ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/14 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/14
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 14/HC
-
A/2015
. އިސްތިއުނާފުކުރި ފަރާތް:
ނަން: މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 173
/
93-C
އިސްތިއުނާފު ރައްދުވި ފަރާތް:
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޖިސްޓްރީ ނަންބަރު: 100
/
2005-C
• ހުށަހެޅުނު ތާރީޚް: 13 ޖަނަވަރީ 2015
* ނިމުނު ތާރީޚް: 24 ފެބުރުވަރީ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/2260
ނިންމެވިކޯޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ޅުނު ތާރީޚް: 27 ޑިސެމްބަރ 2012
ނިމުނު ތާރީޚް: 20 ޖުލައި 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދު
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/14
ދަޢުވާގެ ޚުލާޞާގެ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
އެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260 ޤަޟިއްޔާއަކީ، އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 100
/
2005-C) އިން ދީފައިވާ އޯޑަރަކަށް މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173193-C) އިން ސަޕްލައިކޮށްފައިވާ
މުދަލަށް ފައިސާދެއްކުމަށް ދޫކޮށްފައިވާ ޗެކް ބައުންސްވެފައިވާތީ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑަށް ލިބެންޖެހި ނުލިބިވާ ފައިސާ އެކުގައި އެއްފަހަރާ ހޯދުމަށްއެދި މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް
ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 173
/
93-C) ގެ ފަރާތުން . އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 100
/
2005-C) ގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ދަޢުވާކޮށްފައިވަނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތިން އެކުންފުންޏަށް
ދޫކޮށްފައިވާ 250 (ދުއިސައްތަ ފަންސާސް) ކޭސް މަސްދަޅު އަގަށްވާ -/214,385 ރ. (ދެލައްކަ ސާދަހާސް
ތިންސަތޭކަ އަށްޑިހަފަސްރުފިޔާ) ނުދައްކާވާކަމުގައި ބުނެ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ލިމިޓެޑްގެ ފަރާތުން އެފައިސާ އެކީ އެއްފަހަރާ ހޯދުން އެދި ކަމުގައާއި،
މިދަޢުވާއަށް ދަޢުވާލިބޭ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށް،
އެކުންފުނީގެ ފަރާތުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގައި މުދާ ދޫކޮށްދިނުމަށް
COC
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/14
އެދިފައިވާހިނދު، އެދިފައިވާނީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޗެކެއް ނެގުމަށްފަހު އެމުދާ
ދޫކޮށްދިނުމަށް ކަމުގައާއި، އެފަދަ ޗެކެއް އެކުންފުނީގެ ފަރާތުން ދޫކޮށްފައިނުވާކަމުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮތްކަމާއި،
ޗެކަކީ އެއިގެ ޒާތުން ޙާދިޘާ ޘާބިތުކޮށްދޭ ލިޔުމަކަށް ނުވާހިނދު، ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދީފައިވާ ޗެކެއް ކަމުގައި ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް
ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ އެކުންފުނީގެ ނަމުގައި އޮތް ޗެކެއް ނޫންކަން
އެނގެން އޮވެފައި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސީ އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާގައި ބަޔާންކޮށްފައިވާ މުދާ ރައްދުކޮށްފައިވާކަން އެނގޭނެ އެއްވެސް
ހެއްކެއް ހުށަހަޅާފައިނުވާތީ، ދަޢުވާގައި ބަޔާންކޮށްފައިވާ މުދަލަކީ ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ އެދުމުގެ މަތީން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ރައްދުކޮށްދީފައިވާ މުދާކަން މަދަނީ މިންގަޑުން ޝަރީޢަތަށް ޘާބިތުކޮށްދެވިފައި ނެތް ކަމުން،
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެދިފައިވާ ފަދައިން،
އެކުންފުނިން ސީ
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ދޫކޮށްފައިވާ ކަމަށް ބުނާ 250
(ދުއިސައްތަ ފަންސާސް) ކޭސް މަސްދަޅު އަގަށްވާ -/214,385 ރ. (ދެލައްކަ ސާދަހާސް ތިންސަތޭކަ
އަށްޑިހަފަސްރުފިޔާ) މިޤަޟިއްޔާގެ ދަށުން ނަގައިދޭނެ ތަނެއް ނެތްކަމުގައި ކަނޑައަޅައި ޙުކުމްކޮށްފީމެވެ.“
މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އޭގެތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީ އެންޑް ސަން)
ގެ ފަރާތުން 250 (ދުއިސައްތަ ފަންސާސް) ކޭސް މަސްދަޅު (މުދާ) ދޫކޮށް ދިނުމަށް އެދި، މޯލްޑިވްސް
¢¢ ¢ ¢
032
CCCX
ހައިޓީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/14
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް ( މިފްކޯ) އަށް ހުށަހެޅި ކަމަށާއި، އެ މުދަލުގެ އަގު
އަދާކުރުމުގެ ގޮތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޗެކެއް ދިން ކަމަށާއި،
އެޗެކުގައިވަނީ އެކުންފުނީގެ ތައްގަޑުކަމަށް އެކުންފުނިން އިޢުތިރާފުވެފައިވުމުން، މުދާ ގަތުމާއި ވިއްކުމުގެ
މުޢާމަލާތް ދެފަރާތުގެ މެދުގައި ހިނގާފައިވާކަން ސީ އެންޑް ސަންގެ އިޢުތިރާފުން އެނގޭއިރު، އެކަމަށް
ރިޢާޔަތް ނުކުރައްވައި، އެމުޢާމަލާތް ހިނގާފައިނުވާކަމަށް ކަނޑައެޅުއްވުން ކަމަށް ބުނެ ހުށަހެޅި
ނކުeއެވެ.
0
ދެވަނަ ނުކުތާއަކީ: މިފްކޯ އިން ސީ އެންޑް ސަން އަށް ދޫކޮށްފައިވާ 250 ކޭސް މަސްދަޅު
ސީ އެންޑް ސަން އަށް 13 އޮގަސްޓް 2012 ގައި ލިބުނުކަމަށާއި، މަސްކޭސްތައް ދޫކޮށްދިނުމަށް އެދި އެ
ކުންފުނިން މިފްކޯ އަށް ފޮނުވި ޗެކަކީ ރަނގަޅުނޫން ޗެކެއް ކަމަށްވެފައި، އެ ޗެކްގެ ބަދަލުގައި ރަނގަޅު
ޗެކެއް ފޮނުވާނެ ކަމަށާއި، އަދި އެ މަސްކޭސްތަކުގެ އަގަށްވާ ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަންދޭ
ކަމަށް، 13 ސެޕްޓެމްބަރ 2012 ގައި، ސީ އެންޑް ސަން އިން މިފްކޯ އަށް ފޮނުވި ސިޓީގައި
ބުނެފައިވާތީ، ސީ ސީ އެންޑް ސަންގެ އިޢުތިރާފުން، އެމުދާ . އެންޑް ސަން އަށް ރައްދުކުރެވިފައިވާ ކަމުގެ
ލިބިފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ހުށަހެޅި
4 4 3 3
ކeއ
03- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ
ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކާއި، އެނުކުތާއާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ އޯޑަރަކަށް މޯލްޑިވްސް
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުން ސަޕްލައިކޮށްފައިވާ 250 ކޭސް މަސްދަޅުގެ އަގު ދެއްކުމަށް
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކް ބައުންސް
ފެސްވެފައިވާތީ، އެފައިސާ އެކުގައި
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/14
އެއްފަހަރާ ހޯދުމަށްއެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސީ އެންޑް
ސަން މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ
މައްޗަށް
ކޯޓުގެ
ނަންބަރު
2012/Cv-C/2260 ޤަޟިއްޔާ ދަޢުވާކޮށްފައިވާކަމާއި؛
އެޤަޟިއްޔާއާ ގުޅިގެން މިފްކޯގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު،
އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީ ރިސޯރޓް ސަޕްލައި ކުރަމުންދާ ބަޔަކަށްވާތީ، މިފްކޯއިން
ވިއްކާ ފަސްމީރު ބްރޭންޑްގެ 500 (ފަސްސަތޭކަ) ކޭސް މަސް، ސީ އެންޑް ސަންގެ ޗެށް ނެގުމަށްފަހު ލިބޭނެ
ގޮތް ހަމަޖައްސައިދިނުމަށް އެދި ސީ އެންޑް ސަން ގެ ޑިރެކްޓަރ އިސްމާޢީލް ޙަބީބް ސޮއިކޮށް އެކުންފުނީގެ
ސިއްކަ ޖެހުމަށްފަހު މިފްކޯގެ ސޭލްސް އެންޑް މާރކެޓިން ޑިރެކްޓަރަށް 2012 އޮގަސްޓް 01 ވަނަ ދުވަހުގެ
ތާރީޚުގައި ސިޓީއެއް ފޮނުވާފައިވާކަން އެނގެން އޮންނަކަމާއި، މިމައްސަލައިގާ ހިމެނޭ ފައިސާ ދެއްކުމުގެ
ގޮތުން އެންޑް ސަންގެ ފަރާތުން ދޫކޮށްފައިވާ ޗެކެއް ކަމަށް ބުނެ މިފްކޯގެ ފަރާތުން ހުށަހަޅާފައިވާ ޗެކުގައި
ސީ އެންޑް ސަންގެ ސިއްކަ ޖަހާފައިވާކަން އެނގެއެވެ.
4 ލ
ކ
(ނ) ސީ އެންޑް ސަންގެ ފަރާތުން 13 އޯގަސްޓް 2012 ގައި މިފްކޯއިން ގަނެފައިވާ 250 ކޭސް
ދަޅު މަހަށް ފައިސާ ދެއްކުމަށް ފޮނުވާފައިވާ -/
214385ރ. (ދެލައްކަ ސާދަހާސް ތިންސަތޭކަ
އަށްޑިހަފަސްރުފިޔާ) ގެ ސްޓޭޓް އޮފް އިންޑިޔާގެ ޗެކް ނަންބަރު RCA1773902 އެކައުންޓުގައި
ފައިސާ ނެތުމުގެ ސަބަބުން ބައުންސްވެފައިވާތީ، އެފައިސާ 06 ސެޕްޓެމްބަރ 2012 އިން ފެށިގެން 07
(ހަތެއް) ދުވަހުގެ ތެރޭގައި މިފްކޯއަށް ދެއްކުމަށްފަހު އެ ޗެކް އަނބުރާ ގެންދިއުމަށް އެދި 2012 ސެޕްޓެމްބަރ
05 ވަނަ ދުވަހުގެ ތާރީޚުގައި މިފްކޯގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ޑިރެކްޓަރ އިސްމާޢީލް ޙަބީބަށް މިފްކޯގެ ނަންބަރު 2012
/
07/AC
/
MIS-134
ސިޓީ ފޮނުވާފައިވާކަން
އެނގެއެވެ.
(ނ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260 ޤަޟިއްޔާގައި
ހުށަހެޅުނު ދަޢުވާއަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިންކާރުކޮށްފައިވާކަން
R
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/14
އެނގެން އޮންނައިރު، ފަސްމީރު ބްރޭންޑްގެ 500 (ފަސްސަތޭކަ) ކޭސް މަސް، ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ޗެކެއް ނެގުމަށްފަހު ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި އެންޑް ސަން
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިޓީއެއް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ލިމިޓެޑަށް ފޮނުވިކަމަށް ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ
މަޖިލީހާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޤްރާރުވެފައިވީނަމަވެސް އެކުންފުނިން
އެދިފައިވާ ގޮތުގެ މަތީން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެންމެ މަސް
ދަޅެއްވެސް ފޯރުކޮށްދީފައިނުވާކަމަށް ބުނެފައިވާއިރު، މަސް ދަޅު ފޯރުކޮށްދިންކަން ޝަރީޢަތަށް ސާބިތުވާފަދަ
ޑެލިވަރީ ނޯޓެއް ފަދަ ކިތާބީ ނުވަތަ ޝަފަވީ ހެއްކެއް ވިޔަސް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައި
ނުވާކަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާ
ދަޢުވާ ފޯމުންނާއި އިސްތިއުނާފު މިކުރެވޭ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ
އެންމެހައި ލިޔުންތަކަށް ބެލުމުން އެނގެން އޮންނަކަމާއިގެ
ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުދަލަށް އެދިފައިވަނީ އެކުންފުނީގެ
ޗެކެއް ނެގުމަށްފަހު މުދާ ދޫކޮށްދިނުން ކަމަށްވާއިރު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ
ލިމިޓެޑުގެ ދަޢުވާ ސާބިތުކުރުމުގެ ގޮތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ދީފައިވާ ޗެކެއް ކަމުގައި ބުނެ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިވާ ޗެކަކީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ތައްގަނޑު ޖަހާފައިވާ
ޗެކަކަށްވީނަމަވެސް އެޗެކަކީ އެކުންފުނީގެ ޗެކެއް ނޫންކަން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ފަރާތުން ސިވިލް
ކޯޓަށް ފޮނުވާފައިވާ އެބޭންކުގެ 2014 މެއި 14 ވަނަ ދުވަހު ސިޓީން އެނގެން އޮވެއެވެ.
ވީމާ، އިސްތިއުނާފު މިކުރެވޭ މައްސަލައިގާ ހުށަހެޅިފައިވާ ޗެކަކީ، ސީ އެންޑް ސަން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އޮތް ޗެކެއް ނޫންކަން އެނގެން އޮވެފައި، މޯލްޑިވްސް އިންޑަސްޓްރިއަލް
ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދަޢުވާގައި
ބަޔާންކޮށްފައިވާ މުދާ ރައްދުކޮށްފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާތީ، ދަޢުވާގައި
ބަޔާންކޮށްފައިވާ މުދަލަކީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެދުމުގެ މަތީން މޯލްޑިވްސް
404
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/14
އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ރައްދުކޮށްދީފައިވާ މުދާކަން ޝަރީޢަތަށް
ޘާބިތުކޮށްދެވިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/2260 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް އޮތް ކަމަކަށް މިޤަޟިއްޔާ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
UCO
2ޑ 4
4
ނފެންނެވެ.
0
s
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/2260 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ފަދަ ސަބަބެއް ނެތްކަމަކަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި އިސްތިއުނާފު ރައްދުވި ފަރާތުގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފީމެވެ.
"ދިވެހި
*
ދިވެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ