ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/17 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
AMA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 17/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ މުޙައްމަދު
ކާޑު ނަންބަރު: A026332
k
* ދާއިމީ އެޑްރެސް: ފިރޯޒު ގެބ.ތުޅާދޫ
* މިހާރުގެ އެޑްރެސް: ސަމަންދަރު /ބ.ދޮންފަނު
އައިޑީ
• އިސްތިއުނާފު ރައްދުވި ފަރާތް
ނަން: މުޙައްމަދު ޤާސިމް
* ދާއިމީ އެޑްރެސް: ފިނިވާގެ ބ.ކިހާދޫ
އައިޑީ ކާޑުނަންބަރު: A256247
، މިހާރުގެ އެޑްރެސް: ފިނިވާގެ/ބ.ކިހާދޫ
• ރަޖިސްޓްރީ ތާރީޚް: 23 ޞަފަރު 1431
07 ފެބްރުއަރީ 2010
ނިމުނު ތާރީޚް: 10 ރަމަޟާން 1433
29 ޖުލައި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06
ނިންމެވި ފަރާތް: ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓު
މައްސަލައިގެ ބާވަތް: ފައިސާ ހޯދުން
، ހުށަހެޅި ތާރީޚް: 14.07.2009
ނިމުނު ތާރީޚް: 20.10.2009
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
2
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
O
ދައުވާގެ ޚުލާޞާ:
މިއީ، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ބ.ތުޅާދޫ ފީރޯޒްގެ ޢަލީ މުޙައްމަދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ.
މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބ.ކިހާދޫ ފިނިވާގެ މުޙައްމަދު ޤާސިމްއެވެ.
(l
• ފާހަގަކުރެވުނު ނުކުތާތައް
އިސްތިއުނާފު ކުރެވޭ ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06
ޤަޟިއްޔާގައި ބ.ދޮންފަނު ސަމަންދަރު ގޭގައި އުޅޭ ބ.ތުޅާދޫ ފީރޯޒްގެ ޢަލީ މުޙައްމަދުއަށް ބ.ކިހާދޫ/ފިނިވާގެ
މުޙައްމަދު ޤާސިމްގެ އަތުން -/6,000ރ. (ހަހާސް ރުފިޔާ) ލިބެންވާކަމަށް ބުނެ އެފައިސާ ނުދީގެން ފައިސާ
ހޯދުމަށް އެދި މުޙައްމަދު ޤާސިމްގެ މައްޗަށް ޢަލީ މުޙައްމަދު ދަޢުވާކުރުމުން، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުން
ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "... ބ.ދޮންފަނު ސަމަންދަރު ގޭގައި ބ.ތުޅާދޫ ފީރޯޒުގޭ ޢަލީ
މުޙައްމަދަށް ބ.ކިހާދޫ ފިނިވާގޭ މުޙައްމަދު ގާސިމު -/6000 (ހަހާސް) ރުފިޔާ ދޭންވެފާވާކަމަށް ހުށަހަޅާ
މިފައިސާ ހޯދުން އެދި މުޙައްމަދު ގާސިމުގެ މައްޗަށް އަލީ މުޙައްމަދު ކޮށްފައިވާ މިދައުވާގެ އަސްލަށް މުޙައްމަދު
ޤާސިމު އިންކާރުކޮށްފައިވާތީވެ، ދައުވާ ވެވުނު ހައްގު ސާބިތުކުރުމަށް ހެކި ހުށަހެޅުމަށް އަލީ މުޙައްމަދަށް
އެންގުމުން ހެކި ނެތްކަމަށް ބުނެ ހުށަހެޅިފައިނުވާތީ، ބ.ކިހާދޫ ފިނިވާގެ މުޙައްމަދު ގާސިމުގެ މައްޗަށް
ބ.ދޮންފަނު ސަމަންދަރު ގޭގައި އުޅޭ ބ.ތުޅާދޫ ފީރޯޒްގެ ޢަލީ މުޙައްމަދު މިޤަޟިއްޔާގައި ދައުވާކުޅަ ހައްގު
ސާބިތުނުވާކަމުގައި ޙުކުމްކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
(2
ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤަޟިއްޔާ، އެކޯޓުން
ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ބ.ތުޅާދޫ ފީރޯޒުގެ ޢަލީ މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
3
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން 07 (ހަތެއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހެޅި ކިތާބީ ހެއްކެއް ކަމުގައިވާ،
ޢަލީ މުޙައްމަދުއާއި މުޙައްމަދު ޤާސިމްއާއި ދެމެދުގައި ދެކެވިފައިވާ ވާހަކަތަކުގެ ރެކޯޑިންގ ހިމެނިފައިވާ
ސީޑީއެއް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުން އެސީޑީގައިވާ ތަކެތި ހެއްކެއްގެ ގޮތުގައި ކޯޓުން
ބަލައިގަނެފައިނުވާކަމާއި، މިސީޑީގައިވާ ވާހަކަތަކުން މުޙައްމަދު ޤާސިމް ޢަލީ މުޙައްމަދަށް ދޭންޖެހޭ -/6,000
ރ. (ހަހާސް ރުފިޔާ) އޮންނާނެކަމަށް މުޙައްމަދު ޤާސިމްގެ ބަހުން އިޢުތިރާފްވެފައިވީނަމަވެސް އެސީޑީގައިވާ
ތަކެއްޗަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ރ.މާކުރަތު "ސީހޯސް" ކިޔާ ދޯނި، އޭރު އެދޯނީގެ
ވެރިފަރާތްކަމުގައިވާ ރ.މާކުރަތު ފެސްކޯ ޢަބްދުﷲ ރަޝީދުގެ އަތުން މުޙައްމަދު ޤާސިމް ގަނެފައިވަނީ
-/
80,000ރ. (އަށްޑިހަހާސް ރުފިޔާ) އަށް ކަމަށާއި އަދި މިފައިސާގެ ތެރެއިން މުޙައްމަދު ޤާސިމް
ދައްކާފައިވަނީ -/74,000ރ. (ހަތްދިހަ ހަތަރުހާސް ރުފިޔާ) ކަމަށާއި އަދި ބާކީ އޮތް -/
6,000ރ. (ހަހާސް
ރުފިޔާ) މުޙައްމަދު ޤާޞިމަށް ނުދެއްކިގެން ޢަބްދުﷲ ރަޝީދުއަށް ދައްކައި ދީފައިވަނީ ޢަލީ މުޙައްމަދުކަމަށް
ޢަބްދުﷲ ރަޝީދު ބުނެފައިވާއިރު އެކަމަށް ރިޢާޔަތްނުކޮށް އަދި އެފައިސާ ޢަލީ މުޙައްމަދު ދައްކައިދިނީ ކޮން
ޙައިޞިއްޔަތަކުންކަން ޝަރީޢަތުން ސާފުކުރެއްވުމެއްނެތި އަދި އެކަމާއި
މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
2 2x 2
کو لے کر فرسي
ވާލުކުރެއެވެ(އެނޭޖް
ތިންވަނަ ނުކުތާއަކީ، ދަޢުވާ ހުށަހަޅާ ފަރާތުން ރ.މާކުރަތު ފެސްކޯ ޢަބްދު
ރަޝީދުއަށް -/6,000ރ. (ހަހާސް ރުފިޔާ) ދީފައިވަނީ މުޙައްމަދު ޤާސިމް ޢަބްދުﷲ ރަޝީދުގެ އަތުން ގަތް
"ސީހޯސް" ކިޔާ ދޯނީގެ އަގު އަދާކުރުމުގެ ގޮތުންކަމަށް ޢަބްދުﷲ ރަޝީދުގެ ބަހުން ކަނޑައެޅިގެން އެނގެން
އޮތްނަމަވެސް، އަދި މިފައިސާ މުޙައްމަދު ޤާސިމްގެ ފަރާތުން އަދާކުރާނީ ޢަލީ މުޙައްމަދުކަމަށް ޢަބްދު
ރަޝީދުގެ ގާތުގައި މުޙައްމަދު ޤާސިމް ބުނެފައިވާކަމަށް ޢަބްދުﷲ ރަޝީދުގެ ބަހުން ސާފުވާން އޮތްނަމަވެސް
މިކަންތަކަށް ނުބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
ވާ، ދިވެހިން
4
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަތަރުވަނަ ނުކުތާއަކީ، ޢަލީ މުޙައްމަދު، މުޙައްމަދު ޤާސިމް ބުނެގެން ޢަބްދު
ރަޝީދުއަށް ދިން ފައިސާއަކީ ކީއްވެގެން ކޮންގޮތަކަށް އެއްބަސްވެގެން ޙަވާލުކުރެވިފައިވާ ފައިސާއެއްކަން
ޝަރީޢަތުން އެއްވެސް ވަރަކަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަސްވަނަ ނުކުތާއަކީ، ޢަލީ މުޙައްމަދުއަށް މުޙައްމަދު ޤާސިމް އެއްވެސް
ފައިސާއެ
ދައްކަންޖެހިފައި ނޯންނާނެކަމަށް މުޙައްމަދު ޤާސިމްގެ ބަޔާނުގައި ބުނިނަމަވެސް، ދޯނީގެ ފައިސާ ނުދެއްކިގެން
ޢަބްދުﷲ ރަޝީދުއަށް -/
6,000ރ. (ހަހާސް ރުފިޔާ) ދައްކައިދިނުމަށް މުޙައްމަދު ޤާސިމް، ޢަލީ މުޙައްމަދުގެ
ފަރާތުން އެދިފައިވާނެތޯ ނުވަތަ ނޫންތޯ ޝަރީޢަތުން ސާފުކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
7ހކ ދވ
ورد کر
ހަވަނަ ނުކުތާއަކީ، ޢަބްދުﷲ ރަޝީދުއަށް -/6,000ރ. (ހަހާސް ރުފިޔާ) ދިނީ
ޙައްމަދު ޤާސިމް ބުނެގެން ޢަލީ މުޙައްމަދުކަން ޢަބްދުﷲ ރަޝީދުގެ ބަހުން ވަރަށް ސާފުކޮށް
އެނގެންއޮތްއިރުވެސް އެކަންތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ޝަރީޢަތާއި ޤާނޫނީ
ހަމަތަކާ ޚިލާފަށް މައްސަލަ
ހަތްވަނަ ނުކުތާއަކީ،
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(3
02c 0 0
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/FTC/06ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް
ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ouoc
(ހ) ފުރަތަމަ ކަމަކީ، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ ނުކުތާގައި ރ. މާކުރަތު "ސީހޯސް" ކިޔާ މަސްދޯނި
ކިހާދޫ މުޙައްމަދު ޤާސިމް މާކުރަތު ފެސްކޯ ޢަބްދުﷲ ރަޝީދުގެ އަތުން ގަންނަންވެގެން ގެންދިޔަ
ފައިސާއިން އަގުހަމަ ނުވެގެން -/6000 (ހަހާސް) ރުފިޔާ މަދުވާތީވެ މި ދަޢުވާކުރާ ޢަލީ މުޙައްމަދުއާއި ދޯނީގެކެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
22
#
ވެރި ޢަބްދުﷲ ރަޝީދު ފޯނުން ގުޅާ ވާހަކަ ދެއްކުމުން ދޯނީގެ އަގު ހަމަކުރުމަށްޓަކައި ދައްކަންޖެހޭ -/6000
(ހަ ހާސް) ރުފިޔާ ޢަލީ މުޙައްމަދު ޢަބްދުﷲ ރަޝީދުއާއި ޙަވާލުކުރާނެކަމުގައި ޢަބްދުﷲ ރަޝީދު
ބުނެފައިވާކަމަށާއި، މިހެންކަމުން ކިހާދޫ/ފިނިވާގެ މުޙައްމަދު ޤާސިމްއާއި ދޯނި ޙަވާލުކުރިކަމަށާއި، އަދި
ވިޔަފާރީގައި ފަހުން ދައްކަންޖެހޭ -/6000 (ހަހާސް) ރުފިޔާ ޢަލީ މުޙައްމަދު މިހާރުވަނީ ދައްކާފައިކަމުގައިވެސް
މާކުރަތު ފެސްކޯ ޢަބްދުﷲ ރަޝީދު ބުނެފައިވާކަމަށް އިސްވެ ފާހަގަކުރެވުނު ޤަޟިއްޔާގައި ފާހަގަ
ކުރައްވާފައިވާކަމާއި،
ހު މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ލިޔެކިއުންތަކުގެ ތެރޭގައި 4
އޯގަސްޓް 2009 ގައި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކޯޓަށް ޢަބްދުﷲ ރަޝީދު ބަޔާނެއް ދީފައިވާކަން
އެނގެން އޮންނަކަމާއި، އެ ބަޔާނުގައި ޢަބްދުﷲ ރަޝީދު "ސީހޯސް" ބޯޓު މުޙައްމަދު ޤާސިމްއަށް
ވިއްކުމަށްޓަކައި އަގު ކަމަށް ބުނެފައިވަނީ -/80,000 (އަށްޑިހަ ހާސް) ރުފިޔާކަމަށާއި، މި އަގާއި
މުޙައްމަދު ޤާސިމް އެއްބަސްވުމަށްފަހު، މާކުރަތު އޮފީހަށް އައިސް، އޮފީސް އޮޕަރޭޓަރ ރ.މާކުރަތު/މާއޮޅު
ޢަބްދުލް ޙަމީދު އިބްރާހީމް މެދުވެރިވެގެން ދެ ހެކިންގެ ޙާޟިރުގައި ޢަބްދުﷲ ރަޝީދަށް މުޙައްމަދު ޤާސިމް
ޙަވާލުކުރީ -/74,000 (ހަތްދިހަ ހަތަރު ހާސް) ރުފިޔާ ކަމަށް ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި ޢަބްދުﷲ ރަޝީދަށް ބާކީ ލިބެންޖެހޭ -/6000 (ހަ ހާސް) ރުފިޔާ ދޮންފަނުގައި އުޅޭ ތުޅާދޫ ޢަލީ
މެދުވެރިކޮށް ޢަބްދުﷲ ރަޝީދުއާ ޙަވާލުކުރާނެކަމުގައި މުޙައްމަދު ޤާސިމް ބުނިކަމަށާއި، އަދި މިކަމާ އެވަގުތު
ތުޅާދޫ ޢަލީއާ ފޯނުން ގުޅުމުން އެވަގުތު މުޙައްމަދު ޤާސިމް ޙަވާލުކުރީ -/74,000 (ހަތްދިހަ ހަތަރު ހާސް)
ރުފިޔާއާ ޙަވާލުވުމަށާއި އަދި ބާކީ ދައްކަންޖެހޭ -/6000 (ހަ ހާސް) ރުފިޔާ ތުޅާދޫ ޢަލީ ޢަބްދުﷲ ރަޝީދަށް
ޙަވާލުކުރާނެކަމަށާއި، އެހެންކަމުން އެގޮތަށް ޢަބްދުﷲ ރަޝީދު އެއްބަސްވެ، މުޙައްމަދު ޤާސިމްއަށް "ސީހޯސް"
ބޯޓު ވިއްކި ކަމަށާއި، އަދި އެދުވަހު މުޙައްމަދު ޤާސިމް ޙަވާލުކުރީ -/74,000 (ހަތްދިހަ ހަތަރު ހާސް)
ރުފިޔާގެ އިތުރުން މުޙައްމަދު ޢަލީގެ ފަރާތުން ފަހުން -/6000 (ހަ ހާސް) ރުފިޔާ ލިބުނުކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭކަމެވެ.
24 20 02
ދެވަނަ ކަމަކީ، 5 އޯގަސްޓް 2009 ގައި ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2009/FTC/06 ޤަޟިއްޔާއާ ގުޅިގެން ޢަލީ މުޙައްމަދު ކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، ޢަލީހެއްޖޭގެ
ވާ+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
6
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
OLG oo
މުޙައްމަދު ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ދަޢުވާ ސާބިތުކޮށްދޭން ހުށަހެޅޭނެ އެއްވެސް ހެއްކަކު
ނެތްކަމަށް ބަޔާންކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
މިހެންނަމަވެސް، އިސްވެ ފާހަގަކުރެވުނު ނުކުތާގައި ފާހަގަކުރެވިފައިވާ ފަދައިން، ބ.ދޮންފަނު
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ 4 ވަނަ
ނުކުތާގައި ޢަބްދުﷲ ރަޝީދު ދައްކާފައިވާ ވާހަކަތައް ޝަރީޢަތުން ފާހަގަ ކުރައްވާފައިވާކަން އެނގެން
އޮންނަކަމާއި، އެހެންނަމަވެސް، ޢަލީ މުޙައްމަދު ދީފައިވާ ބަޔާނުގައި އެހެން ސޮއިކުރެވިފައިވީނަމަވެސް ޢަލީ
މުޙައްމަދު ކުޅަ ދަޢުވާ އިތުރަށް ސާބިތުކޮށްދިނުމަށްޓަކައި ބ. ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ޢަލީ މުޙައްމަދުގެ
ފަރާތުން ޢަލީ މުޙައްމަދުއާއި މުޙައްމަދު ޤާސިމްއާ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކުގެ ރެކޯޑިންގ ހިމެނިފައިވާ
ސީޑީއެއް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅިކަމަށް ޢަލީ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި، އަދި މި ސީޑީ އަކީ ދަށުކޯޓަށް ހުށަހެޅިފައިވާ އެއްޗެއްކަމަށް
މުޙައްމަދު ޤާސިމްގެ ފަރާތުން އިންކާރުކޮށްފައިނުވާކަންވެސް ފާހަގަކުރެވޭކަމާއި، އެސީޑީގައިވާ ވާހަކަތަކުން
މުޙައްމަދު ޤާސިމް ޢަލީ މުޙައްމަދުއަށް ދޭންޖެހޭ -/6,000 (ހަހާސް) ރުފިޔާ އޮންނާނެކަމަށް މުޙައްމަދު
ޤާސިމްގެ ބަހުން އިޢުތިރާފްވެފައިވާނެކަމަށް ޢަލީ މުޙައްމަދުގެ ފަރާތުން ބުނެފައިވާކަމާއި އަދި މި ސީޑީ
ގޮތުގައި ދަށު ކޯޓުން ބަލައިގެންފައިނުވާކަމަށް ޢަލީ މުޙައްމަދުގެ ފަރާތުން ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި،
ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤާޟިއްޔާގައި ހުށަހަޅާފައިވާ
މައްސަލައިގައި، "ސީހޯސް" ނަމަކަށް ކިޔާ ބޯޓު މުޙައްމަދު ޤާސިމްއަށް ވިއްކި ފަރާތްކަމުގައިވާ ޢަބްދު
ރަޝީދު ބުނެފައިވަނީ އެ ބޯޓު އޭނާ މުޙައްމަދު ޤާސިމްއަށް ވިއްކި އަގަކީ -/80,000 (އަށްޑިހަ ހާސް)
ރުފިޔާކަމަށާއި، އެހެންނަ
އިންނަމަވެސް އެފައިސާގެ ތެރެއިން ޢަބްދުﷲ ރަޝީދަށް އެވަގުތު މުޙައްމަދު ޤާސިމް
ޙަވާލުކުރީ -/74,000 (ހަތްދިހަ ހަތަރު ހާސް) ރުފިޔާކަމަށާއި، އަދި ބާކީ ނުދައްކާއޮތް -/6,000 (ހަހާސް)
ރުފިޔާ ޢަބްދުﷲ ރަޝީދުއަށް ޙަވާލުކުރީ ޢަލީ މުޙައްމަދުކަމަށާއި،
މުޙައްމަދު ޤާސިމް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06
ޤަޟިއްޔާގައި ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބަލާއިރު، މުޙައްމަދު ޤާސިމް ޢަބްދުﷲ ރަޝީދު އަތުން ދޯނި
ގަތް އަގުކަމަށް ބުނެފައިވަނީ -/75,000 (ހަތްދިހަ ފަސް ހާސް) ރުފިޔާކަމަށާއި، އެއީ ޕަރސަންޓޭޖެއްގެ
2 02 02
OU OO
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
1
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02c 0 0
ގޮތުން -/5000 (ފަސްހާސް) ރުފިޔާ ކެނޑުމަށް ފަހުގައިކަމަށް ބުނެފައިވާއިރު، ޢަބްދުﷲ ރަޝީދު އެ ދޯނީގެ
އަގުން އެއްވެސް ޕަރސަންޓެއް ނުކަނޑާކަމަށް ބުނެފައިވާކަމާއި، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/FTC/06 ޤަޟިއްޔާގައި ޝަރީޢަތުން އެ މައްސަލަ ނިންމެވުމުގައި ޢަބްދުﷲ ރަޝީދުގެ ހެކިބަހަށް
ދެއްވި ބުރަދަން އެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަން ފާހަގަކުރެވޭކަމެވެ.
04 04
02 0 0
ތިންވަނަ ކަމަކީ، ހިނގަމުންދާ މައްސަލައެއްގައި ކަމެއް ސާބިތުކުރުމުގެ ގޮތުން
ހުށަހެޅިފައިވާނަމަ، އަދި ޝަރީޢަތުގެ ފަރާތުން އެހެކި ބަލައިގެންފައިވާނަމަ، އެ ހެކީގެ މައްޗަށް
ޝަރީޢަތުގެ ފަރާތުން ރިޢާޔަތް ކުރެވިފައިވަނީ ކިހިނެތްކަމާއި، އެ މައްސަލައެއްގެ ޙުކުމަށް ވާސިލުވުމަށްޓަކައި
އެ ހެކީގެ މައްޗަށް ދެވުނީ ކޮން ބުރަދަނެއްކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކުރަންޖެހޭނެކަމާއި،
ހުށަހެޅިފައިމިވާ މައްސަލައިގައި، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2009/FTC/06 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ޢަބްދުﷲ ރަޝީދުގެ ހެކިބަސް
ޝަރީޢަތުން ނަގައި، އެހެކިބަސް ޢަބްދުﷲ ރަޝީދު ޝަރީޢަތަށް ދީފައިވާކަމަށް ފާހަގަކުރައްވާފައިވާއިރު،
ޢަބްދުﷲ ރަޝީދުގެ ހެކިބަހަށް ޝަރީޢަތުން ދެއްވި ބުރަދަނަކީ ކޮބައިކަން އަދި މިހެކިބަހާއި މެދު ޝަރީޢަތަށް
ފެނިވަޑައިގެންނެވި ގޮތެއް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރައްވާފައިނުވާކަން ފާހަގަކުރެވޭކަމާއި،
އަދި ދޯނި ވިއްކި ފަރާތްކަމުގައިވާ ޢަބްދުﷲ ރަޝީދު ދޯންޏަށް ދައްކަންޖެހޭ ފައިސާގެ ބާކީ އޮތް -/6,000
(ހަހާސް) ރުފިޔާ މުޙައްމަދު ޤާޞިމަށް ނުދެއްކިގެން ޢަބްދުﷲ ރަޝީދުއަށް ދީފައިވަނީ ޢަލީ މުޙައްމަދުކަމަށް
ޢަބްދުﷲ ރަޝީދު ބުނެފައިވާއިރު، މިކަމަށްވެސް ޝަރީއަތުން ދެއްވާފައިވާ ބުރަދަނަކީ ކޮބައިކަން ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިނުވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައި އެކޯޓުން
ފާހަގަކުރައްވާފައިވާ ފަދައިން، މަދަނީ ޚުޞޫމަތްތަކުގައި ޚަޞްމުންގެ ދައުރަކީ އިޖާބީ ދައުރެއްކަމާއި، މިގޮތުން
ސާބިތުކުރުމުގެ ހައްޤު އަބަދުވެސް ޚަޞްމުންނަށް ލިބިގެންވާކަމާއި، ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ
އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަސްމުންނަށް
ފަހިކޮށްދޭންވާނެކަމާއި، އަދި ހަމަ އެ މޭރުމުން އެއް ޚަޞްމު ހުށަހަޅާ ހެކި ނުވަތަ ދަލީލު ނަޤު ޝުކޮށް
އިދިކޮޅު
ސާބިތުކުރުމުގެ ހައްޤު އަނެއް ޚަޞްމަށް ލިބިގެންވާކަމާއި، އަދި ދަޢުވާގެ ޚަޞްމުން ހުށަހަޅާ ހެކިތަކާއި
ދަލީލުތައް ހުށަހެޅުމުގެ ފުރުޞަތުދެވި، ޝަރީޢަތުގެ މަޖިލިހަށް އެ ހުށަހެޅުމަށްފަހު، އެ ހެކިތަކާއި ދަލީލުތައް ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވަޒަންކޮށް އޭގެ ސައްޙަކަން ތަޤްދީރުކުރުމަކީ ކޮންމެ ކޯޓެއްގެވެސް ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭކަމެއްކަމަ
ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެން އޮތް ހިނދު،
ޢަލީ މުޙައްމަދުގެ ފަރާތުން ޢަލީ މުޙައްމަދުގެ ދަޢުވާ ސާބިތުކުރުމަށްޓަކައި ޢަލީ މުޙައްމަދުއާއި
މުޙައްމަދު ޤާސިމްއާ ދެމެދު ދެކެވުނު ވާހަކަތަކެއް ރިކޯޑުކުރެވިފައި އޮތް ސީޑީއެއްކަމަށް ބުނާ ސީޑީއެއް
ހެއްކެއްގެ ގޮތުގައި ޝަރީޢަތަށް ހުށަހެޅުމުންވެސް އެ ސީޑީ ޝަރީޢަތުން ބަލައިގެންފައިނުވާކަމަށް ޢަލީ
މުޙައްމަދުގެ ފަރާތުން ބުނާއިރު، އަދި މިކަމަށް މޫސާ ޤާސިމްގެ ފަރާތުންވެސް އިންކާރުކޮށްފައިނުވާއިރު ޢަލީ
އެމަދުގެ ފަރާތުން ހުށައެޅި މިސީޑީ ޝަރީޢަތުން ބަލައިގަނެ އެ ސީޑީގައިވާ ކަންކަމުގެ މައްޗަށް
ޝަރީޢަތުން ދެކޭ ގޮތް ބަޔާން ކުރަން ޖެހޭނެކަން މި މައްސަލަބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
3 ވ 42
މުޙައްމަ
ލުކުރެވޭކަމެވެ.
02 20
2 22 22
ވީމާ، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުން މި މައްސަލައިގައި ގޮތެއް ކަނޑައެޅުއްވުމުގައި
މައްސަލައިގެ ޚަސްމުންނާއި ގޮތުގައި ޙާޟިރުކުރެވުނު ޢަބްދުﷲ ރަޝީދު ދައްކާފައިވާ ވާހަކަތަކަށް
ޝަރީޢަތުން ދެއްވާފައިވާ ބުރަދަނަކީ ކޮބައިކަން އެނގެން ނެތުމުންނާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 02/SC
-
A/2010 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ޚަޞްމުންގެ އަތުގައިވާ
ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން
ޚަސްމުންނަށް ފަހިކޮށްދޭންޖެހޭ ހިނދު، އެފުރުސަތު ޢަލީ މުޙައްމަދަށް ލިބިދީފައިނެތްކަން އެނގެން އޮތުމުން،
ޢަލީ މުޙައްމަދުގެ ފަރާތުން ހުށަހެޅި ސީޑީ އަށް ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުން ރިޢާޔަތް ކުރައްވައި
މައްސަލައިގެ ދެ ޚަޞްމުން އެއާ މެދު ވާހަކަ ދެއްކުމަށް ފުރުޞަތު ދެއްވައި، އަދި މައްސަލައިގެ ޚަސްމުންނާއި
ޢަބްދުﷲ ރަޝީދު ދީފައިވާ ހެކިބަހަށް ޝަރީއަތުން ދެއްވާ ބުރަދަން ބަޔާންކުރައްވައި، އެ ހެކިބަސްތައް ވަޒަން
ކުރެއްވުމަށް މި މައްސަލަ އަލުން އަނބުރާ ދޮންފަނު މެޖިސްޓްރޭޓް ކޯޓަށް ތަޙުލީލު ކުރަންޖެހޭކަމަށް
މައްސަލަ ބެލުމުގައި ބައިވެރިވާ ހުރިހާ ފަނޑިޔާރުންނަށް ޤަބޫލުކުރެވެއެވެ.
7
2
0
2 ހއ
8
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv
9
2010/HC-A/17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް:
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް މިމައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، މި މައްސަލައިގައި
"ސީހޯސް" މަސް ދޯނި ވިއްކި ފަރާތްކަމުގައިވާ ޢަބްދުﷲ ރަޝީދު ދީފައިވާ ހެކިބަހަށާއި އަދި މި މައްސަލައިގެ
ދެ ޚަޞްމުންކަމުގައިވާ ޢަލީ މުޙައްމަދުއާއި މުޙައްމަދު ޤާސިމް ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް
ޝަރީޢަތުން ދެއްވާ ބުރަދަން ބަޔާން ކުރައްވައި، އަދި މި މައްސަލައިގައި ހުށަހެޅުނު ހެކި ވަޒަންކުރައްވާ
ގޮތާއި، އަދި ޢަލީ މުޙައްމަދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅަން ބޭނުންވާ ސީޑީ ޝަރީޢަތަށް ހުށަހެޅުމަށް
ފުރުޞަތު ދެއްވައި، މި މައްސަލަ އަލުން ބައްލަވައި، މި މައްސަލައިގައި ގޮތެއް ކަނޑައެޅުއްވުމަށްޓަކައި
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން
ބ.ދޮންފަނު މެޖިސްޓްރޭ
ކޯޓަށް
މައްސަލަ ތަޙުލީލުކޮށް، ޤާނޫނު ނަންބަރު 22/2010 ގެ 47 ވަނަ
މާއްދާގެ (ނ) ގެ ދަށުން ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2009/FTC/06 ޤަޟިއްޔާގައި ޙުކުމް
ކުރެއްވި ފަނޑިޔާރު ނޫން އެހެން ފަނޑިޔާރެއް މި މައްސަލަ އަލުން ބެއްލެވުމަށް ކަނޑައަޅައި، މިމައްސަލަ
ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
)
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ/ ދިވެހިރާއްޖެ، ފޯން، 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް:www.highcourt.gov.mv