ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/167 ޤަޟިއްޔާގެ ޙުކުމް
1
2008/HC-A/167
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
.ރާއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 167/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް
* ނަން: އައިޝަތު ޢަބްދު
* ދާއިމީ އެޑްރެސް: މ. ކުދެހިމާގެ
އައިޑީ ކާޑު ނަންބަރ: 146692
A
މިހާރުގެ އެޑްރެސް: މ. ކުދެހިމާގެ
* ބަދަލުގައި: މުޙައްމަދު ޖަމީލު، މ. ކުދެހިމާގެ
* ވަކީލު: އޖ. އިބްރާހީމް ރިޝާ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
(1) ނަން. އަޙްމަދު ރަޝީދު * ދާއިމީ އެޑްރެސް: މާލޭ މުނިސިޕަލްޓީގެ ޙާއްޞަ ދަފްތަރު
އައިޑީ ކާޑު ނަންބަރ A046122 * މިހާރުގެ އެޑްރެސް: ފ. ޓައިމްލެސް ކ. މާލެ
* ވަކީލު: އގ. އަޙްމަދު ފާއިޒު، އޒީ، އަޙްމަދު ޝަފީޤް
(2) ނަން: މުޙައްމަދު ޢަބްދު
* ދާއިމީ އެޑްރެސް:
ފުއްކަފަ ކ. މާލެ
އައިޑީ ކާޑު ނަންބަރ: A079196 މިހާރުގެ އެޑްރެސް: ލ. ވުޑްޕެކަރ/ ކ. މާލެ
* ވަކީލު: އޖ. ޝަހީމު އަޙްމަދު
*
*
• ހުށަހެޅުނު ތާރީޚް: 08 ޖޫން 2008 ނިމުނު ތާރީޚް: 22 ފެބުރުއަރީ 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2003/MC/887 ނިންމެވިކޯޓް: މަދަނީ ކޯޓް
• ޤަޟިއްޔާގެ ބާވަތް: ވިޔަފާރި
ތެރީޚް: 21-05-2003
ނިމުނު ތާރީޚް: 11-09-2003
2942 .
*
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
higfhcourt.gov.mv
2
ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/167
މިއީ، މ.
ދަޢުވާގެ ޚުލާޞާ
ކުދެހިމާގެ ވިއްކުމުގެ މައްސަލަ، މަދަނީ ކޯޓުގެ ނަންބަރު 2003/MC/887
ގެ ޤަޟިއްޔާއިން ނިންމަވާފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
މ. ކުދެހިމާގޭ އަލްފާޟިލާ ފާޠިމަތު ޢަބްދުﷲ އާއި، އެގޭ އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ 2008
މާޗް 18 ވަނަ ދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހަޅުއްވައިފިނަމަ
އެޤަޟިއްޔާ ބައްލަވައިދެއްވަން ފެނިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ
ވިދާޅުވި ކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ އަޙްމަދު ޝަރީފު ސޮއިކޮށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 95
/
2008
/
20/ޕީއާރުއެސް-1 (18 މާޗް 2008) ގެ
ސިޓީން ދިވެހިރާއްޖޭގެ ހައިކޯޓަށް އަންގާފައިވަނިކޮށް، މ. ކުދެހިގެ ޢައިޝަތު ޢަބްދު
އެޤަޟިއްޔާ އިސްތިއުނާފުކޮށް ދިނުމަށް އެދި 2008 ޖޫން 08 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން، އޭރު ޢަމަލު ކުރަމުން އައިސްފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ މަތީން
ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ، ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު
(ހ. ޓައިމްލެސް) އަޙްމަދު ރަޝީދު އާއި، މ. ވުޑްޕެކަރ (ހ. ފުއްކަފަ، މުޙައްމަދު ޢަބްދު
އަށެވެ.
.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓުގެ ނަންބަރު 2003/MC/887 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢައިޝަތު ޢަބްދުﷲގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން މައްސަލާގައި
ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި
ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.higlhcourt.gov.mv
3
ޤަޟިއްޔާ ނިމު
ނިމުނު ގޮތުގެ
2008/HC-A/167
32
(ހ) މ. ކުދެހިމާގެ ޢަބްދުﷲ ޔޫސުފްގެ ނަމުގައި ވާނަމަ ވާ މުދަލެއް ވިއްކުމުގައި
ކުރަންޖެހޭ ޤާނޫނީ އަދި ޝަރުޢީ ހުރިހައި ލިޔެކިއުން ތަކުގައި ސޮއިކޮށް އެވިޔަފާރި މުޢާމަލާތެއް
ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން ނިންމުމާއި އެފަދަ ކަންކަމަށް ޢަބްދުﷲ ޔޫސުފްގެ ބަދަލުގައި
ކޯޓުތަކަށް ޙާޟިރުވެ ލިޔެކިއުންތަކުގައި ސޮއި ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު މ.
މުޙައްމަދު ޢަބްދުﷲ އަށް ދީފައިވާކަން މަދަނީކޯޓު ގައި، 2003 އޭޕްރީލް 13 ގައި ސޮއި
ކުރެވިފައި ޕަވަރ އޮފް އެޓާރނީން އެނގެން އޮވެއެވެ.
(ށ) މ. ކުދެރިމާގެ ޢަބްދުﷲ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ކުދެހިމާގެ
އެވެކިޔާ 1762 އަކަފޫޓް ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ކުއްޅަވަށް
ގޯޅިއަށް މޫނުމަތި 19 ފޫޓް ފުޅާމިން ހިމަނައިގެން 1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން -/
1000000ރ. (އެއްމިލިޔަން) ރުފިޔާގެ އަގަށް
ޓައިމްލެސްގައި ހުންނަ މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު، އަޙްމަދު ރަޝީދަށް ވިއްކުމަށް އެދި
ޢަބްދުﷲ ޔޫސުފްގެ ފަރާތުން މ. ވުޑްޕެކަރ މުޙައްމަދު ޢަބްދުﷲ މަދަނީކޯޓަށް ހުށަހަޅާފައިވާކަން
މަދަނީކޯޓުގެ ނަންބަރު 2003/MC/887 ޤަޟިއްޔާގެ ރިޕޯޓުން އެނގެން އޮވެއެވެ.
(ނ) ޢަބްދުﷲ ޔޫސުފް މަދަނީކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނެ ކަމަށާއި އެމައްސަލަ
މުޙައްމަދު ޢަބްދުﷲ އާއި ޙަވާލުކޮށްފައި ވާނެ ކަމަށާއި، އެއީ 04 (ހަތަރު) ބުރިޔަށް ގެ ހަދަން
ވެގެން ޢަބްދުﷲ ޔޫސުފް ހުށަހެޅި މައްސަލައެއް ކަމަށާއި، ގެ ވިއްކާލަން ބޭނުން ނުވާކަމަށް
ޢަބްދުﷲ ޔޫސުފް 2003 ޖުލައި 21 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާއިރު،
ޢަބްދުﷲ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ކުދެހިމާގެ އެވެކިޔާ ބަންޑާރަ
ގޯތީގައިވާ ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަނުން 1000 (އެއްހާސް) އަކަފޫޓް ބޮޑު މިނުގައިވާ
ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަން އަޙްމަދު ރަޝީދަށް ވިއްކާލަން ބޭނުން ކަމަށާއި، މިމައްސަލާގައި
ޢަބްދުﷲ ޔޫސުފް ކުރިން ދިން ބަޔާން ބާތިލްކޮށް ދެއްވުމަށް އެދޭކަމަށާއި، މިމައްސަލާގައި ޢަބްދު
ޔޫސުފްގެ ބަދަލުގައި ކޯޓަށް އައުމަށް މުޙައްމަދު ޢަބްދުﷲ އާއި ޙަވާލުކޮށްފައިވާނެ ކަމަށް ޢަބްދު
ޔޫސުފް، 2003 އޯގަސްޓް 18 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގެން އޮތުމުން، މ. ކުދެހިމާގެ ވިއްކާލުމުގެ މައްސަލަ މަދަނީކޯޓަށް
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
higfhcourt.gov.mv
4
ޤަޟިއްޔާ ނިމު
8 :
2008/HC-A/167
ނިމުނު ގޮތު
މުޙައްމަދު ޢަބްދުﷲ ހުށަހަޅާފައިވަނީ ޢަބްދުﷲ ޔޫސުފަށް އޮޅުވާލައިގެން ކަމަށް ބެލެވެން ނެތްއިރު،
އެމުޢާމަލާތަކީ ޞައްޙަ ނޫން މުޢާމަލާތެއް ކަމަށް، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބެލެވެން
ނެތްކަން އެނގެއެވެ.
ހ) މ.
ކުދެރިމާގެ އެވެ ކިޔާ ގޯއްޗަކީ، މ. ކުދެހިމާގޭ ޢަބްދުﷲ ޔޫސުފުގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ ބަންޑާރަ ގޯއްޗެއްކަމާއި، އެގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަނުގެ މިލްކުވެރި ފަރާތަކީ ޢަބްދުﷲ ޔޫސުފު ކަން 07 އޭޕްރީލް 1983 ގައި މާލޭ
މުނިސިޕަލްޓީން މ. ކުދެރިމާގެއަށް ހަދައިދީފައިވާ ނަންބަރު ބ.6205 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން
އެނގޭކަމާއި، އެގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރި ކަމާއިމެދު
ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށްކުރި މަދަނީކޯޓުގެ ނަންބަރު 2
/
2003
/
499-144-1B އިޢުލާނާއި
ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަ ދީފާ ނުވާކަމާއި، ޤާނޫނު ނަންބަރު 28/76 ގައިވާ ފަދަ
ދަރަންޏެއް ޢަބްދުﷲ ޔޫސުފުގެ މައްޗަށް ސާބިތުވެފައި ނެތްކަން މަދަނީކޯޓުން ބެއްލެވި ބެއްލެވުމުން
އެނގެން އޮތްކަމާއި، މ.
ކުދެހިމާގެ އެވެ ކިޔާ 1762 އަކަފޫޓް ބަންޑާރަ ގޯތިން 1000 އަކަފޫޓްގެ
ތެރޭގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން އަޙްމަދު ރަޝީދަށް ވިއްކާލުމާއިމެދު
އިޢުތިރާޟް ނުކުރާކަން މާލޭ މުނިސިޕަލްޓީން 19 މެއި 2003 ގައި ޢަބްދުﷲ ޔޫސުފާއި ޙަވާލު
ކޮށްފައިވާ ނަންބަރު 215
/
2003-C އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބުން އެނގެން އޮންނަކަމަށް
މަދަނީކޯޓުގެ ނަންބަރު 2003/MC/887 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން
ކުރައްވާފައިވާ އޮތުމުން، ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީކޮށްފައި ހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާއި ބެހޭ ޤާނޫނު) ގެ ދަށުން ބައްލަވަންޖެހޭ ކަންކަމާއި
ޤާނޫނު ނަންބަރު 9/68 (މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނު)ގެ ދަށުން ބައްލަވަންޖެހޭ ކަންކަން
ބައްލަވާފައިވާކަން އެނގެއެވެ.
(ބ) ޢަބްދުﷲ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ކުދެހިމާގެ އެވެކިޔާ
ބަންޑާރަ ގޯތީގައިވާ ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަނުން 1000 (އެއްހާސް) އަކަފޫޓް
ބޮޑުމިނުގައިވާ ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަނުގެ އަގުން -/400,000ރ. (ހަތަރުލައްކަ) ރުފިޔާ
އަޙްމަދު ރަޝީދު އަތުން ޢަބްދުﷲ ޔޫސުފަށް ވަނީ ލިބިފައި ކަމަށާއި، އަގުން ބާކީވާ -/600,000
ރ. (ހަލައްކަ) ރުފިޔާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ ނަންބަރު 013266-01130 އެކައުންޓުގެ
0c4
05
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމު
ނިމުނު
2008/HC-A/167
: ދުސް ޒު
ދެވެ
0c40
00c4
ނަންބަރު 096791 ކުރޮސް ޗެކުން 2003 އޯގަސްޓް 24 ވަނަ ދުވަހު ލިބިފައިވާ ކަމަށް އެދުވަހު
ޢަބްދުﷲ ޔޫސުފް މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
(ޅ) މ. ކުދެހިމާގެ އެވެކިޔާ ބަންޑާރަ ގޯތިން 1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ
ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަނުގެ އަގެއް ކަމަށް އެއްބަސްވެފައިވާ -/1,000,000 (އެއްމިލިއަން)
ރުފިޔާގެ ތެރެއިން އޭރު ބާކީވާ -/600,000 (ހަލައްކަ) ރުފިޔާ ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ
ނަންބަރު 557017.CAR ބޭންކާސް ޗެކުން ޝަރީޢަތުގެ މަޖިލީހުގައި ޢަބްދުﷲ ޔޫސުފަށް
ލިބިއްޖެކަމަށް ޢަބްދުﷲ ޔޫސުފް 2003 ސެޕްޓެމްބަރު 11 ވަނަ ދުވަހު މަދަނީކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާއިރު،
ކުދެހިމާގެ އެވެކިޔާ ބަންޑާރަ ގޯތިން 1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ
ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަނުގެ އަގުން އޭރު ބާކީވާ -/600,000 (ހަލައްކަ) ރުފިޔާ ސްޓޭޓް
ބޭންކް އޮފް އިންޑިޔާގެ ނަންބަރު 557017.CAR ބޭންކާސް ޗެކުން ޝަރީޢަތުގެ މަޖިލީހުގައި
ޢަބްދުﷲ ޔޫސުފަށް އަޙްމަދު ރަޝީދު ދައްކާ އަގު ޚަލާޞްކޮށްފި ކަމަށާއި، ސްޓޭޓް ބޭންކް އޮފް
އިންޑިޔާގެ ބޭންކާސް ޗެކަކުން އެފައިސާ ދައްކަން ޖެހުނީ ޢަބްދުﷲ ޔޫސުފްގެ އަމިއްލަ ބޭންކް
އެކައުންޓެއް ނެތުމާއެކު ކުރިން އަޙްމަދު ރަޝީދު ދިން ޗެކްގައި ބޭންކް ގެރެންޓީ ޖެހުމަށް ބޭންކް
ޤަވާޢިދު ހުއްދަ ނުކުރާތީ، އަޙްމަދު ރަޝީދު އެދިގެން އަޙްމަދު ރަޝީދުގެ އަމިއްލަ އެކައުންޓުން
އެމިންވަރު ބޭންކަށް ނަގާފައި ކަމަށް، އަޙްމަދު ރަޝީދު 2003 ސެޕްޓެމްބަރ 11 ވަނަ ދުވަހު
މަދަނީކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގެން އޮތުމުން،
ޢަބްދުﷲ ޔޫސުފުގެ މިލްކުގައިވާ ޢިމާރާތް ތަކުގެ އަގު ލިބިފައި ނުވާކަމަށް ޢާއިޝަތު ޢަބްދުﷲގެ
ފަރާތުން މިމައްސަލައިގެ އިސްތިއުނާފުގައި މަރުޙަލާގައި ބުނާ ބުނުމަކީ، ޢަބްދުﷲ ޔޫސުފް
ޝަރީޢަތުގެ މަޖިލީހުގައި ވެފައިވާ ޞަރީޙް އިޢްތިރާފަކާ ޚިލާފަށް ބުނާ ބުނުމެއްކަމަށް ވުމުން،
ޢާއިޝަތު ޢަބްދުﷲގެ އެވާހަކައަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން އެމައްޗަށް ރިޢާޔަތް ކުރެވޭނެ
ވާހަކައެއް ނޫންކަން އެނގެއެވެ.
(ހ) 21 މެއި 2003 ދުވަހު މުޙައްމަދު ޢަބްދުﷲ މަދަނީކޯޓަށް ދީފައިވާ ބަޔާނުގައި
މިވިޔަފާރީގެ އަގަކީ -/1,000,000 (އެއްމިލިއަން) ރުފިޔާ ކަމަށާއި، އެ އަގުން -/1,750,000
(އެއްމިލިއަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ ހިސާބު އަކުރުން ލިޔެފައި ތާނައަކުރުން
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
higfhcourt.gov.mv
6
ނިމުނު ގޮތުގެ
2008/HC-A/167
ބްރެކެޓްގައި އެއްލައްކަ ހަތްދިހަހާސް މިހެން ލިޔެފައި މިފައިސާ މުޙައްމަދު ޢަބްދުﷲ އަށް ލިބިއްޖެ
ކަމަށާއި، އަދި އަގުގެ ބާކީ -/8,250,000 (އަށްމިލިއަން ދެލައްކަ ފަންސާސް ހާސް) ރުފިޔާ
ހިސާބު އަކުރުން ލިޔެފައި ތާނަ އަކުރުން ބްރެކެޓްގައި އަށްލައްކަ ފަންސަވީސްހާސް މިހެން ލިޔެ،
މިފަދަ ފުށުއެރުން ތަކަކާއެކު، އެބަޔާނުގައި މަދަނީކޯޓުގެ ޤާޟީ ސޮއި ކުރައްވާފައިވާތީ މި
ޝަރީޢަތް ހިންގުމުގައި ދަށުކޯޓުން ވަރަށް ބޮޑަށް އިހްމާލުވެފައިވާ ކަމަށް ފެންނަން އޮތްކަމަށް
ޢާއިޝަތު ޢަބްދުﷲގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގައި
ފާހަގަކޮށްފައިވާތީ، އެނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރު؟
ޢާއިޝަތު ޢަބްދުﷲ ގެ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން 21 މެއި 2003 ދުވަހު
މުޙައްމަދު ޢަބްދުﷲ ދީފައިވާ ބަޔާން އޮންނާތީ، އެބަޔާނުގައި ލިޔުމުގެ ކުށް ހުރި ކަމަށް ޤަބޫލު
ކުރެވޭތީ، ޝަރީޢަތުގެ މަޖިލީހުގައި ނަންގަވާފައިވާ ރަފް ބަޔާން ގެނެސް ބެލިއިރު، އެރަފް
ބަޔާނުގައި މިވިޔަފާރީގެ އަގެއް ކަމުގައިވާ -/1,000,000 (އެއްމިލިއަން) ރުފިޔާގެ ތެރޭން
-/1,750,000 (އެއްމިލިއަން ހަތްލައްކަ ފަންސާސް ހާސް) ރުފިޔާ ހިސާބު އަކުރުން ލިޔެފައި،
ތާނައަކުރުން ބުރެކެޓްގައި އެއްލައްކަ ހަތްދިހަ ފަސްހާސް މިހެން ލިޔެފައި، މިފައިސާ މިހާރުވަނީ
ޢަބްދުﷲ ޔޫސުފަށް ލިބިފައި ކަމަށާއި، އަދި އަގުން ބާކީވާ -/8,250,000 (އަށްމިލިއަން ދެލައްކަ
ފަންސާސް ހާސް) ރުފިޔާ ހިސާބު އަކުރުން ލިޔެފައި، ތާނަ އަކުރުން ބްރެކެޓްގައި އަށްލައްކަ
ފަންސަވީސްހާސް މިހެން ލިޔެފައި އޮތްއިރު،
ވިޔަފާރީގެ އަގެއްގެ ގޮތުގައި އެއްބަސްވެފައިވާ ފައިސާގެ ޢަދަދަކީ -/1,000,000
(އެއްމިލިއަން) ރުފިޔާ ކަމާއިމެދު ޝަރީޢަތަށް ހުށަހެޅިފައިވާ އެއްވެސް ލިޔުމެއްގައި ފުށުއެރުމެއް
ނެތް އިރު، ހިސާބު އަކުރުން ލިޔެފައިވާ ޢަދަދާއި، ބުރެކެޓްގައި ތާނަ އަކުރުން ލިޔެފައިވާ އެއްޗަކާއި
އެއްވެސް ތަފާތެއް ނެތްކަން އެނގެން އޮންނަކަމާއި، އެބަޔާނުގައި ދެން ހުރި ޢަދަދު ތަކުގެ
ތެރެއިން ބައެއް ޢަދަދު ތަކުގައި ހިސާބު އަކުރުން ލިޔެފައިވާ ޢަދަދާއި ތާނަ އަކުރުން ބުރެކެޓްގައި
ލިޔެފައިވާ އެއްޗަކާއި ދިމާނުވުމަށް ބަލާއިރު، ހިސާބު އަކުރުން ލިޔެފައިވާ ޢަދަދަކީ ލިޔުމަށް
ޤަޞްދު ކުރެވިފައިވާ ޢަދަދު ކަމުގައި ބެލިއްޖެނަމަ، މިވިޔަފާރީގެ އަގެއްގެ ގޮތުގައި ދެފަރާތުން
އެއްބަސްވެފައި، އަދި އެޢަދަދާއިމެދު ފުށުއެރުމެއް ނުވާ، -/1,000,000 (އެއްމިލިއަން) ރުފިޔާއަށް
ވުރެ އަގު މަތިވާކަމަށްޓަކައި، 21 މެއި 2003 ދުވަހު މުޙައްމަދު ޢަބްދުﷲ ދީފައިވާ ބަޔާނުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW
.
higfhcourt.gov.mv
7
2008/HC-A/167
ނިމުނު ގޮތު
)
04
ޤަޞްދު ކުރެވިފައިވާ ޢަދަދު ތަކަކީ، -/1,75,000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ އާއި
-/8,25,000 (އަށްލައްކަ ފަންސަވީސްހާސް) ރުފިޔާ ކަމަށާއި މި ޢަދަދުތައް ހިސާބު އަކުރުން
ލިޔުމުގައި އިތުރު ސުމެއް ލިޔެވިފައިވާ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުން ދެކެއެވެ.
(އ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އަށް ޢަމަލު ކުރަން
ފެށިފައިވަނީ 2003 މެއި 23 ވަނަ ދުވަހު ކަމަށްވާއިރު މ. ކުދެހިމާގެ އެވެކިޔާ ބަންޑާރަ ގޯތިން
1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ ޢިމާރާތް ތަކާއި ވަޅުފަދަ ތަންތަން ވިއްކުމާއި ބެހޭ
މައްސަލަ މަދަނީކޯޓަށް ހުށަހެޅިފައިވަނީ، 2003 މެއި 21 ވަނަ ދުވަހުކަން މަދަނީކޯޓުގެ ނަންބަރު
2003/MC/887 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، މަދަނީ
މުޢާމަލާތް ތަކުގައި ޢަމަލު ކުރެވޭ ޢާންމު އުޞޫލަކީ އެއިރެއްގައި އޮތް ޤާނޫނީ ނިޒާމުގެ ތެރެއިން
ޢަމަލު ކުރެވެމުން ދިޔަ ޤާނޫނު ތަކުގެ އިމުގެ ތެރޭގައި އެމުޢާމަލާތެއް ނިންމުން ކަމަށް ވެފައި، އަދި
23 މެއި 2003 ގެ ކުރިން ކޯޓުތަކަށް ހުށަހެޅި ނުނިމި ހުރި ބިމާބެހޭ މައްސަލަ ތަކުގެ ތެރެއިން
ބިން ބައިކުރުން ނުވަތަ ބިމާ ގުޅިފައިވާ މުދާ ވަކިކުރުމުގެ މައްސަލަތަކާއި، ތަރިކައިގެ މައްސަލަތައް
ފިޔަވައި އެހެނިހެން މައްސަލަތައް އެމައްސަލަތައް ހުށަހެޅުނުއިރު ޢަމަލު ކުރެވެމުން ދިޔަ ބިމާބެހޭ
ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުރިއަށް ގެންގޮސް ނިންމަމުން ގެންދިޔުމަށް މިނިސްޓްރީ އޮފް
ޖަސްޓިސްގެ ނަންބަރު 2003/05 (09 ޖުލައި 2003) ޢާންމު ސިޓީން އަންގާފައިވާކަން
އެނގެން އޮތުމުން، މިމައްސަލައިގާ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ނުޖެހޭކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުންނާތީ، މަދަނީކޯޓުގެ ނަންބަރު 2003/MC/887 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
0
04 ހ ކ ކ
އެއްބަހެއް ނުވެވުނެވެ.
4 2 2 42
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.higlhcourt.gov.mv
.91Eދ
8
ނިމުނު ގޮތު
މުނު ގޮތުގެ ޚުލާޞާ
2008/HC-A/167
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން
ކުދެރިމާގެ ޢަބްދުﷲ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މ. ކުދެހިމާގެ އެވެކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ކުއްޅަވަށް ގޯޅިއަށް މޫނުމަތި 19 ފޫޓް
ފުޅާމިން ހިމަނައިގެން 1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ އެންމެހައި ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަން -/
1,000,000ރ. (އެއްމިލިޔަން) ރުފިޔާގެ އަގަށް ޓައިމްލެސް އަޙްމަދު
ރަޝީދު (މ. މ. ޚާއްޞަ ދަފްތަރު) އަށް ޢަބްދުﷲ ޔޫސުފް ވިއްކާ އެ އަގު އަދާކޮށްފައިވާތީ،
އެވިޔަފާރި ޞައްޙަ ކަމަށާއި އެވިޔަފާރީގެ ސަބަބުން މ. ކުދެހިމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ
އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން ކުއްޅަވަށް ގޯޅިއަށް މޫނުމަތި 19 ފޫޓް ފުޅާމިން
ހިމަނައިގެން 1000 (އެއްހާސް) އަކަފޫޓް ބޮޑުމިނުގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ
ތަންތަން ހ. ޓައިމްލެސް އަޙްމަދު ރަޝީދު (މ. މ. ޚާއްޞަ ދަފްތަރު) އަށް މިލްކުވެގެންވާ ކަމަށް
ކަނޑައަޅުއްވާ،
މަދަނީކޯޓުގެ ނަންބަރު 2003/MC/887 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަސްވެވިފައި ނުވާތީ، އެޤަޟިއްޔާގެ ޙުކުމަށް ބަދަލެއް
ގެނެވެން ނެތްކަމަށް ކަނޑައަޅައިފީމެވެ.
44 04
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
asi
{
:
ޙަމީދު
ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
އިސް ފަނޑިޔާރު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.higlhcourt.gov.mv