ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/278 ޤަޟިއްޔާގެ ޙުކުމް
f
2009/HC-A/278
ޤަޟިއްޔާ ނޢީމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަލއްޔާ ނިމުނުގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 278/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރިސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: -
* މިހާރުގެ އެޑްރެސް:
އައިޑީ
3ތ ވ4ވ
އިސްތިއުނާފު ރައްދުވި ފަރާތް
ނަން ޢަބްދުލްފައްތާޙު މުޙައްމަދު
އައިޑީ ކާޑު ނަންބަރ: A042460
ދާއިމީ އެޑްރެސް: ލ.ނޫޙު
މިހާރުގެ އެޑްރެސް: މ.ނޫރުއްޞަބާޙް
:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 20 ރަމަޟާން 1430
10 ސެޕްޓެމްބަރ 2009
ނިމުނު
03ޛުލްޙިއްޖާ 1432
30 އޮކްޓޯބަރ
2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/JC/382
ނިންމެވި ފަރާތް: ޖިނާއީ ކޯޓު ( ކްރިމިނަލް ކޯޓު)
. ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން.
• ހުށަހެޅި ތާރީޚް: 11 ފެބްރުއަރީ 2009
* ނިމުނުތާރީޚް: 11 މެއި 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް، ފަނޑިޔާރު ޢައްބާސް ޝަރީފު
0.6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓާ: www.highcourt.gov.mv
NA
2
2009/HC-A/278
މިނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/382 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފުކޮށްދިނުން އެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މި ޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މ.ނޫރުއްޞަބާޙް
މުޙައްމަދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A042460) އެވެ.
ހއ 49 އތ 02
04ދލަފއއ
• ފާހަގަކުރެވުނު ނުކުތާތައް:
03
1. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/382 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
2. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/382 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ
05 މާރޗް 2008 ދުވަހުގެ 16:45 އެހާކަންހާއިރު މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން
އަތޮޅުވެއްސަށް ޙާޟިރުކޮށް ޢަބްދުލްފައްތާޙް މުޙައްމަދު ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން
ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށް ކުޑަކަމުދާތަކެތި ދީފައިނުވާތީކަމަށްބުނެ، ޤާނޫނުލްޢުޤޫބާތުގެ 88
ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަބްދުލްފައްތާޙް މުޙައްމަދުގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ
ކުށުގެ ދަޢުވާކުރުމުން ޖިނާއީ ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ " މ.ނޫރުއްޞަބާޙް ޢަބްދުލްފައްތާޙް މުޙައްމަދު 05
މާރޗް 2008 ދުވަހުގެ 16
:
45ހާއިރު، މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން، އަތޮޅުވެއްސަށް
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން މީނާ އެކަމަށް އިންކާރުކޮށް އަމުރަށް
ކާއި
A+
s?
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/278
نم
ނިމުނު ގޮތުގެ
ނުކިޔަމަންތެރިވެފައިވާކަމަށް ވިދާޅުވެ ދައުލަތުން މީނާގެ މައްޗަށް ކުރައްވާފައިވާ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތުން ބެލިއިރު، މިހާދިޘާ ހިނގާފައިވަނީ ފުލުހުންގެ ޤާނޫނު
ފާސްކުރުމުގެ ކުރިންކަމުގައި ވުމާއި، ފުލުހުންގެ ޤާނޫނު ފާސްކުރުމުގެ ކުރިން ކުޑަކަމުދާތަކެތި ދިނުމަށް
ފުލުހުން އަމުރުކުރަނީ ޢާއްމުކުރެވިފައިވާ ޤަވައިދެއްގެ ދަށުންކަމަށް އެނގެން ނެތުމާއިއެކު، ޤާނޫނު
އަސާސީގެ 61ވަނަ މާއްދާގެ (ބ)އަށް ރިޢާޔަތްކޮށް މިމައްސަލައިގައި ޢަބްދުލްފައްތާޙް މުޙައްމަދުގެ
މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް ޙުކުމްކޮށްފީމެވެ."
މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އިނގެން އޮވެއެވެ.
43x3 3
3. ޖިނާއީ ކޯޓުން އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތިން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން 03 ނުކުތާއެއް ހުށަހަޅައި އެއާއި
ބެހޭގޮތުން ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ކުށްކުރާ މީހުން ހިފާ ހައްޔަރުކުރުމާއި، ކުށް ސާބިތުކުރުމަށްޓަކައި
ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދާ ލިބިގަތުމާއި، ހެއްކާ ޤަރީނާ އެއްކުރުމާއި، މިފަދަ ތަކެތި
ހޯދުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ލިބިދީފައިވާ
އެއްފަރާތަކީ މޯލްޑިވްސް ޕޮލިސްސަރވިސް ކަމަށްވީ ހިނދު، މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް
ބޭނުންކުރިކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރުމަށްފަހު ތަޙްޤީޤަށް އޭނާގެ ކުޑަކަމުދާ ތަކެތި
ތަޙުލީލު ކުރުމަށް ބޭނުންވާތީއާއި، ޤާނޫނު ނަންބަރު 17/77 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 18
ވަނަ މާއްދާގައި މަސްތުވާ ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުން ކޮށްފައިވަނީ
މަސްތުވާ އެއްޗެއްކަން ސާބިތުކުރުމަށްޓަކައި އެކަމުގެ ތައުލީމާއި، ފާހާއި، ތަޖުރިބާ ލިބިފައިވާ މީހަކު
ޝަރީޢަތުގެ މަޖިލީހުގައި އަދާކުރާ ހެކިބަހަކީ ކުއްސާބިތު ކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް
އޮންނައިރު، ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުގެ ނުވަތަ އަމުރުކުރުމުގެ ބާރު ތަޙްޤީޤު ކުރާފަރާތަށް
8 ،8
އއއ
ހ )
عمر میمه مرک
x
}
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1.
4
2009/HC-A/278
ޤިސްއޔާ
ޔާ ނިމުނު ގޮތުގެ ރިޕޯޓް
ލިބިގެން ނުވާކަމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނީގޮތުން ރަނގަޅު ނިންމުމެއްނޫންކަން ބުނެ ހުށަހެޅި
497
e8=
• ދެވަނަ ނުކުތާއަކީ، ފުލުހުންގެ ޤާނޫނު ފާސްކުރުމުގެ ކުރިން ކުޑަކަމުދާ ތަކެތި ދިނުމަށް
ފުލުހުން އަމުރުކުރަނީ ޢާއްމުކުރެވިފައިވާ ޤަވާޢިދެއްގެދަށުން ކަމަށް އެނގެން ނެތްކަމަށްބުނެ މައްސަލަ
ނިންމަވާފައިވާއިރު، އައު ޤާނޫނު އަސާސީ ތަސްދީޤު ކުރެވިފައިވަނީ 07 އޮގަސްޓް 2008
ދުވަހުކަމަށްވާއިރު، މިޙާދިސާ ހިނގާފައިވަނީ 05 މާރޗް 2008 ދުވަހުކަމަށްވުމުން، މިމައްސަލާގެ
މައްޗަށް ހިނގާނީ ކުރީގެ ޤާނޫނު އަސާސީގެ މައްޗަށް ޢަމަލުކުރަމުން ގޮސްފައިވާ އުޞޫލުތައް
ކަމަށްވެފައި އެޤާނޫނު އަސާސީގެ 156 ވަނަ މާއްދާގައި ޤާނޫނު މާނަކޮށްފައިވާގޮތުން ޤާނޫނުގެ މާނައިގެ
ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ތަސްދީޤްކުރައްވާ ޤާނޫނުތަކާއި، އޭގެދަށުންހެދޭ ޤަވާޢިދުތަކާއި،
ސަރުކާރުން ޢަމަލުކުރަމުންގެންދާ އުޞޫލުތައް ހިމެނިފައިވާއިރު، ކުރީގެ ޤާނޫނުއަސާސީގެ ދަށުން މިފަދަ
އެތައް މައްސަލަތަކެއް ޖިނާއީކޯޓުން ސާބިތުވެފައިވާހިނދު، އެމައްސަލަ ތަކުގައި އެނޫންގޮތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓުން، އަދި ސުޕްރީމް ކޯޓުންވެސް ގޮތެއް ނިންމާފައި ނުވުމާއެކު، މިމައްސަލާގައި
މިކަންތައްތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތް
• ތިންވުނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް މައްސަލަ ނިންމަވާފައިވާ
ކަމަށް ބުނެ ހުށަހެޅި ނުކުތާ،
4. ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/382 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި ޢަބްދުލްފައްތާޙު
މުޙައްމަދުގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައް
ފާހަގަކުރެވިފައިވެއެވެ.
މާ
*..
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
*މ , , e
2009/HC-A/278
ޤަޟިއްޔާ ނިމުނު ގޮތުގެ
މުޙައްމަދު
ކަމަށްބުނެ،
ޤާނޫނުލްޢުޤޫބާތުގެ
(ހ) މ.ނޫރުއްޞަބާޙް ޢަބްދުލްފައްތާޙް މުޙައްމަދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ
އޮފީހުގެ ފަރާތުން ޖިނާއީ ކޯޓުގައި ދަޢުވާކޮށްފައިވަނީ، ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ
ބޭނުމުގައި ޢަބްދުލްފައްތާޙް މުޙައްމަދުގެ ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން ޢަބްދުލްފައްތާޙް
އެކަމަށް އިންކާރުކޮށްފައިވާ
88 ގެ (ހ) ގެ ދަށުން
ޢަބްދުލްފައްތާޙް މުޙައްމަދު އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި،
ތަޙުޤީޤް ކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ
އަމުރަށް ކިޔަމަންގަތުމަކީ މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށްނުވާ ކޮންމެ ކަމެއްގައި އަދާކުރަންޖެހޭ
ޒިންމާއެއްކަމާއި، ހެކިނުފޮރުވުމަށާއި އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައިވިޔަސް ހެކިބަސް ދިނުމަށާއި
ހެކިބަހުގައި ތެދުވެރިވުމަށް ދީނުގައި އަންގަވާ އަމުރުކުރެވިފައިވާކަމާއި، ޝަރުޢީގޮތުންކުރާ އަމުރަށް
ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި
އަދަބު ދެވިފައިވާކަމާއި، ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން
ކަޑައަޅަނީ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާކަމާއި، އެމާއްދާގައި ކަނޑައެޅިފައިވާ މަފުހޫމަށް ބަދަލެއް
އައިސްފައި ނުވާކަން އެނގެން އޮތުމުން ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ނ) އަށް އެކަނި
ނަޒަރުކޮށް ޢަމަލުތައް ތަޖުރީމު (ޕީނަލައިޒް) ކުރުމުގެ ޤާއިދާއެއް އެކަށައެޅުމަކީ ޤާނޫނީ ގޮތުން ބޮޑެތި
ފުށުއެރުންތަކެއް އަރާނެކަމެއް ކަމާއި ތަޖްރީމްކުރުމުގެ މަޞްދަރުތައް އޮޅިދާނެ ކަމެއްކަމަށް ބެލެވިގެން
ހިނގާދާނެކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 113/HC
-
A/2009 ގައި ބަޔާންކޮށްފައިވާކަމާއި،
ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އުސޫލު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން.
(ށ) ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަކީ ދިވެހިރާއްޖޭގައި ވެސް މަނާ
ގޮތުގައި މެނުވީ، އުޞޫލެއްގެގޮތުން
ހަމައެއްނެތްކަމަށާއި،
ޝަރީޢަތުގައި މަނާކުރެވިފައިވާ ކަންތައްތަކަށް ނަހަމަގޮތުގައި އަރައިގަނެވޭ ހިނދު، އެފަދަ ފަރާތްތަކުގެ
ނުރައްކަލުން ދިވެހިމުޖުތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިނާއީ ދަޢުވާ އުފުލަންޖެހިއްޖެ ޙާލަތެއްގައި
ހު
4 22
cuce
ހއ ހ8 2 ބ 2
ކަންތައްތަކެއްގެ
އެއްވެސް
4
ޓްގެ
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުތުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.
2 0x034
6
2009/HC-A/278
شمار می
ނިމުނު ގޮތުގެ
ދަޢުވާ އުފުލުމާއި ޢުޤޫބާތް ކަނޑައެޅުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމްގެ ތެރެއިން
ފަހިކޮށްދެވިފައި އޮތުމަކީވެސް ޤާނޫނުއަސާސީގެ 19 ވަނަ މާއްދާއާއި 59 މާއްދާއިން ލާޒިމްވާކަމެއް
ކަމަށާއި، ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަމަށް
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅި ބަޔާންވެފައިވާ ބައްޔަކީ ވަކިކަމެއް
ކުރުމަށް ނުވަތަ ވަކިކަމަކުން އެއްކިބާވުމަށް އިސްލާމީ ޝަރީޢަތުގައި އަމުރުކުރެވިފައިވާ ކޮންމެކަމަކަށް
ނަހަމަގޮތުގައި އަރައިގަތުމަކީ ކުށުގެ ޢަމަލެއްކަން ކަނޑައަޅާ މާއްދާއަކަށްވެފައި، ޝަރުޢީގޮތުންނާއި
ޤާނޫނީގޮތުން ޢަމުރު ކުރުމާއި މަނާކުރުމުގެ ބާރު ލިބިގެންވާ ފަރާތަކުންކުރާ އަމުރަކަށް ނުކިޔަމަންތެރި
ވުމަކީވެސް ކުށްވެރި ޢަމަލެއްކަމަށާއި، އެފަދަކުށެއް ކޮށްފި މީހެއްގެ މައްޗަށް ކަނޑައަޅަން ޖެހޭނޭ
ޢުޤޫބާތްވެސް އެމާއްދާގެ (ހ) (ނ) އަދި (ނ) ގައި ކަނޑައެޅި ބަޔާންވެފައި އޮތުމާއެކު، ޤާނޫނަކުން
ބާރުލިބިގެންކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމާއި އެފަދަކަންކަމަށް ޙައްޤަކާނުލާ
ހުރަސްއެޅުމަކީވެސް ދިވެހިރާއްޖޭގައި ކުށުގެ ޢަމަލުތަކެއް ކަމަށް ބެލެވޭނެކަމެއްކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާއިން ކަނޑައަޅާފައިވާކަން އެނގެންއޮންނަކަން.
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު
ސާބިތުކުރުމަށްޓަކައި އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި
އަދާކުރާ ހެކިބަހަކީ ކުށް ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77
މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު) ގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތްއިރު، މަސްތުވާތަކެތީގެ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ކުޑަކަމުދާތަކެތީގެ ތަޙުލީލު ރިޕޯޓަކީ ވަރަށް މުހިއްމު އެއްޗެއްކަމުގައި
ބެލެވޭކަމާއި، މިފަދަ ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާ ދޭ
ކުޑަކަމުދާތަކެތީގެ މައްޗަށް ބުރަވެހުރެކަން އެނގެން އޮންނާތީއާއި، ބޭނުންކޮށްފައިވާ މަސްތުވާއެއްޗެއްގެ
ބާވަތުން ދަޢުވާކުރުމާއި އަދަބު ކަނޑައެޅުމުގައި ތަފާތުތަކެއް ހުންނާތީއާއި، މަސްތުވާއެއްޗެއް
ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ މީހަކު ބޭނުންކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއްކަން
ﷲ 4
43
42
OX Out
48aހކު 0
2
.4
2
2
4
2 ހ
ރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2009/HC-A/278
ސިއޯޔާ ނިމުނު ގޮތުގެ ރިޕޯޓް
40
ދެނެގަނެވޭނެ ވަސީލަތަކީ ލެބޯޓްރީން ކުރާ ޓެސްޓު ކަމަށްވުމުން، ތަޙްޤީޤުގެ ބޭނުމަށްޓަކައި
ކުޑަކަމުދާތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި
އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނުގެ ބާރު ކަނޑުވާލައި، ޤާނޫނަކުން ބާރުލިބިގެންކުރެވޭ
ތަޙްޤީޤަކަށް ބޭނުންވާ ކަންތައްތައް ފަހިނުކުރުމަށްޓަކައި ކުރެވޭ ޢަމަލެއްކަމުގައި ނޫނީ ބެލެވެންނެތްކަން .
(ރ) ޤާނޫނަކާ ނުވަތަ ޤަވާއިދަކާވިޔަސް ޚިލާފުނުވާގޮތަށް ކުރެވޭ ތަޙްޤީޤަކަށް ބޭނުންވާ
ސާމްޕަލްފަދަ ތަކެތި ނުދީ ހިފެހެއްޓުމަކީ ކުށެއްކަމަށް ޖިނާއީ ޤާނޫނެއްގައި ނައްސުން ކަނޑައެޅިފައި
ނެތަސް، އިސްލާމީ ޝަރީޢަތުގައި މަނާކަންތައްތަކެއް ކަމަށް ބެލެވެންޖެހޭ އެފަދަ އެންމެހާ ޢަމަލުތަކަކީ
ކުށުގެ ޢަމަލުތަކެއްކަމަށް ބެލުމަށް ޤާނޫނުއަސާސީގެ 02 ވަނަ މާއްދާއާއި 10 ވަނަ މާއްދާއާއި 19
ވަނަ މާއްދާއާއި 59 ވަނަ މާއްދާގެ ދަށުން ލާޒިމު ކުރާކަމަށާއި އަދި ޤާނޫނުގައި ނައްސުން ބަޔާންވެފައި
ނުވާ އެފަދަ ކަންކަން ޝަރީޢަތުގެ ފަރާތުން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއްގެ ޙުކުމް
އޮންނަ ގޮތެއްގެ މައްޗަށް ކޯޓުތަކުގެ ފަނޑިޔާރުން ރިޢާޔަތްކުރަން ޖެހޭނެކަމަށް ޤާނޫނުއަސާސީގެ 142
ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާތީއާއި މިފަދަ މައްސަލަ ތަކުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން
ޢަމަލުކުރަންޖެހޭ އުޞޫލު އިސްވެދެންނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009
ޤަޟިއްޔާއާއި ނަންބަރު 113/HC
-
A/2009 ޤަޟިއްޔާގައި ކަނޑައެޅި ނިމިފައިވާކަމާއި، އިސްވެ
ދެންނެވުނު ދެ ޤަޟިއްޔާގައި ކަނޑައަޅާފައި އުސޫލުގެ މައްޗަށް ބަލާ ރިޢާޔަތްކުރުމުން ތަޙްޤީޤަށް
ބޭނުންވާ ކުޑަކަމުދާތަކެތި ޤަސްދުގައި ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވީ
ކަމުގައި ބެލެވެން އޮތްކަން.
04 0
6
"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009HC-A/278
تو میر مومي
މުނު ގޮތުގެ ރިޕޯޓް
40
• ޙުކުމް
2 ހ428
ނަވާކަ9ނބ
ވީމާ 05 މާރޗް 2008 ދުވަހުގެ 16:45 އެހާކަންހައި އިރު މ.ނޫރުއްޞަބާޙް،
ޢަބްދުލްފައްތާޙު މުޙައްމަދު އަތޮޅުވެއްސަށް ޙާޟިރުކޮށް ޢަބްދުލްފައްތާޙު މުޙައްމަދުގެ ކުޑަކަމުދާ ތަކެތި
ދިނުމަށް ފުލުހުން އެންގުމުން ޢަބްދުލްފައްތާޙު މުޙައްމަދުގެ ކުޑަކަމުދާ ތަކެތި ދީފައި
ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ދައުވާކުރުމުން ބެލުނު ޖިނާއީކޯޓުގެ ނަންބަރު 2009/JC/382
ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، އެފަދަ ޢަމަލު ތަޖްރީމުކުރުމުގެ އިތުރަށް އެޢަމަލުތަކަށް
ކަނޑައަޅާ ޢުޤޫބާތްވެސް ބަޔާންކުރެވިފައިވާ ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމަކާއި
ނުލައި އަދި ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއާއި 14 ވަނަ މާއްދާއާއި 19 ވަނަ މާއްދާއާއި 59
ވަނަ މާއްދާގެ (ހ) އާއި 142 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެގެންވާ އުޞޫލާއި އެއްގޮތްވާ ގޮތުގެ
މަތިން ކަމަށް ނުވާތީ، ޖިނާއީ ކޯޓުގެ ނަންބަރު 2009/JC/382 ޤަޟިއްޔާއާގައި ކޮށްފައިވާ ހުކުމަކީ
ބާޠިލުކުރަންޖެހޭ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
ފެނުނުހިނދު، ޖިނާއީ ކޯޓުގެ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން އެދަޢުވާ އަލުން ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު:
310/HC
-
A/2009 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު: 113/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުޞޫލުތަކުގެ އަލީގައި ޖިނާއީ ކޯޓުން (ކްރިމިނަލް ކޯޓުން) އަލުން ބައްލަވައި،
އެމައްސަލައިގެ މަޢުޟޫޢާމެދު ފައިސަލާކުރަނިވި ޙުކުމެއްކުރައްވަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
| ދިވެހި
.
:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331.6471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv