ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/98 ޤަޟިއްޔާގެ ޙުކުމް
2
/
06ޑ 4.
ލަސްކާޓްގެ =
1
2009/HC-A/98
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަ
މުންބަރު: 98/HC-A/2009
އިސްތިއުނާފް ކުރިފަރާތް:
* ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
* ވަކީލު:
* ދާއިމީ އެޑްރެސް:
ވެލާނާގެ (6 ވަނަ ފަންގިފިލާ)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޔާސިފް
އައިޑީ ކާޑު ނަންބަރު: A039144
ދާއިމީ އެޑްރެސް:
* ނަން: އިބްރާހިމް މަނިކު
އައިސް
ކާޑު ނަންބަރު: A034902
* ދާއިމީ އެޑްރެސް: މއ. މަސްކަތުގެމާލެ
* ނަން: އަޙުމަދު މޫސާ
އައިޑީ ކާޑު ނަންބަރު: A039619
ދާއިމީ އެޑްރެސް: މއ. މަސްކަތުގެ މާލެ
* ނަން: ފާތިމަތު އަރީޝާ
އައިޑީ ކާޑު ނަންބަރު: A077221
* ދާއިމީ އެޑްރެސް: މއ.
* ނަން: އާމިނަތު ނިރާޝާ
އައިޑީ ކާޑު ނަންބަރު: A077273
* ދާއިމީ އެޑްރެސް: މއ. މަސްކަތުގެ މާލެ
ދިވެހިރާއްޖޭ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
ޤަޟިއްޔާ
2009/HC-A/98
کی عمری
ނިމުނު ގޮތު
* ނަން: އާއިޝަތު ރިމް ޝާ
އައިޑީ ކާޑު ނަންބަރު: A077222
* ދާއިމީ އެޑްރެސް: މއ. މަސްކަތުގެ|މާލެ
* ނަން: މަރިޔަމް މާއިޝާ
އައިޑީ ކާޑު ނަންބަރު: A147259
ދާއިމީ އެޑްރެސް: މއ. މަސްކަތުގެ މާލެ
8.
0
ރެވުނު ތާރީޚް: 25 ރަބީޢުލްއާޚިރު 1430
21 އޭޕްރިލް 2009
ނިމުނު ތާރީޚް: 16 ޝަޢުބާން 1436
3 ޖޫން 2015
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/1238
ޤައްޔާގެ ބާވަތް: މިއ. މަސްކަތުގެއިން 600 އަކަފޫޓުގެ ބިން ވަކިކޮށް ޢާއިޝަތު ވަޙީދާއަށް ދިނުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
ތާރީޚް: 01 އޯގަސްޓް 2007 ނިމުނު ތާރީޚް:
ޚް: 14 ޖެނުއަރީ 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A/98
3 ޤަޟިއްޔާ ނިމުނު "
یاری من **
ދަޢުވާގެ ޚުލާޞާ
xތ
0 2
<< O
43
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތްތަކަކީ، މުޙައްމަދު ޔާސިފް،
މަސްކަތުގެ/މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039144)، އިބްރާހިމް މަނިކު،
މއ. މަސްކަތުގެ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A034902، އަޙްމަދު މޫސާ،
މއ. މަސްކަތުގެ)މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A039619)، ފާތިމަތު އަރީޝާ،
.. މަސްކަތުގެ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A077221)، އާމިނަތު ނިރާޝާ،
މަސްކަތުގެ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A077273)، ޢާއިޝަތު
ރިމް ޝާ،
މއ. މަސްކަތުގެ|މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A077222)، އަދި
މަރިޔަމް މާއިޝާ، މއ. މަސްކަތުގެ މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A147259)
އެވެ.
"43
18
ފާހަގަކުރެވުނު ނުކުތާތައް:
1238/MC/2007
0 0
<< O
1. އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC
-
A!93
ޤަޟިއްޔާގައި، މއ. މަސްކަތުގެ މާލެ، ޢާއިޝަތު ވަޙީދާއަށް، ގުޅީކެޔޮޅު ޙަސަންފުޅުގެ ޢަބްދުލްކަރީމްގެ
ތަރިކައިގެ 116 (ހަބައިކުޅަ އެއްބައި) ލިބިދީ ޙުކުމްކުރުމާއި ގުޅިގެން، ޢަބްދުލްކަރީމް ނިޔާވިއިރު އޭނާގެ
ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. މަސްކަތުގެ އޭކިޔާ ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފޫޓުގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2009/HC-A98
ޤަޟިއްޔާ ނިމުނު 1
کی مرگی
ދެވެ
ބިން ވަކިކޮށް ޢާއިޝަތު ވާޙީދާއަށް ރަޖިސްޓަރީ ކޮށްދިނުމަށް ސަރުކާރުން ހަމަޖައްސައި، ހުށަހެޅިފައިވާ
ޗާޓުގައިވާގޮތަށް އެގޯތީގެ ހުޅަނގުދެކުނުން 600 (ހަސަތޭކަ އަކަފޫޓުގެ ބިން ވަކިކޮށް، އެބައިގައިވާ
ޢިމާރާތްތަކަށް ޢާއިޝަތު ވަޙީދާގެ އަތުން ޢިމާރާތްތަކުގެ ވެރިފަރާތަށް އަގުދީ އެބައިގައިވާ ޢިމާރާތްތައް
ޢާއިޝަތު ވަޙީދާއަށް ލިބިދިނުމަށް ދައުލަތުގެ ފަރާތުން ހުށަހެޅުމުން، މަދަނީ ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
02 203
,ކނދޮޅުން
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި
ފާހަގަކުރި ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، މއ. މަސްކަތުގެ ކިޔާ ބަންޑާރަ ގޯތި ބައިކޮށް
ނެތްކަމަށް މިނިސްޓްރީ އޮފް ޖަސްޓިސް ކޯޓު ނަންބަރު 4 ގެ ނަންބަރު 4
/
94-JC/609 ޤަޟިއްޔާއިން
ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 81/HC-A/95 ޤަޟިއްޔާއިން ތާއީދު
ކުރައްވާފައިވާ ޙުކުމެއްއޮތުމާއި، މއ. މަސްކަތުގެ ކިޔާ ބަންޑާރަގޯތި ރަޖިސްޓްރީ ކުރެވިފައިވާ
މީހުންގެ ތެރޭގައި މާލެހިޔާ 2-03-13 ޢާއިޝަތު ވަޙީދާ ހިމެނިފައިނުވުމާއި، ޢާއިޝަތު ވަޙީދާ އަކީ މއ.
މަސްކަތުގެ ކިޔާ ބަންޑާރަ ގޯތީގައިވާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުގެ މިލްކުވެރިންގެ ތެރޭގައި
ހިމެނިފައިވާ ފަރާތަކަށް ނުވެފައި، މީހެއްގެ ނުވަތަ ބައެއްގެ އެއްޗަކަށް އެމީހެއްގެ ނުވަތަ އެބައެއްގެ
ނުރުހުމުގައި އަޤުދީފައި ނުވަތަ ބަދަލުދީފައި އެހެންމީހަކަށް މިލްކުކޮށްގަނެވޭނެ އުޞޫލެއް ޤާނޫނުގައި
ބަޔާންވެފައިނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 23 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކޮށް މއ. މަސްކަތުގެ ކިޔާ ބަންޑާރަ ގޯތީގައި ހިމެނޭ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަނުން 600
އަކަފޫޓް ބޮޑުމިން ޢާއިޝަތު ވަޙީދާގެ އަތުން އެ ޢިމާރާތްތަކުގެ ވެރިފަރާތަށް އަގުދީފައި ޢާއިޝަތު
ވަހީދާއަށް 600 އަކަފޫޓް ބޮޑުމިން ޝަރީޢަތުގެ ފަރާތުން މިލްކުކޮށް ދެވެންނެތްކަމަށް މިގޮތަށް 17
ޖުލައި 2005 ގައި މަދަނީ ކޯޓުގެ ނަންބަރު 2004/MC/778 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވުމާއި،
<< O
އަދި މިގޮތުގައި މިޙުކުމް މިހާތަނަށްވެސް ދެމިއޮތުމުން މަދަނީ ކޯޓުގެ ނަންބަރު 2004/MC/778
ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A/98
کی مرکی
=32
5 ޤަޟިއްޔާ ނިމުނު ގޮ
ޤަޟިއްޔާގައި ކޮށްފައިވާ މިޙުކުމް ބާޠިލް ނުވާހާހިނދަކުގައި ދަވްލަތުގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް
މއ. މަސްކަތުގެ ކިޔާ ބަންޑާރަ ގޯތިން 600 އަކަފޫޓްގެ ބިން ވަކިކޮށް ޢާއިޝަތު ވަޙީދާއަށް
ލިބިދިނުމަށް ކަނޑައެޅެން ނެތްކަމަށް ޙުކުމްކޮށްފީމެވެ' ގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ!
9
را ترک کر
• ފުރަތަމަ ނުކުތާއަކީ، އަލްމަރުޙޫމް ގުޅީކެޔޮޅުގެ ޢާއިޝަތު ވަޙީދާއަށް
ތަރިކައިން 116 ލިބޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC
-
A/93
ޤަޟިއްޔާއިން ޙުކުމް ކުރައްވާފައިވަނިކޮށް، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)
ގެ 15 ވަނަ މާއްދާގައި ބުނާ ބަންޑާރަ ގޯއްޗެއް ދޫކުރެވިފައިވާ މީހަކު މަރުވެއްޖެނަމަ، އެގޯތީގައިވާ
ނުއުފުލޭމުދާ ތަރިކައިން ލިބޭމީހުންގެ މެދުގައި، އެގޯތި ވަކިވަކި ގޯތިތަކެއްގެ
ގޯތިތަކެއްގެ ގޮތުގައި
ބަހައިގެ ފެކަމުގައި އޮންނަ އޮތުމަށް މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާގައި
ރިޢާޔަތްކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
<< O
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC
-
A/93
ޤަޟިއްޔާއިން އަލްމަރުޙޫމް ގުޅީކެޔޮ ޢަބްދުލްކަރީމްގެ ތަރިކައިގެ 16 ބައިގެ ޙައްޤުވެރިއަކީ ޢާއިޝަތު
ވަހީދާކަމަށް ޙުކުމްކުރައްވާފައިވާތީ، މއ. މަސްކަތުގޭގެ އޭކިޔާ ބަންޑާރަ ގޯތިން 600 އަކަފޫޓުގެ ބިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
9 ދީގެ
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
, 2
2009/HC-A98
ޤަޟިއްޔާ ނިމުނު ގޮ
می هرکی
ދެވެ
ވަކިކޮށް ޢާއިޝަތު ވަޙީދާއަށް ރަޖިސްޓަރީ ކޮށްދެއްވުމަށް ސަރުކާރުން ނިންމާފައިވަނީ ޢާއިޝަތު
ވަހީދާއަށް މއ. މަސްކަތުގެއިން 116 ލިބޭކަމަށް ހައިކޯޓުގެ ނަންބަރު 80/HC
-
A/93 ޤަޟިއްޔާގައި
ޙުކުމް ކުރައްވާފައިވުމުން މިޙުކުމް ތަންފީޒުކޮށްދެވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއަކުން ހުށަހެޅުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ލަފާގެ މަތިން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއަށް އެގޮތަށް އަންގަވާފައިވާތީކަމަށާއި،
އެސިޓީގައިވަނީ ގުޅީކެޔޮ ޙަސަންފުޅުގެ ޢަބްދުލްކަރީމްގެ ތަރިކައިގެ 116 ބައި ލިބޭ ޢާއިޝަތު ވަޙީދާއަށް
މއ. މަސްކަތުގެ އޭކިޔާ ބަންޑާރަ ގޯތިން 600 އަކަފޫޓު ބިންވަކިކޮށް، ޢާއިޝަތު ވަޙީދާއަށް މާލެހިޔާ
2 އިން ލިބިފައިވާ ފްލެޓް ދޫކޮށްލަން ޝަރުތުކުރައްވައި، މއ. މަސްކަތުގެ އޭކިޔާ ބަންޑާރަ ގޯތިން
600 އަކަފޫޓުގެ ބިންވަކިކޮށް ޢާއިޝަތު ވަޙީދާއަށް ރަޖިސްޓަރީ ކޮށްދެއްވުމަށް ކަމަށްބުނެ ހުށަހަޅާފައިވާ
2 2ޑ
ނުކުތާއެވެ.
1238/MC/2007
ތިންވަނަ ނުކުތާއަކީ، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއިން އިތުރު ޙުކުމެއް ކަނޑައަޅުއްވާފައި ނުވަނީ އެކޯޓުގެ ނަންބަރު 2004/MC/778
ޤަޟިއްޔާގެ ޙުކުމުގައި 600 އަކަފޫޓުގެ ބޮޑުމިން ޝަރީޢަތުގެ ފަރާތުން ޢާއިޝަތު ވަޙީދާއަށް
މިލްކުކޮށްދެވެން ނެތްކަމަށް އޮންނާތީ ކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/IIC
-
A/93
ޤަޟިއްޔާއިން އަލްމަރުޙޫމް ގުޅީކެޔޮޅު ޢަބްދުލްކަރީމްގެ ތަރިކައިގެ 116 ޢާއިޝަތު ވަހީދާއަށް ލިބޭކަމަށް
ކަނޑައަޅުއްވާފައި އޮތްއިރުވެސް، މަދަނީ ކޯޓުގެ ނަންބަރު 2004/-MC/778 ޤަޟިއްޔާގެ ޙުކުމުން
ޢާއިޝަތު ވަޙީދާއަށް މަސްކަތުގޭގެ ބިމުން އެއްވެސް މިންވަރެއް ލިބޭކަމަށް ކަނޑައަޅުއްވާފައި
ނުވާތީއާއި މަދަނީ ކޯޓުގެ ނަންބަރު 2004/MC/778 ޤަޟިއްޔާގެ އެޙުކުމް ބާޠިލްނުވާހާ ހިނދަކު
އިތުރު ޙުކުމެއް ކުރެވެން ނެތްކަމަށް، މިޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާތީ، މިމައްސަލައާއިމެދު ގޮތެއް
ކަނޑައަޅުއްވައި ދެއްވުމަށްއެދި ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A98
و مری
ދެވެ
1238/VIC2007
7 ޤަޟިއްޔާ ނިމުނު ގޮތު
3. މިމައްސަލައާ ގުޅިގެން، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އެޓަރނީ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައިގައި މައްސަލަ ރައްދުވާ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފިމިވާ މަދަނީ ކޯޓުގެ ނަންބަރު
2007/MC/1238 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 80/HC
-
A/93 ޤަޟިއްޔާގައި، މއ. މަސްކަތުގެމާލެ، ޢާއިޝަތު ވަޙީދާއަށް،
ގުޅީކެޔޮޅު ޙަސަންފުޅުގެ ޢަބްދުލްކަރީމްގެ ތަރިކައިގެ 6;1 (ހަބައިކުޅަ އެއްބައި) ލިބިދީ ޙުކުމްކުރުމާއި
ގުޅިގެން، ޢަބްދުލްކަރީމް ނިޔާވިއިރު އޭނާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. މަސްކަތުގެ އޭކިޔާ
ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފޫޓުގެ ބިން ވަކިކޮށް ޢާއިޝަތު ވާޙީދާއަށް ރަޖިސްޓަރީ
ކޮށްދިނުމަށް ސަރުކާރުން ހަމަޖައްސައި، ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ޗާޓުގައިވާގޮތަށް،
އެގޯތީގެ ހުޅަނގުދެކުނުން 600 (ހަސަތޭކަ) އަކަފޫޓުގެ ބިން ވަކިކޮށް، އެބައިގައިވާ ޢިމާރާތްތަކަށް
ޢާއިޝަތު ވަޙީދާގެ އަތުން ޢިމާރާތްތަކުގެ ވެރިފަރާތަށް އަގުދީ، އެބައިގައިވާ ޢިމާރާތްތައް ޢާއިޝަތު
ވަހީދާއަށް ލިބިދިނުމަށް އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ
މައްސަލައެއްކަމާއި،
އިސްވެފާހަގަކުރެވިފައިވާ ފަދައިން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ
2007/MC/1238 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، އާންމު ފަރުދުންތަކެއްގެ މެދުގައި އޮތް،
ތަރިކައިން ލިބިގެން، އެތަރިކަ ދޫކުރި ފަރާތުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަންޑާރަ ގޯތި ބައިކުރުމާ
މީހެއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަ
ޤަޟިއްޔާ
ނިމުނު ގޮ
2009/HC-A/98
کی عمری
K
<
މަދަނީ ކޯޓަށް ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 80/HC-A/93 ޤަޟިއްޔާގައި،
މއ. މަސްކަތުގެ:މާލެ، ޢާއިޝަތު ވަޙީދާއަށް، ގުޅީކެޔޮޅު ޙަސަންފުޅުގެ ޢަބްދުލްކަރީމްގެ ތަރިކައިގެ 6!1
ދިހަބައިކުޅަ އެއްބައި) ލިބިދީ ޙުކުމްކުރުމާއި ގުޅިގެން، އެ ޙުކުމް ތަންފީޒުކޮށްދިނުންއެދި ޢާއިޝަތު
ވަހީދާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީއެއް ފޮނުވުމާ ގުޅިގެން، ދިވެހިރާއްޖޭގެ
ހައިކޯޓުގެ އެޙުކުމް ތަންފީޒުވާނޭ ގޮތެއް ހަދައިދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުގެ ލަފާގެ
މަތިން، ޢަބްދުލްކަރީމް ނިޔާވިއިރު އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މއ. މަސްކަތުގެ އޭކިޔާ
ބަންޑާރަ ގޯތިން 600 (ހަސަތޭކަ) އަކަފޫޓުގެ ބިން ވަކިކޮށް ޢާއިޝަތު ވާޙީދާއަށް ރަޖިސްޓަރީ
ކޮށްދިނުމަށް ސަރުކާރުން ހަމަޖައްސައި، ޢާއިޝަތު ވަޙީދާއަށް މާލެހިޔާ 2 އިން ލިބިފައިވާ ފްލެޓް
ދޫކޮށްލުމަށް އޭނާގެ މައްޗަށް ޝަރުތުކޮށް، މިއ. މަސްކަތުގެއިން ވަކިކުރެވޭ 600 (ހަސަތޭކަ) އަކަފޫޓު
އޭނާގެ މައްޗަށް ރަޖިސްޓްރީ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީ އޮފް
ހޯމްއެފެއާޒަށް އަންގާފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެއެންގުން ޝަރުޢީ ހަމަތަކުގެ މަތިން
ތަންފީޒުކުރުމުގެ ގޮތުން، މާލޭ މުނިސިޕަލްޓީގެ އެދުމުގެމަތިންކަން، މިމައްސަލައާ ގުޅިގެން ޝަރީޢަތަށް
ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް
ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް، 17 މެއި 2010 ގައި ޢަމަލު ކުރަން ފެށުމާއެކު،
އެޤާނޫނުގެ ދަށުން އުފެދުނު ކައުންސިލްތަކަކީ، އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ
ބާރު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞިތަކެއްގެ ގޮތުގައި ކަނޑައެޅިގެން
ގޮސްފައިވާކަމާއި، މިގޮތުން، އެޤާނޫނުގެ ދަށުން އިންތިޚާބުކޮށް ޤާއިމްކުރެވޭ ސިޓީ ކައުންސިލްތަކަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 * 2
3,2
2009/HC-A98
9 ޤަޟިއްޔާ ނިމުނު 1
އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި
މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޏެއްކަމަށް އެޤާނޫނުގެ
40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ހަމައެހެންމެ، އެޤާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ދަށުން، ޤާނޫނުއަސާސީއާއި
ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން މާލެ ސިޓީއާއި، މާލެ ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި،
ތަރައްޤީކޮށް، އެޤާނޫނުގައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޙިދުމަތްތައް ދިނުމުގެ ބާރާއި މަސްއޫލިއްޔަތު،
އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދިޔަ މާލެ މުނިސިޕަލިޓީގެ ދަށުން، މާލެ ސިޓީ
ކައުންސިލްގެ ދަށަށް ބަދަލުވެފައިވާކަންވެސް އެނގޭކަމާއި،
މިޙާލަތުގައި، އިސްތިއުނާފަށް ހުށަހެޅިފައިމިވާފަދަ، މާލެ ސިޓީގައި ހިމެނޭ ބަންޑާރަ
ގޯއްޗަކާ ގުޅޭ މައްސަލައެއް ދައުލަތުގެ ފަރާތުން އެޓަރނީ ޖެނެރަލްއަށް ޝަރީޢަތަށް ހުށަހަޅައިގެން
ކުރިއަށް ގެންދެވިދާނެތޯ ބަލާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރާނެ ގޮތާބެހޭގޮތުން، 18
އެޕްރީލް 2011 ގެ ތާރީޚުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާ އާންމުކުރައްވާފައިވާ އެކޯޓުގެ
ނަންބަރު 2011/04 "ޢާއްމު ސިޓީ" ގައި ގޮތެއް ކަނޑައަޅުއްވާފައިވާކަން އެނގެން އޮންނަކަމާއި،
މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލު
ކުރަން ފެށުމާއެކު، އެޤާނޫނުގެ ދަށުން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ
ކައުންސިލްތަކަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގައްޔާއި،
އޭގެކުރިން އަތޮޅު އޮފީސްތަކުންނާއި ރަށު އޮފީސްތަކުން ކުރަމުން އައިސްފައިވާ މަސައްކަތްތަކުގެ
ތެރެއިން، ކަމާބެހޭ ކައުންސިލްތަކަށް، އެޤާނޫނުގެ ދަށުން ބަދަލުވެފައިވާ ކަންކަމުގައި، ކޯޓުތަކުގައި
ތަމްސީލުކުރާނީ އެކަމާބެހޭ ކައުންސިލުން ކަމުގައި، އެސިޓީގައި ކަނޑައަޅުއްވާ ބަޔާންކުރައްވާފައިވާކަމާއި،
މީގެއިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން، 27 ޖެނުއަރީ
2015 ގެ ތާރީޚުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން
18
24
ދިވެހީން
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2009/HC-A/98
و مری
ޝަރީޢަތަށް ހާޒިރުވި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޛާ ޢާއިޝަތު އިފާދާ
ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، އޭރު ދައުލަތުގެ ފަރާތުން މިމައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ
މާލޭ މުނިސިޕަލްޓީ ތަމްސީލުކުރާ ފަރާތަކީ ދައުލަތް (އެޓަރނީ ޖެނެރަލް) ކަމަށްވާތީ ކަމަށާއި، އަދި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ވުޖޫދަށް އައުމާ ގުޅިގެން
އެޤާނޫނުގެ ދަށުން އުފެދިފައިވާ ސިޓީ ކައުންސިލްތަކާއި އެހެނިހެން ކައުންސިލްތަކަކީ މިހާރު އަމިއްލަ
ނަމުގައި ދަޢުވާކުރެވޭ އަދި ދަޢުވާ ލިބޭ ފަރާތްތަކެއް ކަމަށްވާތީ، ދައުލަތުން އޭރުގައި މާލޭ
މުނިސިޕަލްޓީގެ ފަރާތުން މިމައްސަލައިގައި ޝަރީޢަތަށް ހާޒިރުވެފައި ވީނަމަވެސް، މިހާރު
މިމައްސަލައިގައި އިތުރަށް ކުރިއަށް ގެންދެވޭނީ މާލެ ސިޓީ ކައުންސިލަށް ކަމަށާއި، އަދި މިހާރު
މިމައްސަލައިގައި ދައުލަތުގެ (އެޓަރނީ ޖެނެރަލްގެ ފަރާތުން ޝަރީޢަތުގައި ތަމްސީލުކުރަން
ނުޖެހޭނެކަމަށާއި، އަދި މިމައްސަލައިގައި އެފަރާތެއްގެ މަސްލަޙަތު ހިމެނިފައިވާ ޢާއިޝަތު ވަޙީދާއަށް
މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުޞަތު އޮތްނަމަ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
ދައުލަތުގެ ފަރާތުން އަނބުރާ ގެންދަން ބޭނުންވާކަމަށް ބުނެފައިވާކަމާއި،
އެހެންކަމުން، އިސްވެބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން
(21 އެޕްރީލް 2009 ގައި) މިކޯޓުގައި އިސްތިއުނާފުކުރެވިފައިވާ މިމައްސަލައިގައި ޝަރީޢަތުގައި
ތަމްސީލުކުރުމުގެ އިޚްތިޔާރު އެޓަރނީ ޖެނެރަލަށް މިހާރު ލިބިގެން ނުވާކަމާއި، އެއާ ޚިލާފަށް މި
މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ އިޚްތިޔާރު ލިބިފައިވަނީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ
ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާގައި ދަޢުވާ ލިބުނު ފަރާތްތަކުގެ އިތުރުން، މާލެ ސިޓީ
ކައުންސިލަށް ނުވަތަ މިމައްސަލައިގައި އެމީހެއްގެ މަސްލަޙަތު ހިމެނިފައިވާ މއ. މަސްކަތުގެ|މާލެ،
ޢާއިޝަތު ވަޙީދާއަށްކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވި
ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2009/HC-A/98
کی مرکی
11 ޤަޟިއްޔާ ނިމުނު ގޮ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)
އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން އެމައްސަލަ އިސްތިއުނާފުކުރުމުގެ އިޚްތިޔާރު އެޓަރނީ ޖެނެރަލްގެ
އޮފީހަށް ގެއްލިފައިވާ މައްސަލައެއްކަމާއި، އެމައްސަލައަކީ އޭރުގެ މާލޭ މުނިސިޕަލްޓީގެ އެދުމުގެ މަތިން،
ދައުލަތުގެ ފަރާތުން އެޓަރނީ ޖެނެރަލް މަދަނީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވުމާއެކު،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު
އެމައްސަލައިގައި ދައުލަތުގެ ބަދަލުގައި ޝަރީޢަތުގައި ތަމްސީލުކުރަންޖެހޭނީ މާލެ ސިޓީ ކައުންސިލުން
ކަމާއި، އަދި އެމައްސަލަ ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވަނީ މއ. މަސްކަތުގެ|މާލެ،
ޢާއިޝަތު ވަޙީދާގެ މަސްލަޙަތެއް ހިމާޔަތް ކޮށްދިނުމުގެ ގޮތުން ކަމަށްވެފައި، އޭނާގެ ފަރާތުން އެމައްސަލަ
އިސްތިއުނާފުކޮށްފައި ނުވަނީ ދައުލަތުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކޮށްފައި ވުމުންކަމަށްވުމުގެ އިޙްތިމާލު އޮތަތީ، އެމައްސަލައަކީ އެޓަރނީ ޖެނެރަލްގެ ފަރާތުން
އިސްތިއުނާފުކުރެވޭނޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި އެމައްސަލަ ބާތިލްކޮށްފިނަމަ ޢާއިޝަތު
ވަހީދާގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެކަމަށްޓަކައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކުރާ
ޙާލަތުގައި، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238 ޤަޟިއްޔާގައި ހިމެނޭ މައްސަލަ ދިވެހިރާއްޖޭ
ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުޞަތު އޭނާއަށްވެސް ލިބިދެވެންޖެހޭނެކަމަށް، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ
497
0
<< o
ހަ 0
42
2 · &2ތ 2
4
ރެވޭކަމެވެ.
• ޙުކުމް
ދެން ފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު
ރެކުރެވުނު ކަންކަން
ގޮތަށް
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ
ޏ 3
22
2
19ތ ކޑވ
22 22 3
ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
##
2009/HC-A98
و مری
ދެވެ
ކަމަށްވުމާއެކު،
<<
<< OF
12 ޤަޟިއްޔާ ނިމުނު ގޮތު
2007/MC/1238 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ޢަމަލުކުރަން ފެށުމާ ގުޅިގެން
އެމައްސަލަ އިސްތިއުނާފުކުރުމުގެ އިޚްތިޔާރު އެޓަރނީ ޖެނެރަލްގެ އޮފީހަށް ގެއްލިފައިވާ މައްސަލައެއް
އެމައްސަލައަކީ އެޓަރނީ ޖެނެރަލްގެ ފަރާތުން އިސްތިއުނާފުކުރާ މައްސަލައެއްގެ ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިހާރު ކުރިއަށް ގެންދާނެތަނެއް ނެތްކަމަށާއި، އެމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މިހާރު ލިބިފައިވާ ފަރާތްތަކަކީ މާލެ ސިޓީ ކައުންސިލާއި، މއ.
މަސްކަތުގެ މާލެ، ޢާއިޝަތު ވަޙީދާ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A160579)
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1238
ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ
ޚިލާފަށްކަމަށް ބުނެ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އާއި، ހައިކޯޓުގެ
ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މިއަދު، 3 ޖޫން 2015 އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ
ތެރޭގައި، އެއިން ފަރާތަކުން، އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިނަމަ،
އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެ ހިންގަންޖެހޭނެކަމަށް، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމް
ކޮށްފީމެވެ.
ހދ (22
<
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv