ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/181 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/181
بماندار مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 181/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޙަމީދު
ދާއިމީ އެޑްރެސް: މއ. ކޮރަލްބެރީ / މާލެ
އައިޑީކާޑު ނަންބަރު: A058507
* މިހާރުގެ އެޑްރެސް: މޯލްޑިވްސް ޕޮލިސް ސަރވިސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލް
ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް | މަޖީދީ މަގު | މާލެ
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް | މަޖީދީ މަގު | މާލެ
{
* ހުށަހެޅުނު ތާރީޚް: 15 ޖޫން 2012
ނިމުނު ތާރީޚް: 19 ޖޫން 2012
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު
ނަންބަރު: 2012/4912(J
(
MD-145
ކޯޓު: ކްރިމިނަލް ކޯޓު
ނިންމެވި ތާރީޚް: 14 ޖޫން 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިންގެ
2
2012/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 201214912(J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މއ. ކޮރަލްބެރީ މުޙައްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
ceco
މިޤާޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް
-1
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4912(J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފުކުރުމަށް
މއ. ކޮރަލްބެރީ، މުޙައްމަދު ޙަމީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
-2
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4912(J
/
MD-145 ކޯޓު އަމުރަށް ބަލާއިރު،
އެއަމުރަކީ، މއ. ކޮރަލްބެރީ، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވުނު ފުލުހުންގެ ވާޖިބާއި ޚިލާފުވުން،
ފުލުހުން ކުރުންމަނާ ކަންކަން ކުރުމުގެ މައްސަލައިގައި މުޙައްމަދު ޙަމީދުގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި
މުޙައްމަދު ޙަމީދަށް ލިބިފައިވާ މަޢުލޫމާތު ޤާނޫނީ އިމުގެ ބޭރުން އާންމުންނާއި ހިއްސާކޮށްފައިވާ ކަމުގެ
އިންޓެލިޖެންސް މަޢުލޫމާތު ފުލުހުން ހުށަހަޅައިފައިވާތީ، މިވަގުތު މުޙައްމަދު ޙަމީދު ދޫކޮށްލައިފިނަމަ
މުޖުތަމަޢުގެ ސަލަމާތަށް ނުރައްކާވެދާނެ ކަމަށް ބަޔާންކުރައްވައި، 14 ޖޫން 2012 ދުވަހު 16:25 އިން
ފެށިގެން 19 ޖޫން 2012 ދުވަހު 16:24 އަށް 05 (ފަހެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް
އެފެއާޒުން ކަނޑައަޅާ ތަނެއްގައި މއ. ކޮރަލްބެރީ މުޙައްމަދު ޙަމީދު ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ
އެނގެއެވެ.
22 2ތ ހ ބ
އަމުރައްކަން އެނގެއެވެ
މިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012HC-A/11
ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4912(J
(
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ، ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރަމުން
ކޮރަލްބެރީ މުޙައްމަދު ޙަމީދުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި، އެ ނުކުތާތަކާ ބެހޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
12
0
<< O
4 22
4
ކްރިމިނަލް ކޯޓުގެ
ނަންބަރު 2012/4912(J
/
MD-145 ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް މއ. ކޮރަލްބެރީ މުޙައްމަދު ޙަމީދުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ
ގޮތުން މުޙައްމަދު ޙަމީދުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅޭ ގޮތުން
ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD042400 ގެ
"ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމު" ގައި، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ، ޤާނޫނު
ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 07 ވަނަ މާއްދާގެ (ހ) ގެ 04، 05 އަދި 10 ވަނަ
ނަންބަރާއި، އެޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ކުށުގެ ތުހުމަތު ކަމާއި،
މުޙައްމަދު ޙަމީދު ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބެއްކަމަށް "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރި މައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމު" ގައި
ބަޔާންކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު
ފޯރުވައިފާނެކަމަށް ފެންނާތީއާއި، އަދި ހެކި ނައްތާލައިފާނެކަމަށް ފެންނާތީކަމަށް ވާއިރު، އއ. ކޮރަލްބެރީ
މުޙައްމަދު ޙަމީދު ބަންދުގައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ، މިވަގުތު މުޙައްމަދު ޙަމީދު ދޫކޮށްލައިފިނަމަ
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީކަން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/4912(JMD-145 ކޯޓު
އަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
22022/
2{012/HC-A/181
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ދެވަނަ ކަމަކީ ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގައި މަނާކޮށްފައިވާ
ކަންކަމާއި، ކުށްކުށަށް ދެވޭނެ އަދަބު ތަކާއި،
ފިޔަވަޅުތަށް
ބަޔާންކޮށްފައި އޮންނަކަމާއި، އެޤާނޫނުގައި
ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން، ވަކި އަދަބެއް ކަނޑައެޅިފައިނުވާ ކުށަކަށް ދެވޭނެ އަދަބު އެޤާނޫނުގެ 75
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ
ދަށުން އިދާރީ އަދަބު ދެވުމަކީ، ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ފުލުހުން ކުރާ ޢަމަލަކާމެދު ޤާނޫނުގައިވާ ގޮތުގެ
މަތީން ފިޔަވަޅު އެޅުމަށް އެމާއްދާ ހުރަސް އަޅާކަމެއް ނޫންކަމަށް އެމާއްދާގެ (ނ) ގައި ބަޔާންކޮށްފައި
އޮންނަކަމާއި،
19
ހރު 0
0 ތ
ބަޔާންކޮށް3
ކަންތައްކެއް
ޤާނޫނު ނަންބަރ 5/2008 (ފުލުހުންގެ ޤާނޫނު) ގެ 07 ވަނަ މާއްދާގެ (ހ) ގައި
އިންކޮށްފައިވާ ކަންތައްތަކަކީ، ފުލުހުންގެ މައްޗަށް އެކަންކަމާއި އެއްގޮތަށް ޢަމަލު ކުރުން ވާޖިބު ވެގެންވާ
ކަމާއި، އަދި އެޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި (ނ) ގައި ބަޔާންކޮށް
ފުލުހުންގެ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ހައިސިއްޔަތުންވެސް ކުރުން މަނާ"
ކަންތައްތަކެއް ކަމާއި، އެއްވެސް މީހަކަށް އަދަބެއް ދޭންވާނީ މަނާ ކުރެވޭ ކަންތަކާއި، އެއިން ކަމެއް ކޮށްފި
މީހަކަށް ދެވޭނެ އަދަބު ސާފުކޮށް ބަޔާންކޮށްފައިވާނަމަކަމަށް ޤާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޤާނޫނު ނަންބަރ 5/2008 (ފުލުހުންގެ ޤާނޫނު) ގައި "ކުށް" މި
ބަސް މާނަ ކޮށްފައިނުވާކަން އެނގޭއިރު، އެބަސް މާނަކޮށްފައިވާ ޤާނޫނަކަށް ބެލިއިރު، ޤާނޫނު ނަންބަރު 1/81
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ޗެޕްޓަރ 1 ގެ 28 ވަނަ މާއްދާގެ (ށ) ގައި "ކުށް" މިބަސް މާނަ
ކޮށްފައިވަނީ، އެކަމެއް ކުރުމުން ނުވަތަ ނުކުރުމުން ޤާނޫނު އަދަބެއް ކަނޑައަޅާ ކޮންމެ ކަމެއް ހިމެނޭ
ގޮތަށްކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ފުލުހުން ކުރާ އެކި ކުށްކުށުގެ ޢަމަލުގައި އެމީހުންނާ މެދު ފިޔަވަޅު
އެޅިފައިވަނީ، އެއްހަމައަކުން ނޫންކަން ދޭހަވާ ގޮތަށް މުޙައްމަދު ޙަމީދުގެ ފަރާތުން ބުނެ ފާހަގަކުރި ނުކުތާއަށް
ބަލާއިރު، މީގެ ކުރިން ކުށްކުށުގެ ތުހުމަތުކުރެވޭ ފުލުހުންގެ މައްސަލަތައްވެސް ތަޙްޤީޤުކޮށް ބަންދުގެ އަމުރު
ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާނެކަމަށާއި، އަދި އެފަދަ މައްސަލަތައް ތަޙްޤީޤުކޮށް ދަޢުވާ ކުރުމަށްޓަކައި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ހުށަހަޅާފައިވާނެކަމަށް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އަދި އެކަން އެނޫންގޮތަކަށް
ހިނގާފައިވާކަން ސާބިތުކޮށް ދެވޭފަދަ ހުއްޖަތެއް މުޙައްމަދު ޙަމީދުގެ ފަރާތުން ހުށަހެޅިފައި ނުވާކަމާއި، އެދާ
ހަޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-A/181
ބައެއް މައްސަލަތަކުގައި ދަޢުވާކުރެވި ޝަރީޢަތް ހިންގާފައިވާކަން ފާހަގަ ކުރެވޭކަމާއި، މުޙައްމަދު ޙަމީދުގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަކީ، މީގެ ކުރިން ފުލުހުންގެ މައްޗަށް
މުޙައްމަދު ޙަމީދުގެ ފަރާތުން ފާހަގަ ކުރި މައްސަލަތަކާ ތަފާތު މައްސަލައެއްކަން ފާހަގަ ކުރެވޭކަމެވެ.
37 ވ33 34
3 ދ ތ
eހ2ތކެރވާނެކަމަށް
(ރ) ހަތަރުވަނަ ކަމަކީ: ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7
ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ
ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު
ނުވެދާނެކަމަށް، ނުވަތަ ފިލައިފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ
ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
ތ 4
4/
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން އޮންނައޮތުމާ ބަންދުކުރެވިފައިވާ މީހާގެ ބަންދުގެ މުއްދަތު
އިތުރުކުރުމުގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން އޮންނައޮތުމާ ބެހޭގޮތުން، ޤާނޫނު އަސާސީގެ 49
ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ސަބަބުތަކަށްޓަކައި މެނުވީ އެއްވެސް މީހަކާމެދު ޝަރީޢަތުން
ޙުކުމެއް ކުރުމުގެ ކުރިން އެމީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ޞަރީޙަ ނައްޞުން އަމުރުކޮށްފައި
އޮންނަކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނައިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހެޅޭ މައްސަލަތަކުގައި އެމާއްދާގައި ބަޔާންކޮށްފައިވާ ސަބަބެއް ނުވަތަ ސަބަބުތަކެއް އޮތްތޯ
ބެލުމުގެ ޒިންމާއަކީ ފަނޑިޔާރަށް މަތިކޮށްފައިވާ ޒިންމާއެއްކަން އެނގޭކަމާއި، އެހެންކަމުން ބަންދުގެ މުއްދަތު
އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެދޭއިރު، ހުށަހަޅާ ސަބަބު ނުވަތަ އެނޫން އެހެން ސަބަބެއް
އޮތްކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެސަބަބަކަށްޓަކައި އެމީހަކު ބަންދުގައި ބެހެއްޓުމަށް އަމުރު ކުރުމަކީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ ހުރަސްއަޅާ ކަމެއް ނޫންކަމާއި، މީހަކު ބަންދުކުރުމުގައި ތުހުމަތު ކުރެވޭ
ކުށް ސާބިތުވުމަށް ކާފީ ހެކިތަކެއް ނެތްކަމުގައިވިޔަސް ޝައްކު ކުރެވޭ ކުށުގެ ނުރައްކާތެރި ކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤު ކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫ ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ޝައްކު ކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރު
ކިހާވަރަކަށް ކަމާއި، އަދި ހެކިތަކާއި ކުޅި ހެކިތަށް ނައްތާލުމުގެ ބިރުއޮތީ ކިހާވަރަކަށްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{012HC-A/11
/
<< O
ވަޒަންކުރަންޖެހޭނެ ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ 09
(ނުވައެއް) ނުކުތާގައި ބަޔާންކޮށްފައި އޮތުމުން، މުޙައްމަދު ޙަމީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ
މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި، މުޙައްމަދު ޙަމީދު ބަންދުން
ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ދެކިގެން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން
ކަނޑައަޅާ ތަނެއްގައި މުޙައްމަދު ޙަމީދު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރައްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަށް ޤަބޫލުނުކުރެވޭކަމެވެ.
099
ހއގެ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ކްރިމިނަލް ކޯޓުގެ
ނަންބަރ 2012/4912(J
(
MD-145 ކޯޓު އަމުރުގެ ދަށުން މއ. ކޮރަލްބެރީ މުޙައްމަދު ޙަމީދު، 14 ޖޫން
2012 ދުވަހު 16:25 އިން ފެށިގެން 19 ޖޫން 2012 ދުވަހު 16:24 އަށް 05 (ފަހެއް) ދުވަހުގެ
މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރުއްވާފައިވާ
އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނެރުއްވާފައިވާ
އަމުރެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް
މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv