ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/165 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/165
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 165/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު މުތީޢު ޢަބްދުލްޙަކީމް
އައިޑީ ކާޑު ނަންބަރު: A278779
*
2 ހ4 2 ހއ
ދާއިމީ އެޑްރެސް: ކެޕްރީ، ފުނާޑު
މިހާރުގެ އެޑްރެސް: ކެޕްރީ، ފުނާޑު/ ޏ. ފުވައްމުލައް
*
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 29 ޖޫން 2014
ނިމުނު ތާރީޚް: 24 ޖޫން 2014
0
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2014
/
424-RIC
• އަމުރު ނެރުނު ކޯޓު: ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
މައްސަލައިގެ ބާވަތް: ބަންދު އަމުރު (މަސްތުވާތަކެތި ގެންގުޅުމާއި ވިޔަފާރިކުރުން)
• އަމުރު ނެރުނު ތާރީޚް: 12 ޖޫން 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-A/165
މިއީ، ޏ.
ދަޢުވާގެ ޚުލާޞާ;
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014
/
424-RIC ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތަށްނޫން ކަމަށްބުނެ އެ ކޯޓު އަމުރު އިސްތިއުނާފު
ކޮށްދިނުމަށްއެދި އަޙްމަދު މުތީޢު ޢަބްދުލްޙަކީމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
CCCO
އެވެ.
0
etc
Ocox
ފާހަގަކުރެވުނު ނުކުތާތައް:
01- ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014
/
424-RIC ކޯޓު ކޯޓުއަމުރަކީ، 2014
މެއި 23 ވަނަ ދުވަހުގެ 10:08 ހާއިރު ޏ. ފުވައްމުލައް، ފުނާޑު. ކެޕްރީ އަޙްމަދު މުތީޢު ޢަބްދުލްޙަކީމް
މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން އަޙްމަދު މުތީޢު
ޢަބްދުލްޙަކީމް ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު: 111787/MF [ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން
ނެރުއްވާފައިވާ އަމުރެއްކަމާއި؛
އެއަމުރުގައި އެމައްސަލައިގެ ތަޙްޤީޤް ނުނިމެނީސް އަޙްމަދު މުތީޢު ޢަބްދުލްޙަކީމް ދޫކޮށްފައި
ބަހައްޓައިފިނަމަ އަޙްމަދު މުތީޢު ޢަބްދުލްޙަކީމްގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ
ކަމަށް ބެލެވޭތީ، 2014 ޖޫން 13 ވަނަ ދުވަހުގެ 21:30 އިން ފެށިގެން 2014 ޖޫން 20 ވަނަ ދުވަހުގެ
21:30 ގެ ނިޔަލަށް އަޙްމަދު މުތީޢު ޢަބްދުލްޙަކީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި
ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
02- ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014
/
424-RIC ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީންނޫންކަމަށްބުނެ އަޙްމަދު މުތީޢު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/165
ކޮށް،
ޑ 433
2
އެނުކުތާއާމެދު
ޢަބްދުލްޙަކީމްގެ ފަރާތުން އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއީ
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމައިދިނުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ޖަދުވަލު (2)
ގައި ބަޔާންކުރެވިފައިވާ ހުވައި ފަނޑިޔާރު ލައިދިނުމުން އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ
ފަނޑިޔާރުގެ ކުރިމަތީގައި ހުވައި ކުރަންވާނެކަން އިޝާރާތްކުރެވުނު ޤަވާޢިދުގެ 05 ވަނަ މާއްދާގެ
(ށ) ގައި ސާފު ޢިބާރާތުން އޮތްއިރު، އަޙްމަދު މުތީޢު ޢަބްދުލްޙަކީމް 12 ޖޫން 2014 ވަނަ ދުވަހު
އޭނައާމެދު ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައިގައި ބަންދާއިމެދު ގޮތެއް ނިންމުމަށް
ފަނޑިޔާރު ކުރިމައްޗަށް ޙާޟިރުކުރިއިރު މަތީގައި އިޝާރާތްކުރެވުނު ޤަވާޢިދުގެ 5 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާ އިޖުރާއާތު ފުރިހަމަނުކޮށް ބަންދާމެދު ގޮތް ނިންމާ 6 ދުވަހުގެ މުއްދަތަކަށް
ހޯމް މިނިސްޓްރީއިން ކަނޑައަޅާ ތަނެއްގައި ބަންދުކުރުމަށް ފަނޑިޔާރު ނިންމަވާފައިވާ ކަމީ އިސްވެ
ކުރެވުނު ޤަވާޢިދާއި ޚިލާފު
.ޑރeއވެ
ކަމެއްކަމަށް ބުނެ ފާހަގަކޮށްފައިވާ
ނަކީ eއވެ
ce O
03- ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2014
/
424-RIC ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލައިގައި ހިމެނޭ ފަރާތްތަކުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި މައްސަލައާ ގުޅުންހުރި
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) 2014 މެއި 23 ވަނަ ދުވަހުގެ 10:08 ހާއިރު ޏ. ފުވައްމުލައް ފުނާޑު. ކެޕްރީ އަޙްމަދު
މުތީޢު ޢަބްދުލްޙަކީމް މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ
:ތުކުރެވޭ މައްސަލައާއި
ގުޅިގެން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/165
ނަންބަރު: 111787/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން
އެމައްސަލައިގެ ތަޙްޤީޤް ނުނިމެނީސް އަޙްމަދު މުތީޢު ޢަބްދުލްޙަކީމް ދޫކޮށްފައި ބަހައްޓައިފިނަމަ އަޙްމަދު މުތީޢު
ޢަބްދުލްޙަކީމްގެ ފަރާތުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، 2014 ޖޫން
13 ވަނަ ދުވަހުގެ 21:30 އިން ފެށިގެން 2014 ޖޫން 20 ވަނަ ދުވަހުގެ 21:30 ގެ ނިޔަލަށް އަޙްމަދު
މުތީޢު ޢަބްދުލްޙަކީމް، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ޏ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2014
/
424-RIC އަމުރުގެ ދަށުން އަމުރު ކުރައްވާފައިވާކަން
އެނގެން އޮވެއެވެ.
(ނ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ހައްޔަރާއިމެދު ގޮތެއް ނިންމައިދިނުމަށް
ފަނޑިޔާރެއްގެ ކުރިމައްޗަށް މައްސަލަ ހުށަހެޅުމުގެ ކުރިން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ޖަދުވަލު (2) ގައި
ބަޔާންކުރެވިފައިވާ ހުވާ ފަނޑިޔާރު ލައިދިނުމުން، އެމައްސަލައެއް ތަޙްޤީޤުކުރާ މީހާ ފަނޑިޔާރުގެ ކުރިމަތީގައި
ހުވާ ކުރަންވާނެކަން އިޝާރާތްކުރެވުނު ޤަވާއިދުގެ 05 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުން އެނގެން
އޮވެފައި؟
މިއިސްތިއުނާފުކުރެވޭ މައްސަލައިގާ އަޙްމަދު މުތީޢު ޢަބްދުލްޙަކީމްގެ ބަންދާއިމެދު ގޮތެއް
ނިންމައިދިނުމަށް ހުށަހެޅުމުގެ ކުރިން އިސްވެ އިޝާރާތްކުރެވުނު ހުވާކުރުވާފައި ނުވާކަން މިމައްސަލާއި
ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ޏ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަޙްމަދު މުތީޢު ޢަބްދުލްޙަކީމް ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުއްވުމުގައި
ޢަމަލުކުރައްވާފައިވަނީ ” ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް
ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ އިޖުރާތާއި
އެއްގޮތަށް ނޫންކަން އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{014/HC-A/165
ޙުކުމް:
ހއ
ކާނެ އެeއ
ދެންފަހެ، އިސްވެ ބަޔާންކުރެވުނު
ބަޔާންކުރެވިދިޔަ ގޮތަށް ހުރުމާއެކު
ފުވައްމުލައް، ފުނާޑު. ކެޕްރީ އަޙްމަދު މުތީޢު ޢަބްދުލްޙަކީމް، 2014 ޖޫން 13 ވަނަ ދުވަހުގެ 21:30 އިން
ފެށިގެން 2014 ޖޫން 20 ވަނަ ދުވަހުގެ 21:30 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ
ތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު
20141424-RIC އަމުރު ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 05 ވަނަ މާއްދާގެ (ށ)
ގައި ކަނޑައެޅިފައިވާ އިޖުރާތާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާތީ، ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2014
/
424-RIC ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ބާތިލްކޮށްފީމެވެ.
P
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv