ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/152 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/152
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 152/HC-A/2014
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:63
/
2004-C
ދާއިމީ އެޑްރެސް: މއ. ވައްފަރު މާލެ
* މިހާރުގެ އެޑްރެސް: މއ. ވައްފަރު/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު: 07
/
2001-C
ދާއިމީ އެޑްރެސް: ހ. ކާނޭޝަންވިލާ މާލެ
މިހާރުގެ އެޑްރެސް:
ކާނޭޝަންވިލާ މާލެ
0
، ރަޖިސްޓްރީ ކުރެވުނު ތާރީޚް: 15 ރަޖަބު 1435
14 މެއި 2014
* ނިމުނު ތާރީޚް: 29 ޞަފަރު 1438
29 ނޮވެމްބަރ 2016
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1909
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 25 ސެޕްޓެމްބަރ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 09 ފެބްރުއަރީ 2014
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު.ޢަބްދުﷲ ދީދީ ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު. ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/152
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1909 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1909 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
އެއެޤީeށް
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1909 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ހ. ފޭރުގަސްދޮށުގޭގައި 11 ބުރީގެ ޢިމާރާތެއް ކުރުމަށް ފަލިމް ގްރޫޕް ޕްރައިވެޓް
ލިމިޓެޑް އާއި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 16 އޭޕްރީލް 2007 ގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން ކުރަމުންދިޔަ މަސައްކަތަށް އެއްބަސްވެފައިވާ ގޮތުގެމަތީން ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑް އަށް މަސައްކަތުގެ އަގު ލިބެންޖެހޭއިރު، އެއްބަސްވުމުގައި
ބަޔާންވެގެންވާ ގޮތުގެ މަތީން ފަލިމް ގްރޫޕް
ޕްރައިވެޓް ލިމިޓެޑް އިން މަސައްކަތުގެ އަގު އަދާކޮށްފައިނުވާތީ، އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭ މަސައްކަތުގެ އަގުން ބާކީ ނުލިބިވާ ފައިސާ ފަލިމް ގްރޫޕް ޕްރައިވެޓް
etcoc
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ލިމިޓެޑުން ހޯދައިދިނުމަށް އެދި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަން އެނގެންއޮވެއެވެ.
CCCXOC
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1909 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑް (0063
/
2004-C) އިން (މީގެފަހުން "ދަޢުވާކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުން)
ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (07
/
2001-C) ގެ (މީގެފަހުން "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައިވާ
ފަރާތުގެ) މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ފޭރިގަސްދޮށުގޭގައި 11 ބުރީގެ އިމާރާތެއް ކުރުމަށް ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާ ފަރާތާއި
ދެމެދު 16 އޭޕްރީލް 2007 ގައި ވެފައިވާ އެއްބަސްވު
އެބަސްވުމުގެ ދަށުން ކުރަމުންދިޔަ މަސައްކަތަށް އެއްބަސްވެފައިވާ
ގޮތުގެމަތީން ދަޢުވާކުރާ ފަރާތަށް މަސައްކަތުގެ އަގު ލިބެންޖެހޭއިރު، އެއްބަސްވުމުގައި
ބަޔާންވެގެންވާ ގޮތުގެ
މަތީން ދަޢުވާލިބޭ ފަރާތުން މަސައްކަތުގެ އަގު އަދާކޮށްފައިނުވާތީ، އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން
ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ
މަސައްކަތުގެ އަގުން ބާކީ ނުލިބިވާ ފައިސާ ދަޢުވާލިބޭ ފަރާތުން ހޯދައިދިނުމަށް ދަޢުވާކުރާ ފަރާތުން
މިދަޢުވާގައި އެދިފައިވާއިރު،
ދަޢުވާލިބޭ ފަރާތުން ދަޢުވާއަށް ކަނޑައެޅިގެން އިންކާރު ކޮށްފައިވުމާއި ދަޢުވާކުރާ ފަރާތުން
ކޮށްނިންމާފައިވާ މަސައްކަތަށް ފައިސާ ދޭންޖެހި ނުދީ ނުއޮންނާނެކަމަށް ދަޢުވާލިބޭ ފަރާތުން ބުނެފައިވުމާއި،
ބުނެވިދިޔަ އެއްބަސްވުމުގައި ދަޢުވާކުރާ ފަރާތުގެ އިލްތިޒާމްތަކަކީ ކަނޑައެޅިފައިވާ ތާރީޚްތަކަކަށް
ޢިމާރާތުގެ އެކިއެކި ފަންގިފިލާތައް ފުރިހަމަކޮށް، ފުރިހަމަކުރެވިފައިވާ ފަންގިފިލާތަކުގެ ބޭނުން ދަޢުވާލިބޭ
ފަރާތުން ހިފުމަށްޓަކައި އެތާރީޚުތަކުން ފެށިގެން ދަޢުވާލިބޭ ފަރާތާއި އެފަންގިފިލާތައް ޙަވާލުކުރަމުން ގެންގޮސް
އެއްބަސްވުމުގައި ކަނޑައެޅިފައިވާ ވަކި މުއްދަތެއްގެ ތެރޭގައި މުޅި ޢިމާރާތުގެ މަސައްކަތް ފުރިހަމަ ކުރުމަށްފަހު
ecoc
3 21
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/152
ދަޢުވާލިބޭ ފަރާތާއި ޢިމާރާތް ޙަވާލުކުރުންކަން އެއްބަސްވުމުން އެނގެންއޮތުމާއި، ދެފަރާތުން އެއްބަސްވެފައިވާ
ގޮތަށް ދަޢުވާކުރާ ފަރާތުގެ އިލްތިޒާމްތައް ދަޢުވާކުރާ ފަރާތުން އަދާކޮށްފައި ނުވާކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ފޮޓޯތަކުން އެނގެންއޮތުމާއި، މަސައްކަތުގެ އަގުން އެއްވެސް މިންވަރެއް ދަޢުވާލިބޭ ފަރާތުން
ދަޢުވާކުރާ ފަރާތަށް ދޭންޖެހި ނުދީވާކަން ޝަރީޢަތަށް ސާބިތުނުވާތީ، ދަޢުވާގައި ބުނެފައިވާ ފައިސާ ދަޢުވާލިބޭ
ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭކަމަށް ޝަރީޢަތުން ކަނޑައެޅޭނެތަނެއް ނެތްކަމަށް، ޙުކުމްކޮށްފީމެވެ"
މިފަދައިންނެވެ.
4. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1909 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް)
ހުށަހަޅައި އެނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
9a46
ކު هއއ
م مي و جنس
ހއ 22
ދެއްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާ
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އުފުލަންޖެހޭ އިލްތިޒާމްތައް މާނަ ކުރުމުގައްޔާއި
ރިޢާޔަތްކުރުމުގައި ޢަދުލު އިންސާފާއި ހަމަހަމަކަން ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް
ސިވިލް ކޯޓުން ޙުކުމް ކުރެއްވުމުގައި މާނަކޮށް އަދި ރިޢާޔަތްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި
484=ހ4
ޕީއލިJށް
/ 44 *ހ2
سرور مر
މ.8 6
4
ނމeއ
0
• ދެވަނަ ނުކުތާއަކީ، އިސްލާމީ ޝަރީޢަތުގެ ޤާއިދާއެއް
ޤާޢިދާއެއްކަމުގައިވާ الأصل بقاء ما كان عای
ها لل" ދަށުން އެމީހެއްގެ މައްޗަށް ޒިންމާއެއް ސާބިތުވެފައިވާނަމަ، އެޒިންމާއެއް އެގޮތުގެ މަތިން
ފުރިހަމަކޮށްފައިވާކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު، އެ ޒިންމާ އަދާކޮށްފައި ނުވާކަމަށް ބަލަންޖެހޭ މިއުޞޫލާ
ޚިލާފަށް ސިވިލް ކޯޓުން ޙުކުމް ކުރެއްވުމުގައި ރިޢާޔަތްކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
UCO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/152
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1909 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ކަންތައްތައް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1909
ޤަޟިއްޔާއަކީ،
ފޭރިގަސްދޮށުގޭގައި 11 ބުރީގެ ޢިމާރާތެއް ކުރުމަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އާއި
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު 16 އޭޕްރީލް 2007 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން
ކުރަމުންދިޔަ މަސައްކަތަށް އެއްބަސްވެފައިވާ ގޮތުގެ މަތިން ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް އިން
މަސައްކަތުގެ އަގު އަދާކޮ
ދާކޮށްފައިނުވާކަމަށް ބުނެ، އެއްބަސްވުމުގެ 13 ވަނަ މާއްދާގެ ދަށުން ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށާއި، އެއްބަސްވުމުގެ ދަށުން ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑްއަށް ލިބެންޖެހޭ މަސައްކަތުގެ އަގުން ބާކީ ނުލިބިވާ ފައިސާ ހޯދުމަށް އެދި ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމާއި،
ސިވިލް ކޯޓުން އެޤަޟިއްޔާ ނިންމަވާފައިވަނީ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި
އެދަޢުވާއަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ކަނޑައެޅިގެން އިންކާރުކޮށްފައިވާތީއާއި، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑުން ކޮށްނިންމާފައިވާ މަސައްކަތަކަށް ފައިސާ ދޭންޖެހި ނުދީ ނުއޮންނާނެކަމަށް ފަލިމް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނެފައިވާތީއާއި، ދެފަރާތުން ވެފައިވާ އެއްބަސްވުމުގައި ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިނުވާކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ފޮޓޯތަކުން އެނގެންއޮތުމުންނާއި، މަސައްކަތުގެ އަގުން އެއްވެސް މިންވަރެއް ދަޢުވާކުރާ ފަރާތަށް
ދައްކަންޖެހި ނުދީވާކަން ޝަރީޢަތަށް ސާބިތުނުވާތީ، އެދަޢުވާގައި ބުނެފައިވާ ފައިސާ ވިއު ބިލްޑަރސް
3* 2 ޑ ވހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް
ޝަރީޢަތުން ކަނޑައެޅޭނެތަނެއް
ނެތްކަމަށް ކަނޑައަޅުއްވައި
އެގޮތުގެމަތިންކަން އެނގޭކަމެވެ.
CCC
3
(ނ) ދެވަނަ ކަމަކީ، ފޭރިގަސްދޮށުގޭގައި ޢިމާރާތެއް ކުރުމާބެހޭގޮތުން، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑާއި، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑާދެމެދު 16 އޭޕްރިލް 2007 ވަނަ ދުވަހު
އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމާއި،
އެއެއްބަސްވުމުގެ ދަށުން މަސައްކަތުގެ ވެރިފަރާތާއި މަސައްކަތްކުރާ ފަރާތާ ދެމެދު
އެއްބަސްވެވިފައިވާ ކަންކަން ބަޔާންކުރެވިފައިވާއިރު، އެއްބަސްވުމާ އެޓޭޗްކުރެވިފައިވާ އާކިޓެކްޗަރަލް
ޑްރޯވިންގތަކާއި ބިލް އޮފް ކުއަންޓިޓީސްއާ އެއްގޮތްވާގޮތުގެ މަތީން ފޭރިގަސްދޮށުގޭގައި ހަދާ ޢިމާރާތުގެ
ކޮންކްރީޓް ސްޓްރަކްޗަރ އަދި ފިނިޝިން މަސައްކަތް ކުރުމަށް މަސައްކަތްކުރާ ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑުން އެއްބަސްވާކަ
ވާކަމާއި، އެ އެއްބަސްވުމުގެ ދަށުން ކުރާ ހުރިހާ މަސައްކަތްތަކަށް އެއްބަސްވުމުގައިވާ
އުޞޫލުތަކާއި އެއްގޮތަށް މަސައްކަތްކުރާ ފަރާތަށް ފައިސާ ދިނުމަށް މަސައްކަތުގެ ވެރިފަރާތުގެ ހައިސިއްޔަތުން
ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވާކަމާއި،
އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތް ފުރިހަމަކޮށް ވެރިފަރާތަށް މަސައްކަތް ފަށާ ދުވަހުން
ފެށިގެން 570 ދުވަހުގެ ތެރޭގައި ތަން ޙަވާލުކުރުމާއި، އެމުއްދަތަށް މަސައްކަތް ނުނިމިއްޖެނަމަ ލަސްވާ ކޮންމެ
ދުވަހަކަށް ދުވާލަކަށް 500 (ފަސްސަތޭކަ) ރުފިޔާ ޖޫރިމަނާގެ ގޮތުގައި ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް
ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭކަމާއި، އަދި އެ އެއްބަސްވުމާއެކު ހިމެނިފައިވާ ޕޭމަންޓް ޝެޑިއުލްއާ
ފައިސާ ނުލިބި ލަސްވާނަމަ ލަސްވާ ކޮންމެ ދުވަހަކަށް 500 (ފަސްސަތޭކަ) ރުފިޔާ ވިއު
ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން
އެއްބަސްވާކަމާއި، އަދި ޕޭމަންޓް ޝެޑިޢުލްގައިވާ މުއްދަތަށް ފައިސާ ނުލިބި ލަސްވަމުންދާނަމަ މަސައްކަތް
ހުއްޓާލުމުގެ ފުރިހަމަ އިޚްތިޔާރު ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި، އެފަދައިން
ޑ 0 =ހ2
އއeyށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/152
މަސައްކަތް ހުއްޓާލުމުގެ ސަބަބުން މަސައްކަތުގެ ވެރިފަރާތަށް ލިބިދާނެ ގެއްލުމަކަށް މަސައްކަތްކުރާ ފަރާތުން
ޒިންމާނުވެވޭނެކަން އެ އެއްބަސްވުމުގެ 13 ވަނަ މާއްދާއަށް ބެލުމުން އެނގެންއޮންނަކަން ފާހަގަކުރެވޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ ދަޢުވާއަކީ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި
ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތްތަކަށް ފަލިމް
ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ -/
1,353,152.01ރ. (އެއްމިލިއަން ތިންލައްކަ ފަންސާސް ތިންހާސް
އެއްސަތޭކަ ފަންސާސް ދެ ރުފިޔާ އެއްލާރި) ހޯދުމަށް ކޮށްފައިވާ ދަޢުވާއެއްކަމުގައި ވީއިރު، މިފައިސާ އަކީ
އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކަކަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ ފައިސާއެއް
ކަމަށްވެފައި، އެފައިސާ ދިނުމަށްޓަކައި ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އޮފް ސިލޯނުގެ ނަންބަރު 6320009227 އެކައުންޓުގެ
ނަންބަރު (71682، 716833، 16834
7، 716832، 16831
7] 16827
7، 716822، 6716826
716817 ޑޭޓެޑް ޗެކުތައް ދީފައިވާއިރު، އެޗެކްތަކަށް ފައިސާ ނަގަން ފޮނުވިއިރު ޕޭމަންޓް ސްޓޮޕް
ހަދާފައިވުމުގެ ސަބަބުން ފައިސާ ނުލިބިވާއިރު، އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކަށް ފައިސާ
ދިނުމަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ އިލްތިޒާމެއްކަން އެނގެންއޮންނައިރު، ޗެކްތަކަށް ފައިސާ
ދިނުމާއި، ދީފައިވާކަމަށް ބުނާނަމަ އެކަން ސާބިތުކޮށްދިނުމަކީ އެއިލްތިޒާމް އުފުލަންޖެހޭ ފަލިމް ގްރޫޕް
ޕްރައިވެޓް ލިމިޓެޑުގެ ޒިންމާއެއްކަމަށްވާއިރު، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހި ނުދީ އެއްވެސް
ފައިސާއެއް ނާނެކަމަށް ހަމައެކަނި ބުނި ބުނުމެއްގެ މައްޗަށް ބައްލަވައި އިސްތިއުނާފުކުރެވިފައިމިވާ
ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ފާހަގަކުރި ކަންކަމަށް ބަލާއިރު،
ޚުސޫމާތްތަކުގައި ސާބިތުކުރުމުގެ ބުރަ އުފުލުމަކީ ދަޢުވާ ކުރާ ފަރާތުގެ
މަސްއޫލިއްޔަތެއްކަން ދިވެހިރާއް
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-A/2010 ޤަޟިއްޔާއަށް ބެލުމުން
2 * 2 ދ ތ ދދވ
ނމހނނ ތ
މަދަނީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/152
އެނގޭކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހެޅި ދަޢުވާއަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާއިރު، އެދަޢުވާ ވިއު
ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބިނާކޮށްފައިވާ މައިގަނޑު ލިޔުމަކީ އެފަރާތުން އެޤަޟިއްޔާގައި
ޑޮކިއުމަންޓް 4 ގެ ގޮތުގައި ހުށަހަޅާފައިވާ އެފަރާތުން ތައްޔާރުކޮށްފައިވާ ލިޔުމެއްކަން އެނގެންއޮންނައިރު،
އެލިޔުމަށް ދަޢުވާލިބޭ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި،
މިނުކުތާގައި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން، އެފަރާތަށް ފަލިމް ގްރޫޕް ޕްރައިވެޓް
ލިމިޓެޑުގެ އަތުން -/
1,353,152.01ރ. (އެއްމިލިއަން ތިންލައްކަ ފަންސާސް ތިންހާސް އެއްސަތޭކަ
ފަންސާސް ދެ ރުފިޔާ އެއްލާރި) ލިބެންޖެހޭކަމަށާއި، އެފައިސާ ދެއްކުމަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އޮފް ސިލޯނުގެ ނަންބަރު
6320009227 އެކައުންޓުގެ ނަންބަރު 716820، 716833، 716834، 6716832
67 16831
716827، 2716822
716826 ،716817 ޑޭޓެޑް ޗެކުތައް ދީފައިވާކަމަށާއި، ނަމަވެސް އެޗެކްތަކުގެ
ޕޭމަންޓް ސްޓޮޕްކޮށްފައި
ހިފައިވާތީ އެޗެކްތަކަށް ފައިސާ ލިބިފައިނުވާކަމަށް ބަޔާންކުރާއިރު، މިޗެކްތަކުގެ ވާހަކައަކީ
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގެ ތެރެއިން ދެކެވިފައިވާ ވާހަކަތަކެއްކަން އެޤަޟިއްޔާގައި
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް
ބެލުމުން އެނގެންނެތްކަމާއި،
އަދި އެޤަޟިއްޔާ އިސްތިއުނާފުކުރަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން އެޗެކްތަކުގެ ވާހަކަ ބަޔާންކޮށް، އެޗެކްތަކަކީ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން
މިޤަޟިއްޔާގައި ހޯދުމަށް އެދޭ ފައިސާ ދެއްކުމަށް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ
ޗެކްތަކެއްކަމަށް ބުނާތީ އެޗެކްތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ތެރެއިން ބެލިއިރު، އެޗެކްތަކަކީ
ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން އެބުނާ ފަދައިން ދޫކުރެވިފައިވާ ޗެކްތަކެއްކަން އެޗެކްތަކަށް ބެލުމުން
އެނގެންނެތްކަން ފާހަގަކުރެވޭކަމާއި، އަދި އެޗެކްތަކަކީ މިދަޢުވާގައި ބުނާ ޢަދަދު ދެއްކުމަށް ފަލިމް ގްރޫޕް
ޖެހިރާއްޖޭގެ ހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2014/HC-A/152
ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކްތަކެއްކަމަށް ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާއިރު،
އެޗެކްތަކުގައިވާ ޢަދަދަ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދި ދަޢުވާކުރި ޢަދަދު ދިމާނުވާކަން
އެޗެކްތަކަށް
ކްތަކަށް ބެލުމުން ފާހަގަކުރެވޭކަމެވެ.
1909/Cv-C/2011
އެހެންކަމުން، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި ބެލި
ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި، މަސައްކަތުގެ އަގުން އެއްވެސް މިންވަރެއް ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވިއު
ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހި ނުދީވާކަން ޝަރީޢަތަށް ސާބިތުނުވާކަމަށްޓަކައި، އެދަޢުވާގައި
ބުނެފައިވާ ފައިސާއަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ
ފައިސާއެއްކަމަށް ޝަރީޢަތުން ކަނޑައަޅާނެތަނެއްނެ
އެތަނެއްނެތްކަމަށް ކަނޑައަޅުއްވައި، ސިވިލް ކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ސަބަބެއް ފެންނަން
4c¢
ން ނޭބޮށުގެ ގެއެވެ.
953
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1909 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cc
ދިވެހިރާއްޖޭގެ
އާއިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv