ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/295 ޤަޟިއްޔާގެ ޙުކުމް
ރާއްލޭގެހާ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
20[38/fIC-A/295
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 295/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ޤާޞިމް
* ދާއިމީ އެޑްރެސް: ގއ. މާމެންދޫ ތަރިވިދާގެ
އައިޑީ ކާޑު ނަންބަރ: A119090 މިހާރުގެ އެޑްރެސް: ކ. މާފުށި ޖަލު
ވަކީލު: އަލްއުސްތާޛް މުޙައްމަދު ވަޙީދު އިބްރާހީމް، އައިވަރީހައުސް
*
.
• އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
ނިމުނު ތާރީޚް: 9 ޖުމާދަލްއައްވަލް 1434
ހުށަހެޅުނު ތާރީޚް: 4 ޛުލްޤައިދާ 1429
02 ނޮވެމްބަރު 2008
21
2013
(
40
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2006/JC/1664
• ނިންމެވިކޯޓް: ޖިނާއީ ކޯޓް
ޤަޟިއްޔާގެ
ކިޔާގެ ބާވަތް: ޤަޞްދުގައި މީހަކު މަރާލުން
• ހުށަހެޅުނުތާރީޚް: 06 ޑިސެމްބަރު 2006 * ނިމުނު ތާރީޚް: 29 ޖުލައި 2008
*
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/295
ފިހުރިސްތު
ޞަފްޙާ ނަންބަރ 03
pl- ދަޢުވާގެ ޚުލާޞާ:
02- ފާހަގަކުރެވުނު ނުކުތާތައް:
03-12:
03- ޙުކުމް:
10-13:
04- މަޙްޝަރު ބަޔާންތައް:
034
04.1 އިސްތިއުނާފުކުރި ފަރާތުގެ މަޙްޝަރު ބަޔާންތައް:
މުޙައްމަދު ޤާސިމް | ތަރިވިދާގެ، ގއ. މާމެންދޫގެ ފަރާތުން
ވަކީލު އޒީ. މުޙައްމަދު ވަޙީދު އިބްރާހީމް / މއ. އައިވަރީހައުސް ދެއްކި ވާހަކަ:
މަޙްޝަރު ނަންބަރ: 10-03 :HC
-
A
-
295 Mpg-2008
04.2 އިސްތިއުނާފް ރައްދުވި ފަރާތުގެ މަޙްޝަރު ބަޔާންތައް:
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން:
އދ. މަރްޔަމް ޙަނީފާ ޚާލިދު ދެއްކި ވާހަކަ:
މަޙްޝަރު ނަންބަރ: 02-01 :HC
-
A
-
295 Mpg-2008
05-މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
05.1 ޖިނާއީކޯޓްގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގެ
ކޮޕީ. (279 ޞަފްޙާ)
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ
ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 105
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/295
• ދަޢުވާގެ ޚުލާޞާ
މިއީ ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، ގއ. މާމެންދޫ/ ތަރިވިދާގެ މުޙައްމަދު ޤާޞިމް އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތެވެ.
* * * * *
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާޞިމް އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފުކޮށްފައިވެއެވެ.
02- ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާ އަކީ، ޢަލީ މަސްޢޫދު ސައީދާއި،
ފަރިޔާޝް އަޙްމަދާއި، މުޙައްމަދު ޤާޞިމް އާއި މުޙައްމަދު ޝިފްރާޒު، ގއ. ވިލިގިލި ކަނޑުއޮޅި
މުޙައްމަދު ޝިހާބު، 14 ޖުލައި 2006 ދުވަހު ގއ. މާމެންދޫ އަށް ގޮސް، އެރަށު އަތިރިފިނިވާގޭގައި
ހުއްޓާ އެގެއަށްވަދެ މާރާމާރީ ހިންގާފައިވާތީ އާއި، މިމާރާމާރީގައި ލިބުނު ގެއްލުމަށް ފަރުވާކުރަމުން
ދަނިކޮށް 17 ޖުލައި 2006 ދުވަހު މުޙައްމަދު ޝިހާބު މަރުވެފައިވާތީ، ޢަލީ މަސްޢޫދު ސަޢީދާއި،
ފަރިޔާޝް އަޙްމަދާއި، މުޙައްމަދު ޤާޞިމް އާއި މުޙައްމަދު ޝިފްރާޒުގެ މައްޗަށް ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި، ފާހަގަކުރެވުނު
ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގއ. މާމެންދޫ ގުލިސްތާނުގެ ޢަލީ މަސްޢޫދު ސަޢީދު އާއި، އެރަށު
ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދާއި، އެރަށު ތަރިވިދާގެ މުޙައްމަދު ޤާޞިމް އާއި އެރަށު ޕިންކްލައިޓް
މުޙައްމަދު ޝިފްރާޒުގެ މައްޗަށް ދައުލަތުން ކުޅަ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، 14 ޖުލައި 2006 ދުވަހު މުޙައްމަދު ޝިހާބު ގއ. މާމެންދޫ އަށް ގޮސް،
އެރަށު
އަތިރިފިނިވާގޭގައި ހުއްޓާ ޢަލީ މަސްޢޫދު ސަޢީދާއި، ފަރިޔާޝް އަޙްމަދު އާއި، މުޙައްމަދު ޤާޞިމް
އާއި މުޙައްމަދު ޝިފްރާޒު އެގެއަށްވަދެ މުޙައްމަދު ޝިހާބުގެ ގައިގާ ލަކުޑި ފަތި ބުރިތަކުންނާއި މިހަތަރު
މީހުންގެ އަތުންނާއި، ފައިން ތަޅާ މާރާމާރީ ހިންގާފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނައިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ
a (2
هل81
2008/HC-A295
2
މިމާރާމާރީގެ ސަބަބުން ލިބުނު ގެއްލުންތަކަށް ފަރުވާދެމުން ދަނިކޮށް 17 ޖުލައި 2006 ދުވަހު މުޙައްމަދު
ޝިހާބު މަރުވެފައިވާކަން އެނގެން އޮތުމުން، ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުން، ޢަލީ މަސްޢޫދު
ސަޢީދާއި، ފަރިޔާޝް އަޙްމަދާއި، މުޙައްމަދު ޤާޞިމް އާއި މުޙައްމަދު ޝިފްރާޒު ކުށްވެރިވެއްޖެ ކަމަށް
ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޤާނޫލް ޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ރ) ގެ ދަށުން ގއ.
މާމެންދޫ ގުލިސްތާނުގެ ޢަލީ މަސްޢޫދު ސަޢީދު އާއި، މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދާއި،
މާމެންދޫ/ ތަރިވިދާގެ މުޙައްމަދު ޤާޞިމް އާއި މާމެންދޫ ޕިންކްލައިޓް މުޙައްމަދު ޝިފްރާޒް
އާއި މިހަތަރު މީހުން މެރުމަށް ޙުކުމްކޮށް މައްސަލަ ނިންމީއެވެ.] މިފަދައިން ކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- އިސްވެ
ޔާންކުރެވުނު ގޮތުގެ މަތީން ޖިނާއީކޯޓްގެ ނަންބަރު 2006/JC/166
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޙުކުމާއި މެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ޤާޞިމް އެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، ފަސް ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީއަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެނުކުތާތަކަކީ:
· · 437
ކެތައެވެ.
(
• ފުރަތަމަ ނުކުތާއަކީ މައްސަލައިގާ ޤާނޫނީ ގޮތުން އެކަށީގެންވާ ހެއްކެއް ނެތި ސާބިތުވި ގޮތެއްނެތި
ބައިވެރިވެފައިވާ މިންވަރެއް އެނގެންނެތި، މުޙައްމަދު ޤާޞިމްގެ މައްޗަށް މަރުގެ ޙުކުމް
އިއްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ދެވަނަ ނުކުތާއަކީ: މުޙައްމަދު ޤާޞިމްގެ ފަރާތުން ދިފާޢުގެ ގޮތުގައި ހެކިން ހުށަހެޅުމުގެ
ފުރުޞަތަކަށް ޤާޟީ އަރިހުން މުޙައްމަދު ޤާޞިމްގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި އެދުމުން
އެފުރުޞަތު ނުދެއްވާ މުޙައްމަދު ޤާޞިމްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވުމާއި، މުޙައްމަދު
ޤާޞިމްގެ ވަކީލު ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ
ސުވާލު ކުރުމަށް ބޭނުން ކަމަށް ބުނެ އެފުރުޞަތައް ޤާޟީގެ އަރިހުން އެދުމުން ދަޢުވާކުރާ
ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ރަގީބާ ޙުސައިން އަދި ޖިނާން ޢަލީ ފިޔަވާ އެހެން ހެކިންނާ
ސުވާލު ކުރުމުގެ ފުރުޞަތު ނުދެއްވާ މައްސަލަ ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމު ގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: Www.highcourt.gov.mv
5
ޤު لއްޔާ ނމުނު ގޮތުގެ ރިޕޯޓް
2008/HC-A/25
• ތިންވަނަ ނުކުތާއަކީ: ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުންނާއި، މައްސަލަ
ބެއްލެވި ޤާޟީ މައްސަލައިގާ ޙުކުމް ކުރުމަށް ފާހަގަ ކުރައްވާފައިވާ ނުކުތާތަކުގެ ތެރެއިން 21
ވަނަ ނަންބަރުގައި މުޙައްމަދު ޝިހާބު މަރުވެފައިވަނީ ވަކި މިވެނި މީހަކު ޖެހި ޖެހުމަކުންކަން
ކަނޑައެޅިގެން އެނގެންނެތް ކަމަށް ވިދާޅުވެ، މުޙައްމަދު ޤާސިމްގެ މައްޗަށް މަރުގެ ޙުކުމް
އިއްވެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ފުށުއަރާ ގޮތައް އިއްވަވާފައިވާ ކަމެއް ކަމުގައިވުން
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ހަތަރު ވަނަ ނުކުތާއަކީ، އެކަށީގެންވާ މިންވަރުގެ ޔަގީންކަމެއް ނެތި ބަލަންވާ ވަރަށް ނުބައްލަވާ
މައްސަލާގައި މުޙައްމަދު ޤާސިމްގެ މައްޗަށް ޙުކުމް ކުރައްވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ: ބަލިކަށި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް މާމެންދޫ ތަރިވިދާގެ
މުޙައްމަދު ޤާޞިމްގެ މައްޗަށް މަރުގެ ޙުކުމް ސާބިތުކުރުމަކީ ޝަރުޢީ އުސޫލާ ޚިލާފު ޙުކުމެއް
ކަމުގައިވުން ކަމަށް ބުނެ ފާހަގަ ކުރި
2 2 223
04- މި މައްސަލައާއި ގުޅިގެން ޖިނާއީކޯޓްގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނު ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ މުޙައްމަދު ޤާޞިމް
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު
އަންނަނިވި ކަންތައް
ންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގައި އިތުރު ތިން މީހުންނާއެކު
މުޙައްމަދު ޤާޞިމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޤަޞްދުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ
ކަމާއި، އެދަޢުވާއަށް މުޙައްމަދު ޤާޞިމް އިންކާރު ކޮށްފައިވާކަމާއި، އެމައްސަލައާއި ގުޅިގެން ދައުލަތުގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި އިއްވާފައިވަނީ މުޙައްމަދު ޤާޞިމް ދީފައިވާ ބަޔާނެއްކަމަށާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.tv
6
ޤަޟިއްޔާ ނިމުނު ގޮތުގެ
20[08/HC-A/295
އެބަޔާނުގައި އެވަނީ މުޙައްމަދު ޤާސިމްގެ ސޮޔާއި އިގިލީގެ ނިޝާން ކަމަށާއި، ބަޔާންދީފައިވަނީ މުޙައްމަދު
ޤާޞިޚްގެ އިޚްތިޔާރުގައި ނޫންކަމަށާއި، ބިރުންކަމަށް ބުނެފައިވާއިރު؟
މުޙައްމަދު ޤާޞިމް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މިމައްސަލައިގާ އަނިޔާލިބި ނިޔާވެފައިވާ
މުޙައްމަދު ޝިހާބުގެ ގައިގާ ތަޅާ މާރާމާރީ ހިންގި މީހުންނާއި ބައިވެރިވެ މާރާމާރީ ހިންގާފައި ނުވާނެ
ކަމަށް ބުނެފައިވާކަމާއި، 2006 ޖުލައި 14 ވަނަ ދުވަހު މުޙައްމަދު ޤާޞިމް ފުޓްބޯޅަ ދަނޑުގައި
އުޅެނިކޮށް މުޙައްމަދު ޤާސިމްގެ ކޮއްކޮ ގއ. މާމެންދޫ ތަރިވިދާގެ މުޙައްމަދު ނާސިމް (މުޙައްމަދު
ނާޒިމް)، މުޙައްމަދު ޤާޞިމްގެ ފޯނަށް ގުޅާ ހޮޓަލަށް (މީޓިންގ ޕޮއިންޓް) ސައިބޯން އަންނާށޭ ބުނެގެން
16:00 ހާއިރު ހޮޓަލަށް ސައިބޯން ދިޔަކަމަށާއި، މުޙައްމަދު ޤާޞިމް ހޮޓަލަށް ސައިބޯން ދިޔައިރު ކޮއްކޮ
އާއި އެކުގައި
ގއ. މާމެންދޫ އިރުމަތީގެ ނާފިއު (ފުރިހަމަ ނަން ނޭނގެ) އާއި ސަޢީދު (ފުރިހަމަ ނަމާއި
އެޑްރެސް ނޭނގެ) ހޮޓާތެރޭ ތިބި ކަމަށާއި، މުޙައްމަދު ޤާޞިމްމެން ހޮޓަލުން ސައިބޮއި ނިމިގެން ހޮޓަލުން
ބޭރަށް ނިކުންތަނުން އައްދޯއްޔޭ ކިޔާ މީހަކު ގޮވާ އަޑު އިވެން ފެށުމުން ހަޅޭ ލަވާމީހާގެ އަޑު އިވެނީ
(ގއ. މާމެންދޫ އަތިރިފިނިވާގެ) ޢަލީ ސަޢީދު މެންގެއާއި ދިމާލުން ކަމަށާއި، ދެން މުޙައްމަދު ޤާޞިމް
ދުވެފައި އެތަނަށް ދިޔައިރު ޢަލީ ސަޢީދުމެން ގޭތެރޭގައި ޢަލީ މަސްޢޫދު އާއި ޝިފްރާޒު އާއި ފަރިޔާޝް
އާއި 03 މީހުން މުޙައްމަދު ޝިހާބުގެ ގައިގާ ތަޅަނީ ކަމަށާއި، މުޙައްމަދު ޤާޞިމަށް އެތަނަށް ދެވުނުއިރު
ޝިފްރާޒް، މުޙައްމަދު ޝިހާބުގެ ގައިގާ ބޮޑު ދޮރުކަންޏެއްގެ ލަކުޑި ފަތި ބުރިއަކުން ޖަހަން އުޅުމުން
މުޙައްމަދު ޤާސިމް ޝިފްރާޒުގެ އަތުން އެލަކުޑި ފަތިބުރި އަތުލުމަށްފަހު އެއްފަރާތަށް ޖައްސާލުމަށްފަހު
މުޙައްމަދު ޤާޞިމް އައިސް ޝިފްރާޒުގެ ބަނޑުގައި ދެއަތުން ހިފެހެއްޓުމުން ފޮޅުވާލައިފާ އޭނާ ދިޔައީ
ކަމަށް މުޙައްމަދު ޤާޞިމް ބުނެފައިވާކަން އެނގެން އޮވެއެވެ.
4,
(ށ) މިމައްސަލައިގާ ހެއްކެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ޖިނާއި ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށްފައިވާ ގއ. މާމެންދޫ އަތިރިފިނިވާގެ ޖިޔާނު ޢަލީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ތަޙްޤީޤަށް 2006 އޮކްޓޯބަރ 08 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި 2006 ޖުލައި 14 ވަނަ ދުވަހުގެ
ހަވީރުގެ ވަގުތެއްގައި ޖިނާނު ޢަލީ ގޭ ގިފިލިތެރޭގައި މަސްކަނޑަށް އިންދާ ގއ. މާމެންދޫ! ޕިންކްލައިޓް
މުޙައްމަދު ޝިފްރާޒު ގިފިލިތެރެއަށް ބޯދިއްކޮށްލާފައި ބައްޕަ ކޮބައިތޯ އެހުމުން، ބައްޕަ ގޭގައި ނެތްކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/295
ބުނިކަމަށާއި، ދެން މުޙައްމަދު ޝިފްރާޒު ގޭތެރެ ހޯދަމުންގޮސް ގޭތެރޭގައި ފާރެއްގައި ލައްކޮށްފައިހުރި
ލަކުޑިބުރިއެއް (ދިގުމިނުގައި ގާތްގަނޑަކަށް 5 ވަރަކަށް ފޫޓު ހުރި) ނަގައިގެން ދިޔަކަމަށާއި، މުޙައްމަދު
ޝިފްރާޒު އެލަކުޑިބުރި ހިފައިގެން ދިޔަތާ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި މީހަކު ހަޅޭއްލަވާގަތް އަޑު
އިވުމުން ޖިނާނު ޢަލީ ގިފިލިން ބޭރަށް ނިކުމެ ބަލާލިއިރު މުޙައްމަދު ޝިފްރާޒު އާއި ގއ. މާމެންދޫ މާސް
ޢަލީ މަސްއޫދު ސަޢީދު އާއި ގއ. މާމެންދޫ! ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު އާއި އިތުރު މީހަކު
ކާކުކަމެއް ނޭގޭ، ވެގެން ވެއްޓިފައި އޮތް މީހެއްގެ ދެފައިގާ ހިފާ ބިންމަތީގައި ދަމާފައި އެމީހާ ޖިނާނު ޢަލީ
މެންގެ ގޭ ތެރެއިން މަގު މައްޗަށް ނެރޭކަމަށާއި، ޢަލީ މަސްޢޫދު ސަޢީދު ވެއްޓިފައި އޮތް މީހާގެ ގައިގައި
ފައިން ޖެހިތަން ޖިނާނު ޢަލީއަށް ފެނުނު ކަމަށާއި، އޭގެ އިތުރުން އެތަނަށް މީހުން އެއްވެފައި އޮތުމުން
އެހެން މީހަކު ޖެހިތަނެއް ނުދޭކަމަށް ޖިނާނު ޢަލީ ބުނެފައިވާއިރު،
ޖިނާނު ޢަލީ ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް 2007 ނޮވެމްބަރު 25 ވަނަ ދުވަހު ދީފައިވާ
ބަޔާނުގައި، މިމައްސަލައާއި ގުޅިގެން ފުލުސް އޮފީހުގެ ތަޙްޤީޤަށް ބަޔާނެއް ދިންކަމަށާއި، އެއީ ހާދިސާ
ހިނގާދިޔަގޮތަށް ޖިނާނު ޢަލީގެ ފުރިހަމަ އިޚްތިޔާރުގައި ތެދު ބަހުން ދީފައިވާ ބަޔާނެއްކަމަށް ބުނެފައިވާއިރު
ޖިނާނު ޢަލީ އާއި ދަޢުވާލިބޭ ފަރާތްތަކުން ސުވާލު ކޮށްފައިވާކަން އެނގެން އޮވެއެވެ.
(
(ނ) މިމައްސަލައިގާ ހެއްކެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކޮށްފައިވާ މާމެންދޫ އަތިރިފިނިވާގެ ރަޤީބާ ޙުސައިން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް 2006 ޖުލައި 23 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި 2006 ޖުލައި 14 ވަނަ
ދުވަހުގެ 16:30 ހާއިރު ރަޤީބާ ޙުސައިން ދިރިއުޅޭގެ ކަމުގައިވާ ގއ. މާމެންދޫ އަތިރިފިނިވާގެ ކޮޓަރި
ތެރޭގައި އުޅެނިކޮށް ކޮންމެވެސް މީހަކު ބޭރުން ސަލާމް ގޮވާލުމުން ގޭގެ އުތުރު ފަރާތު ބޮޑު ދޮރު ފެންނަ
ވަރަށް ނުކުތްއިރު ގޭގެ އުތުރު ފަރާތު ދޮރުކައިރީގައި ކުރިން ރަޤީބާ ޙުސައިން ކޮންމެވެސް ވަރަކަށް
ފަރެސްމާތޮޑާ ކުއްޖެއް (ފުލުހުންގެ ތަޙްޤީޤުން އެގުނު ގޮތުގައި ގދ. ފަރެސްމާތޮޑާ
ދިލްކުޝާދުގެ ޖަމްޝީދު މުޙައްމަދު ހުރި ކަމަށާއި، އަދި ޖަމްޝީދު އާއެކު އިތުރު ކުއްޖަކު (ފުލުހުންގެ
ތަޙްޤީޤުން އެގުނު ގޮތުގައި ވިލިނގިލި ކަނޑުއޮޅި މުޙައްމަދު ޝިހާބު) ވެސް ހުރިކަމަށާއި،
ޖަމްޝީދު މުޙައްމަދު، ރަޤީބާ ޙުސައިންގެ ބޭބެ މާމެންދޫ ރޯޝަނީގެ ރާމިޒް ޙުސައިން ކޮބައިތޯ
ދަންނަ ގދ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2 3x
ޤަޟިއްޔާ ނިމުނު
208C-AA/295
Coc
ސުވާލުކުރުމުން، ރަޤީބާ ޙުސައިން ޖަވާބު ދޭން އުޅެނިކޮށް ރަޤީބާ ޙުސައިންގެ ގޭގެ ދެކުނު ފަރާތުގައި ހުރި
ދޮރުން ވަދެގެން އައި ގއ. މާމެންދޫ ޝިފްރާޒު (ފުލުހުންގެ ތަޙްޤީޤުން އެގުނު ގޮތުގައި
ގއ. މާމެންދޫ
ޕިންކްލައިޓް މުޙައްމަދު ޝިފްރާޒު) އަތުގައި އޮތް ލަކުޑި ބުރިއަކުން (ލަފާކުރެވޭ ގޮތުގައި ހަތަރު ފޫޓް ދިގު
ދެ އިންޗި ފުޅާ) ޖަމްޝީދު މުޙައްމަދު އާއިއެކު އައިސް ހުރި މުޙައްމަދު ޝިހާބުގެ ބޮލުގައި ޖެހިތަން
ރަޤީބާ ޙުސައިނަށް ފެނުނުކަމަށާއި، އެވަގުތު މުޙައްމަދު ޝިހާބު ގޭތެރެއަށް ބިންމައްޗަށް ވެއްޓުނީ ކަމަށާއި،
މުޙައްމަދު ޝިހާބު ބިންމައްޗަށް ވެއްޓުމުން މަސްޢޫދު ސަޢީދު ފައިން ބިންމައްޗަށް ވެއްޓިފައި އޮތް
މުޙައްމަދު ޝިހާބުގެ ބުރަކަށީގައި ޖެހިކަމަށާއި، މުޙައްމަދު ޝިފްރާޖު އާއި ޢަލީ މަސްއޫދު ސަޢީދު އާއި
ދެމީހުން މުޙައްމަދު ޝިހާބުގެ ގައިގައި ތަޅާ މާރާމާރީ ހިންގި ވަގުތު ގއ. މާމެންދޫ! ތަރިވިދާގެ މުޙައްމަދު
ޚާލިދު (މުޙައްމަދު ޤާޞިމް) މަންޒަރު ބަލަން ހުރިކަމަށާއި، ނަމަވެސް މުޙައްމަދު ޤާޞިމް އެއްވެސް
މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގަނިކޮށް ނުދެވޭކަމަށާއި، މުޙައްމަދު ޤާޞިމް އެތަނުގައި ހުރެފައި
މުޙައްމަދު ޝިފްރާޒު، މުޙައްމަދު ޝިހާބުގެ ގައިގާ ތަޅާ މާރާމާރީ ހިންގަމުން ގެންދާތީ މުޙައްމަ
ޝިފްރާޒުގެ ދެކޮޑުގައި ހިފާ ދުރު ކުރަނިކޮށް ފެނުނުކަމަށާއި، މުޙައްމަދު ޝިފްރާޒު އާއި ޢަލީ މަސްއޫދު
ސަޢީދު އާއި ދެމީހުން ފިޔަވައި އިތުރު މީހަކު މުޙައްމަދު ޝިހާބު ގައިގައި ތަޅާ މާރާމާރީ ހިންގަނިކޮށް
ނުދެކޭ ކަމަށް ރަޤީބާ ޙުސައިން ބުނެފައިވާއިރު،
ރަޤީބާ ޙުސައިން ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް 2007 ނޮވެމްބަރު 25 ވަނަ ދުވަހު
ދީފައިވާ ބަޔާނުގައި، މިމައްސަލައާއި ގުޅިގެން ފުލުސް އޮފީހުގެ ތަޙްޤީޤަށް ބަޔާނެއް ދިންކަމަށާއި، އެއީ
ހާދިސާ ހިނގާދިޔަގޮތަށް ރަޤީބާ ޙުސައިންގެ ފުރިހަމަ އިޚްތިޔާރުގައި ތެދު ބަހުން ދީފައިވާ ބަޔާނެއްކަމަށް
ބުނެފައިވާކަން އެނގެން އޮތުމުގެ އިތުރުން، ދަޢުވާލިބޭ ފަރާތްތަކުން ރަޤީބާ ޙުސައިން އާއި
ސުވާލުކޮށްފައިވާކަން އެނގެން އޮވެއެވެ.
08
{
(ރ) ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގައި ދަޢުވާލިބޭ އެއްފަރާތް ކަމުގައިވާ
ގއ. މާމެންދޫ ޕިންކްލައިޓް މުޙައްމަދު ޝިފްރާޒު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް 2006
އޯގަސްޓް 29 ވަނަ ދުވަހު ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި، މުޙައްމަދު ޝިފްރާޒު
މާމެންދޫ! އަތިރިފިނިވާގެއަށް ވަދެގެންގޮސް ތެރޭގައި ޓިނުން ހަދާފައިހުރި ބަދިގެ ކައިރީގައި އޮތް
ect
31
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
ނިމުނު ގޮތުގެ
2008/HC-AA295
ގާތްގަޑަކަށް ދިގުމިނުގައި ހަތަރު ފޫޓް އަދި ފުޅާމިނުގައި ހަތަރު އިންޗި ހުންނަވަރުގެ ލަކުޑި ފަތިބުރިއެއް
ހިފައިގެން އައި އިރު މުޙައްމަދު ޝިހާބު ހުރީ ރަޤީބާ ޙުސައިން އާއި ވާހަކަ ދައްކަން ގޭތެރޭގައި ކަމަށާއި،
މުޙައްމަދު ޝިފްރާޒު ލަކުޑި ފަތިބުރި ހިފައިގެން އައުމުން މުޙައްމަދު ޝިހާބު އޭނަ ލައިގެން ހުރި
ޖިންސުގެ ޖީބުން ގާތްގަނޑަކަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ނަގާފައި މުޙައްމަދު ޝިފްރާޒު އާއި
ދިމާލަށް ކައިރިވެއްޖިއްޔާ ވަޅި ޖަހާނަމޭ ބުނި ކަމަށާއި، އެހެން ބުނުމުންވެސް މުޙައްމަދު ޝިފްރާޒުގެ
އަތުގައި އޮތް ލަކުޑި ފަތިބުރިން މުޙައްމަދު ޝިހާބުގެ ބަނޑުގައި އެއްފަހަރު ޖެހި ކަމަށާއި، ލަކުޑި
ފަތިބުރިން ޖެހުން މުޙައްމަދު ޝިހާބު ވެއްޓުނު ކަމަށާއި، އެވަގުތު ގޭތެރޭގައި ހުރި ފާރެއްގައި އޭނާގެ
ބޯޖެހި ބޯފަޅައިގެން ދިޔައީ ކަމަށާއި، މުޙައްމަދު ޝިހާބު ވެއްޓި އޭނާގެ ބޯ ފަޅައިގެން ދިޔަ ފާރަކީ
ސިމެންތި ނުޖަހާ ތެޅިގަލުން ރާނާފައި ހުރި ފާރެއް ކަމަށާއި، މުޙައްމަދު ޝިހާބު ވެއްޓިފައިވަނިކޮށް އޭނާގެ
ފައިގެ ކަކުލުގައި މުޙައްމަދު ޝިފްރާޒުގެ އަތުގައި އޮތް ލަކުޑި ފަތިބުރިން އެއްފަހަރު ޖެހިކަމަށާއި، ދެވަނަ
ފަހަރަށް މުޙައްމަދު ޝިފްރާޒުގެ އަތުގައި އޮތް ލަކުޑި ފަތިބުރިން މުޙައްމަދު ޝިހާބުގެ ގައިގާ ޖަހަން
މަލާލިތަނުން މުޙައްމަދު ޝިފްރާޒުގެ ފުރަގަހުން ގއ. މާމެންދޫ/ ތަރިވިދާގެ މުޙައްމަދު ޤާޞިމް (މުޙައްމަދު
ޚާލިދު) އައިސް މުޙައްމަދު ޝިފްރާޒުގެ އަތުގައި އޮތް ލަކުޑި ފަތިބުރި ދަމައިގަނެގެން ގެންދިޔަކަމަށާއި،
ލަކުޑި ފަތިބުރި އަތުލުމަށްފަހު މުޙައްމަދު ޤާސިމް މުޙައްމަދު ޝިފްރާޒުގެ ބަޑުގައި ދެއަތުން ހިފެހެއްޓުމުން
މުޙައްމަދު ޤާސިމްގެ އަތް ފޮޅުވާލައިފައި ނެއްޓިގެން މުޙައްމަދު ޝިހާބު މުޙައްމަދު ޝިފްރާޒުގެ އަތް
ދަނޑިމައްޗަށް ނަގައިގެން އަތިރިފިނިވާގެ ތެރެއިން މަގުމައްޗަށް ނިކުމެ މަގުމަތީގައި މުޙައްމަދު ޝިހާބު
ބޭއްވި ކަމަށާއި، މުޙައްމަދު ޝިހާބު މަގުމަތީގައި އޮއްވާ އޭނާގެ ފައިސާ މުޙައްމަދު ޝިފްރާޒުގެ ފައިން
އެއްފަހަރު ޖެހިކަމަށާއި، މުޙައްމަދު ޝިހާބުގެ ގައިގާ މުޙައްމަދު ޝިފްރާޒު ފިޔަވައި އިތުރު މީހަކު ޖަހާ
މާރާމާރީ ހިންގި މަންޒަރު މުޙައްމަދު ޝިފްރާޒު ނުދޭކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު،
މުޙައްމަދު ޝިފްރާޒު ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް 2007 މެއި 02 ވަނަ ދުވަހު
ދީފައިވާ ބަޔާނުގައި، މިމައްސަލައާއި ގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ބަޔާނެއް ދިންކަމަށާއި، އެބަޔާނުގައި
އެވަނީ މުޙައްމަދު ޝިފްރާޒުގެ ސޮޔާއި އިގިލީގެ ނިޝާން ޖަހާފައިކަމަށް ބުނެފައިވާކަން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029, ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
[10
ޤަޟިއްޔާ ނިމުނު ގެ
2008/HC-A295
02 2 32
ނއިވާދއ
(ބ) ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް
ބަލާއިރު އެޤަޟިއްޔާ އެކޯޓަށް ހުށަހެޅިފައިވަނީ 2006 ޑިސެމްބަރ 06 ވަނަ ދުވަހު ކަމާއި، އެޤަޟިއްޔާ
އެކޯޓުން ނިމިފައިވަނީ 2008 ޖުލައި 29 ވަނަ ދުވަހު ކަމާއި، 2008 އޯގަސްޓް 07 ވަނަ ދުވަހު
ދިވެހިރާއްޖޭގައި ކުރިން ޢަމަލު ކުރަމުން ދިޔަ ޤާނޫނުއަސާސީ އުވުމަށްފަހު އައު ޤާނޫނުއަސާސީއަކަށް
ޢަމަލު ކުރަންފެށިފައިވާ ކަމާއި، އަލަށް ޢަމަލު ކުރަން ފެށުނު މިޤާނޫނުއަސާސީގެ ދަށުން ކުށުގެ
ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނާއި ދަޢުވާ އުފުލިފައިވާ މީހުންނަށް ލިބިފައިވާ ޙައްޤުތަކާއި ޖިނާއީ
އުފުލިފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވާނެ މިންގަނޑު ފަދަ ޖިނާއީ ކުށްތައް
ސާބިތުކުރުމުގެ
.ގެ އިޖުރާތާއި ގުޅޭ މަޑުދައު (Principle) ތަކެއް ޤާއިމުކޮށްފައިކަން އެނގެން އޮންނަކަމާއި،
ޖިނާއި ކުށް ސާބިތު ކުރުމާއި އަދަބު ކަނޑައެޅުމުގައި އިސްތިޤްރާރުވެފައިވާ މައްދައުތަކަށް
ބަލާއިރު، ޢާންމު އުޞޫލެއްގެ ގޮތުން އަލަށް ޢަމަލުކުރަންފެށޭ ޖިނާއީ ޤާނޫނެއް އެޤާނޫނަށް ޢަމަލުކުރަން
ފެށުމުގެ ކުރިން ހިނގާފައިވާ ވާޤީޢާއެއްގެ މައްޗަށް ނުހިންގޭނެކަމާއި، އެގޮތުގެ މަތީން ޢަމަލުކުރެވޭނީ
އަލަށް ޢަމަލުކުރަން ފެށޭ ޖިނާއީ ޤާނޫނަކީ މުއްތަހަމަށް ބޮޑަށް މަޞްހަލަތު ގޯސް ޤާނޫނަކަށް ވެއްޖެކަމާއި،
އެއާޚިލާފަށް އަލަށް ޢަމަލުކުރަން ފެށޭ ޤާނޫނަކީ މުއްތަހަމުގެ ޙައްޤުގައި އޭނައަށް ބޮޑަށް ފަހިވާ
ޤާނޫނެއްކަމުގައިވާނަމަ އެޤާނޫނު މާޟީގައި ހިނގާފައި ވާޤިޢާއަކަށް ހިންގިދާނެކަން އެނގޭކަމާއި،
އެހެންކަމުން މުއްތަހަމަށް ބޮޑަށް މަޞްލަހަތު ރަނގަޅު ނުވަތަ ބޮޑަށް ފަހިވާ ޤާނޫނު ތަޠްބީޤްކުރުމުގެ
މަޞްދައު އަކީ ފައިޞަލާކުރުވަނިވި ނިހާއީ ޙުކުމެއް ކަނޑައެޅިފައިނުވާ ކޮންމެ ވާޤިޢާއެއްގެ މައްޗަށް ރަޖްޢީ
(retrospective) ކޮށް ތަޠްބީޤްކުރެވިދާނެ މަބްދައު އެއްކަމާއި، މިމަބްދައު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ޝާމިލްވެ ބަޔާންވެގެންވާކަމާއިގެ
ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޟިރުކުރާ ހެކީންނާ ސުވާލުކުރުމާއި، އެ މީހަކު
ހެކީން ޝަރީޢަތަށް ހާޟިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު
ކުރުމުގެ ޙައްޤު ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ
51 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުން ބަޔާންކުރެވިފައިވާކަން އެނގެން އޮވެއެވެ.
#
ބޭނުން
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
d
2008/HC-A/295
(ޅ) މުޙައްމަދު ޤާސިމްގެ ފަރާތުން ދިފާޢުގެ ގޮތުގައި ހެކިން ހުށަހެޅުމުގެ ފުރުޞަތަކަށް ޤާޟީ
އަރިހުން މުޙައްމަދު ޤާސިމްގެ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި އެދުމުން އެފުރުޞަތު ނުދެއްވާ މުޙައްމަދު
ޤާޞިމްގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާކަމަށާއި، މުޙައްމަދު ޤާޞިމްގެ ވަކީލު ތަކުރާރުކޮށް
ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާ ހެކިންނާ ސުވާލު ކުރުމަށް ބޭނުން ކަމަށް ބުނެ
އެފުރުޞަތައް ޤާޟީގެ އަރިހުން އެދުމުން ދަޢުވާކުރާ ފަރާތުން ހުށަހެޅި ހެކިންގެ ތެރެއިން ރަޤީބާ
ޙުސައިން އަދި ޖިނާން ޢަލީ ފިޔަވާ އެހެން ހެކިންނާ ސުވާލު ކުރުމުގެ ފުރުޞަތު ނުދެއްވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ މުޙައްމަދު ޤާޞިމުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާބަލާއިރު،
އިސްތިއުނާފު މިކުރެވޭ ޖިނާއީ ކޯޓުގެ ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި
ހުށަހަޅާފައިވާ ގދ، ފަރެސްމާތޮޑާ| ދިރާސާގެ، އިބްރާހީމް ނާޒިމުއާއި، ގދ. ފަރެސްމާތޮޑާ| ފިނިހިޔާ،
މުޙައްމަދު ޖިހާދު އާއި، ޏ. ފުވައްމުލަށް ފުލޫނިޔާގެ ޙުސައިން ސަޢީދުގެ ހެކިބަސް ނަގާފައިވަނީ، ޖިނާޢީ
ކޯޓަށް ޙާޟިރުކުރުމަކާއި ނުލައި، ރަށުކޯޓު މެދުވެރިކޮށް ލިޔުމުންކަން މިޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، އެފަރާތްތަކުން ދީފައިވާ ހެކިބަހުގައި ތަޙްޤީޤު ބަޔާނަށް ރިފަރކޮށް
ހެކިބަސް ދީފައިވާކަން އެނގެން އޮންނައިރު، އެއީ ޝަރީޢަތަށް ކަމެއް ސާބިތު ކުރުމަށް ޝަރީޢަތުގެ
މަޖިލީހުގައި އެކަމެއްކުރަނިކޮށް ދުށް ގޮތަށް އެކަމަކާއި، އެކަންކުރި ބައެއް ސިފަކޮށް ބަޔާންކޮށްދޭންޖެހޭ
އުޞޫލުން، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ މަޤްޞަދު ޙާޞިލުވާގޮތަށް ދީފައިވާ ހެކިބަހެއް
ކަމަށް ބެލެވެން ނެތްކަމާއި، ހެކިބަހަކީ އެއާއިމެދު ޝަރީޢަތުގައި ސުވާލުކުރެވި ސާފުކޮށް ޝަރީޢަތަށް
ކަންވެފައިވާގޮތް ހާމަކުރެވެންޖެހޭ ޝަރީޢަތުގައި ދެވޭ ހެކިބަހެއްކަމަށްވުން ޝަރުޢީ ގޮތުން ލާޒިމްވާއިރު މި
އުޞޫލުން އެ ތިންމީހުންގެ ހެކިބަސް ފުރިހަމަ ގޮތެއްގައި ޝަރީޢަތަށް ނެގިފައިނުވާކަން އެނގޭކަމާއި؛
މިއިސްތިއުނާފުކުރެވޭ ޤަޟިއްޔާއާއި ގުޅިގެން ޖިނާއީ ކޯޓަށް ހާޟިރުކުރެވިފައިވާ ހެކިންކުރެ ރަޤީބާ
ޙުސައިން އާއި ޖިނާން ޢަލީ އާއި ސުވާލު ކުރުމުގެ ފުރުޞަތު ދަޢުވާލިބޭ ފަރާތްތަކަށް ލިބިދެވިފައިވާކަން
އެނގެން އޮންނަކަމާއި، އެ ދެ ހެކިންގެ ހެކިބަހުން ޖިނާއީ ކޯޓަށް ހުށަހެޅިފައިވާ ކުށުގެ ދަޢުވާ
މިމައްސަލައިގާ އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މުޙައްމަދު ޤާސިމްގެ މައްޗަށް ސާބިތުވުމަށް ބާރުލިބޭ
ފަދަ ހަރުދަނާ ޤަރީނާއެއްވިޔަސް ލިބިފައިނުވާއިރު، މިމައްސަލައިގާ ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325،029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2 25w
ޤަޟިއްޔާ ނިމުނު
مری
2
81
2008/FIC-A/295
4 2 2 4 9,
މުޙައްމަދު ޤާސިމްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގައި އޭނަގެ ފަރާތުން ހެކިން ހާޟިރުކުރުމަ
ބޭނުންވާ ކަމާއި، ހެކިންނާއި ސުވާލުކުރުމަށް ބޭނުންވާކަމަށް ބުނެފައިވާކަން އެންގެން އޮންނަކަމާއިގެ
އެހެންކަމުން ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އިސްވެ އިޝާރާތްކުރެވުނު
އިބްރާހީމް ނާޒިމުއާއި މުޙައްމަދު ޖިހާދު އާއި، ޙުސައިން ސަޢީދުއާއި މިތިން ހެކިންނާއި ސުވާލުކުރުމުގެ
ފުރުޞަތު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލިހުގައި
ލިބިދިނުމުގެ އިތުރަށް މުޙައްމަދު ޤާޞިމްގެ ފަރާތުން ދިފާޢުގައި ޝަރީޢަތަށް ހާޟިރުކުރުމަށް ބޭނުންވާ
ހެކިން ހާޟިރުކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދެވެން ޖެހޭނެކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި ފަނޑިޔާރުންގެ މަޖިލީހުން ދެކެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށްބަލާއިރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުން ދެކެނީ ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގައި މުޙައްމަދު
ޤާސިމުގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމު ބާޠިލުކުރަންޖެހޭ ކަމަށާއި އެޤަޟިއްޔާގައި މުޙައްމަދު
ޤާޞިމުގެ މައްޗަށް ހުށަހެޅުނު ދަޢުވާ މިޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް
އަލުންބަލާ ނިންމުމަށް ކްރިމިނަލް ކޯޓަށް ތަޙްލީލުކުރުމާއެކު، މުޙައްމަދު ޤާޞިމަކީ ގަސްތުގައި މީހަކު
މަރާލުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްކަމުގައިވާތީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ ދަށުން މުޙައްމަދު
ޤާޞިމުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ލަސްނުކޮށް ކަމާބެހޭ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާ
މުޙައްމަދު ޤާޞިމުގެ ބަންދާމެދު ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ. ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ޖިނާއީކޯޓުގެ ނަންބަރު
2006/JC/1664 ޤަޟިއްޔާ އެކޯޓުން ބަލާ ނިންމެވުމުގައި ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް
އަދާކުރުމަށް އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(ކ) ގައި ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ހެކިބަސް ނެގިފައި ނުވާކަން އެނގެން އޮންނާތީއާއި،
ދަޢުވާލިބޭ ފަރާތުގެ ހެކިން ޙާޟިރުކޮށް އެފަރާތްތަކާއި ސުވާލުކުރުމާއި ދިފާޢު ބިނާކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2008/HC-A295
ނިމުނު ގޮތުގެ ރި
މަސައްކަތްކުރުމަށް އެކަށީގެންވާ ފުރުޞަތު ދެވިފައިވާކަމަށް ބެލެވެން ނެތަތީ، ޖިނާއީކޯޓުގެ ނަންބަރު
2006/JC/1664 ޤަޟިއްޔާގައި މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާޞިމުގެ މައްޗަށް
ކަނޑައަޅުއްވާފައިވާ ޙުކުމް ބާޠިލުކުރުމާއެކު، ޖިނާއީކޯޓުގެ ނަންބަރު 2006/JC/1664 ޤަޟިއްޔާގައި
ގއ. މާމެންދޫ ތަރިވިދާގެ މުޙައްމަދު ޤާޞިމުގެ މައްޗަށް ހުށަހެޅުނު ދަޢުވާ މިޤަޟިއްޔާގައި
ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އަލުންބަލާ ނިންމުމަށް ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ކްރިމިނަލް ކޯޓަށް
ތަޙްލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މުޙައްމަދު ޤާސިމަކީ
ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހެއްކަމުގައިވާތީ، ކުށެއްގެ ތުހުމަތުގައި
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު، އާއި
އެއްގޮތްވާ ގޮތުގެ މަތީން މުޙައްމަދު ޤާޞިމުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، ލަސްނުކޮށް ކަމާބެހޭ
ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅާ މުޙައްމަދު ޤާޞިމުގެ ބަންދާމެދު ގޮތެއް ނިންމުމަށް އަމުރުކޮށް
އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
cc 370 1
.
ޤަޟިއްޔާ ބަލާ ޙުކުމް ކުރީ
ޓީa
އަތްމަތީގައެވެ
އަޙްމަތުޝޮރީފު
{
ޢަބްދުލްޣަނީ މުޙައްމަދު
(ފަނޑިޔާރު)
(ފަނޑިޔާރު)
(އިސްފަނޑިޔާރު)
ތައްޔާރުކުރީ: ޢާއިޝަތު ޝިހާބު
އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އަބުރުޖު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcouirt.gov.mv