ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/18 ޤަޟިއްޔާގެ ޙުކުމް
l
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
209C-I-SFI18
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޖީ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 18/HC
-
I
-
SH/2009
• އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް: ޢަބްދުﷲ ރިފާޢު
1- (ނަމާއި ޢާންމު ނަން) ޢަބްދުﷲ ރިފާޢު
އައިޑީ ކާޑު ނަންބަރ: A055777
*
ދާއިމީ އެޑްރެސް: މ. މޭވިންގލައިޓް
ރެސް:
ސޯ: މ. މޭވިންގލައިޓް
-2
• އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް: ރުޤިއްޔާ މުޙައްމަދު * މިހާރުގެ އެޑްރެސް:
ގއ
ފަސްމަންދު
6
ކޮޅެން
ތާރީޚް: 06 ޖުމާދަލްއާޚިރު 1430
31 މެއި 2009
ނިމުނު ތާރީޚް: 16 ޖުމާދުލްއާޚިރު 1430
10 ޖޫން 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2([9}IC-I-SH/18
ފިހުރިސްތު
ޞަފްޙާ ނަންބަރ: 03-02
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03-08:
03- ޙުކުމް:
ii
08:
.
04- މަޙްޝަރު
04.1 އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ޢަބްދުﷲ ރިފާއުގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 06-HC
-
I
-
SH
-
18Mpg01-2009
04.2 އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ރުޤިއްޔާ މުޙައްމަދުގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 11-HC-I-SH-18Mpg06-2009
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ އަދަދު: 22
ދަޢުވާގެ ޚުލާޞާ
މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގެ އދ.މަހިބަދޫ ދާއިރާއަށް
ހޮވިފައިވާ ސ.ހިނަވަރު( ދޭލިޔާގެ، ރުޤިއްޔާ މުޙައްމަދު، ދިވެހި ސަރުކާރުގެ މުދަލާއި ނުފޫޒު ވަރަށް ފާޅުކަން
ބޮޑު ގޮތެއްގައި ބޭނުންކޮށްފައިވާކަމަށާއި، އެކަމުގެ އަސަރު ވޯޓްގެ ނަތީޖާއަށްކޮށް، އެދާއިރާގައި ވާދަކުރި ބާކީ
7 ކެނޑިޑޭޓުންގެ ޙައްޤުތައް ގެއްލިފައިވާކަމަށްބުނެ، އެދާއިރާގެ ވޯޓްގެ ނަތީޖާ ބާޠިލް ކޮށްދެއްވައި، އަލުން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
2{{/HC-I-SH/18
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވޯޓުލުން ބާއްވައި ދިނުން އެދި ތ.ވޭވިންގލައިޓް ޢަބްދިﷲ ރިފާޢު (ދ.ރިކާޑް ނަންބަރ:A055777) ގެ
ފަރާތުން އެދާއިރާގެ އިންތިޚާބު ކާމިޔާބް ކުރެއްވި ފަރާތް ކަމުގައިވާ ފ.ހިނަވަރު( ދޭލިޔާގެ، ރުޤިއްޔާ
މުޙައްމަދުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- މިއީ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބުގެ އދ.މަހިބަދޫ ދާއިރާއަށް
ހޮވިފައިވާ ޅ.ހިނަވަރު ދޭލިޔާގެ، ރުޤިއްޔާ މުޙައްމަދު، ދިވެހި ސަރުކާރުގެ މުދަލާއި ނުފޫޒު، ވަރަށް ފާޅުކަން
ބޮޑު ގޮތެއްގައި ބޭނުންކޮށްފައިވާކަމަށާއި، އެކަމުގެ އަސަރު ވޯޓްގެ ނަތީޖާއަށްކޮށް، އެދާއިރާގައި ވާދަކުރި ބާކީ
7 ކެނޑިޑޭޓުންގެ ޙައްޤުތައް ގެއްލިފައިވާކަމަށްބުނެ، އެދާއިރާގެ ވޯޓްގެ ނަތީޖާ ބާޠިލް ކޮށްދެއްވައި، އަލުން
ވޯޓުލުން ބާއްވައި ދިނުން އެދި ތ.ވޭވިންގލައިޓް ޢަބްދﷲ ރިފާޢު (ދ.ރިކާޑް ނަންބަރ:A055777) ގެ
ފަރާތުން އެދާއިރާގެ އިންތިޚާބު ކާމިޔާބް ކުރެއްވި ފަރާތް ކަމުގައިވާ ސ.ހިނަވަރު؛ ދޭލިޔާގެ، ރުޤިއްޔާ
މުޙައްމަދުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބީ ޝަކުވާގެ މައްސަލައެއްކަން ފާހަގަކުރެވެއެވެ.
02- އދ.މަހިބަދޫ ދާއިރާގެ އިންތިޚާބު ކާމިޔާބުކުރި ޅ.ހިނަވަރު ދޭލިޔާގެ، ރުޤިއްޔާ މުޙައްމަދު
ކެމްޕޭނު ކުރުމުގައި ދިވެހި ސަރުކާރުގެ މުދަލާއި ނުފޫޒު ފާޅުކަން ބޮޑު ގޮތެއްގައި ބޭނުން ކޮށްފައިވާ ކަމަށްބުނެ
މ.ވޭވިންގލައިޓް ޢަބްދﷲ ރިފާޢު ހުށަހަޅާފައިވާ ކަންތައްތަކަކީ
04 މެއި 2009 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދު މަހިބަދޫ
ދާއިރާގެ ހަތަރު ރަށަކަށް ކުރެއްވި ރަސްމީ ދަތުރު ފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރުޤިއްޔާ މުޙައްމަދު
ދަތުރު ކުރެއްވުމުން، ސަރުކާރުން ބޭނުންވަނީ އެދާއިރާއިން ރުޤިއްޔާ މުޙައްމަދު ހޮވުމަށްކަމަށް ރައްޔިތުންނަށް
ހާމަވެގެން ދިޔަކަމަށާއި، އެއީ ސަރުކާރުގެ މުދައު ބޭއިންސާފުވެރިކޮށް ބޭނުން ކުރުންކަމަށާއި.
އދ.މަހިބަދޫގައި ހުންނަ އަތޮޅު ގޭގައި ރުޤިއްޔާ މުޙައްމަދާއި
ޓީމް ކެމްޕޭން
ދުވަސްވަރު ދިރިއުޅެމުން ގެއްދެވުމާއެކު ކެމްޕޭނުގެ ޙަރަކާތްތައް މިއިރާތުގައި ކުރަމުން ގެންގޮސްފައިވާކަމަށާއި،
އެއީ ސަރުކާރުގެ މަދައު ނަހަމަ ގޮތުގައި ކެމްޕޭން ކުރުމުގައި ބޭނުން ކުރުން ކަމަށާއި،
4 4c4
31
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ: ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2009C. I-SH/18
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ވޯޓްލާ ދުވަހާއި އެއް ހަފްތާއަށް ކައިރި ވެފައިވަނިކޮށް ދިވެހި ސަރުކާރުން މަހިބަދޫގައި
ހިގަމުންދާ ދެ ބަނދަރުގެ ޕްރޮޖެކްޓް، އެތަނުން އެއް ބަނދަރު ނިމުމުން ހުއްޓާލާނެކަމަށް އެންގުމަށްފަހު، މިކަމާ
ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކުރުމުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަނެއްކާ މިކަން ކޮށްދެއްވާނެކަމަށް
ވިދާޅުވެ ވޯޓަށް ނުފޫޒު ފޯރުވާފައިވާކަމަށާއި،
• ކެމްޕޭން ކުރުން ފެށުނީންސުރެ އދ.ކުބުރުދޫ ރައްޔިތުންގެ ވޯޓް ލިބޭނީ އެރަށު ފަޅު ކޮނެދޭ
ފަރާތަކަށް ކަމަށް އެމީހުން ބުނަމުން ދިޔަކަމަށާއި، މިކަމާއި ގުޅިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ ރަށު
އޮފީސް ބަންދު ކުރުމާގުޅިގެން ރައްޔިތުންގެ ކިބައިން 105 ދުވަހުގެ މުހުލަތެއް ދިނުމަށް ސަރުކާރުން ވަނީ
އެދިފައި ކަމަށާއި، ނަމަވެސް 2009 ވަނަ އަހަރުގެ ދެ ބަޖެޓް ފާސްވެގެން ދިޔައިރުވެސް މިކަމަށް ފައިސާ
ހަމަޖެހިފައި ނެތްކަމަށާއި، މިހެންވެ އެދާއިރާއަށް ކުރިމަތިލީ ކެނޑިޑޭޓަކު ފަޅުފުން ކޮށްދެއްވާނެ ކަމަށް ވިދާޅުވެ
2009 އޭޕްރީލް މަހު ފަހުކޮޅު އެރަށް ހައިމާކެއް ގެންދިއުމުން، އެކެނޑިޑޭޓަށް ރައްޔިތުންގެ ވޯޓް ދިނުމަށް
ނިންމުމުން، ސަރުކާރުން ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން ފަޅު ފުން ކުރުމުގެ ހުއްދަ ނުދެއްވައި، އެއްވެސް
ބަޖެޓެއްގައި ނުހިމެނި، އެއްވެސް ބިޑްކުރުމެއް ނެތި، އެމް.ޓީ.ސީ.ސީއާއެކު އެގްރީމެންޓެއްގައި ސޮއިކޮށް، 04
މެއި 2009 ދުވަހު ޕްރޮވިންސް މިނިސްޓަރުގެ ނާއިބާއި ރައީސުލްޖުމްހޫރިއްޔާއާއި ރުޤިއްޔާ މުޙައްމަދާއި
އެރަށަށްގޮސް ރައްޔިތުންނާ ބައްދަލުކޮށް މިކަން ހާމަ ކޮށްފައިވާކަމަށާއި، އަދި މިކަން ގަވައިދާ ޚިލާފަށްކޮށް
ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ރަށުގެ ކައުސިލަރާއެކު ހަރުމީހުންގެ ރުއްޤިއްޔާ
މުޙައްމަދަށް ވޯޓް ނުދީފިނަމަ
މިކަން ސަރުކާރުން ނުވުން ގާތްކަމަށްބުނެ ރައްޔިތުންނަށް
ބިރުދައްކާފައިވާކަމަށާއި،
ހަމައެފަދައިން ހަންޏާމީދޫގެ ޒުވާނުންގެ ވޯޓް މިފަހަރު ލިބޭނީ ރަށުގެ ދަނޑު ހަދައިދޭ ބަޔަކަށް
ކަމަށްބުނެ އެކަމަށް ހުރިހާ ކެނޑިޑޭޓުންގެ ފަރާތުން އެދިފައިވާކަމަށާއި، ނަމަވެސް މިފަދަ ކަންތައް ތަކަކީ
ޢާއްމު ރައްޔިތަކަށް ކޮށްދެވޭވަރަށްވުރެ ބޮޑެތި ކަންތައްތައްކަމަށާއި، މިކަންވެސް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން
ދެއްވައި، ރުޤިއްޔާ މުޙައްމަދަށް އެރަށުގައި ކެމްޕޭން ކުރުމުގައި އުޅޭ ބަޔަކު 7 އަދި 8 މެއި 2009 ދުވަހު
ދަނޑު ހެދުމަށް ބޭނުންވާ ސާމާނު ރަށަށް ޖަމާކޮށް ރަށުގެ ކޮންޓްރެކްޓަރަކާއެކު އެގްރީމެންޓެއްވެސް ހެދުމުން
ރަށުގެ ހުރިހާ ޒުވާނުންގެ ވޯޓަށް ނުފޫޒު ފޯރާފައިވާ
އިވާކަމަށާއި،
ک. ک. مریم
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: ] 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{09/HC-I-SH/ 18
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހަމައެފަދައިން އދ.މާންދޫ ރައްޔިތުންވަނީ އެރަށުގައި ދާއިމީ ޑޮކްޓަރެއް ނެތުމުން
ރައްޔިތުންނަށް ދަތިވާތީ ސަރުކާރުގައި އެކަމަށް އެތަކެއް ފަހަރު އެދުމުންވެސް އެކަން ކޮށްދެއްވާފައި ނުވުމުން،
ރ.ކ.ކޮމެޓީން އެރަށަށް ޑޮކްޓަރަކު ގެނައުމުގެ ހުއްދައަށް އެދުމުން އެކަމުގެ ހުއްދަވެސް ދެއްވާފައި ނުވުމުން
ވަރަށް ބޮޑަށް ރައްޔިތުން މާޔޫސް ވެފައިކަމަށާއި، އެހެންނަމަވެސް ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން 07 މެއި
2009 ވަނަ ދުވަހު މަހިބަދޫގައި މަސައްކަތް ކުރަމުންދިޔަ ޑޮކްޓަރެއް އެރަށަށް ދާއިމީކޮށް ބަދަލު ކޮށްފައިވާ
ކަމަށާއި، މިހުރިހާ ކަމެއްގެ ސަބަބުން ވޯޓަށް ވަރަށް ބޮޑު ނުފޫޒެއް ފޯރާފައިވާކަމަށެވެ.
03- ޢަބްދﷲ ރިފާއު ކުޅަ ދަޢުވާގައި ބަޔާން ކޮށްފައިވާ ކަންތައްތަކަށް ރުޤިއްޔާ މުޙައްމަދުގެ
ފަރާތުން ޖަވާބު ދާރީވަމުން ދައްކާފައިވާ ވަހަކައަށް ބަލާއިރު، ޢަބްދﷲ ރިފާޢުގެ މިދަޢުވާއަކީ ރުޤިއްޔާ
މުޙައްމަދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާއެއްކަމެއް ނުވަތަ ދިވެހި ސަރުކާރުގެ މައްޗަށް ކުރައްވާފައިވާ
ދަޢުވާއެއްކަމަށް ސާފް ނުވާކަމަށް ބުނެފައިވާކަމާއި، ދަޢުވާގައި ގަވައިދާ ޚިލާފަށް ކެމްޕޭން ކުރި ކަމަށާއި،
ވޯޓަށް ނުފޫޒް ފޯރުވުމަށް ކޮށްފައިވާކަމަށް
ކަންތައްތައްވެސް ރައްދުވަނީ ރުޤިއްޔާ މުޙައްމަދަށް
ކަމަށް ނުދެވޭކަމަށާއި،
މިގޮތުން
ފުރަތަމަ ފާހަގަ ކޮށްފައިވާ ނުކުތާގައި ފާހަގަކޮށްފައިވާ ދަތުރުގައި
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރުޤިއްޔާ މުޙައްމަދު ބައިވެރިވެފަވަނީ ރައީސުލްޖުމްހޫރިއްޔާގެ ދަޢުވަތަކަށް
އެއްގޮތަކަށްވެސް އެރަށްރަށަށް ކުރި ކެމްޕޭން ދަތުރެއްގެ ހައިސިއްޔަތުން ނޫންކަމާއި، އެދަތުގައި
ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރުޤިއްޔާ މުޙައްމަދަށް ދަޢުވަތު ދެއްވި ސަބަބު އެނގިވަޑައި
ގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ އަށްކަމަށާއި، އަދި އެދަތުރުގައި ރުޤިއްޔާ މުޙައްމަދުގެ ފަރާތުން އެއްވެސް
ފަރާތަކަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވައިފައި ނުވާނެ ކަމަށާއި،
އަދި ދެވަނައަށް ފާހަގަކޮށްފައިވާ ނުކުތާގައި ބަޔާން ކޮށްފައިވާ ފަދައިން އދ.މަހިބަދޫގައި
ހުންނަ އަތޮޅުގޭގައި ހުންނަ ކައުސެލަރަކީ ރުޤިއްޔާ މުޙައްމަދުގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާތީ،
އެނާއާއި ބައްދަލު ކުރަން އަތޮޅު ގެއަށް ގޮސް ހަދާ ކަމަށާއި، ނަމަވެސް ކެމްޕޭން ދުވަސްވަރު ދިރިއުޅެފައި
ނުވާނެ ކަމަށާއި، އަދި އެތަނުގައި އޭނާގެ ކެމްޕޭނުގެ އެއްވެސް ހަރަކާތެއް ހިންގާފައިވެސް ނުވާނެކަމަށާއި،
ހަމަ އެފަދައިން ތިންވަނަ ކަމަކަށް ފާހަގަކޮށްފައިވާ ބަނދަރު ހެދުމުގެ ކަންތައް ހުއްޓާ
ލުމަށްފަހު ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަލުން އެމަސައްކަތް ސަރުކާރުން ފަށާފައިވާކަމަށް ޢަބްދ
ކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009/HC-I-SH/18
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0 84
ޔުއެވާކަމެއް
ރިފާޢުގެ ފަރާތުން ބުނާ ބުނުމާއި ރުޤިއްޔާ މުޙައްމަދާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި، ސަރުކާރުން
ހުއްޓާލެއްވުމާއި އަލުން ފެއްޓެވުމާއި މިކަންކަމަކީ
ގޮތަކަށް ރުޤިއްޔާ މުޙައްމަދާއި
ގުޅުން ހުރި ކަންތައްތަކެއް ކަމަށް ނުދެކޭ ކަމަށާއި،
ހަތަރުވަނަ ކަމަކަށް ޢަބްދﷲ ރިފާޢުގެ ފަރާތުން ފާހަގަކޮށްފައިވާ، ސަރުކާރުން ކުނބުރުދޫ
ރައްޔިތުންޓަކައި އެރަށުގެ ފަޅުފުން ކޮށްދޭން ނިންމި ނިންމުމަކީވެސް، އެއްވެސް ހާލެއްގައި ރުޤިއްޔާ
މުޙައްމަދާއި ގުޅުންހުރި ކަމެއް ނޫންކަމާއި، ބިޑުކުރުމެއް ނެތި ސަރުކާރުން އެމް.ޓީ.ސީ.ސީއާއެކު ނުވަތަ އެނޫން
އެހެން ފަރާތަކާއެކު އެގްރީމެންޓެއް ކުރުމަކުން އެއީ ރުޤިއްޔާ މުޙައްމަދު ޤާނޫނާއި ގަވައިދާ ޚިލާފަށް ޢަމަލެއް
ކުރީ ކަމަށް ބެލެވޭނެ ހަމައެއް ނޫންކަމަށާއި، އަދި ރުޤިއްޔާ މުޙައްމަދަށް ވޯޓް ނުދީފިނަމަ އެރަށު ފަޅުފުން
ކުރުމުގެ މަޝްރޫޢު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ރުޤިއްޔާ މުޙައްމަދުގެ ފަރާތުން އެރަށުގެ އެއްވެސް
ރައްޔިތަކަށް ބިރުދައްކާފައި ނުވާނެކަމަށާއި، ރުޤިއްޔާ މުޙައްމަދު އަބަދުވެސް ބުނަމުންއައީ ރުޤިއްޔާ މުޙައްމަދު
ހޮވިއްޖެނަމަ ސަރުކާރުގެ ކަމާބެހޭ ދާއިރާތަކަށް ޕްރެޝަރކޮށްގެން އެދާއިރާގެ މަންފާއަށްޓަކައި ކުރެވެން ހުރި
ކަންތައްތައް ކުރުމުގައި ދެމިހުންނާނެކަމަށް ކަމަށާއި، ޕްރިވިންސް މިނިސްޓަރުގެ ނާއިބަކު ނުވަތަ އެނޫން
މީހަކުވެސް ސަރުކާރުގެ ރަސްމީ ވާޖިބް އަދާކުރުމުގެ ގޮތުން ކޮށްފައިވާ އެއްވެސް ކަމަކާއި ރުޤިއްޔާ
މުޙައްމަދާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި،
އަދި ފަސްވަނަ ކަމަކަށް ފާހަގަކޮށްފައިވާ ހަންޏާމީދޫ ގެ ފުޓްބޯޅަ ދަނޑު ހެދުމަށްޓަކައި ތަކެތި
ޖަމާކުރި ކުރުމަކީ ވެސް ރުޤިއްޔާ މުޙައްމަދު ކޮށްފައިވާ ކަމެއް ނޫންކަމަށާއި، އަދި އެކަން ކުރީ ކޮންފަރާތަކުން
ކަމެއް ޢަބްދﷲ ރިފާޢުގެ ދައުވާގައިވެސް ބަޔާން ކޮށްފައި ނެތުމުން އެކަމާ ޖަވާބު ދާރީ ވެވެން ނެތްކަމަށާއި،
ރުޤިއްޔާ މުޙައްމަދު ކެމްޕޭން ކުރަމުންދިޔައިރު ބުނެފައިވާނީ، ސަރުކާރުގެ ބަޖެޓް ތައްޔާރު ކުރެވެމުން ދާއިރު
ކަމާބެހޭ މިނިސްޓްރީގެ ބަޖެޓްގައި ހަންޏާމީދޫ ފަދަ ރައްތަކުގެ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުރިހަމަ
ކުރުމަށް ބަޖެޓްގައި ހިމެނިފައި ނުވާނަމަ، ކަމާބެހޭ މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަންކަން ކުރުމަށް
ރުޤިއްޔާ މުޙައްމަދު ހޮވިއްޖެނަމަ މަސައްކަތް ކުރާނެ ވާހަކަ ކަމަށާއި،
ހަމަ އެފަދައިން ހަވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ މަންދޫއަށް ދާއިމީ ގޮތެއްގައި
ޑޮކްޓަރަކު ހަމަޖެއްސުމުގެ ކަންތަކަކީ އެއްވެސް ގޮތަކަށް ރުޤިއްޔާ މުޙައްމަދާ ގުޅުން ހުރި ކަމެއް ނޫންކަމާއި،
އެކަމަކީ ހެލްތް މިނިސްޓްރީގެ ޕޮލިސީގައި ހިމެނިގެން އެމިނިސްޓްރީގެ ބެލުމުގެ ދަށުން ހިގަމުން ދާކަމެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވްހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
29,IC-I-SH/1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެންމެނަށްވެސް އެނގޭނެކަމަށާއި، މިނުކުތާއަކީވެސް އެއްވެސް ގޮތަކަށް ރުޤިއްޔާ މުޙައްމަދު ޖަވާބު ދާރީވާންޖެހޭ
ނުކުތާއެއްކަމަށް ނުދެކޭކަމަށް ރުޤިއްޔާ މުޙައްމަދުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00223 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ހުށަހަޅާފައިވާ ފޯމް” އިން، މ.ވޭވިންގލައިޓް ޢަބްދﷲ ރިފާޢު، ހުށަހަޅާފައިވާ މައްސަލައަށާއި، އެމައްސަލައާއި
ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 03 ޖޫން 2009 ދުވަހު ޢަބްދﷲ ރިފާޢުއާ ކުރެވުނު
ސުވާލުތަކާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޅ.ހިނަވަރު( ދޭލިޔާގެ، ރުޤިއްޔާ
މުޙައްމަދުގެ ފަރާތުން އެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00223 "އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން މ.ވޭވިންގލައިޓް ޢަބްދﷲ ރިފާޢު ހުށަހަޅާފައިވާ މައްސަލައަށް
ބަލާއިރު، މަހިބަދޫ ދާއިރާގެ އިންތިޚާބް ބާޠިލްކޮށް، އަލުން އެދާއިރާގެ ވޯޓުލުން ބާއްވައިދިނުމަށް އެދި 06
ދިހައެއް) ސަބަބެއް ހުށަހަޅާފައި ވާކަން ފާހަގަކުރެވެއެވެ.
(ނ) މިމައްސަލާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގައި ބަޔާން ކުރެވުނު
ފަދައިން ޢަބްދﷲ ރިފާޢުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ބަލާއިރު، އޭގެތެރޭގައި، ރައީސުލްޖުމްރިއްޔާ
ކުރެއްވިކަމަށް ފާހަގަ ކޮށްފައިވާ ކަމަކާއި، މަހިބަދޫގައި ދެބަނދަރު ހެދުވުމަށް ސަރުކާރުން ނިންމެވި ކަމަށް
ފާހަގަކޮށްފައިވާ ކަމަކާއި، ކުނބުރުދޫ ގެ ފަޅު ފުންކޮށްދެއްވުމަށް ސަރުކާރުން ނިންމަވައި، އެމް.ޓީ.ސީ.ސީއާއެކު
އެގްރީމެންޓެއްގައި ސޮއިކޮށްފައިވާކަމަށް ފާހަގަކޮށްފައިވާ ކަމަކާއި، އދ.މަންދޫ ރައްޔިތުންނަށް ޞިއްޙީ ފަރުވާ
ދިނުމަށްޓަކައި އެރަށަށް ދާއިމީ ގޮތެއްގައި ޑޮކްޓަރަކު ސަރުކާރުން ހަމަޖެއްސެވި ކަމަށް ފާހަގަކޮށްފައިވާ
ކަމަކާއި، މިކަންކަމަކީ ސީދާ ސަރުކާރަށް ނިސްބަތްވާ ކަންކަން ކަމާއި، އަދި މިކަންކަމަކީ އެދާއިރާގެ
ރަށްރަށުގެ ރައްޔިތުންނަށް
ޢާއްމު ވެގެންވާ ފައިދާއާއި މަންފާ ލިބެނިވި ކަންކަން ކަމުގައިވާއިރު، އަދި އެފަދަ
ކަންކަމަކީ ކެންޑިޑޭޓެއްގެ ފަރާތުން ކުރި ނަމަވެސް ނުވަތަ ކުރާނެ ކަމަށް ވަޢުދުވި ނަމަވެސް، ޢާންމު
ފައިދާއަކަށްޓަކައި ކުރާ ޚިދުމަތެއް ނުވަތަ އުފުލާނެ ބުރައެއް ކަމުގައި ވާނަމަ އެއީ ނުފޫޒު ފޯރުވީ ކަމުގައި
ނުވަތަ އިންތިޚާބީ ޙައްޤަކަށްޓަކައި ރިޝްވަރު ދޭން އުޅުނީކަމަށް ނުބެލެވޭނެތީ، ސަރުކާރުން ރަށެއްގެ
ރައްޔިތެއްގެ ޢާންމު ފައިދާއަކަށްޓަކައި ކުރާނެ ކަމަށް ބުނާ، ނުވަތަ ކުރުމަށް މަސައްކަތް ކުރާ އިސްވެ ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، ލާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
209/HC-I-S; te
ކުރެވުނު ފަދަ ކަންކަމަކީ ވަކި ކެންޑިޑޭޓެއްގެ މަޞްލަޙަތާއި އެއްގޮތަށް ނުވަތަ އޭނާއަށް ވޯޓް ހޯދައި ދިނުމަށް
ކޮށްފައިވާ
ކަމެއްކަމަށް ބެލެވޭނެ ޤާނޫނީ ހަމައެއް ނޫންކަން ފާހަގަކުރެވެއެވެ .
(ނ) ޢަބްދﷲ ރިފާއުގެ ފަރާތުން ކޮށްފައިވާ ޝަކުވާގައި ފާހަގަކޮށްފައިވާ ޝަކުވާތަކުގެ
ތެރެއިން ކެމްޕޭނު ދުވަސްވަރު ރުޤިއްޔާ މުޙައްމަދު ،މަހިބަދޫ އަތޮޅުގޭގައި ދިރިއުޅެ ސަރުކާރުގެ މުދައު ނަހަމަ
ގޮތުގައި ބޭނުން ކޮށްފައިވާކަމަށާއި، އެޢިމާރާތުގައި އޭނާގެ ކެމްޕޭނުގެ ހަރަކާތް ހިންގާފައިވާކަމަށް ބުނާ
ބުނުމާމެދު ރުޤިއްޔާ މުޙައްމަދު އިންކާރުކޮށްފައިވާކަން ފަހަގަކުރެވޭކަމާއި،
އިންތިޚާބަށް ކެމްޕޭނު ކުރުމުގައި ކެނޑިޑޭޓަކު ސަރުކާރުގެ މުދައު ނަހަމަ ގޮތުގައި ބޭނުން
ކުރުމަކީ އިންތިޚާބާބެހޭ ކުށެއްނަމަ، ނުވަތަ އެނޫން އެހެން ބާވަތެއްގެ ކުށަކަމަށް ވާނަމަވެސް، އެފަދަ ބާވަތުގެ
މައްސަލަތަކުގައި ދަޢުވާ ކުރެވެންޖެހޭނީ ޤާނޫނީ ގޮތުން އެކަމަށް ކަނޑައެޅިފައިވާ ފަރާތްތައް މެދުވެރިކޮށް
ކަމާއި، އެއްފަރުދަކު އަނެއް ފަރުދެއްގެ މައްޗަށް އެފަދަ ކުށެއްގެ ދަޢުވާ ސީދާ ގޮތުން ކުރުމަކީ ޤާނޫނީ
ތަރަހައިގެ ތެރެއިން ކުރެވޭގޮތަށް ހަމަޖެހިފައިވާ ދަޢުވާތަކެއް ނޫންކަން ފާހަގަކުރެވެއެވެ.
ދެންފަހެ، ރައްޔިތުން މަޖިލީހުގެ 2009 ވަނަ އަހަރުގެ އިންތިޚާބާ ގުޅިގެން އިސްވެ ބަޔާން
ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00223 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް"
އިން މ.ވިންގލައިޓް ޢަބްދުﷲ ރިފާއުގެ ފަރާތުން ޅ.ހިންނަވަރު( ދޭލިޔާގެ، ރުޤިއްޔާ މުޙައްމަދުގެ މައްޗަށް،
މަހިބަދޫ ދާއިރާގެ އިންތިޚާބް ބާޠިލްކޮށް، އަލުން އެދާއިރާގެ ވޯޓުލުން ބާއްވައިދިނުމަށް އެދި ހުށަހަޅުމުން
ބެލިފައިވާ މިޤަޟިއްޔާގައި އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ސަބަބުތައް އެގޮތުގެ މަތީން
ހުރުމާއެކު، ޢަބްދﷲ ރިފާޢުގެ ދައުވާ ބިނާ ކޮށްފައިވާ ސަބަބުތަކުންކުރެ އެއްވެސް ސަބަބެއްގެ މައްޗަށް
ބިނާކޮށް، މިދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމް ކޮށްފީމެވެ.
44
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
2(9TICI -SH/18
ނިމުނު ގޮތުގެ ރިޕޯޓް
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cerk
އިންޖީނަކަ01
ޢަބުދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
ޢަލީ ޙަމީދު މެޙުމަދު
(ފަނޑިޔާރު)
(ފަނޑިޔާރު)
ޓައިޕްކުރީ: އައިޝަތު ޝިހާބު
ޗެކްކުރީ: އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން 3325129، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv