ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/166 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުސާ
201{{FIC-A/16
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮ
ނުގޮތުގެ ޚުލާ
• ޤަޟިއްޔާ ނަންބަރ: 166/20I0
/
HC
-
A
E
ޑރ
،ފި
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙުމަދު ރުސްތުލް
އައިޑީ ކާޑު ނަންބަރ : 111929
A
* ހުށައެޅުނުތާރީޚް : 11 ޖުލައި 2010
ދާއިމީ އެޑްރެސް: ވިކްޓޯރިއާ .
* މިހާރުގެ އެޑްރެސް: ލ.ޕައިންއެޕަލް
* ނިމުނު ތާރީޚް : 31 މެއި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަސިއޯޔާ ނިވުނު ގޮތުގެ ޚުލާސާ
20jp/HC-A/166
ދަޢުވާގެ ޚުލާޞާ :
މިއީ، ޖިނާއީކޯޓުގެ ނަންބަރު 2010/JC/910 ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ސ.ފޭދޫ ވިކްޓޯރިއާ އަޙްމަދު
ރުސްތުމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މި
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް :
35
f
01- ޖިނާއީކޯޓުގެ ނަންބަރު 2010/JC/910 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ 23 އޮކްޓޯބަރ 2009 ދުވަހު އެމް.އެން.ޑީ.އެފް އާއި ކަސްޓަމްސް
ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި " އެމް ވީ ޕްރިންސަސް " ނަމަކަށް ކިޔާ ބޯޓު ޗެކްކުރި
ކުރުމުގައި އަޙްމަދު ރުސްތުމް އާއި ލ.އިސްދޫ! ޝާދީވިލާ އާދަމްޔޫސުފް އުޅެމުންދިޔަ ކޮޓަރީގެ
މޭޒުމަތިން ޖިންސީ ގުނަވަނާއި މަންޒަރު ދައްކުވައިދޭ 02 ޑީވީޑީ ފެނިފައިވާތީއާއި، އާދަމްޔޫސުޕްގެ
ކަބަޑުގެ ތެރެއިން ޖިންސީ ގުނަވަނާއި މަންޒަރުދައްކުވައިދޭ ހާރޑް ޑިސްކެއް ( 320 ޖީބީ)
ފެނިފައިވާތީ، ޤާނޫނު ނަންބަރު 4/75 ( ދިވެހިރާއްޖެއަށް ގެނައުންމަނާތަކެތީގެ ޤާނޫނު) ގެ 04 ވަނަ
މާއްދާގެ (ނ) އާއި، އެޤާނޫނުގެ 9 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ
ދަށުން އާދަމްޔޫސުފްއާއި އަޙްމަދު ރުސްތުމުގެ މައްޗަށް ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި
ގެންގުޅުމުގެ ކުށުގެ
ކުށުގެ ދަޢުވާކުރުމުން ޖިނާއީކޯޓުން ބައްލަވާ ނިންމަވާފައިވާ ޤަޟިއްޔާއެއްކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
02- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރ 2010/JC/910 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ،
ދިވެހިރާއްޖޭގެ ހައިކޯޓް، ދޯބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.inv
3
ޘާސިއޯ. ނީމޫނު ގޮތުގެ ޚުލާ
2(10/HC-A ]66
ވީ ޕްރިންސަސް
ނަމަކަށް
" 23 އޮކްޓޯބަރ 2009 ވަނަ ދުވަހު "އެމް
ކަށް ކިޔާ ބޯޓު ޗެކްކުރި
ކުރުމުގައި ދަޢުވާލިބޭ 2 ފަރާތް ކަމުގައިވާ، އަޙުމަދު ރުސްތުމް އަދި އާދަމް ޔޫސުފް، މިދެމީހުން އުޅުނު
ކޮޓަރީގެ މޭޒުމަތިން ޖިންސީ ގުނަވަނާއި މަންޒަރު ދައްކުވައިދޭ 2 ޑީވީޑީ ފެނިފައިވާތީއާއި، އަދި އާދަމް
ޔޫސުފްގެ ކަބަޑު ތެރެއިން ޖިންސީ ގުނަވަނާއި މަންޒަރު ދައްކުވައިދޭ އާރޑް ޑިސްކެއް (320 ޖީބީ)
ފެނިފައިވާކަން ޝަރީއަތަށް ސާބިތުވާތީއާއި، ފެނުނު ހާރޑް ޑިސްކަކީ އާދަމް ޔޫސުޕްގެ ހާރޑް
ޑިސްކެއް ކަމަށް އާދަމް ޔޫސުފް ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފްވެފައިވާތީ، އަދި އެކޮޓަރިން ފެނުނު
2 ޑީވީޑީއަކީ މިދެ މީހުންގެ ތަކެތި ނޫންކަމަށާއި ، އެކޮޓަރިއަކީ ތަޅު ހަލާކުވެފައިހުރި ކޮޓަރިއެއްކަމަށް
މިދެމީހުން ބުނިނަމަވެސް، އެކަން ޝަރީޢަތަށް ސާބިތު ކޮށްދެވިފައިނުވާތީ، ދިވެހިރާއްޖެއަށް އޮރިޔާން
ކާޑު އެތެރެކުރުމާއި ގެންގުޅުމުގެ ކުށުން މިދެމީހުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ޢުޤޫބާތެއްގެ
ގޮތުން ޤާނޫނު ނަންބަރު 4175 (ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތީގެ ޤާނޫނު) ގެ 4 ވަނަ
މާއްދާގެ (ނ) އާ ޙަވާލާދީ އެޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން އާދަމް ޔޫސުފް 6
މަސްދުވަހަށް ޖަލަށްލުމަށް އަދި އަޙުމަދު ރުސްތުމް -/16000 (ސޯޅަހާސް) ރުފިޔާއިން
ޖޫރިމަނާކުރުމަށް މިފައިސާ 23 ޖޫން 2010 ން ފެށިގެން 01 ( އެކެއް) މަސްދުވަހުގެ
ތެރޭގައި ޖިނާއީކޯޓަށް ދެއްކުމަށް އަޙުމަދު ރުސްތުމް އަށް އަންގާ މި ޤަޟިއްޔާ ނިންމީއެވެ"
މިފަދައިންނެވެ.
02 432
PP4
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށް ބުނެ އަޙުމަދު ރުސްތުމުގެ
ފަރާތުން ހުށައެޅި މައިގަނޑު
ނުކުތާއަކީ އެމް.ޑީ.ޕްރިންސަސް ލިލީ "ގައި އަހުމަދު ރުސްތުމާ އުޅުނު ކޮޓަރިން ފެނުނު 2 ޑީވީޑީއަކީ
އަހުމަދު ރުސްތުމްގެ އެއްޗެއް ނޫންކަމަށް ޝަރީޢަތުގައި ބުނެފައިވާއިރު، އަދި މިޑީވީޑީ ފެނިފައިވަނީ
މީނާއާއި، އާދަމް ޔޫސުފް އުޅުނު ކޮޓަރީގެ މޭޒުމަތިން ކަމުގައި ވިޔަސް މިތަކެތި ފެނިފައިވަނީ
މޭޒުމަތީގައި ހުރި ސީޑީ ކޭހެއްގެ ތެރެއިން ކަމަށާއި އަދި ސީޑީ ކޭހަކީ އާދަމް ޔޫސުފްގެ އެއްޗެއް
ކަމަށް އާދަމް ޔޫސުފް ، އެމް. އެން. ޑީ. އެފް ގެ ޕްރައިވެޓް އަޙްމަދު ޝިފާޤު ގެ ކުރިމަތީގައި
888
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުނުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 29(3325، ފެކްސް: !?64[33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2010/HC-1 66
އިއްތިރާފްވެފައިވާއިރު، އަދި އާދަމް ޔޫސުފްގެ ކަބަޑުން އޮރިޔާން މަންޒަރު ދައްކުވައިދޭ ތަފާތު ތަކެތި
ފެނިފައިވާކަމަށް އޭނަގެ ބަޔާންތަކުން އިޢުތިރާފްވެފައިވާއިރު އަދި މިތަކެއްޗަކީ އަހުމަދު ރުސްތުމްގެ
ތަކެއްޗެއް ނޫންކަމަށް ބުނެ ހުވާކުރުމަށް ޤާޟީގެ އަރިހުން އެދުމުން އެފުރުޞަތު ނުދެއްވާ ، އެއްވެސް
ހެއްކެއްގެ ނެތްކަމެއްގެ މައްޗަށް ބުރަވެ އަޙްމަދު ރުސްތުމްގެ މައްޗަށް ޙުކުމް ކޮށްފައިވަނީ އިންސާފުން
ނޫންކަމަށް ބުނެ ހުށައެޅި ނުކުތާއެވެ.
04- މިމައްސަލައާއި ގުޅިގެން ޖިނާއީކޯޓުގެ ނަންބަރު 2010/JC/910 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ
އަޙުމަދު ރުސްތުމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއާ ގުޅިގެން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
OLD
(ހ) ފުރަތަމަ ކަމަކީ ޤާނޫނު ނަންބަރު 4/75 ( ދިވެހިރާއްޖެއަށް ގެނައުންމަޔާތަކެތީގެ
ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ނ) އާއި، އެޤާނޫނުގެ 9 ވަނަ މާއްދާއާއި ޙަވާލާދީ އެޤާނޫނުގެ 13
ވަނަ މާއްދާގެ (ރ) ގެ ދަށުން އާދަމް ޔޫސުފްއާއި އަޙްމަދު ރުސްތުމްގެ މައްޗަށް ދިވެހިރާއްޖެއަށް
އޮރިޔާން ކާޑު އެތެރެކުރުމާއި ގެންގުޅުމުގެ ކުށުގެ ދަޢުވާކުރުމުން ، ދިވެހިރާއްޖެއަށް އޮރިޔާން ކާޑު
އެތެރެކުރުމާއި ގެންގުޅުމުގެ ކުށް އަޙުމަދު ރުސްތުމްގެ މައްޗަށް ސާބިތުވާކަމަށް ކުރައްވާފައިވާ ޙުކުމް
ބިނާ ކުރައްވާފައިވާ މައިގަނޑު ނުކުތާއަކީ އާދަމް ޔޫސުފާއި، އަޙުމަދު ރުސްތުމް އުޅޭ ކޮޓަރިން
އޮރިޔާން މަންޒަރު ދައްކުވައިދޭ 02 ( ދޭއް) ޑީ ވީ ޑީ ފެނިފައިވާ ކަން އާދަމް ޔޫސުފާއި، އަޙުމަދު
ރުސްތުމްގެ އިޢްތިރާފުން ޝަރީޢަތަށް އެނގެން އޮތް އޮތުމަށާއި، މި 02 ( ދޭއް) ޑީވީޑީ އަކީ
އެހެން މީހަކު އެކޮޓަރިއަށް ވައްދާފައިވާ އެއްޗެއްކަން ނުވަތަ އެކޮޓަރިއަކީ ޢާއްމުކޮށް މީހުން
ވުދެނިކުމެވޭ ގޮތަށް ހުރި ކޮޓަރިއެއްކަން އާދަމް ޔޫސުފާއި އަޙުމަދު ރުސްތުމް
ތުކޮށްދެވިފައިނުވާތީ، އާދަމް ޔޫސުފްއާއި އަޙުމަދު ރުސްޓުމްގެ ކޮޓަރިން ފެނުނު އޮރިޔާން މަންޒަރު
އަށް
ކުއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33147
އީމެއިލް: [email protected] ވެބް ސައިޓް: www.liglhcourt.gov.lv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3010/HC-A! (
ދައްކުވައިދޭ 02 (ދޭއް) ޑީ.ވީ.ޑީ އަކީ މިދެމީހުން ޒިންމާވާން ޖެހޭނެ އެއްޗެއް ކަމުގައި
ކަނޑައަޅައިފައިވާކަން އެނގެން އޮތްކަން.
(ނ) ދެވަނަ ކަމަކީ: އަޙުމަދު ރުސްތުމް އާއި އާދަމް ޔޫސުފް ދިރިއުޅުނު ކޮޓަރިން ފެނުނު
02 ޑީ.ވީ.ޑީ އަކީ އަޙުމަދު ރުސްތުމްގެ އެއްޗެއްނޫންކަމުގައި ތަޙްޤީޤް މަރުޙަލާގައިވެސް އަދި
ޝަރީޢަތުގެ މުރުޙަލާގައިވެސް އަޙުމަދު ރުސްތުމް ބުނެފައިވާކަން އެނގެންއޮތް އިރު، އޮރިޔާން މަންޒަރު
ދައްކުވައިދޭ 02 ( ދޭއް) ޑީ.ވީ.ޑީ ފެނުނު ކޮޓަރީގައި އަޙުމަދު ރުސްތުމާއާއި އެކު އެވަގުތު
ދިރިއުޅުނު ލ.އިސްދޫ ޝާދީވިލާ އާދަމް ޔޫސުފް ވަނީ އެކޮޓަރީގެ ތެރެއިން ފެނުނު ޖިންސީ ގުނަވަނާއި
މަންޒަރު ދައްކުވައިދޭ ފިލުމުތަކެއް ހުރި ހާރޑް ޑިސްކެއް ގެންގުޅުނު ކަމަށް އިޢުތިރާފްވެފައި ކަމާއި
އަދި މި ދެމީހުން ދިރިއުޅޭ ކޮޓަރިން ފެނުނު އޮރިޔާން މަންޒަރު ދައްކުވައިދޭ 02 ޑީ. ވީ ޑީ ފެނިފައި
ވަނީ ސީޑީ އަޅާފައިވާ ފައިލެއްގެ ތެރެއިން ކަމަށް ހެކިންގެ ބަހުން އެނގެންއޮތް އިރު، މި ސީޑީތައް
ހުރި ފައިލަކީ އާދަމް ޔޫސުފުގެ އެއްޗެއްކަމަށް އާދަމް ޔޫސުފު ބުނި ކަމަށް މި ކޮޓަރި ބަލާ
ޗެކްކުރުމުގައި އެމް. އެން. ޑީ. އެފްގެ ފަރާތުން ޙަރަކާތްތެރިވި ދަފްތަރު 8874 ޝިފާޤު މުފީދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
.0
9
55 ބ
(ނ) ތިންވަނަ ކަމަކީ: އެކަކަށްވުރެ ގިނަމީހުން ބޭނުންކުރާ ނުވަތަ އެތައްބަޔަކަށް ބޭނުންކުރެވޭ
ގޮތަށް ހުންނަކޮޓަރިތަކުން ފެންނަ ތަކެއްޗަކީ އެކޮޓަރީގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ ހިޔާޒަތުގައި
ހުރި ، އެފަރާތްތަކުގެ ތަކެތި ކަމުގައި ކަނޑައެޅިދާނެތޯ؟ މިނުކުތާގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނާބަލާއިރު، އެމީހަކު ކުށެއްކޮށްފައިވާކަން ކަނޑައެޅިގެން ޘާބިތުވާ މިންވަރަށް ހެކި
ނުވަތަ ޤަރީނާ ލިބިފައިނެތީސް، އަދި އެމީހަކު އެކުށެއްކޮށްފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން
ސުވާލު އުފެދޭ ހާލަތެއްގައި، މީހެއްގެ މައްޗަށް ކުށް ޘާބިތުވާކަމަށް ބެލުމަކީ ޝަރީޢަތާއި
ޤާނޫނުހުއްދަކުރާ ކަމަކަށްނުވާތީ، އެކަކަށްވުރެ ގިނަމީހުން ދިރިއުޅޭކޮޓަރިއެއްގެ ތެރެއިން މަނާކުރެވިފައިވާ
އެއްޗެއް ފެނިފައިވީނަމަވެސް އިތުރުހެއްކާއި ޤަރީނާއާނުލައި، ހަމަ އެކަނި އެކޮޓަރިއެއްގައި އެމީހަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2010/HC-A/166
¢ ¢¢4
0
4 07 ¢
ދިރިއުޅޭ ކަމަށްޓަކައި އެކޮޓަރިން ފެންނަ އެންމެހާ ތަކެތީގެ ޒިންމާ އުފުލަންޖެހޭ ގޮތްވުމަކީ ޝަރުއީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، އެކަންބިނާކުރާނެ ޝަރުޢީ އަދި ޤާނޫނީ އުޞޫލެއްނެތް ކަމެއްކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/HC-A/2008 ޤަޟިއްޔާގައި ޤާއިމުކުރައްވާފައިވާ އުސޫލުން
ދޭހަވާން އޮތްކަމާއި ، އޮރިޔާން މަންޒަރު ދައްކުވައިދޭ 02 ( ދޭއް) ޑީ.ވީ.ޑީ ފެނުނު ކޮޓަރިއަކީ
ހަމައެކަނި އަޙުމަދު ރުސްތުމް ދިރިއުޅެމުން ދިޔަ ކޮޓަރިއެއްކަމަށް ނުވެފައި، މި 02 ( ދޭއް) ޑީ.ވީ.ޑީ
ފެނުނީ އަޙުމަދު ރުސްތުމްއާއި އެކު އެވަގުތު އެކޮޓަރީގައި ދިރިއުޅުނު ލ.އިސްދޫ! ޝާދީވިލާ
އާދަމްޔޫސުފްގެ ސީޑީ ޕެކަކުން ކަމަށް މި ކޮޓަރި ބަލާ ޗެކްކުރުމުގައި ޙަރަކާތްތެރިވި އެމް. އެން. ޑީ.
އެފް މުވައްޒަފުގެ ފަރާތުން ހެކި ބަސް ދީފާވާ ވުމަށާއި، އަދި މިކޮޓަރީގެ ތެރެއިން އޮރިޔާން މަންޒަރު
ދައްކުވައިދޭ ހާރޑް ޑިސްކެއް ފެނުނު އިރު މި އެއްޗަކީވެސް އާދަމް ޔޫސުފްގެ އެއްޗެއްކަމަށް އާދަމް
ޔޫސުފް، އިޢްތިރާފު ވެފައިވާތީ އާއި، މި އެންމެހާ ކަންކަމުގެ މައްޗަށް ބަލާއިރު އަޙުމަދު ރުސްތުމް އާއި
އާދަމް ޔޫސުފް ދިރިއުޅުނު ކޮޓަރިއެއްގެ ތެރެއިން އާދަމް ޔޫސުފްގެ ސީ ޑީ އެކަކުން ފެނުނު އޮރިޔާން
މަންޒަރު ދައްކުވައިދޭ 02) ޑީ ވީ : އަކީ އަޙުމަދު ރުސްތުމް ރާއްޖެ އެތެރެކޮށްފައިވާ އަދި އަޙްމަދު
ރުސްތުމާ ގެންގުޅެފައިވާ ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ
ކަމުގައި ބެލެވެން ނެތްކަން.
ދިވެހިމާއްa
"h
ވާf
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33252029 ފެކްސް: 33147
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
20]!HC-A/166
ހދީ 8
5
2
3
3
eއވެ
ޙުކުމް
ދެންފަހެ، އިސްވެ ކުރެވުނު ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، ޖިނާއީކޯޓުގެ
ނަންބަރު 2010/JC/910 ޤަޟިއްޔާގައި، ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި، ގެންގުޅުމުގެ
ކުށުން ސ.ފޭދޫ ވިކްޓޯރިއާ އަޙުމަދު ރުސްތު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ
ގޮތުން އަޙުމަދު ރުސްތުމް -/16,000 (ސޯޅަހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ޙުކުމް
ކޮށްފައިވަނީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނާތީ، ޖިނާއީކޯޓުގެ ނަންބަރު 2010/JC/910
ޤަޟިއްޔާއިން، އަޙުމަދު މުސްޡަމްގެ މައްޗަށް ދިވެހިރާއްޖެއަށް އޮރިޔާން ކާޑު އެތެރެކުރުމާއި،
ގެންގުޅުމުގެ ކުށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން އަޙުމަދު
ރުސްތުމް -/16,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް އެކޯޓުން ކޮށްފައިވާ ޙުކުމް ބާޠިލުކޮށް މި
ޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާ*
އައިކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325020، ފެކްސް: 1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.liv