ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/284 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/284
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
އެޑްރެސް: ކާނިމާގެ/ ބ.ތުޅާދޫ
ޤަޟިއްޔާ ނަންބަރު: 284/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
*ނަން: މުޙައްމަދު އަންސާމް
| އައިޑީ ކާޑު ނަންބަރު: 098465-A
ވަކީލު: އޏ.އަބޫބަކުރު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: 076502-A
އިސްތިއުނާފު ރައްދުވި ފަރާތް:
ވެ. -
އައިޑީ
ޖިސްޓްރީކުރެވުނު ތާރީޚް: 16 ޛުލްޤަޢިދާ 1433
02 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 12 މުޙައްރަމް 1434
26 ނޮވެމްބަރ 2012
އިސްތިއުނާފުކުރެ
ފިކުރެވުނު އަމުރު ނަންބަރު: 2012/04
• އަމުރުގެ ބާވަތް: އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރު
ނެރުނު ކޯޓް: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
• ހުށަހެޅުނު ތާރީޚް: 17 ޖޫން 2012 * ނެރުނު ތާރީޚް: 12 ސެޕްޓެމްބަރ 2012
• މައްސަލަ ބެއްލެވި މަޖްލީސް
ފަނޑިޔާރު ޢަލީ ސަމިރު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާ ރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3315471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
ދިވެހިތެއްޖެ
2
2012/HC-A284
ދަޢުވާގެ ޚުލާޞާ
މ 304
ތުޅާދޫ
މިތަ؟
މާޅޮސްމަޑުލު ދެކުނުބުރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/04 "އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރު"، އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި ބ.ތުޅާދޫ
ކާނިމާގެ މުޙައްމަދު އަންސާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު
.1
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/04 "އަވަސްގޮތަކުން
ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރު" އަށް ބަލާއިރު އެކޯޓު އަމުރު ނެރެފައިވަނީ، "12 ސެޕްޓެމްބަރ
2012 ވަނަ ދުވަހުކަމާއި، އެއަމުރުގެ މުއްދަތަކީ 3 މަސްދުވަސްކަން އެއަމުރަށް ބެލުމުން އެނގެން
އޮންނަކަމާއި، އެއަމުރުގައިވަނީ، "ގެވެށި އަނިޔާގެ ގޮތުގައި ޒިދުނާ ޢަބްދުއްރަޙީމަށާއި ދެމަފިރިންގެ
ދެދަރިންނާއިމެދު މުޙައްމަދު އަންސާމް ހިންގާފައިވާކަމަށް ބަޔާންކޮށްފައިވާ ކަންތައްތަކާއި އަދި އެނޫންވެސް
އެފަދަ އެހެން ޢަމަލުތަކަކީ އެއިން ކޮންމެ ޢަމަލެއްގެ ސަބަބުން އިންސާނީ ކަރާމާތާއި ޖިސްމާއި ނަފްސުގެ
ރައްކާތެރިކަން ގެއްލިދިޔުމުގެ އިތުރުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއިން ގެއްލުންބޮޑު، ދާއިމީ
ބަލިމަޑުކަމެއް އުފެދިގެން ހިނގައިދާނެ ކަމަކަށްވާތީއާއި، އެފަދަ ޢަމަލުތަކުގެ ސަބަބުން ޤާނޫން ނަންބަރު
3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 39 ވަނަ މާއްދާގެ (ހ)، (ނ)، (ނ)، (ރ) ގައި ބުނާ
ޙާލަތަށް ހިންގި ޢަމަލު ރައްދުވާ ފަރާތް ގޮސްފައިވާކަމަށް ފެންނާތީ، ޤާނޫނު ނަންބަރު 3/2012 (ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ތެރެއިން އަމުރަށް އެދޭ ފަރާތާއި އަމުރު
ރައްދުވާ ފަރާތުގެ އަޑުވެސް ނެތި، އަމުރަށް އެދޭ ފަރާތާއި އަމުރު ރައްދުވާ ފަރާތް ރައްކާތެރި ކުރުމުގެ
އަވަސް އަމުރެއްގެ ގޮތުގައި މިއަމުރު ތައްޔާރުކޮށް، ޒިދުނާ ޢަބްދުއްރަޙީމާއި ދެމަފިރިންގެ ދެދަރިންނާއިމެދު
މުޙައްމަދު އަންސާމް ހިންގާފައިވާކަމަށް މިއަމުރުގައި ފާހަގަކޮށްފައިވާ އެންމެހާ ޢަމަލުތައް ޒިދުނާ
ޢަބްދުއްރަޙީމާއި ދެމަފިރިންގެ ދެދަރިންނާއި އަދި ޢާއިލާއާއި މެދު ތަކުރާރު ނުކުރުމަށާއި އަދި އޭގެ
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/284
އިތުރުންވެސް އެފަދަ އެއްވެސް ނޭދެވޭ، ނޭންގާނީ ޢަމަލެއް މުޙައްމަދު އަންސާމްގެ ފަރާތުން ނުހިންގުމަށް
މުޙައްމަދު އަންސާމަށް އަންގާ އަމުރުކޮށްކަން،1 މިއަމުރަށް ބެލެމުން އެނގެއެވެ.
.2
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/04
"އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރު" ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަ
ޕިކަމަށްބުނެ ނެ މުޙައްމަދު އަންސާމްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
6 ހތ
އެތަކެތިކައި ބެހޭޤީން
87a242
ފުރަތަމަ ނުކުތާއަކީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ
އަމުރަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި ޚިލާފަށް ނެރެފައިވާ އަމުރެއް
ކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
ދެވަނަ ނުކުތާއަކީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ
އަމުރަކީ ޤާނޫނު ނަންބަރު 3/2012 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ އިޖުރާތުތައް ފުރިހަމަ ނުކޮށް ނެރެފައިވާ އަމުރެއް ކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ތިންވަނަ ނުކުތާއަކީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ
އަމުރު ނެރުމަށް ހިންގާފައިވާ ޝަރީޢަތަކީ ޝަރީޢަތް ކުރުމާބެހޭ ގޮތުން ހެދިފައިވާ ޤަވާޢިދު 2006 ގެ
20 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގައި ޣައިރު ޙާޟިރުގައި މައްސަލަ ހިންގުމަށް ކަނޑައަޅާފައިވާ
އިޖުރާއަތާއި ޚިލާފަށް ހިންގާފައިވާ ޝަރީޢަތެއް ކަމުގައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހަތަރުވަނަ ނުކުތާއަކީ، ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ވަރިވުމަށް އެދި ހުށަހަޅާފައިވާ
މައްސަލައަކަށްވާއިރު، މިމައްސަލައިގައި މައުޟޫޢީ ގޮތުން ބެލެވިފައިނުވާކަމެއްގައި އަމުރެއް
ނެރެފައިވާކަމަށް ބުނެ ހުށައެޅި ނުކުތާ،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
t
4
2012/HC-A/284
.3
މި މައްސަލައާއި ގުޅިގެން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/04 "އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރު" އިސްތިއުނާފު ކުރުމަށް
މުޙައްމަދު އަންސާމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު،
އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/04
އަވަސްގޮތަކުން ރައް
ރައްކާތެރިކަން ދިނުމުގެ ވަގުތީ އަމުރަށް ބަލާއިރު، މިއަމުރު ނެރެވިފައިވަނީ ބ.ތުޅާދޫ
އަލިގާ ޒިދުނާ ޢަބްދުއްރަހީމް (މުޙައްމަދު އަންސާމްގެ އަނބިމީހާ) އާއި މިދެމަފިރިންނަށް ލިބިފައިވާ
ދެކުދިންނަށް މުޙައްމަދު އަންސާމްގެ ފަރާތުން އަނިޔާތަކެއް ކުރިމަތިވާކަމަށް ބުނެ އެއަނިޔާތަކުން
ސަލާމަތްކޮށް ދިނުމަށް އެދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 2010/7 ) ގެ 18
ވަނަ މާއްދާއާއި، 26 ވަނަ މާއްދާއާއި، 28 އަދި 29 ވަނަ މާއްދާގެ ދަށުން އަމުރެއް ނެރެދިނުމަށް އެދި
ޒިދުނާ ޢަބްދުއްރަޙީމު ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގައި އެދުމުންކަން އެނގެން އޮންނަކަމެވެ.
4
3
82 އ ހ ޑ 4
އެއްމައާއެ
އަނެއް
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) އަކީ،
ދިވެހިރާއްޖޭގައި ހިނގާ ގެވެށި އަނިޔާ ހުއްޓުވުމާއި މަނާކުރުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި
އަނިޔާގެ ޢަމަލުތައް ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ އުސޫލުތައް ކަނޑައެޅުމާއި، ގެވެށި އަނިޔާގެ
ޝިކާރައަކަށްވާ މީހުން ރައްކާތެރިކޮށް ދިނުމާއި އެހީތެރިވެދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ
ގޮތުން އޮތް ދައުލަތުގެ މުއައްސަސާތަކުގެ ދައުރު ކަނޑައެޅުމާއި، އްސަސާއެއް
މުއައްސަސާއާ ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ކަނޑައެޅުމުގެ ޤާނޫނުކަމާއި، މި ޤާނޫނުގެ
މަޤްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާގެ ޢަމަލެއް ހިނގައިފި ޙާލަތެއްގައި، އެޢަމަލުގެ ޝިކާރައަކަށްވީ
މީހާއަށް އެކަށީގެންވާ ރައްކާތެރިކަމާއި ޙިމާޔަތް ލިބިދިނުން ހިމެނޭކަން އެޤާނޫނުގެ 2 ވަނަ މާއްދާގެ (ށ)
އަށް ބެލުމުން އެނގޭކަމާއި، ގެވެށި ގުޅުމަކުން ގުޅިފައިވާ ދެމީހުންގެ ތެރެއިން އެކަކު، އެގުޅުމުގައި ހިމެނޭ
އަނެކާގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރެއްނެރެ ދިނުމަށްއެދި، ކޯޓަށް ހުށައެޅިދާނެކަން އެޤާ
އެޤާނޫނުގެ 19
ވަނަ މާއްދާގެ (ހ) އަށް ބެލުމުން އެނގެން އޮންނަކަމާއި، ގެވެށި އަނިޔާގެ ޢަމަލެއް ހިނގާފާނެކަމުގެ ބިރު
ވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2012/HC-A/284
އުފެދިފައިވާކަމަށް ކޯޓަށް ޤަބޫލުކުރެވޭ ހިނދު، އެފަދަ ޢަމަލެއް ހިނގިޔަ ނުދިނުމަށްޓަކައި، ނުވަތަ އެފަދަ
ޢަމަލަކުން މީހަކު ރައްކާތެރިކުރުމުގެ ނިޔަތުގައިވެސް، ރައްކާތެރިކުރުމުގެ އަމުރެއް ކޯޓަށް ކުރެވިދާނެކަން
ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮންނަކަމެވެ.
4 2 2 4 8
ރައެވެ
(ނ) ތިންވަނަކަމަކީ، ރައްކާތެރިކުރުމުގެ އަމުރެއްގެ އެންމެ އަސާސީ އެއް މަޤްސަދަކަށް
ވާންޖެހޭނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާމީހާ ނުވަތަ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެދާނެކަމަށް
ބެލެވޭ މީހާގެ ޖިސްމާނީ ރައްކާތެރިކަމާއި، ނަފްސާނީ ރައްކާތެރިކަމާއި، ސިއްޙަތުގެ ދުޅަހެޔޮކަމާއި، އޭނާގެ
ޙައްޤުތަކުގެ ރައްކާތެރިކަން ދަމަހައްޓައި ދިނުން ކަމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 18 ވަނަ
މާއްދާގެ (ނ) އަށް ބެލުމުން އެނގެން އޮންނާތީ، ގެވެށި އަނިޔާއަކާއި ގުޅިގެން ހުށައެޅޭ މައްސަލައެއްގައި
ކުރުމުގެ އަމުރެއް ނެރެންޖެހޭނީ މިޤާނޫނު ވުޖޫދުވުމަށްފަހު ގެވެށި އަނިޔާގެ ގޮތުގައި ކަމެއް
ހިނގައިފިނަމަ އެކަމުގެ މައްޗަށް އެކަނި ރިޢާޔަތްކުރެވިގެން ނޫންކަމާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ
ޤާނޫނުވުޖޫދުވުމުގެ ކުރިންވެސް ގެވެށި ގުޅުމުގެ ތެރެއިން ގުޅިފައިވާ ދެމީހުންގެ ތެރޭގައި އަނިޔާވެރިކަމެއް
ހިނގާފާވާނަމަ، އެކަމަކީ އެފަދަ ކަމެއް ތަކުރާރު ވެދާނެކަމަށް ބެލެވޭނެފަދަ ޙުއްޖަތެއްކަން އެނގެން
ގެވެށި އަނިޔާގެ ޝިކާރައަކަށް މުސްތަޤުބަލުގައި ވެދާނެކަމަށް ބެލެވޭ މީހާގެ ރައްކާތެރިކަން
ދަމަހައްޓައި ދިނުމަށް ޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގައި ބުނާފަދަ ރައްކާތެރިވުމުގެ އަމުރެއް
ނެރެވިދާނެކަމާއި، މިހެންކަމުން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައި
ޙާދިސާތަކެއްމައްޗަށް ރިޢާޔަތްކޮށް، ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/04 އަވަސްގޮތަކުން
ރައްކާތެރިކަން ދިނުމަށް ނެރެފައިވާ ވަގުތީ އަމުރަކީ ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 59
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަފްހޫމާއި ފުށުއަރާ، އަދި ޤާނޫނުއަސާސީގެ އެމާއްދާއާއި ޚިލާފަށް
ނެރެފައިވާ އަމުރެއް ނޫންކަން އެނގޭކަމެވެ.
އެންމެން،
(ރ) ހަތަރުވަނަކަމަކީ، ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/04 އަމުރަށް ބަލާއިރު،
އެއަމުރަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ނެރެވިފައިވާ ރައްކާތެރިކުރުމުގެ
އަވަސް އަމުރެއްކަން
.ކަން އެނގެން އޮންނަކަމާއި، ރައްކާތެރިކުރުމުގެ އަވަސް އަމުރަކީ މައްސަލަ ހުށަހަޅާ މީހާގެ
ވާހަކައަށް ބިނާކޮށް، އެމައްސަލަ ހުށައެޅުނުކަން އަނެއްފަރާތަށް އެންގުމަކާނުލާ، ނެރޭ އަމުރެއްކަން ގެވެށި
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާ ރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2012/HC-A/284
އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެން އޮތްއިރު، ބ.ތުޅާދޫ
މެޖިސްޓްރޭޓު ކޯޓުން މިއަމުރު ނެރެފައިވަނީ މައްސަލަ ހުށައެޅި ޒިދުނާ ޢަބްދުއްރަޙީމުގެ ވާހަކައަށް އެކަނި
ބިނާކޮށްގެންކަން އެނގެން އޮންނަކަމާއި، މިހެންކަމުން މުޙައްމަދު އަންސާމްގެ މައްޗަށް ދަޢުވާ ލިބޭ ގޮތަށް
ޒިދުނާ ޢަބްދުއްރަޙީމުގެ ފަރާތުން ހުށައެޅި ވަރީގެ މައްސަލަ އެއް ބެލުމަށް 10 ސެޕްޓެމްބަރ 2012 ގައި
މުޙައްމަދު އަންސާމް ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓަށް ޙާޟިރުވުމަށް އަމުރެއް ފޮނުވާފައިވާ ވުމަކީ، ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37 ވަނަ މާއްދާއިން ރައްކާތެރިވުމުގެ އަވަސް އަމުރު ނެރުމުގައި ކޯޓުން
ޢަމަލުކުރަން ލާޒިމުކުރާ އިޖުރާއްތާއި ޚިލާފަށް ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން ކޮށްފައިވާ ކަމެއްކަމަށް
ބެލެވޭފަދަ ކަމެއް ނޫންކަން އެނގޭކަމެވެ.
.4
އެއެފޮސް
(ބ) ފަސްވަނަކަމަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން
މީހެއްގެ މައްޗަށް
ރައްކާތެރިވުމުގެ އަވަސް އަމުރެއް ނެރެވިއްޖެނަމަ، އެއަމުރު ނިސްބަތްވާ
ޙައްޤުތަކެއް
ލިބިގެންވާކަމަށް ގެވެށި އަނިޔާ ހުއްޓުވުމުގެ އެޤާނޫނުގެ 41 ވަނަ މާއްދާގައި
ކޮށްފައިވާކަމާއި، މި ގޮތުން އެއަމުރު ދާއިމީ އަމުރަކަށް ވުމުގެ ކުރިން، އަމުރު ރައްދުވާ ފަރާތުގެ
ވާހަކަ އަޑުއެހުމަށް އަމުރު ނެރުނު ކޯޓުގައި އެދުމާއި، އެއަމުރުގައި ހިމެނޭ ޝަރުތަކަށް ނުވަތަ ކަމަކަށް
ބަދަލުގެނައުމަށް އެދި ނުވަތަ ބާތިލު ކޮށްދިނުމަށް އެދި ކޯޓުގައި އެދުމާއި، އެއަމުރު ނިމުމަކަށް ގެނެސް
ދިނުމަށް ކޯޓުގައި އެދުމާއި، އެއަމުރާ މެދު އިޢުތިރާޟުކުރާކަން އެންގުން ހިމެނޭކަން އެނގޭކަމާއި، ގެވެށި
އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ މިމާއްދާއަށް ބަލާއިރު، މި މާއްދާގެ މަފްހޫމަކީ އަވަސް ގޮތަކުން ނެރެވޭ
ވަގުތީ އަމުރު، އެއަމުރު ނެރެވުނު ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮތުމުގެ މަފްހޫމުކަމާއި،
މިހެންކަމުން މިފަދައިން ނެރެވޭ ރައްކާތެރިވުމުގެ އަވަސް އަމުރަކާއި މެދު ހިތްހަމަ ނުޖެހޭ
ފަރާތެއްވާ
ނަމަ، ސަބަބު ބަޔާންކޮށް އެއަމުރާއި މެދު އެންމެ ފުރަތަމަ ޗެލެންޖްކުރެވެން ޖެހޭނީ އެއަމުރު ނެރެވުނު
ކޯޓެއްގެ ކުރިމަތީގައި ކަމާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ 41 ވަނަ މާއްދާއިން އަމުރުރައްދުވާ
ފަރާތަށް ލިބިގެންވާ މިޙައްޤުގެ ބޭނުން ނުކޮށް އެފަދަ ރައްކާތެރިވުމުގެ އަވަސް އަމުރުތައް ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމަކީ އަމުރު
ލިބިގެންވާނެ ފުރުސަތެއް ކަމުގައި
ރައްދުވާރުeށް
cca Occcc
ސ
ފަނނކމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
، ދިވެހިރާއްޖެ
7
2012/HC-A/284
ވީމާ، އިސްވެދިޔަ ސަބަބުތައް އެހެން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ ބ.ތުޅާދޫ މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/04 އަވަސްގޮތަކުން ރައްކާތެރިކަން
ދިނުމުގެ ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް މުޙައްމަދު އަންސާމްގެ ފަރާތުން ހުށައަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލާ، އެއަމުރަށް ބަދަލެއް ގެންނަން ޖެހޭނެ ތަނެއް ނެތްކަމަށެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، މާޅޮސްމަޑުލު ދެކުނުބުރީ
ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/04 އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު
އަމުރަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް މާޅޮސް މަޑުލުދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓު ކޯޓުން
ނެރުއްވާފައިވާ އަމުރެއްކަމަށް ބެލެވޭ ފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތް ކަމަށް މިޤަޟިއްޔާ
ބެލި ދިވެހިރާއްޖޭގެހައިކޯޓުގެ ފަނޑިޔާރުންނަށް ޢިއްތިފާޤު ވެވުނުހިނދު، މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ
މެޖިސްޓްރޭޓު ކޯޓުގެ ނަންބަރު 2012/04 އަވަސްގޮތަކުން ރައްކާތެރިކަން ދިނުމުގެ ވަގުތީ ކޯޓު އަމުރަށް
ބަދަލެއްގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިން
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް
ވެބް ސައިޓް www.highcourt.gov.mv
[email protected]