ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2[11/HC-A/243
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
se
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރ: 243/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތްތައް:
އެޓާރނީ ޖެނެރަލްގެ އޮފީސް
ނަން:
، ދާއިމީ އެޑްރެސް-
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަލީ ނަޝީދު
ކާޑު ނަންބަރ: A097549
ދާއިމީ އެޑްރެސް: ފިނިވާގެ/
މިހާރުގެ އެޑްރެސް: ލ.ގޮމަކަސްތޫރިގެ
*
• ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ޛުލްޤައިދާ 1432
12 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 26 ޝައްވާލް 1433
13 ސެޕްޓެމްބަރ 2012
.ފުކުރެވުނުޤަޟިއްޔާނަންބަރ: ސިވިލް ކޯޓު ނަންބަރ 2010/Cv-C/1518
• ޤަޟިއްޔާގެ ބާވަތް: ވަޒީފާ އަނބުރާ ހޯދުމާއި، ވަޒީފާއާއި ގުޅޭ އެހެނިހެން ޙައްޤުތައް ހޯދުން.
• ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅުނު ތާރީޚު: 25 ނޮވެމްބަރު 2010 ނިމުނު ތާރީޚް:
22 މެއި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޝުޢައިބް ހުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{11/HC-A/243
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓު ނަންބަރ 2010/Cv
-
C/1518 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެޓަރނީ ޖެނެރަލް އޮފީހުގެ
ފަރާތުން ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ
. ކެލާ ފިނިވާގެ (މ. ގޮމަކަސްތޫރިގެ) ޢަލީ ނަޝީދު (ދ.ރ.ކާޑު ނަންބަރު A097549) އެވެ.
74 71.
ނުކުތާތައް:
99
01- ސިވިލް ކޯޓު ނަންބަރ 2010/Cv
-
C/1518 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބަލާއިރު، އެޤަޟިއްޔާގައި ހއ. ކެލާ! ފިނިވާގެ (މ. ގޮމަކަސްތޫރިގެ، ޢަލީ ނަޝީދު (ދ.ރ.ކާޑު
ނަންބަރު A097549) ކޮށްފައިވާ ދަޢުވާއަކީ، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ކޯޕްރަލެއްގެ ވަޒީފާގައި
އޭނާ އުޅެމުން ދަނިކޮށް، ޘާބިތުނުހިފޭ ޙަޤީޤަތާއި ޚިލާފު ދޮގުތުހުމަތެއްގެ ގޮތުގައި އަންހެންކުއްޖަކާއެކު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގިކަމުގެ ތުހުމަތުކޮށް، އެތުހުމަތުގެ މައްޗަށް ފުލުސް އޮފީހުގައި 8
އޯގަސްޓް 2010 ގައި ހައްޔަރުކޮށް، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާގައިވާ ގޮތުގެ މަތީން
ހައްޔަރުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ބެލުމަށް 8 އޯގަސްޓް 2010 ގައި ޢަލީ ނަޝީދު
ޤާޟީއެއްގެ ކުރިމައްޗަށް ޙާޟިރުކުރުމުން، އެކުށް ކުރިކަމަށްބުނެ މޯޑިވްސް ޕޮލިސް ސަރވިސްއިން ހުށަހެޅި
ހެއްކާއި ޤަރީނާއަށް ޤާޟީ ބެއްލެވުމަށްފަހު، ހައްޔަރުގައި ބަހައްޓަންޖެހޭފަދަ ޤާނޫނީ ހަމައެއް ނެތްކަމަށް
ކަނޑައަޅުއްވާ ޢަލީ ނަޝީދު ދޫކޮށްލެއްވުމުން، ވަގުތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައި
މަރުކަޒަށް ގެންގޮސް، ތުހުމަތުކުރި ކުށުގައި ޤާޟީ ޢަލީ ނަޝީދު ދޫކޮށްލި ނަމަވެސް، ވަޒީފާއިން
ވަކިކުރާނެކަމުގެ އިންޒާރުދީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)،
(ހ) އަދި (ށ) އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިގެންވާ
ޙައްޤުތަކާއި ފުލުހުންގެ ޤާނޫނާއި ޤަވާއިދުގައި ޢަލީ ނަޝީދު ވަޒީފާ އަދާކުރުމަށް ލިބިފައިވާ ޙައްޤުތައް
ނިގުޅައިގަނެ، ޢަލީ ނަޝީދުގެ މައްސަލަ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާނީކަމުގައިބުނެ، ފުލުސް އޮފީހަށް
ފޮނުވާލުމަށްފަހު،
އެތަކެއް ދުވަހެއްފަހުން ޑިސިޕްލިނަރީ ބޯޑަށް
22 x2 22 3
42
رو رو کره
ގެއަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
ޙާޟިރުކުރުމަށްފަހު، ޑިސިޕްލިނަރީ ބޯޑުން ޢަލީ ނަޝީދާއި ތުހުމަތު ކުރި ކުށުގެ މައްޗަށް ސުވާލު
ކުރުމެއްނެތި، އަދި ތުހުމަތުކުރި މައްސަލައާއި ގުޅިގެން ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސް އާއި
ތުހުމަތު ކުރި ކުށް ޘާބިތު ނުވިނަމަވެސް މިމައްސަލާގައި ޢަލީ ނަޝީދު ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް
އޮފް އެތިކްސް އާއި ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޘާބިތު ނުވިނަމަވެސް ބޯޑަށް ޤަބޫލުކުރެވޭ.
ކަމުގައިބުނެ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ
މާއްދާގެ (ހ) ގެ (1) އާއި ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގެ
ދަށުން ފޮނުވާލުމަށްފަހު، ވަޒީފާއިން ވަކިކުރި ތާރީޚެއްގެ ގޮތުގައި 14 ސެޕްޓެމްބަރ 2010 ޖެހުމަށްފަހު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2010
/
82/VKL/171 (29 ސެޕްޓެމްބަރ 2010)
ވަޒީފާއިން ވަކިކުރިކަން ލިޔުމުން އަންގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ
މާއްދާގެ (ހ)، (ކ) އަދި (ށ) އާއި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ލިބިގެންވާ
ޙައްޤުތަކާއި ޚިލާފަށް އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ
"ޤަވާޢިދާއި ޚިލާފު ޢަމަލެއް ހިންގިކަން ޘާބިތުވާ ޙާލަތެއް" ގައި ނޫނީ ވަޒީފާއިން ވަކިނުކުރެވޭނެކަމަށް
އޮންނަ އޮތުމާއި، ފުލުހުންގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް ޢަލީ ނަޝީދު
ވަކިކޮށްފައިވާކަމުގައިބުނެ، ޢަލީ ނަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމާއި، ޢަލީ
ނަޝީދު ހުރި ވަޒީފާ ދިނުމަށާއި، ވަޒީފާ ވަކިކުރުމުގެ ކުރިން ނުދީހުރި މުސާރައާއި، ވަޒީފާއިން ވަކިކޮށް
އަލުން ވަޒީފާދޭ ދުވަހާއި ހަމައަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ
ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނޭނެކަމަށާއި، މަގާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ
ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވާދިނުމަށާއި ފުލުހުންގެ ޤާނޫނާއި ޤަވާޢިދުގައި ޢަލީ ނަޝީދު ވަޒީފާ
އަދާކުރުމަށް ލިބިފައިވާ ޙައްޤު ލިބިގެންވާ ކަމުގައި ކަނޑައަޅައި، ޢަލީ ނަޝީދަށް ވަޒީފާއިން ލިބިގެންވާ
ހުރިހާ ޙައްޤުތަކެއް ލިބިގެންވާކަމާއި، އެހުރިހާ ޙައްޤުތައް ޢަލީ ނަޝީދަށް ދިނުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަންގައި އަމުރުކޮށްދިނުމަށް އެދި ޢަލީ ނަޝީދުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސް
ދައުލަތު) ގެ މައްޗަށް ހުށަހެޅި މައްސަލައެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ" ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
ހުށަހެޅިފައިވާ ލިޔެކިޔުމާއި، މައްސަލައިގައި ކަންހިނގާފައިވާގޮތުގެ މައްޗަށް ނަޒަރުކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހ4 46
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
ކެލާ ފިނިވާގެ (މ. ގޮމަކަސްތޫރިގެ) ޢަލީ ނަޝީދު (ދ.ރ.ކާޑް: A097549) މޯލްޑިވްސް ޕޮލިސް
ސަރވިސް އަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން
ބެލިއިރު،
ޢަލީ ނަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޯޕްރަލްގެ މަޤާމުގައިހުއްޓާ ވަޒީފާއިން
ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް އެތިކްސްއާއި ޚިލާފުވެފައިވާކަމަށް
ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ
ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ (1) އާއި ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ
މާއްދާގެ (ށ) ގެ ދަށުންކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 2010
/
83/VKL/171 (29
ސެޕްޓެމްބަރ 2010( ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމަށް ބެލުމުން އެނގޭކަމާއި،
ޢަލީ ނަޝީދު ވަޒީފާއިން ވަކިކުރި ލިޔުމަށް ބެލުމުން ޢަލީ ނަޝީދު ވަޒީފާއިން
ވަކިކޮށްފައިވަނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ
މާއްދާގެ (ހ) ގެ (1) އާއި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން
އެނގޭކަމާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ
މާއްދާގެ (ހ) ގެ (1) ގައި ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ
ވަޒީފާއާބެހޭ ޤާވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނޭ ޙާލަތެއްގެ
ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރާ ތަޙުޤީޤުކުން ނުވަތަ ތަހުލީލަކުން މުވައްޒަފަކު ޤާނޫނާ
ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ޘާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ
ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު
ދުހި ދވ
ދި0 0
xތ ހ އ ހއ
2 02 0 0
ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ
ޑް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު
ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންވެގެންވާކަމާއި،
ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި ޢަލީ ނަޝީދުގެ
މައްޗަށް ކުރެވުނު ކުށުގެ ތުހުމަތު މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރި ތަޙުޤީޤު ނުވަތަ ތަހުލީލަކުން
ޘާބިތުވާންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 (އ) ގައި ބަޔާންވެގެންވާ
އެކަށީގެންވާ ޝައްކެއްނެތް މިންވަރަށްކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ކުށެއްކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ، ލިބިގެންވާ
ޙައްޤުތައްކަމާއި، މިގޮތުން މިމާއްދާގެ (އ) ގައި ވަނީ އެމީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ޝަރީޢަތުގައި ޘާބިތުނުކުރެވޭނަމަ، އެމީހަކީ ކުށެއްނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު
ލިބިގެންވާކަމަށް ކަމާއި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އަކީ 51 ވަނަ މާއްދާގެ ފެށުމާއެކު
ކިޔޭނެ އަކުރެއްކަމާއި، އެ އަކުރަކީ ވަކިން ކިޔޭނެ އަކުރެއްނޫންކަން ދުސްތޫރީގޮތުންނާއި ޤާނޫނު
މާނަކުރުމުގެ ހަމަތަކަށް ބަލާއިރު އެނގޭކަމާއި، ޤާނޫނުއަސާސިގެ 51 ވަނަ މާއްދާއަކީ ކުށެއްކުރިކަމުގެ
ދަޢުވާ އުފުލިފައިވާ މީހާގެ ޙައްޤުތައް މާއްދާއެއްކަން މިމާއްދާއަށް ބެލުމުން
ނެތްގޮތެއްގައި އެނގެން އޮތްހިނދު، ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ
ޚަދީފައިވާ ވަޒީފާއާބެހޭ ޤަވާޢިދަކީ ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު) އާއި
މިޤަވާޢިދު
ވައްޒަ މައްޗަށް ހިންގޭ ފަރާތްތަކާމެދު އެބައިމީހުންގެ ވަޒީފާގެ ކަންކަމުގައި
ޢަމަލުކުރެވޭނޭގޮތް ބަޔާންކުރާ އިދާރީ ޤަވާޢިދެއްކަމާއި، މިޤަވާޢިދުގެދަށުން މުވައްޒަފުން ވަޒީފާއިން
ވަކިކުރެވޭ ޙާލަތްތައްވެސް އެއީ މުވައްޒަފަކާމެދު އެޅޭ އިދާރީ ފިޔަވަޅެއްކަމާއި، ވަޒީފާއާބެހޭ ޤަވާޢިދުގެ 24
ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް ޘާބިތުވެގެން ޙުކުމެއްކުރުމުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވިދާނެކަމަށް އޮވެފައި، މިއާއި ވިދިގެން މިމާއްދާގެ (ނ) ވަކިން އޮތް އޮތުމުންވެސް، މީޤަވާޢިދުގެ
24 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޙާލަތާއި 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ޙާލަ
ހދ 22
19ނV#
03x
12/1
3 /
2
2
4
030
را ترک کرم ترتر
22 ހއ ހ2 0
02
2
އެމުވައްޒަފުންނެއް
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my emoj
6
2011HC-A/243
އްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ .
42 0
ތަފާތުކަން އެނގޭކަމާއި، 24 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއް ޘާބިތުވެގެން ޙުކުމެއްކުރުން އެއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާއާއި އެމާއްދާގެ އަކުރުތަކުގައި ބަޔާންކުރާ
ކަންކަން ރައްދުވާ ޙާލަތްކަމާއި، ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރަނީ
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރާ ތަޙުޤީޤަކުން ނުވަތަ ތައުލީލަކުން މުވައްޒަފަކު ޤާނޫނާ ނުވަތަ
ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ޘާބިތުވާ ޙާލަތެއްގެ ވާހަކަ ކަމާއި، މިފަދަ
ޙާލަތެއްގައި އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމާ ނިންމުން ބިނާކުރަންޖެހޭ އަސާސް މިމާއްދާގެ
ފަހުބައިގައި ބަޔާންވެގެން އެވަނީކަމާއި، އެއީ އެމުވައްޒަފަކު އެކުޅަ ޢަމަލަކީ އެކަމެއްގެ ސަބަބުން
މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު ބެހެއްޓުމަކީ
އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު
ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށްވުންކަމާއި، މިހެންކަމުން މިޙާލަތުގައި އެމުވައްޒަފަކުގެ މައްޗަށް
ކުރެވުނު ތުހުމަތުގެ ތަޙުޤީޤު ޘާބިތުވާ ޙާލަތު މިޤަވާޢިދުގެ މަޤްޞަދަށްޓަކައި ބަލާނީ މަދަނީ
މިންގަނޑުންކަން ޝަރުޢީ އަދި ޤާނޫނީގޮތުން ބަލާއިރު އެނގޭކަމާއި،
މިޤަޟިއްޔާއިން މިބަލަނީ ގުޅި ނަޝީދު އާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެޅި
އިދާރީ ފިޔަވަޅު ޞައްޙަކަމުގެ މައްޗަށް އޮތް ދަޢުވާއެއްކަމަށްވެފައި، އެކަމަކި މަދަނީ
މައްސަލައެއްކަމުގައިވުމުން، މިޤަޟިއްޔާގެ މަޤްޞަދަށްޓަކައި ބަލާނީ މަދަނީ މިންގަނޑުން ކަންކަން
ޘާބިތުކުރުމަށް އޮންނަ މިންގަނޑުންކަމާއި، އަދި މިޤަޟިއްޔާގައި އިޝާރާތްކުރަނީ ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކުރާފަދަ ޙާލަތަކަށް ކަން ނުވާކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީންނާއި ޤާނޫނު ނަންބަރު: 5/2008 (ފުލުހުންގެ ޤާނޫނު)
އިން ޙަވާލުކޮށްފައިވާ މަތިވެރި މަޤްޞަދު އަދި މަސްއޫލިއްޔަތާއި ދިމާއިދިކޮޅު ކަމެއްކަމާއި، ޢަލީ ނަޝީދުގެ
މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަކީ މިގޮތުން އެކުށުގެ ޒާތަށާއި އޭގެ ނަތީޖާއަށް ރިޢާޔަތްކުރާއިރު،
202c
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
OX
އެފަދަ ކުށެއްކުރި ނުވަތަ އެފަދަ ކުށެއްކުރުމުގައި ބައިވެރިވި ނުވަތަ ޝާމިލުވި ނުވަތަ އެކުށްކުރުމުގައި
އެއްވެސް މިންވަރެއްގެ ދައުރެއް އަދާކުރި މީހަކު ފުލުހުންގެ ވަޒީފާގައި ބެހެއްޓުމަކީ ފުލުހުންގެ މައްޗަށް
ޢަމަލުކުރުމަށް އޮތް ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނާ އަސާސްކަމުގައިވާ އެފަދަ
މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، ބެހެއްޓުމަކީ އޭގެ
ސަބަބުން
ބުން އެހެން މުވައްޒަފުންނަށާއި، މުއްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ
ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށްވާނެކަމީ އެއީ އެކަމުގައި ޝައްކެއް އޮތްކަމެއްކަމަކަށް ޝަރީޢަތުން
ނުދެކެކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުޙުމަތަކީ އޭގެ ޒާތުން ކިތަންމެ
ނުރައްކާތެރިކަމެއްކަމުގައިވީނަމަވެސް، އަދި އެކަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަޤްޞަދާއި
މަސްއޫލިއްޔަތާއި ކިތަންމެ ނުބައްދަލު ކަމެއްކަމުގައިވީނަމަވެސް، އެކުށުގެ ތުހުމަތުގެ މައްޗަށް ބިނާކޮށް ޢަލީ
ނަޝީދު އާމެދު ފިޔަވަޅު އަޅާކަމުގައިވަނީނަމަ، އަދި ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ
ދަށުން ވަޒީފާއިން ވަކިކުރާކަމުގައިވަނީނަމަ، ކުރެވިފައިވާ ކުށުގެ ތުޙުމަތަކީ ހަމައެކަނި ހީކުރެވޭ
ހީކުރެވުމަކަށްނުވެ، އެތުހުމަތުގެ މައްޗަށް ބިނާކޮށް ޢަލީ ނަޝީދު އާމެދު ފިޔަވަޅު އަޅާނެ އެކަށީގެންވާ
ސަބަބުތަކެއް ނުވަތަ އެކުށާއި ޢަލީ ނަޝީދު އާއި ގުޅުވައިދޭނެ ހެކިތަކެއް ހުންނަންޖެހޭނެކަމީ ޝަރުޢީ އަދި
ޤާނޫނީގޮތުން ފުރިހަމަވާންޖެހޭ ކަމެއްކަން ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތަކީ ޖިނާއީ ކުށުގެ ތުހުމަތެއްނަމަވެސް،
ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ބަލާފައިވަނީ އަދި ޤިޟިއްޔާއިން ބެލެމުންމިދަނީ ޢަލީ ނަޝީދު
ކުރިކަމަށް ތުހުމަތުކުރެވުނު ޖިނާއީ ކުށުގެ ޝަރީޢަތްނޫންކަމުން، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން
ނިންމުމުގައި ބަލާނީ އެމައްސަލައިގައި ހުށަހެޅިފައިހުރި ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، ޢަލީ ނަޝީދުގެ
އެކުންކުރިކަމުގެ މައްޗަށް ބުރަވެވޭ ބުރަވުމުގެ މައްޗަށްކަމާއި، އަދި ހަމަ އެހެންމެ، މިޤާޟިއްޔާއަކީ
މިދެންނެވި މަދަނީ މިންގަނޑުން ޑިސިޕްލިނަރީ ބޯޑުން ބަލައި، ނިންމާފައިވާ ނިންމުމަކީ ޞައްޙަ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011/HC-A243
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިންމުމެއްކަމާމެދު ހުށަހެޅިފައިވާ މައްސަލައެއްކަމުން، މިމައްސަލައިގައި ބެލޭނީ އެމަދަނީ މިންގނޑުން
ބަލާއިރު، ޢަލީ ނަޝީދު އެކުށްކުރުމުގައި ނުވަތަ ކުށުގައި ބައިވެރިވުމުގެ މައްޗަށް ބުރަވެވޭ ބުރަވުމުގެ
މައްޗަށް ބަލައި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ ޞައްޙަ ކަން ނުވަތަ ނޫންކަމާމެދު ކަން އެނގޭހިނދު،
މިބުނެވިދިޔަ މަޤްޞަދަށްޓަކައި، މިމައްސަލައިގައި އިޝާރާތްކުރެވޭ ޖިނާއީ ކުށް ޢަލީ ނަޝީދު ކުރިކަން
ނުވަތަ އެކަމުގައި ބައިވެރިވިކަން ބަލަންނުޖެހޭކަމާއި، ނަމަވެސް ޢަލީ ނަޝީދު އެކުށުގެ ޢަމަލުގައި
އެއްވެސް ދައުރެއް އަދާކޮށްފައިވާކަން ބެލޭފަދަ ހެއްކާއި ޤަރީނާ ހުރިނަމަ، އެކަންކަމީ މިޤަޟިއްޔާގެ
މަޤްޞަދަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގެ މައްޗަށް ބުރަވުމަށް ކާވީ ސަބަބެއްކަން
ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި،
މިގޮތުން މިކަންކަމުގެ މައްޗަށް ބަލާ ނަޒަރުކުރިއިރު، މިމައްސަލައިގައި އިޝާރާތްކުރެވޭ
ކުށުގެ ޢަމަލު އެފަރާތަކާމެދު ހިންގާފައިވާކަމަށްބުނާ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤަށް
ދީފައިވާ ބަޔާނުގައި ޢަލީ ނަޝީދުގެ ވާހަކަ ކަނޑައެޅިގެން ބުނެފައިނުވުމުގެ އިތުރުން އެބަޔާނުގައި
އެފަރާތުން ޢަލީ ނަޝީދުކަމަށް ދޭހަކޮށްދިނުމަށް، ނުވަތަ ސިފަކޮށްދިނުމަށް ބުނެފައިވާ ބަހެއް ނުވަތަ
ޢިބާރާތެއް ދައުލަތަށް ސާފުކޮށްދެވިފައިނުވާކަމާއި، މައްސަލައިގެ އަޞްލު އޮޅުވާލުމަށް ނުވަތަ ޙަޤީޤަތް
ފޮރުވުމަށް މަސައްކަތްކުރީ މައްސަލައިގެ ކޮން އަޞްލެއްކަމެއް އަދި ފޮރުވަން މަސައްކަތްކުރީ ކޮން
ޙަޤީޤަތެއްކަން ދައުލަތަށް ސާފުކޮށްދެވިފައިނުވާކަމާއި އަދި މިކަންކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ
ހެކިބަހުންވެސް ސާފުނުވާކަމާއި،
މިމަސަލައިގައި ޢަލީ ނަޝީދުގެ މައްޗަށް ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ
ޑިސިޕްލިނަރީ ބޯޑުގެ ދެމެންބަރުންގެ އިތުރުން ހުށަހަޅާފައިވަނީ ޢަލީ ނަޝީދުގެ ކޯލް ރެކޯޑްތަކާއި ފޯންގެ
ސިގްނަލް ނެގިފައިވާ ހިސާބުތައް އަންގައިދޭ ޗާޓު އެކަނިކަމާއި، ހެކީންގެ ހެކިބަހަށް ބަލާއިރު
ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމުގައިގައިވެސް ބަލާފައިވަނީ މިކަންކަމުގެ މައްޗަށްކަން އެނގޭކަމާއި،
މިކޯލް ރެކޯޑްތަކާއި ޗާޓުގެ މަޤްޞަދަކީ ޢަލީ ނަޝީދު ނިދާފައިއޮތްކަމަށް ބުނާގަޑިތަކުގައި ޢަލީ ނަޝީދުގެ
ދިވެހިރާއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my emoj
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
04 2ތ
ހެއްކެއް ނެތްކަމަށްބުނެ ހުށަ
ފޯން އެކްޓިވޭޓްވެފައިހުރިކަން ނުވަތަ އެފޯން ބޭނުންކޮށްފައިހުރިކަން އަންގައިދިނުމާއި، އެފޯންގެ ސިންނަލް
ޢަލީ ނަޝީދު ނިދާފައިއޮތްކަމަށް ބުނާ ގެ އާއި ދުރުން ލިބެންހުރިކަން އަންގައި، އެގޮތުން ޢަލީ ނަޝީދު
އެވަގުތު އޮތީ ގޭގައި ނިދަންނޫންކަން ޘާބިތުކޮށްދިނުންކަން އެނގޭހިނދު، ކޯލް ޑީޓެއިލްސް އަދި ފޯން
ސިގްނަލް ނެގިފައިވާ ހިސާބުތައް އަންގައިދޭ ޗާޓުތައް ދައުލަތުން ފާހަގަކުރާކަންކަން ހުރީ އެގޮތަށް
ނޫންކަން ޢަލީ ނަޝީދުގެ ފަރާތުން ހުށަހެޅި ހެކީން ހެކިބަސްދިނުމުގެ ސަބަބުން، އަދި އެކަމަކީ ހެކީންގެ
ހެކިބަހުގައި ބުނާ ފަދައިން ޢަލީ ނަޝީދުގެ ފޯން އެހެން ފަރާތަކުން ބޭނުންކޮށް އެފޯން ހިފައިގެން ބޭރުގައި
އުޅެފިނަމަ، އެކަން އެގޮތަށް ވުމުގެ ފުރުޞަތު އޮތްކަންކަމަށްވުމުން، ކޯލް ޑީޓެއިލްސް އަދި ފޯންގެ
ސިގްނަލް ނެގިފައިވާ ހިސާބުތައް އަންގައިދޭ ޗާޓުން ދައުލަތުން ޘާބިތުކޮށްދިނުމަށް ބޭނުންވި ކަންކަމާމެދު
ސުވާލު އުފެއްދިފައިހުރިއިރު، މިނޫން ހެއްކެއް ހުރިނަމަ ހުށަހެޅުމަށް ދައުލަތަށް ފުރުޞަތު ދެވެނުހިނދު،
އިތުރު
ހުށަހަޅާފައިނުވާކަމާއި،
މިގޮތުން ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި ޢަލީ ނަޝީދާއި ގުޅުވައިދޭ
އެއްވެ.
ހެއްކެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައިނުވާކަމާއި، ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ
(ށ) ގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮންނަ އޮތުމުގައި ފުލުހުން ކުރާ ތަޙުޤީޤަކުން ނުވަތަ
ތަހުލީލަކުން ޢަލީ ނަޝީދު ކުށެއްކުރިކަން ޘާބިތުވުމަށް އޮތް ހެއްކާއި ޤަރީނާ ދައުލަތަށް
ސާފުކޮށްދެވިފައިނުވާކަމާއި،
ޢަލީ ނަޝީދު ވަޒީފާއިން ވަކިކުރެވިފައިވަނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް
އަދަބުދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (1) ގެ ދަށުންކަމުގައި ބާލާނަމަ، މިޤަވާޢިދުގެ ދަށުން
ކަނޑައެޅޭ އަދަބުތަކުގެ ތެރޭގައި އިދާރީ އެހެނިހެން އަދަބުތައް މިޤަވާޢިދުގައި ބަޔާންކޮށްފައިވީހިނދު، އަދި
ވަޒީފާއިން ވަކިކުރުމަކީ މިގޮތުން މިއަދަބުތަކުގެ ތެރެއިން އެންމެ ހަރުކަށި އަދަބުކަމުގައިވީހިނދު، ޢަލި
ނަޝީދާއިމެދު މިޤަވާޢިދުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އެހެން އަދަބެއް ޢަލީ
ނަޝީދުގެ މައްޗަށް ކަނޑައަޅައި، ވަޒީފާއިން ވަކިކުރުމުގެ އަދަބު ކަނޑައަޅާފައިވުމުގެ މައްޗަށް ބަލާއިރު،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 33256329، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
22
30
2 20
تعد مر رہا کی
ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި ޢަލީ ނަޝީދާއި އޮތް ގުޅުން އަންގައިދޭ ނުވަތަ
ތުހުމަތުކުރި ކުށުގައި ޢަލީ ނަޢީދުގެ ދައުރު ނުވަތަ ބައިވެރިވުން އަންގައިދޭ ކާފީ ހެއްކެއް ދައުލަތުގެ
ފަރާތުން ހުށަހަޅާފައިނެތްހިނދު، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް އެތިކްސްއާއި ޚިލާފުވެފައިވާކަމަށް
ދައުލަތުން ޤަބޫލުކުރިނަމަވެސް، އެޙާލަތުގައި އެޅިދާނެ އެހެން އިދާރީ ފިޔަވަޅު ހުރެމެ، ތުހުމަތުކުރެވުނު
ކުށާއި ޢަލީ ނަޝީދާއި ގުޅުވައިދޭ ކާފީ ހެކި ނެތި ޢަލީ ނަޝީދު ވަޒީފާއިން ވަކިކުރުމަށް އަޅާފައިވާ
ފިޔަވަޅަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ޢަލީ ނަޝީދަށް ލިބިދޭ
މަސައްކަތްކުރުމުގެ ޙައްޤު ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީގެ
މީގެ 16 ވަނަ މާއްދާއާއި ޚިލާފަށް
ނިގުޅައިގަތުމެއްކަމުގައިވާކަމުން،
އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން އަލީ ނަޝީދު މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤަވާޢިދާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި،
އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެދަށުން ކަމަށް ބެލެވެން ނެތަތީ،22 މެއި 2011 ދުވަހުން ފެށިގެން
15 (ފަނަރަ) ދުވަހުގެ ތެރޭގައި ޢަލީ ނަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ދިޔަ
ވަޒީފާއާއި އެއް ފެންވަރެއްގެ ވަޒީފާއެއް ޢަލީ ނަޝީދަށް ދިނުމަށާއި، 14 ސެޕްޓެމްބަރ 2010 ދުވަހުން
ފެށިގެން ޢަވީ ނަޝީދު ވަޒީފާއިން ވަކިވެފައިވާކަމަށް ނުބެލުމަށާއި، 14 ސެޕްޓެމްބަރ 2010 ދުވަހުން
ފެށިގެން ޢަލީ ނަޝީދުގެ ވަޒީފާ އަނބުރާ ދިނުމާއި ހަމައަށް ޢަލީ ނަޝީދަށް ލިބެންވާ މުސާރައާއި
ޢިނާޔަތްތައް 22 މެއި 2011 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޢަލީ ނަޝީދުއަށް
ރައްދުކުރުމަށާއި، ޚިދުމަތް މެދުކެނޑިފައިވާ ދުވަސްތައް ޚިދުމަތުގެ މުއްދަތުގެ ތެރޭގައި ގުނުމަށާއި،
މަޤާމުގެ ކުރިއެރުން ލިބުމުގައި ކަނޑައެޅިފައިވާ ގޮތަށް މެދުކެނޑުނު މުއްދަތު ގުޅުވައިދިނުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސް އަށް އަންގައި، ޙުކުމް ކޮށްފީމެވެ. މިފަދައިން ބަޔާން ކޮށްފައިވާކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
If
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
ޓް
www.highcourt.gov.my enos
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
2- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓް ނަންބަރު 2010/Cv
-
C/1518
ޤަޟިއްޔާގެ ޙުކުމާއި ގުޅިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެމައްސަލަ އިސްތިއުނާފު ކުރަމުން،
އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: މައްސަލާގެ ޙުކުމް ބިނާކުރައްވާފައިވަނީ ހއ.ކެލާ ފިނިވާގެ
ޢަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ޤާނޫނުގެ ދާއިރާއިން ބޭރު އިޖުރާތެއް ނުވަތަ
ޢަމަލެއް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ފަރާތުން ފެނުމުގެ މައްޗަށް ނޫންކަމަށާއި، އެބޯޑުން އެޅި
ފިޔަވަޅުގެ ބުރަދަނުގެ މައްޗަށް ނުވަތަ ސިފައިގެ މައްޗަށް ކަމުގައިވާކަމީ ސިވިލްކޯޓުން މައްސަލަ
ނިންމެވުމުގައި ޤާނޫނީ އަސާސް ނޫން އެހެން އަސާސަކަށް ބެއްލެވުންކަމާއި، ސިވިލްކޯޓުން މައްސަލަ
ނިންމަވަންވާނީ ޑިސިޕްލިނަރީ ބޯޑުން އެޅިފިޔަވަޅުގެ ލީގަލިޓީގެ މައްޗަށް ކަމަށާއި، އެފިޔަވަޅުގެ
މެރިޓްގެ މައްޗަށް ނޫންކަމަށްބުނެ ހުށަހެޅި ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: މައްސަލާގެ ޤާނޫނީ އޮއްޓަރު ބިނާވެފައިއޮތީ ފުލުހުންގެ
ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ޤާނޫނުގެ ދާއިރާގެ ތެރޭގައި ނިންމާފައިވާ
ނިންމުމެއްކަމާމެދު ގޮތެއް ކަނޑައެޅުމުގެ މައްޗަށް ކަމަށްވީއިރު، ޤާނޫނީ ޙުއްޖަތުތަކާއި
އުންސުރުތަކަށް ބުރަވެވަޑައިގަތުމުގެ ބަދަލުގައި، ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ ހަރުކަށިކަމުގެ
ސިފައަށް ބައްލަވައި، މައްސަލަ ނިންމެވުމަކީ ޝަރީޢަތުގެ މަރުޙަލާގައި އޮތް ސުވާލަށް ޖަވާބު
ލިބިދެވޭ ޙުކުމެއް ނޫންކަމާއި، އެޙުކުމް ބިނާވެފައިއެވަނީ ޤާނޫނީ ޙުއްޖަތުތަކާއި ޤާނޫނީ
އުންސުރުތަކެއްގެ ބަދަލުގައި ޤާނޫނުން ބޭރު، އޯގާތެރިވުމުގެ ސިފައަކަށް އެކަނި ކަމަށްވުން ކަމަށް
ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ތިންވަނަ ނުކުތާއަކީ: މައްސަލާގެ ޙުކުމަށް ވާޞިލުވެވަޑައިގަތުމުގައި ގިނަ ޤާނޫނީ
ޙުއްޖަތުތަކަކާއި އުންސުރުތަކެއް ފާހަގަކުރައްވާފައިވީނަމަވެސް، އެ ޙުއްޖަތްތަކާއި އުންސުރުތަކުގެ
ބަދަލުގައި މައްސަލާގެ ޙުކުމް އާޚިރުގައި ސީދާ ބިނާކުރައްވާފައިވަނީ ސިވިލްކޯޓުގައި މައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
ހިނގަމުންދިޔައިރު އެކޯޓަށް ހުށަހެޅުނު އަދި ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލިއިރު އެބޯޑަށް
ހުށަހެޅިފައިނުވާ މުޅިން އާ ހެކިބަހެއްގެ މައްޗަށް ކަމަށްވުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ހަތަރަވަނަ ނުކުތާއަކީ: މައްސަލަ ބައްލަވާނީ މަދަނީ މިންގަނޑުން ކަންކަން
ސާބިތުކުރުމަށް އޮންނަ މިންގަނޑުންކަމަށާއި، މައްސަލާގައިވާ ކަންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާރ ވަނަ މާއްދާގައި ބަޔާންކުރާ ޙާލަތަށް
ނުފެތޭކަމަށް
ވިދާޅުވެފައިވީނަމަވެސް، މައްސަލައާ ގުޅޭގޮތުން ހުށަހެޅުނު ހެކި ސިވިލްކޯޓުން ވަޒަން
ކުރައްވާފައިވަނީ ޖިނާއީ މައްސަލަތަކުގައި ހެއްކާއި ޤަރީނާ ވަޒަންކުރުމުގައި ބަލާ
މިންގަނޑުކަމުގައިވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކަންކަން ސާބިތުކުރުމުގެ މިންގަނޑަށް
ހުށަހަޅާފައިވާ ނުކުތާ އެވެ.
0900
51
مرورا ع م
904 4
ހ (0
02
ކމެނވަން ކަމަށެޓެން
03- މިމައްސަލައާއި ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކާއި ހެކިތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގައި ކުޅަ ދަޢުވާއަށް
އެޓާރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖަވާބު ދެމުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް
ސާރވިސްގެ ކޯޕްރަލްގެ މަޤާމުގައި ހުރި ޢަލީ ނަޝީދު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވަޒީފާއިން
ވަކިކުރެވިފައިވަނީ، ގދ.ތިނަދޫސަކީނާ މަންޒިލް އާމިނަތު ޒީޔާދާ 06 އޯގަސްޓް 2010 ދުވަހުގެ ފަތިހުގެ
ވަގުތެއްގައި މާވެޔޮމިސްކިތް ކައިރި ހުއްޓާ ފުލުހުންގެ ނަންބަރު S5241 ކާރަށް ގަދަކަމުން އަރުވައި
އޭނާއާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި، އެއަމަލު ހިންގުމުގައި ޢަލީ
ނަޝީދު ބައިވެރިވިކަމަށް ތުހުމަތުކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު
ކުރުމަށްފަހު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް މައް ސަލަ ހުށަހެޅުމުން ތަޙްޤީގު ކުރިފަރާތުން ހުށަހަޅާފައިވާ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/243
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2c22
ހެއްކާ ޤަރީނާއަށް ރިޢާޔަތްކުރުމަށްފަހު އަދި ދަޢުވަކުރާފަރާތާއި އެޢަމަލުގައި ބައިވެރިވިކަމަށް
ތުޙުމަތުކުރެވުނު އެހެން ފަރާތްތަކުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތަކުން
ފުށުއަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވިފައި
ވިފައިވާތީއާއި، ކަމުގެ ޢަސްލު
އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެންނާތީއާއި، ދަޢުވާކުރާ ފަރާތް ފުލުހުންގެ
ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނިގެން
އެނައާމެދު އެޅި އިދާރީ ފިޔަވަޅެއްގެ ގޮތުން ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ
މާއްދާގެ ދަށުން ޤާނޫނީ ބާރު ލިބިދީފައިވާ ޤަވާޢިދެއް ކަމުގައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި،
އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ
ފުލުހުންގެ ވަޒީފާއާއި ބެހޭ ޤަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާކަން އެގެއެވެ.
(އ) ދިވެހި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ވަނީ ވަޒީފާއިން
ވަކިކުރެވޭނޭ ޙާލަތްތައް ބަޔާންކޮށްފައިކަމާއި، މިގޮތުން އެމާއްދާގެ (ނ) ގައި، މޯލްޑިވްސް ޕޮލިސް
ސާރވިސް އިން ކުރާ ތައްޤީޤަކުން ނުވަތަ ތަޙުލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް
ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަޢަމަލެއްގެ ސަބަބުން މޯލްޑިވްސް
ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި
ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުވައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ
އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު
ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީން ހުށަހެޅުމުން،" މިފަދައިންކަމާއި،
އިސްވެ މިބަޔާންކުރެވުނު ނައްޞަ ބަލާއިރު، މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވަޒީފާ
އަދާކުރާ މުވައްޒަފަކު އެގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ދެކަމެއް
ޝަރުތުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
44
944 04
ތެރެއިން ފުރަތަމަ ކަމަކީ، މުވައްޒަފަކު ޤާނޫނާއި ނުވަތަ ގަވާއިދާއި ޚިލާފު ޢަމަލެއް
ކޮށްފިކަމުގެ ތުހުމަތުގައި އެމުއްސަސާއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން އެމުވައްޒަފަކު ޤާނޫނާއި
ނުވަތަ ގަވައިދާއި ޚިލާފުވިކަން ތަޙްޤީޤަށް ސާބިތުވުންކަމާއި،
ދެވަނަ ކަމަކީ، ތަޙްޤީޤަށް ސާބިތުވި އެކަމެއްގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ އަދި
އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ހުށަހެޅުމުން އެކޮމެޓީން ނުވަތަ ބޯޑުން
އެމުވައްޒަފެއްގެ މައްސަލަ ބެލުމަށްފަހު އެމުވައްޒަފަކު ވަޒީފާއިން ވަކިކުރަން ހުށަހެޅުންކަމާއި،
ޢަލީ ނަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި އަދި ޤަވާޢިދާ ޚިލާފު ޢަމަލެއް
ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވުމުންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، އެކަން
ސާބިތުވާންޖެހޭނީ ޤާނޫނޫއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނެފައިވާ ގޮތުގެމަތީން "އެކަށީގެންވާ
ޝައްކެއްނެތް މިންވަރަށް އެކަން ސާބިތުވެގެންކަމަށް ޢަލީ ނަޝީދު ބުނެފައިވާބުނުމަށް ސިވިލް ކޯޓުގެ
ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ރައްދު ދެއްވާފައިވާކަމާއި،
މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި އެވަނީ، ކުށެއް
ސާބިތުކުރުމުގައި ޝަރީޢަތުން ބަލަންޖެހޭ މިންގަޑުކަމާއި، ސިވިލް ކޯޓުގެ އެޤްޟިއްޔާގައި ބަލަމުންދާ
މައްސަލައަކީ ޝަރީޢަތުން މީހެއްގެ މައްޗަށް ކުށެއް ސާބިތުކޮށްފައިވާގޮތް ރަގަޅުތޯ ނުވަތަ ނޫންތޯ
ބަލާފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރެއްވުމަށްފަހު، މީހަކު ކުށެއްކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް
ސާބިތުވެއްޖެ ކަމަށް ކަނޑައެޅުމަށްޓަކައިވެސް ކުށެއްގެ ޢަމަލު ހިންގާފައިވާކަމާއި، އަދި އެހިންގި ފަރާތާއި،
އަދި ކުށުގެ ޢަމަލާއި އެޢަމަލު ހިންގިކަމަށްބުނާ ފަރާތާއި ހުރިގުޅުމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބުރަވެވޭ
ގޮތެއް ކަނޑައެޅެންޖެހޭނެކަމާއި، އަދި އެގޮތަށް ކަނޑައެޅި ސަބަބުތައް ސާފުކޮށް
ފެންނަން އޮންނަންވާނެކަމަށް ފާހަގަކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ޢަލީ ނަޝީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށްކަމަށްބުނެ
ޢަލީ ނަޝީދު ކުޅަ ދަޢުވާއަށް ދައުލަތުގެ ފަރާތުން އިންކާރުކޮށް، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ،
4 0 2 7 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my emoj
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
ބެހޭ
ގދ.ތިނަދޫސަކީނާ މަންޒިލް އާމިނަތު ޒިޔާދާ 06 އޯގަސްޓް 2010 ދުވަހުގެ ފަތިހުގެ ވަގުތެއްގައި
މާވެޔޮމިސްކިތް ކައިރި ހުއްޓާ ފުލުހުންގެ ނަންބަރު S5241 ކާރަށް ގަދަކަމުން އަރުވައިގެން އޭނާއާ މެދު
ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން ކަމާއި، މިކަމާގުޅިގެން
އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤުކޮށް، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅައި،
ޢަލީ ނަޝީދު އާމެދު ތުހުމަތުކުރެވިފައިވާ މައްސަލައާއި ގުޅިގެން ތަޙްޤީޤުކޮށް ހޯދާފައިވާ އެންމެހާ ހެއްކާއި
ޤަރީނާއަކަށް ރިޢާޔަތްކުރުމަށްފަހު ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ
ދަށުން ޤާނޫނީ ބާރު ލިބިގެން ހަދާފައިވާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ޢާއި ޢަލީ
ނަޝީދު ޚިލާފުވެފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ، ފުލުހުންގެ ޤާނޫނުގެ ދަށުން ބާރު
ލިބިދީފައިވާ ޤަވާޢިދެއް ކަމުގައިވާ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބުދިނުމާބެހޭ
ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި ޙަވާލާދީ ފުލުހުންގެ ވަޒީފާއާއި ޤަވާއިދުގެ
24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާއިރު، ޢަލީ ނަޝީދު ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާއި އެއްގޮތަށްކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ވަޒީފާ ދިންފަރާތުގެ
ޒިންމާއެއްކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ބަދުއަޚްލާޤީ ޢަމަލު ހިންގުމުގައި ޢަލީ ނަޝީދު
ބައިވެރިކަމުގެ ހެކީގެ ގޮތުގައި ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގައި ދައުލަތުން
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު،
ޢަލީ ނަޝީދުގެ ނަންބަރު 9998806 ފޯނުން ކޮށްފައިވާ ފޯނުކޯލުތަކުގެ ލޮގް،
• ޢަލީ ނަޝީދުގެ ފޯނު ދޮގުތަކާއި ފޯނު ސިގްނަލް ނެގިފައިވާ ހިސާބުތައް
އަންގައިދޭ ޗާޓް
މީގެތެރެއިން ޢަލީ ނަޝީދުއާއި އާމިނަތު ޒިޔާދާ ތަޙްޤީޤަށް ދީފައިވާ ބަޔާނަށާއި، ޢަލީ
ނަޝީދުގެ ނަންބަރު 9998806 ފޯނުގެ ލޮގަށް ބަލާއިރު، ޢަލީ ނަޝީދު އާއި އާމިނަތު ޒިޔާދާ އާއި
ދިވެހިރާއްt
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
24
ދެމީހުންކުރެ އެކަކުވެސް އެކަކު އަނެކަކާ ފޯނުން ގުޅާފައިވާކަން އެނގެންނެތްކަމާއި، އަދި ދައުލަތުން
ހުށަހަޅާފައިވާ އެއްވެސް ހެއްކަކުން އާމިނަތު ޒިޔާދާ ގަދަކަމުން އެރުވިކަމަށްބުނާ ނަންބަރު S5241 ކާރަށް
އެރޭ ޢަލީ ނަޝީދު އަރާފައިވާކަން އެނގޭނޭ އެއްވެސް ހެއްކެއް ނެތްކަމާއި، އަދި އެރޭ އާމިނަތު ޒިޔާދާއާއި
އެއްވެސް ތަނަކުން ޢަލީ ނަޝީދު ބައްދަލުކޮށްފައިވާކަން އެނގޭނޭ އެއްވެސް ގޮތެއް ނެތް ކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު ޙާދިސާ ހިނގިކަމަށް ބުނާރޭ 02:45 ހާ
އިރުވަންދެން ޢަލީ ނަޝީދު އުޅުނީ ހޭލާ ކަމަށާއި ، އޭގެ ފަހުން ނިދާ ހޭލީ ގާތްގަނޑަކަށް ހެނދުނު 11
ޖަހާއިރު ކަމަށް ޢަލީ ނަޝީދު ބުނެފައިވާ ބުނުމާއި ގުޅިގެން ނިދާފައިއޮތްކަމަށް ޢަލީ ނަޝީދު ބުނެފައިވާ
ގަޑިތަކުގައި ޢަލީ ނަޝީދުގެ ނިނދާފައި ނޫންކަން އެފޯނުގެ ކޯލް ލޮގްއިން އެނގޭކަމަށާއި އެކަމަށް
ހަރުދަނާ ކަމެއް ޢަލީ ނަޝީދުގެ ފޯނުން ކޮށްފައިވާ ކޯލްތަކުގެ ސިގްނަލް ނަގާފައިވާ ސައިޓްތަކާއި
އެފޯނުގެ ކޯލްތަކުގެ ސިގްނަލް ނަގާފައިވާ ސައިޓްތަކުގެ ފްލޯ ޗާޓުން އެނގޭކަމަށް ދައުލަތުން ބުނެ)
ބުނެފައިވާއިރު
އެކަމާ ކުޅިގެން ޢަލީ ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން ދަޢުލަތުން ޘާބިތުކޮށްދޭން ހުށަހެޅި
ކަންތަކާމެދު ސުވާލު އުފެދިފައިވާއިރު އިތުރު ހެއްކެ ހުށަހަޅަން ނެތްކަމަށް ދަޢުލަތުން ބުނެފައިވާކަން
2 2 2x 2 4 2
އެޤަ، ހއ.
23x 2ތތ
އޮޅުވާP
އަދި މީގެއިތުރުން ޢަލީ ނަޝީދު ވަޒީފާއިން ވަކިކުރުމަށް ނިންމި ކަންތައްތަކުގެ
ތެރޭގައި، ތުހުމަތުކުރެވުނު އެންމެހައި ފަރާތްތަކުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދިނުމުގައި އެމީހުން
ދައްކާފައިވާ ވާހަކަތަކުގައި ފުށުއަރާ ގިނަކަންތައްތަކެއް ފާހަގަކުރެވިފައިވާކަމާ، އެއީ ކަމުގެ އަޞްލު
ޅުވާލުމަށް މަސައްކަތްކޮށްފައިވުންކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވިފައިވާކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާއިރު، ތުހުމަތު ކުރެވިފައިވާ ފަރާތްތަކުގެ ވާހަކަތަކުގައިހުރި ފުށުއެރުންތަކަކީ ކޮބައިކަމެއް
ދައުލަތުގެ ފަރާތުން ބަޔާންކޮށްދީފައިނުވާކަމާއި، ކަމެއްގައި ތުހުމަތުކުރެވޭ މީހުންނާ ކުރެވޭ ސުވާލުތަ
ޖަވާބުތައް އެއްގޮތް ނުވުމަކީ، އެކަމެއްގައި ތުހުމަތުކުރެވުނު އެންމެން އޮޅުވާލުމަށް މަސައްކަތްކުރާކަމުގައި
0x 0
މި 2 ހއ 2
ވާލުތަކަށްދޭ
· 2c4
04 0 22
2 4 2 2
ބޮލެވޭން އަސާސެއް ނޫނެކަން އެގެއެވެ"
ދިވެހި
ޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{11/HC-A/243
(ރ) ޢަލީ ނަޝީދުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑިސިޕްލިނަރީ
ބޯޑުން ބެލިއިރު،
އެބޯޑުގެ މެންބަރެއްގެ ގޮތުގައި ތިއްބެވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ސްޕްރިޓެންޑެންޑް ސ. މަރަދޫ ފޮނިމާގެ މުޙައްމަދު ޖިނާހު އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް
އިންސްޕެޓަރ ނ.ހޮޅުދޫ(ގުލިސްތާނުގެ ޙަސަން ނާޝިދު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކަމާއި
ސިވިލްކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެވުނު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާއިރު،
ޢަލީ ނަޝީދާއި މެދު ފިޔަވަޅު އަޅާފައިވަނީ މައްސަލައިގެ އަޞްލު އޮޅުވާލުމަށް ނުވަތަ
ޙަޤީގަތް ފޮރުވުމަށް ޢަލީ ނަޝީދު މަސައްކަތްކުރާކަމަށް
ޤަބޫލުކުރެވިގެންކަން ހެކިންގެ ބަޔާނުން އެނގޭ
އަލީ ނަޝީދު ޙަޤީޤަތް ފޮރުވަން މަސައްކަތްކުރާ ކަމަށް ބުނެ ދައުލަތުން އެކަމުގެ
މައްޗަށް ހުށަހަޅާފައިވާ ހެއްކަކީ ، އަލީ ނަޝީދު ފުލހުންގެ ތަޙްޤީގުގައި ޙާދިޘާ ހިނގި ވަޤުތު އަލީ
ނަޝީދު އޮތީ ނިދާފައިކަމަސް ބުނެފައިވާއިރު ، އެއީ އަލީ ނަޝީދު ހަދާ ދޮގެއްކަން އަންގައިދިނުމުގެ
ގޮތުން ހުށަހެޅި ޢަލީ ނަޝީދުގެ ނަންބަރު 9998806 ފޯނުން ކޮށްފައިވާ ފޯނުކޯލުތަކުގެ ލޮގް އަދި ޢަލީ
ނަޝީދުގެ ފޯނުގެ ސިގްނަލް ނަގާފައިވާ ހިސާބުތައް އަންގައިދޭ ޗާޓަށް ބަލާއިރު ބުނެވުނު ކޯލް
ރެކޯޑުތަކާއި ޗާޓުގެ މަޤުސަދަކީ ޢަލީ ނަޝީދު ނިދާފައިއޮތްކަމަށް ބުނާ ގަޑިތަކުގައި ޢަލީ ނަޝީދުގެ ފޯން
އެކްޓިވޭޓް ވެފައިހުރިކަމާއި، އެފޯންގެ ސިގްނަލް ޢަލީ ނަޝީދު ނިދާފައި އޮތްކަމަށް ބުނޭ ގެއާއި ދުރުން
ލިބެންހުރިކަން އަންގައި އެވަގުތުތަކުގައި ޢަލީ ނަޝީދު ނިދާފައި ނޫންކަން ޘާބިތުކޮށް ދިނުން
ކަންއެނގޭއިރު
އަލީ ނަޝީދުގެ ފޯން ރެކޯޑު ތަކާއި ޢަލީ ނަޝީދުގެ ފޯނުގެ ސިގްނަލް
ނަގާފައިވާ ހިސާބުތައް އަންގައިދޭ ޗާޓާއި ގުޅިގެން ދިފާއުގައި އަލީ ނަޝީދުގެ ފަރާތުން ސިވިލްކޯޓުގެ
ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހެކިވެރިންގެ ގޮތުގައި ހއ.ކެލާ
24 2
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 1647
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
ހ2 ވ02
ރިވެލި ޢަލީ ނާޒިމް އަދި މ.ގޮމަކަސްތޫރިގެ ޙަސަން ޖަބީން މުހައްމަދު ހުށަހަޅާފައިވާއިރު ފުލުހުންގެ
ތަޙްޤީގުގައި އަލީ ނަޝީދު ޙާދިޘާ ހިނގި ވަގުތު ޢަލީ ނަޝީދު އޮތީ ގޭގަ ނިދާފައިކަމަށް ބުނެފައިވާ
ވަގުތު ގައި ޢަލީ ނަޝީދު ގޭގައި އޮތްކަމަށް އަލީ ނަޝީދު ހުށަހެޅި ހެކިން ހެކިބަސް ދީފައިވާކަމާއި
އަދި އަލީ ނަޝީދުގެ ފޯން އެހާދިޘާ ހިނގިރޭގައި ޢަލީ ނަޝީދުގެ ކޮއްކޮ އަސަން ޖަބީން މުހައްމަދު
ގެންގުޅުނުކަމާއި އެފޯން ހިފައިގެން ޙަސަން ޖަބީން މުޙައްމަދު ގެއިން ބޭރަށް ދިޔަކަމަށް ހަސަން ޖަބީން
ސިވިލް ކޯޓުގެ ޝަރީޢަތުގައި ބުނެފައިވާކަން އެނގެން އޮންނަކަމާއި
އެހެންކަމުން ޢަލީ ނަޝީދު ގެ ފޯން އެހެން މީހަކު ބޭނުންކުރި ކަމުގައިވީނަމަވެސް އެފޯނު
އެކްޓިވޭޓް ވެފައި ހުންނާނެކަމާއި އަދި ފޯނު ހިފައިގެން އެހެންމީހަކު ވަކި ސަރަޙައްދެއްގައި އުޅުނުކަމުގައި
ވީނަމަވެސް އެސަރަޙައްދުތަކުން އެފޯންގެ ސިގްނަލް ލިބެން ހުންނާނެ ކަމުން ޢަލީ ނަޝީދު ފުލުހުންގެ
ތަޙްޤީގުގައި އޮޅުވާލުމަށް ނުވަތަ ފޮރުވަން މަސައްކަތްކުރިކަމަށް ދައުލަތުން ބުނެ
ޘާބިތުކޮށްދިނުމަށް ހުށަހެޅި ކަންކަން ހެކިންގެ ހެކިބަހުން ސާފުކޮށް އެނގެން ނެތްކަން އެނގޭކަމާއި
ޑިސިޕްލިނަރީ ބޯޑުން ޢަލީ ނަޝީދުގެ މައްސަލަބެލިއިރުވެސް، އާމިނަތު ޒިޔާދާ ގަދަކަމުން
އެރުވިކަމަށްބުނާ ނަންބަރު S5241 ކާރު ބަލައި، އެކާރުން ފިންގަރ ޕްރިންޓް އެވިޑެންސް، އަދި
ޑީ.އެން.އޭ އެވިޑެންސް ފަދަ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ހޯދާފައިވާ އެއްވެސް ހެއްކެއް އެބޯޑަށް
ހުށަހެޅިފައިނުވާކަން ދަޢުލަތުން ހުށަހެޅި ހެކިންގެ ބަޔާނުން އެނގެން އޮތްއިރު، އެފަދަ އެވިޑެންސެއް
ޝަރީޢަތަށް ވެސް ހުށަހެޅިފައިނުވާކަން އެނގޭކަމާއި،
ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި ގުޅިގެން ޢަލީ ނަޝީދުގެ ފޯނުގެ
ކޯލް ޑީޓެއިލްސް އަދި ފޯނުގެ ސިގުނަލް ނެގިފައިވާ ހިސާބުތައް އަންގައިދޭ ޗާޓުފިޔަވައި އެހެން ހެއްކެއް
ސިވިލްކޯޓުގެ
ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި
ދަޢުލަތަށް ފުރުސަތު ދެވުނު ހިނދު އިތުރު ހެއްކެ ނެތްކަމަށް ދައުލަތުން ބުނެފައިވާއިރު ޢަލީ ނަޝީދުގެ
2ދ 4
3
02
ހުށަހެޅުމަށް
2 / 2
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos
2[11/HC-A/243
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއް
މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ތުހުމަތާއި ޢަލީ ނަޝީދާއި ގުޅުންހުރި ކަން ޝަރީޢަތަށް ސާބިތު
ކުރެވޭ ވަރުގެ ހެއްކެއް ޝަރީޢަތަށް ހުށަހެޅިފައިނުވާކަން އެގެއެވެ.
ބ) ޢަލީ ނަޝީދުގެ މައްސަލަ ޑިސިޕްލިނަރީ ބޯޑުން ބެލުމަށްފަހު ނިންމާފައިވާ
ނިންމުމުގައި، އޭނާ ވަޒީފާއިން ވަކިކުރުމަށް އެބޯޑުން ނިންމާފައިވަނީ ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް
ކޮންޑަކްޓާ، އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފްވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވޭތީ،
ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާ އެކުށްތަކަށް އަދަބުދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ 01
ހަވާލާދީ، ފުލުހުންގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުންކަން ޝަރީޢަތަށް
ހުށަހެޅިފައިވާ އެބޯޑުގެ ނިންމުމަށްބަލާއިރު އެނގޭކަމާއި،
މިގޮތުން އެނިންމުމުގައިވާ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް
އެތިކްސްއާއި ޢަލީ ނަޝީދު ޚިލާފްވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުނު ފެނުމާމެދު ޝަރީޢަތުން
ދެކޭގޮތް އިސްވެ ފާހަގަކަކުރެވުނު ނުކުތާގައި ބަޔާންކުރެވިފައި އެވަނީކަމާއި،
ފުލުހުންގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު
އެއަކުރުގައިވަނީ، މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން
މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް ސާބިތުވާ
ގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ
މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން
މުވައްޒަފުންނަށާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ
އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން
ހުށަހެޅުމުން؟" މިހެންކަމާއި، މިނައް ޞަށް ބަލާއިރު، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު
ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީން ފުލުހަކު ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ދީފައިވަނީ ވަކި
ޝަރުތަކާއެކުގައި ކަމާއި، އެޝަރުތަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކުރާ ތަޙްޤީޤަކުން ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 1647
33
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011HC-A/243
.
ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި ޚިލާފް ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙުޤީޤަށް
ސާބިތުވުން، ކަމާއި، ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ތަޙްޤީޤުގައި، ޢަލީ ނަޝީދު
ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްފައިވާކަން ފުލުހުންކުޅަ ތަޙުޤީޤަކުން ނުވަތަ ތަޙްލީލަކުން
ސާބިތުވެފައިވާކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައި ނުވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް
ސަބަބުތައް އެގޮތުގެ
ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ދައުލަތުގެ
ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ސިވިލްކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭނެތަނެއް މަކަށް މިމައްސަލަބެލި ފަނޑިޔާރުންގެ މަޖިލީހުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނެވެ.
މަތީން
xކ ހދ
އކުމަކީ
ހ2 22
22
2
އެންމެހައި ސަބަބުތައް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
މަތީން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާ ބައްލަވައި
2 2x4
ہے کہ ترکی
އެއްވެސް ސަބަބެއް އޮތްކަމަށް މިޤާޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ނުފެންނާތީ، ސިވިލް ކޯޓުގެ ނަންބަރު:2010/Cv
-
C/1518 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް
ތާއީދުކޮށް މިމައްސަލަބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފިމެވެ.
0 0
<
33
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my enos