ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/74 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 74/HC
-
A/2010
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް:
އައިޑީ ކާޑްނަންބަރ.
* މިހާރުގެ އެޑްރެސް:
:
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: ޙަސަން ޔޫސުފް * ދާއިމީ އެޑްރެސް:މަންދުގެ ލ.ގަން މަތިމަރަދޫ
މަންދަގެ
ކާޑު ނަންބަރ: A135401 * މިހާރުގެ އެޑްރެސް: ގ. ސޯސަނީއުތުރުބައި
• ހުށަހެޅުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1431 * ނިމުނު ތާރީޚް: 21 ރަބީޢުލްޢާހިރު 1431
04 އެޕްރީލް 2010
6 އެޕްރިލް 2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/1983(J(MD-145
ނިންމެވިކޯޓް: ޖިނާއީކޯޓް
• ޤަޟިއްޔާގެ ބާވަތް: ބަންދުން ދޫކޮށްލުން
• ހުށަހެޅުނުތާރީޚް:
ނިމުނު ތާރީޚް: 01/04/2010
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓްގެ ނަންބަރ: 2010/1983(J
/
MD-145 (2010-04-01)ގެ
ކޯޓް އަމުރު، އެކޯޓުން ނެރުއްވާފައިވަނީ ޝަރުއީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ދެކި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެކޯޓް އަމުރު ދިވެހިރާއްޖޭގެ ހައިކޯޓްގައި
އިސްތިއުނާފުކުރުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ޖިނާއީކޯޓްގެ ނަންބަރ 2010/1983(J
(
MD-145 ގެ ކޯޓް އަމުރަށާއި
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު އަންނަނިވި ކަންތައް ފާހަގަކުރެވިފައިވެއެވެ.
ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓްގެ ވިޤަޟިއްޔާގެ ދަށުން ޕްރޮސެކިއުޓަރ
ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރި ޖިނާއީ ކޯޓްގެ ނަންބަރ 2010/1983(J
(
MD-145
(2010/04/01)ގެ ކޯޓް އަމުރަށް ބަލާއިރު
ލ.ގަން(މަންދަގެ ޙަސަން ޔޫސުފު (އައި.ޑީ ކާޑް ނަންބަރ: A135401) 04-01-
2010 ގެ 19
:
00ގައި ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައިވާކަމާއި އަދި މިއަމުރުގެ
"އިތުރުބަޔާން" ގެ ސުރުޚީގެ ދަށުގައި މިނާ ދޫކޮށްލެވިފައިވަނީ ޝަރުތުކޮށްފަ ކަމަށް ބަޔާން
ކުރައްވާފައިވާ ކަމާއި މިކަންކަން މިއަމުރަށް ބެލުމުން އެނގެން އޮންނަ އޮތުމެވެ.
ދެވަނަކަމަކީ، މިއަމުރުގައި ޙަވާލާ ދެއްވާފައިވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ
ނަންބަރ 039396/MF ގެ ފޯމަށް ބަލާއިރު، ލ.ގަން މަންމަގެ ޙަސަން ޔޫސުފު 2009
ޑިސެމްބަރު 15 ވަނަ ދުވަހު 14:45 ހާއިރު ލ.ގަން ތުނޑި އޮޅައްކޮޅު ސަރަޙައްދުގައި
މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރަން އުޅުނުކަމަށް ތުހުމަތު ކުރެވޭ މައްސަލަ
ތަޙްޤީޤު ކުރުމަށް ޙައްޔަރުކޮށްފައިވާކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0c4
އަދި އެދުވަހު ފުލުހުން މީޝާގާތު މަޑުކުރަން އެންގުމުން މަޑުނުކޮށް ދުވެފައި ދަމުން
ފުލުހުން އަރާ ހަމަވި ވަގުތު މީނާގެ ކަނާތު މުށުތެރޭގައި އޮތް ކަމަލް ލައިޓް ސިނގިރޭޓް ފޮއްޓެއް
މީނާ ހުރި ދިމާ ގަސްތަކުގެ ތެރެއަށް އެއްލާލި ވަގުތު އެކަމަލް ލައިޓް ސިނގިރޭޓް ފޮށި ތެރެއިން
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު 01 ރަބަރު ޕެކެޓް (ލެބޯޓަރީ ތަޙްލީލު
ކުރުމުން ޓެޓްރާ ހައިޑްރޯކެނެބިނޯލް އާއި ކެނަބިނޯލްއަށް ޕޮޒިޓިވެ، ބަރުދަނުގައި 48.0628 ގްރާމް
ހުރި) އެދިމާ ގަސްތަކުގެ ތެރެއަށް ވެއްޓުނުތަން މިއޮޕަރޭޝަންގައި ބައިވެރިވި 4 ފުލުހުންނަށް
ފެނިފައިވާކަމަށާއި އަދިމީނާގެ ކުޑަކަމުދާތަކެތި ލެބޯޓަރީ ތަޙްލީލު ކުރުމުން ކެނަބިސްއަށް ޕޮޒިޓިވް
ވެފައިވާކަމަށް އެފޯމްގެ "މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ ހެކި ނުވަތަ ގަރީނާ"ގެ ސުރުހީގެ
ބައިގައި ބަޔާންކޮށްފައިވާ ކަމާއި
އަދި މީނާ އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބުތަކަކީ، މީނާގެ މައްޗަށް
ތުހުމަތު ކުރެވިފައިވާ ކުށަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރުން ކަމަށް ވެފައި
ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުމާއި މިމައްސަލަ ތަޙްޤީޤުނިމި 2010 ޖެނުއަރީ 06 ވަނަ
ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް މައްސަލަ ފޮނުވިފައިވުމާއި މިމައްސަލަ ޕްރޮސެކިއުޓަރ
ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައި މިމައްސަލައިގެ ޝަރީޢަތް ހިނގަމުން ދާތީ މީނާ
ދޫކޮށްލައިފިނަމަ މީނާ ކޯޓަށް ހާޟިރު ނުވެދާނެކަމަށްޓަކައި ކަމަށްވުމާއި މީނާއަކީ ވައްކަމާއި
މާރާމާރީއާއި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑު ގިނަ އަދަދަކަށް އޮންނަ މީހަކަށްވާތީ މީނާ
ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މިފަދަކުށްތައް ތަކުރާރުވެ މުޖުތަމައުއަށް ނޭދެވޭ އަސަރެއް
ކޮށްފާނެކަމަށް ފެނުމާއި މިސަބަބުތައް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އިސްވެއިޝާރާތް
ކުރެވުނު ފޯމުގައި ބަޔާންކޮށްފައިވާކަމާއި މިކަންކަން އެފޯމަށް ބެލުމުން އެނގެން އޮންނައޮތުމެވެ.
ތިންވަނަ ކަމަކީ، މީހަކު ހައްޔަރުގައި ނުވަތަ ބަންދުގައި ބެހެއްޓުމުގެ އަމުރު
ފަނޑިޔާރުން ނެރޭއިރު ރިޢާޔަތްކުރަންޖެހޭކަމަށް، ޤާނޫނުނަންބަރ 06/2008 (ޢާންމު ޤަވާއިދުތަކާއި
ބެހޭ ޤާނޫނު)ގެ ދަށުން ޤާނޫނީބާރު ލިބިފައިވާ "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 07 ވަނަ
މާއްދާގެ (ހ)ގައި ބަޔާން ކުރެވިފައިވާ ކަންކަމުގެ ތެރޭގައި ފިލާފާނެކަމުގެ ބިރު އޮންނަ ޙާލަތާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓަށް ހާޟިރު ނުވެދާނެ ކަމުގެ ބިރު އޮންނަ ޙާލަތާއި، ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރުއޮންނަ ޙާލަތު ހިމެނިފައިވާ ކަމާއި މިކަންކަން
މިޤަވާއިދަށް ބެލުމުން އެނެގެން އޮންނައޮތުމެވެ.
•ހަތަރުވަނަކަމަކީ، މިހާރު ޢަމަލުކުރެވެމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
49 ވަނަ މާއްދާއިން އެމީހަކާއިމެދު ތުހުމަތު ކުރެވިފައިވާ މައްސަލައަކާ ގުޅިގެން ފިލާފާނެކަމަށްޓަކައި
ނުވަތަ ކޯޓަށް ޙާޟިރުނުވެދާނެކަމަށްޓަކައި ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތި ވެދާނެކަމަށްޓަކައި އެމީހަކާއިމެދު ޝަރީޢަތުން ހުކުމެއް ކުރުމުގެ ކުރިންވެސް
އެމީހަކު ބަންދުގައި
ބެހެއްޓުމަށް ކޯޓުން އަމުރު ނެރެވިދާނެކަން އެނގެން އޮންނައޮތުމެވެ.
•ފަސްވަނަ ކަމަކީ، މިމައްސަލައާއި ގުޅޭ ޙާދިޘާ ހިނގިތަނަށް ދިޔަ 4 ފުލުހުން
މިމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކަށް ބަލާއިރު،2009 ޑިސެމްބަރު 15 ވަނަ ދުވަހުގެ
14:30 ހާއިރު ލ.ގަން ތުނޑި އޮފަށްކޮޅު ސަރަހައްދުގައި ލ.ގަން މަތިމަރަދޫ މަންދުގެ ޙަސަން
ޔޫސުފު މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބުމާއި ގުޅިގެން
އެދުވަހުގެ 14:45 އެހާ ކަންހާއިރު މި 4 ފުލުހުން އެސަރަޙައްދަށް ގޮސް މަޑުކޮށްގެން ތިއްބާ ޙަސަން
ޔޫސުފު އެސަރަހައްދު އޮޅައްކޮޅު މަގުން، ހުޅަނގުން އިރަށް(ސިނާއީ މަގަށް ނިކުންނަން) ރ.ނަންބަރ
AA0A P7400 (ވޭވް 110) ސައިކަލުގައި ދުއްވާފައި އަންނަނިކޮށް މިފުލުހުން މީނާއަށް
މަޑުކުރަން އެންގުމުން މީނާ ދުއްވަން އިން ސައިކަލު މަގުގެ އަނެއްކޮޅަށް އަނބުރާލައި ސައިކަލު
ބިންމައްޗަށް ދޫކޮށްލުމަށްފަހު ދުއްވައި ގަތުމުން ފުލުހުން ދުވެފައިގޮސް އޭނާއާ އަރާހަމަވި ވަގުތު
މީނާގެ ކަނާތު މުށު ތެރޭގައި އޮތް ކަމަލް ލައިޓް ސިނގިރޭޓް ފޮއްޓެއް ނަގާ އޭނާ ހުރިދިމާ ގަސްތަކުގެ
ތެރެއަށް އެއްލާލި ވަގުތު މަލް ލައިޓް ސިނގިރޭޓް ފޮށި ތެރެއިން ކަޅުކުލައިގެ އެއްޗެއް އަޅާފައި ހުރި
01 ރަބަރު ޕެކެޓް(ބޮޑު) އެދިމާ ގަސްތަކުގެ ވެއްޓުނުތަން މިފުލުހުންނަށް ފެނުނުކަމަށް
ފުލުހުންގެ ބަޔާންތަކުގައި ބުނެފައިވާއިރު،
05
0c
ތެރެއަށް
t
މި ފުލުހުންގެ ބަޔާންތަކުގައި މިބުނާ ރަނބަރު ޕެކެޓް ތަޙްލީލު ކުރެވުނު ތަޙްލީލު
ރިޕޯޓަށްބަލާއިރު އޭގެ ބަރުދަނުގައި ޓެޓްރާ ހައިޑްރޯ ކެނަބިރޯލްއާއި ކެނަބިނޯލްއަށް ޕޮޒިޓިވްވެފައިވާ
48.0628 ގްރާމް ހުރިކަން އެތަޙްލީލު ރިޕޯޓުން އެނގެން އޮންނައޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޖިނާއީ ކޯޓްގެ
02 ހދ
MF039396
ހަވަނަ ކަމަކީ: މިމައްސަލައާ ގުޅޭ ޙާދިޘާ ހިނގިތަނަށް ދިޔަ ފުލުހުން
މިމައްސަލައިގެ ތަޙްޤީޤަށް ދީފައިވާ އިސްވެ އިޝާރާތްކުރެވުނު ބަޔާންތަކުގައި ފުލުހުން މީނާއަށް
މަޑުކުރަން އެންގުމުން މީނާ ދުއްވަންއިން ސައިކަލް ބިންމައްޗަށް ދޫކޮށްލުމަށްފަހު ދުއްވައިގަތްކަމަށް
ބުނެފައިވުމުން މީނާ ފިލާފާނެ ކަމުގެ މައްޗަށާއި އަދި ކޯޓަށް ޙާޟިރު ނުވެދާނެކަމުގެ މައްޗަށް
ފުލުހުންގެ މިބަޔާންތަކުން ޤަރީނާލިބޭކަން އެނގެން އޮންނައޮތުމެވެ.
ހަތްވަނަކަމަކީ އިސްތިއުނާފު މިކުރެވޭ
އަމުރުގައި
އިޝާރާތްކުރައްވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެ އިޝާރާތްކުރެވުނު ނަންބަރު
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ
ބަލާއިރު
ޙަސަން ޔޫސުފު މިމައްސަލައާ ގުޅިގެން ފުރަތަމަ ބަންދުކުރެވިފައިވަނީ 2009 ޑިސެމްބަރު 15 ވަނަ
ދުވަހުގެ 14:45 ހާއިރު ލ. ގަން ތުނޑި އޮޅައްކޮޅު ޞަރަޙައްދުގައި މަސްތުވާ ތަކެތި ބޭނުންކޮށް
އެތަކެތީގެ ވިޔަފާރި ކުރަން އުޅުނުކަމަށް ތުހުމަތުކުރެވިގެންކަން އެނގެން އޮންނައިރު އެދުވަހު، ޙާދިޘާ
ހިނގިތަނަށް ދިޔަ ފުލުހުން، މީނާ ހުރި ސަރަޙައްދުން ފެނުނުކަމަށް ބުނެފައިވާ 01 ރަބަރު ޕެކެޓްގައި
48.0628 ގްރާމް ޓެޓްރާ ހައިޑްރޯ ކެނަބިނޯލް އާއި ކެނަބިނޯލް ހުރިކަން މައްސަލައިގެ ތަޙްލީލު
ރިޕޯޓްގެ ނަތީޖާއިން ދައްކާފައިވުމުންނާއި އަދި މީނާ އަކީ، ދެފަހަރެއްގެ މަތިން ވައްކަމުގެ ކުށް މީނާގެ
މައްޗަށް ޘާބިތުވެ ކޯޓުން މީނާގެ މައްޗަށް ޙުކުމެއްކޮށްފައިވާ މީހެއްކަން ދެފަރާތުގެ ބަހުން އެނގެން
އޮތުމުން މީނާއަކީ ބަންދުންކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ
އިޙްމާލުއޮތްމީހެއްކަމަށް ބެލެވިދާފަދަ ޙާލަތެއްގައި ވާމީހެއްކަން އެނގެން އޮންނައޮތުމެވެ.
• އަށްވަނަކަމަކީ: އިސްތިއުނާފު ކުރެވޭ ޖިނާއީ ކޯޓްގެ އިސްވެއިޝާރާތްކުރެވުނު
ކޯޓުއަމުރުގައި ޙަވާލާދެއްވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޯމްގައި ބުނާ މަނާކުރެވިފައިވާ
މަސްތުވާ އެއްޗެއް ވިޔަފާރީގެ ބޭނުމަށް އަތުގައި
ބެހެއްޓުމުގެ ކުށުގެ ދަޢުވާ ޖިނާއީ ކޯޓަށް ހުށަހެޅި
އެމައްސަލައިގެ ޝަރީޢަތް މިހާރު ހިނގަމުންދާކަމާއި
ނަމަވެސް އެމައްސަލަ ކޯޓުން އަދިނުނިމޭކަން
ދަޢުލަތުގެ ވާހަކައިން އެނގެން
އޮންނައިރު، ދައުލަތުގެ ފަރާތުން ޙަސަން ޔޫސުފުގެ މައްޗަށް ހުށަހަޅާފައިވާ ކަމަށްބުނާ މިމައްސަލަ
އަދި ކޯޓުން ނިމިފައިނުވާކަން ޙަސަން ޔޫސުފުގެ ފަރާތުން މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުންވެސް އެނގެން އޮންނައޮތުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
200/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ނުވަވަނަ ކަމަކީ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވިދިޔަ ގޮތުގެ މަތިން
ހުރުމާއިއެކު، ޖިނާއީ ކޯޓްގެ ނަންބަރ 2010/1983(J(MD-145 ގެ ކޯޓް އަމުރު އެގޮތުގެ މަތިން
ނެރުއްވާފައިވަނީ ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި އަދި ޢާއްމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ
ދަށުން ޤާނޫނީ ބާރު ލިބިފައިވާ އިސްވެ އިޝާރާތްކުރެވުނު ޤަވާއިދުގެ 7 ވަނަ މާއްދާއާއި
މިމައްސަލައާއި ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އިސްވެ އިޝާރާތްކުރެވިދިޔަ ލިޔުންތަކަށް
ފުރިހަމަޔަށް ރިޢާޔަށް ކުރެވިގެންނޫންކަމަށާއި އެހެންކަމުން ޖިނާއީ ކޯޓުގެ މިއަމުރު
ބާޠިލުކުރަންޖެހޭނެކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލިހަށް
4 2 2 4
ޙުކުމް
އިސްވެދިޔަ ސަބަބުތަކާއި ފާހަނގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާ
ރިޢާޔަތްކޮށް
ޖިނާއީކޯޓުގެ ނަންބަރ 2010
/
1983/(J
/
MD-145(2010-04-01) ގެ ކޯޓްއަމުރު
ބާޠިލްކޮށް
ލ.ގަން މަންދަގެ ޙަސަންޔޫސުފު (އައިޑީ ކާޑް ނަންބަރ A135401) ފިލާފާނެކަމުގެ
މައްޗަށާއި އަދި ކޯޓަށް ޙާޟިރު ނުވެދާނެ ކަމުގެމައްޗަށް މިމައްސަލައާއި ގުޅިގެން ހުށައެޅިފައިވާ
ފުލުހުންގެ ބަޔާންތަކުން ޤަރީނާ ލިބޭތީއާއި، އަދި މީނާއަކީ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމުގެ އިޙުތިމާލެއް އޮތްކަމަށް ބެލެވިދާފަދަ ޙާލަތެއްގައިވާ
މީހެއްކަމަށް އިސްވެފާހަގަ ކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބެލުމުން އެނގެންއޮންނާތީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
T
2010/HC-A/74
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
49
06/2008
ޤާނޫން އަސާސީގެ ވަނަ މާއްދާއަށާއި، ޤާނޫންނަންބަރ
(ޢާންމު ޤަވާޢިދުތަކާބެހޭ ޤާނޫނު)ގެ ދަށުން ޤާނޫނީ ބާރު ލިބިފައިވާ "ކުށެއްގެ ތުހުމަތު
ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދު" ގެ 7 ވަނަމާއްދާގެ (ހ)ގެ 3، 4، 5 މިނަންބަރުތަކަށް ރިޢާޔަތްކޮށް ބުނެވުނު ޤަވާޢިދުގެ
7 ވަނަ މާއްދާގެ (ށ)އާ ޙަވާލާދީ މިއަދު ( 2010/4/6 ދުވަހު)ގެ 12:00 އިން ފެށިގެން 15
ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ލ.ގަން މަންމަގެ
(އައިޑީ ކާޑް ނަންބަރA135401) ހަސަން ޔޫސުފު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
i
Cena
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ޢަލީ ޙަމީދު މުޙައްމަދު
(ފަނޑިޔާރު)
އަދި4.ލޯ
ފަނޑިޔާރު)
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ ތިންނަންބަރ ދޮރާށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv