސްމީހުންގެ ނަމާއި އެޑްރެސް ޝަރީޢަތުގައި ހާމަކުރުމުންވެސް އެހެކިންޔާޒްބެތު
ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/67
5. މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް މީދޫ ސީސަންވާދީ، ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި
ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
0
(ހ) ފުރަތަމަ ކަމަކީ، ޢަބްދުﷲ ސަޢީދުއަކީ ހުވައެއްގެ މަތީގައި ދެމިހުރި މީހަކަށްވެފައި އެބާވަތުގެ
ކަންތައްތައްކުރާ މީހުން ހޯދުމުމަކީ ޢަބްދުﷲ ސަޢީދުގެވެސް މަސްޢޫލިއްޔަތެއް ކަމަށްވާއިރު، އެހާ ނުވަގުތެއްގައި
ރަށްޓެހި ކުއްޖަކު ކުއްލިއަކަށް ދިއްކޮށްލި ސުޕާރި ޕެކެޓް ޢަބްދުﷲ ސަޢީދުގެ ޖީބަށްލީ ކޮން
މަޤްޞަދެއްގައިތޯވެސް ނުބަލައި ޢަބްދުﷲ ސަޢީދު ކުށްވެރި ކުރުމަށް ތަޙުޤީޤުން މަސައްކަތް ކޮށްފައިވާކަމަށް
ބުނެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި މިނުކުތާއަށާއި، އަދި ޢަބްދުﷲ ސަޢީދު އިން ރެސްޓޯރެންޓްގައި
ޢަބްދުﷲ ސަޢީދު ފާސްކުރިނަމަ ކަމުގެ ޙަޤީޤަތް އެނގޭ ވަރަށް ޢަބްދުﷲ ސަޢީދުގެ ޙާޟިރުގައި އަދި ޢަބްދު
ސަޢީދުއާއި ނުހަނު ގާތުގައި މީހުން ތިބިއިރު، ތަޙްޤީޤުން ޢަބްދުﷲ ސަޢީދު އާއިމެދު ޢަމަލުކުރިގޮތުން ޢަބްދު
ސަޢީދުގެ ނަފްސުގެ ދިފާއުގައި ދައްކަންޖެހޭ ހެކިން އެވަގުތު ގެއްލިގެން ދިޔަކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވެނީ، ދަށު ކޯޓުން ނިންމަވާފައިވާ މައްސަލައެއް
ނުވަތަ ނެރުއްވާފައިވާ އަމުރެއް ނުވަތަ ނިންމަވާފައިވާ ނިންމެވުމެއް، ނުވަތަ ޤާނޫނަކުން އުފައްދާފައިވާ
ޓްރައިބިއުނަލަކުން ނިންމާފައިވާ ނިންމުމެއް ނުވަތަ ނެރުއްވާފައިވާ އަމުރެއް ނެރުއްވާފައިވަނީ، ޤާނޫނުއަސާސީއާ
ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން
ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައްކަން ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނު) ގެ 38 އާއި 39 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި،
މިގޮތުން މިދެމާއްދާގައި ބަޔާންކުރެވިފައިވާ ކަންތައްތައް ތަފްޞީލުކުރެވި، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ
ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ހައިކޯޓުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައި ބަޔާންކުރެވިފައި
ވާކަމާއި،
ހައިކޯޓުގެ ޤަވާޢިދުގެ މިމާއްދާގެ (ނ) އަށް ބަލާއިރު، ޙުކުމް ކުރުމުގެ ކުރިއަށް ނުވަތަ
ނިންމުމުގެ ކުރިއަށް އައި އިޖްރާއާތެއް ބާޠިލުކަމަށް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ
ދިވެހިރާއްa
ހައިކޯޓް
5
2010/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
ނުކުތާއަކީ ޙުކުމަށް ސީދާ އަސަރެއް ކޮށްފައިވާ ނުކުތާއަކަށްވެފައި، މައްސަލަ ބެލި ދަށުކޯޓުގައި ނުވަތަ
ޓްރައިބިއުނަލްގައި އެ ނުކުތާއެއް ފާހަގަ ކުރުމުން، އެ ނުކުތާއަށް ނަޒަރުނުކޮށް ދޫކޮށްލާފައި ވާނަމަކަން
އެނގޭކަމާއި،
2cތރު
04 422
ނިކުތާއި
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މި ދެނުކުތާގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، އިސްތިއުނާފު
ކުރެވިފައި މިވާ މައްސަލައިގެ ޙުކުމަށް ސީދާ އަސަރެއް ކޮށްފައިވާ ކަންތައްތަކެއްކަން އަދި އެއިން
ދަށު ކޯޓުގައި މިމައްސަލަ ހިނގިއިރު ފާހަގަކުރެވިފައިވާ ކަމެއްވެސް އެނގެން ނެތްކަމާއި، އެހެންކަމުން، ހު
ދެނުކުތާއަކީ އިސްތިއުނާފް ނުކުތާތަކެއްގެ ގޮތުގައި ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ނުކުތާތަކެއް ނޫންކަން
އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ޙަޤީޤަތް ބެލުމުގެ ގޮތުން އެވަގުތު އެހާދިސާ ހިނގި ތަނުގައި ތިބި މީހުން
ހޯދުމަށް ކުރަންޖެހޭ މަސައްކަތް ތަޙުޤީޤުން ދޫކޮށްލާފައިވުމުން އެމީހުންގެ ނަމާއި އެޑްރެސް ބަޔާނުގައި
ލިޔެވިފަނެތްކަމަށާއި، އެ މީސްމީހުންގެ ނަމާއި އެޑްރެސް ޝަރީޢަތުގައި ހާމަކުރުމުންވެސް އެހެކިން ޙާޟިރު
ނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
404
ޖިނާއީކޯޓުގެ ނަންބަރު 2009/JC/2153 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ހެކިން ޙާޟިރު
ކުރުމުގެ މިނުކުތާއާމެދު ދަށުކޯޓުގެ ޝަރީޢަތުން ބައްލަވައި ގޮތެއް ނިންމަވާފައިވާކަން އެނގޭކަމާއި، އެ
ނުކުތާގައި ބަޔާންކުރައްވާފައިވަނީ، "ޢަބްދުﷲ ސަޢީދުގެ ދިފާޢުގައި ހުށަހެޅި ހެކިންގެ ފުރިހަމަ ނަމާއި ދާއިމީ
އެޑްރެސް ހުށަހަޅަން ދިން ފުރުޞަތުގައި، އެދެމީހުންކުރެ މީހެއްގެ މަޢުލޫމާތު ޝަރީޢަތަށް ހުށަހަޅާފައި
ނުވާއިރު، ޢަބްދުﷲ ސަޢީދުގެ ދިފާޢުގައި އޭނާ ހުށަހެޅި އިތުރު ދެމީހަކީ އެބައެއްގެ ވާހަކަ އެއްވެސް ވަރަކަށް
ޢަބްދުﷲ ސަޢީދުގެ ފަރާތުން ބުނެފައިނުވާ ދެމީހުން ކަމަށް ވާތީއާއި، ޢަބްދުﷲ ސަޢީދުގެ ދިފާޢުގައި ހުށަހެޅި
ހެކިން ކަމަށްވާ ސ.މީދޫ އަބްލަދީވާދީ އަޙުމަދު ރަޝީދާއި، ގދ. ގައްދޫ ޗަނބޭލީގެ މުޙައްމަދު ޒިޔާދު
ހެކިންގެ ގޮތުގައި ޝަރީޢަތަށް ބަލައިގަނެވިފައެއްނުވެއެވެ." މިފަދައިން ކަމާއި،
މިނުކުތާގައި ދަށުކޯޓުން ފާހަގަ ކުރައްވާފައިވާ ކަންތައްތަކަށް ބަލާއިރު، ޢަބްދުﷲ ސައިދުގެސްތްވިފެއުގަތީ
ހެކި ހުށަހެޅުމުގެ ފުރުޞަތު ޖިނާއީ ކޯޓުން ޢަބްދުﷲ ސަޢީދަށް ދެއްވާފައިވާކަން
ސަޢީދުގެ ދިފާޢުގައި ޢަބްދުﷲ ސަޢީދު ހުށަހެޅި ދެ ހެކިން ކޯޓަށް ޙާޟިރުކުރުމަށްޓަކައި ބޭނުންވާ،
*
ނޫނެވެh
ވެ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޙުލާޞާ
2010/HC-A/67
ފުރިހަމަ ނަމާއި ދާއިމީ އެޑްރެސްފަދަ މަޢުލޫމާތު ހުށަހެޅުމަށް ޢަބްދުﷲ ސަޢީދަށް ދެއްވި ފުރުޞަތުގައި، އެ
ދެހެކިންކުރެ ހެއްކެއްގެ މަޢުލޫމާތު ޖިނާއީ ކޯޓަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހަޅާފައި ނުވާކަން
އެނގޭކަމާއި، އަބްދުﷲ ސަޢީދުގެ ފަރާތުން ހެކިންގެ ގޮތުގައި ފަހުން ހުށަހެޅި އިތުރު ދެމީހުންކަމުގައިވާ
ސ.މީދޫ އަބްލަޤީވާދީ އަޙުމަދު ރަޝީދާއި، ގދ. ގައްދޫ ޗަނބޭލީގެ މުޙައްމަދު ޒިޔާދު ހެކިންގެ ގޮތުގައި
ޖިނާއީކޯޓުން ބަލައިގަނެފައި ނުވާކަމާއި، އެއީ އެދެމީހުންނަކީ އެމީހުންގެ ވާހަކަ ތަޙުޤީޤުގައި އަދި ޝަރީޢަތުގެ
މަޖިލީހުގައިވެސް އޭގެކުރިން ޢަބްދުﷲ ސަޢީދުގެ ފަރާތުން ބުނެފައިނުވާ ބަޔަކު ކަމުންނާއި، އެރޭ ޢަބްދު
ސަޢީދުގެ ކައިރީގައި ޙުސައިން ކިޔާ މީހަކު ފިޔަވައި އިތުރު ބަޔަކު ތިބިކަމަށް ޢަބްދުﷲ ސަޢީދު ބުނެފައި
ނުވާތީކަން އެނގޭކަމާއި،
ބަޔާންކުރެވިދިޔަ ދެ ހެކިން ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުކޮށް ހެކިބަސް ނެގިފައިވާއިރު،
އަބްދުﷲ ސަޢީދުގެ ބަހާއި މި ދެހެކިންގެ ބަހުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، ޢަބްދުﷲ ސަޢީދުގެ މައްޗަށް ތުހުމަތުކުރެވޭ މިޙާދިސާ ހިނގި ތާރީޚުކަމުގައިވާ 06 ޖޫން
2009 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢަބްދުﷲ ސަޢީދު ދީފައިވާ ބަޔާނަށް ބަލާއިރު، އެރޭ ސ.
ހިތަދޫ ސަދަންޕާރކް ރެސްޓޯރެންޓަށް ޢަބްދުﷲ ސަ
ކޮފީބޯން ދިޔައީ
ފޭދޫ ޖިނާހް ކިޔާ މީހަކާ
އެކުގައިކަމަށާއި، މިމައްސަލާގައި ބަޔާންކުރެވިފައިވާ ދެ ރަބަރު ޕެކެޓް ލާފައިއޮތް ސުޕާރީ އުރައަކީ ޢަބްދު
ސަޢީދު ސުޕާރީއެއްދޭށޭ ބުނުމުން ޢަބްދުﷲ ސަޢީދާއެކު ކޮފީބޯންދިޔަ ޖިނާޙު ދިން ސުޕާރީ އުރައެއްކަމަށް
ބުނެފައިވާއިރު،
ޢަބްދުﷲ ސަޢީދު 22 ޑިސެންބަރު 2009 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ،
ސަދަންޕާރކް ރެސްޓޯރެންޓުގައި ޢަބްދުﷲ ސަޢީދު ކޮފީބޯން އިންދާ މީހަކު އައިސް ސުޕާރީ ނުކަންހޭ ކިޔާފައި
ޢަބްދުﷲ ސަޢީދަށް ދިން ސުޕާރީ ޕެކެޓެއްކަމަށާއި އެވަގުތު ޢަބްދުﷲ ސަޢީދު ކޮފީބޯން އިނުމުން އެ ޕެކެޓް
ޖީބަށްލީކަމަށާއި،
27 22
322
އަދި ޢަބްދުﷲ ސަޢީދު 4 ޖެނުއަރީ 2010 ގައި ޖިނާއީ ކޯޓަށް ދީފައިވާ ބަޔާނުގައި، ކުރިން
ހުށަހެޅި ހެކިން ނޫން އެހެން ހެކިންތަކެއް ހުށަހަޅަން ބޭނުންކަމަށާއި އެއީ އެމީހުންނަކީ
ކައިރީގައި ތިބި މީހުންކަމަށްވާތީކަމުގައި ބުނެފައިވާކަމާއި،
އިމާޓް
ތަ0 02
22
0 ޒަމާން
ދިވެހިރާއްޖުގެ ހައިކޯ
7
2010/HC-A/67
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ ޚުލާޞާ
ނަމަވެސް، ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ހެކިބަސް ނެގިފައިވާ
އަޙުމަދު ރަޝީދާއި މުޙައްމަދު ޒިޔާދުގެ ބަހުން އެނގެނީ މަސްތުވާތަކެތި ހުރި އެ ސުޕާރީ ޕެކެޓަކީ ޢަބްދު
ސަޢީދު ސަދަންޕާރކް ރެސްޓޯރެންޓުގައި ކޮފީބޯން އިންދާ ބޭރުން އައި މީހަކު، ސުޕާރީ
އެހުމަށްފަހު ޢަބްދުﷲ ސަޢީދުގެ އަތަށްދިން އެއްޗެއް ކަމަށާއި، ދިނުމުން ޢަބްދުﷲ ސަޢީދު އެ ސުޕާރީ ޕެކެޓް
ލީ އޭނާގެ ޖީބަށްކަމަށް ބުނެފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، މިމައްސަލާގައި ބަޔާންކުރެވިފައިވާ މަސްތުވާތަކެތި ފެނިފައިވަނީ ޢަބްދު
ސަޢީދު ލައިގެންހުރި ސޯޓުގެ ޖީބުންކަން އެނގޭއިރު، އެތަކެތި ޢަބްދުﷲ ސަޢީދަށް ލިބުނުގޮތާއި އަދި އެކަން
ހިގައިދިޔަގޮތް ބަޔާންކުރުމުގެ ގޮތުން ޢަބްދުﷲ ސަޢީދު ތަޙުޤީޤުގައާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުގައި، އެވާހަކަތަކުގެ ޞައްޙަކަމާމެދު ޝައްކުއުފެދޭވަރުގެ ފުށުއެރުންތަކެއް ހުރިކަން އެނގޭކަމާއި،
ކޮންމެ މީހަކީވެސް އެމީހެއްގެ ޙިޔާޒަތުގެ ދަށުގައި ހުންނަ ތަކެއްޗާއި މެދު ޝަރީޢަތާއި ޤާނޫނުގެ
ކުރިމަތީގައި ޒިންމާ އުފުލަންޖެހޭ މީހަކުކަމުގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 07/SC
-
A/2010
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި، އެމީހެއްގެ ޙިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ
މަސްތުވާތަކެއްޗާއި ބެހޭގޮތުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާ އުފުލަންޖެހޭ
ހިނދަކު އެތަކެއްޗާއި މެދު ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި ޖަވާބުދާރީވާންޖެހޭނީ އެމީހެއްގެ ޙިޔާޒަތުގެ
ދަށުން މަސްތުވާތަކެތި ފެންނަމީހަކުކަން ފާހަގަކުރައްވާފައި އޮންނަކަން އެނގޭކަމެވެ.
މ 204
OX
2009/JC/2153 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ސަބަބެއްވިޔަސް ނެތްކަމުގައެވެ.
8
2010/HC-A/67
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޙުކުމް:-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޖިނާއީކޯޓުގެ ނަންބަރު
2009/JC/2153 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްނޫންކަމަށް ބަލާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި މިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އައިކޯޓް