ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/78 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/78
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
•ޤަޟިއްޔާ ނަންބަރ: 78/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 292
/
2006-C ދާއިމީ އެޑްރެސް: ހ.ނާގޫރު | މާލެ
02c0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
* ދާއިމީ އެޑްރެސް: ސްޓެލްކޯ ބިލްޑިންގ
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޖުމާދަމްއާޚިރާ 1436
12 ފެބްރުއަރީ 2015
، ނިމުނު ތާރީޚް: 02 ޛުލްޙިއްޖާ 1436
16 ސެޕްޓެމްބަރ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/788
• ނިންމެވި ކޯޓް: ސިވިލް ކޯޓު
• މައްސަލައިގެ ބާވަތް: މުދާ ނެރުން.
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-A/78
2 ޤަޟިއްޔާ ނިމުނު ގޮ
مل من *
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/788 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސެންޓަރ
އެންޓަރޕްރައިސަސް ޕވޓ ލޓޑ ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
20
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލޓޑ އެވެ.
04.35
.--18
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/788 ޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 6 ޓަނުގެ
ފޯކްލިފްޓެއް ސަޕްލައިކޮށްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި، ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 31 މެއި 2010 ގައި ވެފައިވާ އެއްބަސްވުމާއި
ޚިލާފަށް 6 ޓަނުގެ ފޯކްލިފްޓެއްގެ ބަދަލުގައި 4.6 ޓަނުގެ ފޯކްލިފްޓެއް ސެންޓަރ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްއިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޢިމާރާތަށް ވައްދާފައިވާތީ،
އެއްބަސްވުމާއި ޚިލާފްވިކަމަށް ކަނޑައަޅައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ
ޢިމާރާތުން މި ފޯކްލިފްޓް ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
02 0
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރި
ނުޤުޠާތަކުގެ މައްޗަށް ބެލުމަށްފަހު، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 6 (ހައެއް)
ޓަނުގެ ފޯކްލިފްޓެއް ގެނެސްދިނުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އާއި، ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި 31 މެއި
މެއި 2010
ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: A16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯޓް
3 ޤަޟިއްޔާ ނިމުނު 1
2015/HC-A/78
بي وفي نفي مي گمرکی
ދެވެ
އެއްބަސްވުމުގައިވާގޮތަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑަށް ގެނެސްދީފައިއެވަނީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން
ސާބިތުނުވާތީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޢިމާރާތުގެ ތެރެއަށް ވައްދާފައި އެހުރި ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ޢިމާރާތުގެ ތެރެއަށް ވައްދާފައި އެހުރި ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފޯކްލިފްޓް، 27 ޖެނުއަރީ 2015 މިދުވަހުން ފެށިގެން 07
(ހަތެއް) ދުވަހުގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އެޢިމާރާތުން ނެރުމަށް ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
04
atތ
ނެ ވަށ
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/788 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ
ވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ދަށުކޯޓުގައި ދަޢުވާކުރި ފަރާތުން ފޯކްލިފްޓަކީ 4.6 ޓަނުގެ
ފޯކްލިފްޓެއްކަމަށް ބުނެފައިވާ ބުނުމުގެ މައްޗަށް އެކަނި ބިނާކޮށް މައްސަލަ ނިންމަވާފައިވުން ކަމަށްބުނެ
ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ، މައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅުނު ލިޔުންތަކަށް ރިޢާޔަތް
ނެތި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
2
22 22ތ
ކެރެއޅުމުއ
203 ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/788 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ
ނުޖެހޭ ކަމަށްބުނެ ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް3,3347ވީ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2015/HC-A/78
کی مرگی
92
02c
4 ޤަޟިއްޔާ ނިމުނު ގޮ
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/788
ޤަޟިއްޔާގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑު (ސްޓެލްކޯ) އިން ސެންޓަރ އެންޓަރޕްރައިސަސް
ޕިވޓ ލޓޑގެ މައްޗަށް ރައްދުވާގޮތަށް އުފުލި ދަޢުވާއަކީ، ސެންޓަރ އެންޓަރޕްރައިސަސް ޕވޓ ލޓޑ
އިން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް 6 ޓަނުގެ ފޯކްލިފްޓެއް ސަޕްލައިކޮށްދިނުމަށް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑްއާއި ދެމެދު 31 މެއި 2010 ގައި ވެފައިވާ އެއްބަސްވުމާއި ޚިލާފަށް 6 ޓަނުގެ ފޯކްލިފްޓެއްގެ
ބަދަލުގައި 4.6 ޓަނުގެ ފޯކްލިފްޓެއް ގެނެސް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޢިމާރާތަށް ވައްދާފައިވާތީ، ސެންޓަރ
އެންޓަރޕްރައިސަސް ޕވޓ ލޓޑ އިން އެއްބަސްވުމާއި ޚިލާފްވިކަމަށް ކަނޑައަޅައި، ސްޓޭޓް އިލެކްޓްރިކް
ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޢިމާރާތުން މިފޯކްލިފްޓް ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އަންގައިދިނުމަށް އެދި ކޮށްފައިވާ ދަޢުވާއެއްކަމާއި، މިދަޢުވާއަށް ސެންޓަރ
އެންޓަރޕްރައިސަސް ޕވޓ ލޓޑގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި، މިދަޢުވާއާއި ގުޅިގެން ސެންޓަރ
އެންޓަރޕްރައިސަސް ޕވޓ ލޓޑ ގެ ފަރާތުން ބުނެފައިވަނީ އެފަރާތުން އެއްބަސްވުމާއި
ޢަމަލުކޮށް 6 ޓަނުގެ ފޯކްލިފްޓެއް ޙަވާލުކޮށްފައިވާނޭ ކަމަށެވެ.
02c
04
xތތ
344,eނ
(ށ) ދެވަނަކަމަކީ، 31 މެއި 2010 ގައި ސްޓެލްކޯ އަށް 6 ޓަނުގެ ފޯކްލިފްޓެއް
ސަޕްލައިކޮށްދިނުމަށް ސްޓެލްކޯ އާއި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު
ވެވިފައިވާ އެއްބަސްވުމަށް ބަލާއިރު، މިއެއްބަސްވުމުގެ 2.1 ގެ މަސައްކަތުގެ ތަފްސީލުގެ ގޮތުގައި
ބަޔާންކޮށްފައިވަނީ، ކޯޓޭޝަންގައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް މުދާ ސަޕްލައިކޮށްދިނުންކަން
އެނގޭކަމާއި، މިގޮތުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ އޮފަރ ނަންބަރު
01
/
10-CEN
/
QTN
/
STELCO (21 މާރިޗް 2010) މިތާރީޚު އޮންނަ ލިޔުމަށް ބެލުމުން،
މިލިޔުމަކީ 08 މާރިޗް 2010 މިތާރީޚުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 06
ޓަނުގެ ފޯކްލިފްޓެއް ގަތުމަށް ކުރެވުނު އިޢުލާނަކާއި ގުޅިގެން މުޅިން އައު 6 ޓަނުގެ ކޮމަންސޫ ބްރޭންޑުގެ
މޮޑެލް ނަންބަރު 8-FD60 ފޯކްލިފްޓެއްގެ ކޯޓޭޝަން އެއްކަން އެނގޭކަމާއި، މިކޯޓޭޝަންގެ ޖެނެރަލް
އިންފޮރމޭޝަން ބައިގައި މިފޯކްލިފްޓްގެ ކެޕޭސިޓީއަކީ 6000
KG (06 ޓަނު) ކަމަށް ބަޔާންވެގެން
ތަކަމާއި، މިހެންކަމުން މިދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން
ސެންޓަރ
2 x 0
އަނޓިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:/3647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5
2015/HC-A/78
ޤަޟިއްޔާ ނިމުނު "
می هرکی
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯއަށް ގެނެސްދޭންޖެހެނީ މިކޯޓޭޝަންގައި ޙަވާލާދޭ
ބްރޭންޑްގެ އެލިޔުމުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ ފޯކްލިފްޓެއްކަން އެނގޭކަމެވެ.
(ނ) ތިންވަނަކަމަކީ، މިމައްސަލައިގައި ދެފަރާތުންމެ ދައްކައިފައިވާ ވާހަކަތަކަށް ބެލުމުން،
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯއަށް ފޯކްލިފްޓެއް ގެނައިކަމާއިމެދު
މިދެފަރާތުގެ ދެމެދުގައި ޚިލާފެއްނެތްކަމާއި، މިދެފަރާތުގެ ދެމެދުގައި އުފެދިފައިވާ ޚިލާފުގެ އަސްލު
ބިނާވެގެންވަނީ، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުންގެ ގެނައި ފޯކްލިފްޓަކީ 6 ޓަނުގެ
ފޯކްލިފްޓެއްކަމާއިމެދު އުފެދިފައިވާ ސުވާލުގެ މައްޗަށްކަން އެނގެން އޮތްއިރު، 06 ޓަނުގެ ފޯކް ލިފްޓެއް
ގެނައިކަމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ބުނާބުނުން ސާބިތުކޮށްދިނުމަށް
އެފަރާތުން ސިވިލް ކޯޓަށް ލިޔުންތައް ހުށަހަޅާފައިވާކަމާއި، މިގޮތުން ކޮމާޝަލް އިންވޮއިސްއާއި ޕެކިންގ
ލިސްޓުގެ އިތުރުން މިމުދާ ޙަވާލުވިކަމުގެ ލިޔުމާއި، މިފޯކްލިފްޓާއި ގުޅިގެން ޝިޔާމް އޮޓޯ ގަރާޖުން
ދީފައިވާ ލިޔުމެއް ހުށަހަޅާފައިވާކަމާއި، މިލިޔުންތަކަށް ބެލުމުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުން ގެނެސްފައިވަނީ، ކޮމަންސޫ ބްރޭންޑުގެ މޮޑެލް ނަންބަރު 8-FD60
6 ޓަނުގެ ފޯކްލިފްޓެއްކަން
މިލިޔުންތަކުގައި ބަޔާންވެގެން އޮންނައިރު، މިލިޔުންތަކުގައިވާ ކަންކަން ނަފީކުރުމަށް ސްޓެލްކޯގެ ފަރާތުން
ދަށުކޯޓަށް އެކަށީގެންވާ ހެކިތަކެއް ހުށަހަޅާފައިނުވާކަން އެނގޭކަމާއި، މިގޮތުން މިމައްސަލައިގައި
ސްޓެލްކޯގެ ފަރާތުން ދަށުކޯޓުގައި ބުނެފައިވަނީ މިއީ 6 ޓަނުގެ ފޯކްލިފްޓެއް ނޫންކަން އެނގެނީ
އެއުޅަނދަކީ 4.6 ޓަނުގެ ފޯކްލިފްޓެއްކަމަށް ފޯކްލިފްޓްގެ ނަންބަރު ޕްލޭޓުގައި ޖަހާފައި އޮތުމުންނާއި،
ސްޓެލްކޯގެ ފަރާތުން ހެދި އިންސްޕެކްޝަނުން އެއީ 4.6 ޓަނުގެ ފޯކްލިފްޓެއްކަން އެނގެން
އޮތުމުންކަމުގައި ބުނެކަން އެނގޭއިރު، ސްޓެލްކޯގެ ފަރާތުން އިންސްޕެކްޝަން ހެދި މީހެއްގެ ވަނަވަރެއް
އަދި އެފަދަ އެއްވެސް ރިޕޯޓެއްވެސް، ލިޔުމެއްވެސް މިމައްސަލައިގައި ސްޓެލްކޯގެ ފަރާތުން ދަށު ކޯޓަށް
ހުށަހަޅާފައިނުވާކަން އެނގޭކަމެވެ.
04
(ހ) ހަތަރުވަނަކަމަކީ، މިމައްސަލައިގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ވާސިލުވެފައިވާ
މައިގަނޑު ސަބަބުގެ މައްޗަށް ބެލުމުން، އެސަބަބަކީ، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް
ލިމިޓެޑުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ގެނެސްދީފައިއެވަނީ 06 (ހައެއް) ޓަނުގެ
ފޯކްލިފްޓެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުނުވާތީކަމަށް ބަލައިކަން އެނގޭއިރު، ދަށުކޯޓަށް
ހުށަހެޅުނު ލިޔުންތަކުން ސާބިތުވާން އޮތީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ގެސްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3319A71)
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2015/HC-A/78
و مری
ދެވެ
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއް ގެނައިކަން ކަމާއި، އެއާއި އިދިކޮޅަށް
ހަމައެކަނި ސްޓެލްކޯގެ ފަރާތުން ބުނާބުނުމެއް އެކަނިކަން އެނގޭކަމެވެ.
(ބ) ފަސްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ދެފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް
ރިޢާޔަތްކުރުމަށްފަހު ކަންހިނގާދިޔަގޮތް އިތުރަށް ހައިކޯޓުގެ ފަރާތުން ސާފުކުރުމުގެ ބޭނުމުގައި ދަށުކޯޓަށް
ހުށަހެޅިފައިނެތް ބައެއްލިޔުންތައް ހުށަހެޅުމުގެ ފުރުސަތު ދެފަރާތަށްވެސް ހައިކޯޓުން ދެވުނުކަމާއި، މިގޮތުން
ދެވުނު ފުރުސަތުގައި ދެފަރާތުން ލިޔުންތައް ހުށަހެޅިކަމާއި، މިގޮތުން ހުށަހެޅުނު ލިޔުންތަކުގެ މައްޗަށް
ބެލުމުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯއަށް ގެނެސްފައިވަނީ ދެފަރާތުގެ
ދެމެދުގައިވެފައިވާ އެއްބަސްވުމުގައިވާފަދަ ފޯކްލިފްޓެއްކަން އެލިޔުންތަކުން އެނގޭކަމާއި، މިގޮތުން
މިލިޔުންތަކުގެ ތެރޭގައި ހިމެނޭ ކޮމަންޑޫ ޔުޓިލިޓީ ކޮމްޕެނީގެ ފަރާތުން ސްޓެލްކޯއަށް ފޮނުވިކަމަށްބުނާ
ޑީޓެއިލް ސްޕެސިފިކޭޝަންއަކީ ސްޓެލްކޯގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
ލިޔުމެއްކަމުގައިވާއިރު، މިލިޔުމުގައި މިއީ 8-FD60 މޮޑެލްގެ ފޯކްލިފްޓެއްކަމުގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނައިރު، އެލިޔުމުގެ 1.5 ގައި މިފޯކްލިފްޓްގެ ރޭޓެޑް ކެޕޭސިޓީއަކީ 6000 ކިލޯގްރާމްކަމަށް
ބަޔާންކުރާކަމާއި، އަދި އެލިޔުމުގެ އެންމެ ފަހު ސަފްޙާގައިވެސް ރޭޓެޑް ކެޕޭސިޓީ ވިތު ސްޓޭންޑެޑް
ސްޕެސިފިކޭޝަން 6 ޓަނުކަމުގައި ބަޔާންކޮށްފައިވާކަން ސާފުކޮށް އެނގެން އޮންނަކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، 31 މެއި 2010 މިތާރީޚުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި،
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމާއި
އެއްގޮތްވާގޮތުގެ މަތީން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓެލްކޯއަށް
ސަޕްލައިކޮށްދީފައިވާ ފޯކްލިފްޓަކީ މިދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގައިވާފަދަ ފޯކްލިފްޓެއްކަން
މައްސަލައާއިއެކު ހުށަހެޅުނު ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/788 ޤަޟިއްޔާގައި، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސްޓޭޓް
އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ގެނެސްދީފައި ވަނީ 06 (ހައެއް) ޓަނުގެ ފޯކްލިފްޓެއްކަން ހުށަހެޅިފައިވާ
ލިޔުންތަކުން ސާބިތުނުވާކަމަށް ކަނޑައަޅައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ޢިމާރާތުގެ ތެރެއަށް
ވައްދާފައިހުރި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފޯކްލިފްޓް، 27 ޖެނުއަރީ 2015
މިދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އެޢިމާ
OLCO
02 0
02 0 0
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 346171
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2015/HC-A/78
=32
ޤަޟިއްޔާ ނިމުނު ގޮ
ނެރުމަށް ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ކޮށްފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭނެކަމަށެވެ.
788/Cv-C/2011
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއި އެކު، ސިވިލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/788 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
ބާތިލުކޮށް، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv