ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/328 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
ޤަޟިއްޔާ ނަންބަރ: 328/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރ:-
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ފައިޞަލް ޙަސަން
އައިޑީ ކާޑުނަންބަރު: A095039
* ދާއިމީ އެޑްރެސް: ޖެމިސްކޯސ.ހިތަދޫ
މިހާރުގެ އެޑްރެސް: މިސްކޯ ސ.ހިތަދޫ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ޛުލްޙިއްޖާ 1434
10 އޮކްޓޯބަރު 2013
ނިމުނު ތާރީޚް:
ޚް: 01 ޖުމާދަލްއޫލާ 1435
02 މާރޗް 2014
6
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/S2C/590
ނިންމެވިކޯޓް: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ވައްކަންކުރުން
ހުށަހެޅި ތާރީޚް: 27 ނޮވެމްބަރު 2012
* ނިމުނު ތާރީޚް: 03 މާރޗް 2013
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/328
• ދަޢުވާގެ ޚުލާޞާ
މިއީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ: 2012/S2C/590 ޤަޟިއްޔާ
އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާ އެކެވެ.
މި ޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ސ.ހިތަދޫ/ޖެމިސްކޯ، ފައިޞަލް ޙަސަން (ދ.ރ.ކާޑް ނަންބަރު
A095039) އެވެ.
4.08
9ދPa
އީއެޑްއިe
01- އިސްތިއުނާފު މިކުރެވޭ
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S2C/590 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަކީ، 20 އޭޕްރީލް 2012 ދުވަހު 11:00 ހާއިރު
ދިޔަރެސް އިންވެސްޓްމެންޓް
ޓްމެންޓް ގައި ހުރި ލަވް ބާރޑް ކޮށި ހަލާކު ކޮށްގެން އެކޮށިން 4 ލަވް ބާރޑް ވަގަށް
ނަގާފައިވަނިކޮށް، އެދުވަހުގެ ވަގުތެއްގައި ސ.ހިތަދޫ ވިހަލަގޮޑިމާގެ މުޙައްމަދު ސަލީމް އަށް ފައިޞަލް ޙަސަން
2 ލަވް ބާރޑް ވިއްކި ކަމަށް މުޙައްމަދު ސަލީމް ބުނާތީ އާއި، މުޙައްމަދު ސަލީމް އަށް ފައިޞަލް ޙަސަން
ވިއްކި 2 ލަވް ބާރޑް އޭގެ ވެރިފަރާތް ކަމުގައިވާ ސ.ހިތަދޫ ޓިނުޖެހިގެ ސޫރަޖް އިބްރާހީމް އަށް
ލިބިފައިވާކަމަށް ސޫރަޖް އިބްރާހިމް ބުނާތީއާއި، މުޙައްމަދު ސަލީމް އަށް ފައިޞަލް ޙަސަން ވިއްކި 2 ލަވް
ބާރޑަކީ ކާކުކަން ނޭނގޭ މީހެއްގެ އަތުން -/400ރ. (ހަތަރު ސަތޭކަ ރުފިޔާ) އަށް ފައިޞަލް ޙަސަން ގަތް
2 ލަވް ބާރޑް ކަމަށް ފައިޞަލް ޙަސަން ބުނިނަމަވެސް، އެކަން ފައިޞަލް ޙަސަން އަށް ސާބިތުކޮށް
ދެވިފައި ނުވާތީ އާއި މިވައްކަން ކުރީ ފައިޞަލް ޙަސަން ކަމަށް ބެލެވޭތީ، ޤާނޫނުލް އުޤޫބާތުގެ 131 ވަނަ
މާއްދާގެ (ހ) ގެ ދަށުން ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ، ކަން އެނގެން އޮންނައިރު،
ޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި
ފާހަގަ ކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމަށްފަހު ދައުލަތުގެ ފަރާތްޕުޅުން ސ.ހިތަދޫ ޓެމިސްކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފައިޞަލް ޙަސަން (ދ.ރ.ކާޑް ނަންބަރު:A095039 ) ގެ މައްޗަށް ހުށަހެޅުއްވީ ވައްކަމުގެ ކުށުގައި، ދަޢުވާ
ލިބޭ ފަރާތުން ވައްކަމުގެ ކުށުގެ ދަޢުވާއަށް އިންކާރު ކޮށްފައިވާތީ އާއި އަދި އެކަން ސާބިތު ކުރުމަށް ބޭނުންވާ
ޢަދުލުވެރި ދެހެކިންގެ ހެކިބަސް ޝަރީޢަތަށް ދެއްކިފައި ނުވާތީވެ ދައުލަތުގެ ފަރާތްޕުޅުން ސ.ހިތަދޫ ޖެމިސްކޯ
ފައިޞަލް ޙަސަންގެ މައްޗަށް ހުށަހެޅުއްވި ވައްކަމުގެ ދަޢުވާ އަދި މިވަގުތަށް ސާބިތުނުވާ ކަމަށް ޙުކުމް
ކޮށްފީމެވެ." މިފަދައިން ބަޔާން ކޮށްފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން
އފއވ.
02- އިސްވެ ޔާންކުރެވުނު ގޮތުގެ މަތީން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/S2C/590 ޤަޟިއްޔާގެ ޙުކުމް ކުރުމާއި ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެ ނުކުތާތަކާ މެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ: ސ.ހިތަދޫ ޖެމިސްކޯ، ފައިޞަލް ޙަސަން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި މީނާއަތުން ފެނުނު ދެލަވްބާރޑަކީ ކާކުކަން ނޭނގޭ މީހެއްގެ
އަތުން ގަނެފައިވާ އެއްޗެއްކަމަށް ބުނެފައިވާއިރު، މި މައްސަލައާ ގުޅިގެން ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި،
ފައިޞަލް ޙަސަނަށް އެދެލަވްބާރޑް ވިއްކީ ސ.ހިތަދޫ ހާލާފަރު މުޙައްމަދު ކަމަށާއި މުޙައްމަދު ދީދީ
މިހާރުވަނީ ނިޔާވެފައިކަމަށް ބުނި ނަމަވެސް ފައިޞަލް ޙަސަން މުޙައްމަދުދީދީ އަތުން އެދެލަވްބާރޑް ގަތްކަން
ސާބިތުކޮށްދެވިފައި ނުވާއިރުވެސް، ފައިޞަލް ޙަސަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކު
ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ފައިޞަލް ޙަސަން ވަގަށް ނަގާފައިވާ ދެލަވްބާރޑަކީ، ސ.ހިތަދޫ،
ހާލާފަރު މުޙައްމަދު ދީދީގެ އަތުން ގަތް ދެލަތްބާރޑް، ކަމަށް ފައިޞަލް ޙަސަން ބުނެފައިވާ ބުނުމުގެ މައްޗަށް
އެކަނި ރިޢާޔަތްކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ
CC)
T
92
2 ޑ ޒ
، ހައިކޯޑް
ވެވެ،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކަސްރަތާއި ފަހޤީކރވއވ.
ޑީޢީގޮތް ނުވާކަމަ
ނުވާކަމަށްނޭ
ހހހ63 * * *
03 އިސްތިއުނާފު މިކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S2C/590 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
l.3- ފުރަތަމަ ކަމަކީ: އިސްތިއުނާފް މިކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/S2C/590 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ސ.ހިތަދޫ)
ޖެމިސްކޯ، ފައިޞަލް ޙަސަންގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ)
ގެ ދަށުން ކޮށްފައިވާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އެއްކަމާއި، އެދަޢުވާއަށް ފައިޞަލް ޙަސަން
އިންކާރުކޮށްފައިވާކަން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/590 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ.
3.2 ދެވަނަ ކަމަކީ: "ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމާބެހޭ ޤަވާޢިދު" އަށާއި،
ޖިނާއީ މައްސަލަތަކުގައި ޝަރީޢަތް ހިންގުމުގެ އުޞޫލުތަކަށް ބަލާއިރު، ދަޢުވާ ލިބޭ މީރާ ދަޢުވާއަށް އިންކާރު
ކޮށްފިނަމަ، ދަޢުވާ ލިބޭ މީހާގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގެ ތަފްސީލާއި، ދަޢުވާ ސާބިތުކުރުމަށް ހުށަހަޅާ
ހެކިތައް ބަޔާންކުރުމަށް ޤާޟީ ދައުލަތުގެ ވަކީލަށް އަންގަންވާނެކަމަށާއި، މިގޮތަށް އެންގުމުން، ދައުލަތުގެ
ވަކީލު ދަޢުވާގެ ތަފްސީލާއި، އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިތައް
ކަމަށާއި، އެއަށްފަހު މިހެކިތަކާއި ގުޅިގެން އެހެކިތަކުގެ މައްޗަށް ޖަވާބުދިނުމަށް ދަޢުވާ ލިބޭ މީހާއަށް އަންގާނީ
ކަމަށާއި، މިގޮތަށް އެންގުމުން ދަޢުވާއަށް ޖަވާބުދީ ދަޢުވާ ހުށަހަޅާ ދިފާޢީ ހެކިތައް ބަޔާންކުރާނީ
ކަން އެނގެން އޮންނައިރު،
22
92
22
2 ޑ
ބަޔާންކުރަންވާން
24
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 4
އަން
ދައުލަތުގެ ފަރާތުން ފައިޞަލް ޙަސަންގެ މައްޗަށް އުފުލި އިސްވެ ބަޔާންކުރެވުނު ދަޢުވާއަށް
އިންކާރުކޮށްފައިވާކަމަށާއި، ނަމަވެސް ދައުލަތުގެ ފަރާތުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ
ހެކިތައް ހުށަހެޅުމަށް ދައުލަތަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ފުރުޞަތު ދީފައި ނުވާކަމަށާއި، އަދި
ދަޢުވާ ރައްދުވި ފައިޞަލް ޙަސަން އެދަޢުވާއަށް އިންކާރުކޮށް އޭނާގެ ފަރާތުން ދިފާޢީ ހެކިހުށަހެޅުމަށް
އެދުމުން އެފުރުޞަތުވެސް އެކޯޓުން ދެއްވާފައިނުވާކަމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/S2C/590 ޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ބުނެފައިވާތީ، އެކަން ބެލުމުގެ ގޮތުން ހައިކޯޓުން ބެލިބެލުމުން، އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުގައި ހިމެނިފައިވަނީ، ދަޢުވާކުރި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެކޯޓަށް ޙާޟިރުވި
ފަރާތުގެ ބަޔާނަކާއި، އެދަޢުވާ ރައްދުވި ފައިޞަލް ޙަސަންގެ ބަޔާނަކާއެކު މުޅި ޖުމްލަ ދެ ބަޔާންކަމާއި،
އެދެބަޔާނަށް ބަލާއިރު، އޭގެ ތެރެއިން ދަޢުވާކުރި ފަރާތުގެ ބަޔާނުގައިވަނީ ހަމައެކަނި ދަޢުވާގެ ޞިމާ ކަމާއި،
ދަޢުވާގެ ސީޣާ އިއްވުމަށްފަހު، އެދަޢުވާއަށް ދަޢުވާ ރައްދުވި ފަރާތް އިންކާރުކުރުމުން، އެދަޢުވާ
ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކި ހުށަހެޅުމަށް ޝަރީޢަތުން އަންގާފައިވާކަން
އެނގެންނެތްކަމާއި، އަދި އެދަޢުވާއަށް ދަޢުވާރައްދުވި ފަރާތް އިންކާރުކުރު
ލީލުކުރުމުން އެކަމާބެހޭގޮ
އެކިހުށަހަޅަން ބޭނުންވިކަން ނުވަތަ ނޫންކަންވެސް އެބަޔާނުން އެނގެން ނެތްކަމާއި،
ހަމައެފަދައިން ދަޢުވާ ރައްދުވި ފަރާތުން އެދަޢުވާއަށް އިންކާރުކޮށް، އޭނާގެ ދިފާޢުގައި
ހުށަހަޅާނެ ހެކި އެބަހުރިކަމަށް ދަޢުވާ ރައްދުވި ފަރާތުން އެޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާނެކަމަށާއި
ނަމަވެސް އެފަދަ ފުރުޞަތެއް މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ދެއްވާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި އެފަރާތުން ބުނެފައިވާއިރު، އެޤަޟިއްޔާގައި ދަޢުވާލިބުނު ފައިޞަލް ޙަސަން
ހައިކޯޓުގައި ބުނެފައިވާފަދައިން ދިފާޢީ ހެކިހުރިކަމަށް އޭނާގެ ފަރާތުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށް ދައުލަތުގެ ފަރާތުންވެސް އެއްބަސްވާކަމާއި، ނަމަވެސް އެފުރު
ފައިޞަލް ޙަސަން އަށްވެސް ދެއްވާފައިވާކަން އެނގެން ނެތްކަމެވެ.
.ހޭގޮތުން ދައުލަތުން
34
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
y ވ
6
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
-3.3
ﷲނވރކ
0ކން
ކނތއތކއ
- COC
ތިންވަނަކަމަކީ: ދިވެހިރާއްޖޭގެ
ކޯޓުގެ ނަންބަރު
31/SC-A/2011 ޤަޟިއްޔާއަށް ބަލާއިރު، އިންސާފުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކު
.ތްކުރެވެމުންދާކަން
ރުމުގެ ގޮތުން ޝަރީޢަތުން ކަމެއް ނިންމުމުގެ ކުރިން އިޖްރާއީގޮތުން ފުރިހަމަވާންޖެހޭ އެންމެހައި
ޖިނާއީ ދަޢުވާތައް ބަލާ ފައިޞަލާކުރުމުގައި ފުރިހަމަކުރަންޖެހޭ ޢާންމު އުޞޫލުތަކުގެ ތެރޭގައި ހިމެނޭ
ކެއްކަމަށާއި، އެ އުޞޫލުތައް ނެގެހެއްޓުމުގެ ބޭނުމަކީ، ޝަރީޢަތް ކުރުމުގައި ކޯޓުގައި ހިނގާ ހުރިހާ
އިޖުރާއަތެއް އެއްވެސް ތަފާތުކުރުމެއްނެތި ތަންފީޒު ކުރެވެމުންދާކަން ކަށަވަރުކޮށްދިނުންކަމާއި، އެގޮތުން
ދަޢުވާކުރާ ފަރާތުގެ ހުށަހެޅުންތަކާއި ދަޢުވާ ރައްދުވާ ފަރާތުގެ ދިފާޢުތައް ޝަފަވީކޮށް އިވޭގޮތަށް، ޝަރީޢަތަށް
ހުށަހަޅައި، ދެފަރާތުން މުނާޤަޝާ ކުރުމުގެ ފުރުޞަތު ދެވިފައި އޮތުމަކީ ދެޚަޞްމުންކުރެ ކޮންމެ
ފަރާތަކަށްވެސް އެއްފަރާތުން އަނެއް ފަރާތަށް ޝަރީޢަތުގެ މަޖިލީހުގައި ކުރިމަތިލައި، އެފަރާތެއްގެ ދަލީލުތަކާއި
ދިފާޢުތައް ބިނާކުރުމުގެ ފުރުޞަތު ހަމަހަމަގޮތެއްގައި ލިބިދިނުންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ.
ބަޔާންކުރެވުނު ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާއިރު،
އިސްތިއުނާފް މިކުރެވޭ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/590
ޤަޟިއްޔާގައި އެފަދަ އަސާސީ އިޖްރާއާތު ފުރިހަމަ ކޮށްފައިވާކަން އެނގެން ނެތްއިރު، އެޤަޟިއްޔާގައި
ދަޢުވާކުރި ފަރާތުންނާއި ދަޢުވާ ރައްދުވި ފަރާތުންވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކައިން، ދަޢުވާކުރާ ފަރާތުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހަޅަންޖެހޭ ހެކިތައް ޝަރީޢަތުގެ
މަޖިލީހުގައި ބަޔާންކުރުމުގެ ފުރުޞަތާއި، ދަޢުވާ ރައްދުވި ފަރާތުން އެދަޢުވާއަށް އިންކާރުކޮށް އޭނާގެ ދިފާޢުގައި
ހެކިހުށަހަޅަން އެދުމުން އެފުރުސަތުވެސް އޭނާއަށް ދީފައިވާކަން އެނގެން ނެތްކަމާއި، އެހެންކަމާއެކު އިސްވެ
ފާހަގަކުރެވުނު ނުކުތާތަކަ
ތާތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބެލުމުން، އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/590 ޤަޟިއްޔާ ބައްލަވައި ޙުކުމް ކުރުމުގެ ކުރިން،
މައްސަލަތައް ބެލުމުގައި ކޮންމެހެން ފުރިހަމަކުރަންޖެހޭ އަސާސީ އިޖްރާއާތު ފުރިހަމަކުރެވިފައިވާކަ
6
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
2013/HC-A/328
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެނުހިނދު، އެޤަޟިއްޔާއަކީ
އެކޯޓަށް
ތަޙްވީލްކޮށް، ބަޔާންކުރެވުނު އިޖްރާއާތު ފުރިހަމަކޮށްގެން އަލުން ބަލާ ފައިޞަލާކުރަންޖެހޭ ޤަޟިއްޔާއެއްކަމަށް
އިއްތިފާޤުވެވިފައިވާތީ، ޤާނޫނު ނަންބަރު:22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ
(ށ) ގެ ދަށުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރ 2012/S2C/590 ޤަޟިއްޔާ އެކޯޓަށް
ތަޙްލީލުކުރުމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ވެސް އެއްބަސްވެވިފައި
5 ,
ވެއެވެ.
ޙުކުމް
ދެންފަހެ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް
ބަލާއިރު، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/590 ޤަޟިއްޔާ ބައްލަވާ
ނިންމަވާފައިވާ ނިންމެވުމުގައި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ފުރިހަމަކުރަންޖެހޭ އިޖްރާއާތު
ފުރިހަމަ ކުރެވިފައިވާކަން އެނގެން ނެތުމާއެކު އެޤަޟިއްޔާގެ ޙުކުމް ބާޠިލްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ
މިޤަޟިއްޔާގައި ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތީން ރިޢާޔަތްކޮށް، އެޤަޟިއްޔާ އަލުންބަލާ ފައިޞަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭކަމަށް
މިޤަޟިއްޔާ ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، އައްޑުއަތޮޅު ހިތަދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/S2C/590 ޤަޟިއްޔާ އަލުން ބަލާ ފައިޞަލާކުރުމަށް އެކޯޓަށް
ތަޙްލީލުކޮށް މިޤަޟިއްޔާ ނިންމީއެވެ.
8.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv