ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/96 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
WWW
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 24/HC
-
A/2009
އިސްތިއުނާފް ކުރިފަރާތް:
ނަން: މުޙައްމަދު ޝާފިޢު
އައިޑީ ކާޑު ނަންބަރ: A02480
4
ދާއިމީ އެޑްރެސް: މޫންލައިޓްވިއު ބ. ގޮއިދޫ
އެޑްރެސް: ގ. ޒާމި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢާއިޝަތު މައުޒޫމާ
ކާޑު ނަންބަރ: A057729
އެޑްރެސް: ދިރާސާގެ
ފޭދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ، 50-1-3
ޢަ
، ރަޖިސްޓްރީކުރެވުނު ތާރީޚް: 09 ސަފަރު1430
04 ފެބްރުއަރީ 2009
* ނިމުނު ތާރީޚް: 25ޖުމާދަލް އާޚިރާ 1433
16 މެއި
2012
• އިސްތިއުނާފުކުރެވުނުޤަޟިއްޔާނަންބަރ. ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008;AC
163 ޤަޟިއްޔާ
ޤަޟިއްޔާގެ ބާވަތް: ހަޟާނަތު
ނިންމެވިކާޓް: ޢާއިލާއާއިބެހޭ ކޯޓު
ހުށަހެޅުނު ތާރީޚް: 29 ޖެނުއަރީ 2008 * ނިމުނު ތާރީޚް: 26 އޮކްޓޯބަރ 2008
9
4 2ވ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު،
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދައުވާގެ ޚުލާޞާ
މިއީ ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ދެކިގެން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ބ. ގޮއިދޫ މޫންލައިޓްވިއު،
މުޙައްމަދު ޝާފިޢު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A024808) ގެ ފަރާތުން ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ފޭދޫ ދިލްސާގެ، ޢާއިޝަތު މައުޒޫމާ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057729 ) އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
-1
4 22
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި މިމައްސަލާގެ ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާންތަކަށާއި މައްސަލައާއި
ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މުޙައްމަދު ޝާފިޢު އަކީ އެމެރިކާގައި ދިރިއުޅޭ މީހަކަށް ވާއިރު އޭނާ އެމެރިކާގައި ހުއްޓާ
އޭނާގެ މައްޗަށް ދިވެހިރާއްޖޭގެ އާއިލާ އާއި ބެހޭ ކޯޓަށް މައްސަލައެއް ހުށަހަޅައި އެމައްސަލަ ކޯޓުން ޤަބޫލުކޮށް
މައްސަލަ ޣައިރު ހާޟިރުގައި ހިންގާ ހުކުމް ކުރައްވާފައިވަނީ ކޯޓަށް މީހުން ހާޟިރުކުރުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާއިދުގެ 19 ވަނަ މާއްދާގެ (ނ) އާއި އަދި އެ ޤަވާއިދުގެ 20 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް
ބަޔާންކޮށްފައިވާ ނުކުތާ އަށް ބަލާއިރު
ޝަރީޢަތް ކުރުމާ ބެހޭގޮތުން ހެދިފައިވާ ޤަވާއިދު 6.1 ގެ " ކޯޓަށް މީހުން ޙާޟިރު
ކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދު" ގެ 19 ވަނަ މާއްދާގައި ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި
ދަޢުވާ ލިބޭ ފަރާތަކީ ދިވެއްސެއްކަމަށް ވެފައި، އޭނާ ރާއްޖެއިން ބޭރުގައި ވާނަމަ،
ޙާޟިރުވުމުގެ އަމުރު ރައްދުކުރުމުގައި، ޢަމަލުކުރާނީ ތިރީގައިވާ ގޮތަށެވެ. މިގޮތަށް ބަޔާންކޮށް އެމާއްދާގެ (ހ)
ގައި " ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި ދަޢުވާލިބޭ ފަރާތް ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެޑްރެސް
އެނގޭނަމަ، އެފަރާތަކަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރަޖިސްޓްރީ ޕޯސްޓުން ފޮނުވާނީއެވެ. އަދި އެމާއްދާގެ
އޭނާއަށް ކޯޓަށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A/ 24
(ށ) ގައި މިމާއްދާގައި ބަޔާންކުރާ ފަރާތެއް ރާއްޖެއިން ބޭރުގައި އުޅޭ އެޑްރެސް ނޭނގޭނަމަ، އެމީހަކަށް އަމުރު
ފޮނުވުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުންކުރެ ގޮތަކަށް ކަމަށާއި އަދި މިއަކުރުގެ ވަނަ ނަންބަރުގައި
އެމީހަކު ހުރި ޤައުމެއްގައި ހުރި ދިވެހި ސަރުކާރުގެ ކަމާބެހޭ އޮފީހެއް މެދުވެރިކޮށް އެމީހަކަށް އަމުރު
ރައްދުކުރުން" އަދި 2 ވަނަ ނަންބަރުގައި " އެމީހަކު ހުރި ޤައުމެއްގެ ސަރުކާރުގެ ކަމާބެހޭ ފަރާތެއް ނުވަތަ
ކޯޓު މެދުވެރިކޮށް އެމީހަކަށް އަމުރު ރައްދުކުރުން." މިގޮތަށް ބަޔާންކޮށްފައިވާ ކަމާއި
ޢާއިޝަތު މަޢުޒޫމާ ގެ ފަރާތުން ޢާއިލާއާއި ބެހޭ ކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު
2008/AC/163 ޤަޟިއްޔާގައި ދަޢުވާލިބޭ މުޙައްމަދު ޝާފިޢު އަކީ އެމެރިކާގައި އުޅޭ މީހެއް ކަމަށްވާތީ
އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މުޙައްމަދު ޝާފިޢުގެ ބަޔާނެއް ހޯދުމަށް އާއިލާއާ
ބެހޭ ކޯޓުން ފިޔަވަޅުއަޅާފައިވާ ކަމާއި ނަމަވެސް މުޙައްމަދު ޝާފިޢުގެ ބަޔާން އެކޯޓަށް ލިބިފައި ނުވާ ކަމާއި
އަދި މުޙައްމަދު ޝާފިޢު ޢާއިލާއާބެހޭ ކޯޓަށް ޙާޟިރުވުމަށް ނުވަތަ އޭނާގެ ބަދަލުގައި ކޯޓަށް
ހާޟިރުވެ މުޙައްމަދު ޝާފިޢުގެ ފަރާތުން ޖަވާބު ދާރީވެ ވާހަކަ ދައްކާނެ ފަރާތެއް ހަމަޖެއްސުމަށާއި އެކަން
އެގޮތަށް ހަމަނުޖައްސައިފިނަމަ މުޙައްމަދު ޝާފިޢުގެ ޣައިރު ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަންވެސް
އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މުޙައްމަދު ޝާފިޢުއަށް އެންގުމުންވެސް
އެއެންގެވުމަށް މުޙައްމަދު ޝާފިޢު އިޖާބަދީފައި ނުވުމުން
ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 28 ވަނަ މާއްދާގެ (ހ)
ގައިވާ ގޮތުގެ މަތީން 7 ދުވަހުގެ ތެރޭގައި ޢާއިލާއާއި ބެހޭ ކޯޓަށް ޙާޟިރުވުމަށާއި ޙާޟިރު ނުވިނަމަ ޣައިރު
ޙާޟިރުގައި މައްސަލަ ހިންގާ ނިންމޭނެކަން ޢާއިލާއާއި ބެހޭ ކޯޓުން އިޢުލާންކޮށް އެ އިޢުލާނުގައިވާ މުއްދަތު
ހަމަވެގެން ދިޔައިރުވެސް މުޙައްމަދު ޝާފިޢު އެކޯޓަށް ޙާޟިރު ވެފައި ނުވާތީ ޢާއިލާއާ ބެހޭ ކޯޓުގެ ނަންބަރު
2008/AC/163 ޤަޟިއްޔާއިން މުޙައްމަދު ޝާފިޢުގެ މައްޗަށް ޢާއިޝަތު މައުޒޫމާ ހުށަހަޅާފައިވާ ޙަޟާނަތުގެ
މައްސަލަ މުޙައްމަދު ޝާފިއުގެ ޣައިރު ޙާޟިރުގައި ނިންމަވާފައިވާ ކަން އެގޭއިރު
ކޯޓަށް މީހުން ހާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އާއިލާއާއި ބެހޭ ކޯޓުގައި އެމައްސަލަ ހިންގިއިރު އެއްވެސް ކަހަލަ
ޑިޕޮޒިޓް ފައިސާއެއް ބަހައްޓާފައި ނުވާކަމަށް މައްސަލަ އިސްތިއުނާފުކުރި ފަރާތުން ބުނެފައި ވިއަސް
ޢާއިލާއާ ބެހޭ ކޯޓުގައި އެމައްސަލަ ހިންގިއިރު އެކޯޓަށް މުޙައްމަދު ޝާފިއު ޙާޟިރުވެފައި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
4
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުވާކަން އެގޭއިރު އެއީ މުޙައްމަދު ޝާފިއުގެ ޙައްޤެއް ގެއްލިފައިވާ ކަމެއް ނޫންކަމާއި،
އަދި އެކަމުގެ ސަބަބުން އެމައްސަލާގެ އަސްލަށް ނުވަތަ ޖައުހަރަށް އެއްވެސް ބަދަލެއް
އައިސްފައި ނުވާކަންވެސް އެގެއެވެ.
ދތ ވ2ދ 2
2
30444,އވެ"
ހ) 0
xތ
IF
ﷲތ
در کره
ދީ 0
04x7 ތ
ہر مسح کر کی کہ
(ށ) ކޯޓަށް މީހުން ޙާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވައިދުގެ 20 ވަނަ މާއްދާގައި
މިޤަވައިދުގެ 19 ވަނަ މާއްދާގައި ވާގޮތަށް ރާއްޖޭން ބޭރުގައި ހުރި މީހެއްގެ މައްޗަށް ޙާޟިރުވުމުގެ އަމުރެއް
ނެރޭނީ ތިރީގައި މިވާ ޙާލަ
އެމާއްދާގެ (ހ) ގައި ދަޢުވާ ލިބޭ ފަރާތަކީ
ދިވެހިރާއްޖޭގައި ވަޒަންވެރިވެގެން އުޅޭ މީހެއް ކަމުގައިވުން" މިގޮތަށް ބަޔާންކޮށްފައިވާއިރު މުޙައްމަދު ޝާފިޢު
އެމެރިކާގައި ދިރިއުޅޭތާ މިހާރު އެތައް އަހަރުތަކެއް ވެފައިވާ ކަމަށާއި އަދި އޭނާއަކީ އެތަނުގައި ދާއިމީ ގޮތެއްގައި
މަސައްކަތް ކުރަމުންދާ ޕްރޮފެޝަނަލް ޑޮކްޓަރެއް ކަމަށާއި އަދި އޭނާއަކީ ޢާއްމުކޮށް ރާއްޖޭގައި ދިރިއުޅޭ މީހެއް
ނޫން ކަމަށްވެސް މުޙައްމަދު ޝާފިޢުގެ ފަރާތުން ޝަރީޢަތުގައި ބުނެފައިވީ ހިނދު
އިސްވެ ބަޔާން ކުރެވުނު ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި "ހުށަހެޅިފައިވާ
މައްސަލައަކީ ދިވެހިރާއްޖޭގައި ހިގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް ކަމުގައިވުން"
މިގޮތަށް ބަޔާން ކޮށްފައި އޮތްހިނދު
ޢާއިޝަތު މަޢުޒޫމާއާއި މުޙައްމަދު ޝާފިޢު އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޔޫސުފް ހަމްދާން
ޝާފިޢުގެ ޙަޟާނަތާބެހޭ މައްސަލާގެ ހާދިސާ ކުއްޖާގެ ބައްޕައާއި މަންމައާއި ދެމީހުންގެ މެދުގައި ހިގާފައިވަނީ
ދިވެހިރާއްޖޭގައިކަން މިމައްސަލާގެ ބަޔާންތަކުންނާއި މިކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުއުން ތަކުން އެގޭކަމާއި
އަދި އެކަން އާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2005 |AC/1432 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލުމުން އިތުރަށް ކަށަވަރުވެގެންދާ ކަން އެގޭކަމާއި އަދި އެޤަޟިއްޔާގެ ޙުކުމުގައިވަނީ "ދެންފަހެ،
އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ރިޢާޔަތްކޮށް ސ. ފޭދޫ ! ދިރާސާގެ ޢާއިޝަތު މަޢުޒޫމާ
އާއި ބ. ގޮއިދޫ ; މޫންލައިޓްވިއު މުޙައްމަދު ޝާފިޢު އާ ދެމީހުން އިދެގެން ލިބިފައިވާ ދަރިފުޅު ޔޫސުފް
ޙަމްދާން ޝާފިޢުގެ ޙަޟާނަތު ލިބިގަތުމަށް ޢާއިޝަތު މަޢުޒޫމާ ދަރިފުޅުގެ ބައްޕަ މުޙައްމަދު ޝާފިޢުގެ މައްޗަށް
ދަޢުވާކުރާ މިދަރިފުޅަކީ ދަރިފުޅުގެ މަންމައާއި ބައްޕައާ ދެމީހުންގެ ދެމެދުގައި ވާހަކަދެކެވި އެއްބަސްވެގެން
ދަރިފުޅުގެ ބައްޕަފަރާތުގެ މަންމައާއި ބައްޕައާ ބެލުން ޙަވާލުކޮށްފައިވާ ދަރިފުޅެއްކަމާއި، މިގޮތަށް ހަމަޖައްސަން
ޖެހުނީ ދަރިފުޅުގެ މަންމަ ރާއްޖެއިން ބޭރުގައި މެލޭޝިޔާގައި ކިޔަވަން ހުންނާތީ ދަރިފުޅުގޮވައިގެން
މެލޭޝިޔާގައި ކިޔަވަން ހުރުން ދަތިވެގެންކަމާއި، މިހާރުވެސް ޢާއިޝަތު މަޢުޒޫމާ އަކީ މެލޭޝިޔާގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
5
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
99
ކިޔަވަމުންދާ މީހަކަށްވާތީ، ދަރިފުޅަށް އެއްމެ މަސްލަހަތު ބޮޑުގޮތަކީ ޢާއިޝަތު މަޢުޒޫމާއާ މުޙައްމަދު ޝާފިޢުއާ
ދެމީހުން އެއްބަސްވެފައިވާ ގޮތުގެ މަތިން ދަރިފުޅުގެ ބައްޕަ ފަރާތުގެ ކާފައާ މާމަގެ ކާރީގަ ހުރުމުން ކަމަށް
ޝަރީޢަތަށް ބުރަވެވޭތީ ޢާއިޝަތު މަޢުޓޫޅާ ކިޔެވުން ދޫކޮށްލާފައި، ނުވަތަ ކިޔެވުން ނިންމާފައި ރާއްޖެއައުމާ
ހަމައަށް ދަރިފުޅުގެ ބައްޕަ ފަރާތުގެ މާމައާ ކާފަގެ ބެލުމުގެ ދަށުގައި ދަރިފުޅު ބެހެއްޓުމަށާއި ދަރިފުޅުގެ މަންމަ
ޢާއިޝަތު މަޢުޒޫމާ ކިޔެވުން ދޫކޮށްފައި، ނުވަތަ ކިޔެވުން ނިންމާފައި ރާއްޖެއަތުވެއްޖެނަމަ، ދަރިފުޅުގެ ބައްޕައާ
ވާހަކަ ދައްކައިގެން ދަރިފުޅު ބެލުމުގެ ކަންތައް އެހެންގޮތަކަށް ހަމަޖެއްސުމުގެ އިޚްތިޔާރު ޢާއިޝަތު މަޢުޒޫމާއަށް
ލިބިގެންވާ ކަމަށާއި ވާހަކަ ދައްކައިގެން ވަކިގޮތަކަށް އެއްބަސް ނުވެވިއްޖެނަމަ، މައްސަލަ ޝަރީޢަތަށް
ހުށަހެޅުމުގެ އިޚުތިޔާރު ޢާއިޝަތު މައުޒޫމާއަށް ލިބިގެންވާކަން އަންގައި މިޤަޟިއްޔާ ނިންމީއެވެ." މިފަދައިން
ބަޔާންކޮށްފައިވާއިރު ޢާއިޝަތު މަޢުޒޫމާއާއި މުޙައްމަދު ޝާފިޢު އާއި ދެމީހުންނަށް ލިބިފައިވާ ދަރިފުޅު ޔޫސުފް
ހަމްދާން ޝާފިޢުގެ ޙަޟާނަތާ ބެހޭ ގޮތުން އުފެދުނު މައްސަލާގެ ހާދިސާ ހިގާފައިވަނީ ދިވެހިރާ
ދިވެހިރާއްޖޭގައި
ކަން
އެގެން އޮތްއިރު
ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނޭ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ ނައްސުގައި ހިމެނޭ " ޙާދިސާ " މިބަހުގެ މާނައިގެ ތެރޭގައި ފެމިލީ މައްސަލަތަކާއި
ޙަޟާނަތުގެ މައްސަލަތަކާއި ބަލަދުވެރިކަމާއި މިފަދަ ފެމިލީ ޝަޚްސީ އާއިލީ މައްސަލަތަކެއް ނުހިމެނޭނެ ކަމަށާއި
އެނައްސުގައި " ޙާދިސާ" އޭ އެ ބުނަނީ ޖިނާއީ މުހިއްމު ޙާދިސާ ވައްކަން، ޓެކުން، ފޭރުން، މީހުން މެރުން،
މިކަހަލަ ހާދިސާ ތަކަށް ކަމުގައި ޤަބޫލުކުރެވޭ ކަމަށް މުޙައްމަދު ޝާފިޢުގެ ފަރާތުން ބަޔާންކޮށްފައިވާއިރު
ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގެ (ނ) ގައި
" ހުށަހެޅިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގައި ހިގާފައިވާ ހާދިސާއަކާ ގުޅިގެން ހުށަހެޅިފައިވާ މައްސަލައެއް
ކަމުގައިވުން " މިއީ ޢާއްމު ނައްސެއް ކަމާއި އަދި މި ނައްޞުގައި ހިމެނޭ " ހާދިސާ " މިބަހަކީވެސް ޢާއްމު
ބަހެއް ކަމާއި
އެބަސް ނުވަތަ ޖުމްލަ ހަމައެކަނި ޖިނާއީ ވަކިބާވަތަކަށް ޚާއްސަ ކުރެވޭނީ އެކަމަށް ދަލާލަތު ކުރާ
ހުއްޖަތެއް އޮވެގެން ކަމަށްވާއިރު ކޯޓަށް މީހުން ހާޟިރު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ
މާއްދާގެ (ނ) ގައި ހިމެނޭ ޢާއްމު ނައްޞު ޖިނާއީ ވަކި ބާވަތެއްގެ މައްޞަލަތަކަށް ޙާއްސަ ކުރެވޭނޭ ހުއްޖަތެއް
އެޤަވާއިދުގައި ނެތް ކަމާއި އަދި މައްސަލަ އިސްތިއުނާފު ކުރިފަރާތްކަމަށްވާ މުޙައްމަދު ޝާފިޢުގެ ފަރާތުންވެސް
އެފަދަ ހުއްޖަތެއް ޝަރީޢަތަށް ދެއްކިފައިނުވާއިރު
ކަމަކަށް
ޙާއްސަ
ދަލީލެއްނެތި ޙާއްސަ ކުރުމަކީ ޝަރުއީ ހަމަތަކާ
ޚިލާފުކަމެއް ކަމަށްވާއިރު
ކޮށް އޮތް
20
2& 26 27
އމާ އެ
ހެއްކެއް ވަކި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2009/HC-A/ 24
ޢާއިލާއާބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްކަމަށްވާ
މުޙައްމަދު ޝާފިޢު އެމެރިކާގައި ވަނިކޮށް އޭނާ ދިވެހިރާއްޖޭގެ އާއިލާއާ
ލާއާއިބެހޭ ކޯޓަށް ޙާޟިރު ކުރުމަށްޓަކައި
އެކޯޓުން އަޅާފައިވާ ފިޔަވަޅަކީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ
މާއްދާ އިން ހުރަސް އެޅިފައިވާ ކަމެއް ނޫން ކަން އެގެއެވެ.
(ނ) ޢާއިލާއާއި ބެހޭ ޤަވާއިދުގެ 71 ވަނަ މާއްދާގަ
.ދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރާނެ
ފަރާތެއް ކަނޑައެޅުމުގައި އިސްކަންދޭންޖެހޭ ތަރުތީބު ބަޔާންކޮށްފައިވާއިރު އެންމެ ފުރަތަމަ ބަޔާން ކޮށްފައިވަނީ
ކުއްޖާގެ މަންމަކަން އެނގޭކަމާއި
244
އަދި އެޤަވާޢިދުގެ 72 ވަނަ މާއްދާގައި ކުއްޖާގެ ޙަޟާނަތުގެ ތަރުތީބުން އެންމެ އިސްކަންދެވޭ
މީހާއާ ކުއްޖާގެ ޙަޟާނަތު ޙަވާލު ކޮށްފިނަމަ ކުއްޖާގެ މަސްލަޙަތަށް އުނިކަމެއް އަންނާނެ ކަމަށް ބެލެވޭ
ޤަރީނާތަކެއް ހުރިނަމަ ކުއްޖާގެ މަސްލަޙަތަށް ރިޢާޔަތްކޮށް ޙަޟާނަތުގައި އިސްކަން ދެވިފައިވާ ތަރުތީބުގެ
މަތީން ކުއްޖާގެ ޙަޟާނަތު އެހެން ފަރާތަކާ ޙަވާލުކުރެވި ދާނެއެވެ." މިގޮތަށް ބަޔާންކޮށްފައި ވާކަމާއި
ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާގެ ކިބައިން ޙަޟާނަތު ގެއްލިފައިވާކަން ސާބިތުކުރެވޭ
ވަރުގެ ކަމެއް ޝަރީޢަތަށް ހުށަހެޅިފައި ނުވާއިރު ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ އަށް ޙަޟާނަތު ގެ
ވިލާޔަތު ލިބުމުގެ އަހުއްލިއްޔަތު ލިބިގެންވާ ކަމަށް ޤަބޫލުކުރެވޭ ކަމާއި
އަދި ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ އަކީ ޙަޟާނަތު ލިބުމުގެ އެންމެ އިސްފަރާތްކަމަށް
ވާއިރު ކުއްޖާގެ މަންމަ ޢާއިޝަތު މަޢުޒޫމާ ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމަކީ ކުއްޖާގެ މަސްލަޙަތަށް
އުނިކަމެއް އަންނާނެ ކަމެއްކަމަށް ބެލެވޭ ޤަރީނާއެއް ޝަރީޢަތަށް ހުށަހެޅިފައިނެތްކަން އެގެއެވެ.
(ރ) މުޙައްމަދު ޝާފިޢު އާއި ޢާއިޝަތު މައުޒޫމާ އާއި މިދެމީހުންނަށް ލިބިފައިވާ ދަރިފުޅު
ޔޫސުފް ހަމްދާން ޝާފިޢު އަށް އެމެރިކާގެ ރައްޔިތުކަން ލިބިފައިވުމަކީ އެކުއްޖާގެ މަންމައަށް ޝަރުޢީ އަދި
ޤާނޫނީ ގޮތުން މަންމައަށް ލިބިފައިވާ އެއްވެސް ޙައްޤެއް ނިގުޅިގެން ދާނޭކަމެއް ނޫން ކަމާއި އަދި އެއީ ކުއްޖާގެ
ލިބިފައިވާ ޙަޟާނަތުގެ ވިލާޔަތް ގެއްލިގެން ދާނޭކަމަށް ބެލެވޭނޭ ހުއްޖަތެއް ނޫންކަންވެސް އެގެއެވެ.
(ބ) ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ އިން ނިންމާވާ ފައިވާ
ޔޫސުފް ހަމްދާން ޝާފިޢުގެ ޙަޟާނަތުގެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވި ހިގަމުން
02 ދ ތތ
މަންމައަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް
ވެބް ސައިޓް: www.highcourt.gov.mv
[email protected]
7
2009/HC-A/ 24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
42
ދަނިކޮށް ޔޫސުފް ހަމްދާން ޝާފިޢު އަށް 7 (ހަތެއް) އަހަރު ފުރިފައިވާ ކަން މިމައްސަލާގެ ބަޔާންތަކުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން އެގެން އޮތްނަމަވެސް،
ޢާއިލާއާ ކޯޓުގައި މިކުއްޖާގެ މައްސަލަ ހިންގާ ނިންމެވިއިރު ކުއްޖާއަށް 7 އަހަރު
ފުރިފައި ނުވާ ކަމާއި އެނުކުތާއަކީ އެކޯޓުން ބައްލަވާފައިވާ ނުކުތާއެއް ނޫންކަމާއި، އިސްތިއުނާފް އުސޫލުތަކުގެ
މައްޗަށް ވިސްނާ ބަލާއިރު އިސްތިއުނާފް ދަޢުވާ ބިނާވާން ޖެހޭނީ ދަށުކޯޓުގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ޚިލާފުވާނަމަ އެނުކުތާގެ މައްޗަށް ކަމަށްވެފައި، ދަށުކޯޓުން ބައްލަވާ ފައިސަލާކުރަނިވި ނިޔާއެއް
ކަނޑައެޅިފައި ނުވާކަމަކާ މެދު އިސްތިއުނާފުގެ މަރުޙަލާގައި ގޮތެއް ކަނޑައެޅުމަކީ އެމައްސަލާގައި ހިމެނޭ
ފަރާތްތަކަށް ޤާނޫނީ ގޮތުން އޮތް އިސްތިއުނާފުކުރުމުގެ ޙައްޤަށް ހުރަސް އެޅިދާނެ ކަމަކަށް ވުމާއެކު
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިމައްސަލަ ބެލިބެލުމުގައި އެނުކުތާ ބެލިފައެއް ނުވާނެއެވެ.
އެހެންކަމަށްވުމުން އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމާއެކު ޢާއިލާއާއި
ބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން
ގެނެވިދާނެ ބަދަލެއް އޮތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަކަށް
ނުފެނެއެވެ.
42 0
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު ޢާއިލާއާއި ބެހޭ ކޯޓުގެ
ނަންބަރު 2008/AC/163 ޤަޟިއްޔާ ގައި ކުރައްވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤު
ވެފައިވާތީ ޢާއިލާއާއި ބެހޭ ކޯޓުގެ ނަންބަރު 2008/AC/163 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މައްސަލަ
ނިންމީއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv