ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/299 ޤަޟިއްޔާގެ ޙުކުމް
2009/HC-A/299
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 299/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
*ވަކީލު: އގ.ޝަމްރާ ޝަމީމު
* އައިޑީ ކާޑު ނަންބަރު.
A081881
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ ސައީދު
ކާޑު ނަންބަރު: A062107
*ދާއިމީއެޑްރެސް: ހުޅަނގުގެ / ގދ.ތިނަދޫ
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޝައްވާލު 1430
14 އޮކްޓޫބަރ 2009
ނިމުނު ތާރީޚް: 20 ޝަޢުބާން 1432
21 ޖުލައި 2011
ތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: ކްރިމިނަލްކޯޓު (ޖިނާއީ ކޯޓު) ގެ ނަންބަރު: 2009/JC/1393
ނިއްޔާގެ ބާވަތް: އަމުރައްނުކިޔަމަންތެރިވުން
• ނިންމެވި ކޯޓް: ކްރިމިނަލްކޯޓް (ޖިނާއީ ކޯޓު)
ތާރީޚް: 22 ޖޫން 2009 ނިމުނު ތާރީޚް: 09 ޖުލައި 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯށި| މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 73316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޕީޕީ2-IC ;2009
ދަޢުވާގެ ޚުލާޞާ
ޖިނާއީކޯޓުގެ ނަންބަރު: 2009/JC/1393 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރޖެނެރަލް އޮފީހުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ ގދ. ތިނަދޫ ހުޅަނގުގެ ޢަލީ ޝަދީދެވެ.
ހަގަކުރެވުނު ނުކުތާތައް
01- ޖިނާއީކޯޓުގެ ނަންބަރު: 2009/JC/1393 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ " ޢަލީ ޝަހީދު މަސްތުވާތަކެތީގެ މައްސަލައެއްގައި 05 ޑިސެމްބަރ 2007
ވަނަ ދުވަހު ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙާޟިރުކޮށް، ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން،
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާ ތަކެތި ދީފައިނުވާތީ، ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ
މާއްދާގެ (ހ) ގެ ދަށުން ޢަލީޝަދީދުގެ މައްޗަށް އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާކުރުމުން
ބެލެވުނު މައްސަލައެކެވެ"
.
432- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1393 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
ގދ.ތިނަދޫ، ހުޅަނގުގެ ޢަލީޝަދީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރައްވާފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، ކުޑަކަމުދާތަކެތި ދިނުމަށް ކޮށްފައިވާ
ޝަރުޢީ އަދި ޤާނޫނީ ސަރީޙަ އަމުރަކީ ކޮބައިކަން ދަޢްވާކުރާފަރާތުން ޝަރީޢަތަށް ސާބިތުކޮށްދެވިފައިނުވާތީ
ޢަލީޝަދީދުގެ މައްޗަށް ދައުލަތުން ދަޢުވާކުރައްވާފައިވާ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށް ޢަލީ ޝަދީދުގެ
މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކޮށް މިޤަޟިއްޔާ ނިންމީއެވެ."
ދިވެހިރާއްޖޭގެ ހައިކޯޓް، ޢުބުރުޖުހިނގުން،ތީމުގެ 3ވަނަދޮރޯނި! މާލެ: ދިވެހިރާއްޖެ، ފޯން: 332532، ފެކްސް: 8516471
ވެބް ސައިޓް: www.higllcourt.gov.mv
[email protected]*n*
2009H-A?gg
03- ޖިނާއީކޯޓުގެ ނަންބަރު: 2009/JC/1393 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއެއްގޮތް
އެއްގޮތް ނުވާކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިން)
ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ޑ 3
2
(ހ) ފުރަތަމަ ނުކުތާއަކީ ; ކުށްކުރާ މީހުން ހިފާ ހައްޔަރުކުރުމާއި، ކުށް ސާބިތުކުރުމަށްޓަކައި
ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި، ހެއްކާއި ޤަރީނާ އެއްކުރުމާއި، މިފަދަ ތަކެތި
ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިދީފައިވާ އެއްފަރާތަކީ
މޯލްޑިވްސް ޕޮލިސް ސަރވިސްކަމަށް ވީހިނދު، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރާކަމަށް
ތުޙުމަތު ކުރެވޭ މީހަކު
ހައްޔަރުކުރުމަށްފަހު، ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާތަކެތި ތަޙްލީލު ކުރުމަށް
ބޭނުންވާތީއާއި، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
18 ވަނަ މާއްދާގައި
ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ
މަސްތުވާއެއްޗެއްކަން
ސާބިތުކުރުމަށްޓަކައި، އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖްލިހުގައި
އަދާކުރާ ހެކިބަހަކީ، ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް އޮންނައިރު، މިފަދަ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙުލީލު ރިޕޯރޓަކީ މުހިންމު އެއްޗަކަށް ވާހިނދު،
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރުކުރުމުގެ ބާރު ތަޙްޤީޤު ކުރާފަރާތަށް ލިބިގެންނުވާކަމަށް
ނިންމަވާފައިވާ މިނިންމެވުމަކީ ޤާނޫނީ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި
ފނނ އގ
44 495
4ކهއ.
(ށ) ދެވަނަ ނުކުތާއަކީ: ފުލުހުންގެ ޤާނޫނު ފާސްކުރުމުގެ ކުރިން ކުޑަކަމުދާތަކެތި ދިނުމަށް
ފުލުހުން އަމުރުކުރަނީ، ޢާއްމުކުރެވިފައިވާ ޤަވާޢިދެއްގެ ދަށުންކަމަށް އެނގެންނެތްކަމަށް ބުނެ މައްސަލަ
ނިންމާފައިވާއިރު، އައު ޤާނޫނު އަސާސީ ތަސްދީޤު ކުރެވިފައިވަނީ 07 އޯގަސްޓު 2008 ދުވަހުކަމަށްވާއިރު،
މިޙާދިސާ ހިނގާފައިވަނީ 07 ޑިސެމްބަރ 2007 ދުވަހު ކަމަށްވުމުން، މިމައްސަލައިގެ މައްޗަށް ހިނގާނީ
ކުރީގެ ޤާނޫނު އަސާސީގެ ދަށުން ޢަމަލުކުރަމުން ގޮސްފައިވާ އުސޫލުތަށްކަމަށްވެފައި، އެ ޤާނޫނު އަސާސީގެ
156 ވަނަ މާއްދާގައި ޤާނޫނު މާނަކޮށްފައިވާގޮތުން ޤާނޫނުގެ މާނައިގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ
*
ދިވެހިރާއްޖޭގެ ހައިކޯޓް، ޖޯބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯރި! މާލެ، ދިވެހިރާއްޖެ، ފޯން- 3323029، ފެކްސް: [391d87
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov
-
fiy
2009C-A;}}
43
ތަސްދީޤު ކުރައްވާ ޤާނޫނުތަކާއި، އެޤާނޫނުތަކުގެ ދަށުން ހެދޭ ޤަވާއިދުތަކާއި، ސަރުކާރުން ޢަމަލުކުރަމުން
ގެންދާ އުސޫލުތައް ހިމެނިފައިވާއިރު، ކުރީގެ ޤާނޫނު އަސާސީގެ ދަށުން މިބާވަތުގެ އެތައް މައްސަލަތަކެއް
ޖިނާއީ ކޯޓުން ސާބިތުކޮށްފައިވުމާއި، އެމައްސަލަތަކުގައި އެނޫން ގޮތަކަށް ދިވެހިރާއްޖޭގެ ހައިކޯޓާއި
ސުޕްރީމް ކޯޓުންވެސް ގޮތެއް ނިންމާފައި ނުވުމާއެކު، މިމައްސަލައިގައި މިކަންތައްތަކަށް ނުބައްލަވާ
މައްސަލަ ނިންމަވާފައިވުން ކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް މައްސަލަ
ނިންމާފައިވާކަމަށާއި މި ގޮތުން ދަށުކޯޓުގައި ދަޢުވާ ސާބިތުކުރުމަށް ހުނައެޅިހެކިން ޙާޝިރުތުކޮށް މައްސަލަ
ނިންމިކަމަށް ބުނާ ނުކުތާއެވެ.
ޤަޟިއްޔާގެ
04- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/1393
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި
cccc
ކަ9 ހ8
ދާތައް ފޮހެގެކެޒެވެއެވެ
(ހ) ފުރަތަމަ ކަމަކީ: ޤާނޫނީ ޢުސޫލުތަކަށްބަލާއިރު، ޢަލަށްފާސްވް ޤާނޫނަކީ އަލަށް
އެކުލަވާލެވުނު ޤާނޫނަކަށްވިޔަސް ނުވަތަ އިސްލާޙްކުރެވުނު ޤާނޫނަކަށްވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ
އުޞޫލެއްވިޔަސް، ވޭތުވެދިޔަ ޒަމާނުގެ މައްޗަށް ނުވަތަ ވޭތުވެދިޔަ ޙާދިސާގެ މައްޗަށް ނުހިންގުމަކީ
އެއާއިމެދު ޚިލާފެއް ނެތް ޤާނޫނީ އުޞޫލެއްކަން އެނގޭކަމަށާއި، އިސްތިސްނާގޮތެއްގައިވެސް
ވޭތުވެދިޔަކަމަކަށް ނުވަތަ ވޭތުވެދިޔަ ޒަމާންތަކުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ
ޢުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ
އެހެން ޤާނޫނަކުންވިޔަސް އެފަދަ އިސްތިސްނާއަކަށް ތަންދޭނަމަކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު
02/SC
-
C/2008 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެންއޮތް އިރު، މި ދަޢުވާގައިވާ ޙާދިސާ
ދިވެހިރާއްޖޭގެ ހުއިކޯޓް، އެބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯނި މާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 536471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2009;FIC-A29)
ހިނގާފައިވަނީ 07 ޑިސެމްބަރ 2007 ދުވަހު ކަމަށްވުމުން، މި މައްސަލައިގެ މައްޗަށް ހިންގަންޖެހޭނީ
ކުރީގެ ޤާނޫނު އަސާސީގައި ނުވަތަ ކުރިން ޢަމަލުކުރަމުން ދިޔަ އަދި މިޙާދިސާ ހިނގިއިރު ޢަމަލުކުރަމުން
ދިޔަ އުސޫލުތަކުގެ ދަށުންކަން އެނގެންއޮތް އިރު، ޤާނޫނު ނަންބަރު 8(K)5/2 (ފުލުހުންގެ ޤާނޫނު)
ޝާއިޢުކުރުމުގެ ކުރިންވެސް، ތަޙްޤީޤުގެ ބޭނުމަށްޓަކައި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމަކީ ފުލުހުންނަށް
ބާރެއްކަން އެނގެންއޮންނަކަމާއި، މި ޙާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނު އަސާސީއާއި
ޢަމަލުކުރަމުން ދިޔަ އުސޫލުތަކުގެ މައްޗަށް ބަލާއިރު، ފުލުހުން ކުރާ މިފަދަ އަމުރަކަށް ތަބާނުވުމަކީ
ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ މާއްދާގައިވާ ފަދަ އަމުރަށް ނުކިޔަމަންތެރިވުމެއް ކަމުގައި ދިވެހިރާއްޖޭގެ
ޝަރުޢީ ނިޒާމުގެ ތެރެއިން ބަލަމުން ގޮސްފައިވާކަން އެނގެން އޮތްކަން.
0
ބާރުލުންދީ
(ށ) ދެވަނަކަމަކީ: ޢަލީޝަދީދުގެ މައްޗަށް ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހުގެ ފަރާތުން
ދަށުކޯޓުގައި ދަޢުވާކޮށްފައިވަނީ ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ ބޭނުމުގައި ޢަލީޝަދީދުގެ
ޔޫރިންދިނުމަށް އެންގުމުން ޢަލީޝަދީދު އެކަމަށް އިންކާރުކޮށްފައިވާ ކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88
ގެ (ހ) ގެ ދަށުން ޢަލީޝަހީދު އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި،
މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ ކަމެއްގައި ތަޙުޤީޤު ކުރާ ފަރާތަށް
އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ އަދާކުރަންޖެހޭ
ޒިންމާއެއްކަމަށާއި، ހެކިނުފޮރުވުމަށާއި އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައި ވިޔަސް ހެކިބަސް ދިނުމަށާއި،
ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ އަމުރުކުރެވިފައިވާކަމަށާއި، ޝަރުޢީ ނުވަތަ ޤާނޫނީ
ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ޤާނޫނުލްޢުޤޫބާތުގެ 88
ވަނަ މާއްދާގައި
ކަނޑައަޅާފައިވާއިރު، ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
113/HC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓުގައި ފާހަގަކުރައްވާފައިވާއިރު، މި
ވާ،
ދިވެހިރާއްޖޭގެ އެއިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށިމާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:331647I
ޢީދާއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2009H-299
ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭނެ އުސޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތްއޮތުމުގެ މައްޗަށް ރިޢާޔަތްކުރުމުން ތަޙްޤީޤަށް
ބޭނުންވާ ކުޑަކަމުދާ ތަކެތި ޤަސްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުން
ކަމުގައި ބެލެވެން އޮންނަކަން.
މީހަކު
(ނ) ތިންވަނަކަމަކީ : މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ
މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާ އެއްޗެއްކަން
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާރާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ
ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/7
(މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންވެގެން އޮތްއިރު، މަސްތުވާތަކެތީގެ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙުލީލް ރިޕޯރޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި
ބެލެވޭކަމާއި، މިފަދަ ރިޕޯރޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެ ހުރެކަން އެނގެން އޮތްއިރު، ތަޙްޤީޤުގެ ބޭނުމަށްޓަކައި ކުޑަކަމުދާތަކެތި
ދިނުމަށް
ކުޑަކަމުދާތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި
އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނަކުން ބާރުލިބިގެންކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް
ފަހިނުކުރުމަށްޓަކައި
ނުކުރުމަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައި ނޫނީ
4
އެންގުމުން،
2
4
2 ބ 22 ހ2 ހ
ތްކަމުގައި އެނގެންއޮތްކަން.
23 29 92 2.
3.
(ރ) ހަތަރުވަނަ ކަމަކީ : ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ކުރާ އަމުރުތަކަށް
ނުކިޔަމަންތެރިވެގެން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި، ޝަރުއީ
ނުވަތަ ޤާނޫނީ އަމުރަކަށް ނުކިޔަމަންތެރިވެފައިވޭތޯ ބެލުމުގައި، އެ އަމުރެއް ކޮށްފައިވާ ޙާލަތަށާއި، އެ
އަމުރަކަށް އިޖާބަދިނުމަށް ދަޢުވާ ރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް މަސައްކަތް ކޮށްފައިވޭތޯއާއި،
ދަޢުވާ ރައްދުވާ ފަރާތުން އެ އަމުރަށް އަމަލުކޮށްފައިވަނީ ޤަސްދުގައި އެ އަމުރަކަށް ނުކިޔަމަންތެރިވުމުގެ
މަޤްސަދުގައިތޯ ނުވަތަ އިންކާރުކުރީ އެވަގުތުގެ ޙާލަތު ހުރިގޮތުން އެވަގުތު އެ އަމުރާއެއްގޮތަށް
ޒައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުތޯ. ތީމުގެ 3ވަނަދޮރޯނި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 31647I
އީމެއިލް: [email protected] ވެބް ސައިޓް: www.highcurt.gov.mv
19
2])HC-A:39g
e8+
OXO
ޢަމަލުކުރެވެން ނެތިގެންތޯއާއި، އެ އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ އަމުރު
ވަރަކަށް ތަކުރާރުކޮށްފައިވޭތޯއާއި، އެ އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ
އަމުރެއްކުރި ފަރާތުން އަޅާފައިވަނީ ކޮން ފިޔަވަޅެއްތޯ ބަލާ ރިޢާޔަތްކުރަންޖެހޭނެކަން.
0އވެ
ޙުކުމް
4 ވ 32
22
231432
¢ ¢ rލ0
ނަންބަރު 2009/JC/1393 ޤަޟިއްޔާގައި ޕްރޮސިކިއުޓަރޖެނެރަ
ނެރަލްގެ އޮފީހުގެ ފަރާތުން ގދ.ތިނަދޫ
ހުޅަނގު ޢަލީ ޝަރީދުގެ މައްޗަށް ކުރައްވާފައިވާ އަމުރަށްނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން
ބައްލަވާ ޙުކުމްކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި އެއްގޮތަށް ނޫންކަމަށް މި މައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައެޅުމާއިއެކު، ޖިނާއީކޯޓުގެ
ނަންބަރު 2009/JC/1393 ޤަޟިއްޔާއިން ނިންމި ނިންމުން ބާޠިލު
ބާޠިލުކޮށް، މިމައްސަލަ ދަނު ކޯޓަށް އަލުން
ހުށައަޅައިފިނަމަ، މިމައްސަލަ އަކީ އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމާއިއެކު
މިމައްސަލައިގެ މައުޟޫއާއި މެދު ފައިސަލާކުރަނިވި ޙުކުމެއް ކުރަން ޖެހޭ މައްސަލަ އެއްކަމުގައި
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
O >
ޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢަލީ ސަމީރު
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު)
ޢައްބާސް ޝަރީފު
ފަނޑިޔާރު)
ދިވެހިރާއްޖެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އޯބުރުޖުހިނގުން، ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv